Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ކަލާގެ ހިނިތުންވުން 2

✨ IFAA ✨
✨ IFAA ✨ Level 110 Stories
November 19, 2022 4 Mins Read
1 Comment

*”އޭތް ނައުފް ކައެ ކައިރީގަ މަ ބުނަން ނުކެރުން އެއް ވާހަކަ އެބައޮތް” ކައިޒާން މިހެން ބުނުމުން ނައުފް ބޯކަހައިލިއެވެ. “ކޮން ވާހަކައެއް؟” ނައުފް މިހެން އެހުމުން ކައިޒާން ފުން ނޭވާއެއް ލިއެވެ. ” އަހަރެން ގެ ކޮއްކޮ ކައިރާ ލޯފަން ވީ އަހަރެން ގެ ފަރުވާ ކުޑަ ކަމުން”*

 

” ތި ބުނީ ؟” ނައުފް ގެ ސިކުނޑީގައި ޖެހުނީ ސުވާލު މާކެކެވެ.” ކައިރާ އަކީ އުފަން ވީ އިރު ލޯފަން ކުއްޖެއް ނޫން ކައިރާ ގެ އުމުރުން 3 އަހަރު ވީއިރު އަހަރުމެންގެ ބައްޕަ މި ދުނިޔެއާ އަލްވަދާޢުކީ އަހަރު ތައް ފާއިތުވަމުން ގޮސް ކައިރާ ގްރޭޑް 10 ގައި އުޅުނިކޮށް އޭނާ ޖުމާން ކިޔާ ފިރިހެން ކުއްޖަކާ ރައްޓެހި ވީ ނަމަވެސް ޖުމާން އަކީ ތަނަކުން ފެންނަ ހައި އަންހެން ކުއްޖަކާ އެކު ލޯބީގެ ގުޅުން ބާއްވާ މީހެއް ކައިރާ އަށް މި ވާހަކަ އެނގުމުން ކައިރާ ޖުމާން އާއި އެކު ބްރޭކް އަޕް ވީ އޭގެ ހަފްތާ އެއް ފަހުން ޖުމާން ކައިރާ އާއި ހަނި ގޯޅި އެއްގެ ތެރެއިން ދިމާ ކުރުމަށް ފަހު ފާޑެއްގެ އެލްކަހޯލް ތަކެއް ކައިރާ ގެ ލޮލަށް އެޅި އެލްކަހޯލް ގެ ސަބަބުން ކައިރާގެ ލޮލުގެ ފެނުން ގެއްލުނީ އަހަރެން ހުރިހާ ކަމެއް ބަލަން ހުރި އިރު ކަމެއް ނުކުރޭ ވުން” ކައިޒާން މިހެން ބުނުމަށް ފަހު އިސް ޖަހައިލިއެވެ.

 

” އަހަރުމެން މީ އިންސާނުން އަހަރުމެން ގެ އަތުން ކުއްވެސް ކުރެވޭނީ އަހަރުމެންގެ އަތުން ކަންކަން ވެސް ވާނީ އެންޑް ތި ދެއްކީ ޕާސަޓް ގެ ވާހަކަ މިހާރު އަހަރުމެން ވިސްނަންވީ މުސްތަގްބަލާމެދު އަހަރުމެން އަކަށް ވެ ނިމިފައި އޮތް ކަމެއް އަލުން ރަނގަޅެއް ނުކުރެވޭނެ އެކަމާ ގެން ކުރިއަށް ދާން ޖެހޭނީ” ނައުފް ހިތްދަތި ކަމާއެކު ބުނެލިއެވެ. ” ނައުފް ކައެ އަށް މީގެ ކުށެއް ކުރެ ވުން ތަ؟” ކައިޒާން މިހެން ބުނުމުން ނައުފް ފިނޑި ހިނިތުން ވުމެއް ދައްކައިލިއެވެ.

