Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ލޯތްބައް އެދެމޭ 7

✨ IFAA ✨
✨ IFAA ✨ Level 110 Stories
August 17, 2022 6 Mins Read
0 Comments

 

* “މަލް ޔޫ ރިމެމްބާ؟” އަޔާޝް ހައިރާން ވެފައި ހުރެ ބުނެލިއެވެ. “އާން އަހަންނަށް ހުރިހާ އެއްޗެއް ހަންދާން ވެސްޖެ އަދި އަހަރެން ލޯބިވަނީ އަޔާޝް ދެކެ” މަލިކާ ބުނެލިއެވެ.*

 

“އަސްލަށް ތަ؟” އަޔާޝް ހައިރާން ކަމާއި އެކު ބުނެލިއެވެ. “އާނ އަހަރެން އަޔާޝް ދެކެ އިންތިހާ އަށް ލޯބި ވޭ” މަލިކާ މިހެން ބުނުމާއި އެކު އަޔާޝް ގައިގައި ބައްދައިލިއެވެ. އަޔާޝް ވެސް މަލިކާ ގައިގައި ބައްދައިލިއެވެ.

 

—

އަމާނީ އޭނާގެ ގޭގެ ޖޯލީގައި އިށީންދެލައިގެން ހުރީ ކަންބޮޑު ކަމާއި އެކުގައެވެ. “އޭތް ބޮރޯކެން އައިސްތު ހާދަ ކަންބޮޑު ވެފަ؟” ޒެކް އައިސް އަމާނީ ކައިރީގައި އިށީންދެލާފައި ބުނެލިއެވެ. “ފޮނި އިބްރާހީމާ ކަލޭ ދޯ؟ މަ ހީކުރީ އެހިރަ އުލްވާން ކަމަށް” އަމާނީ މޭ މަތީގައި އަތް އަޅައިލާފައި ބުނެލިއެވެ. “ސާބަސް މަންޖެ އަށް އޭނަ އަށް އަދި އެ މޯނިން ވީ އޭނަ އުޅޭ މަ ދިޔަ އިރު ސާ ބޮއެ… ދެން މަޖެ ހާދަ ބިރެކޭ ތި ގަންނަނީ” ޒެކް ހިނި ގަނޑު ކޮންޓްރޯލް ކޮށްގެން ހުރެ ބުނެލިއެވެ. “ހްމމ މަ ވެސް މީ އިންސާނެކޭ މަ ވެސް ބިރު ގަންނާނެއްނު” އަމާނީ ނުވާކަމަށް ހެދިލާފައި ބުނެލިއެވެ. “މަ ކޮން އިރަކު ބުނީ ތީ ޖަނަވާރެކޭ… އެހެން ނޫނަސް އަމާނީ ތީ ފިރިހެނުން ދެކެ ބިރު ގަންނަ މީހެއް ވެސް ނޫން” ޒެކް އަމާނީ ކައިރީގައި އިށީންދެލާފައި ހުރެ ބުނެލިއެވެ. “އެއީ ހަމަ އެހެން ވެ” އަމާނީ ނުބުނަން ވެގެން ބުނެލިއެވެ. “ހްމމ ހެވޭ ނުބުޏަސް… މަ މިއައީ ވާހަކަ އެއް ބުނަން މިރޭ އަހަރެން ގެ ދޮންތަ ބާބަކިޔު އެއް އެބަ ބާއްވާ އެހެން ވެ ކަލެ އާ ޔާޝް ބެ އިންވައިޓް ކުރަން މިއައީ އަންނައްޗެ ވަރަށް ވާހަކަ އެބަ އޮތޭ” ޒެކް މިހެން ބުނެފައި ގެއަށް ދާން ހިންގައި ގަތެވެ.

