Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަކިވީ ލޯބިން 12

Naira Level 1
July 16, 2023 5 Mins Read
23 Comments

“ތީ ނޭވާއޭ މަގޭ، ވިންދޭ ތީ މަގޭ…

ހިތާ ފުރާނައިގެ ދިރުމޭ، ތީ ނޫންހެ ރޭދުވާ މަގޭ…”

އިރުކޮޅަކަށް އަހަރެމެންގެ ދެމެދުގައި އެއްވެސް ވާހަކައެއްދެކެވުމެއްނެތި ފުން ހަމަހިމޭންކަމެއް ދެމިގެންދިޔައެވެ. އެކަކު އަނެކަކުގެ މޫނަށް ނަޒަރު ހުއްޓާލައިގެން ތިބެވުނީ ދައްކާނޭ ވާހަކައެއްވެސް ވިސްނުމަށްވެސް ނާންނަފަދައިންނެވެ. ހާމަވެގެންދިޔަ އެތައް ހަޤީގަތަކަށްފަހު އެކަކުއަނެކަކާއި ކުރިމަތިލާނޭގޮތެއް ނޭނގިފައި ތިބި ކަހަލައެވެ.

“އަޝްވާ… ކީއްވެ ސިއްރުކޮށްގެން ހުރީ؟ އެންމެފަހަރަކުވެސް ބުނިނަމަ…” ސައިފްގެ ފަރާތުން ޖަވާބެއްނުލިބޭނެހެން ހީވި ވަގުތުކޮޅަކަށްފަހު ލިބުނު މާޔޫސްކަމުގައި އަހަރެންގެ ފިޔަވަޅުތައް ދުރަށް ނަގަންފެށިވަގުތު ފަހަތުން ސައިފްގެ އަޑު އިވުނެވެ. އަހަންނަށް ހަރަކާތެއް ނުގެނެވިގެން އުޅެނިކޮށް ސައިފް ދިގުފިޔަވަޅުތަކެއްގައި އައިސް އެދެއަތުގެތެރޭގައި އަހަރެން ފޮރުވާލައިފިއެވެ. އެވަގުތު އަަހަރެންގެ ހިތްބާރުބާރަށް ތެޅެންފެށިގޮތުން އޭގެ މަޤާމުން ވީއްލިގެންދިޔަކަހަލައެވެ.

“ސައިފް އަހަންނަށް ފުރުސަތެއްނުދެމެއްނު… އެނބުރިއައިފަހުން ސައިފްއާއި ވާހަކަދައްކަން އަހަރެން ކިހާ މަސައްކަތެއް ކުރީން… އަމިއްލައަށް ގޮތް ނިންމައިގެން ހުރީ އަހަރެން އެކަންޏެއްނޫނެއްނު…” ސައިފްގެ ހަށިގަނޑުގެ ހޫނުކަން ލިބިގަންނަމުން އިތުރަށް އެދެއަތުގެ ތެރެއަށް ބޮޑިވެގަންނަމުން އަހަންނަށް ވާހަކަދެއްކުނީ ޝަކުވާކުރާފަދަ ގޮތަކަށެވެ. އެވަގުތު ސައިފް އަހަރެންގެ ކޯތާފަތުގައި އިނގިލިތައް ހިންގާލަމުން އައިސްފައި އަހަރެންގެ ތުންފަތުގައި އިނގިލި ޖައްސާލަމުން އަހަރެންގެ ބަސްތައް މެދުކަނޑާލިއެވެ.

“އަޝްވާ ކަންތައްކުރިގޮތުން އެކަމުން އަރައިނުގަނެވިފައި އަހަރެން ހުރީ… އަހަންނަށް ވަރަށް ވަގުތު ބޭނުންވި… ދެން އެހާ ދުވަސްފަހުން އަޝްވާ ފެނުމުން އަހަރެން އަހަރެން ބިރުގަތީ… ހިތަށް އެރީ އެހާ ދުވަސްފަހުން އަޝްވާގެ ހިތް ބަދަލުވެދާނޭ… ދެވަަނަ ފަހަރަށް އަޝްވާ ދިޔަދޭން އަހަންނަށް ކެތްކުރެވޭނީ ކިހިނެތް؟ އަޝްވާއަށް އިޙުސާސްނުކުރެވޭނެ އަަހަރެން އަޝްވާދެކެ ލޯބިވާވަރު…” އަހަރެން ގެނެސް މޭގައި ޖައްސާލަމުން އަހަރެންގެ ބޮލުުގައި ދަތްދޮޅި އަޅުވާލައިގެން ހުރެ ސައިފް ވާހަކަދެއްކިއިރު އެއަޑުގައިވީ އިންތިހާ ދަރަޖައިގެ ލޯތްބާއި އޯގާތެރިކަމެވެ. ހަތަރުއަހަރުވާންދެން ސައިފްގެ ވަށައިގެންވީ ގަނޑުފެނުގެ ފާރު ވިރި  ލަސްލަހުން އަސްލު މިޒާޖު ފެންނަމުންދިޔަކަހަލައެވެ. އެދުލުން ބޭރުވަމުންދިޔަ ކޮންމެ ބަހަކާއިއެކީ އަހަރެންގެ ހިތުގައި އުފެދިފައިހުރި ޒަޙަމްތަކުގައި ގަނޑުފެން އެޅެމުން ދިޔައެވެ.

