*”ދޮންތާ އައި ކޭންޓް ހޭވް ހާ ޝީ ހޭޓްސް މީ” ޒެކް ރޮމުން ރޮމުން ބުނަމުން ދިޔައެވެ. “ކާކުތަ އެއީ ކޮންކުއްޖެއް؟” ޒާރާ މީހެއް ނޭންގިގެން އަހައިލިއެވެ. ޒެކް ހަމައަކަށް އެޅުމުން ޒާރާގެ ގައިން ދޫކޮށްލިއެވެ. “އެއީ އަމާނީ އައި ލަވް ހާ މަ މިހާތަނަށް ރައްޓެހި ވި އަންހެނުން އަށް ވުރެ މަ އޭނަދެކެ ވަރަށް ލޯބިވޭ” ޒެކް މިހެން ބުނުމުން ޒާރާ ހައިރާން ވިއެވެ. “ވަޓް!!!” ޒާރާ އަށް ބުނެ ވުނީ ވެސް ހަމަ އެކަނި މިހެން އެވެ. އެއީ ޒާރާ ދުވަހަކުވެސް ހީ ނުކުރާ މީހެއް ޒެކް ގެ ހިތް އަތުލުމުންއެވެ.*
ޒެކް އެނދުމަތީގައި އިށީންދެލަފައި އިސްޖަހައިލިއެވެ. ޒާރާ ޒެކް ކައިރީގައި އިށީންދެލަފައި އޭނާގެ ބުރަކަށިމަތީގައި މަޑުމަޑުން ފިރުމާން ފެށިއެވެ. “ޒެކް ކިހިނެތް އިންގޭނީ އަމާނީ މައިޓް ފީލް ދަ ސޭމް ވޭ” ޒާރާ ޒެކް އަށް ހިތްވަރުލައިދޭން ބުނެލިއެވެ. “ތިބުނީ؟” ޒެކް ޒާރާ ބުނަން އުޅޭ އެއްޗެއް އޮޅުން ފިލުވުމަށްޓަކައި ބުނެލިއެވެ. “ޒެކް ހަނދާން ވޭތަ މަންމަ އާ ބައްޕަ އާ ދެމީހުން ދިމާވިގޮތް؟” ޒާރާ އަހައިލިއެވެ. “ޔާ ކިޗެން” ޒެކް މަލާމަތް ކުރާ އުސޫލުން ބުނެލިއެވެ. “ޓިޕިކަލް ރޮމާންސް… މައި ޕޮއިންޓް އިޒް އަމާނީ އަދި ޒެކް ލައިކް ނުވެ ދާނެ ބަޓް އާފްޓާ ސަމް ޓައިމް ޝީ ވިލް ލައިކް ޔޫ ޖަސްޓް ދަ ސޭމް” ޒާރާ މިހެން ބުނުމުން ޒެކް ހިނިގަނޑެއް ގަހައިލިއެވެ. “އަދިވެސް މާކިންބެ ގެ އެޓޭންޝަން އެއް ނުލިބޭ؟ އައި ފީލް ސޭޑް ފޯ ޔޫ” ޒެކް މިހެން ބުނެ ހިނިގަނޑެއް ޖަހައިލިއެވެ. “މަލާމާތް ނުކޮށްބަލަ އެޓްލީސްޓް އައިމް ޓްރައިއިންގް” ޒާރާ މިހެން ބުނުމުން ޒެކް ހިނިގަނޑު ކޮންޓްރޯލް ކޮށްލިއެވެ. “އެނީ ވޭސް ދޮންތަ ތި ބުނީ ހަމަ ތެދެއް އައި ވޯންޓް ނޯ އަންޓިލް އައި ޓްރައި” ޒެކް މިހެން ބުނުމަށްފަހު ހިނިތުން ވެލިއެވެ.