 

” ކުށެކޭ ކިހާ ވަރަކަށް… އަހަރެން މީ އަހަރެންގެ މަންމަގެ އެންމެ ފުރަތަމަ ކުއްޖާ އަހަންނާއި ޖެހިގެން އަހަންނަށް ވުރެ 2 އަހަރު ކުޑަ އަންހެން ކޮއްކޮ އެއް ހުންނާނެ އޭނަ އަށް ކިޔަނީ ނިހާ އަދި ނިހާގެ ހުންނާނެ ޓުވިން ބްރަދާ އެއް އޭނާއަށް ކިޔަނީ ނިޔާޒް…. ނިޔާޒް ސަލާމަތާއި އެކު މި ދުނިޔޭގައި އެބަހުރި އެކަމަކު ނިހާ އޭނާގެ އުމުރުން 19 އަހަރު ތެރޭގައި ކާރު އެކްސިރެންޓް އަކުން ވަނީ މި ދުނިޔެ އިން ވަކި ވެފަ” ނައުފް ކޮފީ ޝޮޕް އަށް ވަންނަމުން ބުނެލިއެވެ.” އޭތް އޭގެ ތެރެއިން ކޮބާތަ ކަލޭގެ ކުށަކީ؟” ކައިޒާން އަހަން ނާހަން ހުރެފައި އަހައިލިއެވެ.” އެ ހާދިސާ ހިންގާ ދިޔައިރު އަހަރެން ހުރީ ނިހާ އާ އެކު އެ ކާރު ތެރޭގަ” ނައުފް މިހެން ބުނުމުން ކައިޒާން ނައުފް އަށް ހިތްވަރު ލާދެން މަސައްކަތް ކުރިއެވެ.

 

*******************

 

” އިޒޫ އަސްލު އެ އައީ ކާކުތަ؟” ދެންމެއަކު އެ ދިޔަ ނައުފް އަކީ ކާކުކަން ޔަގީން ނުވުމުން ކައިރާ އަހައިލިއެވެ.” އެއީ ކައިޒާން ގެ ބެސްޓް ފްރެންޑް ނައުފް ” އިޒްހާ މިހެން ބުނުމަށް ފަހު ވަނީ ބަދިގެއަށް ކައްކާންށެވެ.

 

ދުވަސްތައް އޭގެ ޒާތުގައި ހަލުވި ކަމާއެކު ނިމެމުން ދިޔައެވެ.” ހާއި ގޫޑް ނިއުސް” ކައިޒާން ގެއަށް އައިސް ވަންނަމުން ބުނެލިއެވެ. “ކައި ހިންގާ ފަޅުރަށަކަށް އޯވާ ނައިޓް އަކަށް ދާން ” ކައިޒާން ކައިރާ ކައިރީ ގައި އިށީންނަމުން ބުނެލިއެވެ. “ކޮންބައެއް ދަނީ ؟” ކައިރާ އަހައިލިއެވެ. “ނައުފް ،ނިޔާޒް ،ޔަލްވީ ،ހަނާ،ކައި…. އިޒްހާ ދާނަންތަ ؟” ކައިޒާން އަހައިލިއެވެ. “ހްމްމްމް” އިޒްހާ ކުރު ޖަވާބެއް ދިނުމަށް ފަހު މަސައްކަތާގެން ކުރިއަށް ދިޔައެވެ.

 

“ކޮންއިރަކު ފުރަނީ ؟” ކައިރާ އަހައިލިއެވެ. “މަންމަ ބިޒްނަސް ޓްރިޕް އަށް ދާ ދުވަހު ނޫން އޭގެ އަނެއް ދުވަހު” ކައިޒާން މިހެން ބުނުމަށް ފަހު އޭނާގެ އެކުވެރިން އަށް ގުޅަން ފެށިއެވެ.” ހާއި ގާއިޒް…. ވަޓްސް އަޕް” ޔަލްވީ ތުއި އަޑަކުން ބުނެލިއެވެ. “އޭތް ބްރޯ އެއްކަ މަޔާން އައިއްސި އޭނާ އަށް ކޯލް އެއް ޖަހާބަލަ” ނައުފް މިހެން ބުނުމުން ކައިޒާން މަޔާން އަށް ގުޅުމަށް ފޯނު ނަގާ މަޔާން ގެ ނަމްބަރަށް ޑައިލް ކޮށްލިއެވެ.

