Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 1

Nadhoo
Nadhoo Level 1
August 7, 2023 3 Mins Read
1 Comment

ރޭ ވެހެނު ވާރޭގެ އަސަރު އަދިވެސް ހުރުމުން ކޮޓަރި ފިނިވެފައި ވަރަށް އާރާމެވެ އެހެންވެ އިތުރަށް ނިދާލާ ހިތުން އޮތީމެވެ އަހަރެންގެ ކުޑަކުޑަ ކޮޓަރިއަކީ ސީލިންވެސް ކޮށްފައިވާ ތަނަކަށް ނުވުމުން އާންމުގޮތެއްގައި ވަރަށް ހޫނު ވާނެއެވެ..ކުއްލިޔަކަށް އަހަރެން ސިއްސައިގެން ދިޔައީ ބޮޑުދައިތަ އައިސް ކޮޓަރީގައި ތަޅަން ފެށުމުންނެވެ. އެއީ އަބަދުވެސް އަހަރެންގެ އެލާމް ކްލޮކެވެ….ނިދި ބަރުވެފައިވާ މޫނަކާއިގެން ގޮސް ދޮރު ހުޅުވާލީމެވެ…” ސާބަސް މިހާރު އެއޮތް 8 ޖަހަނީ އަދި އަހަރެމެން މިތިބީ ބަނޑަށް ތެދުވެގެން އާދޭ ރޮށި ފިހަން” އެހެން ބުނެލުމަށް ފަހު ދޮރު ލައްޕާލަމުން ބޮޑު ދައިތަ ދިޔައެވެ. އެއީ ބޮޑުދައިތަ އަބަދުވެސް ވާހަކަ ދައްކާ ގޮތެވެ. އުމުރުން 8 އަހަރުގައި މަންމައާއި ބައްޕަ ކަނޑުވެ މަރުވުމުން އަހަރެން ބަލަން ހަވާލުވީ މަންމަގެ އެއްބަނޑު އެއްބަފާ ބޭބެ( ބޮޑުބެ) އެވެ…ބޮޑު ދައިތަ އަކީ ބޮޑުބެގެ އަންހެނުންނެވެ…. އެމީހުންގެ ވެސް ތިން ކުދިން ތިބި އިރު އަހަރެން ބަލަން ޖެހުމުން ބޮޑުދައިތަ ހަރަދު ބޮޑުވީމާ ހިތްހަމަ ނުޖެހެނީއެވެ… ނަމަވެސް ބޮޑުބެ ވަރަށް ހެޔޮވެފައި ރަގަޅެވެ… ކިޔަވާދީ ހުރިހާ ކަމެއް ކޮށް ދެމުން ދިޔައެވެ…… އަހަރެން އަވަސް އަވަހަށް ރެޑީވެގެން ބަދިގެޔަށް ދިޔައީމެވެ….

“ދަރިފުޅާ ޒައިނީ މިހާރު ތިހިރީ ޖީސީ އޭ ލެވެލް ވެސް ނިމިފަ… ނަތީޖާ ވެސް އެހާ ރަގަޅު އެހެންވެ ބޮޑުބެ ހިތަށް މިއަރަނީ ދަރިފުޅު އިތުރަށް ކިޔަވަން ބޭނުން ނަމަ ކިޔަވަން ނޫނީ ރަގަޅު ވަޒިފާއެއް ހޯދުމަށް މާލެ ފޮނުވުމަށް…ދަރިފުޅު އެގޮތް ރަގަޅުތަ؟”

ލައްބަ ބޮޑުބޭ… އަހަރެން އެއްބަސްވީ އަހަރެންނަށް ދެރަގޮތަކަށް ވުމަށް ބޮޑުބެ ނޭދޭނެތީއެވެ.

” އެހެންވީމާ މާދަމާ އިދުރީސް ދޯނިން މާލެ ފުރަން ތައްޔާރުވޭ…..”

