Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކަލާގެ ހިނިތުންވުން 1

✨ IFAA ✨
✨ IFAA ✨ Level 110 Stories
November 5, 2022 3 Mins Read
1 Comment

 

* “ހައިވާނޭ؟ ބަލަ ކަލޭގެ ފޯނު ދައްކަ ބަލަ” ނައުފް މިހެން ބުނުމުން ކައިޒާން ގެ ފޯނު ޖަހައިގަތެވެ. އެންމެ ފުރަތަމަވެސް ނައުފް ވަނީ ގެލެރީ އަށް ށެވެ. ގެލެރީ ހާވަނިކޮށް ނައުފް ގެ ލޮލުގައި ބްލޯންޑް އިސްތަށިގަނޑެއް ލާފައި ހުރި އަންހެން ކުއްޖެއްގެ ފޮޓޯ ފެނުނެވެ. “އޭތް މީކާކު؟” ނައުފް މިހެން ބުނުމުން ކައިޒާން ހިނިތުންވެލި އެވެ. *

 

“އެއީ މަގޭ ކޮއްކޮ ކައިރާ” ކައިޒާން މިހެން ބުނުމަށް ފަހު ނައުފް އަތުން ފޯނު އަތުލޮއެވެ އަދި ޖީބުން ސިނގިރޭޓު ފޮށި ނަގާ ގޭންގު އެންމެން އަށް ދިނުމަށް ފަހު ސިނގިރޭޓު ބޯން ފެށިއެވެ.

 

އެރޭ 11:45 ވެލި ހާއިރު ކައިޒާން އައިސް ގެއަށް ވަނުމަށް ފަހު އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ސިޑިން ފައިބަމުން އައި ކައިރާ އެވެ. މަޑުމަޑުން ސިޑި އަކަށް ފަހު ސިޑި އަކުން ފައިބަމުން ދިޔައިރު އެ ހިތުގައިވާ ބިރުވެރިކަން ކައިޒާން އަށް އިޙްސާސް ވިއެވެ. “ކައި އަދިވެސް ނުނިދަންތަ؟” ކައިޒާން މަޑުމަޑުން ބުނެލި އެވެ. “ދޮންބޭ ފެން ފޮދެއް ބޯލަން ވެގެން މި ދަނީ ބަދިގެއަށް” ކައިރާ މިހެން ބުނުމުން ކައިޒާން ގެ ގާތަށް އިސާހިތަކު ހިނިއައެވެ. “ހިންގާ ދަމާ ދޮންބެ ގެންގޮސް ދީފާނަން” ކައިރާ ގެ އަތުގައި ހިފަމުން ކައިޒާން ބުނެލިއެވެ.

 

ކައިރާ ބަދިގެއަށް ގެންގޮސް އައިސް އަލަމާރިން ފެން ފުޅިއެއް ނެގުމަށްފަހު ތައްޓަކަށް އަޅައިދީފައި ކައިރާ އަތަށް ދިނެވެ އަދި ކައިރާ މަޑުމަޑުން ފެންތަށި ބޯލުމަށް ފަހު ކައިޒާން ކައިރާ ގޮވައިގެން ސިޑިން އެރުމަށް ފަހު ކައިރާ ކޮޓަރިއާއި ހަމައަށް ދިއުމަށް ފަހު ކައިރާ އެނދުމަތީގައި ބާއްވައި ލައިފައި ކައިޒާން ނިކުތެވެ.

 

އެއަށް ފަހު ކައިޒާން ވެސް ލަސްނުކޮށް އޭނާގެ ކޮޓަރި އަށް ވަދެފައި ލައިގެން ހުރި ގަޔަށް ދޫ ޓީޝާޓް ބޭލުމަށް ފަހު އެނދުމައްޗަށް ވެއްޓި ގަތެވެ. މިހެން އޮތްތާ މާގިނައިރެއް ނުވެއެވެ. ކައިޒާން ނިދީގެ ފުން ގަނޑު ތެރެއަށް ގެނބިގެން ދިޔައެވެ.

 

***********************

ހުވަފެނީ ދުނިޔޭގައި ހުރި ކައިޒާން އަށް ފެންނަމުން ދިޔައީ ކައިރާ އެންމެ ފުރަތަމަ ލޯފަން ކުއްޖަކަށް ވީ ގޮތެވެ.

