ބޭވަފާތެރި ވުމުން ޔާރާ 15،16 އަދި 17 ވަނަބައި
ހައިލާއަށް ކުރެވުނުހާވެސް ކަމަކީ އިސްޖަހާލުމެވެ. ހަމްދަރުދީގެ ނަޒަރަކުން އީނާއަށް ބަލަހައްޓައިގެން ހައިލާއަށް އިނދެވުނެވެ. އެހިތުގައި އަޅާނެ ވޭން އޭނާއަށް އިހްސާސް ކުރެވުނެވެ. ލޯބިވާ މީހަކު ނުލިބުމުން ކުރެވޭ ހިތްދަތި އިހްސާސް އޭނާވެސް ތަހައްމަލް ކުރިއެވެ. ނުލިބުނު ލޯތްބާއިއެކު އީނާގެ އަރުބުޑުގައި ޒަހަރަަށްވުރެ ހިތި ރަހައެއް ލައްވާލިއެވެ. އެޒަހަރުގެ ރަހަ ކެނޑި އަލުން މީހަކަށް އިތުބާރު ކުރެވިދާނެ ބާވައެވެ؟ “އެކަމަކު…. ކީއްވެތަ އަހަންނަށް މިހެންވީ؟” އީނާއަށް ބުނެލެވުނެވެ. ކުރިމަތިލާން ޖެހުނު ނާކާމިޔާބީއާއި އެކު ތަޤުދީރާއި މެދުވެސް ޝަކުވާ ކޮށްލެވިއްޖެއެވެ. މިއީ ބިރުވެރި ހުވަފެނަކަށް ވާނެނަމައޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. އެހެނަސް ހަގީގަތެއް ބަދަލެއް ނުކުރެވޭނެއްނޫން ހެއްޔެވެ؟ އީނާއަށް އޮތްގޮތަކީ މިކަމަށް ކެތްތެރިވުމެވެ. ނަމަވެސް ވެދިޔަ ކަންތަކަށްފަހު އީނާގެ ހަށީގައި ކެތްކުރުމުގެ ހިތްވަރު ހުންނާނެ ބާވައެވެ؟ މިކޮޅިގަނޑުގައި ޖެހި އޭނާގެ ހަޔާތްވެސް ބެހިގެން ދާނީ ބާވައެވެ؟ މިފަދަ ގޮތް ނޭނގޭ ސުވާލުތައް އޭނާއަށް ދިޔައީ އަމިއްލަ ހިތާއި ކުރެވެމުންނެވެ.
** **
ގެއަށް ދިޔަ ގޮތަށް އީނާއަށް އެނދުގައި އޮވެވުނީއެވެ. ރޮއެރޮއެ ދެލޮލުން ކަރުނަ ހުސްވާނެނަަމަ މިއަދު އެދެލޮލުން ކަރުނަ ހުސްވީހެވެ. އެއްޗެއް ކާހިތެއް ނުވެއެވެ. ކުރެވެނީ ބަނޑު ފުރިފައި ހުންނަފަދަ އިހްސާސެކެވެ. އޭނާ އަނެއްކާވެސް އާ އަޒުމެއް ކަނޑައެޅިއެވެ. މިވަރަކުން އީނާއެއް ނުހުއްޓާނެއެވެ. ޖައުޝްގެ ދެފައިގައި ހިފާ އާދޭސް ކޮށްގެންވެސް އެލޯބި އޭނާ ހޯދާނެއެވެ. އޭނާ ހިންދެމިލާނީ ޖައުޝް އޭނާގެ ހައްގަކަށް ހެދުމަށް ފަހުގައެވެ. ހިތަށް އަސަރުކޮށްފައި ހުރިވަރުން މީހަކާއި ކަމެއް ހިއްސާ ކޮށްލާނެހާ ހިތްވަރުވެސް އެނިކަމެތި ހަށިގަނޑަކު ނެތެވެ. ދެލޯ ރޮއެރޮއެ ދުޅަވެއްޖެއެވެ. މޫނުމައްޗަކު އުޖާލާކަމެއްވެސް ތާޒާކަމެއްވެސް ނެތެވެ.
** **
މާދަމާނޫން އަނެެއް ދުވަހަކީ ހޮސްޕިޓަލުގެ އަހަރީ ދުވަސްކަމުން ކުރަންހުރި މަސައްކަތްތައް ހުރީ ފުނިޖެހިފައެވެ. އެހެންކަމުން އީނާ މިއަދު ތަންކޮޅެއް އަވަހަށް ހޮސްޕިޓަލަށް ދިޔައެވެ. ކަންދިމާކުރި ގޮތުން ޖައުޝްގެ ސޮއިވެސް ކުރަންޖެހޭ ތަނެއް އޭގައި އޮތެވެ. އީނާއަށް ބޮލުގައި ހިފަހައްޓާލެވުނެވެ. ރޭގައި ނުނިދުމުގެ ސަބަބުން ބޮލުގައި ތޫނު ރިހުމެއް ހުރީއެވެ. މަޑު ހިނގުމެއްގައި ގޮސް ޖައުޝްގެ ކޮޓަރި ދޮރުގައި ޓަކި ޖަހާލިއެވެ. ވަންނާށޭ ބުނުމުން އީނާ އެތެރެއަށް ވަދެލިއެވެ. އީނާ ފެނުމާއިއެކު ޖައުޝްގެ މޫނަށް ހައިރާންކަން ވެރިވިއެވެ. ރީތި ހިނިތުންވުމެއް އީނާގެ ތުންފަތުގައި ހުރިއިރު އެހެން ދުވަސްތަކަށްވުރެ ފުރިހަމަ ކަމަށް ދައްކަނީ އެކަމުގެ ސަބަބުން ކަންނޭނގެއެވެ. “މަރުހަބާ!” އީނާ ބުނެލިއެވެ. “ކީއްވެ؟” ޖައުޝް ދެބުމަ ގާތްކޮށްލިއެވެ. “ނޭނގޭ ކަމަށް އެބަ ހަދައެއްނު. ކައިވެނި ކުރިއިރު ނުވެސް ބުނެލަމެއްނު” އީނާ މޫނަށް ގޮތެއް ހަދައިލިއެވެ. “އަ..އާނ. ކިހިނެއް އީނާއަށް އެނގުނީ؟ ވަރަށް ކުއްލި ގޮތަކަށް ކުރަން ޖެހުނު ކައިވެންޏެއް ވީމަ” މޫނުމތީގައިވި ސިހުމުގެ އަސަރުތައް ފޮރުވާލުމގައި ޖައުޝް ކާމިޔާބު ހޯދިއެވެ. “ދެން ޖައުޝް ނުބުނިއްޔާ އަހަރެން ގާތު ބުނާނެ މީހަކު ނުވާނެތަ؟” އީނާވެސް ދޫނުދިނެވެ. “ބަލަ ދެން އަނބިކަނބަލުން އަހަރެންގެ ލޮލަށް ދައްކައެއް ނުލާނަންތަ؟” އީނާ ބުނެލިއެވެ. މިއަދު އީނާއަށް އެހުރީ ކީއްވެފައި ބާއްވައޭ ޖައުޝްގެ ހިތަށް އެރިއެވެ. “ނޫ…ނޫނޭ. ދައްކާލަފާނަން” ފޯނުގެ ގެލެރީ ހުޅުވާލަމުން އީނާއަށް އޭނާ ދައްކާލީ އެމީހުންގެ ކައިވެނީގެ ދުވަހު ނަގާފައިވާ ފޮޓޯއެކެވެ. އެއަންހެން ކުއްޖާއާއި ދޭތެރޭ އީނާގެ ހިތުގައި ހަސަދަ ވެރިކަމުގެ އޮއެވަރު ދުވެލައިފިއެވެ. އެއަންހެންކުއްޖާގެ ހަށިގަނޑުގެ ކޮންމެ ބައެއް ވަކިވަކިން އޭނާ ހިތުދަސް ކޮށްލިއެވެ. އޭނާއަށް ހިތާވީ ދިމާލުގައި އަތް ޖައްސާލެވުނެވެ. ހިތުގައި ލި ޒަޚަމްގައި ލޮނުމިރުސް އަޅާލެވުނު އެއްޗަކަށް އެ ފޮޓޯގަނޑު ވިއެވެ. “ލަޔާލީ.. ކައިވެންޏަށް ދޮޅުއަހަރު” ޖައުޝް ބުނެލިއެވެ. “ކައިވެންޏަށް ދޮޅުއަހަރު… ކޮންއިރަކުން ދަރިއަކު ހޯދަނީ” އީނާ އަހާލައިފިއެވެ. ޖައުޝްގެ މޫނަށް ފަރުވާތެރިކަމާއިއެކު ބަލަންއިން އީނާއަށް އެ މޫނުގެ ކުލަވަރު ބަދަލުވީތަން ނުހަނު ސާފުކޮށް ފެނުނެވެ. “ޕްލީޒް އީނާ ދެން މިތަނުން ނުކުމޭ….” ޖައުޝް ބުނެލިއެވެ. ހެމުން ހެމުން އީނާ އެތަނުން ނުކުތެވެ. އީނާ ދިޔުމާއިއެކު ޖައުޝްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އީނާ އެހުރީ މޮޔަވެފައި ބާވައޭ ޖައުޝްގެ ހިތަށް އެރިއެވެ.
** **
ފޫހިވެގެން ޓީވީ ހުުޅުވާލި ލަޔާލީ ދިޔައީ ސިއްސައިގެންނެވެ. ޚަބަރުގެ ސުުރުުޚީ ކިޔާލވުނު ވަގުތު ލިބުނު ސިހުން ދެގުނަ ވެގެން ދިޔައެވެ. “މަޝްހޫރު ވިޔަފާރިވެރިޔާ ލަބީބު އަހުމަދު ޚިޔާނާތުގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި!” ލަޔާލީއަށް ޤަބޫލުވެސް ނުކުރެވުނެވެ. އޭނާއަށް ގުޅާލެވުނީ އޭނާގެ މަންމަ ލީޒާއަށެވެ. “ދަރިފުޅާ…. ޚަބަރު ބަލައިފިންތަ؟” ލީޒާގެ އަޑުގައި މޮޅުވެރިކަން ވިއެވެ. “މަންމާ.. އަހަރެން އެބަދަން ތިގެއަށް” ލަޔާލީ ބުނެލިއެވެ. މަންމަގެ ހާލަތު އޭނާއަށް އިހްސާސް ކުރެވުނު ފަދައެވެ. މީގެ ކުރިންވެސް އެފަދަ މައްސަލައެއް ފެންމަތިވިކަން މިއެނގުނީ އަދި ކިރިޔާއެވެ.
