Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ވިންދޭ ތީ މަގޭ-9

ner Level 1
August 25, 2023 6 Mins Read
3 Comments

“ކީއްވެ ނޭނގެންވީ. މިރަށު މީހެއްވެއްޖެއްޔާ އިނގޭނެ.” ޝާލްގެ މޫނުމަތީ ވީ ޔަގީންކަމެވެ.

“އަސްލު ތުނޑި ބަލާ ހިތުންނާ އެއްކޮށް މިއައީ.” ކޮފީ ތަށި ހުސްކޮށްލަމުން ތަށި ބަހައްޓަމުން ޒައިން ބުނެލިއެވެ.

“ތެންކްސް ފޯ….” އަތުން މެޒުމަތީ ހުރި ޖޯޑަށާއި ތައްޓަށް އިޝާރާތްކޮށްކަމުން ޒައިން ޝުކުރު އަދާކުރިއެވެ. ޖީބުން ސަތޭކައިގެ ނޫޓެއް ނަގާ މޭޒުމަތީ ބޭއްވުމުން ޝާލް ވަގުތުން އިންކާރު ކުރިއެވެ.

“ޒައިން. އަހަރެންނޭ ޒައިނަށް ކާން ދިނީ. ތި ދެން ކޮންކަމެއް. އިންސްޓީޑް ޓޭކް ދިސް.” އެޕްރޯނުގެ ޖީބުން ނެގި ކުޑަ ގަނޑުކޮޅެއް ޒައިންގެ ކުރިމަތީ ޝާލް ބާއްވާލިއެވެ. ހައިރާންކަމާއެކު ގަނޑުކޮޅަށް ބަލާލަމުން ޝާލާ ދިމާލަށް ޒައިން ބަލާލީ މީ ކޯއްޗެއްހޭ އަހާފަދަ އުސޫލަކުންނެވެ.

“މަ ދިނީމަ ދެން ގެންދެބަލަ.” ޒައިންގެ މޫނުމަތީވީ ޝުއޫރުތަކުން ޝާލަށް ހެވުނެވެ. އަނގަމަތީ އަތް އަޅާލަމުން ޝާލް ހެމުންދިޔައެވެ.

“އޯކޭ. ތޭންކްސް އަގޭން.” ގޮނޑިން ތެދުވެ ހިނގައިގަންނަމުން ޝާލާ ދިމާލަށް ޒައިން ހީލިއެެވެ. މޭޒުމަތީ ޝާލް ބޭއްވި ގަނޑުކޮޅު މުށު ތެރެއަށް ލުމަށްފަހު ކެފޭއިން ނިކުންނަށް ޒައިން ހިނގައިގަތެވެ. އެއާއެކު ޒައިންގެ ފަހަތުން ޝާލްވެސް ދޮރާ ހަމައަށް އައެވެ.

*******************

އަތުގައި އޮތް ތަޅުދަނޑިން ކޮޓަރީގެ ދޮރު އަމާނާ މަޑުމަޑުން ހުޅުވާލިއެވެ. ތަޅުގައި ހިފާ ދޮރު ހުޅުވާލުމަށްފަހު ކޮޓަރި ތެރެއަށް ބަލާލިއެވެ. އޭނާއާއެކު އިތުރު ދެކުދިން މި ކޮޓަރި ހިއްސާކުރެއެވެ. ކޮޓަރީގެ ދެފަރާތުފަރާތުގައި ދެ އެނދު ދިމާވެނެ ގޮތަށް ހުރި ބަންކުބެޑުތަކުގެ ތެރެއިން ކަނާއަތް ފަޅިއަށް ހުރި އެނދަށް އަމާނާގެ ނަޒަރު ދަތުރުކޮށްލިއެވެ. އެނދުގެ ތިރީ ބައިގައި ގައިގައި ރާޖާގަނޑު އޮޅާލައިގެން ނީޒާ އޮތެވެ. ފޯނުން ދެލޯ ދުރުކޮށްލުމުގެ ހިޔާލެއް އޭނާ ނުގެންގުޅެއެވެ. ހުސްކޮށް ހުރި އަނެއް އެނދު ފެނުމުން ރީމާން މިވަގުތު ނޫޅެނީކަން އަމާނާއަށް އިނގުނެވެ.

