އުމުރައް ވެސް ލޯބިވިން – ސާދަ ވަނަ ބައި
“ކިޔާ ޖާވާބު ދީބަލަ” ކިޔާރާގެ ފަރާތުން އެއްވެސް ޖަވާބެއް ނައުމުން ކިޔާން ތަކުރާރުކޮށްލިއެވެ. އޭރު ވެސް ކިޔާރާގެ ލޮލުން ހޯސް ލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ. ކިޔާރާ ގެ ރުއިމުން ކިޔާން ގެ ހިތް ނުތަނަވަސް ވާން ފެށިއެވެ. ކޮންމެވެސް ކަމެއް ގޯސް ވެގެން ދިޔަ ކަން ވިސްނުނެވެ. ކިޔާން މަޑުކޮއްލައިގެން އިނީ ކިޔާރާ ހަމައަކަށް އެޅެންދެނެވެ. ކިޔާރާގެ ގައިގައި ކިޔާން އިނީ ވަރަށް ބާރަށް ބައްދާލައިގެންނެވެ. ” ކިޔާން.. ޕްލީސް ކިޔާ ހޮސްޕިޓަލައް ގެންދޭ.. ޕްލީސް” ކިޔާން ގެ އަތުން ނެއްޓެމުން ކިޔާރާ ބުނެދީ ގިސްލަމުންނެވެ. ” ގެންދާނަން. އެކަމް ވެގެން އުޅޭ ގޮތެއް ބުނެދިނީމައެއްނު ކިޔާން އައް ވެސް ކަމެއް ކޮއްދެވޭނީ.” ކިޔާން ބުނެލިއެވެ. ” ލައުރާ… ގަޔަށް.. ވަޅި…” ކިޔާރާ އައް ބުނެވުނީމާ އެހާ ހިސާބަށެވެ. ކިޔާން އައް ވެސް ލިބުނީ ކުއްލި ޝޮކެކެވެ. ލައުރާ އާއި ދުޝްމަނުކަން އޮންނަނީ ކާކު ހެއްޔެވެ؟ އަނެއްކާ ލައުރާ ގެ ކުއްޖާ ސަލާމަތްވިހެއްޔެ ؟. ލައުރާ އައް މިފަދަ ކަމެއް ކުރާނީ ކާކު ހެއްޔެވެ ؟. ކިޔާން ގެ ސިކުނޑިއަށް އޮއްސައިލި ސުވާލުތަކުން މުޅި މީހާ އެއްކޮށް ދާ ހިއްލަން ފެށިއެވެ. ކިޔާން އަވަސްވެގަތީ ކިޔާރާ ގޮވައިގެން ހޮސްޕިޓަލައް ދެވޭތޯއެވެ.
25 ވަރަކަށް މިނެޓް ފަހުން ހޮސްޕިޓަައް އާދެވުނު. އޭރު ވެސް އެ ދެމަފިރިންގެ މޫނުމަތިން ފެންނަނީ ހިތާމަވެރިކަމެވެ. ދުވެފައި ގޮސް ލައުރާ އޮތް ތަނައް އާދެވުނެވެ. އޭރު ވެސް އެތާގައި ފުލުހުން ހަރަކާތްތެރިވެ އުޅެއެވެ. ލައުރާ ގެ ޢާއިލާގެ މެމްބަރުންނާއި ރައްޓެހި ކުދިން ކޮޅެއް ވެސް އުޅުނެވެ. އެންމެންގެ މޫނުމަތިން ވެސް ފެންނަނީ މަތޫސްކަމެވެ. ނަމަވެސް ކިޔާރާ އިތުރަށް މާޔޫސް ކޮއްލި ކަމަކީ އެ ހުރިހައި އެންމެން ތިބިއިރުވެސް ލައުރާގެ ފިރިމީހާ ހާނީމް އެތަނުގައި ނެތުމުންނެވެ. ” ކިޔާން.. މިޔޮއް އެންމެން ތިބިއުރުވެސް ހާނީަމް އެއް ނެތެއްނު..” ޖެހިލުން ވެފައި ހުރެ ކިޔާރާ ބުނެލިއެވެ. ކިޔާން ވެސް މުޅި ތަން ވަށައިގެން ބެލީ ހާނިމް ފެނޭތޯއެވެ. ނަމަވެސް ހާނިމް އެއް ނެތެވެ. ކިޔާރާ މެން ނާއި ތަންކޮޅެއް ކައިރީގައި ހުރި ކައިރާ ކައިރީގައި ހާނިމް އައިތޯ ސުވާލު ކޮއްލުމުން ދިން ޖަވާބުން ކިޔާރާގެ އިރުން ކިޔާން އައް ވެސް ލިބުނީ ކުއްލި ޝޮކެކެވެ. ” ވަޓް ؟؟ ވަޓް ޑޫ ޔޫ މީން ހީ ޑޯންޓ ކެއާރް ؟” ކިޔާން އަހައިލިއެވެ. ” އާން. ހާނިމް އައް ހެޔޮ ވާނެ ލައުރާ ދުނިޔޭގައި ހުއްޓަސް ނެތަސް. އޭނާގެ ލޯބިވާ ނިއުޝާ އެހުރީނު. އިނގޭތަ. ލައުރާ ޕްރެގް ވި ދުވަސްކޮޅު ހާނިމް ބުނީ ވެސް އޭނާއަށް އެހެން މީހެއްދެކެ ލޯބި ވެވިއްޖެޔޯ. މަށަށް ވެސް އެނގުނީ އެދުވަހު އެގެޔަށް ދިޔައިމަ. ގެއިން ނުކުންނަން ވެގެން އުޅެނިކޮށް އިވުނީ ލައުރާ ރޯއަޑު.. ކިޔާ އެއްޗިހި އަދުއަހާލަން ވެގެން ދޮރު ކައިރިއަށް ޖެހިލީ. އޭރު ހާނިމް ބުނީ އޭނަ އެމަޑުކުރަނީ ލައުރާ ވިހަން ދެންނޯ. ކުއްޖާ ވެސް ގޮވައިގެން ދާނީ އޯ. ލައުރާ ވަރަށް އާދޭސްކުރި އެކުއްޖާ އޭނާއަށް ދޭން. އެކަމަކު ހާނިމް ހުރީ އެގޮތަށް އެއްބަސް ވެގެނެއް ވެސް ނޫން. ލައުރާ ގައިގާ ޖަހަން ވެސް ޖެހި. އެއީ އޭނާގެ ކުއްޖެކޭ ކިޔާފައި. ހާނިމް ގެ މަންމަމެންނައް އަދި ނޭނގޭ އޭނަ އެހެން ކުއްޖަކު ކައިރިއަށް ދާ ކަމެއް ވެސް. އެނގިއްޖިއްޔާ ވަރަށް ރުޅި އަންނާނެ. އެދެމީހުން އެހާ ލޯބި ވާނެ ލައުރާ ދެކެ..” ކައިރާ ވާހަކަ ދައްކައި ނިމުނުއިރު ކިޔާރާގެ އިތުރުން ކިޔާން އައް ވެސް ހުރީ ރަނގަޅަށް ވެސް ރޮވިފައެވެ. ކިޔާރާ އައް ކިޔާން ގެ ގައިގައި ބައްދައިގަނެވުނެވެ. ލައުރާ އެ ހާލުގައި އުޅުނުކަން ޙުދު އޭނާއަށް ވެސް ނޭނގުނީމައެވެ. އެންމެންގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައީ އޮޕަރޭޝަން ރޫމުން ނިކުތް ޑޮކްޓަރ ފެނިފައެވެ. ޑޮކްޓަރ ގެ މޫނުމަތިން ފެންނަނީ މާޔޫސް ކަމެވެ. ކިޔާރާގެ ހިތް ކުރިއަށް ވުރެ ވެސް ބާރަށް ތެޅިގަތެވެ. ކިޔާރާ ގެ އިތުރުން ކިޔާން ވެސް ޑޮކްޓަރާއި ދިމާއަށް ފަން ފެށިއެވެ. ” ވަރަށް ޓްރައި