Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތީ އޭ ހަނދަކީ 25

ReeshA CoronA
ReeshA CoronA Level 410 Stories100 Comments100 Login
January 17, 2023 4 Mins Read
2 Comments

 

ހަމަ ބިމުން ނެއްޓި ބޯޓު މައްޗަށް ދަތުރު ފެށުމާއި އެކު ފުސްވަމުން ދިޔަ މާލޭގެ މަލަ މައްޗަށް ރީޝާ ނަޒަރު ހުއްޓާލިއެވެ. އުފަން ފަސް ގަނޑެވެ. އެންމެ ލޯބިވާ ބިމެވެ. ހަށިގަނޑުގެ ލެޔާއި ނޭވާ ވެސް ފަސް ލެވިފައި ވީ ބިމެވެ. ޅައިރު ދުވެ ފުމެ އުޅުނު ބިމެވެ. އެންމެ ފުރަތަމަ ނޭވާ ލީ ބިމެވެ. ނަމަވެސް ލޯބި އޭނާ އެ ބިމުގައި އުޅުމުގެ ޙައްޤު ޖަހައިގަނެފިއެވެ. ލޯބި އޭނާ އެ ބިމުގައި އުޅުމުގެ ނަސީބު އަތުލައިފިއެވެ. ލޯބީގެ ކަނު ކަމުން އަލި ކަމަކަށް ވާސިލު ވެވެން އޮތް ހަމައެކަނި ގޮތަކީ މިއެވެ. ރީޝާ މިއަދު ދަތުރު އެ ފަށަނީ ޙަޔާތުގެ އަނދިރި ސަފްޙާ ތަކުން އަލިވިލެނިވި ފަތިހެއް ހޯދުމުގެ ނިޔަތުގައެވެ. ލޯބީގެ ދަލުން ނުކުމެ ޙަޔާތުގެ އައު ބާބެއް ފެށުމުގެ ނިޔަތުގައެވެ. ލޮއެއްބާއި ދުރަށް ދުވެ ފިލަމުންނެވެ. ހިތުގެ ޒަޚަމް ތަކަށް ލޮނު އަޅަމުންނެވެ. މި ދަތުރުގައި އޭނާގެ ބައިވެރިޔަކީ އޭނާ އަމިއްލަ ނަފްސަށް ކުރާ އިތުބާރެވެ. އެހެން މީހުން ހެން ލޯބީގެ ސަބަބުން އަމިއްލައަށް މަރުވުމަކީ އޭނާ ދުވަހަކުވެސް ކުރާނޭ ކަމެއް ނޫނެވެ. މި ފަދަ އެތަށް ފިލާވަޅު ތަކެއް އަމިއްލަ ނަފްސަށް ނަގައިދެމުން ރީޝާ ދެލޯ މަރާލިއެވެ.

 

