*”ކަލޭގެ ހައްގެކޭ؟ ބަލަ ޒާރާ އަކީ މަގޭ މިލްކެއް މަ މީ ޒާރާ ރައްޓެހިވެގެން އުޅޭ މީހަކީ މަ ޒާރާދެކެ ލޯބިވޭ އަދި ޒާރާ މަދެކެވެސް ލޯބިވޭ ކަލޭ އަކަށް ނޯންނާނެ ޒާރާ ގައްގައި އަތްލާނެ ހުއްދައެއް ޒާރާ އަކީ ހަމައެކަނި މަގޭ ހައްގެއް” މާކިން މިހެން ބުނުމުން ޒާރާ ހައިރާން ވިއެވެ.*
ރާކިން ކުނި މޫނު ހަދައިލައިފައި އެހެން ދިމާލަކަށް ހިންގައިގަތެވެ. “ޒާރާ؟! ތި ބުރުގާ ރީތި ކޮށްބަލަ” މާކިން ޒާރާ އާއި ދިމާލަށް އެނބުރިފައި އެހެން ދިމާލަކަށް ބަލަމުން ބުނެލިއެވެ. “ތެންކްސް” އިސްޖަހައިލާފައި ޒާރާ ބުނެލިއެވެ. “އެ މާ ބޮޑުކަމެއް ނޫން ދެން މީހަކު މިހެން ހަދައިފިއްޔާ ޒާރާ ވާނެ ވަގުތުން އަހަރެން އަށް ގުޅަން އޯކޭ… މަށަކަށް ނުހުރެވޭނެ މީހުން ޒާރާ ގެ ހަށިގަނޑުގައި އަތްލާ ތަން ބަލާކަށް މަށަކަށް ނުހުރެވޭނެ ޒާރާ މިހާލުގަ ދޫކޮށް ލާކަށް ތެދަށް ބުނާނަމަ މަ…” މާކިން މިހިސާބަށް ބުނެފައި އަނގަމަތީގައި އަތް އަޅައިލިއެވެ. “މާކިން އާރ ޔޫ ޖެލެސް؟ މާކިން؟! މާކިންގެ މޫނު އޮތީ ރަތް ވެފަ ކީއްވެ އެމްބެރެސްޑް ވާންވީ ވީ ނޯ އީޗް އަދާސް ސިންސް އައި ވޯޒް 7 ދެން ބުނެބަލަ މާކިން ތި ބުނަން އުޅޭ އެއްޗެއް” ޒާރާ މާކިން ގެ އަތުގައި ހިފާލާފައި ބުނެލިއެވެ. “އައި… ލައިކް… ޔޫ” ޖެހިލުން ވެފައި ހުރެ މާކިން ބުނެލިއެވެ. އެއަށްފަހު ޒާރާ އާއި ދިމާލަށް ބަލައިލިއެވެ. ޒާރާގެ ދެލޯ ވަނީ ކަރުނައިން ފުރިފައެވެ.
“ޒާރާ މަ ދެކެ ލޯބި ނުވްންޏާމު އޯކޭ ވީ ކޭން ބީ ފްރެންޑްސް… މަށަށް ޒާރާގެ ތި ރީތި ހަނދެއްފަދަ މޫނު ކޮޅު ފެންނަ ކޮންމެ ފަހަރަކު ދެންމެ މަށަށް ފެނުނު ޗާލު ޕަރީ އެކޭ އެއްގޮތް… މަށަށް އިންގޭ އަހަރުން ދެމީހުން ފުރަތަމަ ދިމާ ވީ އިރު އެކަކު އަނެކަކު ދެކެ ނަފްރަތު ކުރާކަން އެކްމު އަހަރެން މެލޭޝިއާ އަށް ގޮސްފަ އާއި ފަހުން ޒާރާ އަށްޓަކައި މި ހިތް އަބަދު އެބަ ރޮއެ” މާކިން އޭނާގެ ހިތު ގައިވާ އިޚްސާސް ތައް ޒާރާ އަށް ކިޔައިދިނެވެ. އެއަށްފަހު ގޭތެރެއަށް ވަނުމަށްޓަކައި އެނބުރީލިއެވެ. ނަމަވެސް ޒާރާ ގޮސް މާކިން ގައިގައި ފަހަތުން ބައްދައި ލިއެވެ. “މަ ވެސް… މާކިން ދެކެ ލޯބި ވޭ މާކިން މަ ދޫކޮށްފަ ނުދޭ މަށަކަށް ނޫޅެވޭނެ މާކިން ނެތިއްޔާއެއް މަ މާކިން ދެކެ އިންތިހާ އަށް ލޯބި ވޭ” ޒާރާ މިހެން ބުނުމުން މާކިން އުފަލުން ގޮސް ރޮވުނެވެ. އެއަށްފަހު މާކިން ޒާރާ ގައިގައި ބައްދައިލިއެވެ.
