Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބަކުންދިން-24

SomeOne Level 110 Stories
June 6, 2023 7 Mins Read
10 Comments

ބޯޑިންއަށް ގޮވުމުން އެތެރެއަށް ވަންނަން ދަމުންވެސް ކުޑަކޮށް މަޑުކޮށްލީ ޒިވިއަލް ސަލާންކޮށްލާތޯއެވެ. އޭގެ ބަދަލުގައި އަތް ދިއްކުރީ ޝިޒާންއެވެ. ކުޑަކޮށް ޝިޒާންއާއި ސަލާން ކުރުމަށްފަހު ބަރު ހިތަކާއިއެކު އެތެރެއަށް ވަދެގެން ދިޔައީ ޒިވިއަލް ސަލާން ނުކޮށްލިތާގައި އަނަގއިންވެސް ނުބުނީމައެވެ.

އަހަރެމެން އެއާޕޯޓުން ނުކުތްއިރު އަހަރެމެން ބަލައި ސަމީރުބެމެން އުމުރު މީހަކު އައިސް ހުއްޓެވެ. އެ މީހާ ފެނުމުން ހީލާފައި ސަމީރުބެ ސަލާންކޮށްލިއެވެ.

” ކޮބާ މޫސަބޭ.. މިކޮޅުގެ ކަންކަން ރަނގަޅުތަ”

” އަލްހަމްދުލިﷲ…ވަރަށް ބަރާބަރަށް ދަނީ ގެސްޓް ހައުސްވެސް ވަރަށް ފުލްކޮށް އުޅެނީ..” މޫސަބެ އަހަރެމެންގެ ފޮށިތައް ނަގައި ކާރަށް އެރުވިއެވެ.

“ގެއަށް ގޮސް މި މަންޖެ ގެއަށް ލާފަ ގެސްޓް ހައުސްއަށް ދާނީ އެނގޭ… ގެ ރެޑީ ދޯ؟” ކާރު ދުއްވާލުމުން ސަމީރުބޭ އަހާލިއެވެ.

” އާން ރެޑީކޮށްފަ ހުންނާނީ… މިއަދުވެސް ގޮސް ކައްކައިގެން ކެވޭގޮތަށް ހުންނާނީ! މީ ދޯ އީމާން” ލޯ ގަނޑުން ބަލާލަމުން މޫސަބެ އަހާލިއެވެ.

“މީ ހަމަ އަހަރެމެންގެ ދަރިއެއް ކަހަލަ ކުއްޖެއް އެނގޭ! އީމާން މީ މޫސަބެ! ބޭބެ ގެ އެންމެ ގިނަ ދުވަސްވީ އެއް މުވައްޒަފު.. ދެން މުވައްޒަފަކަށް ވުރެ ގާތް މީހެއްމީ…” ސަމީރުބެ ފަހަތަށް އެނބުރިލާ އަހަރެން ތަޢާރަފްކޮށްދިނެވެ. އަހަރެން ހީލީމެވެ.

ބާރު ދުވެލީގައި ކާރު ގަމުން ފުރައިގެން ހިތަދޫއަށް ދަތުރުކުރަމުން ދިޔައިރު އައްޑޫގެ ހިތް ޤައިމުކަން ފެންނަމުން ދިޔައެވެ. ތަރައްޤީއާއިއެކުވެސް ޤުދުރަތީ ރީތިކަންވެސް އެރަށުގައިވިއެވެ.  އެ ފުރިހަމަކަމުގެ ތެރެއަށް ގެއްލިފައި އިނދެވުނު ނަމަވެސް ދޭތެރެއަކުން ސިހިފައި ފޯނަށް ބަލާލެވެއެވެ. އަހަރެންނަށް އާދެވުންތޯ ބަލާލަން ޒިވިއަލް ގުޅާލާތޯއެވެ. ނަމަވެސް ގެއާއި ހަމައަށް ދެވުނު އިރުވެސް ޒިވިއަލް ގުޅާ ނުލައެވެ. އަހަރެން އުންމީދު ގެއްލުވައެއް ނުލަމެވެ. ޒިވިއަލް އަދި ގުޅާނެޔޭ ތަކުރާރުކޮށް ހިތް ބުނަމުން ދިޔައެވެ.

