Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބަކުންދިން-27

SomeOne Level 210 Stories
June 15, 2023 8 Mins Read
26 Comments

ހުއްޓުންއަރާފައި އަހަރެންނަށް ފާރުކައިރީ އިނދެވުނީ ގޭ ދޮރު ލައްޕަންވެސް ހަނދާން ނެތިފައެވެ. ދޮރު ހުޅުވިފައި ހުރިކަންވެސް އެނގުނީ  މީހަކު ދޮރުމަށްޗަށް އެރިކަމުގެ އިހްސާސެއް ކުރެވިގެންނެވެ. އިސް އުފުލާ ދޮރާއި ދިމާއަށް ބަލާލެވުމާއިއެކު  އިންތާ އިނދެ އަނެއްކާވެސް އަޑުން އަޑުނަގާ ރޯންފެށުނެވެ.

” ޝްޝްޝް.. ހުއްޓާލާ…” ޒިވިއަލްވެސް މުށިތައްމަތީ އިށީނދެ އެ ބިޔަ ހަށިގަނޑުގެތެރޭގައި އަހަރެން ބޮނޑިކޮށްލިއެވެ.

އަހަރެން އެއިންގޮތަށް އިނދެ ހިތް ފުރެންދެން ރުއީމެވެ. އެ ހުރިހާ އިރަކު ޒިވިއަލް އަހަރެން ގައިގައި ބައްދާލައިގެން މުށިތައް މަތީގައި އިށީނދެގެން އިނެވެ.

” ކޮން އިރަކު މިކޮޅަށް އައީ؟” އަހަރެން ހަމަޖެހެވުމުން ޒިވިއަލް ކައިރިން ދުރަށް ޖެހިލާ މޫނުމަތި ފޮހެލަމުން ކޮޅަށް ތެދުވީމެވެ. އޭރުވެސް އެހާގިނައިރު ރުއިމުގެ ސަބަބުން އަހަރެންގެ މޫނުމަތިވެސް ވަނީ ދުޅަވެފައެވެ.

“ބުނީމެއްނު އީމް އަހަރެން ބޭނުންވެގެން ގުޅާއިރު ކައިރީގައި ހުންނާނަމޭ…” ޒިވިއަލްވެސް އިންތަނުން ތެދުވިއެވެ.

“ރޫމްވެސް ރެޑީ އެއްނުކުރަން.. އަންނާނަން ރޫމް ރެޑީކޮށްފަ” އަހަރެންގެ ހޭވިފައިވާ އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލަމުން ސިޑީއާއި ދިމާއަށް ހިނގައިގަތީ އަވަހަށް ހުސްކޮށްހުރި ކޮޓަރި ފޮޅާލާ ސާފުކޮށް ތަންމަތި އަޅާލުމަށެވެ.ނަމަވެސް އެއް ފިޔަވަޅު ކުރިއަށް އަޅާލުމާއިއެކު ޒިވިއަލް އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ.

” އެހަށް މިތާ އިށީނދެބަ..ނިދިދާނެއެއްނު އަދި” އަހަރެން ގަޑިއަށް ބަލާލަމުން ސޯފާގައި އިށީނީމެވެ. ޒިވިއަލްވެސް އަހަރެންނާއި ޖެހިގެން އިށީނެވެ.

“ޝިޒާން ކަމެއް ކުރީތަ؟ މެންދުރުވެސް ގުޅިއިރު ރުއީ.. މިހާރުވެސް ތި ރޮނީ… ތެދައް ބުނެބަލަ” ޝިޒާން އަހަރެންގެ އަތަށް މަޑުމަޑުން ފިތާލިއެވެ.

“ނޫން.. ކަމެއް ނުކުރޭ..” އަހަރެން އިސްޖަހާލީމެވެ.

“ދެން ކީއްވެ އެހާވަރަށް ރުއީ؟ ތެދަށް ބުނެބަލަ އީމް”  ޒިވިއަލް ލޯތްބާއިއެކު ދެވަނަ ފަހަރަށްވެސް އަހާލިއެވެ.

“ޝިޒާން މާދަން ފުރަމުން އަހަރެން ގެންދާނަމޯ.. ރުހުމުގަ ނުގޮސިއްޔާ ޒިވާ ގެންދާނަމޯ…ރޭޒަލް ވަރިކުރާނަމޯ ” އަހަރެންނަށް އަނެއްކާވެސް ރޯން ފެށުނެވެ.

“ޝިޒާން އައިސް އެހާވަރުކުރިއިރުވެސް ހަމަ އަހަރެންނަށް ގުޅާލަން ހިތަކަށް ނައިތަ؟ އަހަރެންނަށް  ނުގުޅާލިތާ ޒިލާލްއަށް ގުޅާލަންވެސް ރަނގަޅުދޯ” ޒިވިއަލް އެހެން ބުނެލީ ނުރުހުމާއިއެކުއެވެ.

” ޝިޒާން އައިކަން އެނގެއެއްނު؟ އަހަރެންނަށް ގުޅާލިންތަ ހާލު ބަލާލަން؟ ސާރާއަށް ނުގުޅަވެސް ޒިވާ އަށް ގުޅޭނެ ދޯ ހަމަ؟ އަހަރެން އަތުގަވެސް ފޯނެއް އޮވެޔޭ” އަހަރެން އެންމެފަހުން ހިތުގައިވި ހުރިހާ ޝަކުވާއެއް ބަންޑުންކޮށްލީމެވެ.

” އީމް މިކޮޅަށް އައީ އަހަރެންނާވެސް ދުރުވާން ބޭނުންވެގެން.. އެހެންވީމަ އަހަރެން ދެން ވަކި އީމްއަށް އުނދަގޫކުރަކަށް ބޭނުމެއް ނުވާނެއެއްނު. އަހަރެން އިންތިޒާރު ކުރިން އީމް ގުޅާނޭ ދުވަހަކަށް”ޒިވިއަލް ވެސް އެ ބުނީ މުޅިން ދޮގެއް ނޫނެވެ. އަހަރެން މިކޮޅަށް އައުމުގެ ކުރިން ޒިވިއަލްކައިރީ އެހެންބުނެވުނެވެ. އަހަރެން ޒިވިއަލްއާއި ދިމާއަށް ބަލާލީމެވެ.

” އިންނަން ކަމުދާ ކުއްޖެއް ދެން ފެނިއްޖަތަ؟” އަހަރެންނަށް އެހެން އަހާލެވުނީ ކީއްވެކަމެއް ޚުދު އަހަރެންނަކަށްވެސް ނޭނގެއެވެ.

