Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބަކުންދިން-25

SomeOne Level 110 Stories
June 9, 2023 7 Mins Read
14 Comments

” ދޮންތަ ނިޔާވިކަންވެސް އެނގުނީ ވައިބަރ ގުރޫޕަކުން.. ހަމަ އެނގޭއިރަށް އެންމެ އަވަހަށް ފުރި ފްލައިޓުން މާލެ ދިޔައިން. އެކަމަކު އޭރު ހުރިހާ ކަމެއް ނިމިއްޖެ. ގާތްގަނޑަކަށް ބާވީސް އަހަރު ވަންދެން ނުފެނި ހުރެ ދުނިޔެ ދޫކުރީ.. އެންމެ ފަހުފަހަރަށްވެސް ބަލާލުމުގެ ފުރުޞަތު ނުލިބުން” ތުއްތަ ވާހަކަ ދެއްކީ ރޮމުން ރޮމުންނެވެ.

” ދެން އެ ވާހަކަ ނުދައްކާ ތުއްތާ..މި ކޮޅަށް ތިއައީ ކޮންކަމަކު.. ކޮބާ ފިރިމީހާ؟”

މިހާރު ޑިވޯސް. އެހެންވެ މި ކޮޅަށް ބަދަލުވާންކަމަށް މި ވިސްނަނީ” އަހަރެން އެހެންބުނުމާއިއެކު ތުއްތައާއި ކުޑަބެގެ މޫނު މަތިންވެސް ފެނުނީ ނުތަނަވަސްކަމެވެ.

“މިކޮޅުގަ އުޅޭކަށް އުނދަގުލެއް ނުވާނެތަ؟” ތުއްތަ އެހެން ބުނެލީ ކުޑަބެގެ މޫނަށްވެސް ބަލާލުމަށްފަހުއެވެ.

” ނޭނގެ.. އަދި އަލަށް މިއައީ މިރަށަށް..”

” ކިހިނެއް ގެ އެނގުނީ” ތުއްތައާއި ކުޑަބެގެ ސުވާލުތަކުން އަހަރެންނަށް ސިފަކުރެވުނީ އިންޓަވިއު އަކަށް އައިސް އިނދެވުންހެނެވެ.

” ޚަދީޖައްތަ ބުނެދިނީ” އަހަރެންވެސް އެ މީހުންގެ ކޮންމެ ސުވާލަކަށްޖަވާބުދެމުން ދިޔައީމެވެ.

” އިތުރު އެއްޗެއް ނުކިޔަދޭތަ ޚަދީޖައްތަ؟ މި ބުނީ އާއިލާ އާއި ގުޅޭގޮތުން؟” ތުއްތަ އެ ސުވާލުކުރިއިރުވެސް މޫނުމަތީގައިވީ ސީރިއަސްކަމެވެ.

” ނުކިޔަދޭ! ނުވެސް އަހަން… އެކަމަކު ވަރަށް ބޭނުން އެނގެން”

” މަންމަވެސް ނުކިޔަދޭތަ؟ އާއިލާ އެކަކުވެސް ނޭނގޭތަ؟” ތުއްތަމެން ހައިރާންވީ އަހަރެންނަށް އާއިލާއާއި ގުޅޭ އެއްވެސް އެއްޗެއް ނޭނގޭތީއެވެ.

“ކޯންޗެއް އެނގެން ބޭނުމީ؟” މި ފަހަރު ސުވާލުކުރީ ކުޑަބެއެވެ. އެ ސުވާލަށް އަހަރެން ދިނީ ވަރަށް ކުރު ޖަވާބެކެވެ.

” ހުރިހާ އެއްޗެއްވެސް”

އެ ދުވަހު އަހަރެންނަށް މަންމަގެ އާއިލާ އާއި ބެހޭ ވަރަށް ގިނައެއްޗެހި އެނގިގެން ދިޔައެވެ.

އަހަރެންގެ މަންމަ އަކީ ކާފަ އާއި މާމަގެ 5 ކުދިންގެ ތެރެއިން ދެވަނަ ދަރިއެވެ. އެންމެ ދޮށީ ދޮންބެއެވެ. ދެން އަހަރެންގެ މަންމައެވެ. ދެން ހުރީ ތިއްތިބެއެވެ. ނަމަވެސް ހިތުގެ ބައްޔެއްގައި އެތަށް ޒަމާނެއް އުޅުމަށްފަހު ތިއްތިބެ ނިޔާވީ މަންމަ އަހަރެންނަށް ބަލިވެއިނުމުގެ ކުރިންނެވެ. ތިއްތިބެ ދުވަހަކުވެސް މީހަކާ ނީނދެއެވެ.

ދެން ތިބެނީ ތުއްތައާއި ކުޑަބެއެވެ. ތުއްތަ ކުޑަބެއަށް ވުރެ ދޮށީ އެންމެ އަހަރެކެވެ. ތުއްތަ ގެ ނަމަކީ އާސިޔަތުއެވެ. ކުޑަބެގެ ނަމަކީ މާނިޔުއެވެ. ތުއްތަމެން ޤަބޫލު ކުރާގޮތުގައި މަންމަ އަހަރެންނަށް ކިޔާފަ އޭނީ މަންމަގެ ނަމާ ތުއްތަ އަދި ކުޑަބެގެ ނަމުގެ ފުރަތަމަ އަކުރުންނެވެ. އެމީހުން ބުނާގޮތުންނަމަ މަންމަ ކުޑަބެއާއި ތުއްތަ ދެކެ އިންތިހާ ލޯބިވެއެވެ. ހަމަ އެހެންމެ އެ މީހުންވެސް މަންމަ ދެކުނީ ދެވަނަ މަންމައެއް ފަދައިންނެވެ. އަދި އަބަދުވެސް މަންމައަށް ކުއްޖަކު ލިބުނީމަ ނަންކިޔާނީ އެ ދެމީހުންނާއި ގުޅުވާފައި ކަމުގައި ބުނާކަމަށްވެއެވެ. ތުއްތަގެ ދެ ކުދިން ތިބިއިރު ކުޑަބެގެ 3 ކުދިން ތިބެއެވެ. ކާފަ އެކަނި ނުކުރާންވެގެން ތުއްތަ ދިރިއުޅެނީ ކާފަ ގޭގައެވެ. އަދި ކުޑަބެ ދިރިއުޅެނީ ކުޑަބެގެ އަމިއްލަ ގޭގައެވެ.