ކާރު ގޮސް މަޑުކޮށްލީ އުސްކޮށް ވަށާފާރު ރާނާ ހުދުކުލަ ލައި  ސެކިޔުރިޓީ ލޮކެއް ލާފައި އިން ދޮރެއްގެ ކުރިމައްޗަށެވެ. މިއީ ޢާންމުކޮށް ރަށްރަށުން ނުފެންނަ ކަމެއް ނަމަވެސް އައްޑޫއަށް އައިސްފައިވާ ތަރައްޤީއަށް ބަލާފައި މިއީ ޢާންމުކަމަކަށްވެސް ވެދާނޭއޭ އަހަރެން ހިތަށް އެރިއެވެ. ގޯތިތެރެއަށްވަތްއިރު، ގޭގެ ދެފަރާތުގައި ވަކިން ހަދާފައި ހުރި ދެ ޢިމާރާތެއް ހުއްޓެވެ. މައި ދޮރުން ދެ އިމާރާތާ ހަމައަށްވެސް ހުރީ ގާ އަތުރާފައެވެ. ގޯތި ތެރެ މާބޮޑު ނޫންނަމަވެސް ގޯތިތެރޭގައި ކޮންމެވެސް ވަރަކަށް ބަގީޗާ ހައްދާފައި ހުއްޓެވެ. ސަމީރުބެއާއި މޫސަބެ އަހަރެންގެ ފޮށިތައް ހިފައިގެންގޮސް އެތަނުން އެއް ޢިމާރާތާއި ދިމާއަށް ހިނގައިގަތުމުން އަހަރެންނާއި ޚަދީޖައްތަވެސް އެމީހުންގެ ފަހަތުން ދިޔައީމެވެ. އެ ތަނަކީ  ދެ ކޮޓަރި ހިމެނޭހެން ދެ ފަންގިފިލާއަށް ހަދާފައި ހުރިތަނެކެވެ. ތިރީ ބައިގައި ބަދިގެއަކާއި ސިޓިން ރޫމެކެވެ. އަދި ދެވަނަ ފަންގިފިލާގައި ދެ ކޮޓަރިއެވެ. އެތަނަށް ވަދެގެން ދިޔައިރުވެސް އަހަރެންގެ ހިތުގައި ނުތަނަވަސްކަމެއް އުފެދިގެން އައީ އެއްގެއެއްގައި ދެ ޢިމާރާތްހުރެފައި އެތަނުގައި އުޅެނީ ކޮންބައެއްކަމެއް ނޭނގޭތީއެވެ. އެކަމަކު އަހަރެންނަށް ޔަޤީންވާކަމަކީ ޒިވިއަލްއެއްވެސް ސަމީރުބެއެއްވެސް އަހަރެންނަށް ދެރައެއް ލިބޭ ފަދަކަމެއް ނުކުރާނޭކަމެވެ.

” ހިނގާ އެހަށް ސައިބޮއެގެން އަންނަން. އޭރުން ހަމަ ޖެހެލެވޭނީ ވެސް ދޯ. ސީމާ ހުންނާނެ މިހާރު ސައިހަދައިގެން.. ސަމީރު ދުރުވާ ވާހަކަ ބުނީމަ ސާރާވެސް އެބަހުރި ގެއަށް އައިސް”

” ސީމާ ހަދާ ހެދިކާއެއް ކާ ނުލާތާ ވަރަށް ދުވަސް ވެއްޖެޔޭ ދޯ ޚަދީޖާ.. ހިނގާ ދަމާ” އަހަރެން ޒިވާ ގޮވައިގެން އެމީހުން ފަހަތުން ހިނގައިގަތީމެވެ. އެމީހުން ގޮސް ވަނީ ކުރިމަތީގައި ހުރި ޢިމާރާތަށެވެ.
” ސަމީރު. ޚަދީޖާ.. ދުރުވޭ ސައި ބޯން… ގެނޭ ކުޑަ މަންޖެ ދައްތައަތަށް… އެކޮއެވެސް ހިނގާ ސައިބޯން” ސަމީރުބޭ ސަލާމް ގޮވާލުމުން އެތެރެއިން ސަލާމް ބަލައިގަތުމާއިއެކު ސީމާއްތަ ފުރަތަމަވެސް ދަޢުވަތުދިނީ ސައިބޯންށެވެ. އެއާއިއެކު އަހަރެން އަތުން ޒިވާވެސް އަތުލިއެވެ.

“ސީމާ ކޮބައިތަ ސާރާ”ކާ ކޮޓަރިއަށް ވަންނަމުން ޚަދީޖައްތަ އަހާލިއެވެ.
” އެ ދިއައީ މިތާ ކައިރީގަ މީނަ ފިހާރައަށް ސަމީރަށް ކަމުދާ ކަހަލަ ބިލެއްގަނޑެއް ގަންނަން.” ސީމާއްތަ އެހެން ބުނިއިރު އަންހެން ކުއްޖަކު ދޮރުހުޅުވާލާފައި ވަދަގެން އަންނަނީއެވެ.

“އަނހަ މިއޮއް އައީނު.. ސާރާ އެތިބީ ސަމީރުބެމެން އައިސް” ސާރާގެ އަތުގައި އޮތް ކޮތަޅުއަތުލަމުން ސީމާއްތަ ބުނެލިއެވެ.