” އެކަމާވެސް އުޅެންވީ.. އެކަމަކު އީމް ސެޓަލް ވީމަ އެކަމާ އުޅޭނީ… ސާރާ ޝިޒާން އައި ވާހަކަ ބުނީމަ އަހަރެން ހީކުރީ ދެ މީހުން އަލުން ގެޓިން ބެކް ކަމަށް ޒިވާއަށް ޓަކައި” އަހަރެން ކުރިންވެސް ހީކުރެވުނު ގޮތަށް ޝިޒާން އައްޑޫއަށް އައިއައުން ޒިވިއަލްއަށް މާނަ އެކުރެވުނީ މުޅިން ނުބައިކޮންނެވެ.

“އަހަރެން ބުނެގެން ނޫނޭ އައީކީ… ކުއްލިއަކަށްހަމަ އައީ.. ފުރަތަމަ ހީކުރީ ހަމަ ޒިވާކައިރިއަށް ކަމަށް… ވަރަށް ނައިސް ހަމަ.. އެކަމަކު ހަމަ ކުއްލިއަކަށް ޗޭންޖްވީ.. އޯވަރ ނައިޓް…އަހަރެން ވަރަށް ބިރުގަނޭ ޒިވިއަލް… ޝިޒާން ޒިވާ ގެންގޮސްދާނެ! ” އަހަރެންނަށް އަނެއްކާވެސް ރޯންފެށުނީ ހިތަށް ބިރުވެރިކަމެއް ވެރިވުމުންނެވެ.

” އަހަރެމެން މިތިބީނު.. ވީ ވޮންޓް ލެޓްދެޓް ހެޕަން… ޒިވާ އެއީ ހަމައެކަނި އީމްގެ ކުއްޖެއް.. ޝިޒާންއަށް ޒިވާ ގެންދެވޭނީ ހަމައެކަނި އީމް ދިނިއްޔާ” ޒިވިއަލް އަހަރެންނަށް އުންމީދު އާލާކޮށްދިނެވެ. އަހަރެންގެ ހިތަށްވެސް ކުޑަ ހަމަޖެހުމެއް ލިބުނެވެ. ހަމަ އެވަގުތު ޒިވާ ރޯލި އަޑު އިވުނެވެ. ބަނޑުހައިވެގެން ހޭލީ ކަންނޭނގެއެވެ.

“އަންނާނަން އެނގޭ ޒިވާއަށް ފީޑްކޮށްފަ.. އައިސް ރޫމް ރެޑީކޮށްލަ ދޭނަން..” އަހަރެން މޫނުމަތި ފޮހެލަމުން ހިނގައިގަތީމެވެ.

“އަހަރެން ރޫމް ރެޑީކޮށްލާނަން.. ފީޑްކޮށްފަ ގޮވާލައްޗޭ.. ޒިވާ އުރާލާފަ ނިދަން ބޭނުމީ” އަހަރެން ހޫމް އޭ ބުނެލަމުން ޒިވާ ކައިރިއަށް ދިޔައީމެވެ.

ބައިގަޑިއެއްހައިރުފަހުން  އަހަރެން ޒިވިއަލްއަށް ގޮވާލީމެވެ. އަދި ޒިވިއަލް އާއި ޒިވާ ހަވާލުކުރުމަށްފަހު އަހަރެންގޮސް ކޮޓަރި ކުނިކަހާލާ ތަންމަތި އަޅާލީމެވެ. ތިރިއަށް އަހަރެން ފޭބީ ޒިވިއަލްގެ ދަބަސް ގެނައުމަށެވެ. ނަމަވެސް އެއްވެސް ތާކުން ދަބަސް ނުފެނުމުން އަހަރެން ކޮޓަރިއަށް ވަނީ ދަބަހެއް ނުގެންނަނީތޯ އަހާލުމަށެވެ.

ކޮޓަރި ދޮރު ހުޅުވާލުމާއިއެކު ފެނުނު މަންޒަރުން އަހަރެންގެ ހިތް ލޯބިން ފުރި ބަންޑުންވިއެވެ. އަހަރެންގެ އެނދުގެ އެއްކޮޅުގައި ހުރަހަށް ނިދިފައި ޒިވިއަލް އޮތް އިރު ޒިވިއަލްގެ އަތްމަތީގައި ކުޑަކުޑަ ޒިވާ ވަރަށް ލޯބިކޮށް ނިދާލާފައި އޮތެވެ. އިރުކޮޅަކު އެމަންޒަރު ބަލަން ހުރުމަށްފަހު އެނދުގެ އަނެއްކޮޅުގައި އަހަރެން އޮށޯވެލީ ހިތްފުރެންދެން އެ މަންޒަރު ބަލާލުމަށެވެ. އެ ހިތްގައިމު މަންޒަރުން ކުރިން ވީ ހުރިހާކަމެއްވެސް ހަނދާން ނެތިގެން ދިޔައެވެ.  އަހަރެންގެ ދުނިޔޭގައި ޒިވިއަލްއާއި ޒިވާ ފިޔަވައި އިތުރު އެއްވެސް މީހަކުނުވާކަހަލައެވެ. އެހެން އެ މަންޒަރު ބަލާލަން އޮވެ ނިދުނު އިރެއްވެސް ނޭނގެއެވެ.

ހެނދުނު ހޭލެވުނީ މީހަކު ވަރަށް ބާރަށް ދޮރުގައި ތަޅާތީއެވެ. އަހަރެން ބިރުގަތެވެ. ޝިޒާން އައީކަންނޭނގެއެވެ. މިތާ ޒިވިއަލް ހުއްޓައި ޝިޒާންއަށް ފެނިއްޖެނަމަ ދެންވާނީ ކިހިނެއްހެއްޔެވެ. އަނެއްކާ އެއައީ އަހަރެމެން ބަލާ ބާވައެވެ. އަހަރެން އެނދުން ތެދުވެފައިވެސް ކުރިއަށް ފިޔަވަޅެއް އަޅާލަން ނުކެރިފައި ހުއްޓި ހުރެވުނީއެވެ.

“ކާކު މިއޮއް ހެނދުނާ؟” ޒިވިއަލްއަށްވެސް  ހޭލެވުމާއިއެކު ދޮރުގައި ޖަހާއަޑު އިވިގެން އަހާލިއެވެ.