އިތުރަށް އަހަރެންނަށް އެނގުނުގޮތުގައި އަހަރެންގެ މަންމައަކީ މާމަ އެންމެ ލޯބިވާ ދަރިއެވެ. ކާފަވެސް މަންމަދެކެ ލޯބިވާ ނަމަވެސް ދިމާވި ހާދިސާގެ ސަބަބުން އެކަން ދައްކަން ކާފަ ބޭނުން ނުވަނީއެވެ. ކާފައަކީ ބޯހަރު މީހަކަށްވުމާއިއެކު މަންމަ އަހަރެންނަށް ބަލިވެ އިން ހިސާބުން މީހުން ގެ މަލާމާތާއި ފުރައްސާރައިގެ ކުރިމަތީގައި ކާފަ ބޯލަނބަން ބޭނުން ނުވީއެވެ. ދޮންބެއަކީވެސް ކާފަ ކަހަލަ މީހަކަށް ވުމާއިއެކު  ދޮންބެވެސް އަހަރެންގެ މަންމައާއި ދެކޮޅަށް ނުކުތީއެވެ. ކާފަ އެންމެ ފުރަތަމަ މަންމަ ކައިރީ އެދުނީ އަހަރެން އެބޯޓުކޮށްލަން ނަމަވެސް މަންމަ އެކަމަށް އެއްބަސްނުވުމުން ގޭން ނެރެލީއެވެ. އެއާއިއެކު މަންމަ ނުކުމެގެން ގޮސް އުޅުނީ މާމަގެ ކުރީ ޒަމާނުގެ ފަންގޭގައެވެ. އަހަރެން މަންމައާއި ބައްދަލުކުރުމާއި އެހީވުން ކާފަ އޮންނަނީ އެންމެންނަށް މަނާކޮށްފައެވެ. އެހެނެއްކަމަކު ކާފައަށް ވަގަށް ކާއެއްޗެހި ހިފައިގެންނާއި ހާލުބަލާލަންވެސް ތުއްތައާއި ކުޑަބެ ދާކަމަށްވެއެވެ. ދެ މީހުން ދާކަން ކާފައަށް އެނގުމުން ދެމީހުންނަށްވެސް ވަރަށް އަނިޔާކުރިއެވެ. ނަމަވެސް އެ ދެމީހުންވެސް މަންމަ ކައިރިއަށް ދިޔުން ހުއްޓައެއް ނުލައެވެ. ކާފަގެ އަނިޔާކުރުންވެސް ނުހުއްޓެއެވެ. މަންމަވެސް އެތަށް ފަހަރަކު ނުދާން ބުނުމުންވެސް އެ މީހުންނަށް ނުގޮސް ކެތް ނުވީއެވެ. އެންމެފަހުން ކާފަ މަންމަ ކައިރިއަށް ގޮސް އެދެމީހުން ދެން އެގެއަށް އައިސް މަންމައާއި ބައްދަލުކޮށްފިނަމަ، އެމީހުންވެސް ގޭން ނެރޭނެ ކަމުގެ އިންޒާރު ދިނުމުން މަންމައަށް ގޮތް ހުސްވީއެވެ. ހަދާނެ ގޮތެއް ނޭނގި ދާނެ ތަނެއް ނޭނގި މާލެ ދިޔައީ ގެ އެއްގައި ގެންގުޅޭ މީހެއްގެ ގޮތުގައި އެގޭގައި އުޅެވޭނެގޮތް ވުމުންނެވެ. އެގޮތުގެ މަތިންވެސް މަންމަ ބޭނުންވީ ތުއްތަ އާއި ކުޑަބެ ސަލާމަތްކުރާށެވެ. މި ހުރިހާ ކަމެއްގެ ތެރޭގައިވެސް މާމައަށް ރޯލަ ރޯލަ ހުރުން ނޫންގޮތެއް ނެތުނީއެވެ. އެ ދުވަސްވަރު މާމަ ގޭން ބޭރަށް ނުކުތަސް ވަރިކުރާނޭ ކަމުގެ އިންޒާރުކާފަ އޮތީ ދީފައެވެ. މަންމަ މާލެ ދިޔަ ހިސާބުންވެސް ފުރަތަމަ ހުރި ގޭގައި ފަސްމަސް ދުވަސް އުޅުނުއިރު މަންމަގެ ޚަބަރުވިއެވެ. ނަމަވެސް ކާފައަށް އެކަންވެސް އެނގި އަނެއްކާވެސް މަންމައާއި ދިމާއަށް އެއްޗެހި ކިޔުމުން ދެން ވީ ގޮތެއް އެމީހުންނަށްވެސް ނޭނގުނެވެ. އެންމެފަހުން މަންމަ އުޅުނުގޭ ދައްތަ ގެ ފަރާތުން ކުޑަބެމެންނަށް އެނގުނީ މަންމަ ކޮންމެސް ތާކުން ވަޒީފާއެއް ހޯދިކަމާއި  ވަކިން އެއްކޮޓަރި ހިފައިގެން ދިޔަކަމެވެ. ދިޔަތަނެއް ހޯދި ވަޒީފާއެއްވެސް އެމީހުންނަށް ނޭނގެއެވެ. އެހިސާބުން ދެން އެއްވެސް ޚަބަރެއް ނުވާކަމަށްވެއެވެ.