“ސަމީރުބޭ.. ޚަދީޖައްތާ.. މީ އީމާން ދޯ؟ މީ ހަމަ ޔަޤީނުންވެސް ޒިވާ…ޒިލާލް އިއްޔެވެސް ގުޅާފަ ހީވަނީ އެހެންކަމެއްހެން… ކޮޓަރި ރެޑީތޯ ވެސް އިރުއިރުކޮޅަކާ ގުޅާ” ސާރާ ވާހަ ދެއްކީ ޒިވާ އުރާލަމުންނެވެ.

” އީމާން.. އެއީ މޫސަބެ އާއި ސީމާގެ ދެލޮލުގެ ނޫރު.. ޑރ.ސާރާ މޫސާ…އީމާންއަށް އެނގޭތަ މީ މިރަށު ބައެއްވެސް ނޫނޭ.. މޫސަބޭ، ބޭބެ އާއިއެކީ އުޅޭތާ ވިއްސަކަށް އަހަރު ވެދާނެ… މިކޮޅު ގެސްޓްހައުސް ހުޅުވީމަ އެތަނާއި ހަވާލުވެގެން މިކޮޅަށް ބަދަލުވި ގޮތަށް އެތިބީ ގާތްގަނޑަކަށް ވަޒަންވެރިވެގެން. ޒިވިއަލްއަށް އެންމެ ކަމުދިޔައީ މިގެ… މިތާ އުޅެންޔާ އީމާން އެކަންޏެއް ނުވާނެ.. ވަކިން ގެއެއްގެ އުޅުނަސް ކަމެއް ބޭނުންވެއްޖެއްޔާ މި މީހުން ތިބޭނެ.. ވަޒީފާއަކަށް ދިޔަސް ސީމާ ބުނި ޒިވާ ބަލާ ދޭނަމޭ.. އެހެން ވީމާ ހުރިހާ ގޮތަކުންވެސް ބޭބެއަށްވެސް ޤަބޫލު ކުރެވުނީ އެކޮޔަށް އެންމެ ރަނގަޅުވާނީ މިތަނޭ… ” ސަމީރުބޭ ކުޑަކޮށް އަހަރެންނަށް މޫސަބޭ މެންގެ އާއިލާ ކިޔާދިނެވެ. އެއާއިއެކު މޫސަބޭވެސް ވާހަކައިގައި ހިފާލިއެވެ.

” ޒިވިއަލް ގުޅާއިރަށް އަހަރެން އެތަން ސާފުކޮށްފީމޭ…. އެތަން ހުހަށް ހުންނަތާ ވެސް ކިހާ ޒަމާނެއް… އޭނަ ގުޅާފަ ކުޑަކުއްޖެއް ދާނެޔޭ ބުނީމަ މި ސާރާ ހީވީ އެހެން ކަމެއްހެން… މުޅި ކޮޓަރީގަ އޭތި މީތި ހަރުކޮށްފި.. މަ މިހާރު ބުނެފީމޭ މީހަކާ އިނދެގެން ދަރިއަކު ހޯދާށޭ… ” މޫސަބޭ ދައްކަމުންދިޔަ ވާހަކައަކަށް މާ ބޮޑު ސަމާލުކަމެއް ނުދީ ސާރާ އުޅުނީ ޒިވާއާއި ސަކަރާތް ޖެހޭތޯއެވެ. ސާރާ ލައްވާ އަޑުންނާއި މޫނަށް ހަދާލާ ގޮތްގޮތުން އިރުއިރުކޮޅަކާ ތުއްތު ޒިވާ ހޭންފަށައެވެ.

” މަވެސް ޒިވިއަލް ކައިރީ މިކިއަނީ ތިހެން.. މީހަކާ އިންނަން އުޅޭށޭ.. މި ސަމީރު ނޫޅެޔޭ އެހާވަރަކުން.. ވިޔަފާރި ތެރެއަށް ވެއްދިވެއްދީނުން އެހެންކަންކަން މަތިން އެކުއްޖާ ހުރީ ހަނދާން ނައްތާލާފަ ވިއްޔަ” ޒިވިއަލްގެ ވާހަކަފެށުމުން އަހަރެންނަށް ކުޑަކޮށް އުނދަގޫ ވާން ފެށިއެވެ. ނަމަވެސް އެކަން ފޮރުވުމަށް މަޑުމަޑުން ކަމުން ގެންދިޔައީމެވެ.