ކޮއްފިން.. ވެރީ ސޮރީ.. ޝީ އިޒް އިން އަ ކޯމާ.. ބޭބީ ގެ ހާލު މިހާރު ރަނގަޅު. .. ކުއްޖާ އައް ފަރުވާދެމުން އެބަ ދޭ. އިންޝާﷲ އަދި ލައުރާ ވެސް ރަނގަޅު ވާނެ. ހިތްވަރު އެލުވާނުލާތި.” ޑޮކްޓަރ ގެ ބަހުން މުޅި މާހައުލައް ހަމަހިމޭންކަން ގެނުވިއެވެ. ކިޔާރާގެ ހަޔާތައް މީހާ ބޮޑު ބަދަލެއް އަންނާނެ ކަމަށް ދުވަހަކުވެސް ހިއެއް ނުކުރެއެވެ. ނަމަވެސް ހުރިހާ ކަމެއް ނިމިގެން އެދިޔައީ ފަޅި ސިކުންތު ކޮޅެއްގެ ތެރޭގައެވެ. މަޑު ފިޔަވަޅު ތަކެއްގައި ކިޔާރާ ގޮސް ލައުރާ ގެ ކޮޓަރި އައް ވެދެލިއެވެ. ކިޔާރާގެ ފަހަތުން ކިޔާން ވެސް އައެވެ. އެނދު ކައިރީގައި ހުރި ގޮނޑީގައި އިށީނދެ އިން ކިޔާރާ އައް އޭނާގެ އެންމެ ގާތް އެކުވެރިޔާ އެ ހާލުގައި އޮތްތަން ފެނި ރޯވުން ފެށުނެވެ. ކިޔާރާ އިންތިޒާރުކޮއްގެން މިހާރު ހުރީ އެ ތުއްތު ކުއްޖާ ގެންނާނެ އިރަކަށެވެ. ލައުރާގެ ޙަޔާތުގައި ވެސް ކުއްޖެއް ލިބޭނެ ދުވަހަކަށް އަބަދުވެސް އިންތިޒާރު ކުރަމުން ދިޔައެވެ. ނަމަވެސް މިއަދު ލައުރާ އައް އޭނާގެ އަމިއްލަ ދަރިފުޅު ދެކިލިމުގެ ފުރުސަތު ވެސް ނެތުމުން ކިޔާރާ އިތުރަށް ދެރަވިއެވެ. ނަމަވެސް ކިޔާރާ ހިތްވަރު އެލުވައެއް ނުލައެވެ. ލައުރާ ރަނގަޅު ވަންދެން އެ ތުއްތު ފުރާނައަށް އެއްވެސް ގޮތެއް ވިޔަކަ ނުދޭނެއެވެ. ” ކިޔާ.. ދެން ނުރޮއެ.. ކިޔާން އައް އިނގޭ ފަސޭހައެއް ނުވާނެ ކަން. އެކަމަކު ކިޔާ ސްޓްރޯންޖް ނުވާންޏާ ލައުރާ އަށް ހިތްވަރު ދޭނީ ކާކު ؟. މިއަދު އެ ކުއްޖާ އެވަނީ މައެއްގެ ލޯބި ވަރަށް ބޮޑަށް ބޭނުންވެފަ.. ބަފައެއްގެ ލޯބި ބޭނުންވެފަ.. އެކަން އަދާކުރުމަށް އުފަން މަންމަ މިއަދު އެވަނީ މަޙުރޫމް ވެފަ. އުފަން ބައްޕަ އެއް ހުއްޓަސް އެއީ ނެތް މީހެއް. އަމިއްލަ އަނބަކަށް ރަޙުމެއް ނުހުންނަ މީހަކު ދަރިއަކަށް ރަޙުމެއް ނުދޭނެ. މިއަދު އެކުއްޖާ އާ ހަވާލުވާން ކިޔާން މިހުރީ ތައްޔާރަށް. ކިޔާ އާ އެކު ބޭބީ ބަލަން ކިޔާން ވެސް އެހީވެދޭނަން. އައި ޕްރޮމިސް. ” ކިޔާން ގެ ބަސްތަކުން ކިޔާރާއައް އިތުރު ހިތްވަރެއް