****************

އައި ސީ ޔޫ ގައި އޮތް ރިވާ އޮތީ ފުން ނިންޖަކުން ނިދާލާފައެވެ. އޭނާ އައި ސީ ޔޫ ގައި އޮންނަތާ މީ ދެވަނަ ދުވަހެވެ. ކައިރީގައި ވަސީމާ އިން އިރު ނަޔާ އާއި އަހުޝަމް ތިބީ ރިވާ އަށް ހެޔޮ ދުޢާ ކޮށްލަ ކޮށްލައެވެ. އިރުކޮޅެއް ނުވެ ޑޮކްޓަރާއި އެކު އެ ކޮޓަރިއަށް ވަނީ ޝަރީފްއެވެ. އޭނާގެ މޫނު މަތީގައިވާ އިހުސާސްތައް ދެނެގަންނަން ވެސް ދައްޗެވެ. ރަތް ވެފައިވީ ދެ ލޮލުން ވަސީމާ ޝަރީފް އަށް ބަލައިލިއެވެ. ޝަރީފްގެ މޫނުން ކޮންމެވެސް އެއްޗެއް ހޯދަން އުޅޭ ކަހަލައެވެ. ރިވާ ބަލައިލާފައި ޑޮކްޓަރު ދިއުމުން ޝަރީފް ގޮސް ވަސީމާގެ ގާތުގައި އިށީނެވެ. އެ ދެމީހުންނަށް ވަގުތު ދެމުން އަހުޝަމް އާއި ނަޔާ އެތަނުން ނުކުތެވެ. މާނަ ފުން ބެލުމަކުން އޭނާ އާއި ދިމާއަށް ބަލަން އިން ވަސީމާގެ އަތަށް ޝަރީފް ދިއްކޮއްލީ ޑީއެންއޭ ރިޕޯޓެވެ. ރިވާ އަކީ އޭނާގެ ދަރިއެއްކަން އެއިން ސާފުކޮށް އެނގެން އެބަ އޮތެވެ. ދެލޯ ބޮޑުވެފައި އިން ވަސީމާ ދެތިން ހަތަރު ފަހަރު ރިޕޯޓު ބެލިއެވެ. “ރި ރި ރިވާ… އެ އެއީ އަހަރުމެންގެ ދަރިފުޅު ތަ ޝަރީފް؟” ޤަބޫލު ކުރަން ދަތިވެފައި އިން ޙާލު ވަސީމާ އަހާލިއެވެ. ކަރަންޓު މެޝިނުގެ ތެރޭގައި ދަތިކަމާއި އެކު ނޭވާ ލަމުން ދިޔަ ރިވާ އަށް ބަލައިލަމުން ޝަރީފް ބޯ ޖަހާލިއެވެ. ” ޚުދު އޭނާ އަށް ވެސް އަދިވެސް އެކަން ޤަބޫލު ކުރަން ދައްޗެވެ. ދެމަފިރިން ގޮސް ރިވާ އޮތް އެނދު ކައިރީ ހުއްޓިލިއެވެ. ނަވާރަ އަހަރަށް ފަހު އެދެމީހުންގެ ލޮލުގެ ފިނިކަން އަލުން އަނބުރާ ލިބުނު ކަމުގެ ފޮނިކަން ދެމަފިރިން ޙިއްޞާ ކުރީ ކަރުނަވީ ދެލޮލާއި އެކުގައެވެ. ރިވާގެ މަޢުސޫމް މޫނު ފެނުމާއި އެކު ޝަރީފް އަށް ސިފަވީ ވަސީމާ އެވެ. “އަހަންނަށް ހީވަނީ ވަސީގެ ޒުވާން ޅަނދޮޅު މޫނު ފެންނަ ހެން… ދަރިފުޅު މަންމަ އަކާ އެއްވެސް ތަފާތެއް ނެތް…” ކުރަކި ވެފައިވީ އަޑަކުން ޝަރީފް ބުނެލިއެވެ.

 

މެންދަމުން އަލިވެ އެކެއް ޖަހަނީ އެވެ. އަހުޝަމްގެ ލޮލުގައި ނިދީގެ ކަންފުޅެއް ވެސް ނެތެވެ. ތުނި ތުނިކޮށް ވެހެމުން ދިޔަ ވާރެއަށް ގެއްލިފައި އޭނާ ހުރީ ބެލްކަނީގައެވެ. ވާރޭގެ ތެރެއަށް މޫނު ދިއްކޮށްލުމާއި އެކު ޝަބްނަމްގެ ތިކި ތައް އޭނާގެ މޫނުގައި ބޮސް ދޭން ފެށިއެވެ. އެހިނދު ކުއްލިއަކަށް އޭނާގެ ލޯ މައްޗަށް ސިފަވީ މީގެ އެތައް ދުވަހެއް ކުރިން ޖުމްހޫރީ މައިދާނުން ފެނުނު ލިޔުން ކޮޅެވެ. ބާރު ހިނގުމެއް ގައި ކޮޓަރި އަށް ގޮސް އެ ގަނޑުކޮޅު ފެނޭތޯ ޖިންސު ތަކުގެ ޖީބަށް އަތް ކޮށްޕަން ފެށިއެވެ. އަހުޝަމްގެ މޫނުމަތީގައިވި ކަންބޮޑުވުން ހިނދަކަށް ވުރެ ހިނދެއް ދިޔައީ ބޮޑު ވަމުންނެވެ. އެ ގަނޑުކޮޅު އޭނާ ހޯދަމުން ދިޔައީ ސިއްރުން ގެންގުޅޭ ޖަވާހިރެއް ގެއްލިގެން މީހަކު ހޯދާހެންނެވެ. އެއީ ކީއްވެ ކަމެއް ޚުދު އަހުޝަމަކަށްވެސް ނޭނގުނެވެ. ކޮންމެ ގޮތެއް ވިޔަސް އޭނާގެ ހިތުގައި އެތައް ޖަޒުބާތެއް އެ ލިޔުން ކޮޅުގެ ސަބަބުން އުފެދިއްޖެ އެވެ. ބުނެދޭން ނޭނގޭ ނުތަނަވަސް ކަމެއް އޭނާގެ ހިތަށް ވެރި ވާން ފަށައިފިއެވެ.