” މަ ކިހާވަރަކަށް އެވާހަކަ ދައްކަން ދޯ މޫސާ.. އެންމެ ފަހުން އައްޑުއަށް އައި ފަހަރު މަބުނިން ސާރާއާއި އިންނަން ވީ ނުންހޭ… ޒިވިއަލްއާ އެއް އުމުރެއްގެ ކުއްޖެއްވިއްޔަ..” އަހަރެންގެ ހިތުގައި ރިއްސާލިއެވެ. އަހަރެންވެސް ޑޮކްޓަރަކަށް ވިނަމަ ފަހަރުގައި ދިރިއުޅުން ހަމަޖެހުނީސް ކަންނޭނގެއެވެ.

” އަހަރެން ހަމަ އުފަލުން ޤަބޫލު…ސާރާއަށް ޒިވިއަލްއަށް ވުރެ ވަކި ރަނގަޅު ކުއްޖެއް ނުލިބޭނެ” މޫސަބޭ އެހެން ބުނުމާއިއެކު އަހަރެން ސައިތަށި ބަހައްޓާ ކޮޅަށް ތެދުވީމެވެ. އެވާހަކަ އިތުރަށް އަޑު އަހަން ބޭނުން ނުވާތީއެވެ. އެ ވާހަކައިން ހިތަށް އުނދަގޫ ކުރާތީއެވެ.

” ހާދަ އަވަހަށް ތި ނިންމާލީ” އަހަރެން ކޮޅަށް ތެދުވުމާއިއެކު ޚަދީޖައްތަ ބުނެލިއެވެ.

” ޒިވާ ބަނޑު ހައިވެފަ މިހާރު އޮންނާނީ” އަހަރެން ހިނގައިގަތް ތަނުން ސަމީރުބެގެ ފޯނު ރިންގުވިއެވެ.

” ހަލޯ ދަރިފުޅާ…. އަދި ގުޅާ ނުލެވިގެން މިއުޅެނީ މިތިބީ މޫސަބޭމެން ބައިގަ ސައިބޯން” ސަމީރުބޭ ވާހަކަ ދައްކަން ފެށި ގޮތުންވެސް އެއީ ޒިވިއަލް ކަން އަހަރެންނަށް އެނގުނެވެ.

“އީމާންވެސް ޒިވާ ވެސް ރަނގަޅު..  ޒިވާ ބަނޑުހައިވެގެން އީމާން އެދިޔައީ…” އަހަރެން ޒިވާ ގޮވައިގެން ދިޔައިރުވެސް ސަމީރުބޭ ވާހަކަ ދައްކާ އަޑު އިވެއެވެ.

އެތެރެއަށް ވަދެވުމާއިއެކު ކޮޓަރިއަށްވަދެ އެނދުގައި ޒިވާ ގޮވައިން އޮށޯވެލާ ވަށައިގެން ބަލާލީމެވެ. ތެދެކެވެ. މުޅި ކޮޓަރި ހީވަނީ ކުޑަކުދިންގެ ނާސަރީ އެއްހެނެވެ. ކުލަ ކަރުދާހުން އަރަބި، ދިވެހި އަދި އިނގިރޭސި ބަހުން އަކުރު ލިޔެފައި ހުއްޓެވެ. ކޮޓަރީގެ އެއް ކަނުގައި ހެދި ބޮޑުވާ މިންވަރު ދެނެގަތުމަށް ކުލަ ކަރުދާހުން ޒަރާފާއެއް ހަދާފައި ހުއްޓެވެ. ހަމަ އެއާއި ކުޑަ އެނދުގެ  އެއްކޮޅުގައި ވަރަށް ފުރިހަމައަށް ޒިވާ ޒިއާ ޒައިނަބް ޖަހާލާފައި އިނެވެ. ކޮޓަރީގެ ކޮންމެ ތަނަކަށް ބަލާލިނަމަވެސް ސާރާކޮށްފައި ހުރި ބުރަ މަސައްކަތް ފެންނަން ހުއްޓެވެ. މިއީ އަނެއްކާ ޒިވިއަލް ބުނެގެން އޭނާއަށްޓަކައި ކުރި ކަމެއްބާވައެވެ؟ ނޫނީ ސާރާ ހަމަ ހަޤީޤަތުގައިވެސް ކުޑަކުދިން ދެކެ އެހާ ލޯބި ވަނީބާވައެވެ؟. މިއާއިއެކު އަހަރެންގެ ޚިޔާލު ދެން  ދީލާލީ މިގެއަށް އަހަރެން ފޮނުވި ސަބަބަކަށެވެ. ޒިވިއަލްއާއި އަހަރެން ދުރަށް ދިޔަނަމަވެސް، އަހަރެންގެ ރައްކާތެރިކަމާއި މެދު ޒިވިއަލް އެހާ ވިސްނީތީ އުފާވެސް ވިއެވެ.ކޮންމެ ސަބަބަކާ ހެދި އަހަރެންނަށް ނުގުޅިނަމަވެސް ސަމީރުބެއަށް އެގުޅީ އަހަރެންގެ ހާލު ބަލަންކަން ޔަޤީންވިއެވެ. ޒިވިއަލްއަށް އަހަރެންނަށް ގުޅަން އުނދަގޫ ވަނީ ކަންނޭނގެއެވެ. ނޫނީ އަހަރެންދެން އަނބުރާ ނުގޮސްދާނެތީ އަހަރެން ހަނދާން ނައްތާލެވޭތޯ މިހާރުއްސުރެ މަސައްކަތް ފެށީ ކަންނޭނގެއެވެ.