“ޝިޒާން ކަންނޭނގެ” އަހަރެން ތުރުތުރު އަޅާ އަޑަކުން ބުނެލީމެވެ

ޒިވިއަލް އެނދުން ތެދުވެ ޓީޝާޓް ރަނގަޅުކޮށްލަމުން ސިޑިން ފައިބާ ދޮރާ ދިމާއަށް ހިނގައިގަތެވެ. އަހަރެންވެސް މަޑުމަޑުން ފައިބާ ޒިވިއަލް ގެ ފަހަތުގައި މަޑުކޮށްލައިގެން ހުރީ ދެންވާނެ ގޮތެއް ނޭނގޭތީއެވެ.

“ތީ ފެން ފުޅެއް ހިފައިގެން ނިދަން މި އަރަނީ އޭ ބުނި މީހާ.. ފެން ފެކްޓްރީން ފެން އުފައްދާ ނުނިމެނީދޯ” ދޮރު ހުޅުވާލި އިރު ކުރިމަތީގައި ހުރި ޒިލާލް ފެނިފައި ހިތްހަމަޖެހެވުނެވެ.

“ހެލޯ އީމް.. އަދި ކިރިޔާ ތި ހޭލީ؟ މަ މި ދޮރުގަ ތަޅާތަޅާ ވަރުބަލިވެގެން ސީމާއްތަބަޔަށް ވަދެފަ ސައިވެސް ބޮއެގެން މިއައީ.. ކޮބާ ޒިވާ.” ޒިލާލް އެތެރެއަށް ވަދެ ސޯފާގައި އިށީނެވެ. ޒިވިއަލްވެސް ލޯ އުނގުޅަމުން ސޯފާގައި އިށީނެވެ. އަހަރެން ދަތް ނޫނގުޅަ ހުރުމާއި ނިދާ ހޭލިގޮތަށް ހުރުމުގެ ސަބަބުން އަނގަވެސް ހުޅުވާލަން ނުކެރިފައި ހުރީމެވެ

“މިހާ ބޮޑު ފަތިހާ ހޭލައިގެން ކޮންކަމެއް؟ އަދި ހަތެއް އެ ޖެހީ..”

” ކާރުން ފައިބައިގެން މަ އަތަށް ދަބަސް ދީފަ ފެން ފުޅެއް ހިފައިގެން އަންނާނަމޭ ބުނި މީހާގެ ހަބަރެއް ނުވީމަ ހޯދަން ނުކުންނާނެދޯ”  ދުވަސް ގަނޑަކަށްފަހު ދެ މީހުން އެއްކޮށް ފެނުމުން ބަޔާންކުރަން ނޭނގޭ އުފާވެރިކަމެއް އިހްސާސްކުރެވުނެވެ.

” ފިހާރަތަށް ބަންދުކޮށްފަ ހުރީމަ މިގެއަށް ފެންފުޅިއެއް ބަލާއައިސް ޒިވާ ހޭލަ އުޅޭތީ ގޮވައިގެން ސޯފާގަ އޮއްވަ ނިދުނީ” ޒިވިއަލް އެދެއްކި ބަހަނާއިން އަދި ސަލާމަތް ނުވާނޭކަން އަހަރެންނަށް އެނގޭތީ އަވަހަށް އަހަރެން ސިޑިއާއި ދިމާއަށް ހިނގައިގަތީ  އެތަނުން ސަލާމަތް ވާންވެގެންނެވެ.

” ޒިވާ ލިޕްސްޓިކްވެސް ޖައްސާ ދޯ؟ ހަމަ ޒިވާގެ ތުންފަތްތިއިނީ ތި ހުދު ޓީޝާޓުގެ މޭމަތީގަ” ޒިލާލް ޒިވިއަލްއާއި ދިމާކޮށްލިއެވެ. އަހަރެން އޭރު ސިޑިން އަރަނީއެވެ. އެތަނުން ދުރަށް ދެވުނުކަން ނަސީބެކޭ އޭރުވެސް ހިތަށް އަރަމުން ދިޔައެވެ

” ބޭކާރު ވާހަކަ ނުދައްކާ ހިނގާ ރޫމަށް ފްރެޝް ވެލައިގެން އަންނަން” ޒިވިއަލް އިންތަނުން ތެދުވިއެވެ.

އެ ދެމީހުން އައުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނެވެ. ފެން ވަރާލައިގެން ނުކުމެ ޒިވާ ރީތިކޮށް ނިންމާލިތަނާ ޒިވާ ބަލާ ސާރާއައެވެ. ޒިވާ ސާރާއަށް ދިނުމަށް ފަހު އަހަރެން ބަދިގެއަށް ވަނީ ސައި ތައްޔާރުކޮށްލުމަށެވެ. އެ ގަޑީ ޝިޒާން ދެން ނާންނާނޭކަން ޔަޤީންވީ މެންދުރު އަންނާނޭ ވާހަކަ ބުނެފައި އޮތީމައެވެ.

ސައި ހަދަ ނިންމާލުމަށްފަހު ޒިވާ ބަލާ ދިޔައިރު ޒިވިއަލް އާއި ޒިލާލް ބޭރުގައި ހުއްޓެވެ. ކައިރީގައި ޒިވާ އުރައިގެން ސާރާ ހުއްޓެވެ. ޒިވިއަލް ކައިރީ ސާރާ ހުއްޓިގެން ހުރިލެއް ގާތްކަމުން އަހަރެން ކުޑަކޮށް ހަސަދަވެރިވިއެވެ. ނަމަވެސް މިހެން ހަސަދަވެރިވާން ޖެހޭ އެއްވެސް ސަބަބެއް އަހަރެންނަކަށް ނުވިސްނެއެވެ. ހަޤީޤަތަށް ބުނަންޔާ ސާރާ އާއި ޒިވިއަލް ހުރިހާ ގޮތަކުންވެސް ހަމަ ވަރަށް ގުޅެއެވެ. ހަސަބާއި ނަސަބު ގެ ގޮތުންވިޔަސް އަދި ބަލާބެލުމަށްވިޔަސް ހެވެވެ.

“އޭ ކިހިނެއްވެފަ… ހިނގާ އަލުން ސައިބޯން” އަހަރެން ސިހުނީ ޒިލާލް އައިސް ކުރިމައްޗަށް އަރައި ހުއްޓުމުންނެވެ.

“ހިނގާ.. ސާރާ އާދޭ ސައިބޯން” އަހަރެން ސާރާއަށްވެސް ދަޢުވަތު ދިނީމެވެ.