 

ރިވާ ދެކިލުމަށްފަހު ހޮސްޕިޓަލުން ނުކުން ރިއާޝް ކުއްލިއަކަށް ކަމެއް ހަނދާން ވީ ފަދައިން އަނބުރާ ހޮސްޕިޓާ ތެރެއަށް ވަނެވެ. ކުޑަކޮށް ދުވެލާފައި ގޮސް ރިވާ އޮތް ކޮޓަރި އަށް އޭނާ  ވަނީ ބާރު ބާރަށް ދޮރު ހުޅުވާލަމުންނެވެ. އެ އަޑަށް އެތެރޭގައި ތިބި ވަސީމާ އާއި ޝަރީފް ވެސް ސިހިފައި އެދިމާއަށް ބަލައިލިއެވެ. “ޝަރީފްބެ ރީޝާ ހޮސްޕިޓަަލަށް ނާންނަނީތަ؟…” ވޭތުވެދިޔަ ތިން ދުވަހު އެއްގޮތަކަށް ވެސް ރީޝާ ނުފެންނާތީ ރިއާޝް ސުވާލު ކުރިއެވެ. ރީޝާގެ ނަން އިވުމާއި އެކު ޝަރީފް އާއި ވަސީމާ އަށް ވެސް ލިބުނީ ކުޑަ ސިހުމެކެވެ. އަމިއްލަ އުފަން ދަރިފުޅު ލިބުމުން އެންމެ ކުޑައިރުންސުރެ ބަލަމުން އައި ދަރިފުޅުގެ މަތިން އެދެމީހުން ހަނދާން ނެތުނީ އެވެ. ރީޝާ އުޅޭނެ ޙާލަކާމެދު ވެސް ވިސްނާ އެލެވުނީ  ރިއާޝް ސުވާލު ކުރުމުންނެވެ. “ރީޝް އަނެއްކާ ރަނގަޅު ތަ؟…” ޝަރީފްމެންގެ ފަރާތުން ޖަވާބެއް ނުލިބުމުން ރިއާޝް އަނެއްކާވެސް އަހާލިއެވެ. “ރި ރީޝް… ހިނގާބަލަ ބޭބެ އާ އެކު ރީޝާ ކޮބާތޯ ގެއަށް ޖައްސާލަން…” އަވަސް އަވަހަށް ތެދުވެ ހިނގައިގަންނަމުން ޝަރީފް ބުންޏެވެ. އޭނާގެ ލޮލުގެ ނޫރު ފަދައިން ދެކެމުން އައި ދަރިޔަކީ ރީޝާ އެވެ. އަމިއްލަ ދަރިފުޅު ފެނުނު ހިނދު އެ ދަރިފުޅުގެ މަތިން ހަނދާން ނައްތާލެވުމުން ޝަރީފް އަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނީ އިންތިހާ އަށެވެ.

 