ސަމީރުބޭމެން ކުރަން އައި މަސައްކަތް ނިންމާލުމަށްފަހު ދެ ދުވަސް ތެރޭގައި ފުރައިގެން އެނބުރި ދިޔައެވެ. އެމީހުން ފުރުމުގެ ކުރިން އަހަރެން މަންމަގެ ގޭގެ އެޑްރެސް ހޯދީމެވެ. ޚަދީޖައްތަ ހުރިއިރު ދާން ބުނިނަމަވެސް އަހަރެން ބޭނުންވީ ކުޑަކޮށް ހަމަޖެހިލާފައި  އެކަނި ދިޔުމަށެވެ. ވާނޭ ގޮތެއް ނޭނގޭތީ ބިރުގަތީއެވެ.

އެކަނި އުޅެން ޖެހުމުން ބިރުގަތް ނަމަވެސް މޫސަބޭމެން ވަރަށް ހިތްހެވެވެ. ސީމާއްތަވެސް ވަރަށް ގިނައިން އާދެއެވެ. އަހަރެން އައުމުން ފަޅުކަން ފިލާ ވާހަކަ އެތައް ފަހަރަކު ސީމާއްތަ ބުންޏެވެ. ސާރާވެސް ޑިޔުޓީ ނިންމާފައި  ގެއަށް އައުމާއިއެކު ޒިވާ ބަލާ އާދެއެވެ. އައްޑޫއަށް އައިފަހުން އަހަރެންނަށް ވުރެ ގިނަ ވަގުތު ޒިވާ ހޭދަވަނީ ސާރާ ކައިރީގައެވެ. ސީމާއްތަ ބުނިގޮތުން ސާރާ އެންމެ ކުޑައިރުއްސުރެވެސް ކުޑަކުދިން ދެކެ ވަރަށް ލޯބިވެއެވެ. ކުޑަކުދިންގެ ޑޮކްޓަރަކަށް ވާން ނިންމީވެސް ސީމާއްތަބުނިގޮތުން ވިއްޔާ ކުޑަކުދިންނާއި އެކު ވަގުތު ހޭދަކުރުމަށެވެ.

މި ދުވަސްތަކުގައި ކޮންމެ ދުވަހަކު އެތައް ފަހަރަކު ޝިޒާން ގުޅައެވެ. މާ ގިނަ ވާހަކަ ނުދައްކާ ފޯނު ބޭއްވޭތޯ އަހަރެން ބަލަމެވެ. ނަމަވެސް ޝިޒާން ބޭނުންވާ ގަޑިތަކުގައި ވީޑިއޯ ކޯލްކޮށްގެން ޒިވާ އުޅޭގޮތް ދައްކަން އިންނަމެވެ. އަހަރެން އައްޑޫއަށް އައިސް ހަފްތާއެއްވީރުވެސް ޒިވިއަލްގެ ޚަބަރެއް ނުވެއެވެ. ނަމަވެސް ސާރާގެ ވާހަކައިން ބައެއްފަހަރު ޒިވިއަލް ސާރާއަށް ގުޅާހެން ހީވެއެވެ. އެއްދުވަހެއްގެ މެންދުރު ފޯނެއްގައި ހުރެ ވާހަކަ ދައްކަމުން އައިސް ޒިވާ ގޮވައިގެން ވީޑިޔޯ އޮންކޮށްގެންވެސް ދިޔައެވެ. އެ ދުވަހު އަހަރެންނަށް އިވުނީ ދެވަނަ މީހެއްގެ އަޑެއް ނޫނެވެ. އެއީ ޒިވިއަލްއެވެ. ކިތަންމެ ގުޅާލަން ބޭނުންވިނަމަވެސް އަހަރެން ހިތުގައި އޮބިއަޅައި ހިތްވަރު ކުރީމެވެ. ޒިވިއަލް އަހަރެންދެކެ ވާ ލޯތްބާއިމެދު ކުޑަވެސް ޝައްކެއް އަހަރެން ނުކުރަމެވެ. އެހެންކަމުން ޒިވިއަލް އަށް އަހަރެންމަތިން ހަނދާން ނައްތާލެވޭނީ އަހަރެންވެސް ސަޕޯޓު ދީގެންކަމުގައި ދެކުނީމެވެ.