 

“ހަލޯ…” ނިދިއަޑަކުން މަޔާން ވާހަކައެއްކިއެވެ.” އޭތް ބަލާބަލަ އަންގާ ވެސް ނުލާ އާވަރު” ކައިޒާން މިހެން ބުނުމުން މަޔާން ހިނިގަނޑެއް ޖަހައިލިއެވެ.” އަހަރުން ގެއަށް ވަރަށް އަވަހަށް އާދެބެ” ކައިޒާން ބުންޏެވެ. “އެޔޯ ؟” މަޔާން ބުނެލިއެވެ. “ޕިސް އައީމަ ދޯ އިންގޭނީ “ކައިޒާން މިހެން ބުނުމަށް ފަހު ފޯނު ބޭއްވި އެވެ.

 

10 މިނެޓު ފަހުން މަޔާން އައިސް ކައިޒާން މެންގެއަށް ދިޔައެވެ. “ހްމްމް ދެން ކިޔާބެ” މަޔާން މިހެން ބުނަމުން ޖޯލިފަތީގައި ޖައްސައިލި އެވެ. އެ ވަގުތު ކައިރާ މަޑުމަޑުން ހިނގަމުން އައެވެ. އިސާހިތަކު މީހެއް ގައިގައި ޖެހި ކައިރާ ވެއްޓެން ދިޔައެވެ. ނަމަވެސް އެ ކުޑަކުޑަ ސިކުންތު ކޮޅުގައި ނައުފް ކައިރާ އަތުގައި ހިފިއެވެ. “ކައި އާރ ޔޫ އޯކޭ؟”ނައުފް ކައިރާ އާއި ސުވާލު ކުރިއެވެ. ކައިރާ ބޯ ޖަހައިލިއެވެ. “އަމް ހެލޯ އަހަރެން ވެއްޓުނަ އިރު އަހަރެން ނުހިފީ ކީއްވެ އަހަރެންގެ މި ރީތި ހަށިގަނޑަށް ކަމެއް ވެއްޖިޔާ” ޔަލްވީ ޝަކުވާ ކުރަން ފެށިއެވެ. “ތަކެއް މަށާގެން ދިޔަތަ ؟ ނުދޭއްނު ދެން އެހިސާބުން މިކަން ނިކުނީއެއްނު” ނައުފް މިހެން ބުނުމުން ޔަލްވީ ރުޅި އައެވެ. ބިންމަތިން ތެދުވެ ދިޔަގޮތައް ގޮސް ކައިރާ ކަން ކަށި މަތީގައި އަޅުވައިލިއެވެ.” ކަލޭ ދެލޯ ކަނައީތަ ނޫނީ ގަސްތުގާ އަހަރެންގެ އަގުވައްޓާލަން އުޅެނީ ތަ ކަޔާބެ އަނގަ މުންޖަކަށް ހަދައިގެން ނުހުރެ” ޔަލްވީ މި އަމަލު ތަކުން ކައިޒާން ރުޅި އަރާ ރޯވިއެވެ.

 

“ޔަލްވީ!! މަގޭ ކޮއްކޮ އާ ދިމާއަށް ފާޑު ފާޑުގެ އެއްޗެސް ނުގޮވާ” ކައިޒާން އަށް ނުހުރެވިގެން ބުންޏެވެ.” އޯކޭ ގާރލް ޗިލް އެކުއްޖާ އެއީ ލޯފަން ކުއްޖެކޭ ޖަސްޓް ލީވް އިޓް ” މަޔާން މިހެން ބުނުމުން ޔަލްވީ ގޮސް ޖޯލިފަތީގައި އިށީނދެލި އެވެ. “ކައި އައިމް ސޯ ސޮރީ އެބައުޓް މައި ކަޒް އޭނަ ވަރަށް ޒާތްކުޅަ ބޮޑުވާނެ ހިންގާ އެތެރެއަށް” ނައުފް ގެ މި އަމަލު ތަކުން ނިޔާޒް ނައުފްގެ ފަހަތުން ދިޔައެވެ.