** **
ގެއަށް ވަންއިރު ސޯފާގައި ލީޒާ އިނެވެ. ލަޔާލީ ގޮސް ލީޒާގެ ގައިގައި އޮޅުލައިގަތެވެ. “ބައްޕަ.. އެކަހަލަ ކަމެއް ކޮށްފާނެބާ؟” ލަޔާލީއަށް ބުނެލެވުނެވެ. “ދަރިފުޅާ… އަހަރެމެންނަށް ޖެހޭނީ ހަގީގަތާއި ކުރިމަތިލާން.” ލީޒާ ބުނެލިއެވެ. “މަންމަ ދެރައެއް ނުވޭ؟؟” ލަޔާލީއަށް އަހާލެވުނެވެ. “އެހާ ގިނަދުވަހު އެކުގައި އުޅުނު ފިރިމީހާއާއި ވަކިވާން ޖެހުނީމަ ދެރަ ނުވާނީ ކާކު؟” ލީޒާއަށް ނުބުނަން އިން ޖުމްލަވެސް ދުލުން ބޭރުކޮށްލެވިއްޖެއެވެ. ލަޔާލީއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.
** **
ކޯޓުން ލަބީބުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅިއެވެ. އެއާއިއެކު 15 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އައެވެ. ޖަލަށް ގެންދިޔުމުގެ ކުރިން އެއްފަހަރު އާއިލާއާއި ބައްދަލު ކުރުމުގެ ފުރުސަތު ފުލުހުން ދިނެވެ. ބޮޑު ސިޓިން ރޫމުގެ މެދުގައި ހުރި ދިގު މޭޒު ކައިރީގައި ތިބީ ޖައުޝް، ލަޔާލީ، ލަބީބު އަދި ލީޒާއެވެ. “ދަރިފުޅާ ލަޔާ….” ލަބީބު ގޮވާލިއެވެ. ހިލައަށވުރެ ހިތް ހަރުކޮށްލައިގެން އިން ލަޔާލީގެ ހިތް ބައްޕަގެ އަޑު ޖެހުމާއިއެކު ކަފަކޮޅަކަށް ވުރެވެސް މަޑުވިފަދައެވެ. ލަޔާލީއަށް ތުންފިއްތާލެވުނެވެ. “ބައްޕައަށް މައާފްކުރޭ…” ލަބީބަށް ބުނެލެވުނެވެ. އެއާއިއެކު ލަޔާލީގެ ގިސްލުމުގެ އަޑު މުޅި ތަނަށް ފެތުރިގެން ދިޔައެވެ. “މައާފްކުރޭ… ޖައުޝްއާއި ކައިވެނި ކުރަން މަޖުބޫރު ކުރެވުނު ކަމަށްޓަކައި މައާފްކުރޭ. ޖައުޝް…. ސަލީމުއަށް ކުރެވުނު މަޖުބޫރީއަށްވެސް މައާފަށް އެދެން. އޭރު އަހަރެން ބޭނުންވީ ވިޝާލްއާއި ލަޔާލީ ދުރުކުރުވަން…..” ލަބީބު ބުނެލިއެވެ. “ނަމަވެސް މިއަދު އަހަންނަށް ވިސްނިއްޖެ… ދަރިންނަށް ކަންކަން މަޖުބޫރު ކޮށްގެން ވާނެ ފައިދާއެއް ނޯންނާނެކަން. ތިދެކުދިން ބޭނުމިއްޔާ މިހާރުން މިހާރަށްވެސް ވަރީގެ ކަންކަން ނިންމަންވީ… ދަރިފުޅަށް ބޭނުންނަމަ ވިޝާލް އާއި ކައިވެނި ކުރެވިދާނެ. ބައްޕަގެ ފުރިހަމަ ރުހުން އެކަމަށް ދީފިން….” ލަބީބު ބުނެލިއެވެ. “ޝުކުރިއްޔާ…” ޖައުޝްއަށާއި ލަޔާލީއަށް އެކުއެކީ ބުނެލެވުނެވެ. އެދެމީހުންގެ ބޮލުން ބޮޑު ބަރެއް ނެގުނު ފަދައެވެ. އީނާއާއިއެކު އުޅޭނެ އުފާވެރި ދިރިއުޅުން އޭނާއަށް ސިފަަކޮށްލެވުނު ފަދައެވެ.
** **
ކުރީގެ ރައްޓެއްސަކާއި އެކު ކޮފީއެއް ނިންމާލުމަށްފަހު އީނާ ސައިކަލަށ އެރިއެވެ. ދުއްވާފައި ދިޔަ އީނާއަށް އާޓިފިޝަލް ބީޗުން ދަންނަ މޫނެއް ފެނިލިހެން ހީވިއެވެ. “ލަޔާލީ…..؟” އީނާއަށް ބުނެލެވުނެވެ އެއީ ލަޔާލީ ކަމާއިމެދު އޭނާގެ ހިތުގައި އެއްވެސް ޝައްކެއް ނެތެވެ. “ކޮން ފިރިހެނަކާއިއެކު… ކީއްބާ މިކުރަނީ.. ހުރެބަލަ މިފަހަރު.. ފިރިމީހާއަށް ބޭވަފާތެރިވާ ކަމުގެ ހެކި ޖައުޝްއަށް ދައްކާލާނަން..” އީނާ ބުނެލިއެވެ. އޭނާގެ ފޯނު ނަގަމުން އެމީހުން ކުރަމުންދިޔަ ހުރިހާ ކަމެއް ވީޑިޔޯ ކޮށްލިއެވެ. އެދެމީހުން އެކަކު އަނެކަކަށް ބޮސްދީ އަތުގައި ހިފާ ބައްދާ ހެދިއެވެ. އެކަކު އަނެކަކާއި ހެދި އެދެމީހުން އުޅުނުު ގޮތުން އީނާ ކައިރިއަށް ހިނިވެސް އައެވެ. “ހުއް… ދެން ތިގަންނަ ގަނޑެއް ގަނެބަލަ..” ލަޔާލީއާއި ދިމާލަށް ވައްތަރު ތަކެއް ޖައްސާލަމުން އޭނާ ސައިކަލަށް އަރާ ނައްޓާލިއެވެ.
** **
“ކިހިނެއްވީ މިއަދު؟ އަހަރެން މަތިން މާ މިސްވީތަ؟” ޖައުޝްގެ ޖުމްލައިން އީނާއަށް ސިހުމެއް ލިބުނެވެ. “ކޮން ފަރާތަކުން އިރުއެރި ދުވަހެއްބާ؟” އީނާ މަޑުމަޑުން ބުނެލިއެވެ. “ރަނގަޅު ފަރާތުން ހަމަ” ފިރިހެންވަންތަ ހިނިތުންވުމެއްގެ މަތީގައި އިނދެ ޖައުޝް ބުނެލިއެވެ. “ހަހަހަ… މިވާހަކަ ބުނީމަވެސް ތިހާ ހީނލައިގެން އިނދެވޭނެތަ؟” އީނާ ބުނެލައިފިއެވެ. ޖައުޝް ޖަހާލީ ހިނިގަނޑެކެވެ. އީނާގެ ގާތަށް ކުޑަކޮށް ރުޅިއަންނަ ގޮތް ވެއްޖެއެވެ. “ތީނަގެ ލޯބިވާ އަންހެނުން، ލަޔާލީ އެއުޅުުއްވަނީ އެހެން ފިރިހެނަކާއިއެކު ލޯބީގެ ގުޅުން ހިންގަވަމުން، މިއޮތީ ހެކި” ފޯނުގައި އިން ވީޑިއޯ އެއްކޮށް ޕްލޭ ކޮށްލިއެވެ. “ވިޝާލް ބްރޯ…” ޖައުޝްގެ ހިނިތުންވުން ފުންވެލައިފިއެވެ. އީނާގެ މޫނުމަތިން ހައިރާންކަމުގެ ކުލަވަރު ފާޅުވެލިއެވެ. “އަދިވެސް ކިނބޫ ހިނި އައިސްފައި އެބަ އިނދެޔެއްނު.” އީނާ ބުނެލިއެވެ. “ހޫމް.. ކާކު ބުނީ އަހަންނާއި ލަޔާލީ ކައިވެނިކުރީ ލޯބިންނޭ…” ޖައުޝްގެ ތުންފަތުގައި ދުވެލީ ލާނެތް ހިނިިތުންވުމެކެވެ. “ކީއްް މިވަނީ… އޮޅުން ފިލުވައިދީބަލަ.” އީނާ ބުނެލިއެވެ. “އަހަންނަށް މަޖުބޫރުވީ… އަޑުއަހާ…” ޖައުޝް ބުނެލިއެވެ. އަދި ކުރީގެ ބައެއް ވާހަކަތައް ކިޔައިިދިނެވެ. “ދެން…؟؟” ޝައުގުވެރިވެފައި އީނާ އަހާލިއެވެ.