—-
ޒެކް ހުރީ އަތިރީގައި ހުތި ފިނި އަށީގައި ޖައްސައިލައިގެން ފޯން އިން އެފްބީ އަށް ވަދެގެން އެވެ. މިހެން ހުއްޓާ ކުއްލިއަކަށް މީހަކު އައިސް ޒެކް ގެ ކޮނޑުގައި ކޮށްޓައިލުމުން ޒެކް އެދިމަލަށް ބަލައިލިއެވެ. “އޭތް ފޮނި އިބްރާހިމާ ކޮން ހާލެއްގަ؟” އަމާނީ ސަމާސާ ކުރުމަށްބުނެލިއެވެ. “އެއްކަލަ ބްރޯކެން އައިސްތު މަށަކަށް ކަމެއް ނުވޭ މަ މިތާންގައި ޖައްސައިލައިގެން ހުރީ އަނެއްކާ މިތަން މީ މަށަށް މަނާ ތަނެއްދޯ” ޒެކް ދޯ ދެމުން ބުނެލިއެވެ. “ނޫނޭ ނޫނޭ އަހާލީ” އަމާނީ މިހެން ބުނެފައި އަށީގައި އިސީންދެލިއެވެ. ދެ މީހުން ގެ ތެރޭގައި ވަނީ މަރު ފަދަ ހިމޭން ކަމެވެ. ދެމީހުން ވެސް އެމީހަކު ކުރަމުން ދިޔަ މަސެއް ކަތާއިގެން ކުރިއަށްދިޔައެވެ. މިހެން ހުއްޓައި އަމަނީ ކުއްލިއަކަށް ހަޅޭއް ލަވައިލިއެވެ. ޒެކް ސިހިފައި އަމާނީ އާއި ދިމާލަށް ބަލައިލިއެވެ. އަމާނީގެ މޫނު މަތީގައި ވަނީ ބިރުވެތިކަމެވެ.
“އޭތް ބްރޯކެން އައިސްތު ކިހިނެތް ވީ ހާދަ ހާސް ވެފަ ތިހުރީ؟” ޒެކް އަމާނީ ގާތުގައި އަހައިލިއެވެ. “ދިސް ކޭންޓް ބީ ހެޕެނިންގް…” “ކިހިނެތް ވީ ތަ؟ އެހަ ހާސްވެފަ ތިހުރީ؟” ޒެކް އަނެއްކާ ވެސް އަހައިލިއެވެ. “އުލްވާން… ޒެކް ޔުއަރ ފްރެންޑް އުލްވާން އިޒް ހިޔާ” އަމާނީ މިހެން ބުނުމުން ޒެކް ގެ ހިތް ވީ ކުދި ކުދި ވެދާނެހެން އެވެ. އެއީ މީގެ 3 އަހަރު ކުރިން އުލްވާން އާއި އަމާނީ އާއި ދެމީހުން ގެ ތެރޭގައި އޮތް ލޯބީގެ ގުޅުން މަތިން ހަނދާން ކުރެވުމުން އެވެ. “ސާބަހޭ އެއީ ޔޫ ގެ އެކްސް އެއްނު ސޯ އިޓްސް ގޮނަބީ އޯކޭ” ޒެކް މިހެން ބުނެފައި އަށިން ތެދުވެގެން ގޮސް ގެއާއި ދިމާލަށް ދާން ހިންގައިގަތެވެ.