 

އެރޭ 8:00 ޖަހައިލިހާއިރު އެންމެން ވެސް އަތިރީގައި ހުންނަ ބާބަކިޔު ހަދަ ތަނަށް ދިޔައެވެ. “އާދެވިއްޖެ ދޯ؟ މަ ހީކުރީ މި ބްރޯކެން ގަނޑެއް ނާން ނާނެ ކަމަށް… އެހެންވެ މަ އަދި މީނަ އާ ނުލާ ތަށިގެނައީ” ޒެކް އަމާނީ އަށް ޖެއްސުމަށް ބުނެލިއެވެ. “ހްމްމް މީޏަ އުޅޭނެ އަމްކޮ ރުޅި އަރުވަން ހުވާ މަ ހިތައް އަރާ މި ޒެކް މީ މަންމަ ކޮންތާކުން ހޯދި މީހެއްތަ؟” ޒާރާ ބޮލުގައި މަޑުމަޑުން ޖަހަމުން ބުނެލިއެވެ. “މަންމަ ގެ ބަނޑުގައި މަ އޮތިން 9 މަހާއި 10 ދުވަސް ވާދެކަށް އަދި މަ ބާރތް ސެޓްފިކަޓް އިން ދައްކާ ގޮތުން  މަ މީ މުހައްމަދް ޒާން އާއި އައިޝަތް ޒީޝާ ގެ ދަރި އެއް އޭކޭއޭ ދޮންތަގެ ލިލް ބްރޯ ކީކޭ ދެން ބުނާނީ އެން ނޯންނާނެ ބުނާނެ އެއްޗެއް” ޒެކް ފޮނި ކަނޑައިލިއެވެ. “ސާބަސް ތީ ވާ މީހެއް ދެން ތި އަނގަ މަޑު ކޮށްގެން ދޭބަލަ އަހަރުން އަށް ކާނެ އެއްޗެއް ހަދަން” ޒާރާ އެންމެ ފަހުން ނުހުރެވިގެން ބުނެލިއެވެ. “ހާން މަ މި ދަނީ އޭ” ޒެކް މިހެން ބުނެފައި ބާބަކިޔު ހެދުމަށް މަސް ކަނޑަން ދިޔައެވެ. އެނމެން ވެސް ބާބަކިޔު ހެދުމަށްފަހު ކާ ނިންމައިގެން ގޮސް ބޮޑު ވަށްބޮޅެއް ހެދިއެވެ.

 

 “އޯކޭ މަ އެބަ އޮތް ކުޑަކުޑަ ސުވާލެއް އެ ސުވާލަކީ މަލް އަށް އޮތް ސުވާލެއް” މާކިން މަލިކާ އާއި ދިމާލަށް ބަލައިލައިފައި ބުނެލިއެވެ. “ހްމމ ތި ކުރަން އުޅޭ ސުވާލެއް ކޮށްބަލަ” މަލިކާ ލޯ އަޅައިލަފައި ބުނެލިއެވެ. “މަލް ހޮސްޕިޓަލް ގައި އޮވެފައި ހޭލި ތަނާހެން އަޔާޝް ކޮބާ ތޯ ކީއްވެތަ އެހީ؟” މާކިން މިހެން އަހައިލުމުން އަޔާޝް ކުއްލިއަކަށް ކޮޅަށް ތެދުވެލިއެވެ. “މަ ތި ސުވާލަށް ޖަވާބު ދޭނަން… އެއީ މަށާ މަލް އާ ދެމީހުން މީ ޚަލަފް އާ ޔޫހީ އާ ދެމީހުން ހެން ކަޕަލް އެއް” އަޔާޝް މަލިކާ އަތުގައި ހިފާފައި ބުނެލުއެވެ. “ދޮންބޭ އަންގާވެސް ނުލާ ހާދަ ގޯހޭ” އަމާނީ ބުނެލިއެވެ. “މިބުނީ އެއްނު… އަމްކޯ ދޮންބެ މަލް ދެކެ ވަރަށް ލޯބިވޭ ސޯ ޕްލީޒް އެލައު އިޓް” އަޔާޝް ހިނިތުން ވެލާފައި ބުނެލިއެވެ. “އައި ވިލް އެލައު އިޓް އެކަމު މާކިންބެ އެލައު ކުރިއްޔާ ދޯ ދޮންބެ އަށް މަލްދައްތަ ލިބޭނީ” އަމާނީ އެއް މިޔަކަޅިން ހީލާފައި ބުނެލިއެވެ. “މަ ބުނާނީ… ޔާޝް މައި ބްރޯ ވެލް ކަމް ޓު ދަ ފެމަލީ” މާކިން އަޔާޝް ކޮނޑުގައި އަތް އަޅާލާފައި ބުނެލިއެވެ. “ކޮންގްރާ ކޮންގްރާ އެކަމު މަ އެބަ އޮތޭ ވާހަކަ އެއް ބުނަން” ޒެކް މިހެން ބުނުމަށަފަހު އަމާނީ އާއި ދިމާލަށް ބަލައިލިއެވެ. “ކޮންވަހަކައެއް ތަ ބުނަން އޮތީ ފޮނި އިބްރާހިމާ” އަމާނީ މޫނު ހަދައިލާފައި ބުނެލިއެވެ. “ދޮންތަ އާއި މާކިންބެ މިހާރު ޑޭޓް އެބަ ކުރޭ” ޒެކް ކުއްލިއަކަށް ޒާރާ އާއި ދިމާލަށް ވިހަ ގަދަ ނަޒަރަކުން ބަލައިލަފައި ބުނެލިއެވެ. “ވަޓް ދަ ފްރީކިން ހެލް!!!!! އަދި އަހަރުން އޭކިޔައޭ” މަލިކާ ކުނި މޫމު ހަދައިލިއެވެ. “ޒެކް ޔޫ އެންޑް ޔުއަރ ބިގް މައުތް” ޒާރާ ލޯ އަޅައިލާފައި ބުނެލިއެވެ. “ހޫން އަހަރުން ވާހަކަ ދެއްކިޔަކު ދީ ބަލަ” ޚަލަފް ބުނެލިއެވެ. “އޭތް ސީކްރެޓް ލަވާސް މަށާ ޚަލަފް އާ ދެމީހުން މެރީޑް ވާން މި އުޅެނީ” ޔޫހީ މިހެން ބުނުމުން އެންމެން އާޝޯހު ވެފައި ހުއްޓެވެ.