ފޮށި ދަމަމުން އައިސް އަމާނާ ކޮޓަރިއަށް ވަނެވެ. އަލަމާރި ކައިރީ އެއްފަރާތުގައި ފޮށި ބެހެއްޓުމަށްފަހު ކޮނޑުގައި އަޅުވާފައި އޮތް ދަބަސްވެސް ފޮށި ކައިރީ ބެހެއްޓިއެވެ. ހަށިގަނޑަށް ވެރިވެފައިވީ ލޮނޑުކަމާއި ހިތުގެ ތެރޭވީ އުދާސްކަމުން ފުރަތަމަވެސް ބޭނުންވީ ނިދާލާށެވެ. ނީޒާ އޮތް އެނދުގެ މަތީ ބަޔަށް އަރާ އެނދު މައްޗަށް ބަންޑުން އަމާނާ ވެއްޓިގަތެވެ. ބާލީހުގައި ބައްދާލުމަށްފަހު ނިދަން ދެލޯ މަރާލި ވަގުތު ކޮޓަރީގެ ދޮރު ހުޅުވާލި އަޑު އިވުނެވެ. ދެން އިވުނީ ރީމާންގެ ތޫލި އަޑުން ނީޒާއަށް ގޮވާލި އަޑެވެ.

“ނީޒް. އައިހޭވް އަ ބިގް ނިއުސް. ޔޫ ވޯންޓް އީވެން ބިލީވް.” ރީމާން އައިސް ނީޒާގެ ކައިރިއަށް އަރާ އެ އެނދުގައި އިށީން ކަމުގެ އިހްސާސް އަމާނާއަށް ކުރެވުނީ އެނަދަށް އެރި ކުޑަ ގުޑުމުންނެވެ. ކަންފަތުގައި އަމާނާ ބާލިސް އަޅާލިއެވެ. އޭނާއަށް މި ކޮޓަރިން ކުރެވެނީ އެކަނިވެރިކަމުގެ އިހްސާސެވެ. ދެން އުޅޭ ދެކުދިންނާއި އޭނާއާއި ތަފާތީއެވެ. ހެދުން އެޅުމުގެ ވައްޓަފާޅިއާއި ވިސްނުމާއި ފިކުރު ނުގުޅެނީއެވެ. އެއްކޮޓަރިއެއްގައި އުޅޭއިރުވެސް ގިނަވާނީ ވާހަކަ ނުދައްކާ ހޭދަވާ ދުވަސްތަކެެެވެ.

“ހީ ކޭމް ބެކް. އޯ މައި ގޯޑް އޯ މައި ގޯޑް.” ޖޯޝާއެކު ރީމާން ނީޒާގެ އަތުގައި ހިފާ ފިއްތާލިއެވެ. ނީޒާގެ ދެލޯވެސް އުފަލުން ވިދާލިއެވެ.

“ޔޭސް. ދޯސް ގްރީން އައިސް އެންޑް ކިއުޓް ކާލްސް. ހާދަ ލޯބިއޭ.” އަރާފައިވާ ފޯރިއާއެކު ނީޒާ ބުނެލިއެވެ.  އަމާނާގެ ކަންފަތްވެސް އެދިމާލަށް ދަތުރުކޮށްލީ ބޭއިހްތިޔާރުގައެެވެ. ފެހި ލޮލާއި ބުޅި ބޮލުގެ ވާހަކަ އަަޑު އިވުމުން ބަނޑު ތެރޭ ކޮކާ ދުވާ ފަދަ އިހްސާސެއް ކުރެވުނެވެ. އިވެމުންދިޔަ ވާހަކަތަކަށް އަމަނާގެ ކަންފަތް ހުޅުވާލިއެވެ.

“އަހް އަހަރެން ރަނގަަށްވެސް މޮޔަވެއްޖެ. އޭނަ ހާދަ ހޮޓޭ. ހިތަށް އަރާ ލިބޭނެނަމައޭ.”