ދެން އަހަރެންނަށް އެނގުނު އެއްޗަކީ މަންމަ ނިޔާވިތާ މާ ގިނަ ދުވަހެއް ނުވެ މާމަ ނިޔާވި ވާހަކައެވެ. މާމަ ނިޔާވުމުގެ މާ ކުރިން މާމަގެ ގެއިން އެއްބައި ފަތްލިޔެ އަހަރެންގެ މަންމައަށާއި މަންމައަށް ލިބޭ ދަރިއަކަށް ދީފައި އޮތްކަމެވެ. މާމަ ނިޔާވީ މަންމަ ކޯޓަށް ހާޟިރުނުކުރެވިގެން އެ މައްސަލަ ނުނިމި އުޅެނިކޮންނެވެ. ދެން އަހަރެންނަށް އެނގުނު ކަމަކީ އަހަރެންވެސް ހައިރާންވިކަމެކެވެ. މީގެ ދެ އަހަރެއްހާ ދުވަސްކުރިން ކާކުކަން ނޭނގޭ މީހަކު މަންމައަށް ލިބުނު ބައި ޢިމާރާތްކުރުމަށް ކޯޓުގެ ގާޟީ މެދުވެރިކޮށް ކުޑަބެމެން ކައިރިއަށް ދިޔައީއެވެ. ގާޟީ އެއީ ކާކުކަން ނުބުނުމުން އެންމެންވެސް ހީކޮށްގެން ތިބީ އެއީ އަހަރެންކަމަށެވެ. އެހެންކަމުން ކޯޓު މަރުހަލާ ނުނިމުނުނަމަވެސް އެގޭގެ މަސައްކަތް ފަށައި، ކޮންމެ ފަންގިފިލައެއްގައި ޒަމާނީ  3ކޮޓަރީގެ އެޕާޓްމަންޓެއް ހިމެނޭހެން 3 ފަންގިފިލާގެ ޢިމާރާތެއް ހަދައި ކޮންމެ ފަންގިފިލައެއް ފަނަހަ ހާސް ރުފިޔާއަށް ކުއްޔަށް ދީފައި ހުންނަތާ ދޮޅު އަހަރުވެއްޖެއެވެ. ގާޟީ ގެ އިރުޝާދުގެ ދަށުން  ގޭގެ ޢިމާރާތް ބެލެހެއްޓުމަށް  ކޮންމެ މަހަކު ދިހަހާސް ރުފިޔާ ނަގައި ބާކީ ހުރިހާ ލާރިއެއް ތުއްތަގެ އެކައުންޓެއްގައި ރައްކާކޮށްފައި އެބަހުއްޓެވެ. އެހެންކަމުން ކޯޓަށް ގޮސް އެބައި އަހަރެން މައްޗަށް ރަޖިސްޓްރީކުރުމަށް އެދެމީހުންވެސް ބޭނުންވިއެވެ. އަދި މިހާރު ހުރި ހުރިހާ ފައިސާއެއް އަހަރެންގެ އެކައުންޓަށް ޖަމާކުރުމަށްވެސް ތުއްތަ އެދުނެވެ. ނަމަވެސް އަހަރެން އެކަމާއި ދެކޮޅު ހެދީމެވެ.އަދި އަހަރެން ބުނަންދެން އެ ފައިސާ ރައްކާތެރިކަމާއިއެކު ފޮރުވައިދޭން އެދުނީމެވެ. އެގެ ޢިމާރާތްކުރީ އަހަރެން ނޫންކަން އަހަރެންނަށް އެނގޭތީއެވެ. އެކަމަކު އެފަދަ ކަމެއް ކުރާނީ ކާކު ބާވައެވެ. އަހަރެންގެ ސުވާލަށް ޖަވާބު ދެވޭނީ ހަމައެކަނި ހިތަދޫ ކޯޓު ޤާޟީއަށެވެ.

“ކާފަ މީގެ ދެދުވަހެއް ކުރިން މިސްކިތުން ގެއަށް އައިސްބުންޏޭ ދޮންތަގެ ދަރި އައިސް އުޅެނީހޭ.. ދޮންތައާ ވަރަށް ވައްތަރު ކުއްޖެއް މަގުމަތިން ދުށީމޭ ދޮން މުހައްމަދުބޭ ބުންޏޭ.. އަހަރެން ބުނިން ނޫނެކޭ…. އެ ދުވަހުވެސް ނު ގޮތަކަށް މަށާ ދިމާއަށް ބުނި ގެއަށް ވައްދައިގެން ނުވާނޭ! އެ ދުވަހު އެކަން އެހާ ބޮޑުކަމަކަށް ނުހެދީ  އެއީ ހީވި ހީވުމެއް ކަމަށް ބަލާފަ… އެހެންވެ ކާފަ ގެއަށް އައިސްދާނެތީ  މި ނުކުތީ…. އީމާން ނުދާތި ގެއަށް! އަހަރެމެން އަންނާނަން އީމާން ކައިރިއަށް…މި ރަށުގަ ދިރިއުޅެން ގަސްތު ކުރަންޏާ ވިސްނަންވާނޭ.. އުނދަގޫ ވާނެ ފުރަތަމަ.. އެކަމަކު މަންމަހެން ދޫނުކުރާތި… ކާފަގެ ހިތުގަ މަންމައަށް އަދިވެސް ލޯބި އޮވޭ… މަސައްކަތްކޮށްގެން އެ ލޯބި ހޯދާ” ތުއްތަ އެންމެ ފަހުން ބުނި އެއްޗާއިމެދު އަހަރެން ވަރަށް ވިސްނީމެވެ. މިއީ ކަނޑު ގަދަ ދަތުރަކަށްވާނެއެވެ. އެކަމަކު  އޮޑި އޮޔާވަޔަށް ދާން ދޫކޮށް  ނުލާ އޭގެ މަންޒިލަށް ގެންދެވޭތޯ މަސައްކަތް ކުރާނަމެވެ.