 

 “ޔާޔާ ޑޭޑް ވަލީ ދީފިތަ؟” މާކިން އަހައިލިއެވެ. “ހާން ކިހިނެތް ޔާޔާ ގެ ޑޭޑް ބުނީ ޔެސް އޭ” ޚަލަފް ފޮނި ވެލާފައި ބުނެލިއެވެ. “ކޮންގްރާތްސް ބްރޯ” އަޔާޝް މަރްހަބާ ދެމުން ބުނެލިއެވެ. ޒާރާ އާއި މަލިކާ ޚަލަފް އާއި ދިމާލަށް ލާނެތް ގޮތަކަށް ބަލާފައި ލަވަ އެއް ގެ ކަނޑިއެއް ކިޔާލިއެވެ. “ބަފާބެ ވަރަށް ރުހޭ މައި ދާތަ ވަކިން ރުހޭ” މި ކަނޑި ކިޔާލާފައި ވަރުގަދަ ހިނިގަނޑެއް ފަޅައިލިއެވެ. “ހާން ތި މީހުން ދެރަ ވީ އެއްނު” ޚަލަފް މޫނު ހަދާލާފައި ބުނެލިއެވެ. “ހްމމ ކޮން އިރަކު ތަ ތި މީހުން ގެ މެރޭޖް އޮންނަނީ؟” މާކިން އަހާލި އެވެ. “މި އަންނަ މަހު އެންމެ ފުރަތަމަ ހޮނިހިރު ދުވަހު” ޚަލަފް ބޯ ކަހަމުން ބުނެލި އެވެ.

