އުމުރައް ވެސް ލޯބިވިން – ތޭރަ ވަނަ ބައި
ކިޔާން ބޭސް އަޅައި ދިނުމަށް ފަހު ކިޔާރާގެ ކައިރީގައި އިށީންދެލިއެވެ. ކިޔާން އައް ބަލައި ވެސް ނުލައި ކިޔާރާ އިނީ އިން ތަނަށް ހުއްޓުން އަރައިފައެވެ. ކިޔާރާ އައް އެ ރޭގެ ކަންތަކަށް ފަހު އައި ބަދަލު ފެނިފައި ކިޔާން އިނީ ކުޑަކޮށް ދެރަވެފައެވެ. އެއީ އޭނާގެ ކުށެކެވެ. އެހެން ކިޔާރާ އާއި ދިމާއަށް އެއްޗިހި ކިޔާކައް ވެސް ނުވާނެކަން ކިޔާން އައް ވެސް އިނގެއެވެ. ނަމަވެސް ކިޔާރާ ވެސް އެހެން ހަދާކައް ނުވާނެތާއެވެ. ފުން ނޭވާއެއް ދޫކޮށްލުމައްފަހު ކިޔާން ކިޔާރާ އާއި ހަތަރުކަޅި ހަމަކޮއްލިއެވެ. ކިޔާރާގެ އަތުގައި ހިފައި ކޮޅަށް ނެގުމަށް ފަހު ކިޔާންގެ އުނގު މަތީގައި ބޭންދިއެވެ. ކިޔާރާގެ ގައި އެއްކޮށް ފިނިވެގެން ދިޔައެވެ. ކިޔާން އިނީ ކިޔާރާއައް ބަލަހައްޓައިގެންނެވެ. ކިޔާރާގެ މޫނު ރަތް ވާން ފެށިއެވެ. ” ކިހިނެށް ވީ.. މާ ވަރަކަށް ބަލަނީ. ކިޔާގެ މޫނުގައި އެއްޗެއް އިނީތަ ؟” ކިޔާރާ ބުނެލިއެވެ. ” ކިހިނެތްވީ؟ ތީ ކިޔާން ގެ އަބިމީހާއެއްނު. ބަލާކައް ޙަރާމެއް ނުވާނެ. އަދިވެސް ބަލާނަން. ކީއްކުރެވޭނީ ހުމްމް” ކިޔާން ބެލީ ކިޔާރާ ލަނދުގަންނުވޭތޯއެވެ. އެކަން އޭނާ ވަރަށް ފުރިހަމައަށް ޙާސިއްކޮއްފިއެވެ. ކިޔާރާ ކިޔާން ގެ އުނގުން ތަދުވާން އުޅުނު ވަގުތު ކިޔާން ކިޔާރާގެ އަތުގައި ހިފައި ގަޔާ ކައިރިކޮށްލިއެވެ. ” ޑޯންޓް ގޯ..” ކިޔާރާގެ ގައިގައި ބައްދާލަމުން ކިޔާން ބުނެލިއެވެ. ކިޔާރާ މަޑުމަޑުން އެ ދެއަތުން ކިޔާން ގެ ބޮލުގައި ފިރުމާލިއެވެ. އެ ފިނި އަތްތިލަ ކިޔާން ގެ ބޮލުގައި ބީހުމުން ދިޔަ ކޮންމެ ފަހަރަކު ވެސް ކިޔާން އައް އިތުރު އަރާމެއް ލިބިގެންދެއެވެ. “އާއި އޭމް ނޮޓް ގޮއިންގް އެނީވެއަރ ލަވް” ކިޔާން ގެ ނިތައް ކިސް އެއް ދެމުން ކިޔާރާ ބުނެލިއެވެ. ކިޔާން އިސް އުފުލައި ކިޔަރާއާއި ދިމާއަށް ބަލައިލިއެވެ. އެވަގުތުގައި އިވުނު ބާރު ގުގުރީގެ އަޑާއެކު ކިޔާރާ ސިއްސައިގެން ގޮސް ކިޔާން ގެ ގައިގއި ވަރަށް ބާރަށް ބައްދާލިއެވެ. ކިޔާން ކިޔާރާ ގެ ގައިގައި ބައްދާލުމައް ފަހު ބުނެލިއެވެ. ” ޔޫ އާ ސޭފް ވިތް މީ ޖާން”..