“އެކަމަކު އަދިވެސް ސައިފްއަށް އަހަންނަށް އިތުބާރެއްނުކުރެވެއެއްނު…” އެބަސްތަކަށްފަހުވެސް އަހަރެން ހުރީ އެހާ ފަސޭހައިން ސައިފްއަށް މައާފުދޭކަހަލަގޮތަކަށްނޫނެވެ. ހިތަށް ލިބިފައިވާ ޒަޙަމްގެ ސަބަބުން ވޭތުވެދިޔަ ކޮންމެ ދުވަހެއްގެ ޝަކުވާތައް ވަކިވަކީން ކޮށް ހުރިހާކަމެއް އޮޅުންފިލުވަން އަހަރެން ބޭނުންވިއެެވެ. ސައިފްގެ މޭގައި އަތްއަޅާ ކުޑަކޮށް ދުރުވެލިގޮތަށް އަަހަރެން އެ މޫނަށް ނަޒަރު ހަމަކޮށްލަމުން ހަށަމް ބަދެލީމެވެ.

“އަމިއްލަ ހިތަށް އަޝްވާއަށް އިތުބާރު އެބައޮތްތަ؟ އަހަންނަށް ކިހިނެތް އިނގެނީ އަޝްވާގެ ހިތް ކުރީންހެން ބަދަލު ނުވާނެކަމެއް…” އަހަރެންގެ މޫނަށް ބަލަހައްޓައިގެން ހުރެ ސައިފްގެ ދުލުން ބޭރުކޮށްލި ބަސްތައް ކިތަންމެ ތިލަ ނަމަވެސް އޭގައި އެތައް ބުރަދަނެއް އެކުލެވިގެންވިއެވެ. އަހަންނެކޭ އެއްފަދައިން ސައިފްގެ ހިތުންވެސް މާޒީގެ އެދުވަސްތައް އެދުވަސްތައް ނުފިލައެވެ. އަހަރުތަކެއްކުރީން އަހަރެން އެލޯތްބަށް ފުރަގަސްދިނުުމުން އެއަރުތެރޭގައިލީ ހިތި ރަހަ އަދިވެސް ނުފިލާ ހުރި ކަހަަލައެވެ.

“އަހަންނަށް އިނގޭ ސައިފްއަށް ހަނދާންނައްތާލަން އުނދަގޫވާނެކަން… ދެވަނަފަހަރު އަހަންނަށް އިތުބާރުކުރަން ވަގުތު ބޭނުންވާނެކަން… އަހަންނަށް މައާފުކުރޭ ސައިފް… އަހަންނަށް އެދުވަހު އެންމެ މުހިންމުވީ އަހަރެންގެ ކޮއްކޮ… ޢާޝާލްގެ އުފަލަށްޓަކައި ސައިފްގެ ހިތުގައި ޖެއްސުނުކަން އަހަރެން ޤަބޫލުކުރަން…” ސައިފްގެ ދެއަތްތިލައިގައި ހިފަހައްޓާލައިގެން ހުރެ ވާހަކަ ދެއްކިއިރު އާޝާލްގެ ހަނދާންތަކުން އަހަރެންގެ ލޮލުން ކަރުނަ އޮހޮރުވާލިއެވެ.

“ނޫން… ރުޅިއައުމުގެ ހައްޤެއް އަހަންނަކަށް ނެތް ކަންނޭނގެ… އަހަންނަށް އިނގޭ ޢާޝާލްގެ ވަކިވުމުން އެންމެންނަށް ނުކުރާ އަސަރު އަޝްވާއަށް ކުރިކަން… އިނގޭ މަންމަމެންގެ އަޅާލުމެއްނެތި ވަރަށް ހާލުގައިކަން އަޝްވާ އުޅުނީ…. އަޝްވާ ހިތާމަ ކުރާތަން ދެކެން އަހަންނަށް ވަރަށް އުނދަގޫވި…. އިނގޭތަ މިވީ ދުވަސްތަކުގައި އަޝްވާ އުޅުނު ހާލު ދެކެން ކެތްވެގެނެއް ނޫނޭ އަަހަރެން ދުރުގައި ހުރީ… ރުޅިވެރިކަން ދައްކަން ހުއްޓަސް އަޝްވާ އެހާލުގައި އޮތްތަން ދެކެން އަހަންނަކަށް ކެތެއްނުވި…” ދެވަނަ ފަހަރަށްވެސް އަހަރެން ގެނެސް އެދެއަތުގެ ހިމާޔަތުގެ ތެރޭގައި ފޮރުވާލަމުން ސައިފް ވާހަކަދެއްކިއިރު އަހަންނަށް އިތުރު އެހެން ކަމެއްވެސް ޔަޤީންވިއެވެ. އަހަރެން ހީކުރިގޮތާއި އެއްގޮތަށް އެހެންމީހެއްގެ އެހީތެރިކަމަށް އަހަރެން އެންމެ ބޭނުންވީ ރޭ އަހަންނާއި އެންމެ ގާތުގައި ހުރެދިނީ ސައިފްއެވެ.