ބޮޑުބެ ސައިބޮއެގެން ދިޔުމުން އަހަރެން ވެސް ސާ ބޯން އިށީނީމެވެ….. “ދަރިފުޅާ ޒައިނީ” އިވިގެން ދިޔަ އީ ބޮޑުދައިތަގެ އަޑުކަންވެސް އަހަރެންނަށް ގަބޫލެއް ނުކުރެވުނެވެ. ސަބަބަކީ ދުވަހަކުވެސް އެހާ ލޯބިން ގޮވާލާފައި ނުވާތީއެވެ…

” މާލެ ގޮސް މީހުންގެ ގޭގައި އުޅޭއިރު ވަރަށް ބަސްއަހައިގެން އުޅޭތި ދަރިފުޅަށް ވެވުނު މިންވަރަކުން ގޭތެރޭ ކަންތަކުގައިވެސް ބައިވެރިވާތި ތީ އަންހެން ކުއްޖެއް އަމިއްލަ އިއްފަތްތެރިކަން ރައްކާކުރާތި….ކޮންމެ މީހަކަށް އެހާ އަވަހަށް އިތުބާރު ނުކުރާތި….ދަރިފުޅުގެ ހިތް ބުނާ ގޮތަކަށް ކަންތައް ކުރާތި….ނަމާދު ކުރާތި”

ލައްބަ ތިދެއްވި އަގުހުރި ނަސޭހަތް މުޅި އުމުރަށް ވެސް ހަނދާން ބަހައްޓާނަން…..ބޮޑުދައިތަ އެހާ ލޯބިން ވާހަކަ ދެއްކުމުން އަހަރެން ވަރަށް އުފާވިއެވެ.

އަހަރެން މާލެ އައީމެވެ… ބޮޑެތި ބިލްޑިން ތަކާއި ދުއްވާ އެއްޗިހިން ފުރިބާރުވެފައިވާ ތަނެކެވެ…ހަމަޖެހިލައިގެން ނިދާލެވޭނެ ބާއޭ ހިތަށް އެރިއެވެ..ކާރަކަށް އަރައިގެން ބޮޑުބެ ދިން އެޑްރެހަށް ދިޔައީމެވެ…. ވަރަށް ބޮޑު ބިލްޑިނަގެކެވެ…ބޭރުން މިހާ ރީތި އިރު އެތެރެ އަދި ކިހާ ރީތިވާނެ ހެއްޔެވެ. އަހެރެން ވަދެގެން ދިޔައީމެވެ. ގޮސް ބެލް އަޅާލުމުން ދޮރު ހުޅުވާލީ ބިދޭސީއެކެވެ. އަހަރެން ގޭ ބޮޑު މީހާ ކޮބާތޯ ސުވާލު ކުރީމެވެ..

”  ބޮސް ކައިރީ ބުނަނީ މެޑަމް މަޑުކުރަނީ މިތާ….””

އަހަރެން ބޯ ޖަހާލުމުން އެމިހާ އެތެރެއަށް ވަދެގެނަ ދިޔައެވެ. އިރުކޮޅަކުން މެދު އުމުރު ފުރައިގެ ފިރިހެނަކު އައެވެ…ލައިގެނަ ހުރި ހެދުމުން އެއީ މުއްސަނދި މީހެއްކަން ފާޅުވެއެވެ. އޭނާގެ ފަހުން އެއައްނަނީ ހީވާގޮތުން އޭނާގެ އަންހެނުންނެވެ. ދިގު އަބާޔާ ހެދުމަކާ އެކު އަޅާފައިވަނީ ވެސް ވަރަށް ރީތި ޝޯލްއެކެވެ..އަރާފައި ހުރީ ފައިވާން ވެސް ވިދާ ބަބުޅާއެވެ. އަތުގައި އޮތީ ބްރޭންޑެޑް ހޭންޑް ބޭގްއެކެވެ….

“އައްސަލާމް އަލައިކުމް” އަހރެން ބުނެލީމެވެ.

ކީއްކުރާ ކުއްޖެއް؟ އެ ފިރިހެން މީހާ ސުވާލުކޮށްލިއެވެ.

“މީ ހދ. ކުޅުދުއްފުށީ އިރުމަތީގެ މުހައްމަދު ޝަރީފް ބުނެގެން މި އައީ….” އަހަރެން އަވަހަށް ބުނެލީމެވެ.

ތީ ޝަރީފް ދައްތަގެ ދަރިފުޅު ތަ؟ އެ އަންހެން މީހާ ސުވާލުކޮށްލިއެވެ.

“ލައްބަ” އަހަރެން އެއްބަސްވެލީމެވެ.