_________
މާޒީ…
ލަބީބުމެންގެއަށް ވަދެ އޭނާ އެތަނުގައި ހުރި ސޯފާއެއްގައި އިށީނދެލިއެވެ. “ހޫމް… ސަަލީމުގެ މަގްސަދު؟؟” ލަބީބު ބުނެލިއެވެ. “އަހަރެންގެ ވަޒީފާ ގެއްލިއްޖެ… ލޯނުގައި ބާކީ އެއްމިލިޔަން ތިންލައްކަ ދައްކަން އެބައޮތް… ދުވަސްވެސް ހަމަވެއްޖެ.. މި ދަރަނި މައާފް ކޮށްދެވޭނެ ގޮތެއް..” ސަލީމު ބުނެލިއެވެ. “އޯހޯ، މިއަދު 6 މާރޗްއޭ ދޯ؟ ޝުކުރިއްޔާ ހަނދާން ކޮށްދިނީތީ! ދަރަނި ދެމުންވެސް އަހަރެން ބުނިން މުއްދަތުގެތެރޭ ދަރަނި ނުދެއްކިއްޖެނަމަ މައްސަލަ ފުލުހަށް ހުށަހަޅާނަމޭ…” ނުލަފާ ހިނިތުންވުމަކާއިއެކު ލަބީބު ބުނެލައިފިއެވެ. ސަލީމު ކަރުއެލުވައިލިއެވެ. “އެންމެ ގޮތެއް…” ޝަހާދަތް އިނގިލި ހިއްލާލަމުން ލަބީބު ބުނެލިއެވެ. “ޖައުޝްއާއި ލަޔާލީގެ ކައިވެނި ކުރެވިއްޖެނަމަ މި ދަރަނި މައާފްވީ..” ލަބީބު ބުނެލިއެވެ. ސަލީމަށް ކޮޅަށް ތެދުވެވިއްޖެއެވެ. “ލަބީބު ހީކުރީތަ ވިޔަފާރި މުދާގަނޑެއްގެ ގޮތުގައި އަހަަރެންގެ ދެލޯފަދަަ ދަރިފުޅު ވިއްކާލާނެޔޭ.. ތިއީ ކުށްހީއެއް…” ސަލީމު ބުނެލިއެވެ. “ހެހެހެ.. އަދިވެސް ވިސްނާލަން އިތުރު 24 ގަޑިއިރު ދޭނަން… ވަގުތުގެތެރޭ އަހަރެން ހިތްއެދޭ ޖަވާބު ނުލިބިއްޖެނަމަ ސަލީމުގެ މައްސަލަ ފުލުހަށް ހުށަހެޅޭނެ” ލަބީބު ބުނެލިއެވެ.
** **
“ދެން ކިހިނެއް ހަދާނީ؟” އައިމިނަތު ބުނެލިއެވެ. ކޮޓަރި ދޮރުކައިރީ އެވާހަކަތައް އަޑުުއަހަންހުރި ޖައުޝްގެ ބުމަ ގޮށްޖެހުނެވެ. އޭނާ ބައްޕަ އެމަޅިން ސަލާމަތްކުރާނެއެވެ. އޭނާގެ އުފާތައް ޤުރުބާން ކޮށްގެން ވިޔަސް ހެވެވެ.
** **
“ބައްޕާ…. އަހަރެން ބޭނުން ކައިވެނި ކުރަން..” ހެނދުނުގެ ސައި ކުރިއަށް ދިޔަ ވަގުތު ޖައުޝް ބުނެލިއެވެ. ސަލީމުގެ ހިތްތެޅިލިއެވެ. “އަނެއްކާ ކޮންކުއްޖަކާ..؟” ސަލީމު އަހާލިއެވެ. “ލަބީބުބޭގެ ދަރިފުޅު ލަޔާލީއާއި.. މިހާރު އަޅުގަނޑުމެން ރައްޓެހިވެގެން އުޅޭތާ މަހެއް ވެއްޖެ ” ޖައުޝް ބުނެލިއެވެ. “އަސްލުވެސްތަ ދަރިފުޅާ؟ ބައްޕަ ވަރަށް އުފާވެއްޖެ” ސަލީމުއާއި އައިމިނަތުގެ ބޮލުން ބޮޑު ބުރައެއް ނެގުނު ފަދައެވެ.
** **
“ލަޔާލީއާއި އިންނަން އެއްބަސްވީ މަޖުބޫރުުވެގެން..” ހޮޓް ޗޮކްލެޓުން އެތިފޮދެއް ބޯލަމުން ޖައުޝް ބުނެލިއެވެ. ލަޔާލީއާއި ޖައުޝްތިބީ ރެސްްްޓޯރެންޓެއްގައެވެ. “އަހަރެންވެސް..” ލަޔާލީ ދުރުބަލާލިއެވެ. “އަހަރެމެން ކައިވެނި ކުރިޔަސް ތިބޭނީ ރައްްޓެހިންގެ ގޮތުގައި. އާއިލާ މީހުންގެ ކުރިމަތީ ލޯބިވާކަމަށް ދައްކައިގެން އުޅޭނީ” ޖައުޝްްް ބުންޏެވެ. ލަޔާލީވެސް އެގޮތާއި ރުހުނެވެ. “ރަން ކީއްޖެ. މާދަމާ ކައިވެނި އޮތީ.. ޝާލް ގާތު ބުނިންްތަ؟” ޖައުޝްް ބުނެލިއެވެ. “ހޫމް.. ޝާލް ވަރަށް އަންޑަސްޓޭންޑިން.. ބުނި ޑިވޯސް ވަންދެންް އިންްތިޒާރު ކުރާނަމޭ…” ލަޔާލީ ހިނިތުންވެލިއެވެ.
** **
ކައިވެނީގެ ޚުތުބާ ޤާޒީ ލައިދެމުން ދިޔައިރު ހަމަހިމޭންކަން މާލަމުގައިި ވިއެވެ. ހުދު ކައިވެނީގެ ހެދުމުގައި ލަޔާލީ ކިތައްމެ ފުރިހަމަ ކަމުގައި ދެއްކި ނަމަވެސް މޫނުމަތީގައި ހަގީގީ އުފާވެރިކަމެއް ނެތެވެ. ޖައުޝްގެ މޫނުމަތީގައިވެސް މަސްނޫއީ އުފާވެރިކަމެވެ. “އަނބި ޤަބޫލުކޮށްފިންތަ؟” ޤާޒީ އަހާލިއެވެ. އެވަގުތު ޖައުޝްގެ ދެލޯކުރިމަތިން ސިފަވީ އީނާގެ ލޯބިވެތި ހިނިތުންވުމެވެ. “އަނބި.. ޤަބޫލުކޮށްފިން…” ދެލޯ މަރާލަމުން ޖައުޝް ބުނެލިއެވެ. އެއާއިއެކު އެންމެންގެ އަތްތިލަބަޑީގެ އަޑުން މުޅިތަން ގުގުމާލިއެވެ.
** **
މިހާރު
“އެއީ ވީގޮތަކީ” ޖައުޝް ފުންނޭވާއެއް ދޫކޮށްލިއެވެ. “އަސްލުވެސްތަ؟” އީނާއަށް ގަބޫލު ނުކުރެވިފައި އަހާލެވުނެވެ. “ވެދިޔަ ކަންތައް ހަނދާން ނައްތާލާފައި އަހަރެންގެ ލޯބިވެރިޔަކަށް ވެދީފާނަންތަ؟ އަހަރެން އީނާދެކެ ހިތާ ފުރާނައިން ލޯބިވަން” ޖައުޝް ބުނެލިއެވެ. އީނާ ފަހަތަށް އެނބުރުނެވެ. އަދި ފަސްއެނބުރި ބަލާލުމެއްނެތި ހިނގައިގަތެވެ. އީނާގެ މިއަމަލުން ޖައުޝްގެ ހިތުގައި ރިއްސާލިއެވެ. ދެލޮލަށް ކަރުނަ ޖަމާވެލިއެވެ.
___________
16 ވަނަބައި
ޖައުޝްގެ ދެލޮލުން ކަރުނަ ނީރާލިއެވެ. އީނާ އޭނާދެކެ ލޯތްބެއް ނުވޭ ހެއްޔެވެ؟ އެއީ ހުސް ޑުރާމާ ހެއްޔެވެ؟ ކުރި އިންތިޒާރު ފެނަށް ވީހެއްޔެވެ؟ “އީނާ…ޕްލީޒް.. އަހަރެންގެ ލޯތްބަށް ފުރަގަސް ނުދީބަލަ!” ހިތާމަވެރި އަޑަކުން ޖައުޝް ބުނެލިއެވެ. އީނާއަކަށް ކެތެއް ނުކުރެވުނެވެ. ފަސްއެނބުރި ގޮސް ޖައުޝްގެ މޭގައި ބޮނޑިވެލިއެވެ. “ޝޫޝް! ތިހެން ނުބުނާތި ދެން ދުވަހަކުވެސް. އަހަރެން ޖައުޝްދެކެ އިންތިހާއަށް ލޯބިވަން…އަދި އަބަދަށްވެސް އެލޯބި ވާނަން” އީނާ ބުނެލިއެވެ. ދެމީހުންވެސް އެކަކ އަނެކަކު ހަށިގަނޑުގައި އިތުރަށް އޮޅުލައިގަތީ ދުވަހަކުވެސް ދޫނުކޮށްލާނަމޭ ބުނާ ފަދައިންނެވެ. “ހިނގާބަ މެރީކުރަން! އިތުރަށްދެން ކެތެއް ނުކުރެވޭނެ..” ޖައުޝް ބުނެލައިފިއެވެ. އީނާގެ ދެކޯތާފަތް ޖަންބެއްހާ ރަތްވެލިއެވެ. “ސާބަސް އަދި ލަސްވެފަކައި ނެތެއްނު؟” އީނާ ލަދުރަކި ހީނލުމަކާއިއެކު ބުނެލިއެވެ. “8 އަހަރަކީ ކުޑަ ދުވަސްކޮޅެއްތަ ބޭބީ؟” ޖައުޝް އަހާލިއެވެ. “ދެޓްސް ނޮޓް ފެއާ. އެހުރިހާ ދުވަހު އިންތިޒާރު ކުރީމަ” ޖައުޝް ކުޑަކުއްޖެއްހެން ބުނެލިއެވެ. އީނާ ގާތަށް ލާނެއް ހިންޏެއް އައެވެ. “ހޫމް.. ޕިސްޕިސް. މާދަން މަންމަމެންނާ ވާހަކަ ދައްކާނަމޭ.. ހެޕީތަ؟” އީނާ ބުނެލިއެވެ. ޖައުޝް ފޮނިވެލިއެވެ.
