Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބޭވަފާތެރި ވުމުން ޔާރާ 12، 13، 14

Rain lover Level 310 Stories100 Comments100 Login
December 11, 2021 14 Mins Read
0 Comments

7 އަހަރު ފަސް……

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިންޓަނޭޝަނަލް ބައިން ހިނގާލާފައި އައި އަންހެން ކުއްޖާގެ މޫނުމަތީގައި ހިނިތުންވުމެއް ވިއެވެ. “ނައުރީން…” އެ އަންހެން ކުއްޖާ ފަސްއެނބުރި ބަލައިލަމުން ގޮވާލިއެވެ. ދެކުދިންގެ އަތުގައި ހިފައިގެން އެތަނަށް އައީ ނައުރީންއެވެ. “ފިރިކަލުން ކޮބާ؟” އީނާ އަހާލިއެވެ. “ޒެކް އެބަހުރި ލަގެޖްތައް ކަލެކްޓް ކުރަން.” ނައުރީން ފަރާތް ފަރާތް ބަލާލަމުން ބުނެލިއެވެ. “ނާލް، ނާޔޫ! ވަރުބަލިވެފައިތަ؟ ހާދަ މަޑުމަޑުން ތިތިބީ މިއަދު” އެކުދިންނާއި އެއްވަރަށް ތިރިވެލަމުން އީނާ ހިނިތުންވެލަމުން އަހާލިއެވެ. އެއާއެކު އޭނާގެ އަލި މޫނު އިތުރަށް ފުރިހަމަވި ފަދައެވެ. “ޔެސް ތުއްތީ. ނާލްވެސް ޓަޔަޑް. ކޮއްކިވެސް ބުނީ ޓަޔަޑްއޭ. ބިގް އެއާޕްލޭނަކުން ޓްރެވެލް ކޮށްލީމަ ހުރިހާ ކުދިންވެސް ޓަޔަޑް ވާނޭނުން ދޯ ތުއްތީ” ނާލާ މައުސޫމް ގޮތަކަށް ޖަވާބު ދިނެވެ. “މާމާ!” އެދިމާލަށް ހިނގާލާފައި އައި އަސްމާ ފެނި ދެކުދިން ދުވަމުން އެދިމާލަށް ދިޔައެވެ. “ދަރިފުޅުމެން ބަލައިގެން” އަސްމާއަށް ބުނެލެވުނެވެ. އެކުދިން ގޮސް އަސްމާގެ ގައިގައި ބައްދާލިއެވެ. “އެނގޭތަ މާމަ ދިޔަ ދުވަހުން ފެށިގެން ނާޔޫ ކައުންޓ ކުރިން ޑޭސްތައް. މިއަދު މިހާރު މާމަ ނުފެންނަތާ ތްރީ އިޔާޒްވީއޭ. ދެން ނާލްއާއި ނާޔޫވެސް މާމަ މަތިން މިސްވާނޭނުން” ހަށަން ބަނދެލަމުން ނާޔާ ބުނެލި ގޮތުން އެންމެންގެ މޫނުމަތިން ހިނިތުންވުން ފާޅުވެލިއެވެ. “އެހެންތަ ދަރިފުޅުމެން ކައިރިން ދެން މާމަ ނުދާނަމޭ. ދެން ބައިވަރު ވާހަކަ ދައްކާނީ ގެއަށް ގޮސް. ޑެޑީ ކޮބައިތަ މިހާރު؟” އަސްމާ އަހާލިއެވެ. “ޑެޑީ ބޮކްސްތައް ކަލެކްޓް ކޮށްލަނީނުން” ނާލާ ވަރަށް ހެވިލާފައި ބުނެލިއެވެ. ނާލާ ‘ބޮކްސް’ އޭ ބުނެލި ގޮތުން ކުޑަކޮށް ނައުރީން ގާތަށް ހިނިއައެވެ. “ކޮބާތަ ޑެޑީގެ ބޭބީޒް” ނަޒްޔަކް ޓްރޮލީއަކަށް ލަގެޖްތައް އަރުވައިގެން އެދިމާލަށް އަންނަމުން ބުނެލިއެވެ. މި ފާއިތުވި ހަތް އަހަރުތެރޭ އެ ފިރިހެންވަންތަކަން ވިއްޔާވީ އިތުރެވެ. “ޑެޑީ” ހީނލަމުން ދެކުދިން ނަޒްޔަކްގެ ގައިގައި އޮޅުލައިގަތެވެ. ދެން އޭނާ ބަލާލީ ނައުރީންއަށެވެ. ނަޒްޔަކާއި ދިމާލަށް ބަލާލަމުން ނައުރީން ތުން އަނބުރާލިތަން ފެނި ނަޒްޔަކް ގާތަށް ހިނިއައެވެ. “މިރޭ” އެތުންފަތުން އެލަފްޒު ބޭރުވެލިކަން ނައުރީންއަށް އެނގުނެވެ. އަދި ނައުރީންއާއި ދިމާލަށް އެއްލޯ މަރާލުމުން ލަދުގެންފައި ހުރެ ނައުރީން އިސްޖަހާލިއެވެ. “ދާންވީނުން. ބައްޕަަ އެބައޮތް ބޭރުގައި” އަސްމާ ބުނެލިއެވެ. އެއާއިއެކު އެންމެން ހިނގައިގަތެވެ.