“ނޫނޭ..ޑިޔުޓީގަ ހުރެފަ ސައިބޯން މިއައީ… މިހާރު އެކަން ނިމިއްޖެ.. ދާންމިދަނީ ދެން” ސާރާ ޒިވާކޮލަށް ބޮސްދިނުމަށްފަހު ދާން  ހިނގައިގަތެވެ.

“ދަންތަ ޑްރޮޕްކޮށްލަދޭން..” ޒިވިއަލް އެހެން ބުނެލުމުން އަނެއްކާވެސް އަހަރެން ހިތަށް ތަދުވިއެވެ. ސާރާ ނޫނޭކޭ ބުނާނެނަމައޭ ހިތަށްއެރިއެވެ.

” ދޮންބެ ތިހިރީ ސައިވެސް ނުބޮއެ. މަ ގޮސްދާނަން ސާރާ ލާން.. ދޮންބެ އަރާ ސައިބޯން” ޒިލާލްއަށް އަހަރެންގެ ހިތުގެ އަޑި އިވުނީކަންނޭނގެއެވެ.

“މަ މިއުޅެނީ ކާރުގައޭ…ދޭ ސައިބޯން.. ސީޔޫ ހަވީރު” ސާރާ ދަބަސް ކޮނޑުގައި އަޅުވާލަމުން ހިނގައިގަތެވެ.

ސައިމޭޒު ކައިރީ ތިބިގެން ދެކެވުނީ ޝިޒާން އަހަރެން ބަލާ މެންދުރު އައިސްފިނަމަ ހަދާނޭ ގޮތަކާއިމެދުއެވެ.އޭގެ ތެރެއިންވެސް އެންމެމޮޅު ޚިޔާލެއް ދިނީ ޒިލާލްއެވެ.

” އީމް އިނދޭ ގޭގަ.. ޤައިމުވެސް ކޮނޑަށްލައިގެން ނުގެންދެވޭނެ އެއްނު. އަހަރުން ޒިވާ ގޮވައިން ދާނަން… ދެން ޒިވާ ހޯދަން ޝިޒާން ދާން ޖެހޭނީ ކޯޓަކަށްނު” އަހަރެން ކައިރިއަށް ވަރަށް ހިނިއައެވެ.

“ކުޑަކުދިން ދައްކާކާހަލަ ވާހަކަ ނުދައްކަބަލަ ޒިލާލް. މާދަން ނޫންކަންނޭނގެ ބައްޕައަކަށްވާނީ” ޒިވިއަލް ބުނެލިއެވެ. އަދި އަހަރެންނާއި ދިމާއަށް ބަލާލިއެވެ.

” އީމާން ގުޅަންވީނު ޝިޒާންއަށް.. ހަމަޖެހިލައިގެން ތިކަމަށް ދާއިމީ ހައްލެއް ހޯދަން ވިސްނާނީ.. މިހާރަށް ބޭނުންވަނީ ވަގުތެއްނު؟ ސޯ ޖަސްޓް ބައި ސަމްޓައިމް… ޝިޒާންއާއި ޒުވާބުކުރަން ނަހަދާ…. އޮބްސެސް މީހުންނާ ދެކޮޅު ވެ ޒުވާބު ކުރީމަ ކަންކަން ދާނީ ގޯހުން ގޯހަށް… ބުނޭ ވީކެއް ދޭށޭ…ކޮންމެސް ބަހަނާއެއްދައްކާ.. އޭރުން މި ވީކް ތެރޭ ކޮންމެވެސް ގޮތެއް ހޯދިދާނެއެއްނު؟” ޒިވިއަލްގެ ޚިޔާލު އަހަރެންނަށްވެސް ކަމުދިޔައެވެ.

” ހިނގާ ތިކަން ވޭތޯ ބަލަން؟ ގޭގެ ކަންކަން ނިންމަން ކޯޓަށްވެސް ދާން އެބައޮތޭ.. ސޯ ދޮގަކަށް ނުވާނެއެއްނު؟ ދެން އެހެން އެކަން ނުވިއްޔާ ލާސްޓް އޮޕްޝަން.. ދެ މީހުން ޒިވާ ގޮވައިގެން ދޭ.. ދެން ވާނެ ގޮތެއް ވެދާނެއެއްނު” އަހަރެން ވިސްނުނު އެންމެ ރަނގަޅު ގޮތަކީ އެއީއެވެ. ހަމަ އެވަގުތު ޝިޒާން އަހަރެން ފޯނަށް ގުޅަން ފެށިއެވެ. ހީވީ އަޑު އިވިގެން ގުޅިހެންނެވެ. ފޯނު ނެގުމާއިއެކު ބޭރު ދޮރު ހުޅުވުމަށް އެދުނެވެ.

“ދޭ… ދޮރުހުޅުވާ… އަހަރެމެން މަޑުކުރާނަން ސީމައްތަމެން ބައިގަ. ކަމެއް ގޯސްވަންޔާ ގޮވާލާ… އޭރުން އަންނާނަން” ދެ މީހުން އަވަސް އަރުވާލާފައި ނުކުމެގެން ދިޔުމުން ސައިބުއި ތަށިތައް ދޮވެލާ ގޮސް ދޮރު ހުޅުވީމެވެ.

” ޕެކް ކޮށްފިންތަ؟ މިއައީ ޓިކެޓް ނަގަން އައިޑީ ކާޑު ބަލާ ދެމީހުންގެ” ގޭތެރެއަށްވަދެ އިށީންނަމުން ޝިޒާން ވާހަކަ ދެއްކިއެވެ. ކުޑަކޮށް ހާސްވިނަމަވެސް މޫނުމަތިން އެކަން ނުދައްކައި ވޭތޯ އަހަރެން މަސައްކަތްކުރީމެވެ.

” އެހަށް މަ ދައްކާ ވާހަކަ އަޑު އަހާބަ.. މަށެއް ނޫޅެމޭ ޝިޒާންއާއި އެކީ ނުދާކަށް” އަހަރެން އެހެން ބުނުމުން ޝިޒާން ގެ މޫނުމަތިންފެނުނީ ހައިރާންކަމުގެ އަސަރެވެ. ޝިޒާން އެއައީ އަހަރެން ނުދާން ގަދަ ހަދާނޭކަމަށް ބަލައި އެކަމަށް ތައްޔާރުވެގެން ކަންނޭނގެއެވެ.

“ކޮން ވާހަކައެއް؟ ” ޝިޒާން އެހެން ބުނެލީ މަޑުމައިތިރިކަމާއިއެކުއެވެ.