** **
“ވަޓް؟” އިވުނު ވާހަކަތަކުން ނަވީންގެ ދެލޯ ބޮޑުވެއްޖެއެވެ. އެހިތަށް ޒަޚަމްތަކެއް ލިބިއްޖެއެވެ. އޭނާވެސް އައީ އީނާދެކެ ލޯބިވާ ވާހަކަ އީނާގާތު ބުނުމަށް ތައްޔާރު ވެގެންނެވެ. ނަމަވެސް ތަޤުދީރުގައި ނަވީންއަށް އީނާ ލިބުން ނެތީއެވެ. އަތުގައި އޮތް ރަތް ފިނިފެންމަލުގެ ގުލްދަސްތާ ބިންމައްޗަށް ވެއްޓިއްޖެއެވެ. އޭނާގެ ދެލޮލުންވެސް ކަރުނަ އޮހޮރެން ފަށައިފިއެވެ. އޭނާ އަބަދުވެސް އެދޭނީ އީނާއަށް އުފާވެރި މުސްތަޤުބަލަކަށެވެ. ނަވީންއަށް އެލޯބި ލިބޭތޯ އިންތިޒާރު ކުރާނެއެވެ. ލިބުނު ނާކާމިޔާބާއި އެކު އޭނާއަށް ދެވުނީ ކޮއްކޮގެ ގާތަށެވެ. “ހައިއަށް އޮތް މާބޮނޑިއެއް” މަސްނޫއީ ހިނިތުންވުމަކާއިއެކު ނަވީން ބުނެލައިފިއެވެ. “ކަމެއް ވެފައި ތިހުރީ ދޮންބެއަށް! ބުނޭ ކާކު ކީއްކުރީ؟ މީހަކު އެއްޗެކޭ ބުނީ؟” ހައިލާއަށް ބުނެލެވިއްޖެއެވެ. އެދޮންބެއާއިމެދު އެކޮއްކޮ ކަންބޮޑުވާ މިންވަރު މިއަމަލުންވެސް ފެނިގެން ދެއެވެ. “މާބޮޑު ކަމެއް ނުވޭ.. ރައި މަތިން ހަނދާންވީ” ނަވީން ބުނެލިއެވެ. ހައިލާއަށް އިސްޖަހާލެވިއްޖެއެވެ. “ސޮރީ..” ހައިލާ ބުނެލިއެވެ. “ޑޯންޓް ސޭ ދެޓް..!” ނަވީން ހައިލާގެ ގައިގައި ބައްދާލިއެވެ.
** **
ގެއަށް ގޮސް ވަންއިރު ޖައުޝްގެ ތުންފަތް މަތީގައި ކުޅެލާފައިވީ ހިތްގައިމު ހިނިތުންވުމެކެވެ. “ދަރިފުޅާ… މިއަދު ހާދަ އުފާވެފައި އަނެއްކާ ކިހިނެއްވީ؟” އައިމިނަތު އަހާލިއެވެ. “އާދެބަލަ! މަންމައާއި ބައްޕަ ގާތު ވާހަކައެއް ބުނަންވެފައި އެބައޮތޭ..” ސަލީމުއާއި އައިމިނަތު އައުމާއެކު ޖައުޝްގެ މޫނުމަތީގެ ކުލަވަރު ސީރިޔަސް ކަމަަށް ބަދަލުވިއެވެ. “މަންމާ… ބައްޕާ! އަހަރެން ލަޔާލީއާއި ކައިވެނިކުރީ ލޯބިންނެއް ނޫން!” ފުންނޭޭވާއަކާއިއެކު ދެލޯ މަރާލަމުން ޖައުޝް ބުނެލިއެވެ. “އޭނނ؟ ދެން ކީއްވެ؟” ސަލީމުގެ ބުމަ ގޮށްޖެހިއްޖެއެވެ. އޭނާއަށް ސޯފާއިން ތެދުވެލެވުނެވެ. ޖައުޝް މީގެ ދެއަހަރު ކުރިން ފެށިގެން މިއަދާއި ހިސާބަށްވީ ހުރިހާ ކަމެއް ކިޔައިދިނެވެ. “ސުބްހާނަﷲ ދަރިފުޅާ! ދޮޅު އަހަރު ލޯތްބެއްނެތް ކައިވެންޏެއްގައި ބަނދެވިފައި ތިހުރީ ބައްޕަމެންނަށް ޓަކައި؟ ދަރިފުޅާ.. އެންމެ ފަހަރަކު ދަރިފުޅު ބައްޕަގާތު ބުނެލި ނަމަވެސް މިކަމަށް އެހެން ހައްލެއް ހޯދައިދިނީމުސް.” ސަލީމުއަށް ބުނެލެވިއްޖެއެވެ. އައިމިނަތުވެސް އިނީ ހައިރާންވެފައެވެ. ދަރިފުޅު އެމީހުންނަށްޓަކައި އެވަރުގެ ޤުރުބާނީއެއް ވީތީއެވެ. ނަމަވެސް ދެން އެންމެ ރަނގަޅީ މާޒީ މާޒީގެ ގޮތުގައި ބޭއްވުމެވެ. ވީކަމެެއް ނުވާކަމަކަށް ނެހެދޭނެއްނޫން ހެއްޔެވެ؟ “ދެން ކޮންއިރަކުން ވަރިވަނީ؟” އައިމިނަތު އަހާލިއެވެ. “ފޯމު ނަގައިފިން. ދެން ވީހާވެސް އަވަހަކަށް ވަރީގެ ކަންކަން ނިންމާލަންވީ” ޖައުޝް ބުނެލިއެވެ
** **
ސިޓިންރޫމުގައިި އާއިލާގެ އެންމެން ހަމައަށް ތިިއްބެވެ. ޖައުޝް ފުންނޭވާއެއް ދޫކޮށްލިއެވެ. “މިއަދުގެ މިިވަގުތުންް ފެށިިގެން ލަޔާލީ ތިއީ އަހަރެންގެ އަންބެއް ނޫން. ތިހުރީ ވަރިކޮށްފައި.” ޖައުޝް ބުނެލިއެވެ. އެޖުމްލަ އޭނާގެ އަނގައިން ބޭރުވެލުމާއިއެކު ހަށިގަނޑަށް ލުއިކަމެއް އިިހްސާސް ވެލިއެވެ. ވައިގެތެރޭ އުދުހެވެމުންދާ ކަމުގެ އިހްސާސާއިއެކު ޖައުޝްއަށް އިނދެވުނީ ދެލޯ މަރާލައިގެންނެވެ. އޭރު އެތުންފަތުގައިިވީ ފަތަހައިިގެ ހިނިތުންވުމެކެވެ. “އީނާ… އައިމް ކަމިން ފޯޔޫ” ޖައުޝް މަޑުމަޑުން ބުނެލިއެވެ. “ހާދަ ކެތްތެރިިކަމެއްނެތޭ” ޖައުޝްއާއި ޖެހިގެންއިން ޖައިޝާއަށް އެޖުމްލަ އަޑުއިވުމާއިއެކު ބުނެލެވުނެވެ. ޖައުޝް ދެލޯ ހަނިކޮށްލުމާއެކު ޖައިޝާގެ ލާނެތް ހިނިތުންވުން ފުޅާވެލިއެވެ. “އައިމް ފްރީ ނައު” ފުންނޭވާއެއް ދޫކޮށްލަމުން ލަޔާލީވެސް ބުނެލިއެވެ. އެ ތިން ލަފްޒު އިވުމާއިއެކު އޭނާގެ ނަފްސަށް ލުއިިކަމެއް ވެރިވެއްޖެއެވެ.
** **
“ޑޭޓަކަށް ދާން ހިނގާބަލަ” ޖައުޝްއަށް ގުޅައިގެން އޮތް އީނާ ބުންޏެވެ. “ޑޭޓަކަށް ދާންވީ ހަމަ.. އެކަމް އައި ހޭވްއަ ގުޑް ނިއުސް” ޖައުޝް ބުނެލިއެވެ. އިރުއޮއްސެމުން ދިޔަވަގުތު ޖައުޝް ހުރީ ބެލްކަނީގައެވެ. މިނިވަންކަމާއިއެކު ވަައިރޯޅިތައް އައިސް އެ ކަސްރަތީ ހަށިގަނޑުގައި ބީހެމުން ދިޔައެވެ. “ވަޓް؟ އަނެއްކާ ކޮން ހަބަރެއް” ކޮފީފޮދެއް ބޯލަމުން އީނާވެސް އަހާލިއެވެ. “އަަހަރެން ލަޔާލީ ވަރިކޮށްފިން” ޖައުޝް ހިނިގަނޑަކާއިއެކު ބުނެލިއެވެ. “އަސްލުވެސްތަ؟ އޯއެމްޖީ. ތިއީ ހަމައެކަނި އަހަރެންގެ ހައްގެއް” އީނާއަށް ދެލޯ މަރާލެވުނެވެ. “އައި ލަވްޔޫ” ޖައުޝްގެ މަސްތީ އަޑު އީނާގެ ކަންފަތުގެ ތެރެއަށް ވަދެގެން ދިޔުމާއިއެކު ހަށިގަނޑުން ހީބިހި ނަގާލިއެވެ. “މާރިދު…” ކުއްލިއަކަށް އީނާއަށް ބުނެލެވިއްޖެއެވެ. މާޒީގެ ހަނދާން އާވެ ޖައުޝްއަށް ޖަހާލެވުނީ ހިނިގަނޑެކެވެ. “އޭރު އަހަރެންނާއި ދިމާލަށް އީން ނުގޮވާ އެއްޗެއް ނެތް” ހެމުން ހެމުން ޖައުޝްއަށް ބުނެވުނެވެ. އީނާގެ މޫނަށް ޖަންބުކުލަ އަރައިގެން ދިޔައެވެ.