“މަވެސް ހިތަށްއަރާ. އެކަމު ޒައިން ހޯދަންވެސް އެހާ އުނދަގޫވާނެ….އިނގޭތަ އިޓްސް ބީން ނައު ފައިވް ޑޭސް ޒައިނަށް މެސެޖް ކޮށްގެން އުޅޭތާ. އަދިވެސް ރިޕްލައި އެއް ނުދޭ.” ރީމާން އޭނާގެ ހިތުގެ އުދާސްތައް ނީޒާއަށް ހިއްސާކުރަމުންދިޔައެވެ.

ޒައިންގެ ނަން އަޑުއިވުމާއެކު އަމާނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. މަޑުމަޑުން ޒައިންގެ ނަން ކިޔާލެވުނެވެ. ސިނކުޑިއަށް އަންނަން ފެށީ މީގެ ދެދުވަހެއް ކުރީގެ ހަނދާންތަކެވެ. އެދުވަހު އެފެނުނީ ޒައިން ހެއްޔެވެ؟ އޭނާގެ ދެލޯ ދުށުމަށް އެދޭ ފަރާތް ހެއްޔެވެ؟ އެ ފެހި ދެލޯ އަމާނާ ރަނގަޅަށް ހަނދާން އެބަހުރިއެވެ. ސިނކުޑީގެ އެތައް ހިޔާލު ތަކެއް އެނބުރެމުންދިޔައެވެ. އެންމެފުރަތަމަ ޒައިނާއި ދިމާވި ފަހަރު ޒައިންގެ ސޫރަ އަމާނާގެ ހިތުގައި ރަނގަޅަށް ބިންވަޅު ނެގުނެވެ. ޒައިންގެ ދެލޮލުގެ ކުލަޔަކީ ފެހި ކުލަ ނޫންކަން އަމާނާއށް ޔަގީނެވެ. ހިތަށް އުނދަގޫ ކުރަމުންދާ ހިޔާކުތަކުން ދުރުވާނެ ގޮތެއް އަމާނާއަކަށް ނުވިސްނުނެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ދެލޯ މަރާލިއެވެ.

********************

މަޑުމަޑުން ގޭގެ ދޮރު ހުޅުވުމަށްފަހު ޒައިން ގޭ ތެރެ ބަލާލިއެވެ. ފަޅުކޮށް އޮތް ސިޓިންގް ރޫމް ފެނި ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއްލިބުނުވެ. ދޮރު ލައްޕާލުމަށްފަހު އަވަސް ފިޔަވަޅުތަކެއްގައި އަމިއްލަ ކޮޓަރިއާ ދިމާލަށް މިސްރާބު ޖެހީ އަތުގައި އޮތް ފޯނު ހުޅުވަމުންނެވެ. ފެރީގައި އިނދެފައި ނިއްވާލި ފޯނު ހުޅުވަން ހަނދާންވީ އަދިކިރިޔާއެވެ. މިސްވެފައި ކިތަންމެ ކޯލެއް ހުންނާނެކަން ޒައިނަށް އޭރުވެސް އިނގެއެވެ. އަމިއްލަ ހިތުގެ މުރާދު ހާސިލް ކުރެވޭނީވެސް ނުރުހުމާ ކުރިމަތިލައިގެންކަން ޒައިން ދަނެެއެވެ.

ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމާއެކު ދޮރުގައި ޓަކި ދިން އަޑު އިވުނެވެ. ދެލޯ މަރާލަމުން ޒައިން ފުންނޭވާއެއް ދޫކޮށްލިއެވެ. ނަފްސު ތައްޔާރު ކޮށްލަމުން ދޮރު ހުޅުވާލިއިރު މަރުހަބާކީ ޝަބާނާގެ ރުޅިވެރި މޫނެވެ.