—–
“މަލް!! މަލް!! މަލިކާ މަޑުކޮށްބަލަ!!” އަޔާޝް މަލިކާގެ ފަހަތުގައިހުރެ މަލިކާ އަށް ގޮވައިލަމުން ދިޔައެވެ. މަލިކާ ފަހަތައް އެނބުރި ބަލައިލީއިރު އަޔާޝް ފެނި އަތް ފައި ފިނިވިއެވެ. “މަންޖޭ އެހާ އަވަސް އަވަހަށް ކޮންތާކަށް ތިދަނީ… މަ މަންޖެ އަށް ވަރަސް ގޮވާލިން އެކަމުވެސް އަޑެއް ނީވުނު ދޯ” އަޔާޝް ދޯ ދެމުން ބުނެލިއެވެ. “މީ ޔާޔާ ހޯދަން ވެގެން މި ދަނީ އެކަމު މަ މިމަގުން ހިންގަން ވަރަށް ބިރުގަނޭ” މަލިކާ އިސް ޖަހައި ލައިގެން ހުރެ ބުނެލިއެވެ. “ޕިސް ޕިސް ސާބަސް މަންޖެގަނޑަށް މަށަށް ގުޅާލިނަމަ އެހެން ނޫނީ އަހަރުން ގެއަށް ވިޒިޓް އެއް ޖައްސައިލިނަމަ މަ ގޮސް ފާނަމޭ މަލް އާއި އެކު ހިނަގާ ދަމާ” އަޔާޝް މިހެން ބުނެފައި ކުރިއަށް ހިންގައިގަތެވެ. މަލިކާ ވެސް އަޔާޝް ގެ ފަހަތުން ހިނަގައިގަތެވެ. މިހެން ދަނިކޮށް ދަނިކޮށް ކުއްލިއަކަށް މަލިކާ އަށް އަޔާޝް ގެ އަތުގައި ހިފުނެވެ. އަޔާޝް މަލިކާ އާއި ދިމާލަށް ބަލައިލީއިރު މަލިކާ އިނީ ބިންމަތީގައި އިށީންދެގެން ހުރެ ބޮލުގައި އަތް އަޅައިގެން އެވެ. މިހެން އޮއްވާ ކުއްލިއަކަށް މަލިކާ ދެމީލިއެވެ. “މަލް!! މަލިކާ!! އޭތް ކިހިނެތް ވީ؟ މަލް!! މަލިކާ!! ތެދުވެބަލަ!!….. ޑޭމްއިޓް” އަޔާޝް އެންމެފަހުން ކުރާނެ ކަން ހުސްވުމުން އެމްބިއުލޭންސް އަށް ގުޅިއެވެ. ކުޑަ މިނެޓް ތަކެއްގެ ތެރެއިން އެމްބިއުލޭންސް އައިސް މަލިކާ ގޮވައިގެން ހޮސްޕިޓަލް އަށް ދިޔައެވެ. އަޔާޝް ވަގުތުން މަކިން އަށް ގުޅިއެވެ. އަދި ވެގެން އުޅޭ ކަމެއް ބުނެލިއެވެ.
——
މަލިކާ އަށް ފެންނަމުން ދިޔައީ ބޮޑު ކަޅު އަނދިރި ގަނޑެކެވެ. އެ އަނދިރިގަނޑުގެ ތެރެއިން ކަޅުކުލައިގެ ޓީޝާޓަކާއި ނޫ ކުލައިގެ ސްޓްރައިޕްޑް ޖިންސެއް ލައިގެން ހުރި ފިރިހެން ކުއްޖެކެވެ. “ޔާޝް މީ އަހަރެން ގެ ކޮއްކޮ މަލިކާ” ދެން އިވުނީ ނޫކުލައިގެ ޓީޝަޓަކާއި ކަޅުކުލައިގެ ޖިންސެއް ލައިގެން ހުރި މަލިކާގެ ދޮންބެ މާކިން އެވެ. އަދި މާކިން ގާތުގައި 5 އަހަރުގެ މަލިކާ ފެނުނެވެ. މި ތަން ފެނި މަލިކާ އަށް ލިބުނީ ހައިރާން ކަމެކެވެ. މި ފެނުނީ މަލިކާ އާއި އަޔާޝް ފުރަތަމަ ދިމާވި ގޮތެވެ. އެހެން ދެމީހުން ބީރައްޓެސް އިން ވަރަށް ގާތް އެކުވެރިއަކަށް ވިއެވެ. ދެން ފެނުނީ 17 އަހަރުގެ އަޔާޝް އާއި 15 އަހަރުގެ މަލިކާ އެވެ. “މަލް ކޮން އިރަކު މާލެ ދަނީ؟” އަޔާޝް މިހެން އެހުމުން މަލިކާ ހިނިތުން ވެލާފައި އަޔާޝް އާއި ދިމާލަށް އެނބުރީލިއެވެ. “މާދަން ހެނދުނު 10 ގެ ފްލައިޓް އާ” މަލިކާ މިހެން ބުނުމުން އަޔާޝް އިސްޖަހައިލިއެވެ. “މަލް މިހާރު އަހަތުމެން އެއްކޮށް ހޭންގް އައުޓް ކުރާތާ 10 އަހަރު ވެއްޖެ އެންޑް އައި ވޯންޓް ޓު ބީ މޯދެން ފްރެންޑްސް މަލް އައި ލައިކް ޔޫ” އަޔާޝް ގެ މިބަސްތަކުން މަލިކާ ހައިތާން ވިއެވެ. މަލިކާ ކިތަންމެ ވަރަކަށް އާއެކޭ ބުނަން ބޭނުމަސް ނުބުނެވުނެވެ. އެއީ މަލިކާ އޭނާގެ މައިންބަފައިން ގާތުގައި ކޮށްފައިވާ ވައުދެއްގެ ސަބަބުން އެވެ. “ޔާޝް މަ ތިއަށް ޖަވާބެއް ދޭނަން މަ ކިޔަވާ ނިމުނީމަ… ޔާޝް އަށް ވެސް އިންގޭނެދޯ މަގޭ މަންމަ އާއި ބައްޕަ ގާތުގައި އަހަރެން ކުރި ވައުދު” މަލިކާ އިސް ޖަހައިލާފައި ބުނެލިއެވެ.