“މާޒީއާއިމެދު ހިތާމަކުރާކަށް އަހަރެން މިއަދު ބޭނުމެއްނުވޭ… އަހަރެން އުފާކުރަން ކޮއްކޮގެ ހަޔާތުގެ ފަހު ދުވަސްތައް ސައިފް ފަދަ ބައިވެރިޔަކާއި އެކީ ހޭދަކުރަން ލިބުނީތީ… އެންމެފަހު ނޭވާއާއި ހަމަޔަށް ސައިފް އާޝާލް ކައިރީގައި ހުރެދިނީތީ… ތިއީ ޢާޝާލްއަށް އަޅާލާ އޯގާތެރި ފިރިއަކަށް ވާނޭކަމާއިމެދަކު އަހަރެން ޝައްކެއް ނުކުރަން… އީޝްއަކީވެސް އެކަމުގެ ހެއްކެއް.. އަދިވެސް އަހަރެން ޢާޝާލްމަތީން ވަރަށް ހަނދާންވޭ… އެކަމަކު ކޮއްކޮއަށްޓަކައި މިއަދު އަަހަރެމެންނަށް ކޮށްދެވޭނޭކަމަކީ ހެޔޮދުއާކުރުން…” ޢާޝާލްގެ ކުރު ހަޔާތުގައި އެހިތުގެ ލޯބި ކާމިޔާބުވީތީ އަހަރެން އުފާކުރަމެވެ. ސައިފްގެ އޯގާވެރިކަމުން އެ ދުވަސްތަކަކީ ޢާޝާލްގެ ހިތުން ފިލައިގެންނުދާނޭފަދަ ދުވަސްތަކަށް ވާނޭކަމާއިމެދު އަހަރެން ޝައްކެއްނުކުރަމެވެ. އަދި މިއަދު އަހަރެން ސައިފްގެ ހަޔާތަށް އަަޔަސް ޢާޝާލްއަކީ އަބަދަށްވެސް ހާއްސަ ފަރާތަކަށްވާނެއެވެ. އެއީ ސައިފްގެ އަލަތު އަންހެނުން އަދި ދަރިފުޅުގެ މަންމައެވެ.

“އަހަރެންވެސް…” އަަހަރެންގެ އަތުގައި ހިފާ ފިއްތާލަމުން ސައިފްވެސް އަަހަރެންގެ ބަސްތައް ތަކުރާރުކޮށްލިއެވެ. މާޒީގެ ފޮނި އަދި ހިތި އެދުވަސްތަކަކީ ރީތި ހަނދާނަަކަށް ހެދުމަށްފަހު އަހަރެމެން ދެމީހުންވެސް މިއަދު ބޭނުންވަނީ ޢީޝްގެ އަތުގައި ހިފައިގެން ކުރިއަށް ދިޔުމަށެވެ. އާޝާލްއާއި އާޝާލްއާއި ގުޅިފައިވާ ކޮންމެ ކަމަކީ އަހަރެމެންގެ ހިތުން ނުފިލާނޭ ހަނދާންތަކެކެވެ. އަދި އެއީ ކޮންމެވެސް ދުވަހަކުން ތުއްތު އީޝްއަށްވެސް އިނގޭނޭ ވާހަކަތަކެކެވެ. އެދުވަހާއި ހަމަޔަށް އަހަރެމެންގެ ހިތުގެ އެންމެ ފުނުގައި އެ ހަނދާންތައް ރައްކާކުރެވިފައި ހުންނާނެއެވެ.

އެރެއަށްފަހު އަހަރެންގެ ހަޔާތަށް އަލިވިލިގެން އައީ އުފާވެރި ދުވަހަކަށެވެ. އެތައް ދުވަހެއްފަހުން އަހަރެންގެ ހިތަށް ހަޤީގީ ހިތްހަމަޖެހުމެއް އިޙުސާސް ކުރެވިފައިވި ކަހަލައެވެ. ނާއުންމިދާއި މާޔޫސްކަމުގެ ބަނަވިލާތައް އަހަރެންގެ ދިރިއުޅުމުން ކެހި މުސްތަޤުބަލަށްޓަކައި ކުރެވެމުންދިޔަ އުންމީދުތަކާއި ހުވަފެންތަކުން އަހަރެންގެ ހިތް ހުޅުދާންވެފައިވެއެވެ.