އެ ދުވަހު އެމީހުން ގެއިން ދިޔައީ ޒިވާ ހޭލުމުން ޒިވާ އުރާ ހަދާފައެވެ. ކޮންމެ ދުވަހަކު ނާދެވުނުނަމަވެސް ދޭތެރެއަކުން އަންނާނޭކަމުގައި ބުނެފައެވެ. އެ މީހުން ދިޔުމުން އަހަރެން ފޯނު ނަގައި ޒިވިއަލްއަށް މެސެޖެއްކޮށްލީ ތުއްތައާއި ކުޑަބެއާއި ދިމާވި ވާހަކަ ބުނެލާ ޝުކުރު އަދާކޮށްފައެވެ. މިއީ އަހަރެން އައްޑޫއަށް އައިފަހުން ޒިވިއަލް ކުރި ފުރަތަމަ މެސެޖެވެ. އެ މެސެޖަށް ޒިވިއަލް  ހަމަ އެކަނި “ލައިކް” އެއް ދީ ނިންމާލިއެވެ. ވަރަށްދެރަވިއެވެ.

އައްޑޫގައި ދިރިއުޅުން ބިނާ ކުރަން ފެށުން އަހަރެންނަށްވީ ވަރަށް ބޮޑު ގޮންޖެހުމަކަށެވެ. ވަޒީފާއަށް ނުގޮސް ގޭގައި ހުންނަން ޖެހުންވެސް ވީ ވަރަށް ފޫހި ކުރުވަނިކަމަކަށެވެ. މި ހުރިހާކަމަކަށް ކުޑަނަމަވެސް ލުޔެއް ލިބެނީ ކުޑަ ކުޑަ ޒިވާގެ ފަރާތުންނެވެ. ޒިވިއަލް އާއި ޒިލާލް މަތިން ވަރަށް ހަނދާންވެއެވެ. އެ މީހުން ނެތުމުން ހަށިގަނޑުގެ އެއްބައި މަދުހެން ހީވެއެވެ. ޚާއްޞަކޮށް ޒިލާލްއެވެ.

ޒިލާލް ހަނީމޫން ނިންމާފައި ރާއްޖެއައީ އަހަރެން އައްޑޫއަށް ބަދަލުވިތާ  3 ހަފްތާ ފަހުންނެވެ. ދޭތެރެއަކުން ވައިބަރ އިން މެސެޖް ބަދަލުކޮށް ޒިވާގެ ވީޑިޔޯ ފޮނުވިނަމަވެސް އަހަރެން އައްޑޫއަށް އައި ވާހަކައެއް ނުބުނަމެވެ. ޒިލާލްއަށް އެކަން އެނގުނީ ގެއަށް ދިޔައީމައެވެ. އަހަރެންނެތްކަން އެނގުމުން ގުޅާފައި ވަރަށް  ޝަކުވާ ކުރިއެވެ.  ޒިލާލް ނެތިސް އަހަރެން އައްޑޫއަށް އައީމައެވެ. މީގެން އެއްވެސް ދުވަހަކު ޒިވިއަލްގެ އެއްވެސް ޚަބަރެއް އަހަރެންނަކަށް ނުވެއެވެ.

އެއް ދުވަހެއްގެ ހެނދުނެވެ. އަހަރެން ސީމާއްތަ ބަޔަށް ދިޔައީ ބޭރަށް ދާން ޖެހޭތީ ޒިވާ ފެންވަރުވާ ނިންދަވަން ޒިވާ ބަލައެވެ. އޭރު ސާރާ ޒިވާ ގެންދިޔަ ފަހުން ގަޑިއެއްހާއިރު ވެދާނެއެވެ. އަހަރެން އެބަޔަށް ވަތްއިރު ޒިވާ އުރައިގެން ސާރާ އިނީ ވީޑިޔޯ ކޯލްއެއް ކޮށްގެންނެވެ. އަހަރެން ދޮރު މައްޗަށް އެރިއިރު ސާރާ އިނީ ފުރަގަސް ދީގެން ކަމުން އަހަރެން އައިތަނެއް ސާރާއަކަށް ނުފެންނާނެއެވެ. ސާރާ އިނީ ފްރަންޓް ކެމެރާ އޮންކޮށްގެން ކަމުން، އެންމެ ފުރަތަމަވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ ޒިވާ އާއި ސަކަރާތް ޖަހަން އިން ، އަހަރެން އެމީހަކު ދެކެލުމަށް ކެތްމަދުވެފައިވާ ޒިވިއަލްއެވެ. އަހަރެން ހުއްޓުނުތަން ސާރާއަށްވެސް ޒިވިއަލްއަށްވެސް ފެންނާނެއެވެ. ނަމަވެސް ފޯނު ކަނޑާ ނުލާ ތިބީ ނުކެރިގެން ކަންނޭނގެއެވެ.