** **
ރޭގަނޑުގެ ކެއުމުގެ ވަގުތު އީނާގެ އާއިލާ އެންމެން ކާކޮޓަރީގައި ތިއްބެވެ. އީނާ ކަރުކެހިލިއެވެ. ބައްސާމު ބުމަ ހިއްލާލިއެެވެ. “މަންމާ، ބައްޕާ! އަހަރެން އެބައޮތް ވާހަކައެއް ބުނަންވެފައި” މަޑުމައިތިރި އަޑަކުން އީނާއަށް ބުނެލެވުނެވެ. ބައްސާމު ކުރިއަށް ގެންދާށޭ ބުނެލިއެވެ. “އަހަރެން މިއުޅެނީ ކައިވެނި ކުރަން..” އިސްއޮބާލައިގެން އިނދެ އީނާ ބުނެލިއެވެ. “އެހެންތަ ދަރިފުޅާ! އަލްހަމްދުﷲ. މަންމަ ހާދަ އުފާކޮށްފީމޭ!” އަސްމާ ފުޅާ ހިނިތުންވުމަކާއިއެކު ބުނެލިއެވެ. “ކާކާތަ ތިޔަ އިންނަން އުޅެނީ..” ބައްސާމު އަހާލައިފިއެވެ. އީނާގެ މޫނުމަތިން ދާތިކިތައް ފާޅުވެލައިފިއެވެ. “ޖައުޝްއާއި” އިސްއުފުލާލަމުން އީނާ ބުނެލައިފިއެވެ. “އޭނނ!” ކޮޅަށް ތެދުވަމުން ބައްސާމު ބުނެލިއެވެ. “އެ ސަލީމު ގޯތި ސޮރާއި؟” ބައްސާމު ބުނެލިއެވެ. ދެލޯ މަރާލަމުން އީނާ ބޯޖަހާލިއެވެ. އެންމެންވެސް ސިހިފައި ތިބީ ބައްސާމު ދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ. މިކަމާއި ބައްޕަ ނުޤަބޫލުވާނޭ ކުރިންވެސް އޭނާގެ ހިތް ބުނެލިއެވެ. “ބައްޕާ… އޭނަ މިހާރު ވަރަށް ބަދަލުވެއްޖޭ… އޭޑީކޭ ހޮސްޕިޓަލު ޑޮކްޓަރަކަށް އުޅެނީ… ޕްލީޒް ގަބޫލުވެބަލަ…” އީނާއަށް ރޮވުނެވެ. “ބައްޕަ އެންމެ ފަހަރަކުވެސް ނުގަބޫލޭ ބުނެފިންތަ؟ ތި ގުޅުމަށް ބައްޕަގެ ފުރިހަމަ ރުހުން ދީފިން.. ދެން ނުރޮއޭ… އީނާއާއި ސަމާސައެއްވެސް ކޮށްލެވެން ނޯންނާނެ” ބައްސާމު ހިނިގަނޑަކާއިއެކު ބުނެލިއެވެ. އީނާއަށް ބައްސާމުއާއި ދިމާލަށް ބަލާލެވުނީ ގަބޫލު ނުކުރެވިފައެވެ. “ތެންކިޔު ބައްޕާ..” ފުންމަމުން އީނާ ބުނެލިއިރު އެންމެންގެ މޫނުމަތިން ފާޅުވަނީ އުފާވެރިކަމެވެ.
** **
“އަންގާލައިގެންް އުޅެބަލަ ދޯ” ނައުރީން އީނާގެ ކޮޓަރި ތެރެއަށް ދެމިގަންނަމުން ބުނެލިއެވެ. އީނާ ހީނލިއެވެ. “ވަރަށް ދެރަވެފައި އަސްލު މިއިނީ… އަހަރެންގާތު އީ ނުބުނޭ ވިއްޔާ ދެމީހުން ރައްޓެހިވި ވާހަކައެއްވެސް..” ނައުރީން ތުންއަނބުރާލިއެވެ. “ސާބަސް.. އަދި އެންމެ ދެެތިން ދުވަސް އެވީ..” އީނާ ބުނެލިއެވެ. “އަދި ތަންކޮޅެއް އަވަހެއް ނޫންތަ ކައިވެނި ކުރާކަށް؟ އަދި ވީކެއްވެސް ނުވޭވިއްޔާ” ނައުރީން ބުނެލައިފިއެވެ. “ލޯބިވިތާ 8 އަހަރު ވެއްޖެޔޭ.. ދެން މިހާރު އަހަރެމެން އެކަކުު އަނެކަކަށް ދަސްވެއްޖެެ… ދެން ލަސްކުރުމުގެ ބޭނުމެއް ނެތެއްނު..” އީނާ ހަމަޖެހިލާފައި ބުނެލިއެވެ. “ހަހަހަ… އީގެ ލައިފް.. ގޮތް ނިންމާނީ އީ..” ނައުރީން ބުނެލިއެވެ.
** **
“ދެއަހަރު… މިއަދަށްމިވީ ބަރާބަރު ދެއަހަރު… އެންމެ ދުވަހެއްވެސް ނުދާނެ މިދައްތަަ ތިކޮއްކޮމެން މަތިން ހަނދާން ނުކުރާ..”
ނައުރީންގެ ދެލޮލުން އޮހޮރެމުން ދިިިިިޔައީ ކަރުނައިގެ މުތީތަކެވެ. އޭނާގެ ހަނދާނަށް އައީ މީގެ ދެއަހަރު ކުރީގެ ހަނދާންތަކެވެ.
____
މާޒީ
ކަޅުކުލައިގެ ގައުން ލުމަށްފަހު ބޮލުގައި ގްރެޖުއޭޝަން ތޮފި ނައުރީން އަޅާލިއެވެ. ފޯނުން ގަޑި ބަލާލި ނައުރީންގެ މޫނުގައިވީ ހިިނިިތުންވުމެކެވެ. ފޯނަށް އައިސްފައިިވި މެސެޖު ކިޔައިލިި ނައުރީންގެ ހިނިތުންވުން ފަނޑުވެލިއެވެ. “ސޮރީ ދޮން… 3 އަވާސްއަށް ފްލައިޓް ޑިލޭ ވެއްޖެ” ނަފްއާގެ ފަރާތުންއައި މެސެޖު ނައުރީން ކިޔާލިއެވެ. “އިޓްސް އޯކޭ.. އާދެވުނީމަ އާދޭ” ނައުރީން ބުނެލިއެވެ. މިއަދަކީ ނައުރީން ގްރެޖުއޭޓްވާ ދުވަސްކަމުން އޭނާ ތައްޔާރުވަމުން ދިޔައީ ކޮލެޖް ހޯލަށް ދިޔުމަށެވެ. ކޮންމެ ކުއްޖަކަށްވެސް ގްރެޖުއޭޝަންގެ ތިން ގަޑިއިރު ކުރިން ދާން އަންގާފައިވީތީ ނައުރީންމެން ގެއިން ނުކުތްއިރު ހަވީރު 5 ޖެހީއެވެ.
** **
ގްރެޖުއޭޝަން ރަސްމިއްޔާތު ނިމުނުއިރު 10 ގަޑި ބައިވެއްޖެއެވެ. ކާރުގައި ގެއަށްދިޔަ ނައުރީންއަށް ފޯނުކޯލެއް އައެވެ. “ހަލޯ… ތިއީތޯ ނައުރީންއަކީ؟” އެމީހާ ހާސްވެފައިހުރި އަޑަކުން ސުވާލުކުރިއެވެ. “ލައްބަ… ނައުރީން ވާހަކަ ދައްކަނީ..” ދެބުމަ ގާތްކޮށްލަމުން ނައުރީން ބުނެލިއެވެ. “އަޅުގަނޑަކީ ވަސީމް.. މޯލްޑިވިޔަނުން މިގުޅާލީ.. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކުއަލަލަމްޕުއަރ އެއަރޕޯޓަށް ދަތުރުކުރި a320 މަރުކާގެ މަތިންދާބޯޓު ރަންވޭއަށް ޖައްސަން އުޅުމުގެ ތެރޭ ރަންވޭއިން ކައްސާލާ، ބޯޓު ގޮވައިފި” އޭނާ ބުނެލި ވާހަކައިން ނައުރީންގެ ދެލޯ ބޮޑުވިއެވެ. އޭނާއަށް އެގުޅީ ޓިކެޓް ނެގުމުގެ ހުރިހާކަމެއް ކޮށްދީ އެއާޕޯޓަށް ދިނީވެސް އޭނާގެ ނަމްބަރު ކަމުގައި ވާތީއެވެ. “ހިތާމަވެރި ޚަބަރަކީ… އެކަކުވެސ މިހާދިސާގައި ސަލާމަތެއް ނުވޭ..” އޭނާގެ ޖުމްލައިން ނައުރީންގެ ސިހުން ދެގުނަ ވިއެވެ. ރޮއެގަންނަންވެސް ނޭނގިފައި ނައުރީނަށް އިނދެވުނީއެވެ.
** **
މިހާރު
ލިބުނު އުފާވެރި ދިރިއުޅުމަށްފަހު އެހާދިސާވީީ ނައުރީންގެ ދިރިއުޅުން ބަދަލުކޮށްލުވި ހާދިސާއަކަށެވެ. އެހާދިސާގައި ވަކިވެދިޔައީ އޭނާގެ ދެލޯފަދަ ލޯބިވާ ދެކޮއްކޮއެވެ. އެހާދިސާގެ ސަބަބުން އތައް ދުވަހެއް ވަންދެން ނަފްސާނީ އެހީތެރިއެއްގެ އެހީތެރިކަންވެސް ހޯދިއެވެ.
** **
އީނާއާއިި ޖައުޝްތިބީ މާލޭގެ މަޝްހޫރު ރެސްޓޯރެންޓެއް ކަމުގައިވާ ލެމަން ގްރާސްގައެވެ. މުޅިތަނުގައި ޖަހާފައިވީ ލުއިލުއި މިޔުޒިކެކެވެ. “އެބައޮތް ސަޕްރައިޒެއް…” ޖައުޝް ބުނެލިއެވެ. ޖައުޝް އީނާގެ ލޮލުގައި ފޮތިގަނޑެއް ބަނދެލިއެވެ.. އިރުކޮޅެއް ކޮށްފައި އެ ފޮތިގަނޑު މޮހައިލިއެވެ. އޭރު މުޅިތަނުގައިވީ ކަނު އަނދިރިކަމެވެ. ކުއްލިއަކަށް އީނާގެ ވަށައިގެން ހިތުގެ ބަށްޓަމެއް ކުރަހާލެވުނެވެ. އެހިތުގެ ތެރޭގައިހުރީީ ރަތްފިނިފެންމަލުގެ ފިޔައެވެ. “ފަހަތަށް އެނބުރިލާ..” ޖައުޝްގެ އަޑު އޭނާގެ ކަަންފަތުގައި ޖެހުނެވެ. ފަހަތަށް އެނބުރިލުމާއެކު މުޅިތަން ފަނޑު އައްޔަކުން ދިއްލުނެވެ. “ވިލްޔޫ މެރީމީ؟” އެއްފައި މައްޗަށް ތިރިވެލައިގެން އިނީީ ޖައުޝްއެވެ. “ސޭ ޔެސްް” ފަހަތުން އިވުނީ ޝާހާ، ނައުރީން އަދިި ނަޒްޔަކްގެ އަޑެވެ. “ޔެސް” މަޑުމަޑުން އީނާ ބުނެލިއެވެ. “ކޮންގްރާ ބެސްޓީ” ނައުރީންއާއި ޝާހާ އީނާގެ ގައިގައި ބައްދާލަމުން ބުނެލިއެވެ.