ހެނދުނުގެ ވަގުތު އަހަރެން ޢީޝްއަށް ކާންދޭން ކާކޮޓަރީގައި އުޅެމުންދިޔައިރު އެހެންދުވަސްތަކާއި އަހަރެންގެ ހަރަކާތްތައް ތަފާތުކަމުން މަންމަމެންގެ ނަޒަރު އެތައްފަހަރަކު އަހަންނަށް ހުއްޓުނެވެ. އެކަމަކު އެކަން ފާހަގަކޮށް އަހަންނާއި ސުވާލުކުރާކަށް މަންމަމެން ގަސްތެއްނުކުރިއެވެ. އަަހަންނަށް އައި ބަދަލުގެ ސަބަބު ހޯދުމަށްވުރެ މަންމަމެންނަށް މުހިންމުވީ އަހަރެންގެ އެ އުފާވެރިކަން ދުށުމެވެ.

“މާމަގެ ދޮންދޫނި… ބަނޑުފުރާލީތަ؟” އީޝްއަށް ކާންދީ ނިމިގެން އަހަރެން ސިންކްކައިރީގައި ތަށިތައް ދޮންނަން ހުއްޓާ ސިޓިންރޫމްގައި ބައްޕައާއި ވާހަކައެއްދައްކަން އިނދެފައި މަންމަ ކާކޮޓަރިއަށް ވަދެގެން އައެވެ. ކާންދޭ ގޮނޑީގައި އިން އީޝްގެ ކޯތާފަތުގައި ކުޑަކޮށް ކޮއްޓާލުމަށްފަހު މަންމަގެ ފިޔަވަޅުތައް ބެހެއްޓީ އަހަންނާއި ދިމާލަށެވެ.

“ދަރިފުޅު ހާދަ ހިތްހަމަޖެހިފައި ހުންނަހެން މަންމައަށް ހީވެޔޭ.. ބައްޕަ ކައިރީ ބުނެފިން މާދަން ރޭ ޒިހާން ކައިރީ ބުނަން ދަރިފުޅާ ބަަދަލުކުރަން އަންނަން… ކައިވެނީގެ ކަންތައް ވީހާވެސް އަވަހަކަށް ނިންމަން މަންމަމެން ބޭނުންވަނީ…” އަހަރެންގެ ބޮލުގައި ފިރުމާލަމުން މަންމަ ބުނެލުމާއިއެކު އަަަހަރެންގެ ތުންފަތްމަތީގައިވީ ހިނިތުންވުން ވަގުތުން ފަނޑުވެގެންދިޔައެވެ. ސައިފްއާއި އެކީގައި ހޭދަވެގެންދިޔަ އުފާވެރި ވަގުތަކަށްފަހު އަހަންނަށް ހުރެވުނީ ޒިހާންގެ މަތީން މުޅީންހެން ހަނދާންނެތިފަފައެވެ. ބައްޕަގެ އެދުމަށް ކައިވެންޏަށް އެއްބަސްވުމަށްފަހު ދެކޮޅު ހެދުމަކީ އަހަރެން ކިތަންމެ ކުރަން ބޭނުންނޫން ކަމަކަށްވިޔަސް ހަޔާތުގައި ފުރަތަމަ ފަހަަރަށް އަމިއްލަ އުފަަލަށް އިސްކަންދޭން އަހަރެން ބޭނުމެވެ. ބައްޕަމެންނަށް ފުރިހަމަނުވާނޭ އުންމީދެއްދީ ޒިހާން އިންތިޒާރުގައި ބެހެއްޓުމަކީ އެންމެ ރަނގަޅުގޮތެއްނޫނެވެ.

އަހަންނަށް މަންމައަށް ރައްދެއްދެވުމުގެ ކުރީން މަންމަ ކާކޮޓަރީން ނިކުމެގެން ދިޔުމުން އަހަންނަށް އެހެން ގޮތަކަށް ވިސްނުން ހިންގުނެވެ. މަންމަމެންގެ ކުރިމަތީގައި ދެކޮޅުހެދުމަށްވުރެ އަހަންނާއި ޒިހާންއާއި ދެމީހުން ވާހަކަދައްކައިގެން ގޮތެއް ނިންމުން ރަނގަޅުވެދާނެއެވެ. ޒިހާންއަކީ ދުރު ވިސްނޭ ޒުވާނެކެވެ. އަހަރެން ބޭނުންވާގޮތް ބުނުމުން ޒިހާންވެސް ދެކޮޅުހެދުމެއްނެތި އަަހަރެންގެ ނިންމުމަށް އިޙުތިރާމްކުރާނެ ކަންނޭނގެއެވެ. ޢީޝް ގެނެސް އަނގަމަތި ދޮއްވާލަން ސިންކުކައިރީގައި ހުރިއިރުވެސް ޒިހާންއާއި ދައްކާނޭ ވާހަކަތައް އަހަރެންގެ ސިކުނޑިތެރޭގައި ރާވަމުން ދިޔައީމެވެ. އެވަގުތު ކޮންމެވެސް މީހަކު ތުނބުން ފުމެލި އަޑަށް އިސްކުރު ދޫކޮށްލިގޮތަށް އަަހަންނަށް ފަސްއެނބުރިބަލާލެވުނެވެ. އެއާއިއެކު އަހަރެންގެ އަތުގައި އިން އީޝް ވަގުތުން ތެޅިގަތެވެ. ދޮރުމަތީގައި އަހަރެންގެ ހަަރަކާތްތައް ދެކެން ހުރެފައި ސައިފް އައިސް އީޝް އުރާލިއެވެ.