 

އޮލަ ވާހަކައިގައި ޖެހި އެންމެން ވެސް މިހެން ތިއްބައި ކުއްލި އަކަށް މީހަކު އައިސް އަމާނީ އަށް ގޮވައިލިއެވެ. އަމާނީ ފަހަތަށް ބަލައިލީއިރު ފެނުނު ސޫރައިން އަމާނީ ބިރު ގަތެވެ. “އޭތް އުލްވާން ކައެ ކީއްކުރަން މި ރަށަށް އަރައިގެން ތި އުޅެނީ” އަޔާޝް މިހެން ބުނުމުން އެންމެން އަށް ވެސް ވީ ހައިރާން ކަމަކަށް ށެވެ. “މި ރަށް މީ މަ އުޅެ ބޮޑު ވި ރަށް ދެން މަ ވެސް ޖެހޭނެ ދޯ މިރަށަށް އަންނަން” އުލްވާން މިހެން ބުނުމުން އަޔާޝް ހުރިތަނުން ތެދުވިއެވެ. ނަމަވެސް އެންމެން ވެސް ހައިތާން ވީ ދެން ފެނުނު މަންޒަރުން އެވެ. ޒެކް ދިޔަ ގޮތަށް ގޮސް އުލްވާން ކަންކަށި މަތީގައި އެތިފަހަރެއް އަޅުވައިލިއެވެ. “ހީ ނުކުރާތި އަމާނީ އެނބުރި ކައެ ކައިރިއަށް ދާނެ ކަމަށް… ކައެ އޭނައަށް ދޯކާ ކަނޑާފަ ދިޔައީ އެއްނު” ޒެކް މިހެން ބުނުމަށް ފަހުއެތަނުނަ ދިޔަ އެވެ.

 

 އަމާނީ ޒެކް ގެ ފަހަތުން ގޮސް ޒެކް ގެ އަތުގައި ހިފިއެވެ. “ޒެކް މަޑުކޮށްބަލަ” އަމާނި މިހެން ބުނުމުން ޒެކް ހުރި ފިޔަ ވަޅު މަތީގައި ހުއްޓުނެވެ. “ކީއްކުރަން؟ މަ މީ އަމާނީ ކިތާ ފޮނި އިބްރާހީމެއްނު؟ މި ދުނިޔޭގެ ފިރިހެނުން ގެ ޕޮޕިޔުލޭޝަން އަދި ހުހެއް ނުވޭ އެކަމު އެވަރިން ވެސް އަމާނީ ރައްޓެހިވީ އެ ގޮތެއް ނެތް ފިރިހެނާއާ… މީހުން ބުނޭނު ގޮތެއް ނެތީ އާ ފޮތެއް ވެސް ނޯންނާނޭ އަމާނީ ތީ ހަމަ އެ ސްޓައިލް” ޒެކް މިހެން ބުނެފައި އަމާނީގެ އަތް ފޮޅާލިއެވެ. އަދި ކުރިއަށް ހިންގައިގަތެވެ.

 

—–

 

އަޔާޝް އާއި ޚަލަފް ދިޔައީ މަލިކާ އާއި ޔޫހީ ގެއަށް ލާދިނުމަށްށެވެ. މާކިން ދިޔައީ ޒާރާ ގެއަށް ލާދިނުމަށް ށެވެ. ޒާރާ ގެއަށް ލާދޭން ދަމުން މާކިން ޒާރާ އާއި ވާހަކަ ނުދައްކާ ހުރުމުން ޒާރާ ތަންކޮޅެއް ކަންބޮޑު ވި އެވެ. “މާކިން؟! މަޑުކޮށްބަލަ” ޒާރާ މިހެން ބުނެ ހުރި ފިޔަވަޅު މަތީގައި ހުއްޓުނެވެ. “ޒާރާ އާ ޔޫ އޯކޭ؟ ކީއްވެ މަޑުކުރަން ތިބުނީ؟” މާކިން ހިނިތުން ވެލާފައި ބުނެލިއެވެ. “ނޫން އޮކޭ އެއް ނޫން މާކިން މިހާރަކައް އައިސް ހާދަ މަޑުން ތި ހުންނަނީ އަހަރެން އާ ވާހަކަ ވެސް ނުދައްކާ… އަނެއްކާ މާކިން އަހަރެން ދެކެ ފޫހި ވީ ތަ؟ ނޫނީ އަހަރެން އަށް ކުށެއް ކުރެވުނީތަ؟” ޒާރާ މިހެން ބުނުމަށް ފަހު ރޮވެން ފެށުނެވެ.