—–
ދުވަސްތައް ފާއިތުވެގެން ދަނީ އެވެ. ޚަލަފް އަށް ވިސްނެމުން ދިޔައީ ޔޫހީ ޚަލަފް އަށް ކުރި ރިޖެކްޝަން އާއި ދެމެދުގައެވެ. މިކަމާ ވިސްނާ ވިސްނާ ރޮވެން ފެށިއެވެ. ވާނީވެސް އެހެން އެއްނޫން ހެއްޔެވެ. ޔޫހީ އަކީ ޚަލަފް އެންމެ ފުރަތަމަ ލޯބިވި އަންހެން ކުއްޖާއެވެ. ރޮއެ ރޮއެ ވަރުބަލި ވެގެން އެންމެފަހުން ޚަލަފް ބޭރަށް ނިކުމެ އެތާ ށެލްފް ތަކުގެ ތެރޭގައި ހުރި އޭނާގެ ބައްޕަގެ ރާ ފުޅިތަކުން އެކަތި ބަގާ އަނގަ މައްޗައް ނަގާ ބޯންފެށިއެވެ. މިހެން ގިސް އެއް ރާފުޅި ބޯލުމަށްފަހު އަނެއް ރާ ފުޅި ބޮއެވެ. އެންމެފަހުން ޚަލަފް ރުޅިއައިސްގެން ރާފުޅި އޭނާގެ ބޮލަށް ތަޅައިލިއެވެ. އެވަގުތު މާކިން އާއި އަޔާޝް އައިސް ޚަލަފް މެންގެއަށް ވަނެވެ.
“ޚަލަފް ކައެ މޮޔަ ވީތަ؟” އަޔާޝް މިހެން ބުނުމުން ޚަލަފް އެދިމާލަށް ބަލައިލިއެވެ. “އާން މަ މޮޔަވީ މިހާތަނަށް މަ އެންމެ ލޯބިވި ކުއްޖާ މަށަށް ރިޖެކްޓު ކުރީމަ މަ މޮޔަ ވާނެއްނު” ޚަލަފް އަޑު ހަރުކޮށް ބުނެލިއެވެ. އަދި އެތާންގައި ހުރި ރާ ފުޅިނަގާއަނެއްކާވެސް ބޮލަށް ތަޅައިލަން އުޅުނެވެ. ނަމަވެސް އަޔާޝް އޭނާހިފަހެއްޓިއެވެ. “ހަމަޖެހިބަލަ އެ ކުއްޖާ ނޫނަސް އެހެން އަންހެން ކުދިން އެބަ ތިއްބެއްނު…” “އެކަމު މަށަކަށް ޔާޔާ ނޫން އެހެން ކުއްޖެއް ދެކެ ލޯތްބެއް ނުވެވޭނެ” ޚަލަފް މިހެން ބުނުމުން މާކިން ހައިރާން ވިއެވެ. “ޔާޔާ؟! ޚަލަފް ކައެ ޔާޔާ ދެކެ ލޯބިވަނީ އޭ؟” މާކިން އަހައިލިއެވެ. “އާނ އިންތިހާއަށް… އަހަރެން އެންމެ ކުޑައިރުން ފެށިގެން ޔާޔާ ދެކެ ލޯބިވޭ” ޚަލަފް މިހެން ބުނުމަށްފަހު މޫނު މަތީގައި އަތް އަޅައިގެން ހުރެ ރޯން ފެށިއެވެ.