** **

ހިނގާލާފައި ދިޔަ އީނާއަށް ފޯނެއް އައުމުން ހިނގުން މަޑުކޮށްލިއެވެ. ފޯނަށް ގުޅަމުން ދިޔައީ ޝާހާއެވެ. ފުޅާ ހިނިތުންވުމަކާއި އެކު އޭނާ ފޯނު ނެގިއެވެ. އެކި ވާހަކަތަކުގައި ހުރެ އޭނާ ހިނގަމުން ދިޔައެވެ. ކުއްލިއަކަށް މީހެއްގެ ގައިގައި ލައިގަތެވެ. “ސޮރީ” އެޒުވާނާ ބުނެލިއެވެ. އީނާގެ މޫނުން ހައިރާންކަން ފާޅުވެލިއެވެ. “ޖައުޝް؟؟؟” އީނާއަށް ގޮވާލެވުނެވެ. އޭރު އެ ލޮލުގައި ބަބުޅަމުން ދަނީ ކަރުނަތިކިތަކެވެ. އެޒުވާނާ އެއްވެސް ވަރަކަށް އެކަމަށަ ފަރުވާލެއް ނުބަހައްޓާ ހިނގައިގަތެވެ. އޭރު އީނާގެ ހިތުގައި އޮތް އުއްމީދުގެ ކުޑަކުޑަ ހުޅުކޮޅުވެސް ނިވިއްޖެއެވެ. އީނާ އެންމެނާއި އެއްވަރަށް ހިނގައިގަތެވެ. “ސޮރީ އީނާ. ވަރަށް ވަރަށް ބޮޑަށް މައާފުކުރޭ. އަހަންނަކީ މީހެއްގެ ހައްގެއް” ޖައުޝް އީނާ ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ. “އިޒް ދެޓް އީނާ.” ފަހަތުން އިވުނު އަޑާއެކު ޖައުޝްއަށް ސިހުން ލިބުނެވެ. ފަހަތަށް އެނބުރި ބަލާލިއިރު ހުރީ އޭނާގެ އަންހެނުން ލަޔާލީއެވެ. “ޔެސް ލަޔާ. އެއީ އީނާ. އަހަރެންގެ ފުރަތަމަ ލޯބި” ޖައުޝް ބުނެލިއެވެ. “ދުނިޔެއަށް އެހެން ކުލައެއް ދެއްކިޔަސް އަހަރެންވެސް ޖައުޝްއާއި އިނދެގެން މިއުޅެނީ ލޯބިން ނޫންކަން ޖައުޝްއަށް ވެސް އެނގޭނެ” ލަޔާލީގެ މޫނުމަތިން މާޔޫސްކަމާއި މޮޅިވެރިކަން ފާޅުވެލިއެވެ. އެމީހުންގެ މާޒީގައި ބޮޑުކަމެއް ހިނގައިފިކަން އެދެމީހުންގެ ވާހަކަތަކުން އެނގުނެވެ.