” ޒިވާ ބަލާ މިއައީ…ފީޑް ކުރަންވެގެން” ޒިވިއަލްއަށް ގޮވާލަންވެސް ނުކެރުމާއިއެކު އަހަރެން އަވަސް އަވަހަށް ބުނެލީމެވެ. ނުކިޔާ މާލޫދަކަށް އަރާކަށް ނުވާނޭ މީހުން ބުނެ އުޅޭ ނޫންހެއްޔެވެ.

” ގުޅާ ނަން އެނގޭ ފަހުން.. އީމް އައިއްސި ޒިވާ ބަލާ” ސާރާ ފޯނު ކަނޑާލައި ޒިވާ އަހަރެންނާ ދިމާއަށް ދިއްކޮށްލިއެވެ.

“ޒިވިއަލް ހީވަނީ މޮޔަވެގެން އުޅޭހެން ޒިވާ ނުފެނިގެން… އީމް ވާހަކަވެސް އަހާ ކޮންމެ ދުވަހަކުވެސް” ސާރާ އެހެން އެބުނީ ކީއްވެކަމެއް އަހަރެންނަކަށް ނޭނގުނެވެ. ސާރާ ޒިވިއަލް އާއި ވަހަކަ ދައްކާކަން އަހަރެންނަށް އެނގުނީމަ ބުނާނޭ އެއްޗެއް ނޭނގުނީ ކަންނޭނގެއެވެ. މިހެން ގުޅައިގެން މި ފެނުނީ އަލަށް ވިޔަސް ޒިވިއަލް ސާރާއަށް ގުޅާކަން އަހަރެންނަށް އެނގެއެވެ.

” އެހެންތަ. ދެން ގުޅީމަ ސަލާމް ބުނައްޗޭ” އަހަރެން ޒިވާ އުރާލަމުން އެހެން ބުނެލީ ސާރާއަށް އެއްޗެއް ހީވެދާނެތީއެވެ.

“އީމް ގުޅާފަ ބުނަންވީނު؟ ޒިވިއަލް ވަރަށް އުފާވާނެހެން ހީވޭ” ސާރާގެ ވާހަކައިން ކޮންމެސް އެއްޗެއް ސާރާއަށް އެނގޭހެން އަހަރެންނަށް ހީވިއެވެ. އަނެއްކާ ޒިވިއަލް ސާރާ ކައިރީ އެއްޗެއްކީ ބާވައެވެ. ކުޑަކޮށް ހިތްހަމަ ނުޖެހެވުނީ އެހެން ހީވުމުންނެވެ. އަހަރެންނާއި ޒިވިއަލް ގެ ވާހަކަ ޒިވިއަލް އެހެން މީހެއް ކައިރީ ދެއްކުމަކީ ޒިވިއަލް އާއި ވަރަށް ނުވައްތަރު ސިފައެކެވެ. ނުވަތަ އަހަރެންނަށް ވުރެ ސާރާ ޒިވިއަލް އާއި ގާތްވީއޭ ހިތަށް އަރައި ކުޑަކޮށް ހަސަދަވެރިވީއެވެ. އެކަމަކު އަހަރެން ހަސަދަވެރިވާކަށް ބޭނުމެއް ނުވެއެވެ. ޒިވިއަލް ގެ ލޯބި ޤަބޫލު ނުކުރީ އަހަރެންނެވެ. ހަމަ އެހެންމެ ޒިވިއަލްއަށް އުފާވެރިކަމެއް ލިބޭނަމަ އެކަމާ އެންމެ އުފާވާނެ މީހަކަށް އަހަރެންވާނެއެވެ. އިތުރު އެއްޗެއް ނުބުނެ ހީލުމަށްފަހު އަހަރެން އެތަނުން ދިޔައީމެވެ.

ޒިވާ ފެންވަރުވާ ނިންދެވުމަށް ފަހު އަހަރެން އަވަސްވެ ގަތީ 11:30 ބަޔަށް ހިތަދޫ ކޯޓަށް ދިޔުމަށެވެ. ޤާޟީއާއި ބައްދަލުކުރުމަށް ކޯޓުން ވަގުތު ދީފައި އޮތީ އެގަޑިއަށް ކަމަށްވާތީއެވެ. އަހަރެން ކޯޓަށް ވަނުމަށް ފަހު ޤާޟީއާއި ބައްދަލުކޮށްލުމަށްކަމަށް ބުނުމުން އިރުކޮޅަކު މަޑުކޮށްލުމަށް އެދުމަށްފަހު  އެންމެފަހުން ޤާޟީގެ ކޮޓަރިއަށް އަހަރެން ވެއްދިއެވެ.

” އައްސަލާމް އަލައިކުމް. ކޮންކަހަލަ ކަމަކު ތޯ ބައްދަލުކޮށްލުމަށް އެދުނީ” އަހަރެން އިށީނުމުން ވާހަކަ ދައްކަން ފެށީ ޤާޟީއެވެ.

“ކުޑަކަމަކު މަޝްވަރާކޮށްލުމަށް”

“މިރަށު ކުއްޖެއް ނޫންދޯ؟” ޤާޟީއަށް އަހަރެންގެ ވާހަކަދެއްކުމުން އަހަރެން މީ އައްޑޫކުއްޖެއް ނޫންކަން އެނގުނީ ކަންނޭނގެއެވެ.

“އާދެ” އަހަރެން ޖަވާބު ދިނީމެވެ.

” ވަރަށް ދަންނަ ވައްތަރެއް އެބަހުރި މޫނުމަތީގަ.. ވިދާޅުވޭ އަވަހަށް” ސީދާ ޤާޟީއަށް އަހަރެން ނޭނގުނަސް އަހަރެންގެ މަންމަ އެނގޭނަމަ ދަންނަ ވައްތަރެއް ޖަހާފާނެތާއެވެ.