އައްޑޫއަށް އައިތާ ހަފްތާއެއްފަހުން އަހަރެން މަންމަމެންގެއަށް ދިޔުމަށް ކާރަކަށް އެރީ ތެޅިތެޅި އޮތް ހިތަކާއިއެކުއެވެ. އެތަށް ޒަމާނެއް ފަހުން ދުވަހަކު ލޮލުން ނުދެކޭ މީހަކު އައިސް މީ ނިޝްރީނު ދަރިއޭ ބުނުމުން އެމީހުން ގެ ހަރަކާތް ހުންނާނެގޮތް ކުޑަކޮށްވެސް އަންދާޒާއެއް ނުކުރެވެއެވެ. ޒިވާ ނުގެންދަން ނިންމީވެސް އެހެންވެއެވެ. މަންމަ އެއްބަނޑުގައި ތިބެނީ ކޮންބައެއް ކަމެއް، މީހެއްގެ ނަމެއް ނޭނގޭތާ ކާފަ އާއި މާމަ ހުންނަގޮތެއްވެސް ނޭނގެއެވެ. މިކަހަލަ ހިޔާލުތަކެއްގައި ހުއްޓައި ޓެކްސީ ގޮސް ގެއެއްގެ ދޮރު މައްޗަށް މަޑުކޮށްލުމަށްފަހު މިއީ ވައިލެޓް ވިލާ އޭ ބުނެލިއެވެ. އަހަރެން ޑްރައިވަރަށް ތިރީސް ރުފިޔާ ދިއްކޮށްލުމަށްފަހު ޓެކްސީއިން ފައިބާ އެގެއާއި ދިމާއަށް ބަލާލީމެވެ.

ތިރިކޮށް ވަށާފާރު ރާނާ އާދައިގެ ގޮތަކަށް ހަދާފައި ހުރި ގެއެކެވެ. ގެ ރާނާފައި ހުރީ ގޯތީގެ މެދުގައި ކަމުން ގޯތި ތެރެއަށް ވަދެ ކުޑަ ތަންކޮޅެއް އެތެރެއަށް ހިނގާލީ އެއް ފަހަރު ސަލާން ގޮވާލުމުން މީހެއްގެ ހަބަރެއް ނުވީމައެވެ. އެތެރެއަތް ވަތް އިރުވެސް އަހަރެންގެ ހިތް ބާރުބާރަށް ނެގިނެގިފައި ޖެހެއެވެ. ދެފައި ރޫރޫ އަޅައެވެ. އެނބުރި ދާން ހިތަށް އެރިނަމަވެސް ފަހަތަށް ފިޔަވަޅެއް ނޭޅީ ދެން އެނބުރި އަންނާނެ ހިތްވަރު ނުލިބިދާނެތީއެވެ. ގޭތެރެއަށް ވަންނަ މައި ދޮރާ ހަމައަށް އަރައި އަނެއްކާވެސް ސަލާން ގޮވާލީމެވެ. މިފަހަރު އެތެރޭން އަންހެނަކު ސަލާން ބަލައިގަތެވެ.ނަމަވެސް  އެއްވެސް މީހަކު ނުނިކުތުމުން އަނެއްކާވެސް ސަލާން ގޮވާލީމެވެ. މިފަހަރު ސަލާން ބަލައިގަތުމާއިއެކު އަންހެނަކު ބޮލަށް ބުރުގާއެއް މަހަމުން ކޮޓަރިއެއް ތެރެއިން ނުކުމެގެން އައެވެ.

“ކިޔަން ކެރާ ކޫދެއް” އެ ބުނި އެއްޗެއް ސާފުނުވުމުން ޖަވާބެއް ނުދެވި ހުއްޓައި އެ ދައްތަ ބުރުގާ ރަނގަޅުކޮށް އަހަރެންނާއި ދިމާއަށް ބަލާލިއެވެ. އަހަރެން ފެނުމާއިއެކު އެ ދައްތަގެ ހިނގުން މަޑު ޖެހިލިއެވެ. އަދި ވަރަށް މަޑުން އައިސް އަހަރެންގެ މޫނުގައި މަޑުމަޑުން އަތް ހާކާލިއެވެ.

” ތީ ދޮންތަގެ” އެހިސާބަށް ބުނެވުނުއިރު އެދައްތަގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަން ފަށައިފިއެވެ. އެ އެދައްތަ ދެން ވާހަކަ ދެއްކީ މާލޭ ބަހުންނެވެ. އަހަރެންނަށް އައްޑޫ ބަސް ނޭނގޭނެކަން ދެނެގަތީ ކަންނޭނގެއެވެ.

