Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އުމުރައް ވެސް ލޯބިވިން – ފަނަރަ ވަނަ ބައި

Malsa Ismail
Malsa Ismail Level 110 Stories
March 9, 2023 3 Mins Read
5 Comments

އިތުރަށް އެ މަންޒަރު ބަލަން ބޭނުން ނުވުމުން ކިޔާން ކިޔާރާ ގޮވައިގެން އެތަނުން ދާން ނިކުތެވެ. އެންމެނަށް އެއްކޮށް ސައިކަލް ގައި ނުދެވޭތީ ކިޔާން ޓެކްސީ އަކަށް ގުޅިއެވެ. ޓެކްސީ އައިސް ހޮސްޕިޓަލުގެ ކުރިމައްޗަށް ހުއްޓުމާއެކު ކިޔާން އާއި ކިޔާރާ އެ ކުއްޖާ ގޮވައިގެން ކާރަށް އަރައިލިއެވެ. ކާރުގައި އިން އިރު ކިޔާރާ ވިސްނަމުން ދިޔައީ އެ ކުއްޖާއަށް ކިޔާނޭ ނަމަކާ ދޭތެރޭގައެވެ. ކިޔާރާގެ ހަނދާނަށް އައީ ލައުރާ ބުނި ބަހެކެވެ. ލައުރާ ބުނީ އޭނާއަށް އެންމެ ފުރަތަމަ ލިބޭ އަންހެން ކުއްޖަކަށް ކިޔާން ބޭނުންވާ ނަމަކީ ކައިރާ އެވެ. ކިޔާރާ ވަގުތުން އެވާހަކަ ކިޔާން ގެ ގާތުގައި ބުންޏެވެ. ކިޔާން ވެސް އެކަމާ އެއްބަސް ވިއެވެ. އެއަށްފަހު އެ ކުއްޖާ ގެ ނިތައް ވަރަށް ލޯބިން ދޮނެއް ދިނެވެ. އަދި ކިޔާރާގެ ބޮލުގައި ފިރުމާލަމުން ހުރިހާ ކަމެއް ވެސް ރަނގަޅު ވާނެ ކަމަށް ބުނެ ހިތްވަރު ދިނެވެ.

ކާރު ގޮސް ގޭގެ ކުރިމައްޗަށް ހުއްޓުމާއެކު ކިޔާން ކަރުން ފޭބިއެވެ. އެއަށްފަހު ކިޔާރާގެ އަތުން އެ ކުއްޖާ ނެގުމަށްފަހު ކިޔާރާއައް  ފައިބަން އެދުނެވެ. އެންމެން އެއްކޮށް ގޮސް ގެއަށް ވަނެވެ. ކިޔާރާ އައް  ކުއްޖާ ބަނޑުހައި ވެގެން އުޅޭކަން ފާހަގަވިއެވެ. ކިޔާރާ ކުއްޖާ ގޮވައިގެން ކޮޓަރިއައް ވަނުމުން ކިޔާން އެ ކުއްޖާއަށް ބޭނުންވާ ހެދުން ކޮޅަކާއި ނެ ޕީ ގަންނަން ފިހާރައައް މިސްރާބު ޖެހިއެވެ. މެންދުރުގެ ހޫނު ވަގުތެއް ކަމުން ކިޔާން ހުރީ ދާހިއްލާ ފޯވެފައެވެ. ކިޔާން ގުޅީ އޭނާގެ އެކުވެރި އަޖުވަދާއެވެ. ކުދިން ގެ މާގިނަ މައުލޫމާތު ތަކެއް ކިޔާން އަކަށް ނޭނގެއެވެ. އަޖުވަދާއި އެކު ފިހަރަތަކައް ގޮސް ރީތިވާ ސާމާނު ކޮޅަކާއި ހެދުން ކޮޅެއް ވެސް ގަތުނެވެ.