•───────•°•❀•°•───────•
ނިދީގެ ފޮނި މީރުކަން ޙާސިލްކުރަން އޮތް ކިޔާރާއައް އައް ހޭވަރިކަން ވީ އިރުގެ އަލިކަން މޫނަށް އެޅެން ފެށުމުންނެވެ. ރަނގަޅަށް ލޯ ނުހުޅުވެނީސް ކިޔާރާ ބެލީ ކިޔާން އޮތްތޯއެވެ . ފުންމައިގެން ކިޔާރާ ތެދުވިއިރު ފައި ހަލާކުވެފައި އިން ކަމެއް ވެސް ނޭނގުނެވެ. ކޮޅަށް ތެދުވެވުނުލެއް ބާރު ކަމުން ކިޔާރާ ގެ ފަޔަށް ތަދުވިއެވެ. ވީ ތަކުން ކިޔާރާ އައް ރޮވުނެވެ. ” ކިޔާން….” ކިޔާރާ ހަޅޭއްލަވައިގެން އަޑަށް ބަދިގޭގައި ހުރި ކިޔާން ދުވެފައި ކޮޓަރިއައް ވަނެވެ. އޭރު ކިޔާރާ އިނީ ތަށިމުށި މަތީގައި އިށީނދެގެންނެވެ. “އޯނޯ.” ކިޔާރާގެ ކައިރިއަށް ދުވެފައި ކިޔާން ދިޔައެވެ. ކިޔާރާ އުރާލައިގެން ގޮސް އެނދުމަތީގައި ބޭންދުމައްފަހު ކިޔާން ބޭސް މަދަލުކުރަން އަވަސްވެގަތެވެ. ކިޔާން ފައިގައި އަތްލިއިރައް ކިޔާރާ ފައި ދަމައިގަތެވެ. “ތަދުވަނީ” ރޮމުން އިނދެ ކިޔާރާ ބުނެލިއެވެ. ” ސޮރީ ލަވް. އައި ވިލް ބީ ކެއާރފުލް. ޝޯ މީ ޔުއާރް ފުޓް.” ކިޔާން ބުނެލިއެވެ. ނަމަވެސް ކިޔާރާ ދެފަރާތަށް ބޯހޫރާލުމައްފަހު އެނދުން ތެދުވެ ކޮރެން ފެށިއެވެ. ކިޔާރާ އުޅޭ ގޮތުން ހީވަނީ ކުޑަކުއްޖެއްހެންނެވެ. ކިޔާން އަތުގައި ހުރި ބޭސް ބެހެއްޓުމަށް ފަހު ކިޔާރާ ކައިރިއަށް ޖެހިލިއެވެ. ” ނޯ. ނަންނާތި ކައިރިއަށް. ކިޔާ ބޭސް އަޅާނަން.” ކިޔާރާ ފަހަތަށް ޖެހެމުން ބުނެލިއެވެ. ނަމަވެސް ކިޔާރާގެ ވާހަކައަކަށް ކިޔާން ނުބަލައެވެ. ކިޔާރާ އުރަލައިގެން ގެނެސް ކިޔާން ގެ އުނގުގައި ބޭންދުމައްފަހު ކިޔާން ގެ ފައިން ކިޔާރާގެ ގައިގައި އޮޅައިލިއެވެ. އެއަށްފަހު ކިޔާރާގެ ފައިގައި ބޭސް އަޅަން ބޭސް ނެގިއެވެ. ކިޔާން އެހާ މަޑުން ޖެއްސިއަސް ކިޔާރާ ހަމަލާދެއެވެ. ތަޅާ ވަރުން ކިޔާން އިނީ ދެވަރުން އެއްވަރު ވެފައެވެ. ބޭސް އަޅައިނިމުނުއިރު ކިޔާން ހުރީ ރަނގަޅަށް ވެސް ހިލިފައެވެ. ވާނީ ވެސް އެހެންތާއެވެ. ކިޔާރާ ތަޅާވަރުން ސަލާމަތެއް ވެސް ނުވިއެވެ. ނަމަވެސް ކިޔާރާ ދެކެ ލޯބި ވާލެއް ބޮޑުކަމުން ކިޔާން އެއްވެސް އެއްޗެކޭ ނުބުނެއެވެ. “އެނިމުނީނު. އެވަރު ކަމެކޭ ބޭބީ” ހިނިއައިއްސަ ހުރެ ކިޔާން ބުނެލިއެވެ. ” އާއި އޭމް ނޮޓް އަ ބޭބީ!!” ކިޔާރާ ލޮލުގައި ހުރި ކަރުނަތައް ފޮހެލަމުން ބުނެލިއެވެ. ” ހެހެ. ނޮޕް. ތީ ހަމަ މައި ބޭބީ” ކިޔާރާ ގެ ނިތައް ކިސް އެއް ދެމުން ކިޔާން ބުނެލިއެވެ. ” ހޫން. އަމިއްލަ ކުއްޖެއް ހޯދާފަ ބޭބީ ކިޔާ.” ކިޔާރާ ބުނެލިއެވެ. ” ދޭނަންތަ ބޭބީ އެއް.” ކިޔާރާ އާއި ގާތްވެލަމުން ކިޔާން ބުނެލިއެވެ. ” ހޫމްމް. އެކަމު ކިޔާން ދެންމެ ކިޔާއައް އައްދޯ ކޮށްލީމާ ނުދޭނަން އަވަހަކައް.” ކުޑަކުއްޖެއްހެން ކިޔާރާ ބުނެލިއެވެ. “ހޫން. ދެން ކާކު ކިޔާން ގައިގަ ތެޅީ ދެންމެ ހޫމްމް.” ކިޔާން ވެސް ހުރީ ގޮތް ދޫކުރާ ގޮތަކައް ނޫނެކެވެ. ” ހޫން.” ކިޔާރާ ބުނެލިއެވެ. ގާތްގަނޑަކަށް ފަސް ވަރަކަށް މިނެޓު ވަންދެން ހިފަން ތިބެފައި ދެމީހުން ވެސް ސައިބޯން ދިޔައެވެ. ސައިބޯން އިންދާ ކިޔާރާ އައް ފޯނެއް އައެވެ. ފޯނު ނެގުމާއެކު ކިޔާރާ އައް ރޮވުނެވެ. “ނޫން” ކިޔާރާ އައް ވަރަށް ބާރަށް ބުނެވުނެވެ. ކިޔާން އައިސް ކިޔާރާގެ ކައިރީގައި އިށީންދެލިއެވެ. ” ކިހިނެށް ވީ ދޫނީ” ކިޔާރާ އައް ވީ ގޮތް ފެނިފައި ކިޔާން އައް ވެސް ލިބުނީ ކުއްލި ޝޮކެކެވެ. ” ލައުރާ…” ކިޔާރާއައް ބުނެވުނީމާ ހަމައެކަނި އެހާ ހިސަބަށެވެ. ” ލައުރާއައް ކިހިނެށް ވީ… ؟
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Masha Allah v v v rythi nxt prt avahah up kolladhybala plx can’t wait now this stry is so cheap