” ދެ ކަމަކު. އަޅުގަނޑު މަންމަ ދުނިޔޭގަ މާމަ ގެ ފަތް ލިޔެފަ އަޅުގަނޑާއި އަޅުގަނޑު މަންމައަށް އޮތީ ދީފަ. އެކަމަކު އެ މައްސަލަ ކޯޓުން ނުނިމެނީސް މަންމަ ނިޔާވެއްޖެ.. ކިހިނެއް ތޯ ދެން ހަދަންވީ؟” އަހަރެން ފުރަތަމަ ސުވާލު ޤާޟީއާއި ޢަމާޒު ކުރީމެވެ.

” ތި ކަން ސާފު ކޮށްލެވުނީސް މިތަނަށް ނުދުރުވެ ގުޅާލިނަމަ. ކޯޓަށް ސިޓީއެއްލާ.. އޭރުން އެކަން ކުރިއަށް ދާނެ… ކޮބާތޯ ދެވަނަ ކަމަކީ؟ ޤާޟީ އެހެން އަހާލީ ހީލަމުންނެވެ.

“އަޅުގަނޑަށް މާމަ ދިން ބައިގައި ޢިމާރާތެއް އެޅުމަށް ކުޑަބެއާއި މުޢާމަލާތު ކުރަނީ ޤާޟީކަމަށް ކުޑަބެ ބުނީ… އެހެންވެ ސާފުކޮށްލަން ބޭނުންވީ ކާކު ކޮން ބޭނުމަކުތޯ އެވަރު ކަމެއް ކުރީ؟ އަޅުގަނޑުގެ މުދަލެއް ވީމަ އަޅުގަނޑަށް އެހުމުގެ ހައްޤު އޮންނާނެކަމަށް ޤަބޫލު ކުރެވެނީ” އަހަރެންގެ އެ ސުވާލާއިއެކު ޤާޟީގެ މޫނުމަތިން ހައިރާންކަމުގެ އަސަރު ފާޅުވިއެވެ.

“ތީ ވައިލެޓްވިލާ ނިސްރީނު ދަރިފުޅުތަ؟”

” ލައްބަ” އަހަރެންގެ ޖަވާބާއިއެކު ޤާޟީ ގޮނޑިން ތެދުވިއެވެ.

“ކޮން އިރަކު މިކޮޅަށް އައީ؟ ގެއަށް ދިޔައިންތަ؟ އީމާން ދޯ ކިޔަނީ؟” ޤާޟީ ޖަވާބު ދިނީ އަހަރެންގެ ސުވާލަކަށް ނޫނެވެ. ނަމަވެސް މޭޒުމަތީގައި އޮތް އެޕައޮންޓްމަންޓަށް އެދުނު ގަނޑުކޮޅު ބަލާލަމުން އަހަރެންގެ ނަން ޔަޤީން ކޮށްލިއެވެ

” ލައްބަ. އީމާން..ދުވަސްކޮޅެއްވެއްޖެ އައިފަހުން.. ނުދަން ގެއަކަށް… އިހަށް ދުވަހާ ހަމައަށްވެސް ނޭނގެ ގެއެއް ހުންނަ ކަމެއް…. އެކަމަކު އެންމެންވެސް ހީކޮށްގެން ތިބީ އެތަން ހެދީ އަޅުގަނޑުކަމަށް…”

“އެހަށް މަޑުކޮށްލައްޗޭ” އެހެން ބުނުމާއިއެކު ފޯނު ހިފައިގެން  ގާޟީ ބޭރަށް ނުކުތެވެ. ދެންވަނީ އިރުކޮޅެއް ފަހުންނެވެ.

” އީމާން ބޭނުންތަ އެ ކަންކޮށްދިން މީހާއާއި ބައްދަލުކޮށްލަން؟” ޤާމީގެ އެ ސުވާލާއިއެކުއަހަރެންގެ ހިތް ތެޅެންފެށިއެވެ.

“ނޫން. ބޭނުމެއް ނޫން… ހަމައެކަނި އަޅުގަނޑުގެ ސުވާލަތަކަށް ޖަވާބު ލިބުނީމަ ނިމުނީ”

“ކޮން ސުވާލުތަކެއް؟” ޤާޟީ އެހެން އެހީ ވަރަށް މަޑުމައިތިރި ކަމާއެކުއެވެ.

“އެއީ ކީއްވެ އެ މީހަކު ކުރިކަމެއް؟ އެ ކަން ކުރީ އަޅުގަނޑުގެ ބައްޕަތަ؟” އަހަރެން ކުރި ސުވާލަށް ޖަވާބު ދޭން ޤާޟީ މާކުރިންވެސް ތައްޔާރުވެގެން އިންކަހަލައެވެ.