ލިބުނެވެ. ކޮޓަރިއައް ވަތް ނަރުސް ކުއްޖާ ގެ އަތުގައި އޮތް ތުއްތު ފުރާނައަށް ކިޔާރާ އާއި ކިޔާން އަށް ބަލާލެވުނީ އެއްފަހަރާއެވެ. ލޯބި ލޯބި އަންހެން ކުއްޖެކެވެ.” މާޝާ ﷲ. ” އެ ދެމީހުންނަށް އެކީގައި ކަހަލަ ގޮތަކަށް ބުނެވުނެވެ. ކިޔާރާގެ އަތަށް އެ ތުއްތު ފުރާނަ ދިނުމަށް ފަހު ނަރުސް ކުއްޖާ ކޮޓަރީން ދިޔައެވެ. ކިޔާރާ އާއި ކިޔާން ކޮޓަރީން ނިކުތް ތަނާ ދޮރު މަތީގައި ހުރި ހަނިމް ފެނި ދެމީހުންގެ ލޭ ކެކެން ފެށިއެވެ. ހާނިމް ގެ ނަޒަރު ހުރީ އެ ތުއްތު ކުއްޖާ އަށެވެ. ކިޔާރާގެ އަތުން އެކުއްޖާ ނަގަން އުޅެނިކޮށް ކިޔާން ހުއްޓުވިއެވެ . ” އަތްލައިގެން ނުވާނެ. އަނބިމީހާ އެއްލާލާފައި އެހެން އަންހެނެއް ކައިރިއަށް ވަދެ އޮވެފައި އަދިވެސް ކުއްޖާ ތަ ބޭނުމީ؟. ލައުރާ އައް މިހިން ވީމަ ވަރަށް އުފާވެފައި ދޯ ތި ހުންނަނީ. އެކަމުގެ ބުނަން. މި ކުއްޖާ އެއް ހާނިމް އައް ދޭކަށް މިތަނުން އެކަކު ވެސް އެއްބަހެއް ނުވާނެ. ކަލޭ ތި އައިތާކައް އަނބުރާ ދޭ. ކުއްޖާ ވެސް ލައުރާ ވެސް ބަލާނަން ކިޔާ އާއި ކިޔާން. ކަލޭގެ އެހީ އެއް މީގެން އެކަކު ވެސް ބޭނުމެއް ނުވާނެ. ދާންއުޅޭ ” ހާނިމް ކޮއްޕަލަމުން ކިޔާން ބުނެލިއެވެ.” ތީ.. ކަލޭގެ އަނބިމީހާ އަށް މިހާލު ޖެއްސީ ތީ.. އެހާ ރަނގަޅު ކުއްޖެއްގެ ހަޔާތް ތި ބަރުބާދު ކޮށްލީ.. ކަލޭ ލަނދެއް ނުގަނޭތަ ؟. ހަނދާން ކުރާތީ. ތީ މީގެ ފަހުން މަގޭ ދަރިއެއް ނޫން… ” ހާނިމްގެ މަންމަ ސަކީނާ ބުނެލިއެވެ.” މަންމާ… ތިހެން ނުހަދާ.. އަހަރެން ބޭވަފާތެރި އެއް ނުވަމޭ.” ހާނިމް އައް ގިސްލެވުނެވެ. ” ކޮން މަންމައެއްތަ ؟. މަމީ ކަލޭގެ މަންމައެއް ނޫން. ތީ މަގޭ ދަރިއެއް ވެސް ނޫން. ދާންގުޅޭ.” ސަކީނާ ވަރަށް ރުޅިވެރި ގޮތަކަށް ބުނެލި އެވެ. އިރުތައް އެ މަންޒަރު ބަލަން މަޑުނުކޮއް ކިޔާން ކިޔާރާ ގޮވައިގެން ގެޔާ ދިމާއަށް މިސްރާބު ޖެހިއެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


I love this story 💕💗
Kobaa next part avahah up kolladhybala plx can’t wait plx plx plx