“ކޮންތާކު ތެޅިތެޅިފަ ތި އައީ. ބައްޕަ ޒައިން ހޯދިވަރު އިނގޭތަ؟ އަދި ފޯނުގަނޑުވެސް ނިއްވާލައިގެންނޭ އުޅުނީ.” ކުޑަކޮށް ހުޅުވާފައި ހުރި ޒައިންގެ ކޮޓަރީގެ ދޮރުގައި އަތް އަޅުވާލަމުން ޝަބާނާ ދޮރު އެއްކޮށް ހުޅުވިއެވެ. މަންމަ ވަނުމަށް ތަން ދެމުން ޒައިން ހިނގައިފައި އައިސް އެނދުގައި އިށީނެވެ.

“ބޮޑުވެފަ ހުރި ފިރިހެން ދަރިއެއްގެ ފުށުން ވާ ފަސޭހައެއް ނެތް. އަހަރެމެން ދިނީމަ ކައިގެން އަދިވެސް އަހަރެމެން ފޫބުޑުގަ އުޅެންވަނީ. އެކަމަކު އަހަރެމެން ބުނާ ގޮތެއް ހެދޭކަމަކަށް ނުވާނެ.” ރުޅިގަދަވެފައި ހުރި ޝަބާނާ އައިސް ޒައިންގެ ކުރިމަތީ ހުއްޓިލިއެވެ. އިސްދަށަށް ޖަހާލި ގޮތަށް އެއްވެސް ހަރަކާތެއް ނުކޮށް ޒައިން އިނެވެ.

“މިރޭ އަށެއް ޖަހާއިރަށް ތައްޔާރުވެގެން ހުންނާތި. ހަނދާން ކުރާތި ބައްޕަ ރުޅި އަރުވަން ނޫޅޭތި މިރޭ. އެހެން ނޫނީ މާ ރީއްޗެއްނުވާނެ.” ޝަބާނާ ވާހަކަ ދައްކަމުން ދިޔައިރު ނަޒަރު ސީދާ ވެފައި ހުރީ ސީދާ ޒައިންގެ މޫނަށެވެ. މޫނުން އެއްވެސް ޝުއޫރެއް ފާޅުނުކޮށް އެއިން ގޮތަށް ޒައިން އިންނަން ފެށުމުން ޒައިންގެ ނަމުން ޝަބާނާ ތަންކޮޅެއް ބާރަށް ގޮވާލިއެވެ. މަޑުމަޑުން ހޫމް އަޅުވާލަމުން ޒައިން ބަލާލީ ފަރުވާކުޑަ ގޮތަކަށެވެ.

“މި ކިޔާ އެއްްޗެއް އަޑު އިވޭތަ އެބަ؟”

“އަޑު އިވޭ.” ނުރުހުންވެފައި އިން ނަމަވެސް ޒައިން ބުނެލީ ނުރުހުމުގެ އަސަރު ފޮރުވާލަމުންނެވެ. މަންމައަށް ވެސް އޭނާގެ އިހްސާސްތަކަކީ ކޮބައިކަން ނޭނގެނީ ކީއްވެބާއޭ ޒައިންގެ ހިތަށް އަރައެވެ.

“އިސްތިރި ކުރާ އެއްޗެއްވިއްޔާ ގެނޭ އިސްތިރި ކުރަން.” ޝަބާނާގެ ހަރުކަށި އަމުރަށް ތަބާވަމުން ޒައިން ތެދުވެގެން ގޮސް އަންނައުނުތައް އަޅާފައި ހުރި ދަބަސް ހާވަން ފެށިއެވެ. ބޮނޑި ބޮނޑިކޮށްފައި ދަބަހަށް އަޅާފައި ހުރި އަންނައުނުތަކުގެ ތެރެއިން ހުދު ކުލައިގެ އަތް ދިގު ގަމީސް ނަގާ ޝަބާނާއަށް ދިއްކޮށްލިއެވެ.