 

އެކުވެރިން އާއި އެކު ވަގުތު ހޭދަކުރަމުން ދިޔަ ކައިރާ ގެ މޫނުމަތިން ފެންނަމުން ދަނީ ހިތްހަމަނުޖެހުމެވެ. އެކުވެރިން އާއި އެކު ރަށުގެ ތުނޑިމަތީގައި އިށީންދެލައިގެން އޮލަ ވާހަކައިގައި ހުރި ކައިރާ ފެނުމުން ކައިޒާން އިސާހިތަކު ހިނިތުންވެލި އެވެ. އޮލަ ވާހަކައިގައި ހުރި ކައިރާ އަށް ވާހަކަ މެދުކަނޑައިލެވުނީ މަޣްރިބް ނަމާދަށް ބަންގި ގޮވުމުންއެވެ. “އޯކޭ ގާއިޒް ސޭމް ޓައިމް ޓުމޯރޯ ބާއި ގާއިޒް” ކައިރާ މިހެން ބުނެފައި ގެއާއި ދިމާލަށް ދާން ހިންގައިގަތެވެ.

 

“ހާއި ބްލޯންޑީ އައި މިސްޑް ޔޫ ބޭބް” މަގުގެ އެއްފަޅިން ނިކުތް ޖުމާން ކައިރާ ގާތުގައި ބުނެލިއެވެ.  ކައިރާ އެކަމަށް އިސްކަމެއް ނުދީ ގެއާއި ދިމާލަށް ދާން ހިންގައިގަތެވެ.” އޭތް މަޑުކޮށްބަލަ މާ ގަޓު ހުރި މީހަކަށް ވެގެން މާ ގަދަ ކަން ތި ދައްކަނީ ކާކަށް… ބަލަ ކަލޭ މަކައިރީގައި ފުއްޕާލާފަ މަށާ އެކު ބްރޭކް އަޕް ކޮށްލިއެކޭ ކިޔާފަ މަކައިރިއަކުން ސަލާމަތެއް ނުވެވޭނެ އިހަކެއް ދުވަހު މަގޭ ކޮއްކޮ އާއި ދިމާލަށް ކަލޭ ގޮވި އާގުރާންއިންގެތަ… އަހަރުމެން ނިކަމެތި ވެފަ ކަލޭ މާ މުއްސަނދިވިމަ އަހަރުމެން ކަލޭގެ އަޅުން އަށް ހަދައިގެން އުޅެނީ ކާކަށް ދެއްކެން” ޖުމާން މިހެން ބުނުމަށް ފަހު އޭނާގެ ޖީބުން ކުދިކުދި ޕައުޑާ ފަދަ އެލްކަހޯލް ނަގާކެނޑުމަށް ފަހު ކައިރާގެ އިސްތަށިގަނޑު ގައި ހިފާ ދަމަމުން ކައިރާގެ ލޮލުތެރެއަށް އޮއްސައިލިއެވެ. ” އައްދޯތް މަންމާ! ދޮންބޭ!”

 

***********************

 

” ކައި!” ކައިޒާން އަޑު ނެތް ތަނަށް ގޮވައިލިއެވެ. އޭސީ ގެ ފިނިކަން 16 ގައި ހުރި ނަމަވެސް ކައިޒާން ގެ ނިއްކުރިން ދިޔައީ އޮށް ދާހިއްލަމުން އެވެ. އެނދުގެ ގެ ބޯކޮޅުގައި ލެގިލައިގެން ހުރެ ކައިޒާން އަށް ރޮވެމުން ދިޔައީ މިހުރިހާ މަންޒަރެއް ބަލަމުން ދިޔައިރު ޖުމާން ކައިރާ އަށް އެފަދަ އަނިޔާ އެއް ކުރަމުން ދިޔައިރު ކައިރާ އަށް އެހީތެރިވެދިނުމަށް ފިޔަވަޅެއް ނޭޅުމުންއެވެ.

 

ހަނދު އޭގެ ވާޖިބް އަދާކުރުމަށް ފަހު އިރަށް ތަންދެމުން ރޭގަނޑުގެ އަނދިރިކަމަށް އަލްވަދާޢު ކިޔަމުން އިރު ރަށުތެރެއަށް އަލިކަން ގެނެސް ދިނެވެ. “ދޮންބޭ! ދޮންބޭ” ކައިޒާން ގެ ކޮޓަރީ ދޮރުގައި ޓަކި ޖަހަމުން ކައިރާ އޭނާ އަށް ގޮވަމުން ދިޔައެވެ. ޓަކި ޖަހާ ޖަހާ ވެސް ކައިޒާން ގެ ޚަބަރެއް ނުވުމުން ކައިރާ އަވަސް އަވަހަށް ސިޑި އާއި ދިމާލަށް ދިޔައެވެ. ބާރު ބާރަށް ސިޑިން ފައިބަމުން ދިޔަ ކައިރާ ސިޑި މަތި ސާފު ކުރަމުން ދިޔަ އިޒްހާ ގެ އަތުގައި އަޅައި ގަނެގެން ވެއްޓެން ދިޔައެވެ. “ބީ ކެއަރފުލް” އިވެމުން ދިޔައީ ފިރިހެން ވަންތަ އަޑެކެވެ. “ޝުކުރިއްޔާ” ކައިރާ މިހެން ބުނުމަށް ފަހު ސިޑި ކައިރީގައި ހުރި ރޭލަން ގައި ހިފައިގެން މަޑުމަޑުން ފައިބަމުން ދިޔައެވެ.