” އަހަރެން މާމަ ގެއިން އެއްބައި އޮތޯ ފަތްލިޔެފަ އަހަރެންގެ މައްޗަށް… އަހަރެން ކޯޓަށް ހާޟިރު ނުކުރެވިގެން މައްސަލަ ނުނިމިފަ އޮތީ”

” މާލޭގެ ކޯޓެއްގަވެސް ތިކަންވާނެ ދޯ” އަހަރެން ވާހަކަ ނުނިމެނީސް ޝިޒާން ބުނެލިއެވެ.

” އެ މައްސަލަ ކޯޓަށް ލާފަވީ.. މިކޮޅުގަ އެންމެން ތިބީ… މާލޭގެ ކޯޓުތަކަށްވުރެ ފަސޭހަވާނެ މިކޮޅުން ނިންމަން.. ޝިޒާން އެބަޖެހޭ ޤަބޫލުކުރަން އަހަރެން ޝިޒާން ޒިވާ އާއި ވަކިނުކުރުވާނެކަން” އަހަރެން ވާހަކަދެއްކީ މަޑުމައިތިރިކަމާއިއެކުއެވެ.

“އަހަރެން މިއުޅެނީ އީމާން ބޭނުންވެގެން” ޝިޒާން އެހެން ބުނިއިރު އަހަރެންނަށް އިނދެވެނީ ކިރިޔަ ކިރިއާއެވެ. ކިތަންމެ އެއްޗެއް ބުނެލަން ހިތަށް އަރައެވެ. އެކަމަކު މޮޔައަކާއިއެއްވަރަށް އަހަރެން މޮޔަވާން ވެއްޖެނަމަ ކަންކަން އިތުރަށް ގޯސްވާނޭކަން އަހަރެންނަށް ވިސްނުނެވެ.

“އަހަރެންވެސް ޤަބޫލުކުރަމޭ ޝިޒާން އަހަރެންދެކެ އަދިވެސް ލޯބިވާކަމަށް. އަހަރެން މާލެ ދާންވެސް ތައްޔާރު.. ޒިވާއަށްޓަކައިވެސް އަހަރެން ކޮންމެކަމެއްވެސް ކުރަން ފަހަކަށްނުޖެހޭނަން..ރޭޒަލް ކޮންމެހެން ވަރި ނުކުރިއަސް ދެ އަތްބަށް އިންނަން ޖެހުނިއްޔާ އެކަންވެސް ކުރާނީ…. އެކަމަކު އަހަރެންނަށް އަދި ދެ ހަފްތާ ވަރުދީ… މި މައްސަލަ ނިމުނީމާ ހަމަޖެހިލައިގެން އަހަރެން ދާނަން މާލެ.. ނުގޮސިއްޔާ ޝިޒާން އާދޭ ބަލާ….” ދޮގަކަށްފަހު ދޮގެއް ހަދަމުން ދިޔައީ ވަގުތީ ގޮތުން ޝިޒާން ކައިރިން ސަލާމަތްވުމަށެވެ. ޒިވިއަލްގެ ބަހަށް އިތުބާރުކުރެވުނު ވަރު ބޮޑުކަމުންނެވެ. ކޮންމެސް ގޮތެއް ހޯދޭނޭކަމުގެ އުންމީދުގައެވެ. އަހަރެން އެހެން ބުނުމާއިއެކު ޝިޒާން އަހަރެންނާއި ދިމާއަށް ބަލާލިއެވެ. އެ މޫނުމަތީގައި ވާ އެއްޗެއް ދޭހަކުރާކަށް އަހަރެންނަކަށް ނޭނގުނެވެ.

“ކޮބާ ޒިވާ” އެ ހުރިހާ އެއްޗެއް ކިޔުމުންވެސް ޝިޒާން އަހާލީ ޒިވާ ކޮބައިތޯއޭއެވެ.

“މަތީގަ ނިދާފަ” ޝިޒާން ސިޑިން މައްޗަށް އަރަން ފެށުމާއިއެކު އަހަރެންގެ މޭ ތެޅެންފެށިއެވެ. ޝިޒާންއަނެއްކާ ޒިވާ ގޮވައިގެން ދާން އުޅެނީބާވައެވެ. އަހަރެން ހުރީ އެފަދަ ހާލަތަކަށް ތައްޔާރުވެގެންނެވެ. ޒިވާ ގޮވައިގެން ޝިޒާންއަށް ނުފުރޭނެކަން ޔަޤީންވާތީ ކުޑަ ހިތްހަމަޖެހުމެއް އޮވެއެވެ. އެއީ ޒިވާގެ އައިޑީކާޑު އަހަރެން އަތުގައި އޮތުމުންނެވެ. އެކަމަކު ކޮންމެފަދަ ގޮތަކުންވެސް ޝިޒާން އެ ހޯދަން އުޅެފާނެކަމުގެ ބިރުވެސް ހިތުގައި އޮތެވެ.

” އައިވިލް މިސްޔޫ ” ޝިޒާންގޮސް ނިދާފައި އޮތް ޒިވާ އުރާލާ  ކޮލަށް ބޮސްދިނެވެ. އަދި ބައްދާލުމަށްފަހު އަނެއްކާވެސް އެނދުގައި ބޭއްވިއެވެ.

” އީމާންތީ ދުވަހަކުވެސް އަހަރެންނަށް ދޮގުހެދި މީހެއް ނޫންވީމަ ތި ވާހަކަވެސް އަހަރެން ޤަބޫލުކުރަން. ދެ ހަފްތާފަހުން އަންނާނަން ދެ މީހުން ބަލާ! އެހާތަނަށް ވިސްނުން ބަދަލު ނުވާނެކަމަށް އުންމީދުކުރަން! އެންޑް ސޮރީ ރޭގަ ވީ ކަންތަކަށް! ނޭނގެ ކީއްވެކަމެއް އެހެން ހެދުނީ!” ޝިޒާން މަޑުމަޑުން އަހަރެންނާއި ކައިރިވިއެވެ. އަހަރެންހުރީ  ހުރި ފިޔަވަޅުމަތިން ގުޑާލަންވެސް ނުކެރިފައެވެ. އަހަރެންނާ ސީދާ ކުރިމައްޗަށް ވާގޮތަށް ހުއްޓުމަށްފަހު ދެއަތުން އަހަރެންގެ ދެކޮލުގައި ދެއަތުން ފިރުމާލިއެވެ. އެ ބީހުމުން އަހަރެން މޫނަށް ވީ އިތުރު އަނިޔާއެއްކަހަލައެވެ.