“ގަޑި ޖެހެންވާ އިރަށް ތައްޔާރުވެގެން ހުންނާތި.” ޒައިންގެ ގަމީސް ހިފައިގެން ޝަބާނާ ކޮޓަރިން ނިކުތެވެ. އެއާއެކު އަމިއްލަ ނަފްސަށް އަޑު އިވޭ ވަރަށް ޒައިނަށް ހަޅޭއް ލަވައިގަނެވުނެވެ. އެހާއިރު ހިފަހައްޓައިގެން ހުރި ރުޅިގަނޑު ބޭރުކުރާނެ ގޮތެއް ޒައިނަށް ނުވިސްނުނެވެ. މުށުތެރެއަށް ގެންގުޅުނު ކުޑަ ގަނޑުކޮޅު އެނދުމަތީ އެއްފަރާތުގައި ބަހައްޓާފަިއ ހުރި ކެމެރާލާ ދަބަހުގެ ތެރެއަށް ލުމަށްފަހު ޒައިން ހިނގައި ގަތީ ފާހަަނައާއި ދިމަލަށެވެ. މަންމަގެ ރުޅިވެރި ބަސްތައް މިވަގުތު އަހާ ހިތް ނެތީއެވެ.

އެތައް އިރަކު މާ ގަނޑު ދަށުގައި ހުރުމަށްފަހު ޒައިން ނިކުތެވެ. ގައިގައި ބޮސްދިނުމަށްފަހު ތިރިއަށް އޮހޮރިގެން ދިޔަ ކޮންމެ ފެންތިއްކަކާއެކު އެ ހިތަށް އުނދަގޫ ކުރަމުންދާ ހުރިހާ ހިޔާލެއްވެސް ދާނެކަމަށް ޒައިނަށް ހީކުރެވުނެވެ. ނަމަވެސް ސިނކުޑިއަށް ލިބިފައިވާ ބުރަކަން ފިލާ ނުދެއެވެ. ހިތަށް ވެރިވެފައިވާ އުދާސްކަމުގެ ސަބަބަބު ނިންމަން ޒައިން ނުކުޅެދުނެވެ. ދެކިލަން ބޭނުންވި ސޫރަ ނުފެނުމުން ލިބުނު ނުތަނަވަސްކަމެއް ހެއްޔެވެ؟ އަމިއްލަ ޒަމީރާ ސުވާލުމުރަމުން ޒައިން އައިސް ރީތިވާ މޭޒު ކައިރީ ހުއްޓިިލިއެވެ. ހަމައެކަނި ޖިންސުގައި ހުރި ޒައިން އަމިއްލަ ސޫރައަށް ބަލާލަމުން މުށްކަވާފައިވާ އަތުން މޭޒުގައި ޖެހިއެވެ.

“ޑޭމް އިޓް. ކީއްކުރަންތަ އެދުވަހު ލެންސު ލެއްވީ. އައްމިއަށް ނޭނގުނީ އެހެންވެ ކަންނޭނގެ.” ރީތިވާ މޭޒުމަތީ އޮތް ލެންސް ކޭސަށް ބަލާލަމުން ޒައިން ދެދަތްޕިލަ ޖައްސާ ފިއްތާލިއެވެ. ރުޅި އާދެވުނީ އަމިއްލަ ނަފްސު ދެކެއެވެ. ލެންސް ކޭސް އަތަށް ނެގުމަށްފަހު ކޮޓިތެރޭ ހުރި ޑަސްބިނުގެ ތެރެއަށް ޒައިން އެ ހޫރާލިއެވެ. އެވަރުންވެސް ރުޅިގަނޑު މަޑުވާ ގޮތެއް ނުވިއެވެ. ނުތަނަވަސްކަމާއި ފަޅުކަން ފިޔަވާ އިތުރު އެއްޗެއް އޭނާގެ ދިރިއުޅުމުގައި ނެތީ ހެއްޔެވެ؟

ލަސް ހަރަކާތްތަކެއްގައި އިސްތަށިގަނޑުން ޒައިން ފެން ހިއްކަމުން ދިޔައެވެ. ބައްޕައާއިއެކު ނުދާން ދަކާނެ ބަހަނާއަކާމެދު ޒައިން ވިސްނިއެވެ. ފެން ހިއްކާ ނިންމުމަށްފަހު އިސްތށިގަނޑު ތެރޭ ޒައިން އަތް ހިންގާލިއެެވެ. ލޯގަނޑުން އެނދާ ދިމާލަށް ބަލާލިއިރު އެނދުމަތީ އޮތް ހުދު ގަމީސް ފެނި ޒައިން މޫނު ހަދާލިއެެވެ. ދާން ބޭނުން ނުވިއަސް އޭނާއަށް އެނޫން ގޮތެއް ނެތެވެ.