އަވަހަށް އާދޭ އެތެރެއަށް އަހަރެން އެމީހުންގެ ފަހަތުން ވަދެގެން ދިޔައީމެވެ….ތަނަވަސް ބޮޑު އެޕާރޓްމެންޓެކެވެ. ސިޓިން ރޫމް ވެސް ވަރަށް ރީއްޗެވެ. މެދުގައި ބޮޑު ރަތް ކުލައިގެ ސޯފާއެއް ހުރި އިރު  ކުރިމަތީ ފާރުގައި ބޮޑި ޓީވީއެއް ހުއްޓެވެ… ފާރުތަކުގައި އަދު ބޮޑު ޕެއިންޓިންސް ހަރުކުރެވިފައި ހުއަޓެވެ.

“އަވަހަށް އިށީންދޭ ”  އެ ފިރިހެނަ މީހާ ބުނެލުމުން އަހަރެން އިށީނީމެވެ..

” އަހަރެން ހީކުރީ ރާއްޖެތެރޭ ރަށެއްގެ ކުއްޖެއްވީމާ ޖީންސް ޓޮޕްއެއް ނުލާނެކަމަށް ހުންނާނީ ހަރުވާޅު ހެދުން ލާފައި ކަމަށް އެހެންވެ ފުރަތަމަ ނޭގުނީ…. އަދި މާޝާﷲ ދަރިފުޅު ވަރަށް ރީތީ ދޮން ކުލަ ހުރި ހިމަ ތޮޅި އިސްކޮޅުން ދިގު އަދި ކަޅު ދިގު އިސްތަށި ގަނޑުގައި ހީވަނީ ހަމަ ފިލްމްސްޓާރެއް ހެން”

އެ އަންހެން މީހާގެ ވާހަކަ އަހާފައި އަހަރެން ވަރަށް ލަދުގަތެވެ.. އެކަމަކު ޝުކުރިއްޔާ ބުނެލީމެވެ….

ކޮން ނަމެއްތަ ކިޔަނީ ؟ ޒައިނީ އަހަރެން ޖަވާބު ދިނީމެވެ.

” ދަރިފުޅާ އެއްވަރަށް ނަންވެސް ރީތި… މީ އަނީސާ ދެން މީ އަހަރެންގެ ފިރިމީހާ ޝާހިން… އެކަމަކު ދަރިފުޅު ކިޔަން ވާނި އަނީއްސާއްތަ އަދި ޝާހިންބެ އިނގޭ…. މިގޭ އެންމެ މަތީ ދެ ފްލޯގަ އެކަނި މީހުން އުޅެނީ ދެންހުރި ބައިތައް ހުންނާނީ ކުލިޔަށް ދީފައި…. އެންމެ މަތީ ގައި ޓެރެސްގައި ހުންނާނީ އަހަރެމެންގެ ދަރިފުޅު އަބާންގެ ރޫމް ދެން އިންނާނެ އެހެން ރޫމެއް އެހެންވެ ދަރިފުޅު ދެން އުޅެން ވާނީ އެ ރޫމުގައި….ޖޮބް އޮތީ ހަމަޖެހިފައި ކަމަށް ޝަރީފް ބުނި އެހެންވީމާ މަގުތައް ދަސްވަންދެން ޝާހިން އާ އެއްކޮށް ދެވޭނެ ގަޑިޔަށް ރެޑީ ވެގެން ހުންނާތި”

އަހަރެން އަވަހަށް ބޯ ޖަހާލީމެވެ.

“އަވަހަށް އާދެބަލާ ޝާމް”  އަނީސާއްތަ ގޮވާލުމުން ބޭރު މީހަކު އައެވެ.

“ޝާމް މީ ޒައިނީ ޝަރީފްބޭގެ ދަރިފުޅު….މަތީގައި ހުރި ރޫމް ދައްކާލަބަލަ އަދި ފޮށިތައް ވެސް ގެންގޮސްދީ….”

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nadhoo
Follow Me Written By

Nadhoo

Level 1

varah kuda iruh suren varah kiyaahithun vaahaka kiyan vaahaka liyaa hihves vaathy try kohlani mi

Other Articles

Previous

ދިރުމެއްނެތް ދިރިއުޅުން 20

Next

ލޯބީގެ ކުރި ދަތުރު 3

Next
August 8, 2023

ލޯބީގެ ކުރި ދަތުރު 3

Previews
August 7, 2023

ދިރުމެއްނެތް ދިރިއުޅުން 20

One Comment

  1. Isha says:
    August 8, 2023 at 3:26 pm

    When is the next part????

Comments are closed.

Next Episodeއިންތިޒާރު-2←


All Right Reserved!