 

“ޒީ އަޑު އަހާ ބަލަ އަހަރެން ދުވަހަކުވެސް ޒީ ދެކެ ފޫއްސެއް ނުވާނެ ޒީ އައިމް ސޮއރީ އެކަމަކު އަހަންނަށް ވިސްނެމުން ދަނީ ޒެކް އަށް އުލްވާން ފެނުމުން އެ އާ ރުޅި… ކުރިން ދެމީހުން ވަރަށް އެކުވެރިކޮށް އުޅުނު ދެން މިއަދު ކުއްލިއަކަށް ހުރެލާފައި އޭނަ ކަންކަށި މަތި ދުއްވާލީމަ ޝައްކު ވަނީ ދެން ނޭންގެ ހިންގާ ދަން” މާކިން މިހެން ބުނުމަށްފަހު ޒާރާ އާއި ދިމާލަށް ބަލައިލިއެވެ. އެއިރުވެސް ޒާރާ ހުރީ އިސް ޖަހައިގެން އެވެ. “ޒީ؟ މަށަށް ބަލާލަ ބަލަ… ޕިސް ޕިސް ދެން ނުރޮއެ ހުއްޓާލާ މަ ހުންނާނަން އަބަދުވެސް ޒީ ކައިރީގަ” މާކިން މިހެން ބުނުމުން ޒާރާ މާކިން ގައިގައި ބައްދައިލިއެވެ.

 

——-

 

ޒެކް ގެއަށް ދިޔަގޮތަށް ގޮސް އޭނާގެ ގިޓާ ނަގަ ލަވަ ކިޔަން ފެށި އެވެ.

 

“ބުނަން ބޭ ނުމޭ ލޯބި ވާ ވަރު މަގޭ ހިތް

 

ބުނަން ހޭ ނުވޭ ހިތުގަ ތިޔަ ނޫން މަލެއް

 

ބުނަން ބޭނުމޭ ލޯބިވާ ވަރު މަގޭ ހިތް

 

ބުނަން ހޭ ނުވޭ ހިތުގަ ތިޔަ ނޫން މަލެއް

 

މާ ދުރުން ތިބާ ފެނިފާ

 

މާނަ ފުން ގޮތަށް ހެވިފާ

 

ނުރުހުން ނުވާށޭ މިތުރާ

 

ނުރުހުން ނުލާ ހުރެދީ ހިތުގާ

 

ހުންނަން އަބަދު ކުރަމޭ ދުޢާ

 

ލެއްވުން އެކީ އެއް ގަންނަރުގާ

 

ލޯބިން ހަޔާތެއް އުޅުމަށް

 

ހޯދިން ސަބަބު އެކު ހުރުމަށް

 

ބުނަން ބޭނުމޭ ލޯބިވާވަރު މަގޭ ހިތް

 

ބުނަން ހޭ ނުވޭ ހިތުގަ ތިޔަ ނޫން މަލެއް

 

ބުނަން ބޭނުމޭ ލޯބިވާ ވަރތ މަގޭ ހިތް

 

ބުނަން ހޭ ނުވޭ ހިތުގަ ތިޔަނޫން މަލެއް

 

ލޯބި އިސްޖެހިން ހެވިފާ

 

ލޯބި ދެން ނުވާނޭ މިހިތައް

 

ހާސް އެތައް އަހަރު އެބަ ގުނެޔޭ

 

ތި މަލާ މިހަޔާތަށް ނުވެޔޭ

 

ލޯބި ނުވިޔަސް މިތުރާ

 

ލޯބިދޭން މަ ބޭނުމޭ އިތުރަށް

 

ތިޔަހެން ނުވާޝޭ ދުރުގާ

 

ބޭނުންން ވުމަށް ތިޔަ އުންގުގާ

 

ބުނަން ބޭނުމޭ ލޯބި ވާ ވަރު މަގޭ ހިތް

 

ބުނަން ހޭ ނުވޭ ހިތުގަ ތިޔަ ނޫން މަލެއް

 

ބުނަން ބޭނުމޭ ލޯބި ވާވަރު މަގޭ ހިތް

 

