Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވަނަހާ (04)

Aiman Ahmed Level 1
July 12, 2023 3 Mins Read
0 Comments

ނިޔާޒުމެންގެ މި ދަތުރުގެ އެންމެ އިސް ފަރާތް ކަމުގައި ވާ ޕުރޮޖެކްޓް މެނޭޖަރ އާތިފް ގެ ފަހަތުން ރަށުގެ ވާޓަރު މައްޗައް ފޭބި ނިޔާޒުގެ ލޮލުގައި އެވަގުތު އަޅައިގަތީ ކައުންސިލް ޕުރޮކިއުމަންޓް އޮފިސަރ ހިމްނާއެވެ. ހިމްނާގެ ފުރަތަމަ ފެނިލުމުންވެސް ނިޔާޒުގެ ހިތަށް ދިޔައީ ބުނެދޭން ނޭންގޭ އިހުސާސް ތަކެއް ކުރުވަމުންނެވެ. ބޭރުފުށުން އަދި ފެންނަން ހުރި ސިފަތަކުން ނިޔާޒުގެ ސިކުނޑި ހިމްނާ އަށް ގޮސް ހުސްވިކަހަލައެވެ. ފަހަރަކު މީހަކާއި ސަލާން ކުރަމުން ގޮސް ނިޔާޒު ހިމްނާ އާއި ސަލާން ކޮއްލިއެވެ. އެވަގުތު ހިމްނާ ނިޔާޒުގެ މޫނަށް ބަލާލުމައްފަހު ހީލިއެވެ. އެ ހީލުން ވެގެން ދިޔައީ ނިޔާޒުގެ ހިތަށް ބަހާރު މޫސުން ގެނުވި ހީލުމަކަށެވެ.

 