ޒައިން ސްކޫލު ނިންމާލިމާއެކު ރައްޒާޤު ބޭނުންވީ އޭނަގެ ވިޔަފާރީގެ ތެރޭގައި ޒައިންވެސް ހަރަކާތްތެރިވުމަށެވެ. ރައްޒާޤަކީ ގެސްޓް ހައިުސްގެ ވިޔަފާރި ފުޅާ ދައިރާއެއްގައި ކުރާ މީހެކެވެ. ރައްޒާޤުގެ އެދުމަށް ޒައިން ފުރަގަސްދިނީ ބައްޕަގެ ވިޔަފާރީގެ ތެރެއަށް ވަންނަން ބޭނުންނުވާތީއެވެ. ރައްޒާޤާއި ޒައިިނާއި ދެމެދު ޖެހޭ މައްސަލައަކީ އެއީއެވެ.

ގަމީހުގެ ގޮށްތައް އަޅުވާލުމަށްފަހު ފަރުވާކުޑަ ގޮތަކަށް ގަމީހުގެ އަތް ކުރި އޮޅާލިއެވެ. ގަޔަށް ސެންޓު ކޮޅެއް ޖަހާލުމަށްފަހު ކޮޓަރިން ޒައިން ނިކުތްއިރުވެސް މޫނުމަތިން ފާޅުވާން ހުރީ ނުރުުހުމުގެ ކުލަވަރެވެ. ދޮރު ލައްޕާލުމަށްފަހު ސިޓިންގްރޫމަށް ބަަލާލިއިރު އޭނާ ނޫނީ އެންމެން އެތާ ތިއްބެވެ. ފިނި ބެލުމަކުން ޒައިންއާއި ދިމާލަށް ރައްޒާޤު ބަލާލިއެވެ. ބައްޕަ އެއްޗެކޭ ބުނާނެ ކަމަށް ޒައިން ހީކުރިއެވެ. ނަމަވެސް ބަހެއް ބުނުމެއްނެތި ރައްޒާޤު ތެދުވެ ހިނގައިގަތެވެ.

ކާރު އައިސް މަޑުކޮށްލީ ތިން ބުރިއަށް ހިއްލާލާފައިވާ ގެއްގެ ކުރި މައްޗަށެވެ. ހުޅުވާފައިވާ ބޮޑު ދަނގަޑު ކަޅު ދޮރާށިން ފެށިގެން ތިން ފޫޓެއްހައި ދުރުގައި ހުރި ގެއާ ދޭތެރޭގައިވަނީ ވޯކުވޭއެއްހެން ގައު އަތުރާފައެވެ. ވޯކު ވޭގެ ދެފަރާތުގައި ވޮށް ތަކެއްހެން ޖަހާފައިވާ ތިރި ހޮޅިބުރި ތަކުން ގޯތި ތެރެ ފެންނަނީ ފުދޭވަރަކަށް އަލިކޮށެވެ. ބިންނުފެންނަވަރަށް ފެތުރިފައިވާ ވިނަގަނޑު އެ އަލިން ފާހަގަވާ ވަރުވެއެވެ.

ގެގޭ ދޮރު ހުޅުވައިގެން އެއްފަރާތުގައި މަޑު ކޮށްލައިގެން ހުރި ނިމާލް ރައްޒާޤަށް އަތް ހޫރާލިއެެވެ. ރައްޒާޤުވެސް ހިނިތުންވެލަމުން ކުރިއަށް ދާން ހިނގައިގަތީ ޝަބާނާގެ އަތުގައި ހިފައިގެންނެވެ. ރައްޒާޤުގެ އެ އަމަލުން އުނދަގޫވިނަމަވެސް ޝަބާާނާވެސް ހިނިތުންވެލައިގެން ހުރެ ހިނގައިގަތެވެ. އެންމެ ކުރީގައި ތިބެގެން ރައްޒާޤުގެ ދެމަފިރިން ދިޔައިރު ފަހަތުން ޒުމާގެ ދެމަފިރިންނާއި ޒެޝާގެ އިތުރުން ޒައިންވެސް ޝާފިޔާގެ އަތުގައި ހިފައިގެން ހުރެ އާދެއެެވެ.