އޭގެ އަނެއް ދުވަހު މާކިން ޔޫހީ ގޮވައިގެން ޚަލަފް މެން ގެއަށް ދިޔައެވެ. “މިގެއަށް މި އައީ ކީއްކުރަން… މަ މިދަނީ” ޔޫހީ މިހެން ބުނެ ފަސް އެނބުރި ގެއަށް ދިއުމަށް ހިން ގައިގަތެވެ. “ޔޫހީ މަ ޚަލަފް ގެ އެކުވެރިއެއްގެ ހައިސިއްޔަތުގަ ޚަލަފް މިހާލަކުއެއް ނުބެލޭނެ… ޚަލަފް ޔާޔާ ދެކެ ވަނީ އިންތިހާ ލޯބި ޔާޔާ އަޅެ ޕްލީޒް އެއްފަހަރުކަމަށް ވެސް ޚަލަފް އާ ވާހަކަ ދައްކަބަލަ ޕްލީޒް” މާކިން އާދޭހާ އެކު ބުނެލިއެވެ. ޔޫހީ އެންމެ ފަހުން އާންއެކޭ ބުނެފައި ޚަލަފް މެން ގެއަށް ވަނެވެ.
ޔޫހީ އަށް ފެނުނީ ޔޫހީ ދުވަހަކު ވެސް ޚަލަފް ގެ ފުށުން ފެނުނު ކަމެއް ނޫނެވެ. ޚަލަފް ގެ އަތުގައި އެއް ބައި ބޮއެ ހުސް ކޮށްފައި ހުރި ރާފުޅި އެއް އޮތެވެ. އަދި ކައިރީގައި ހުރި ކޮފީ ޓޭބަލް މަތީގައި ހުސް ކޮށްފައި ހުރި 3 ރާފުޅި އޮތެވެ. މި މަންޒަރު ފެނި ޔޫހީ އަށް ރޮވޭ ގޮތް ވިއެވެ. ޔޫހީ އިސް ޖެހުމަށްގަހު ރޯން ފެށިއެވެ. ކުއްލިއަކަށް ޚަލަފް ތެދުވުމުން ޔޫހީ ޚަލަފް އާއި ދިމާލަށް ބަލައިލިއެވެ.
“ކީއްކުރަން ތިއައީ؟” އިޚްސާސް އެއް ނެތް ގޮތަށް ޚަލަފް ޔޫހީ އާއި ދިމާލަށް ބުނެލިއެވެ. “ޚަލަފް މިހާރު މަސްތުވާ ތަކެތި ބޭނުން ކުރަން ފެށި ތަ؟” ޔޫހީ ޖަވާބެއްގެ ބަދަލު ކުރީ ސުވާލެކެވެ. “މަ ދޯ ފުރަތަމަ ސުވާލު ކުރީ މަ މަސްތުވާ ތަކެތި ބޭބުން ކުރެ އޭ ކިޔާފަ ޔޫ ހީ އަށް ކުރެވޭނީ ކީއް” އަޑު ހަރުކޮށް ޚަލަފް ބުނެލިއެވެ. “މަށަށް ކަމެއް ނުކުރެވުނަސް މަށެއް ހިއެއް ނުކުރަން ޚަލަފް މިހެން ވާނެ ކަމަކަށް” ޔޫހީ މިހެން ބުނުމުން ޚަލަފް ދިޔަ ގޮތައް ގޮސް ޔޫހީ ލައިގެން ހުރި ގަމީސް ހެދުމުގެ ގިރުވާނުގައި ހިފާފައި ޔޫހީގެ ތުން ފަތަށް ބޮސް ދިނެވެ. ދެވަރަކަށް ސިކުންތު ވާދެކަށް ޔޫހީ ހައިރާން ވެފައި ހުރެ ޚަލަފް ގެ މި އަމަލުގައި ބައިވެރިވިއެވެ.