ނިޔާޒުމެން ގޮވައިގެން އެރަށުގައި ނިޔާޒުމެން ތިބެން ހަމަޖެހިފަ އިން ގެސްޓްހައުސް އަށް ރަށު ކައުންސިލުގެ ރައީސް ވަޑައިގަތެވެ. އެބޭފުޅާއަށް ޝުކުރު ދެންނެވުމައްފަހު ނިޔާޒު އާއި އުމޭރު ރިސެޕްޝަނަށް ގޮސް ކޮޓަރި ތަޅުދަނޑި ހިފައިގެން އައިސްް ކޮޓަރި ހުޅުވާލުމަށް ފަހު ކޮޓަރި އަށް ވަނެވެ. ނިޔާޒު ދިޔަ ގޮތައް ގޮސް ހުޅުވާލީ އަންނައުނު ލާން އިންނަ ކަބަޑެވެ. އުމޭރު ދަބަސް ހިފައިގެން ވަދެ ދޮރު ޖެހުމައް ފަހު އެނދު މަތީ އިށީންނިއެވެ. ”އޭ ނިޔާ ކައެ އޯކޭތަ. މިބުނީ މި ރަށައް ފޭބިފަހުން ކަލެއާއި ކިތަންމެ ވާހަކަ އެއް ދެއްކިޔަސް ބޯ ޖަހާލުން ފިޔަވާ އިތުރު ކަމެއް ނުކުރޭ“ އުމޭރު ސުވާލުން ފުރިގެން ވާ ހާލު ބުނެލިއެވެ. ”މަށައްވެސް މި ހުންނަނީ މަށައް ވެފަ މިހިރަ ގޮތެއް ނޭންގިފަ“ ނިޔާޒު ބުންޏެވެ. އުމޭރު ވެސް ފުން ނޭވާ އެއް ދޫކޮއްލިއެވެ. ”އޭ އަނެއްކާ ކަމުދާ ކަހަލަ މަންޖެއެއް ފެނުނީތަ؟“ ސަމާސާ ރާގަކަށް އުމޭރު ބުނެލިއެވެ. ”ތިހެން ކަންނޭގެ ދޯ މި ވަނީ“ ނިޔާޒު ހިނިގަނޑެއް ޖަހާލުމައްފަހު ބުންޏެވެ. އެވަގުތު ނިޔާޒުމެން ކޮޓަރި ދޮރުގައި މީހަކު ޓަކި ޖަހާލިއެވެ. ނިޔާޒު ހީކުރީ ޒުހާގެ އުނދަގުލެއް ކަމަށެވެ. ދޮރު ހުޅުވުމައް އުމޭރު ގޮސް ގޮސް އޮއްވައި އުމޭރުގެ ކޮނޑުގައި ހިފާ ހޫރާލުމައް ފަހު ނިޔާޒު ދޮރު ހުޅުވާ ކިހާ ދެރަ ކަމެއް ހެއްޔޭ ބުންޏެވެ. އެވަގުތު ނިޔާޒު ދިޔައީ ސިއްސައިގެންނެވެ. ކުރިމަތީ ހުރީ ޒުހާ އެއް ނޫނެވެ. ޕުރޮޖެކްޓް މެނޭޖަރ އާތިފް އެވެ. އުމޭރައްވެސް މި ވީގޮތް ފަހުމު ވީއިރަށް ހެވޭ ގޮތް ވެއްޖެއެވެ. ”ނިޔާޒު ހާދަ ރުޅި އައިސަ ތިހުރީ. ކިހިނެއްވީ؟“ އާތިފް ސުވާލު މާކެއް ޖެހިފަ ހުރެ އަހާލިއެވެ. ނިޔާޒު އިސް ދަށައް ޖަހާލިއެވެ. ”އަޅުގަނޑު ހީކުރީ މީހަކު އުނދަގޫ ކުރަނީ ކަމަށް. އާތިފް ޓަކި ޖެއްސެވިކަމަކައް ހިޔެއް ނުކުރަން“ ނިޔާޒު ބުންޏެވެ. ”ލައްބަ އެއީ ތެދެއް މީގެ ކުރިން ދެ ފަހަރަކު ވެސް ޓަކި ޖަހައިފި. ހުޅުވާ އިރަކު މީހަކު ނުހުރޭ“ ނިޔާޒު ސަލާމަތް ކުރުމުގެ ގޮތުން އުމޭރު އޭނާގެ ހަޔާތުގައި ފުރަތަމަ ފަހަރު އޭނާގެ ވެރިމީހާ ކައިރި ދޮގެއް ހަދާލިއެވެ. ”އެހެން ދޯ. ދެން މައްސަލަ އެއް ނެތް. އަސްލު މި އައީ ކައުންސިލުން ދިން ދައުވަތެއްގެ ވާހަކަ ބުނެލަން. ކައުންސިލްގެ ރައީސް އެބަ އެދި ލައްވާ މިރޭގެ ކެއުމައް އިންސާފް ކުރުމައް ކައުންސިލް ރައިސްގެ ގެޔައް ދިޔުމައް. ބަލާ ފޮނުވާނެ ކަމައް ބުނީ. އެހެންވީމަ މިރޭ ވިހިގަޑި ތިރީހައް ތައްޔާރު ވެގެން މިތާ ލޮބީ އައް ނިކުންނާތި ދެ ކުދިންވެސް“ އާތިފް އޭނާ އަންގަން ޖެހޭ އެންގުމެއް އެންގުމައްފަހު ދިޔައެވެ. ނިޔާޒު ދޮރު ލެއްޕި ގޮތައް ބޯ ކަހާލިއެވެ.

 

އެރޭ ކެއުމައް އިންސާފް ކުރުމައް ބަލާ ފޮނުވި މީހާ އާއި އެކު ނިޔާޒު އާއި އުމޭރު އާއި ޒުހާ އަދި އާތިފް ދިޔައެވެ. ކައުންސިލް ރައީސްގެ ގެ ކަމަށް ދެއްކި ގެ ކައިރި ފިހާރަ އެއް އިންތަން ފެނުމުން ނިޔާޒު އެތަނައް ވަދެލާފަ އަންނާނެ ކަމައްބުނެ އެ ފިހާރަ އަށް ވަދެއްޖެއެވެ. ވަތް ވަގުތު ފިހާރަ ކައުންޓަރު ދޮށުގައި އެއްޗަކަށް އަގު ދައްކަން ހުރި ކުއްޖާ ފެނިފައި ނިޔާޒު ދޮރު ދޮށައް ގަބުކައިފިއެވެ. ކައުންޓަރު ދޮށުގައި ހުރީ ހިމްނާއެވެ. ހިމްނާވެސް ނިޔާޒު އާއި ދިމާލައް ބަލާލުމައްފަހު ހީލިއެވެ. އަދި ނިޔާޒު ކައިރިން ލާފައި ފިހާރައިން ނިކުމެ ބޭރުގަ ތިބި އާތިފް އާއި އުމޭރު އަދި ޒުހާ ކައިރި ގޭ ތެރެއަށް ވަނުމައް ދައުވަތު ދިނުމައްފަހު ކައުންސިލް ރައިސްމެން ގޭގެ ދޮރާ ދިމާޔައް ހިނގައިގަންނަމުން އަދި އެއްފަހަރު ފަސް އެބުރި ނިޔާޒު އާއި ދިމާލަށް ބަލާލިއެވެ. އެޔާއެކު ނިޔާޒުވެސް ގަބުކަން ފިލައި ގޮސް އެ މީހުން ފަހަތުން އެ ގެޔަށް ވަންނަން ހިނގައިގަތެވެ.