** **
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިންޓަނޭޝަނަލް ބައިން ފަރި ހިނގުމެއްގައި އައީ އަންހެން ކުއްޖެކެވެ. ބަލާބެލުމަށް ވައްތަރީ ދިވެއްސަކާއި ނަމަވެސް އެކުއްޖާގެ ހެދުން އެޅުމުގެ ވައްޓަފާޅި ހުރީ ހުޅަނގުގެ ގޮތަށެވެ. ލައިފައިހުރީީީ ކިިރިޔާ ބަނޑު ނިވާވާ ވަރުގެ ހެދުން ކޮޅެކެވެ. ތިރިން ލައިފައިހުރީ ފަޔަށްބާރު ޖިންސެކެވެ. އެކުއްޖާ އެޖިންސު ލީގޮތެއްވެސް ދެނެވޮޑިގެންވާނީ ހެއްދވި ފަރާތެވެ. އެމޫނުގައި ހުރިއްޔާ ހުރި ރީތިކަމަކީ މޭކަޕުގެ ރީތިކަމެވެ. މޫނުވެސް ހީވަނީ ދެންމެދެންމެ ފުށްބަސްތާއަކުން ނަގައިގެންއައި އެއްޗެއް ހެންނެވެ. ތުންފަތްްވެސް ރަތްކަމުން ލޭގަނޑެއް ފަަދައެވެ. އިސްތަށިގަނޑުގައި ހުރީ ފާޑެއްގެ ބްލޮންޑް ކުލައެއް ޖައްސާފައެވެ. އަރާފައިހުރި އުސްކަށި ފައިވާނުގެ އުސްމިނުގައި އުޑާއި ބިމާއި ދޭތެރޭގެ ދިގުމިން ނެތިއްޔާ ރަނގަޅެވެ. “ލޫނާ މޭމް..!” ފަހަތުން އިވުނު އަޑާއެކު ލޫނާއަށް ފަސްއެނބުރި ބަލާލެވިއްޖެއެވެ. “ދުރުވޭ މިކޮޅަށް” އެތަނުގައި ހުރީ މެދުއުމުރުގެ ފިރިހެނެވެ. “މޫސަވެސް ގަޑިއަށް ފަރުވާތެރިވާން ދަސްކުރަން ވެއްޖެ ކަންނޭނގެ” ލޫނާ އެމީހާއާއި ދިމާލަށް ބުނެލިއެވެ. އެމީހާ އިސްޖަހާލަމުން ލޫނާގެ ފޮށިތައް ހިފައިގެން ހިނގައިގަތެވެ. “އީނާ… ޖައުޝް.. ލައްކަ ދުވަހު އުފަލުގައި އުޅެފީމެއްނު.. އާސްމާނުުގައި އުދުހެފީމެއްނު” ލޫނާ ބުނެލިއެވެ. “ބަރާބަރު… މިއީ ހަމަ ބިމަށް ތިރިވާންވީ ވަގުތު.. ދެނެއް ތިހެން އުފަލަކު ތިދެމީހުންނަކަށް ނޫޅެވޭނެ… އަހަރެން ތި ދިރިއުޅުން ހަލާކު ކޮށްލާނަން… ޖައުޝްގެ އަންބަކަށް ވެފައި ނޫނީ އަހަރެން ހަމަނޭވާ ނުލާނަން… މިހަށީގައި ވިންދު ހުރިހާ ހިނދަކު ތިމީހުންނަށް އުފަލުގައި ނޫޅެވޭވަރު ކުރާނަން…” ލޫނާ ބުނެލިއެވެ. “އައިމް ބެކް.. ލެޓް ދި ގޭމް ބިިގިން” ލޫނާ އިތުރުކޮށްލިއެވެ. އޭރުއެތުންފަތުގައިވަނީ ވިހަގަދަ ނުލަފާ ހިނިތުންވުމެކެވެ.
____________
17 ވަނަބައި
ބޭވަފާތެރި ވުމުން ޔާރާ – 17
4k 21 May 5, 2021
561+އ-
Rainlover
ކުރީގެ ޢަދަދުތައް ▼
އާދައިގެ މަތިން ޖައުޝް އޮފީހަށް ދިޔައީ ގަޑިޖެހުމުގެ ގަޑިއެއްހާއިރު ކުރިންނެވެ. އާއއްމުކޮށް އޭނާ އެހާއިރު ދަނީ ބައެއް ރިޕޯޓުތައް ނިންމަން ނަމަވެސް މިއަދު އޭނާގެ ދެބޭނުމެއް އޮތެވެ. އެއީ ހޮސްޕިޓަލުގެ ވެރިމީހާ އޭނާއާއި ބައްދަލުކޮށްލަން ބޭނުންވުމުންނެވެ. ހޮސްޕިޓަލުގެ ކެންޓީނަށް ގޮސްވަންއިރު މަދުމަދުން އެތެރޭގައި މީހުން ހަރަކާތްތެރިވާާ މަންޒަރު ފެންނަމުން ދިޔައެވެ. ގޮނޑިއެއްގައި އިށީންގޮތަށް އޭނާ ފުންވިސްނުމަކަށް ގެއްލުނެވެ. އަޅިކުލައިގެ ފުންކަނޑެއފަދަ ދެލޮލުން ކޮންމެވެސް ވަރަކަށް ނުތަނަވަސްކަމުގެ އަސަރުތައް ފެންނަމުންދިޔައެވެ. ކެންޓީނުގައިތިބި އެންމެންގެ ނަޒަުވެސް ދޮރާއި ދިމާލަށް ހުއްޓުނެވެ. އެއާއެކު އެންމެންގެ މޫނުމަތިން ހައިރާންކަން ފާޅުވެގެން ދިޔައެވެ. ހޮސްޕިޓަލުގެ ވެރިމީހާ ކެންޓީނުން ފެނުމުން އެންމެން އޭނާއަށް އިހްތިރާމް އަދާކުރިއެވެ. އެންމެންނަށް ހިނިތުންވުމެއް ދިނުމަށްފަހު ޝާހިދު ހިނގައިގަތީ ޖައުޝް އިން މޭޒާއި ދިމާލަށެވެ. އެހެން އެންމންނެކޭ އެއްފަދައިން އޭނާވެސް ވެރިމީހާއަށް އިހްތިރާމް އަދާކުރިއެވެ. “ޖައުޝް.. ކޮބާ ހާލު ކިހިނެއް” ޝާހިދު އަހާލިއެވެ. ރަނގަޅު ކަމުގައި ޖައުޝް ބުނެލިއެވެ. މަސައްކަތުގެ މާހައުލުގައި ކަން ހިނގާގޮތް ޝާހިދު އޮޅުންފިލުވިއެވެ. “ޖައުޝް… އަހަރެން މިއުަެނީ މާބޮޑު ވާހަކައެއް ދައްކާކަށްނޫން… ޖައުޝްއަށް ނޭނގިދާނެ އަހަރެންގެ ދަރިފުޅު ލޫނާ..” ޝާހިދު ބުނެލިއެވެ. ޖައުޝްގެ މޫނުމަތީގެ ކުލަވަރުތައް ވަރަށް ރަނގަޅަށް ދިރާސާ ކުރަމުންނެވެ. ޖައުޝްގެ މޫނުން ކަންބޮޑުވުމެއްގެ އަސަރު ފާޅުވެލިއެވެ. ޖައުޝްގެ މޫނުން ޝާހިދު ބޭނުންވި ކުލަވަރު ފާޅުވުމުން އެއްމިޔަކަނިން އޭނާއއށް ހިނިތުންވެލެވުނެވެ. ދާދި އަވަހަށް އެއއަސަރުތައް ފޮރުވާލުމުގައި ޖައޝް ކުރިހޯދިއެވެ. ޖައުޝް ބޯޖަހާލިއެވެ. “އޭނަ ޖޮއިންވާނެ މިއަދު މިހޮސްޕިޓަލާ.. އެސިސްޓެންޓް ހެޑަކަށް ދެން ހުންނާނީ ލޫނާ..” ޝާހިދު ބުނެލައިފިއެވެ. ބޯ ޖަހާލިއިރު ޖައުޝްގެ މޫނުން ތަފާތު އަސަރެއް ފާޅުވަމުން ދިޔައެވެ. “ޖައުޝް ޖެހޭނެ އޭނަޔަށް އެހީވެ އެއްބާރުލުންދޭން.. ވަކިން ހާއްސަކޮށް ޖައުޝްގާތު މިވާހަކަ މިބުނެލީ ތިއީ އަހަންނަށް އެންމެ އިތުބާރުކުރެވޭ ޑޮކްޓަރު ކަމުގައިވާތީ…” ޝާހިދުގެ އަމަލުތަކުން ކަމުގައި ފޮރުވިފައިވާ ސިއްރެއް އޮތްކަން ހާމަވަމުން ދިޔައެވެ.
** **
ކަޅުކުލައިގެ މަޒްޑާ ޑެމިއޯ 2020 ގެ ކާރުން ފޭބި ލޫނާގެ މޫނުމަތިން ބޮޑާކަމާއި ކިބުރުވެރިކަމުގެ އަސަރުތައް ފެންނަމުން ދިޔައެވެ. ކެޓް ވޯކްގައި ހިނގާލާފައި ހޮސްޕިޓަލު ތެރެއަށް ވަދެގެން ދިޔައިރު އަރައިގެންހުރި އުސްކަށި ފައިވާނުގެ ޓޮއްޓޮއް އަޑު މުޅި ތަނުގައި އިވެމުންދިޔައެވެ. ފޮނި ގޮތަކަށް އިސްތަށިގަނޑުގައި އަތްފުނާ އަޅާލަމުން ލޫނާ ހިނގައިގަތީ ރިސެޕްޝަނަށެވެ. “އެކްސްކިއުސްމީ.. ޑޮކްޓަރސް ލައުންޖް ކޮބައިތަ..” ލޫނާ ބުނެލިއެވެ. “ހޫ އާރ ޔޫ.. ނޭނގުނު.” އެކުއްޖާ ބުނެލިއެވެ. “ވަޓް ދަ ފ* ބި*! އައިމް ޑޯޓަރ އޮފް ޝާހިދު.. ޑޯންޓް ޔޫ ނޯ ޝާހިދު.. ހީ އޮއުންސް ދި ހޮސްޕިޓަލް..” ތުން އަނބުރާލަމުން ލޫނާ ބުނެލިއިރު އެމޫނުމަތިން ރުޅިވެރިކަމުގެ އަސަރުތައް ފާޅުވަމުން ދިޔައެވެ. “އައިމް ރިއަލީ ސޮރީ.. ފަސްޓް އަދި ސެކަންޑް ފްލޯއަކީ ޑޮކްޓާސް ލައުންޖް.. އެހެންވީމަ މޭމް ދުރުވަން ޖެހޭނީ ސެކަންޑް ފްލޯއަށް” އެކުއްޖާ ބުނެލިއެވެ. ބޯހޫރުވާލަމުން ލޫނާ ދިޔައިރު އެމޫނުމަތިން ހެކިދެނީ އަދިވެސް ރުޅިއައިސް ހުރިކަމެވެ.