” ވަރަށް ވަރަށް ލޯބިވޭ އީމާން..” ޝިޒާން އެހެން ބުނެލިއިރު އަހަރެން ހުރީ ދެލޯ މަރައިގެންނެވެ. ދެލޯ ހުޅުވާލީވެސް ޝިޒާން ދިޔަކަން ޔަޤީންވީމައެވެ. ސިޑިން ފޭބިއިރު ޝިޒާން ނުކުމެގެން ދަނީއެވެ. ހަށިފުރާ ނޭވާއެއްލުމަށްފަހު ސޯފާމައްޗަށް ވެއްޓިގަނެވުނީ ހިތަށް ލިބުނު ހަމަޖެހުމެއްގެ ބޮޑުކަމުންނެވެ. މި ވަގުތަށް ނަމަވެސް ހަމަޖެހުމެއް ލިބުނީތީ ﷲ އަށް ހަމްދުކުރެވުނެވެ.

ޝިޒާން ނުކުމެގެން ދިޔުމާއިއެކު ޒިލާލްއާއި ޒިވިއަލްވެސް އައިސް ގެއަށްވަނެވެ.

” ކިހިނެއްވީ؟ ކީކޯ ޝިޒާން ބުނީ؟” ދޮރުން އެތެރެވި ގޮތަށް އެންމެ ފުރަތަމަވެސް ވާހަކަ ދެއްކީ ޒިލާލްއެވެ.

” ދެ ހަފްތާ ފަހުން އަންނާނަމޯ ބަލާ..ވަރަށް ދޮގު ހަދައިފިން ރޭޒަލް ވަރި ނުކުރިއަސް އިންނަން ޖެހިއްޖެއްޔާ ދެއަތްބަށް އިންނާނަމޭވެސް ބުނިން” އަހަރެން އެހެން ބުނުމާއިއެކު ޒިވިއަލްގެ މޫނުމަތިން ހިތްހަމަނުޖެހުނުކަން އެނގުނެވެ.

” ތިހި ސާބަށް ދާންވޭތަ؟” ޒިވިއަލް އެހެންބުނެލިއިރު އަޑުގައިވެސް ވީ ހިތްހަމަ ނުޖެހުމެވެ.

“ދެން ކީކޭތަ މަ ބުނާނީ… ޒިވިއަލްއެއްނު ބުނީ ބައި ޓައިމްއޭ… އެ އޮތީ 2 ހަފްތާ.. ދެން ބުނޭ މަ ކިހިނެއް ހަދަންވީ؟ ” އަހަރެން ވެސް ވާހަކަ ދެއްކުނީ ރުންކުރު ގޮތަކަށެވެ.

” މަށަށް ކިހިނެއް އެނގެނީ؟ ވިސްނަބަލަ” ޒިވިއަލް އެހެން ބުނުމުން އަހަރެންކައިރިއަށް ރުޅިއައެވެ.

އަޑު ބާރުކޮށް “ވަޓް” އޭ  ބުނެވުނުއިރު ބަލަން ތިބޭ ބަޔަކަށް ހީވާނީ އެދެމީހުންނަކީ އަހަރެންގެ ބަލަދު އަރާފައި ތިބި ބައެއްހެންނެވެ.

“އެހަށް މައިތިރިވެބަލަ ދެ މީހުން… މަށާ ދިމާލަށް ބޮޑެއް ނުވެޔޭ ބުނާއިރު ތިތާ އެބަހުރިތަ ބޮޑު މީހެއް” ޒިލާލްއަށް އަނގަ ހިމޭނުން ލައިގެން ނީނދެވުނެވެ.

“މަށަށް ފެންނަ އެންމެ ރަނގަޅު ގޮތަކީ ތި ދެމީހުން އިނުން..” ޒިލާލް އެހެން ބުނުމާއިއެކު ޒިވިއަލްއާއި އަހަރެންނަށް އެކަކު އަނެކަކު މޫނަށް ބަލާލެވުނެވެ.

“ކީއްތަވީ؟ ލެޓް މީ ބީ ވެރީ ހޮނެސްޓް! އީމާ އައި ފަހުން ދޮންބެގެ ޑްރީމް ގާލް މަތިންވެސް ހަނދާން ނެތިއްޖެ.. ފޯ އަ ރީޒަން ދޯ؟ ދެން އީމްވެސް މަށަށް ހިޔެއް ނުވޭ ދޮންބެއާއި ލައިކް ނުވާހެނެއް ދޯ؟ ދެން މީހެއްގެ އަތްބެއް ގޮވައިން ޝިޒާންއަކަށްވެސް ނުދެވޭނެ… ސޯ އެއޮތީ ހުރިހާކަމަކަށް ސޮލިޔުޝަންއެއްދޯ” ޒިލާ ދޯ އެއް އެއްލީ އަހަރެންނަށެވެ. ލަދުން ގޮސް މުޅިމީހާ އިނީ ޖަންބުކުލަ އަރައަރައެވެ.

” ތެދެއް އީމާން..މަށާ އިންނަން ވީނު؟” ޒިވިއަލް އެހެން އަހާލީ ޖެއްސުމުގެ ރާގެއްގައެވެ.

” ތި ނޫން ގޮތެއް ވިސްނަން ވީނު” އަހަރެން އެހެން ބުނެލީ އަނެއް ފަރާތަށް ބަލާލަމުންނެވެ.

“ކޮބާ މައްސަލައަކީ؟ ހަމަ ސީރިއަސްކޮށް މި ބުނީ އީމް.. ވިސްނާލަބަލަ” ޒިލާލް ބެލީ އަހަރެންނަށް ވިސްނައިދެވޭތޯއެވެ.

” ތީ އެހާ ފަސޭހަ ކަމެއް ނޫނޭ… އަހަރެންގެ ކަންކަން ޒިލާއަށް އެނގޭނު.. މަށާ ޒިވިއަލްއާއި އަރާ އަރަފޯދިގެން ނުވޭ.. ނުވިތާކަށް ޒިލާ މަންމަމެން އެހާ ރަނގަޅު އިރު އޭގެ ނާޖާއިޒް ފައިދާ ކިހިނެއް އަހަރެން ނަގާނީ؟ އެ މީހުން ހިތްހަމަ ނުޖެހޭ އެއްވެސް ކަމެއް އަހަރެން ކުރާކަށް ބޭނުމެއް ނޫން” އަހަރެން ހިތް ބޭނުންވަނީ ޒިވިއަލްއާއިއެކުގައި ވުމަށް ނަމަވެސް އެކަން ފޮރުވޭތޯ އަހަރެން މަސައްކަތްކުރީމެވެ.