“ހޫމް… އަދި ގަދަކަން ދައްކާލާފައި ޒިހާންއާއި އިންނަން އުޅުނެއްނު… ބަލާނަމޭ އަހަރެން ނޫން މީހަކާއި އަޝްވާގެ ކައިވެނި ކުރެވޭތޯ… ބައްޕަ ގާތު ކައިވެނީގެ ވާހަކަދައްކަންވީދޯ…” އެއްބުމަަ ހިއްލާލަމުން ސައިފް އަހަންނާއި ދިމާކޮށްގަތްއިރު އެދެލޮލުން ނުސިޔާނުކަން ފާޅުވިއެވެ. ސައިފްއާއި އިދިކީލި ހަދަންވެގެންވެސް އަަހަރެން އެ ކައިވެންޏާއި އެއްބަސްވުމުންވެސް ދިމާކުރުން ނުހުއްޓޭނެކަން އަަހަންނަށް އިނގުނެވެ. ހަތަރުއަަހަރުގެ ހިމޭންކަމަށްފަހު ސައިފްއަށް އާ ހިތްވަރެއް ލިބިގެން އުޅޭ ކަހަލައެވެ. އަހަންނަށް ތުން ފިއްތާލެވުނެވެ.

“ދިމާނުކޮށް މިކަމުން ސަލާމަތްވާނޭގޮތެއް ބުނެބަލަ… އަހަންނަކަށް ނުކެރޭނެ ބައްޕަ ކުރިމަތީގައި ދެކޮޅުހަދާކަށް… ކުއްލިއަަކަށް އަހަރެމެންގެ ވާހަކަ ބުނާނީވެސް ކިހިނެތް؟ ޒިހާން އައިމަ އޭނައާއި ވާހަަކަދައްކަންވީ ކަންނޭނގެ…” ސައިފްއާއި ހިލާފަށް އަހަންނަށް ހުރެވުނީ ސީރިޔަސްވެފައެވެ. ކޮންމެވެސް އެއްގޮތަކަށް މިކަން ނުނިމެނީސް އަހަރެންގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ. އަދި އަަހަންނަށް ޔަޤީންވަނީ ކޮންމެކޮންމެ ގޮތަކަށް މިކަން ނިމެން އަހަރެން ބޭނުންނުވާނެކަމެވެ. ސައިފް ނޫން މީހަކާއިއެކު ޒަވާޖީ ހަޔާތެއް ފަށަން ވިސްނާކަށްވެސް އަހަރެން ބޭނުމެއްނޫނެވެ.

“ތިިކަހަލަ ކަންކަމަށް އެންމެ ރަނގަޅު ހައްލު ހުންނާނީ އަޝްވާގެ މިމޮޅު ސިކުނޑީގަ.. އެހެންނޫނަސް ތީ އަމިއްލައަށް ކޮށްގެން އުޅޭ ހިޓުކަމެއްނު… އެހެންވީމަ ހައްލުވެސް އިނގެންވާނެ… ދަރިފުޅު.. މަންމިގެ ބޮލުގައި ސިކުނޑީގެ ބަަދަލުގައި އޮންނަނީ ފުޅިމަދުގަނޑެއްތަ؟” އަަހަރެންގެ ވާހަކަތަކަށްފަހުވެސް ސައިފް ހުރީ ސީރިޔަސްވާކަހަލަ ގޮތަކަށްނޫނެވެ. އަހަންނަށް ކުދިކިޔަމުން އަހަރެންގެ ނިއްކުރިމަތީގައި ފުއްޓަތްކެއް ޖެހިއެވެ. އެއަށްފަހު އަަހަންނާއި ދިމާކޮށްލުމަށްފަހު އީޝްއާޢި ސަކަރާތް ޖަހަމުން ކާކޮޓަރީން ނިކުންނަން ދިޔައެވެ. އަހަންނަށް މޫނު ހަދާލެވުނެވެ.