—3 ގަޑިއިރު ފަސް—
ޔޫހީ އަށް ހޭ ލެވުން އިރު ޔޫހީ އޮތީ ޚަލަފް ގެ އަތުތެރޭފައި ހައްޔަރު ވެފައެވެ. ޚަލަފް އާއި ދިމާލަށް ބަލައިލީއިރު ޚަލަފް އޮތީ އަރާމު ނިދީގައެވެ. މިހެން ކަމުން ޔޫހީ ޚަލަފް އަށް ގޮވައިލަން އުޅުނިކޮށް ޚަލަފް އޭނާގެ ލޯ ހުޅުވައިލިއެވެ. “ޚަލަފް؟!” ޔޫހީ ޚަލަފް އަށް މަޑުމަޑުން ގޮވައިލިއެވެ. “ޔާޔާ ދެން ދުވަހަކުވެސް މަ ދޫކޮށްފަ ނުދާތި” ޚަލަފް ޔޫހީ ގައިގައި ބައްދައިލަމުން ބުނެލިއެވެ. “މަމީ ޚަލަފް ގެ އަންހެނެއް މަ ދެން ދުވަހަކުވެސް ޚަލަފް ދުލެއް ނުކުރާނަން… ޚަލަފް މަ ކައިރީގައި ޕްރޮމިސް ކޮށްބަލަ ދެން ދުވަހަކުވެސް މަސްތުވާ ތަކެތި ބޭނުން ނުކުރާނެކަމަށް” ޔޫހީ މިހެން ބުނުމުން ޚަލަފް ހިނިތުން ވެލާފައި “އައި ޕްރޮމިސް” މިހެން ބުނެލިއެވެ.
ދެން ޔޫހީ އެނދުން ތެދުވެގެން ބިން މަތީގައި އޮތް އޭނާގެ ހެދުމާއި ޖިންސު ހިފައިގެން ފާޚާނާ އަށް ގޮސް ލައިގެން ނިކުމެލިއެވެ. “ޔާޔާ ދަނީތަ؟” ޚަލަފް އަހައިލިއެވެ. “މިދަނީ ގެއަށް ދާން ޚަލަފް މަ ގެއަށް ލާދެން ދާން ހިންގާބަލަ” ޔޫހީ މިހެން ބުނިތާ މާ ގިނަ އިރެއް ނުވޭ ޚަލަފް އެއްޗިސް ބަދަލް ކޮށްގެން އައިސް ޔޫހީ ގެއަށް ލާ ދިނުމަށް ދިޔައެވެ.
ޚަލަފް އާއި ޔޫހީ ގެއިން ބޭރަށް ނިކުމެފައި ޔޫހީ ގެއަށް ލާދިނުމަށްޓަކައި އެގެއާއި ދިމާލަށް ދިޔައެވެ. “ޔާޔާ މިރޭގަ މަށަށް ގުޅައްޗެ ނުގުޅިއްޔާ މަ ޔާޔާ މިސްވާނެ” ޚަލަފް ޔޫހީ އުޅޭ ގެކުރިމަތީގައި ހުއްޓިލަމުން ބުނެލިއެވެ. “ޔެސް މައި ޑާލިން މަ ގުޅާނަން ވަގުތުން ފޯނު ނަގަން ވާނެ އިންގެ އެހެން ނޫނީ މަދޭނީ މިސްކޯލް އެއް” ޔޫހީ މިހެން ބުނުމުން ޚަލަފް ޔޫހީގެ ކޮލަށް ދޮނެއް ދިނުމަށް ފަހު ގެއަށްދާން ހިންގައިގަތެވެ.
ޔޫހީ ގޮސް ގެއަށް ވަތް ތަނާހެން ފެނުނީ މާކިން އާއި އަޔާޝް ގެ ކިއުރިއަސް ކަމެވެ. “ކޮބާ ކިހިނެތް ވީ؟” އަޔާޝް ކުއްލިއަކަށް އަހައިލިއެވެ. “މާ ބޮޑުކަމެއް ނުވޭ” ޔޫހީ ނުވާކަމަށް ހެދިލާފައި ބުނެލިއެވެ. “ޔާޔާ ޔޫ ލަވް ހިމް އެންޑް ޔޫ ކިސްޑް ހިމް” މަލިކާ ބަދިގޭގެ ދޮރު ކައިރީގައި ހުރެ ބުނެލިއެވެ. “މަލް ހައު ޑިޑް ޔޫ ނޯ؟” ޔޫހީ ހައިރާން ވެފައި ހުރެ އަހައިލިއެވެ. “ކަމް އޯން ޔާޔާ ޔުއާރ ލައިކް އަ އޯޕެން ބޫކް ޓު މީ… ޔާޔާ މޫނު މައްޗަށް ކޮން މެ ވައްތަރެއް ޖެއްސި އަސް އަހަންނަށް އިންގޭނެ” މަލިކާ މިހެން ބުނުމަށްފަހު އެއް މިޔަކަޅިން ހީލިއެވެ.