ހެނދުނު ހޭލި ގޮތަށް އަހުޝަމް އުޅުނީ ސްޓޫޑިއޯ ގައެވެ. އަވަސް ވެފައިވީ ހިތަކާއި އެކު އޭނާ އަދިވެސް ހޯދަމުން ދިޔައީ އެ ކަރުދާސް ގަނޑެވެ. މޭޒު މަތީގައި ހުރި ފޮތްތަކުގެ އެތެރެއާއި ފައިލު ތަކާއި ނުވިތާކަށް ޑަސްބިނުގައި ހުރި ކަރުދާސް ތައް ވެސް އޭނާ ވަކި ވަކިން ބަލައިފި އެވެ. އެންމެ ފަހުން ހުއްޓާލީ ބަނޑުހައި ވެގެން ބަނޑުން ބަންގި ގޮވަން ފެށުމުންނެވެ. ހެނދު ސައި ނުބޮއެ ހުރި ކަން ވެސް އޭނާ ހަނދާންވީ ދެނެވެ. އެންމެ ފަހުން ނުފެނުނު ކަމަށް ގެއަށް ދާން ހިނގައިގަތެވެ. ތަންކޮޅަކަށް ދެވުމާއި އެކޮ އެއްޗަކަށް އެރިފައި އޭނާ ކައްސާލިއެވެ. ގުދުވެ އެ އެއްޗެއް ނެގުމައި އެކު ހުރިހާ ދަތެއް ފެންނަ ވަރަށް އޭނާ އަށް ހިނިތުން ވެވުނެވެ. އެއީ އޭނާ އެ ހޯދާ އަގުބޮޑު ޚަޒާނާއެވެ. ބިންމަތީގައި ރީތިކޮށް ފެންނަން އޮތް އިރު ވެސް އޭނާ އަށް އެ ނުފެނުނީ ކީއްވެހެއްޔެވެ؟ ކަރުދާސްގަނޑު ފަތް ޖަހަލާފައި ޖީބަށް ލަމުން ސްޓޫޑިއޯ އިން އޭނާ ނުކުތެވެ.

 

ޝަރީފް ރިއާޝް ގޮވައިގެން އޭނާގެ ގެއަށް ދިޔައިރު ގޭތެރެއިން މީހެއްގެ ހިލަމެއް ވެސް ނުވެއެވެ. މުޅި ގޭތެރޭގައި ވަނީ މަރުފަދަ ހިމޭން ކަމެކެވެ. ހުރިހާ ދޮރެއް ލައްޕާ ދޮރުފޮތިތައް ދަމާފައި ހުރުމުން އެހާ އަނދިރިވެސް މެއެވެ. ރިއާޝް ގޮސް ބެލްކަނީގެ ދޮރު ހުޅުވާލާފައި ދެތިން ބޮކި ދިއްލާލިއެވެ. ޝަރީފް ރީޝާ އަށް ގޮވަމުން ރީޝާގެ ކޮޓަރިއަށް މިސްރާބު ޖެހިއެވެ. ކޮޓަރީގެ ދޮރު ތަޅު ނުލައި ހުރުމުން ޝަރީފް އަށް ހަމަޖެހުމެއް ލިބުނެވެ. އޭރު ފަހަތުން ރިއާޝް ވެސް އައިސް ކޮޓަރިއަށް ވަންނަނީ އެވެ. ކޮޓަރީގައި ރީޝާ ނޫޅޭތީ ފާހާނައިގައ ކަމަށް ހީކޮށް ދެމީހުން ގޮސް ފާޚާނާ ދޮރު ކައިރީ ހުއްޓި ރީޝާ އަށް ގޮވާލިއެވެ. ދެތިން ފަހަރު ގޮވުމުން ވެސް ޖަވާބެއް ނައުމުން ތަޅުގައި ހިފައި އަނބުރާލިއެވެ. އެތެރެއަށް ހުޅުވިގެން ދިޔަ ދޮރުން ބޯ ދިއްކޮށްލުމާއި އެކު ޝަރީފްގެ ހިތަށް ބިރުވެރިކަން ވަނެވެ. ރީޝާ އެއް ނެތެވެ. ދެމީހުން އެކަކު އަނެކެއްގެ މޫނަށް ބަލައިލި އިރު ކަންބޮޑުވުން ދެމީހުންގެ މޫނު މަތިން ވެސް ފާޅުވާން ހުއްޓެވެ. އަވަސް އަވަހަށް ގޮސް ހުރިހާ ކޮޓަރިއަކާއި ގުދަނާއި މުޅި ގޭތެރެ ހޯދަން ފެށިއެވެ. މުޅި ގޭތެރޭގައި އަތް ފުނާ އަޅައިގެން ބެލި އިރު ވެސް ރީޝާ އެއް ނުފެނުނެވެ. ޓެރަހަށް ދާން ޚިޔާލު ދިނީ ރިއާޝް އެވެ. ނަމަވެސް ކީއްވެ ކަމެއް ނޭނގި އިޚްތިޔާރުން ބޭރުގައި ޝަރީފް އަށް ރީޝާގެ ކޮޓަރިއާ ދިމާއަށް ދުވުނެވެ. ކޮޓަރިއަށް ވަދެވުމާއި އެކު އެންމެ ފުރަތަމަ ވެސް އޭނާގެ ލޯ ދަތުރު ކުރީ ރީތިވާ މޭޒުމަތީ އޮތް ކަރުދާސް ގަނޑަށެވެ.