ގެއާ ހަމައަށް އާދެވުނު އިރު ކިޔާން ހުރީ ވަރުބަލި ވެފައެވެ. ގެއަށް ވަދެ ކޮޓަރިއައް ދިޔައިރު ކިޔާރާ އޮތީ އެކުއްޖާ ނިންދަފައެވެ. ކުއްޖާ ގެ ރެޖިސްޓްރޭޝަން  ގެ ކަންތައްތަކާއި މެދު އަޖުވަދުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނެވެ. ރަޖިސްޓްރީ ފޯރމް ފުރުމަށް އަޖުވަދު އައިީ ފޯރމެއް ވެސް ނަގައިގެންނެވެ. ކިޔާން އެ ފޯރމް ފުރާލިއެވެ. ކިޔާން ހުއްޓުން އެރީ ބައްޕައާ މަންމަގެ ނަމަކަށް ޖަހާނެ އެއްޗަކާއި މެދުއެވެ. އަޖުވަދުގެ އެދުމަށް އެތަނުގައި ކިޔާރާ އާއި ކިޔާން ގެ ނަން ޖެހެއެވެ. މިހާރު އެކުއްޖާ އަކީ ޢާއިޝަތު ކައިރާ މުހައްމަދު ކިޔާން އެވެ. ކިޔާރާގެ އިތުރުން ކިޔާން ވެސް ހުރީ ވަރަށް އުފަލުންނެވެ. އަމިއްލަ ދަރިއެއް ކަމުގައި ނުވިއަސް ކިޔާން ގެ އިތުރުން ކިޔާރާ ވެސް އެކުއްޖާ ދެކެނީ އެއީ އަމިއްލަ ދަރިއެއްގެ ހައިސިއްޔަތުންނެވެ.

 

ރޭ ގަނޑެއްގެ ވަގުތެކެވެ. ކައިރާ ނިންދަވަލުމައްފަހު ކިޔާރާ އިނީ ކިޔާން އަންނަން ދެނެވެ. އޭރު މުލި އުޑުމަތި އޮތީ އެއްކޮށް ބަނަކޮއްލާފައެވެ. ވާރޭ ބޯނުކުރިޔަސް ކޮންމެވެސް ވަރަކަށް ކަނި ޖަހަމުން ދެއެވެ. ބެލްކަނީގައި ހުރި އިރު އެ ލިބެމުންދާ ފިނި ވައިރޯޅިތަކުގެ ސަބަބުން ކިޔާރާ ހުރީ ހީކަރުވައިގަނެފައެވެ. އެތައް އިރެއްގެ އިންތިޒާރު ތަކަކަށް ފަހު ކިޔާރާ އައް ދޮރުގައި މީހަކު ޓަކި ޖަހާ އަޑު އިވުނެވެ. ކިޔާން އައުމުން ކިޔާރާ ހުރީ ވަރަށް އުފާވެފައެވެ. ދުވެފައި ގޮސް ދޮރު ހުޅުވާލުމުން ކިޔާރާ އައް ލިބުނީ ކުއްލި ޝޮކެކެވެ. ކުރިމަތީގައި ހުރި ހާނިމް ފެނިފައި ކިޔާރާ ހައިރަންވިއެވެ. ހާނިމްގެ ދެލޯ ހުރީ ރަތްވެފައެވެ. ބަލާބެލުމަށް ވަރަށް ގަދަޔަށް ރުއިމުގެ ސަބަބުން ރަތްވާ ފަދައިންނެވެ. “މައި ބޭބީ.. ބަލާލަން.. އެއްފަހަރު.. ޕްލީސް …” ހާނިމް ގިސްލާހާލު ބުނެލިއެވެ. ކިޔާރާ އައް ދޭނޭ ޖަވާބެއް ނޭނގުނެވެ. ނަމަވެސް ކިތަންމެ ވަރެއް ކުރިޔަސް އެއީ ހަމަ ހާނިމް ގެ ވެސް ދަރިއެކެވެ. ކިޔާރާ އެކަމަށް އެއްބަސްވެ ފަހަތުން އައުމަށް އެދުނެވެ. ކައިރާ އޮތް ކޮޓަރީގެ ދޮރު ހުޅުވާލުމައްފަހު ކިޔާރާ ބޭރުގައި މަޑުކޮއްލިއެވެ. އެވަގުތަކީ ކިޔާން ވެސް ގެއަށް ވަތް ވަގުތެވެ. ކިޔާރާގެ އިތުރުން ކިޔާން ވެސް ކޮޓަރީން ބޭރުގައި މަޑުކުރީ ހާނިމް ހަދާ ގޮތެއް ބަލަންށެވެ. އޭރު ވެސް ހާނިމް އައް ހުރީ ރޮވިފައެވެ. “މައި ބޭބީ.. އައި އޭމް ސޮރީ.. ޑެޑީ އަކަށް ހަމަ އެއްގޮތަކަށްވެސް ނޭނގޭ.. މަންމަ އެހެން ހަނދާންވި ސަބަބެއް.. ހާދަ އިތުބާރެއް ކުރީމޭ ދޫނި މަންމަ އައް. އެކަމް.. މިއަދު.. މުޅި ދުނިޔެ އިން ވެސް އެކަނިވެރިއަކަށް ވެއްޖެ. ބޭބީ ނޫނީ ދެން ބައްޕަގެ އެއްވެސް މީހެއް ނެތް…ދަރިފުޅު ދެރަނުވާތި.. އެއީ ދަރިފުޅުގެ ކުށެއް ނޫން.. މި ބައްޕަގެ ހިތް އަބަދުވެސް ދަރިފުޅަށް ސާފު.. ” ހާނިމް މިހެން ބުނެފައި ކައިރާ އެނދުގައި ބޭއްވުމަށްފަހު ނިތައް ދޮނެއް ދިނެވެ. އެއަށްފަހު ކިޔާރާ އައް ޝުކުރު އަދާކުރުމައްފަހު ގެއިން ނިކުމެގެން ދިޔައެވެ. ހާނިމްގެ  ވާހަކަތަކުން ކިޔާރާގެ އިތުރަށް ކިޔާން ވެސް ހައިރާންވިއެވެ. އަނެއްކާ ލައުރާ ކަމެއް ކުރީ ބާވައެވެ ؟ އެފަދަ ގޮތަކަށް ވާހަކަ ދައްކާނީ ކަމެއް ކުރުމުން ނޫން ހެއްޔެވެ ؟. ކިޔާރާގެ ހަނދާނަށް އައީ އެންމެފަހުން ދުވަހު ހޮސްޕިޓަލުގައި ހުރެފައި ހާނިމް ބުނި ބަހެވެ. “އަހަރެން ބޭވަފާތެރިއެއް ނެވަމޭ” ކިޔާރާއައް ހިތާ ހިތުން ބުނެލެވުނެވެ. ހާނިމް އާއި ލައުރާގެ ދޭތެރޭގައި ކޮންމެވެސް ކަމެއް ހިނގައިފިކަން ކިޔާރާއައް ވިސްނުނެވެ. ކިޔާރާ މިހާރު އިންތިޒާރު ކުރަމުން އެދަނީ ލައުރާ ހޭއަރާނެ އިރަކަށެވެ. އެދެމެދުގައި އެވީ ހުރިހާ ކަމެއް ކިޔާރާ ހޯދަނެކަމައް އަމިއްލަ ނަފްސަށް ވައުދު ވިއެވެ.