“އާދޭ އެތެރެއަށް” ރައްޒާޤު އިސްވެ ނިމާލާއި ސަލާމްކޮށްލިއެެވެ. ދުވަސްގަނޑަކަށްފަހު ދެއެކުވެރިން ދިމާވުމުން ރައްޒާޤުގެ މޫނުން ފެންނަމުންދިޔައީ އުފާވެރިކަމެވެ.

“އިށީނދޭ އިށީނދޭ.” ތަނަވަސް ސިޓިންގްރޫމުގެ މެދެއްހާ ހިސާބުގައި ހުރި ދިގު ސޯފާއަށް ނިމާލް އިޝާރާތްކުރިއެވެ. ސޯފާގައި އިށީނުމަށް ޝާފިޔާއަށް ޒައިން އެހީތެރި ވެދިނެެވެ. މާމަ ސޯފާގައި އިށީނުމުން ޒައިންވެސް ޝާފިޔާ ކައިރީ އިށީންދެއްޖެއެވެ. ޒެޝާ އައިސް ޖައްސާލީ ޒައިންގެ އަނެއް ފަރާތުގައެވެ. ޒުމާގެ ކޮނޑުގައި އަތް އަޅުވާލައިގެން ފާލިހް އިނީ ޒުމާ އޭނާގެ ގަޔާއި ކައިރި ކޮށްލައިގެންނެވެ. ފެންނަ ކޮންމެ މީހަކަށްވެސް ފެންނާނީ ލޯބިން އުޅޭ ލޯބި ދެމަފިރިންނެވެ.

“ކޮބާ އައީތާ؟” ސިޓިންގްރޫމުގައި ވަކިން ހުރި ބަދިގޭގެ ތެރެއިން ބޯ ދިއްކޮށްލަމުން ނިމާލްގެ އަންހެނުން ސާއިދާ އަހާލިއެެެވެ.

“އައިސްފި.” ވަކިން ހުރި ހަތަރު ސޯފާގެ ތެރެިން ރައްޒާޤުއާއި ޖެހިގެން ހުރި ސޯފާގައި އިން ނިމާލް ސާއިދާއަށް އަތުން ގޮވާލިއެެވެ. ބަދިގެއިން ނިކުމެގެން އައިސް ސާއިދާ ނިމާލްގެ ކައިރީ އެއްފަރާތުގައި މަޑުކޮށްލިއެވެ. ޝަބާނާގެ ނަޒަރު ދަތުރުކޮށްލީ ސާއިދާގެ އަތުގައި އަޅާފައިވާ ފަލަ ރަން ކެވެލިތަކަށާއި ވާއަތުގެ ކަށި އިނގިލީގައި އަޅާފައިވާ އަނގޮއްޓިއަށެވެ. އެ އަނގޮއްޓީގައި ބޭނުންކޮށްފައިވަނީ އަސްލު ޖަވާހިރެއްހެން ޝަބާނާއަށް ހީވިއެވެ. އަލި ހަންގަނޑަކާއި ހިމަތޮޅި ހަށިގަނޑެއް ލިބިފައިވާ ސާއިދާއަށް މިރޭ އޭނާ ލައިގެން ހުރި ހެދުން ނުހަނު ގުޅޭކަމަށް ޝަބާނާގެ ހިތް އެއްބަސްވެލިއެވެ. ރަތްކުލައިގެ ކަކުލާ ހަމާލަށް އަރާ އަރި ފެޅު ހެދުމަކާއި ހުުދު ކުލައިގެ ފުޅާ ބެލްސުން ސާއިދާ މާ ޒުވާހެން ހީވެއެވެ. ރީތީ ގޮތަކަށް ބޮލުގައި އޮޅާލާފައިވާ ރަތް ކުލައިގެ ޝޯލަށްވެސް ޝަބާނާއަށް ބަލާލެވުނެވެ. އޭނާވެސް ބޭނުންވަނީ އެހެން ރޫޅާފަތިކޮށް ހުންނާށެވެެ. އެކަހަލަ ހެދުން ލީމާ ގުޅެނީވެސް ހިކިކޮށް ހުރީމައެވެ.