ދެދުވަސް ފާއިތުވެގެންދިޔައީ އެސްފިޔަޖަހާލާހާ އަވަހަށެވެ. ހިތް ނޭދޭ ކަމަކަށް އިންތިޒާރުކުރަން ޖެހިފައިވުމުން އަހަންނަށް ދުވަހުގެ ވަގުތުތައްވެސް އަވަސްވެފައިވީކަހަލައެވެ. ވަގުތުތައް ފާއިތުވަމުންގޮސް ޒިހާންއާއި ބައްދަލުކުރަން ހަމަޖެހިފައިވީ ރޭ ގާތްވެގެން އައިރު ނޭނގޭފަދަ ގޮތަކަށް އަހަރެން ހަށިގަނޑު ފިނިވެފައިވިއެވެ. ޒިހާންއާއި ކުރިމަތިލާނޭ ގޮތެއް ނޭނގި އަހަރެންގެ ސިކުނޑިވެސް ހާސްކަމަކަށް ގެނބިފައިވިއެވެ. އަހަންނާއި ހިލާފަށް ސައިފްގެ ފަރާތުން ފެންނަމުންދިޔައީ އާދަޔާހިލާފު ހަމަޖެހުމެކެވެ. އެންމެފަހު ވަގުތާއި ހަމަޔަށްވެސް އަހަންނާއި ދިމާކުރުމުގައި ސައިފް ދެމިހުރިއިރު ސީރިޔަސްވާން ނުވެސް ވިސްނާކަހަލައެވެ.

އިޝާ ނަމާދަށްފަހު ޑްރެސިން ޓޭބަލް ކުރިމަތީގައި އަހަރެން ތައްޔާރުވާން އިންއިރު މަންމަ އީޝް ފެންވަރުވާލައިގެން ރީތިކުރުމުގައި އުޅެމުންދިޔައެވެ. ނޫކުލައިގެ މަންޒަރުތަކެއް އެކުލެވޭ ހުދުކުލައިގެ ކުރުތާއަކާއި ފައިކުރިއަށް ފުޅާކޮށް ހުރި ޖިންސްގައި އަހަރެން ހުރިއިރު އަހަރެންގެ ފުށުން ފާޅުވާން ހުރީ ސާދާކަމެވެ. މޭކަޕްކުރަން ލޯބިނުކުރާތީވެ އަހަރެންގެ ތުންފަތުގައި ޖައްސާލި ފަޑުފިޔާތޮށި ކުލައިގެ ލިފްސްޓިކްގެ އިތުރަށް އަހަރެން އެއްވެސް މޭކަޕްގެ ސާމާނެއް ބޭނުމެއްނުކުރަމެވެ. ފަން އިސްތަށިގަނޑުގެ އިސްތަށިކޮޅެއް ދެފަރާތުންވާހެން ފަހަތަށް ގެނެސް ދައްޗަކުން ހަރުކޮށްލުމަށްފަހު އިސްތަށިގަނޑުވެސް ބޭއްވީ ފަަހަތަށްވާނެހެން ދޫކޮށްލާފައެވެ. އެންމެފަހު ކަމަކަށް މޫނުމަތީގައި ފުށްމާގަނޑު ހިންގަމުން ދަނިކޮށް މަންމަ ފަހަތުން އައިސް އަހަރެންގެ ކައިރީގައި މަޑުކޮށްލަމުން ކޮނޑުގައި އަތްތިލަ ބާއްވާލިއެވެ.

“މަންމާ…” އިސްއުފުލާ ބަލާލެވުމާއިއެކު ލޯގަނޑުން މަންމަގެ ސޫރަ ފެނުމުން އަހަރެން މަންމައާއި އެތައް ވާހަކައެއް ދައްކަން ބޭނުންވިއެވެ.

“ނޫން… ދަރިފުޅު ބޭނުންވާ ވާހަކަތައް ދައްކަންވީ މަންމަ ކައިރިއަކު ނޫން… ދަރިފުޅާއި މިރޭ ބައްދަލުކުރަން އެއަންނަ ފަރާތާއި… އޭނަ ދަރިފުޅުގެ ހުރިހާ ވާހަކައެއްވެސް އަޑުއަހާނެ…” އަހަރެންގެ ފަހަތަށް ދޫކޮށްލެވިފައި އިސްތަށިގަނޑު އަތުން ރީތިކޮށްދެމުން މަންމަ ވާހަކަދެއްކިއެވެ. އޭރުވެސް އަަހަންނަށް އިނދެވުނީ ލޯގަނޑުން ފެންނަމުންދާ އަހަރެމެން ދެމައިންގެ ސޫރައަށް ބަލަަހައްޓައިގެން ނެވެ.