“މަންމަމެންނާ ވާހަކަ ދެއްކުނީމަ ދޯ އެނގޭނީ އެމީހުންގެ ވިސްނުން ހުރިގޮތެއްވެސް. މަންމަމެން ޤަބޫލިއްޔާ އިންނާނަންތަ؟” ޒިލާލްގެ ކުރިމަތީގައި އެ ވާހަކަ ދައްކަން ފެށުމުން އަހަރެން އިނީ އިންތިހާއަށް ލަދުގަނެފައެވެ.

“ނޭނގެ.. ވިސްނާލަން ޓައިމް ބޭނުން.. ކޮންސީކުއަންސްތަކަށް ބަލާފަ ދޯ ކަމެއް ކުރަންވާނީ.. ޒިވިއަލްގެ މަންމަ އަހަރެން ކައިރީގަ އެހެން ވާހަކައެއްގެ ތެރެއިން ބުނި އަލަށް  މީހަކާއިންނައިރު ދޮންބައަކަށް ޒިވިއަލް ވާކަށް ނޭދެމޯ” އަހަރެންނާއި ޚަދީޖައްތައާއި ބަދިގެތެރޭގައި ދެކެވުނު ވާހަކަ ވަރަށް ކުރުކޮށް އަހަރެން އެ ދެމީހުންނަށް ކިޔާދިނީމެވެ.

” ދެން އެހީމަ ދޯ އެނގޭނީ.. ގުޅާބަލަ ބައްޕަޔަށް.. މިހާރު ތިބޭނެ ސައިބޮއެގެން ޓީވީ ބަލަން” ޒިލާލް ދިން ޚިޔާލަށް ތާޢީދުކޮށް ޒިވިއަލް ފޯނު ނެގީ ސަމީރުބެއަށް ގުޅާލުމަށްށެވެ.

” މާލެ ގޮސް ފޭސް ޓު ފޭސް ތިވާހަކަ ދައްކަން ވީނު؟” އަހަރެންނަށް އެ ޚިޔާލުދެވުންލެއް ލަސްވީއެވެ. އޭރު ސަމީރުބޭގެ ފޯނު ރިންގު ވަނީއެވެ. ޒިވިއަލް އަވަސް އަރުވާލާފައި ހުރިވަރުން ހީވީ ރަނުގެ ފުރުޞަތެއް ލިބި އެ ގެއްލިދާނެތީ އުޅުނު ހެންނެވެ. ސަމީރުބެ ފޯނު ނުނަގާތޯ އަހަރެން  ހިތާހިތުން ދުޢާކުރެވުނެވެ.

” ފޭސް ޓު ފޭސް  ނުކެރޭނެ ދޮންބެއަކަށް އެ ވާހަކަ ދައްކާކަށް.. އޭނަ ޑްރީމް ގާލް ވާހަކަވެސް މަ ލައްވައޭ ބުނުވީ.. ފިނޑި މީހެއް އެއީ” ޒިލާލްއަށް އެހެން ބުނެވުނުތަނާ އެކޮޅުން ސަމީރުބެ ފޯނު ނެގިއެވެ.

“ހަލޯ.. ކީކޭ ދަރިފުޅާ؟ ކޮން އިރަކުން އަންނަނީ؟” ޒިވިއަލް ފޯނު ސްޕީކަރަށް ލާފައި އޮތުމާއިއެކު އެކޮޅުންނ ދައްކާ ވާހަކަ ކިތަންމެހާވެސް ރީއްޗަށްއިވެއެވެ.

“މި… ވާހަކަ އެއް ދާއްކާލަން” ޒިވިއަލް ވާހަކަ ދެއްކީ އަޅައަލައިގަންނަމުންނެވެ.

“މިކޮޅަށް އަންނަންދެން މަޑުނުކުރެވޭހާވެސް މުހިންމު ވާހަކައެއްތަ؟” ސަމީރުބެ އެހެން އަހާލިއިރު ފަހަތުން ޚަދީޖައްތަ ކިހިނެއްވީތޯ އަހާ އަޑު އިވުނެވެ. އޭރުވެސް އަހަރެންގެ ހިތް ނެގިނެގިފައި ޖެހެއެވެ.

” މީހަކާ އިންނަން ވިސްނާތީ..” ޒިވިއަލް އެހެން ބުނެލުމުން ޚަދީޖައްތަ އަލްހަމްދުލިﷲ އޭ ބުނެލިއަޑު އިވުނެވެ.

“ކާކު؟ ސާރާތަ އަނެއްކާ؟” ސަމީރުބެ އެހެން ބުނެލީ އުންމީދުން ފުރިގެންވާ ރާގެއްގައެވެ. ނަމަވެސް އަހަރެންގެ ހިތަށް ތަދުވީ އެ މީހުންގެ އެދުން ޒިވިއަލް ބޮލާލާ ޖަހަން އުޅޭތީއެވެ.

“ނޫން… އަޅުގަނޑު ކުރިންވެސް ބުނީމެއްނު ވަރަށް ލޯބިވާ ކުއްޖެއްގެ ވާހަކަ”

“ހޫމް ޑްރީމް ގާލް ދޯ؟ އައްޑޫ ކުއްޖެއްތައެއީ؟ ދިމާވީތަ؟” ޒިވިއަލް ވަހަކަ ނުނިމެނީސް ސަމީރުބޭ އެހެން ބުނެލިއެވެ.

“ލައްބަ.. ދުވަސްކޮޅެއްވެއްޖެ މިހާރު… އޭނަ އާއި އިންނަންކަމަށް.. އެކަމަކު….” ޒިވިއަލް އެހެން ބުނިއިރު ޒިލާލްގެ މޫނުމަތިން ފެނުނީ ހައިރާން ކަމުގެ އަސަރެވެ. ވައި އަޑަކުން ވަޓް އޭ ބުނެލިއިރު ކަޅިއަލާލައިގެން އަހަރެންނާއި ދިމާއަށް ބަލަހައްޓައިގެން އިންގޮތުން އެ ފޯނު ނިމުމުން ކޮންމެސް އެއްޗެއް ބުނެލާނެކަން އަހަރެންނަށް އެނގުނެވެ.