” ރަނގަޅަށް ތި ހީވީ.. އެއީ އީމާންގެ ބައްޕަ… އީމާންގެ ބައްޕަ އަކަށް ނޭނގެ މަންމަ ބަލިވެ އިންކަމެއް..ވަރަށް ފަހުން އެނގުނީ… ވަރަށް މަސައްކަތްކުރި އީމާންއަށް ދޭންޖެހޭ ޚަރަދު ދެވޭތޯ.. އެކަމަކު އީމާންގެ މަންމަ ނެތް ބައްޕައަކީ ކާކުކަން ކޯޓުގަ ބުނެފައެއް. އެހެންވީމަ އެކަން އިތުރަށް ބެލޭކަށްވެސް އަދި ކޯޓު މެދުވެރިކޮށް ޚަރަދެއްވެސް ދެވެންނެތީ.. ވަރަށް މަސައްކަތްކުރި މަންމަ ހޯދަން…. މަންމަ ނިޔާވިކަން އެނގުނީމަ އަޅުގަނޑާ ހަމައަށް އައީވެސް…އީމާންއަށް އެއްވެސް ކަމެއްކޮށް ނުދެވޭތީ އެކަމަށް ތަޢުބާވެ ދިރިއުޅުމެއް އީމާންއަށް ހޯދަދޭން ކުރި މަސައްކަތްއެއީ.. އެހެންވެ އަޅުގަނޑު އެހީވެ ދިނީ.. އީމާން ބޭނުންނަމަ އީމާން ބައްޕަ ހުރީ އީމާންއާއި ބައްދަލު ކުރަން ކެތް މަދުވެފަ”

“ނޫން ނޫން… އަޅުގަނޑު ބޭނުމެއް ނޫން ބައްޕައަށް އަޅުގަނޑު އެނގޭކަށް. އަދި އަޅުގަނޑު ބޭނުމެއް ނޫން ބައްޕައަކީ ކާކުކަން އެނގޭކަށްވެސް.. މިއަދާއި ހަމައަށްވެސް އެއީ ނެތް މީހެއް. އެހެންވީމަ އެގޮތުގައި ހުންނަން ބޭނުމީ.. އެކަމަކު ޤާޟީއަށް ބައްޕަ އެނގޭތީ ބައްޕަ ކައިރީ ބުނެދެއްވާ އަޅުގަނޑުގެ އެއްވެސް ހިތްބުރަކަމެއް ނެތޭ.. އަދި ދިރިއުޅުމެއް ހޯދަދޭން ކޮށްދެއްވި މަސައްކަތް އަޅުގަނޑު ބަލައިގަންނަމޭ… ޝުކުރުވެރިވެސް ވަމޭ…. އެކަމަކު  އަޅުގަނޑުގެ އެދުމެކޭ ބައްޕަ އަޅުގަނޑު ހޯދަން ނޫޅުމަކީ… އަދި ދުވަހެއްގެ ކޮޅުން އަޅުގަނޑުމީ އެ ބައްޕަގެ ދަރިކަން އެނގޭ ދުވަހަކުންވެސް އެކަން ފާޅުނުކޮށް ސިއްރެއްގެ ގޮތުގައި ބާއްވަ ދޭށެ ދަންނަވައިދީ” ސަމީރުބެގެ އާއިލާއަށް އައިސް ދާނޭ ތޫފާނަކުން އެމީހުން ރައްކާތެރިކުރުމަކީ އަހަރެންގެ ވާޖިބެއްކަމުގައި އަހަރެންޤަބޫލު ކުރީމެވެ.

” އެކަމަކު” ޤާޟީ ކޮންމެވެސް އެއްޗެއް ބުނަން އުޅެފައި މެދުކަނޑާލީ އަހަރެން ކޮޅަށް ތެދުވުމުންނެވެ.

” ޝުކުރިއްޔާ ޤާޟީ… އަޅުގަނޑުގެ މި މެސެޖް ޕާސްކޮށްދޭނެ ކަމަށް އުންމީދުކުރަން.. އަދި ހުރިހާކަމެއް ސިއްރެއްގެ ގޮތުގައި ބާއްވާދެއްވީތީ ޝުކުރު ދަންނަވަން” އަހަރެން އެހެން ބުނެފައި ދާން އެނބުރެލާފައި ވެސް ހުއްޓުން އެރީ ޤާޟީ ކޮށްލި ސުވާލުންނެވެ.

“އީމާންއަށް އެނގޭ ދޯ ބައްޕައަކީ ކާކު ކަން؟” ޤާޟީ އެ ސުވާލުކުރީ ހީވި ހީވުމެއް ޔަޤީންކޮށްލަން ކަންނޭނގެއެވެ.

“ބައެއްކަންކަން އެނގުމަށް ވުރެ ނޭނގުން ރަނގަޅުވާނެ.. އަޅުގަނޑަށް ޔަޤީން ޤާޟީއަށް އަޅުގަނޑު މިބުނިއެއްޗެއް އެނގި ލައްވާނެކަން..” އަހަރެން އެހެން ބުނީ ފަސްދީ ހުރެއެވެ.

“ވަރަށް ރަނގަޅު  ނިންމުމެއް ތި ނިންމީ… ހިތްވަރުގަދަ ކުއްޖެއްތީ… ތި ހުރިހާކަމެއް ޤިޔާމަތާއި ހަމައަށްވެސް އިންޝާﷲ ސިއްރުކޮށްދޭނަން”

އަހަރެން ބުނަން ބޭނުންވާ ހުރިހާ އެއްޗެއް ބުނެވުމުން ވަރަށް އުފާވިއެވެ.

ކޯޓުން ގެއަށް އައިސް ވަތްއިރުވެސް ޒިވާ އޮތީ ނިދާފައެވެ. އެހެންކަމުން އަހަރެން އަވަސް ވެގަތީ ޒިވާ ހޭލަންވާއިރަށް ގޭތެރެ ކުނިކަހާލާ ހަދާލެވޭތޯއެވެ. ގޭގެ މައި ދޮރަށް ފުރަގަސްދީގެން ކުނިކަހަން ހުއްޓައި ސިއްސައިގެން ދިޔައީ ފަހަތުން މީހަކު އައިސް ކޮނޑުގައި  ހިފުމުންނެވެ. ކުއްލި ހަރަކާތަކާއިއެކު ފަސް ބަލާލެވުނު ހިނދު ދެލޯ ބޮޑުވީ ހައިރާން ވީވަރުންނެވެ.