***

ލޯބިވާ މަންމަ އާއި ބައްޕަ އަށް. އަޅުގަނޑު މިއަދު މިތާ އުޅުމުގެ ބޭނުމެއް ނެތެވެ.  މާލޭގައި އުޅޭހާ ދުވަހަކު އަޅުގަނޑުގެ ހިތުގައިވާ ޒަޚަމުތަކެއް ނުފިލާނެއެވެ. ކޮންމެ ދުވަހަކު މާޒީ ލޯމަތިން ސިފަ ވާނެއެވެ. ވީމާ އަޅުގަނޑު ފުރައިގެން މިދަނީ ލަންކާގެ ކޮލަމްބޯ އަށެވެ. އަޅުގަނޑު ހަމައަކަށް އެޅެން ވަގުތު ކޮޅެއް ދޭށެވެ. އެނބުރި އަންނަ އިރު އަޅުގަނޑު އަންނާނީ މުޅީން ބަދަލުވެ ދިރިއުޅުމުގެ މައިދާނަން ތައްޔާރު ވެގެންނެވެ. އެންމެންނަށް ސަލާމް ބުނެދޭށެވެ. ވަރަށް ލޯބިވޭ..

***

ރީޝާގެ އެ ނޯޓު ކޮޅު ކިޔާ ނިމުމާއި އެކު ކަރުދާސްކޮޅު ޝަރީފްގެ އަތުން ދޫވިއެވެ. އެ ދަރިފުޅު މިއަދު އެ އިނީ އޭނާ އާއި އެތައް ހާސް މޭލެއް ދުރުގައެވެ. އެ ދަރިފުޅު ބައްޕައަކަށް އެންމެ ބޭނުންވި ދުވަހު އޭނާ އަކަށް ލޯބިން ފިރުމައެއް ވެސް ނުލެވުނެވެ. އަލްވަދާޢުގެ ސަލާމެއް ވެސް ނުކިޔުނެވެ. މުށިގަނޑު މަތިން އެ ކަރުދާސް ކޮޅު ނަގައި ކިޔާލި ރިއާޝްގެ ހިތަށް ވެސް އަސަރު ކުރިއެވެ. އެންމެ ގާތް އެކުވެރިންގެ ތެރެއިން މީހަކު އެނގުމަކާ ނުލައި ގެއްލުމުންނެވެ. މިކަން ރިޔާޝް އަށް އެނގިއްޖެ ނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ލޮލުން ފޭދުނު ކަރުނަ ތިކި ބޮޑުވައި އިނގިލިން ފުހެލަމުން ޝަރީފް އަށް ހިތްވަރު ދިނުމުގެ ގޮތުން ޝަރީފްގެ ބުރަކަށީގައި ފިރުމާލިއެވެ.

 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

ReeshA CoronA
Follow Me Written By

ReeshA CoronA

Level 410 Stories100 Comments100 Login

ᵒⁿᵉ ᵃⁿᵈ ᵒⁿˡʸ ᴿᵉᵉˢʰᴬ ᶜᵒʳᵒⁿᴬ

Other Articles

Previous

އުމުރައް ވެސް ލޯބިވިން – އަށް ވަނަ ބައި

Next

މައާފު އެދެމޭ…(ފަސްވަނަ ބައި)

Next
January 21, 2023

މައާފު އެދެމޭ…(ފަސްވަނަ ބައި)

Previews
January 15, 2023

އުމުރައް ވެސް ލޯބިވިން – އަށް ވަނަ ބައި

2 Comments!

  1. dhon kamana says:
    January 18, 2023 at 1:50 pm

    Thankolheh dhigu kon genes dhinnama
    dhn oiyy part thankolheh avahah up kohdhehchey

    1. ReeshA CoronA ReeshA CoronA says:
      January 18, 2023 at 3:26 pm

      Vrh gina dhuvas kohfa mi up kury.. Iyye liyunee vx mi episode.. Dhn gina iru liyan vehjjeyyaa las vaane thee avahah publish kohlee.. Next part liyumuga mihaaru miulheny 🙂

Comments are closed.

Next Episodeތީ އޭ ހަނދަކީ 26←


All Right Reserved!