** **
ރިޕޯޓްތައް ނިންމަންއިން ޖައުޝްއަށް ސިހުމެއް ލިބުނީ ކޮޓަރި ދޮރުގައި ޓަކިދިން އަޑުންނެވެ. ގަޑިޖެހުމުގެ ކުރިން ދެން އަންނާނީވެސް ކާކުބާވައޭ ހިތަށް އަރަމުން ދިޔައީ އެއީ އީނާއަށްވެސް ވެދާނެކަމުގެ އުއްމީދުގައެވެ. ރީތި ހިނިތުންވުމަކާއިއެކު ދޮރުހުޅުވާލި ޖައުޝްގެ ތުންފަތުގެ ހިނިތުންވުން ފަނޑވެލީ ފެނުނު ސޫރައެއްގެ ސަބަބުންނެވެ. އެއީ ލޫނާނޫން ދެވަނަ މީހެއް ނޫނެވެ. އޭނާގެ ދިރިއުޅުމަށް ޒަހަރުލާން އަޒުމު ކަނޑައެޅި ލޫނާއެވެ. “އައްސަލާމް އަލައިކުމް” މަޑުމައިތިރިކަމާއިއެކު އިސްޖަހާލަމުން ލޫނާ ބުނެލިއެވެ. “ވަ..ވައަލައިކުމް ސަލާމް.. ލޫނާ ކިހިނެއް؟” ހައިރާންކަންމަތީ ހުރ ޖައުޝްއަށް ބުނެލެވިއްޖެއެވެ. “އަލްހަމްދުﷲ ވަރަށް ރަނގަޅު..” ލޫނާ ބުނެލިއެވެ. އަނެއްކާވެސް ޖައުޝްއަށް ލިބުނީ އިތުރު ހައިރާންކަމެކެވެ. ލޫނާގެ ބަސްމަގު ހުރި ގޮތުންނެވެ. “ސަރ.. އަޅުގަނޑުގެ ރޫމް ދައްކާލެވިދާނެތޯ؟” ލޫނާ ބުނެލިއެވެ. “ޔެސް.. މިރޫމުގެ ކުރިމަތި..” ޖައުޝް ބުނެލިއެވެ. ތެންކްސް އޭބުނެ ލޫނާ ހިނގައިގަތްތަން ބަލަން ޖައުޝްއަށް ހުރވުނީ ހައިރާންކަމާިއެކުގައެވެ. ޖައުޝްގެ މޫނަށް އަރާފޭބި ކުލަވަރުފެނި ލޫނާއަށް ހީނލެވިއްޖެއެވެ. “ފަސްޓް ޓާސްކް އޮފް ފަސްޓް ފޭސް.. އިޓް ވެންޓް ވެރީ ވެލް..” އަމިއްލަ ނަފްސާއި ދޭތެރޭ ފަޚުރިވެރިވެލަމުން ލޫނާ ބުނެލިއެވެ.
** **
“އީ.. ބޮސްގެ ދަރިފުޅު ޖޮއިން ވެއްޖެ ހޮސްޕިޓަލާއި..” ޖައުޝް ބުނެލިއެވެ. “އެހެންތަ؟ ކޮންނަމެއް ކިޔަނީ” އީނާ އަހާލައިފިއެވެ. އެއަޑުގައި އެއްވެސް ޝައުގެއްނެތްކަން ޖައުޝްއަށް ފާހަގަވިއެވެ. “ލޫނާ.. ލޫނާ މުހައްމަދު ޝާހިދު..” ޖައުޝް ބުނެލިއެވެ. “ބޮސް ބުނުއްވި ލޫނާއަށް ވަރށް ހެލްޕް ވެދޭށޭ.. އީވެސް ވާނެ ފްރެންޑް ވެލަން” ޖައުޝް ބުނެލިއެވެ. އީނާ ފޫހިގޮތަކަށް ބޯޖަހާލިއެވެ. “އީ ކަމެެއް ވެފަތަ؟” ޖައުޝްއަށް އެންމެފަހުން އަހާލެވުނެވެ. “އުނހޫ.. އެއްވެސް ކަމެއް ނުވޭ.. މިތަނަށް އައިސް ބޮސްއަކާއި ލޫނާއެއްގެ ވާހަކަ ވިއްޔަ ތިފެށީ ދައްކަން.. އެހެންވެ ވަރަށް އުފަލުން މިއިނީ.. ޖައުޝް ދާންވީނުން ލޫނާގެ އުނގަށް ވަދެ އޮންނަން.. ލޫނާގައިގައި އޮޅުލާ ބައްދަން ދާންވީނުން” އީނާ ރުޅިއައިސް ބުނެލިއެވެ. ޖައުޝްގެ ކައިރިއަށް ހިނިއަންނަ ގޮތްވިއެވެ. “ބޭބީ ރުޅިއައީމަ މާލޯބި..ދެން ތިހެން އުޅެންޏާ ޖެހޭނީ ކިސްއެއް ދޭން” ޖައުޝް ބުނެލިއެވެ. އަދި އީނާގެ ގައިގައި ބައްދާލަމުން އީނާގެ ކޯތާފަތަށް ބޮސްދިނެވެ. ވަގުތުން އީނާގެ ހުރިހާ ޝަކުވާތަކެއް ފިލައިގެން ދިޔައެވެ. “ސޮރީ ބޭބް.. ތިނޫން އަންހެނެއް އަހަރެންނަށް ހަރާމްވާނެ..” ޖައުޝް ބުނެލިއެވެ. އީނާވެސް ހިނިތުންވެލަމުން ޖައުޝް ގައިގައި ބައްދާލިއިރު ދެލޮލުގައި ވިދަމުން ދިޔައީ އުފާވެރިކަމުގެ ކަރުނައެވެ.
** **
ބަނޑުބޮޑުވުމުން ނައުރީން ޗުއްޓީ ނަގާފައި ވުމާއިއެކު އީނާއަށް ހޮސްޕިޓަލުތެރޭ ފޫހިކަމެއް އިހްސާސް ކުރެވެމުން ދިޔައެވެ. ހައިލާވެސް ބްރޭކަށް ނުދާނެކަން ބުނުމާއިއެކު އީނާ ކެންޓީނަށް ދިޔައީ އެކަންޏެވެ. ހައިލާގެ ފަރާތުން އެނގުނު ގޮތުގައި ނަވީންވަނީ އެހެން ހޮސްޕިޓަލަކަށް ބަދަލުވެފައެވެ. ކެންޓީނަށް ގޮސް ހަނާކުރި މަސްކޮޅަކާއި ފަސްވަރަކަށް ރޮއްޓާއި ހެދިކާކޮޅެއް އަޅައިގެން އީނާ އިށީނެވެ. އިރުކޮޅެއްފަހުން އެތަނަށް ނުދަންނަ ކުއްޖެއް އައެވެ. އީނާ ފާޑަކަށް ބަލާލިއެވެ. “ހައި.. މިތާ އިށީނަސް އޯކޭތަ؟” އެކުއްޖާ އަހާލިއެވެ. އެންމެ މިޒަމާނުގެ ގޮތަށް ހެދުން އަޅާފައި ހުއްޓެއްކަމަކު މޫނުމަތިން އެއްވެސް ބޮޑާކަމެއް ނުފެނެއެވެ. ނަމަވެސް އީނާއަށް ނޭނގުނީ އެއީ އީނާއަށް ދައްކާލި ދަޅައެއް ކަމެވެ. “އާނ.. އިށީނދެލާ.. އަހަރެންވެސް ވަރށް ފޫހިވެފައި މިއިނީ” އީނާ ބުނެލިއެވެ. “ލޫނާ… 25 އަހަރު..” ސަލާމަށް އަތްދިއްކޮށްލަމުން ލޫނާ ތައާރަފް ވެެލިއެވެ. “އީނާ.. 26 އަހަރު..” އީނާ ބުނެލިއެވެ. “ޖައުޝް ސަރގެ ގާރލްފްރެންޑް ދޯ” ލޫނާ އެކުވެރި ގޮތަކަށް އަހާލައިފިއެވެ. އީނާގެ މޫނުން ހައިރާންކަމުގެ އަސަރު ފާޅުވެލިއެވެ. “ހައު ޑިޑްޔޫ ނޯ؟” އީނާއަށް އަހާލެވުނެވެ. “ސަސްްޕިޝަސް ކޮށް ވިއްޔާ ތިދެމީހުން އުޅުނީ” ހިނިގަނޑަކާއިއެކު ލޫނާ ބުނެލިއެވެ. އީނާއަށްވެސް ހެވުނެވެ. އީނާއަށް ނޭނގި ނަމަވެސް ކައިރިވެވެމުން ދިޔައީ ވިހަގަދަ ހަރުފައަކާއިއެވެ. އެ ހަރުފަ ވިހަދޫކޮށްލާނީ ކޮންއިރަކު ކަންވެސް ނޭނގެއެވެ.