“އާދޭ  އެތެރެއަށް.” އެ ދައްތަ އަހަރެން އަތުގައި ދަމާފައި ކަހަލަ ގޮތަކަށް ގޮސް ވެއްދީ ސީދާ ކޮޓަރި ތެރެއަށެވެ. އެއާއި އެކު ކޮޓަރި ދޮރު ލައްޕާ ކޮންމެސް މީހަކަށް ގުޅާ އައްޑޫ ބަހުން އެއްޗެހިތަކެއް ރޮއެރޮއެފައި ކިއެވެ. އަދި ފޯނު ބާއްވައި އައިސް އަހަރެން ކައިރީ އިށީނދެ އަތުގައި ހިފާ ފިތާލިއެވެ.

” ކޮން ނަމެއް ކިއަނީ؟”

“އީމާން” އަހަރެން މަޑުމަޑުން ބުނެލީމެވެ.

” ހަމަ ދޮންތަ… މާޝާﷲ…ކޮންމެ މީހަކަށް ފެނުނަސް އެނގޭނެ ތީ ދޮންތަ ކުއްޖެއްކަން…ދޮންތަ ނިޔާވިއިރު މޫނުވެސް ނުފެ….” އެ ދައްތައަށް ރޮވޭވަރުން ޖުމްލަވެސް ފުރިހަމައެއް ނުކުރެވުނެވެ.. އަހަރެން އިނީ ހަދާނެ ގޮތެއް ހުސްވެ ޖެހި ބުދެއްހެންނެވެ.

“މީ… މީ.. ތުއްތަ އެނގޭ….އީމާން މަންމަ ވަރަށް ލޯބިވާނެ ތުއްތަ ދެކެ…މިރަށް ދޫކޮށް ދިޔައީވެސް ތުއްތައަށްޓަކައި….” އެވަރަށް ބުނިތަނާ ކޮޓަރި ދޮރުގައި މީހަކު ޓަކި ޖެހިއެވެ. އަވަސް އަވަހަށް ލޯފޮހެލަމުން ގޮސް ކޮޓަރި ދޮރު ކުޑަކޮށް ހުޅުވާލާ ބޭރުގައި ހުރި މީހާ ވަންނަން ޖާގަ ދެއްކިއެވެ. އެތެރެއަށް ވަދެގެން އައީ ފިރިހެނެކެވެ. އެއާއިއެކު ތުއްތަ އަވަސް އަވަހަށް ދޮރު ލައްޕާ ތަޅުލިއެވެ. އެ މަންޒަރު ބަލަން ހުރި މީހަކަށް ސިފަ ވާނީ ވަގުވަގަށް ބަޔަކު ރޭވުމެއް ރާވަން އުޅެނީހެންނެވެ.

“އީމާން އޯ ދޮންތަ ކީ” ވަދަގެން އައިމީހާއަށް އަހަރެން ތަޢާރަފްކޮށްދިން ގޮތަކީ އެއީއެވެ.

” މީ ކުޑަބެ އެނގޭ.. ކޮންތާކު ތި ހުންނަނީ” އެންމެ ފުރަތަމަވެސް ކުޑަބެ ކުރި ސުވާލަކީއެއީއެވެ.

” ކަށިވެލި ކިއާ ގެއެއްގަ” އަހަރެންނަށް މިފަހަރުވެސް ޖަވާބުދެވުނީ ވަރަށް ލަސްލަހުންނެވެ.

“ޚަދީޖާމެން ގޯތި ދޯ އެއީ؟ ” ކުޑަބެ ތުއްތަ ކައިރީ އަހާލުމުން ތުއްތަ އާނއެކޭ ބުނެލިއެވެ. އަހަރެންނަށް މި އުޅެވެނީ ޚަދީޖައްތަ ގޭގައި ކަންވެސް އެނގުނީ އެވަގުތުއެވެ.

” އެކަނިތަ ؟” މި ފަހަރުވެސް ވާހަކަ ދެއްކީ ކުޑަބެއެވެ.

” ދަރިފުޅާއި ދެމީހުން”

” ދަރިއެއްވެސް ހުރޭތަ؟ ހިނގާދާން ތިގެއަށް…” އަހަރެން ކީއްވީތޯ އަހާލަންވެސް ނުކެރިފައި ހުއްޓައި ބޭރަށް ނުކުމެ ކާރަކަށް އެރުވިއެވެ. އަދި އެ ދެމީހުންނާއިއެކު އަހަރެން އުޅޭ ގެއަށް މިސްރާބު ޖެހީމެވެ. ކާރު ގޮސް އަހަރެމެން ބޭލުމަށްފަހު އަނބުރާގޮސް އެތާ ހުރި ކެފޭއެއްކުރިމަތީ ޕާކުކޮށް ކުޑަބެ އެނބުރިއައެވެ. އަހަރެން ގެއަށް ވަތްއިރު ޒިވާ ނިންދަވައިގެން ރިކްޝާއަށް ލައިގެން ސާރާ ސިޓިން ރޫމްގައި އިނެވެ. އަދި އަހަރެމެން އައުމުން ނުކުމެގެން ދިޔައެވެ.