“އަވަސްކޮށްގެން ތިރިއަށް އާދޭ އިނގޭ… މަންމަ މިދަނީ ދެކުދީންނަށް ސައި ތައްޔާރުކުރަން…” އެވަގުތު ސައިއްތަ ކޮޓަރިތެރެއަށް ވަދެގެން އައުމުން މަންމަ ދައްކަން ހުރި ވާހަަކަތައް ކުރުކޮށްލިއެވެ. އަހަރެންގެ ބޮލުގައި ފިރުމާލުމަށްފަހު ސައިއްތަގެ ކަންފަތްދޮށުގައި ކޮންމެވެސް އެއްޗެއް ބުނެލަމުން މަންމަ ކޮޓަރީން ނިކުންނަން ދިޔައެވެ. އެވަގުތު އަހަރެންގެ ފޯނު ވައިބްރޭޓްވާން ފެށުމުން އަހަރެންގެ ހުރިހާ ސަމާލުކަމެއް ފޯނަށް ދެވުނެވެ. ޑްރެސިންޓޭބަލްމަތީގައި އޮތް ފޯނު ނަަގައި ބަލާލުމާއިއެކު އަހަންނަށް ތުންފިއްތާލެވުނެވެ.

“ބެސްޓް އޮފް ލަކް…” ހިނިތުންވެފައިވާ އިމޯޖީއަކާއިއެކު ސައިފް ފޮނުވާފައިވީ އިން މެސެޖް ކިޔާލުމާއިއެކު އަހަރެންގެ ދަތްތަކަށް ހިސާބަކަށް ވާންވެލައިގެންދިޔައެވެ. ވަގުތުން ފަރިތަކަމާއިއެކު ފޯނުގެ ސްކްރީންގައި އިނގިލިތައް ހިންގާލެވުނެވެ.

“ޒިހާންއަށް އާނއެކޭ ބުނެފައި އަހަރެން އަންނާނީ… ފަހުން ދެރަވެގެން ނޫޅޭތީ…” ކިތަންމެ ރީތި ބަހުން އެމެސެޖް ފޮނުވިޔަސް އެއީ ސައިފްއަށް އަހަރެން ދިން އިންޒާރެއްކަން ސައިފްއަށް ނަގައިގަނެވުނީ ކަހަލައެވެ. މެސެޖް ފޮނުވިތާ އިރުކޮޅެއްގެ ތެރޭގައި އަހަރެންގެ ފޯނު ރިންގްވާންފެށިއެވެ. ފުރަތަމަ ރިންގްއާއިއެކު އަހަރެން ފޯނު ނެގިގޮތަށް ފޯނު ނިއްވާލީމެވެ. އެއަށްފަހު ގޮނޑީން ތެދުވެ ދޮރާއި ދިމާލަށް ދާން ފެށީ ސައިފްދެކެ ނުހަނު ބޮޑަށް ހިތްހަމަނުޖެހިފައިހުރެއެވެ. މިއީ ސައިފް އަހަންނާއި ކުރާ ސަމާސާއެއް ނަމަ އަހަންނަށް މި ސަމާސާ އެއްގޮތަކަށްވެސް ކަމަކުނުދެއެވެ.

“ބުނާނެ ލޯބިވެޔޭ… އެކަމަކު އަހަރެން އެހެން މީހަކާއި ކައިވެނިކުރަންވެސް ވަރިހަމަކޮށްލައިގެއްނު އެެހުރީ…” ސިޑިން ފައިބައިގެން ދަމުންވެސް އަަހަންނަށް ސައިފްއާއި ދިމާލަށް ކުދިކިޔުނެވެ. ސައިފްއަށް ނޭނގުނަސް ސައިފް ކަންތައްކުރިގޮތުން އަހަރެންގެ ހިތުގައި ޖެހިފައިވިއެވެ. ޒިހާންއާއި އަަހަރެންގެ ކައިވެނި ސަކަރާތެއްގެ ގޮތުގައި ސައިފް ނަގާނެކަމަކަށް އަހަރެން ހިޔެއްނުކުރަމެވެ. މިމަޅިން އަހަރެން ސަލާމަތްކުރަން ސައިފް އަތުކުރިއޮޅާލާނޭކަމަށް އަހަރެން ހީކުރީމެވެ. އެކަމަކު އެންމެފަހު ވަގުތާއި ހަމަޔަށްވެސް ހުރިހާކަމެއް ސަކަރާތެއްގެ ގޮތުގައި ނަގަން ހުރިއިރު ސައިފްގެ ފަރާތުން އަހަރެން ދެކެން ބޭނުންވީފަދަ ސީރިޔަސްކަމެއް ނުފެނުނެވެ. ސައިފް ދައުވާކުރާފަދައިން އަހަރެންދެކެ ސައިފް ލޯބިވާކަމާއިމެދުވެސް ފުރަތަަމަ ފަހަރަށް އަހަންނަށް ޝައްކު އުފެދުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Naira

Level 1

A keen reader of dhivehi stories. And reading lead me to write one. Author of Vakivee Loabin & Beeveema.