 ބުނަން ހޭ ނުވޭ ހިތުގަ ތިޔަ ނޫން މަލެއް…”

 

މިލަވަ ކިޔާ ނިމުން އިތު ކުރިމަތީގައި ހުރި މާކިން އާއި ޒާރާ ފެނި ޒެކް އެތެރެއަށް ވަންނަން ދިޔަ އެވެ. “ޒެކް މަޑުކޮށްބަލަ” މަކިން ޒެކް ގާތުގައި މިހެން ބުނުމުން ޒެކް ޖޯލީގައި އިށީންދެލިއެވެ. “ޒެކް އަމާނީ ދެކެ ލޯބި ވޭ ތަ؟”މާކިން މިހެން އެހުމުން ޒެކް ހައިރާން ކަމާއި އެކު މާކިން އާއި ދިމާލަށް ބަލައިލިއެވެ. “އާނ އަހަރެން އަމާނީ ދެކެ ލޯބިވޭ އަމާނި މި ސިކުނޑިން ނައްތާލުމަށް އަހަރެން އަހަރެން ކައިރީގައި އެހިއްޔާ އެހި އަންހެނަކާ ރައްޓެހި ވީ އެކަމު އެއް ވެސް ފައިދާއެއް ނެތް މަށަކަށް އަމާނީ އަހަރެން ގެ މި ހިތު ތެރެއަކުން އެއް ނުނެރުވުން” ޒެކް މިހެން ބުނުމަށް ފަހު އިސް ޖަހައިލިއެވެ. “ޒެކް އަމާނީ ދެކެ ލޯބި ވާނަމަ ގޮސް އަމާނީ ކައިރީގައި ބުނެބަލަ އޭރުން ދޯ އިންގޭނީ އަމާނީ ވެސް ޒެކް ދެކެ ލޯބިވާކަން” މާކިން މިހެން ބުނުމަށް ފަހު ގޯލިފަތި މަތިން ތެދުވެ ޒާރާ ގެ ކޮލަށް ދޮނެއް ދިނެވެ. އަދި އެއަށް ފަހު ގެއަށް ދާން ހިންގައިގަތެވެ.

 

——–

 

އަމާނީ އިނީ ގޭތެރޭގައި ހުރި ސޯފާ މަތީގައި އިށީންދެލައިގެން ސޯފާ މަތީގައި އޮތް ކުޝަން އުންގަށް ލައިގެން ރޯން ށެވެ. މިހެން އިންދާ ކުއްލިއަކަށް އަޔާޝް އައިސް އަމާނީ އަށް ގޮވައިލި އެވެ. “އަމްކޮ ރޮނީ ތަ؟ ކިހިނެތް ވީ އަނެއް ކާ؟ އެ އުލްވާން ކަމެއް ކުރީ ތަ؟” އަޔާޝް މިހެން ބުނުމަށްފަހު ދޮރާއި ދިމާލަށް ދާން ހިންގައި ގަތެވެ. “ނޫން އުލްވާން ކަމެއް ނުކުރޭ… އައި ކޭންޓް ހައިޑް ދިސް އެނީ މޯ ދޮންބޭ އަހަރެން ޒެކް ދެކެ ލޯބި ވޭ” އަމާނީ މިހެން ބުނުމުން އަޔާޝް ގެ ދެލޯ ބަކަމޫން އެކޭ އެއްފަދަ އަށް ބޮޑު ވި އެވެ.

 

—ނުނިމޭ—   

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

✨ IFAA ✨
Follow Me Written By

✨ IFAA ✨

Level 110 Stories

I enjoy reading stories and I enjoy writing stories to all the people who reads my stories thank you for your support I appreciate it 🤗😊

Other Articles

Previous

އެދުވަހު ލޯބިން 12

Next

ޢަބްދުﷲގެ ޙަޔާތުން ދުވަހެއް (އެއްވަނަ ބައި)

Next
August 17, 2022

ޢަބްދުﷲގެ ޙަޔާތުން ދުވަހެއް (އެއްވަނަ ބައި)

Previews
August 17, 2022

އެދުވަހު ލޯބިން 12



All Right Reserved!