“ކޮފީ އެއް ހަދަން؟” އަހަރެން މަންމަ ކައިރިން މެހެމާންދާރީ އަދާކުރަން ކިތަންމެ ފުރިހަމައަކަށްވެސް ދަސްކުރީމެވެ.

“އުނހު މިތާ އިށީނދެބަލަ” ތުއްތަ އަހަރެން އަތުގައި ހިފައި ދެމީހުންގެ މެދުގައި ބޭންދިއެވެ.

“މީ ދަރިފުޅު؟ މާޝާﷲ” ދެމީހުންވެސް ދަރިފުޅު ބަލާލުމަށްފަހު ނިދިފައި އޮތީމައި ބޭއްވީއެވެ.

” މަޢާފްކުރޭ ގެއަށް ދިޔަ ފުރަތަމަ ދުވަހުވެސް ފެންފޮދެއްވެސް ނުދީ ނުކުމެގެން އަންނަން ޖެހުނީމަ.. ކާފަ ނަމާދަށް ދާން ތައްޔާރުވާން އަންނަ ގަޑި ވީމަ” އެހާ ސިއްރު ސިއްރުން އުޅުނީ ކީއްވެގެންކަން އެނގުނީ އެހިސާބުންނެވެ. ކާފަ ހިތްހަމަ ނުޖެހިދާނެތީއެވެ.

” ދޮންތަ ނިޔާވިކަންވެސް އެނގުނީ ވައިބަރ ގުރޫޕަކުން.. ހަމަ އެނގޭއިރަށް އެންމެ އަވަހަށް ފުރި ފްލައިޓުން މާލެ ދިޔައިން. އެކަމަކު އޭރު ހުރިހާ ކަމެއް ނިމިއްޖެ. ގާތްގަނޑަކަށް ބާވީސް އަހަރު ވަންދެން ނުފެނި ހުރެ ދުނިޔެ ދޫކުރީ.. އެންމެ ފަހުފަހަރަށްވެސް ބަލާލުމުގެ ފުރުޞަތު ނުލިބުން” ތުއްތަ ވާހަކަ ދެއްކީ ރޮމުން ރޮމުންނެވެ.

” ދެން އެ ވާހަކަ ނުދައްކާ ތުއްތާ..މި ކޮޅަށް ތިއައީ ކޮންކަމަކު.. ކޮބާ ފިރިމީހާ؟”

(ނުނިމޭ)

Share Article

Follow Me Written By

SomeOne

Level 110 Stories

Other Articles

Previous

ފުހެވިގެން ނުދާނޭ – 02

Next

އެކުވެރިޔާ

Next
June 7, 2023

އެކުވެރިޔާ

Previews
June 6, 2023

ފުހެވިގެން ނުދާނޭ – 02

10 Comments!

  1. Mitsuha says:
    June 7, 2023 at 6:32 am

    Masha Allah… Mi part ves vv reethi… Vv curious dhn vaane gothakaa medhu… Waiting for the next part.. <3

    Log in to Reply
  2. Reader says:
    June 7, 2023 at 10:46 am

    Omg omg dhn vaane gothakah vrh curious..
    Masha Allah mi part vs vrh reethi ❤️

    Log in to Reply
  3. Nubalaashey says:
    June 7, 2023 at 12:04 pm

    Next part konirakun tho

    Log in to Reply
  4. Laiii😍 says:
    June 7, 2023 at 3:42 pm

    Pls zivial aa eem aa vakinukurahchey someonnnnnee…….

    Log in to Reply
  5. leesh says:
    June 7, 2023 at 7:21 pm

    zivial and saaraa nueh gulhey.
    Eem and zivial is perfect couple.

    Log in to Reply
  6. zainab says:
    June 7, 2023 at 8:22 pm

    JUST WOOW

    Log in to Reply
  7. mariyam says:
    June 8, 2023 at 6:39 am

    Next part konirakun upload kuranee

    Log in to Reply
  8. kokila modi says:
    June 8, 2023 at 11:42 am

    KOBAA NEXT PART…avaha up oh dheebala.. up veytho haadha beleyey

    Log in to Reply
    1. Ellen❤️ says:
      June 8, 2023 at 12:02 pm

      Same I ah ves avas avahah beley up vefathoa inee❤️😅

  9. Anonymous says:
    June 8, 2023 at 8:24 pm

    Kobaa miadhu ge episode

    Log in to Reply

Leave a Reply Cancel reply

You must be logged in to post a comment.


All Right Reserved!