Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

ގަނޑުވަރުގެ ސިއްރު

އަހްނަލް Level 1
July 10, 2023 2 Mins Read
1 Comment

ރޭގަނޑު ގެ އަނދިރިކަން ފިލައި ގޮސް ފަތިހުގެ ރިހި އަލި ދުނިޔެ މައްޗަށް ވެރިވެއްޖެއެވެ. ބިންމަތީގައިވާ މާތަކާއި ޖައްވުގައި އުދުހޭ ދޫނިތައްވެސް ތިބީ މިރީތި ދުވަހަށް މަރުހަބާ ކިޔާލަ ކިޔާލައެވެ. ގަނޑުވަރުގެ ކުޑަދޮރު ކައިރީގައި އިން ލިޔާ ގެ މޫނުން ވެސް އުންމީދާއި ހިނިތުންވުން ފެނެއެވެ. ގަނޑުވަރުގެ ބޭރުން ފެންނަ ރީތި މަންޒަރު ބަލާލުމަށް ފަހު ގޮނޑިން ތެދުވެއޭނާގެ ލިޔެކިޔުންތައް ރައްކާކޮއްފައި ވާ ކޮޓަރި އާ ދިމާލަށް ދިޔުމަށް ޓަކާ ޝާހީ ނިޝާން ޖެހިފައިވާ ދޮރު ހޮޅުވާލިއެވެ.

ގަނޑު ވަރުގެ ތެރޭގައި އަޅާފައިވާ ގަދަފެހި ކުލައިގެ ދޫލަ މަތިން ހިގައިފާ ގޮސް ގަލަމުގެ ނިޝާން ޖަހާފައިވާ ދޮރު ހޮޅުވާލިއެވެ. އެތަނުގައި އޭނާގެ އިސްކޮޅަށް ވުރެ އުސް ފޮތް ހަރުގަނޑު ތަކާއި ލިޔުމަށް ތައްޔާރު ކުރެވިފައިވާ ފޮތާއި ގަލަންތައް ހުއްޓެވެ.

އޭނާ އެ މޭޒުކައިރީގައި އިށީނުމަށް ފަހު ލިޔަން ފެށިއެވެ. “މާތް ރަސްކަލާންގެ އަށް ހަމްދު ކުރާ ހާލު މިޔަދު ގެ ސަފުހާ ލިޔަން ފަށަމެވެ. މި ރަށުގެ ތާރީހު ލިޔުން އަހަރުމެންގެ އާއިލާ އާ ހަވާލު ކުރެވުނު ފަހުން 700 އަހަރު ވެއްޖެއެވެ. މިޔަދު މި މަސައްކަތް ވާރުތަ ވެފައިވަނީ އަހަންނަށެވެ. މަދު ބަޔަކަށް މެނުވީ މިރަށުގެ އަކުރުން ލިޔަން ކިޔާކަށް ނޭނގެއެވެ. އެހެންކަމުން ތާރީޚްގެ ބޮޑުބަޔެއް ފޮރުވިފާ ވާކަމަކަށް އަހަރެން ދެކެމެވެ.  ނަމަވެސް މި ކަންކަމާ މެދު ވިސްނާ ފިކުރު ހިންގަނީ މަދު މީހެކެވެ. ގިނަމީހުންގެ ހުންނަނީ ރަން ފައިސާ ފޮތިތަކާއި އަސްގާޑިޔާތައް ހޯދުމުގެ ޚިޔާލެވެ. މި ގޮތަށް ކަންތައްތައް ނޭނގި އޮތުމުން ވަރަށް ބޮޑު ފަޅުކަމެއް އަހަންނަށް އިހުސާސްވެއެވެ”.

ކޮޓަރީގެ ދޮރު ހޮޅުވިއްޖެއެވެ. ޝާހީ ހެދުން ކޮޅުގާ އޭނާ ގެ މަންމަ ލިޔެ ކިޔުން ތައް ބަލަހައްޓާ ކޮޓަރިއަށް ވަނެވެ. ބޭރުފުށުން މި ދެމައިން ގެ ސިފަ ވަރަށް އެއްގޮތެވެ. ލިޔާއަށް ލިބިފައިވާ ރީނދޫމުށި ކުލައިގެ ހަންގަނޑަކީ އޭނާގެ މަންމަ ފަރާތުން ވާރުތަކޮށްފައިވާ ސިފަ އެކެވެ. ތަފާތަކީ ލިޔާ ގެ ކަނާތު ލޯ މަޑު މުށި ކުލައިގާ ހުރުމާއި އޭނާގެ މަންމަގެ ލޯ ގަދަ ނޫ ކުލައިގާ ހުރުމެވެ.  “ދަރިފުޅާއެވެ”! ލިޔާގެ މަންމަ އޭނާއަށް ގޮވާލިއެވެ. “މަންމާ އެވެ.” މިރަށުގެ ތިރިބިމުގައި އުޅޭ މީހުން މަންމަ އަށް އެގޭތަ؟ އެމީހުންގެ ވާހަކަ ނުލިޔެ ދޫކޮށް ލެވިފައިވަނީ ކީއްވެ؟

“ދަރިފުޅު ތީ ވަރަށް ވިސްނުންތޫނޫ މޮޅު ކުއްޖެއް. ދަރިފުޅުގެ ވަށައިގެން މިވާ ފޮތްތަކުން ހުރިހާ މައުލޫމަތެއްވެސް ލިބޭނެ”

މިހެން ބުނުމަށް ފަހު މަންމަ ކޮޓަރިން ނިކުތެވެ. މި ޖަވާބު އަޑު އިވުމުން މަންމަ ގެ ފަރާތުން މި ސުވާލު ގެ ޖަވާބު ނުލިބޭނޭ ކަމަށް ލިޔާ އަށް ގަބޫލު ކުރެވުނެވެ. އަދި މިކަން ކުރުމަށް އެހެން ގޮތެއް ހޯދަން ޖެހިއްޖެކަން އޭނާއަށް ވިސްނުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

އަހްނަލް

Level 1

Other Articles

Previous

ވަކިވީ ލޯބިން 10

Next

ރާނީ 8

Next
July 11, 2023

ރާނީ 8

Previews
July 9, 2023

ވަކިވީ ލޯބިން 10

One Comment

  1. Anonymous says:
    July 10, 2023 at 7:54 pm

    V.reethi keep it’s up

Comments are closed.

Next Episodeގަނޑުވަރުގެ ސިއްރު 2←


All Right Reserved!