(ނުނިމޭ)

*********************************************************************************

ނޯޓު:ރާއްޖޭން ބޭރުގައި ހުރީމަ ކޮމެންޓެއް ނުކުރެވޭ.. ޓެކްނިކަލް އިޝޫސް އުޅޭ ވަރަށް  ބޮޑަށް (މިތާ ކުރު ސިޓީއެއް މި ލިޔަން ޖެހުނީ އެހެންވެގެން އެނގޭ). އެކަމަކު ހުރިހާކުދިންގެ ކޮމެންޓްތައްވެސް ކިޔާލިން… ވަރަށް އުފާވި ތިކުދިން ތިދޭ ލޯތްބަށް.. އެހާ ބޮޑަށް ފްރަސްޓްރޭޝަންސް ހުރީވެސް ވާހަކަ ކިޔާހިތްވާލެއް ބޮޑު ކަމުންކަން އެނގޭ! ހުރިހާ ކޮމެންޓެއްވެސް ބަލައިގަތީ ވަރަށް އުފަލާއެކު!

ދެން އިންބައި އިންޝާﷲ އެންމެ ލަސްވެގެން ހޯމަ ދުވަހު ގެނެސްދެވޭތޯ ވަރަށް މަސައްކަތްކުރާނަން… އެއީ މަަސައްކަތުގެ ގޮތުން ދެ ދުވަހަކަށް ލެޕްޓޮޕްނުލާ އުޅެން ޖެހޭތީ ވާހަކަ ނުލިޔެވޭނެތީ!

އަދިވެސް އެއްފަހަރު ތިދެއްވާ ލޯތްބަށް ވަރަށް ބޮޑަށް  ޝުކުރުދަންނަވަން!!!

Share Article

Follow Me Written By

SomeOne

Level 110 Stories

Other Articles

Previous

ދިރުމެއްނެތް ދިރިއުޅުން 10

Next

ކުލަ 4

Next
June 10, 2023

ކުލަ 4

Previews
June 9, 2023

ދިރުމެއްނެތް ދިރިއުޅުން 10

14 Comments!

  1. Anonymous says:
    June 9, 2023 at 11:29 am

    vrh bodah shukurihyaa SOMEONE aharemennah
    vhk genesdheyn thi kohdhehvaa masahkathah ves.
    waiting for next episode/
    e aee zivial tha anehka heevany ehen hen.
    dhn neyge monday ga engeyne.
    ZIVIAL, SIZAAN, JINAAH (bahpa), kaafa e thanun konmes ekaku hen heevany

  2. leesh says:
    June 9, 2023 at 11:29 am

    vrh bodah shukurihyaa SOMEONE aharemennah
    vhk genesdheyn thi kohdhehvaa masahkathah ves.
    waiting for next episode/
    e aee zivial tha anehka heevany ehen hen.
    dhn neyge monday ga engeyne.
    ZIVIAL, SIZAAN, JINAAH (bahpa), kaafa e thanun konmes ekaku hen heevany

  3. Reader says:
    June 9, 2023 at 12:26 pm

    Omg kaaku baa e aii? Zivial ah vaanenama.Vrh curious
    As alaways mi bai vs vrh furihama Masha allah. 💗
    Vaahaka genesdhinumah ehaa bura masahkatheh kuraathy vrh bodah shukuriya 💟
    Love you

  4. mariyam says:
    June 9, 2023 at 6:42 pm

    Omg kaaku baa e aii? Zivial ah vaanenama. Vrh curious
    as always mi bai Vs vrh furihama Masha Allah. 💗
    Vaahaka genesdhinumah ehaa Bura msahkathe kuaathy vrh bodah shukuriya 💟
    Love you someone

    1. kokila modi says:
      June 10, 2023 at 9:32 am

      zivial nama varah salhi…but curious kohlaafa zilaa kamah ves vedhaane dho

  5. Aluu says:
    June 9, 2023 at 9:40 pm

    Woww vrh rythi inge
    Last 3 parts ah cmnt nukuriyas keen inge
    Bzy kamun nukollwny exams ninmaafa balaaliru 3 parts in up kohfa
    Vrhh ufaa vi
    And thank you so much for uploading the story in sucha difficult situation
    Curiously waiting for the monday
    Love you sm

  6. areesha says:
    June 10, 2023 at 12:53 pm

    what ever it happens my gut feeling says
    that eem and zivial will be together at
    the end.
    Thank you for uploading the story.
    Love you someone and
    EEM, ZIZIAL, and ZILAAL also

  7. maadhama vaahaka kiyeyna kamuge inthizaaruga huri kujja says:
    June 11, 2023 at 3:43 pm

    zivial kihineh thiulhenii….. ehaa dhuru nuveba try to get close eyrun dho dhenves kaamiyaabu vaani

  8. Anonymous says:
    June 11, 2023 at 6:02 pm

    Kobaa miadhuge episode

  9. lover says:
    June 11, 2023 at 9:32 pm

    Someone konme part eh ge NOTE ga liyelan feney dhn oeh part nukunnaane dhuvas

    1. Anonymous says:
      June 11, 2023 at 10:24 pm

      Yeasss
      thiya dhevvi hiyaalah alhugandu vx thaaidh kuran

  10. neyge says:
    June 11, 2023 at 9:36 pm

    liyefa dhw iny neyguny sorrry.
    Monday ga nikunnaane oa Someone note ga liyefa iny

  11. Anonymous says:
    June 11, 2023 at 11:15 pm

    Vrh rythi mi part vx

  12. mariyam says:
    June 12, 2023 at 6:59 am

    Today is Monday where is next part

Comments are closed.


All Right Reserved!