—އެރޭ 8:00 ޖަހައިލި އިރު—
މާކިން ހުރީ އެގޭގެ ބޭރު ދޮރާއި ދިމާލުގައެވެ. މިހެން ހުއްޓާ ކުއްލިއަކަށް މީހަކު “ދޫކުރޭ!!” މިހެން ކިޔާއި ހަޅޭއް ލައްވައިގަރް އަޑު އިވުނެވެ. މާކިން އޭނާގެ ގޭކައިރީގައި ހުންނަ ގޯޅިގަނޑާއި ދިމާލަށް ބޯ ދިއްކޮށްލިއެވެ. އެތަނުން ފެނުނު މަންޒަރު ފެނި މާކިން ގެ ހިތް ކުދި ކުދި ވީ ފަދައެވެ. އާންއެކެވެ އެތާން ގައި ހުރީ ޒާރާ އެވެ. ޒާރާ ގެ ކައިރީގައި ހުރީ ރާކިން އެވެ. “ރާކިން ދޫކުރާށޭ!!” ޒާރާ އަޑު ނެތް ތަނަށް ހަޅޭއް ލަވައިލިއެވެ. އެއަށްފަހު އޭނާގެ ކަނާތް ފަޅިއަށް ބަލައިލީއިރު ގޯޅިގަނޑުގެ ކަންމަތީގައި ހުރި މާކިން ފެނި ޒާރާ ރާކިން ދުރަށް ކޮށްޕާލާފައި ދިޔަގޮތަށް ގޮސް މާކިން ގެ ފަހަތަށް ވަދެ ފިލިއެވެ. “ޒާރާ؟…” “ޕްލީޒް މާކިން އޭނަ މަ ކައިރިން ދުރުކުރޭ” ޒާރާ މިހެން ބުނުމަށްފަހު މާކިން ލައިގެން ހުރި ޓީޝާޓުގައި ވަރަށް ބަރަށް ހިފަހެއްޓިއެވެ. “އޭތް ޒާރާ މަ ދުރަށްކޮށްޕާލާފައި އޭނަ ފަހަތަށް ފިލިޔަސް ވާނެ އެއްވެސް ކަމެއް ނޯންނާނެ… އޭތް މާކިން ހަމަ މިހާތު ޒާރާ މަގޭ އަތަށް ދީ އެއީ މަގޭ ހައްގެއް” ރާކިން މިހެން ބުނުމުން މާކިން ގެ ރުޅި ހީވީ އަލިފާން ފަރުބަދައެއްހެނެވެ. “ކަލޭގެ ހައްގެކޭ؟ ބަލަ ޒާރާ އަކީ މަގޭ މިލްކެއް މަ މީ ޒާރާ ރައްޓެހިވެގެން އުޅޭ މީހަކީ މަ ޒާރާދެކެ ލޯބިވޭ އަދި ޒާރާ މަދެކެވެސް ލޯބިވޭ ކަލޭ އަކަށް ނޯންނާނެ ޒާރާ ގައްގައި އަތްލާނެ ހުއްދައެއް ޒާރާ އަކީ ހަމައެކަނި މަގޭ ހައްގެއް” މާކިން މިހެން ބުނުމުން ޒާރާ ހައިރާން ވިއެވެ.
—ނުނިމޭ—
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