“ދަރިން ކޮޅުވެސް ބޮޑުވެލައިފި ދޯ.” ވަކިވަކީން ކިންމެ ކުއްޖަކަށް ސާއިދާ ބަލާލިއެވެ. ޒެޝާއާއި ޒުމާ ކުޑަކޮށް ހިނިތުންވެލާފައި ސާއިދާއަށް ބަލާލިއެވެ. ޒައިން ފޯނަށް ބަލަހއްޓައިގެން އެއިން ގޮތަށް އިނީއެެެވެ.

“އާން އަހަރެމެންގެ ދަރިންކޮޅު މިތިބީ ބޮޑުވެފަ. ކޮބާތަ ސާއިދާމެންގެ ދަރިފުޅު.” ފުޅާ ހިނިތުންވުމަކާއެކު ޝަބާނާ އަހާލިއެވެ.

“މަހާ ދަރިފުޅާ.” ތަނަވަަސް ސިޓިންގްރޫމުގެ ތެރެއަަށް ނަޒަރު ހިންގަން ޒެޝާގެ ނަޒަރު ވަގުތުން ސާއިދާއަށް އަމާޒުވިއެވެ. ސިޑިއާއި ދިމާލަށް ސާއިދާ ބަލަހައްޓައިގެން އިނުމުން އެ ދިމާލަށް ޒެޝާ ބަލާލިއެވެ.

“ޔެސްސް.” ތަންކޮޅެއް ދުރުން މާހާގެ އަޑުއިވުނެވެ. ޒެޝާ އެދިމާލަށް ބަލަހައްޓައިގެން އިނދާ މާހާ އަންނާތީ ފެނުނެެވެ. ހައިރާންވާހާ އޮމާން ދޮން ހަންގަނޑެކެވެ. ރޫޅާފަތިކަމާއެއްވަރަށް ފުރިހަމަ އިސްކޮޅެކެވެ. އުނަގަނޑާއި ހަމައަށް ލޭޔާޑްކޮށް ކޮށާލެވިފައިވާ އިސްތަށި ގަނޑުން ދިހުން ކުލަ އަރައެވެ. ލައިލެކް ކުލައަކަށްދާ މިޑީގައި މަހާ ފެންނަނީ ފުރިހަމަ ކޮށެވެ.

-ނުނިމޭ-

Share Article

Follow Me Written By

ner

Level 1

Other Articles

Previous

ތަޤްދީރު 12 ވަނަ ބައި

Next

ލޭ ހަދިޔާ ކުރައްވާ – ކޮންމެ ލޭ ތިއްކަކި ޝަދަގާތެއް

Next
August 25, 2023

ލޭ ހަދިޔާ ކުރައްވާ – ކޮންމެ ލޭ ތިއްކަކި ޝަދަގާތެއް

Previews
August 25, 2023

ތަޤްދީރު 12 ވަނަ ބައި

3 Comments!

  1. ner says:
    August 25, 2023 at 9:32 pm

    Salaam readers.
    Due to some personal issues I m quitting uploading this story for a while.Will start uploading it as soon as possible.Sorry for making you guys await for so long.
    <3

  2. Shash says:
    August 25, 2023 at 10:05 pm

    Thank you. For uploading…
    V reethi story
    Waiting………

    1. ner says:
      August 26, 2023 at 6:08 pm

      Thank you!
      Sorry ehaa dhuvas kollaafa vaahak upload kodhevunyma and dhuvaskolhakah vaahaka up kurun huttaalan jeheythy vx maafah edhen.

Comments are closed.


All Right Reserved!