 

ކާމޭޒުގެ ދެ ފަރާތުގައި މީހުން ތިބިއިރު އެންމެ ކޮޅުގައި އިށީންދެ އިންނެވީ ކައުންސިލުގެ ރައިސް އެވެ. ނިޔާޒު އިން ގޮނޑީގެ ކުރިމައްޗައް ވާ ގޮތަށް އިން ގޮނޑީގައި އިށީންނީ ޒުހާއެވެ. ހަމަ އެޔާއެކު ނިޔާޒު ޖެހިގެން އިން ގޮނޑިއަށް ބަދަލު ވިއެވެ. އިއްތިފާގުން ޖެހިގެން ނިޔާޒު އިށީންނި ގޮޑީގެ ކުރިމައްޗައް އިން ގޮނޑީގައި އިނީ ހިމްނާއެވެ. ”ކޮބާ ހާދަ ވަރަކަށް ތި ގޮނޑި ބަދަލު ކުރަނީ“ އާތިފް ސަމާސަ ކޮއްލުމުގެ ނިޔަތުގައި ނިޔާޒު އާއި ދިމާލަށް ބުނެލިއެވެ. ”ލައްބަ އެއީ……އެ ގޮނޑި އެހާ ފަސޭހައެއް ނޫން އިށީންދެ އިންނާކައް އެހެންވެ“ ނިޔާޒު ބުންޏެވެ. ”އާން ތި ގޮންޑި ވަރަށް ބަލިވާނެ. ދެތިންފަހަރަކު އިސްކުރުވެސް ނެއްޓިގެން އަނެއްކާވެސް އިސްކުރެއް ޖަހާފަ ތީނީ“ ކައުންސިލުގެ ރައިސް ވެސް ވާހަކައިގަ ބައިވެރި ވެލިއެވެ. މި އެންމެން ވާހަކަ ދައްކާ އިރު ޒުހާ އިނީ ހަނެވެ. އަނގައިން ޗުއްޕެއް ވެސް ނުބުނެއެވެ. ޒުހާ އިނީ ހިސާބަކައް ހިތްހަމަ ނުޖެހިފައެވެ. ވާނީވެސް އެހެންތާއެވެ. މި ދަތުރައް ފެށިވަގުތުން ފެށިގެން ޒުހާ އެތައްފަހަރަކު ނިޔާޒުގެ ސަމާލުކަން ދަމައިގަނެވޭތޯ ބެލިއެވެ. ނަމަވެސް އޭން ކޮންމެ ފަހަރަކު ޒުހާ ވަނީ ނާކާމިޔާބެެވެ. ކެއުމައް އިންސާފް ކުރަން ތިބި އެންމެން ހެން އެ ރަށުގައި ކުރަން ހުރި މަސައްކަތް ތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރި އިރުވެސް ޒުހާ އިނީ ބަސް ހުއްޓިފައެވެ.

 

 

ނުނިމޭ (05 ވަނަ ބަޔަށް އިންތިޒާރު ކޮއްލައްވާ)

Share Article

Follow Me Written By

Aiman Ahmed

Level 1

Other Articles

Previous

ތަގުދީރު 8

Next

ދިރުމެއްނެތް ދިރިއުޅުން 15

Next
July 14, 2023

ދިރުމެއްނެތް ދިރިއުޅުން 15

Previews
July 11, 2023

ތަގުދީރު 8



All Right Reserved!