Other Articles

Previous

ނިކަމެތިބައެކެވެ.

Next

ލައިކާ

Next
July 16, 2023

ލައިކާ

Previews
July 16, 2023

ނިކަމެތިބައެކެވެ.

23 Comments!

  1. Nayal says:
    July 16, 2023 at 10:45 am

    there will be no Zahaneen only saif will be there…..ashwa get ready for the twist

    1. Naira says:
      July 18, 2023 at 12:50 am

      lets see dhw.. thank you

  2. Faathun says:
    July 16, 2023 at 10:48 am

    When next part?

    1. Naira says:
      July 18, 2023 at 12:51 am

      Next part now submitted

  3. Naira says:
    July 16, 2023 at 5:50 pm

    Hii all. Hope you will like this part too. Next part will be uploaded on Tuesday. Keep waiting

    1. ނަމެއް ނުކިޔާ says:
      July 17, 2023 at 12:43 am

      I love your storyy…. Varah beley up veda intho ♥️ ashwa and saif dhuru nukurachey dhen💔

    2. Naira says:
      July 18, 2023 at 12:53 am

      Thank you so much.. so happy to meet such a keen reader. lets see how the story proceeds

  4. imko 💖❤️ says:
    July 16, 2023 at 6:51 pm

    There will be no zahaneen only saif will be there… ashwa get ready for the twist
    I love this story 😍
    When is next part 💕

    1. Naira says:
      July 18, 2023 at 12:53 am

      hehehe.. lets see dhw. next part now submitted

  5. Anonymous says:
    July 18, 2023 at 1:16 pm

    Haadha lahey????

  6. 😩 says:
    July 18, 2023 at 5:08 pm

    Keehve ehves vaahaka eh kiyaalan nulibenee

  7. Anonymous says:
    July 18, 2023 at 8:50 pm

    Submitted kamah ebain dhw.. ekm update eh nuvey

  8. Naira says:
    July 19, 2023 at 12:49 am

    Hey all. I have submitted 13th part last night. And its still in pending. It will ge uploaded once the admin approves. Admin can you please make it fast.

  9. Anonymous says:
    July 19, 2023 at 6:00 am

    Mihaaru dhen foohi vaan fashaifi..

  10. kokila modi says:
    July 19, 2023 at 10:34 am

    mihaaru vahaka up kurun ehaa las vani keehve baa? 24hrs therey up vaane kamah inanee….ekam mihaaru submit kuraafahun 3 duvas vey eba….ehen vanyya foohivaane kiyun therin

    1. Anonymous says:
      July 19, 2023 at 12:31 pm

      Kokila foohi vaane eh noon mihaaru foohi vehje hama rangalhah vx
      Yeahh.. Admin buni dhw maximum 24 hrs ey
      Foooohsekey huvaa mi vany

  11. Anonymous says:
    July 19, 2023 at 7:45 pm

    Hama rangalhah vx foohi vehje mihaaru
    Aslu mi gothah lasvaa kan authors ah ingey iru 2 parts varu submit kollan feney..
    Noonee admin kairi vakin ahaalan rangalhu vaane lass vaa sababu eyrun alhugandumen vx mihaa varakun ulhen jeheykah nujeheyne

    (authors ah rangalhu vaany lahun upload kuri vareh kanneynge.. eyrun emyhun maa varun liyan ulhey kah nujeheynen mihaaaru ingeyne authors ah ves 4 dhuvas 3 dhuvas vaa fahun kan upload kurany.. Soo i dont think emyhun maa varakun mi kamah halleh hoadhan ulheyne kamakah)

  12. Naira says:
    July 20, 2023 at 1:49 pm

    @Admin. Is there any issues with the site? I have submitted my story 3 days ago and it still havent been approved. The previous part was also approved after 3 days. Many authors are also raising there concerns. Hope you will respond to our comments and attend on the matter.

    1. Nadhoo says:
      July 20, 2023 at 6:01 pm

      My story also not uploaded….3 days ago submitted

  13. Naira says:
    July 20, 2023 at 1:50 pm

    And my dear readers i can understand your frustrations. Apologize from my side. And thank you for waiting patiently. Thank you for your love and concerns

  14. 😩 says:
    July 20, 2023 at 6:33 pm

    Adhives vaahaka kiyaalan libeyne ireh neynge dhw😥

  15. leesh says:
    July 20, 2023 at 6:42 pm

    alheyy update nuvanee dhw adhives
    I though only alhugandah nufennany kamah

  16. lover says:
    July 20, 2023 at 6:50 pm

    Dear Admin,
    Can you approve the stories quickly once author submit?
    hope this issue will be solved soon as possible.
    don’t think that I am angry I am just requesting.
    I agree that there may be a issue to post in site.
    but please post quickly

Comments are closed.

Next Episodeވަކިވީ ލޯބިން 13←


All Right Reserved!