” އެކަމަކު ކިހިނެއްވީ ދަރިފުޅާ”

“އެ ކުއްޖާ މިހާރު މީހަކާ އިނދެ ވަރިކޮށްފަ ހުރީ.. ކުޑަ ކުއްޖެއް ވެސް އޮވޭ” ޒިވިއަލް އެހެން ބުނެލީ ވަރަށް ޖެހެލުންވެހުރެއެވެ. އެހެން ބުނެލިއިރު އިނީ އެއް އިނގިލިން އަނެއް އިނގިލީގެ ނިޔަފަތި ކޮށްޓަންށެވެ. އަދި ދޭތެރެއަކުން އަހަރެންނާއި ދިމާއަށް ބަލާލައެވެ.

“ކީކޭ؟ ކާކު އެއީ؟ އެކަމަކު ދަރިފުޅުގެ އަލަތު ކައިވެންޏޭ ތީ… ފުރަތަމަވެސް ދޮންބައަކަށްތަ ވާން ތި ވިސްނީ؟”ސަމިީރުބޭ އެހެން ބުނެލިއިރު ފަހަތުން ޚަދީޖައްތަ ” ސަމީރޫ ކީކޭހޭ” ބުނާ އަޑު އިވުނެވެ.

(ނުނިމޭ)

****************************************************************

28 ވަނަ ބައި ލަސްވެގެން އާދިއްތަ ދުވަހު ގެނެސްދެވޭތޯ ބަލާނަން. އިންޝާﷲ!

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

SomeOne

Level 210 Stories

Other Articles

Previous

އަމާނާތް

Next

ކުލަ 6

Next
June 17, 2023

ކުލަ 6

Previews
June 15, 2023

އަމާނާތް

26 Comments!

  1. kokila modi says:
    June 15, 2023 at 12:29 pm

    Alhey so loabi… zilaa ah ves inguni dho enmme fahun hageegah…sameerube and hadheejathaa plxxxx zivial aa eem aa gulhen ruheythi nooni ma moyavaane…someone i love you varah bodukoh…..thy hama best..

    1. SomeOne says:
      June 15, 2023 at 5:11 pm

      Thank you! And love you beeg too💙

  2. Daisy 🌼 says:
    June 15, 2023 at 12:53 pm

    OMG OMG OMG
    ALHEYYYYY ZIVIAL AA EEM AA INNAN OKAY VAHCHEYYY.. CURIOUSLY WAITING FOR THE NEXT PART 😩❤️

  3. Reader says:
    June 15, 2023 at 2:06 pm

    Alheyyy. Zivial manma and bappa okay vaanama. Zivial buneba eii eem eyy. Eyrun ok vedhaane ehnu. Vrh vrh reethi mi part vsss 🥰
    waiting for the next

  4. leesh says:
    June 15, 2023 at 2:16 pm

    yeah kiya kiya hutta vhk nimihje
    waiting for next part

    1. SomeOne says:
      June 16, 2023 at 12:25 am

      So glad i was able to maintain your interest throughout!
      Thank u

  5. mariyam says:
    June 15, 2023 at 6:15 pm

    OMG omg alheyyyyy zivial AA eem innan okay vahcheyyy.. curiously waiting for the next part
    I love this episode someone
    I will waiting for next part
    Someone 💖😢💕💗♥️💟

  6. Khajja says:
    June 16, 2023 at 1:57 am

    Masha allah v v rythi ekam v kuru hen hyvany🥺 nxt prt thankolheh dhigukollachchey plx

  7. ailessh says:
    June 16, 2023 at 2:14 pm

    Wow, curiously waiting for next part 🤍

  8. mariyam says:
    June 18, 2023 at 7:30 am

    Where is next part
    Today is Sunday

    1. mariyam mamma says:
      June 18, 2023 at 7:54 am

      kehtheri vebala

    2. Heyo edhey faraatheh says:
      June 18, 2023 at 12:10 pm

      Egothah kon irakun hey next part up vaany ahaalumaky kehtheri nuvumeh noon
      Eii massala eh kamah alhugandu nudeken

  9. mariyam says:
    June 18, 2023 at 11:32 am

    Ok. Aharen mihaaru mihuree kehtheri khon
    Thanks mariyam mamma

  10. KoBaAhEy says:
    June 18, 2023 at 12:34 pm

    where is the next part
    waiting for the next part

  11. Sss says:
    June 18, 2023 at 1:57 pm

    Where is the next part?!!

  12. SomeOne says:
    June 18, 2023 at 3:07 pm

    Next part kobaitho ahaalumakee ehvves massala eh nun! Aee hama kiaa hihvaaleh bodu kamun!
    Normally 4-5 pages liefa post kuranee ekM mi week adhi lievunee 2 and 1/2 ehenve post nukoh inee. Office ninmmafa geah gossa adhi ithurah lielaafa إن شاء الله post kuraanan!

  13. Rakna😉 says:
    June 18, 2023 at 6:20 pm

    Ummeedhu Kuran varah avahah next part kiyaalan libeynekamah
    Curiously waiting for the next part

  14. Knmes meeheh says:
    June 18, 2023 at 8:01 pm

    Avahah 28 Vana part kiyaalan dheeba

  15. bablu says:
    June 18, 2023 at 9:49 pm

    aanekey kn irakun tha someone office ninmaafa geah dhanii

  16. Laikko says:
    June 18, 2023 at 10:01 pm

    Avahah next part upload kohdheeba… We all are waiting for next part 😩

  17. Faruu🍁 says:
    June 18, 2023 at 10:28 pm

    Yeahhhhhhhhhhhhhhhhhhhhhhh……….

  18. Iyykko says:
    June 18, 2023 at 10:51 pm

    Yeah……

  19. Thaidhaan says:
    June 18, 2023 at 10:53 pm

    Mubaaraatheh?

  20. SomeOne says:
    June 19, 2023 at 12:09 am

    Vaahaka submit kurevunee mirey!
    Hama thikudhinnah thankolhehves dhigukoh genes dheveytho😩😩
    Office and life balance kuramun vaahaka liaathee kudakoh hama challenging! Sorry for the on and off delays! But إن شاء الله vaahaka ninmma dheynan 🙂

  21. mariyam says:
    June 19, 2023 at 12:01 pm

    Ok.now Where is next part

  22. ... says:
    June 19, 2023 at 6:17 pm

    kithah part ge vaahaka eh mi @SomeOne

Comments are closed.

Next Episodeލޯތްބަކުންދިން-28←


All Right Reserved!