 

“އަމް އެކްސްކިއުޒް ކައިޒާން އެބައުޅޭތަ؟” އެ ފިރިހެން މީހާ އަހައިލިއެވެ. “ސަރ އައި ނޯ އިޓްސް ނަން އޮފް މައި ބިޒްނަސް އެކަމު ކައިރާ އަކީ ލޯފަން ކުއްޖެއް” އިޒްހާ މަޑުމައިތިރިކަމާއެކު ބުނެލިއެވެ. “އައިމް ސޯ ސޮރީ އައި ޑިޑިންޓް ނޯ” އެ ފިރިހެން މީހާ މިހެން ބުނެފައި ކައިރާ ގެ އަތުގައި ހިފިއެވެ. “އިޓްސް އޯކޭ… އިޒޫ ދޮންބެ އަށް ގޮވާލަ ދީފާނަންތަ” ކައިރާ މިހެން ބުނުމަށް ފަހު މަޑުމަޑުން ސޯފާ މަތީގައި އިށީންނިއެވެ.

 

އިޒްހާ މަޑުމަޑުން ގޮސް ކައިޒާން ގެ ކޮޓަރި އާއި ހަމަވުމުން ކައިޒާން ގެ ކޮޓަރީ ދޮރުގައި ޓަކި ޖަހަން ފެށިއެވެ. “އެކަކު ގޮވައިލިއަސް އިންގޭ އިރު އަރައިހިކަން” ކައިޒާން ދޮރު ހުޅުވާ ލަމުން ބުނެލިއެވެ. “ކައިޒާން ހޯދަން ނައުފް އައިސްފި” އިޒްހާ އިސްޖަހައިގެން ހުރެ ބުނެލިއެވެ. “އަންނަކަން އިންގެއޭ… 33 ފަހަރު ތަސްބީހަ ފަތްޗެއްހެން ކިޔާ ކަށް ނުޖެހޭނެ މީހަކަށް މިގެގައެއް ނިދާފަކާއެއް ނޫޅެވޭނެ” ކައިޒާން މިހެން ބުނުމަށް ފަހު ސިޑިން ފޭބުމަށް ދިޔައެވެ.

 

“ރަކިސްބޮނޑާ ނައުފް ހިންގާ ދަމާ” އެތާން ގައި ކައިރާ އާއި އެކު ވާހަކަދައްކަން ހުރި ނައުފް އަށް ގޮވައިލާގައި ކައިޒާން ބުނެލިއެވެ.” ބާއި ކައިރާ” ނައުފް މިހެން ބުނުމަށް ފަހު ކައިޒާން އާއި އެކު ދިޔައެވެ.

 

“އޭތް ނައުފް ކައެ ކައިރީގަ މަ ބުނަން ނުކެރުން އެއް ވާހަކަ އެބައޮތް” ކައިޒާން މިހެން ބުނުމުން ނައުފް ބޯކަހައިލިއެވެ. “ކޮން ވާހަކައެއް؟” ނައުފް މިހެން އެހުމުން ކައިޒާން ފުން ނޭވާއެއް ލިއެވެ” އަހަރެން ގެ ކޮއްކޮ ކައިރާ ލޯފަން ވީ އަހަރެން ގެ ފަރުވާ ކުޑަ ކަމުން”

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

✨ IFAA ✨
Follow Me Written By

✨ IFAA ✨

Level 110 Stories

I enjoy reading stories and I enjoy writing stories to all the people who reads my stories thank you for your support I appreciate it 🤗😊

Other Articles

Previous

ތީ އޭ ހަނދަކީ 23

Next

ލޮތްބަށްޓަކައި 5

Next
November 12, 2022

ލޮތްބަށްޓަކައި 5

Previews
November 5, 2022

ތީ އޭ ހަނދަކީ 23

One Comment

  1. unknown says:
    August 7, 2024 at 7:07 pm

    ވަރަށް ރީތި

Comments are closed.

Next Episodeކަލާގެ ހިނިތުންވުން 2←


All Right Reserved!