—–
ކުއްލިއަކަށް މަލިކާ އަށް ހޭލެވުނެވެ. ހޭލެވުން އިރު މީހަ ވަނީ އޮށް ދާހިއްލާފައެވެ. މަލިކާ ވަށައި ބަލައިލީ އަޔާޝް ފެނޭ ތޯ އެވެ. ނަމަވެސް ފެނުނީ ހަމައެކަނި މާކިން އެވެ.
“މަލް އާރ ޔޫ އޯކޭ؟” މާކިން އަހައިލިއެވެ. “ދޮންބޭ އަޔާޝް ކޮބާ؟” މަލިކާ އަހައިލިއެވެ. “ޔާޝް ހަމަ ދެންމެ އެދިޔައީ ގެއަށް ދާން” މާކިން މިހެން ބުނުމުން މަލިކާ އަވަސް ވެގަތީ ހޮސްޕިޓަލުން ބޭރަށް ނިކުތުމަށްށެވެ. ނިކުމެފައި ވަށައި ބަލައިލިއެވެ. ހޮސްޕިޓަލު ގޭޓުކައިރިން އަޔާޝް ފެނުމާއި އެކު މަލިކާ އަޔާޝް އާއި ދިމާލަށް ދުއްވައި ގަތެވެ. އެ ދުވެފައި ދިޔަ ގޮތަށް މަލިކާ އަޔާޝް ގައިގައި ބައްދައިލިއެވެ. އަޔާޝް ސިއްސައިގެން ގޮސް ފަހަތަށް ބަލައިލިއެވެ. “މަލް؟ ކިހިނެތް ވީ؟” އަޔާޝް ސުވާލު ކޮށްލިއެވެ. “ވާވު އަޔާޝް ޔޫ މޫވްޑް އޮން… ބަލަ އަޔާޝް މަ މިހުރީ މިތާން ގަ ވޭނުގައޭ މަ އިންނި މީހާ މަށަށް ދަރި އެއް ދީފަ މަށަ ވަރި ވީ” މާހާ މިހެން ބުނުމުން އަޔާޝް އޭނައާއި ދިމާލަށް ލޯ އަޅައިލިއެވެ. “ބަލަ މާހާ އަމިއްލަ އަކަށް ބުއި ބޮންޑިއެއް ދޯ އެއީ ކާކު ތަ ބުނީ އޭނަ އާއި ކައިވެނި ކުރާށޭ ހަމަ ގައިމުވެސް މަށެއް ނުބުނަން… ކިހިނެތް ވީ ތަ މަ މޫވް އޮން ކުރީމަ މަ ލޯބި ވަނީ މަލިކާ ދެކެ އަހަރެން މާހާ އާ ރައްޓެހިވީ މާހާ ގައިގައި މަލިކާގެ އުޅުން ހުރީމަ އެހެން ނޫނީ މަ މަލިކާ އާއި ރައްޓެހިވީސް” އަޔާޝް މިހެން ބުނުމުން މާހާ ކުނި މޫނު ހަދައިލާފައި ހޮސްޕިޓަލު އެތެރެއަށް ވަނެއެވެ.
“މަލް ކިހިނެތް ވީ ކުއްލިއަކަށް އައިސް އަހަރެން ގައިގައި ތި ބެއްދީ” އަޔާޝް މިހެން ބުނުމުން މަލިކާ އަޔާޝް ގައިން ދޫ ކޮށްލިއެވެ. “އަޔާޝް ހަންދާން ވޭތް މީގެ 5 އަހަރު ކުރިން އަޔާޝް އަހަރެން ގާތުގައި ލޯބިވާ ވަހަކަ ބުނި ހަނދާން” މަލިކާ މިހެން ބުނުމުން އަޔާޝް ގެ ދެލޯ ބޮޑުވިއެވެ. “މަލް ޔޫ ރިމެމްބާ؟” އަޔާޝް ހައިރާން ވެފައި ހުރެ ބުނެލިއެވެ. “އާން އަހަންނަށް ހުރިހާ އެއްޗެއް ހަންދާން ވެސްޖެ އަދި އަހަރެން ލޯބިވަނީ އަޔާޝް ދެކެ” މަލިކާ ބުނެލިއެވެ.
—ނުނިމޭ—
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