 

” ނިހާ ހުރި ނަމައޭ އަހަރެން ހިތައް އަރާ މި މަންޒަރު ބަލަން” ނިޔާޒް ނިހާގެ ވާހަކަ ދެއްކުމުން ނައުފް ނުތަނަވަސް ވިއެވެ.” ޔާޒް ތީ މީގެ 2 އަހަރު ކުރިން ހިންގި ކަމެއް ޖަސްޓް ލެޓް އިޓް ގޯ” ނައުފް މިހެން ބުނުމުން ނިޔާޒް ދެ ބުމަ ގޮށް ޖެހި އެވެ. “މިހިރަ އަންހެނާ ގައިން ފެންނަނީ ކޮންފަދަ ސިފައެއްތަ ކަލޭއަށް ؟” ނިޔާޒް މިހެން ބުނުމަށް ފަހު ކަރުނަ އަޅާ ރޯން ފެށިއެވެ. “އަހްންނަށް މި ކުއްޖާ ގައިން ފެންނަނީ އެންމެ ސިފައެއް އެއީ ވެސް ނިހާ” ނައުފް މިހެން ބުނުމުން ނިޔާޒް ކައިރާ އާއި ތަންކޮޅެއް ކައިރި ވިއެވެ. އެ ބްލޯންޑް އިސްތަށިގަނޑު ލޯ ކައިރިން ނެގުމަށް ފަހު ކައިރާގެ މޫނަށް ބަލައިލިއެވެ.

 

“ދޮންތި؟” ނިޔާޒް މިހެން ބުނުމަށް ފަހު ކައިރާ ގައިގައި ބައްދައިލިއެވެ. ކައިރާ އަށް ވާނުވާ ނޭންގޭ ހާލުގައި ނިޔާޒް ބުރަކަށީގައި ފިރުމަމުން ދިޔައެވެ. “ތީ ކާކު ؟” ކައިރާ މިހެން ބުނުމުން ނިޔާޒް ކައިރާ އާއި ދިމާލަށް ބަލައިލިއެވެ. “މުހައްމަދް ނިޔާޒް އުމުރުން 21 އަހަރު ނައުފްގެ އެއްބަނޑު އެއްބަފާ ކޮއްކޮ” ނިޔާޒް އޭނާއާއި ބެހޭގޮތުން ކުޑަކުޑަ ތަޢާރަފު އެއް ދިނެވެ. “ޔާޒް ގެ އަޑު ހާދަ ތަފާތޭ ؟” ކައިރާ މިހެން ބުނުމުން ނިޔާޒް ހިނިތުން ވެލި އެވެ. “އާނ އެންމެފަހުން ކައިދައްތަ އާ ދިމާވީ އުމުރުން 13 އަހަރު ތެރޭގަ” ނިޔާޒް މިހެން ބުނަމުން އަތުގެ ނުފުށުން ކަރުނަތައް ފުހަމުން ދިޔައެވެ.

 

********************************

ދުވަހަކަށް ވުރެ ދުވަހެއް އަވަސް ވަމުން ގޮސް އެންމެފަހުން ސަހީމާ އޭނާގެ ބިޒްނަސް ޓްރިޕް އަށް ފުރައިގެން އައްޑޫ އަތޮޅަށް ދިޔައެވެ. މާދަން މީ ކައިޒާން މެން ރަށު ކައިރީގައި ހުރި ފަޅު ރަށަށް އޯވާރ ނައިޓް އަށް ދާ ދުވަހެވެ. އެރޭ ޔަލްވީ ކައިޒާން އަށް ގުޅާފައި އިތުރު ދެ މީހަކު ގެންދާ ވާހަކަ ބުންޏެވެ.

 

އަނެއްކާ ކޮންބައެއް ބާ؟

 

-ނުނިމޭ –

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

✨ IFAA ✨
Follow Me Written By

✨ IFAA ✨

Level 110 Stories

I enjoy reading stories and I enjoy writing stories to all the people who reads my stories thank you for your support I appreciate it 🤗😊

Other Articles

Previous

އެވެސް މަންމައެކެވެެ.

Next

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 29

Next
November 22, 2022

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 29

Previews
November 19, 2022

އެވެސް މަންމައެކެވެެ.

One Comment

  1. mariyam inma Imran Ibrahim says:
    November 19, 2022 at 8:17 pm

    I love this story 💞 so I am teenager

Comments are closed.

Next Episodeކަލާގެ ހިނިތުންވުން 3←


All Right Reserved!