** **
ކައިވެނީގެ ކަންތައްތައް ހަމަޖެއްސުމަށް އީނާއާއި ޖައުޝްގެ އާއިލާތިބީ ޖައުޝްމެންގޭ ބަގީޗާގައެވެ. އެތަނުގައި އީނާގެ މައިންބަފައިންނާއި ނައުރީންގެ ކުޑައާއިލާގެ އިތުރުން ތިބީ ޖައުޝްގެ މައިންބަފައިންނާއި ޖައިޝާއެވެ. މޭޒުމަތީގައި ތަފާތު ވައްތަރުގެ ހެދިކާތައް އަތުރާލެވިފައި ވެއެވެ. މާހައުލުގައި މުޅީންވެސް ދެކެވެމުން ދިޔައީ ކައިވެނީގެ ވާހަކައެވެ. “އަހަރެން ބޭނުމީ ބީޗް ވެޑިންއެއް..” އީނާ ބުނެލިއެވެ. އެއާއެކު ޖައުޝްވެސް ބޭނުންވަނީ އެގޮތް ކަމުގައި ބުނެލިއެވެ. “ވެޑިން ބާއްވަންވީ ކުޅުދުއްފުށީގައިހެން މަންމައަށް ހީވަނީ..” އަސްމާ ބުނެލިއެވެ. އަސްމާގެ ޚިޔާލަށް އައިމިނަތުވެސް ތާއީދުކުރިއެވެ. އެކަމުގައި އީނާއާއި ޖައުޝްގެ ޚިޔާލެއްވެސް ހޯދިއެވެ. “އަހަންނަށްވެސް ހީވަނީ ތިގޮތްހެން ރަނގަޅުވާނީ..” އީނާވެސް ބުނެލިއެވެ. އެންމެފަހުން ތަންވެސް ހަމަޖެހިގެން ދިޔައވެ. “އެހެންވީމަ މާދަންނޫން އަނެއްދުވަހުން ކުޅުދުއްފުއްޓަށް ދާން ޓިކެޓް ނަގަންވީއެއްނު” ބައްސާމު ބުނެލިއެވެ. އެންމެންވެސް އެކަމާއި އެއްބަސްވިއެވެ. މަދުމަދުން ޖައުޝް ދިޔައީ އީނާއށް އެކިއެކި ޖެއްސުން ކުރަމުންނެވެ. މިހާރުވެސް މޭޒުދަށުން އީނާގެ އަތާއި ޖައުޝް ދިޔައީ ކުޅެމުންނެވެ. “ޖައުޝް ދެން މީހަކަށް އެނގިދާނޭ..” އީނާ ސިއްރުން ބުނެލިއެވެ. “ދަރިފުޅާ އީނާ.. އެއްޗެއް ނުވެސް ކާލަންތަ ދަރިފުޅު” ވަރަށް ލޯބިން އަިމިނަތު ބުނެލިއެވެ. “ނޫން ދައްތާ އެބަކަމޭ” އީނާ ބުނެލިއެވެ. އެވަގުތު އައިމިނަތު އީނާއާއި ދިމާލަށް ބަލާލިގޮތުން ހީވީ ބޮޑު ކުށެއް ކުރެވުނީ ހެންނެވެ. އީނާގެ މޫނަށް ހައިރާންކަން ވެރިވިއެވެ. “ދެން ދައްތައެއް ނުކިޔާނެ.. މަންމަ ކިޔާނީ” އައިމިނަތު ބުނެލިއެވެ. އީނާއަށް ހެވުނެވެ. “ދޮންބެ ކީއްތަ ތިޔަކުރަނީ އީނާދައްތަ އަތުގައި ހިފައިގެން އިނދެ” ލާނެތް ގޮތަކަށް ބުނެލިއެވެ. “ޖައިޝާ!” އަޑަށް ބާރުލައިފައި ޖައުޝް ގޮވާލިއެވެ. އޭރު އީނާގެ މޫނު ލަދުން ރަތްވެއްޖެއެވެ. ދަރިންގެ ސަކަރާތް ބަލަން މައިންބަފައިން ތިބީ ހެވިފައެވެ.
** **
ޖައުޝްގާތުގައި މިއަދު ލޫނާ އޭނާއާއި ބައްދަލްކޮށްލަން ބޭނުންވާކަން ހާމަކުރިކަން ހަނދާންވީ ދެންމެއެވެ. ވަރަށް އަވަސްކޮށްލައިގެން ނުކުމެ ޖައުޝް މިސްރާބުޖެހީ ސޯލްޓް ކެފޭއަށެވެ. އެތަނަށް ވަނުމާއެކު ކަހަލަ ގޮތަކަށް އޭނާގެ ލޮލުގައި ލޫނާ އަޅައިގަތެވެ. ލޫނާއިނީ ކޮންމެވެސް ފިރިހެނަކާއެކުގައެވެ. “ސަލާމް.. ސޮރީ ލޭޓްވީމަ” ޖައުޝް ބުނެލިއެވެ. “އިޓްސް ފައިން.. އެނީވޭއި.. މީ އަހަރެންގެ ބޯއިފްރެންޑް ވިއާމް.. ވިއާމް މީ ޖައުޝް.. ކުރީގެ ފްރެންޑެއް” ލޫނާ ތައާރަފުކޮށްދިނެވެ. ޖައުޝް ހިނިތުންވެލަމުން ވިއާމްއާއި ސަލާމް ކޮށްލިއެވެ. “ޖައުޝް.. މާޒީގައި އަހަރެންނަށް ކުރެވުނު ކަމަކަށް، އަދި ބުނެވުނު ބަހަކަށް މައާފް ކޮށްދެއްޗޭ.. މިހާރު އަހަރެން ދެރަވޭ ތިމީހުންގެ ދިރިއުޅުމަށް ވަދެވެން އުޅުނީމަ.. އަސްލު އީނާއާއި ޖައުޝް ވަރަށް ގުޅޭ.. ވަރަށް ލޯބި ދެމީހުން.. މިހާރު އަހަރެންގެ ހިތަކު ޖައުޝްއާއި ދޭތެރޭ އެފަދަ އިހްސާސެއް ނެތް.. އަހަރެން އަބަދުވެސް އެދޭނީ ތިދެމީހުންނަށް އުފާވެރިކަން..” ލޫނާ ބުނެލިއެވެ. “އެއީ އެއްވެސް މައްސަލައެއްނޫން.. އަހަރެން ލޫނާއަށް ހެޔޮހިތަކާއިގެން މައާފްކޮށްފިން.. ދެން ވީކަމެއް ހަނދާން ނައްތާލާ.. އަދި އެބައޮތޭ އެހެން ވާހަކައެއްވެސް.. އަހަންނާއި އީނާ މިއުޅެނީ މެރީކުރަން.. މެރީކުރަން ދަނީ ރަށަށް.. އަހަރެންނާއި އީނާގެ ވަރަަށްބޮޑު އެދުމެއް ލޫނާ އަހަރެމެންނާއި ބައިވެރިވެލުމަކީ.. ހުރިހާ ޚަރަދެއް ދޭނީ އަހަރެމެން..” ޖައުޝް ބުނެލިއެވެ. “ޔަޤީނުންވެސް ތިމީހުންގެ އުފަލުގައި އަހަރެން ބައިވެރިވާނަން” ހީނލަމުން ލޫނާ ބުނެލިއެވެ. ލޫނާއަށް އަލުން އިތުބާރުކޮށް މައާފް ދިނުމަކީ ޖައުޝްއަށް ހެދުނު އެންމެ ބޮޑު ގޯސްކަން އެނގޭނަމަ އެކަން އޭނާ އެގޮތަށް ނުކުރީސްކަން ކަށަވަރެވެ.
** **
“ސާބަހޭ ލޫނާ!” އަތް ޖަހާލަމުން ވިއާމް ބުނެލިއެވެ. “ޝުކުރިއްޔާ އަހަރެންގެ ފޭކް ބޯއިފްރެންޑަށް ވެދިނީތީ” ލޫނާ ބުނެލިއެވެ. “ޔޫ ސްޓިލް ލަވް ހިމް؟” ވިއާމް އަހާލިއެވެ. “ތީދެން މީހަކު އަހާވެސް ކަހަލަ ސުވާލެއް ނޫނެއްނު.. އޮފްކޯޒް.. އަބަދަށްވެސް ލޯބިވާނަން” ލޫނާ ބުނެލިއެވެ. “ތި ހިޔަޅު ވިސްނުމަށް އައްސަރިބަހާ ސާބަސް.. ދެން މަށަށްވީ ފައިދާ ކޮބާ..” ވިއާމް ބުނެލިއެވެ. “ހަހަހަ.. އުފަލާއި އަރާމް ދޯ.. މިރޭ 9 ޖަހާއިރު އަހަރެން ބުނާ ގެސްޓް ހައުސްއަކަށް އާދޭ” ލޫނާގެ ވާހަކަތަކުން އޭނާގެ ނުބައި އުޅުން އެނގިގެން ދިޔައެވެ. ލޫނާ އެންމެފަހުން އެތަނުން ދިޔައެވެ. “މޮޔަ އެންޑް ޕުއާ ލޫނާ.. އެއްވެސް މީހަކު އެދުމެއްނެތި ވެދުމެއް ނުކުރާނެ.. ލޫނާއެއް ނޫން ޖައުޝްއާއި އީނާގެ ދިރިއުޅުން ހަލާކު ކޮށްލާނީ.. އަހަރެން ތި ލޫނާގެ ދިރިއުޅުން ނަރަކައަށް ހަދާލާނީ” ވިއާމް އަމިއްލަ ނަފްސަށް ބުނެލިއިރު އެތުންފަތުގައި ނުބައި ހިނިތުންވުމެއް ވިއެވެ.
** **
“އަހަރެންނަށް އާ ރައްޓެއްސެއް ލިބިއްޖެ މިއަދު.. ވަރަށް ރަނގަޅު އޭނަ.. ލޫނާ ކިޔަނީ” ނައުރީންއަށް އީނާ ކިޔައިދިނެވެ. “އެހެންތަ.. އެކަމަކު އަހަރެން ބުނަންތަ ވަރަށް ރަނގަޅު ވާހަކައެއް.. އެންމެ ކައިރީގައި އުޅޭ މީހުންނަށްވެސް އިތުބާރު ކުރުމުގައި ހައްދެއް އޮންނަންވާނެ.. ގިނަ ފަހަރަށް ކެހިދޭނީ އެންމެ ގާތުގައި އުޅޭ މީހުން.، ތި ލޫނާއަކީވެސް ހަމަ ވަރަށް ނުބައި ކުއްޖަކަށްވެސް ވެދާނެ” ބޮޑުމީހެއް ފަދައިން ނައުރީން ނަސޭހަތްދިނެވެ. “އޯކޭ މާމާ..” ފާޑަކަށް ހެނމުން ހެނމުން އީނާ ބުނެލިއެވެ.
=ނުނިމޭ=
އެއްކޮށް ލިޔެފަ އިނީމަ ކޮންޓިނިއު ކޮށްލީ. މިއީ ހަމަ ވާހަކަ.ކޮމް އަށް އަޅުގަނޑު އަޕްކޮށްފަ އިން ވާހަކަ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.