ނުނިމޭ…

Share Article

Malsa Ismail
Follow Me Written By

Malsa Ismail

Level 110 Stories

Other Articles

Previous

ލޯބިވެވުނީ 1

Next

އިންތިޒާރު…4

Next
March 11, 2023

އިންތިޒާރު…4

Previews
March 5, 2023

ލޯބިވެވުނީ 1

5 Comments!

  1. Anonymous says:
    March 9, 2023 at 6:33 pm

    Mi part thakolheh kuree dhn oih part miah vuren dhiguvaane kmh unmeedhgu kuran

  2. inma says:
    March 10, 2023 at 1:17 pm

    Vrh rythi maasha allahu I hope you next part uploaded kuraani kon iraku
    I love you so much Sunday I am doing my exams I also want to write story but my exams Is so hard that’s will not write a story

    I love you so much malsa Ismail

  3. Khajja says:
    March 14, 2023 at 1:47 am

    Masha Allah v v rythi stry eh when nxt prt plx thankolheh avahah up kolladhybala plx can’t wait plx plx plx

  4. Ahu❤️🌺 says:
    March 15, 2023 at 8:03 pm

    Mi part ves v reethi…. When next part… Can’t wait for the next part

  5. Awww says:
    March 28, 2023 at 6:08 am

    Alhe kobaatha nxt prt avahah up kolladhybala plx plx plx can’t wait plx plx plx

Comments are closed.



All Right Reserved!