** **

ގެއަށް ވަދެވުމާއިއެކު އީނާއަށާއި ނައުރީންއަށް ހަޅޭލަަވައިގަނެވުނީ އެކުއެކީގައެވެ. އެއާއިއެކު އެދެމީހުންގެ ލޮލުން ކަރުނަ އޮހޮރެން ފެށިއެވެ. “ކޮންގްރަޖުލޭޝަންސް ޑޮކްޓަރ އީނާ އެންޑް ޑޮކްޓަރ ނައުރީން” ފާރުގައި ލިޔެވިފައި ވިއެވެ. އެތަނުގައި ތިބީ ޝާހާ، ޝާހާގެ ފިިރިމީހާ ވިޝާމް، ނުހައިކް އަދި ނުހައިކްގެ އަންހެނުން ލިލިޔަންއެވެ. އޭގެ އިތުރުން ބައްސާމުއާއި އަސްމާ އަދި ނަޒްޔަކެވެ. “ހީކުރީތަ ތިދެމީހުންގެ ކާމިޔާބީ އަހަރެމެން ފާހަގަ ނުކުރާނެއޭ. އަދިވެސް އެއްފަހަރު ނިއުރޮލޮޖިސްޓް ނައުރީންއަށް އަދި އޮންކޮލޮޖިސްޓް އީނާއަށް މަރުހަބާ ކިޔަން” ޝާހާ ބުނެލިއެވެ. “ކޮންގްރާ މަންމީ” ނާޔާއާއި ނާލާ އެކުއެކީ ބުނެލިއެވެ. “ތެންކްޔޫ އޯލް” އަނގަމަތީ އަތްއަޅަައިގެން ހުރެ ނައުރީން ބުނެލިއެވެ. “ނޫން އެނގޭ ކޮންމެވެސް ސަޕްރައިޒެއް ލިބޭނެކަން. އެކަމަކު މިހެން ކަމަށް ހީވެސް ނުކުރަން” އީނާ ބުނެލިއެވެ. “ދަރިފުޅުމެން މިހާރު މަންމަ ފަޚުރުވެރިވެސް ކޮށްދީފި. އަދި ޒެކްއާއި އިކްވެސް މީހަކާއި އިނދެފި. ދެން ހުރީ އީން. އުމުރުން 26 އަހަރު ވެގެން ދާއިރުވެސް ކައިވެންޏެއް ނުކުރާތީ މަންމަމެން މިތިބީ ކަންބޮޑުވެފައި. ކޮންދުވަހަކުން ދަރިފުޅު މީހަކާއި އިންނަނީ. ދަރިފުޅު ލޯބިވާ ކުއްޖަކު ހުރޭތަ؟ މަންމަމެން ކައިވެނި ހަމަޖައްސައިދޭންވީތަ؟” އަސްމާ އަހާލިއެވެ. މަންމަގެ ވާހަކައިން ލަދުގަނެ އީނާ މޫނުގައި އަތްއެޅިއެވެ. “ދައްތާ! އެމަންޖެ ލޯބިވާ ކުއްޖަކު ހުރެޔޭ” ޝާހާއަށް އަނގަމަޑުން ލައިގެން ނުހުރެވުނެވެ. “ތެދެއް؟” އަސްމާ ހިނިތުންވެލާފައި އަހާލިއެވެ. އީނާ ލަދުން އިނދެ ބޯޖަހާލިއެވެ.

** **

ހަވީރު އީނާއާާއި ނައުރީން ގަސްދުކުރީ ސަލްޓަން ޕާކަށް ދިއުމަށެވެ. ދެ އެކުވެރިން ސަލްޓަން ޕާކަށް ދިއުމަށް ހިނގައިގަތީ ނާޔާ އާއި ނާލާވެސް ގޮވައިގެންނެވެ. ހިނިތުންވެފައި ހުރެ ހިނގާލާފައި ދިޔަ އީނާގެ ހިނިތުންވުން ހިނދުކޮޅެއްގެ ތެރޭ ފިލައިގެން ދިޔައީ ފެނުނު މަންޒަރަކުންނެވެ. ސައިކަލެއްގައި ގޯޅިއަޅާލީ ޖައުޝްކަމަށް އޭނާގެ ހިތާއި ސިކުނޑިވެސް އެއްބައިކިޔާ ބުނެލިއެވެ. ނަމަވެސް އޭނާއަށް އަސަރުކުރީ އެހެންވެއެއް ނޫނެވެ. ‘ޖައުޝް’ ގެ ގައިގައި ބައްދާލައިގެން އިން އަންހެންކުއްޖާ ފެނިއެވެ. “އީނާ!! އަހަރެން ކީކޭ ދެންމެ މިބުނީ؟ ބޯހަލުވަ ހަލުވަ ހުއްޓަސް އަަހަރެންނަށް އެނގޭ އަހަރެން ކިޔާ އެއްޗެއް ނީވޭކަން. މިއަދު އެއަރޕޯޓުން އައިއްސުރެ އަހަރެންނަށް ފެންނަނީ އެހެން އީނާއެއް. ވީގޮތެއް ބުނީމަ ދޯ ކަމެއް ކޮށްދެވޭނީވެސް.” ނައުރީން ބުނެލިއެވެ. އީނާ ތުންފަތުގައި ދަތްއަޅާލަމުން ދުރު ބަލާލިއެވެ. އެއެކުވެރިޔާއަށް ކަމެއް ސިއްރު ނުކުރެވޭނެޔޭ އޭނާގެ ހިތް ބުނެލިއެވެ. ސަލްޓަން ޕާކުގައި ހުރި ބެންޗެއްގައި އިށީނދެލަމުން ނައުރީން ދެކުދިންނަށް ބަލާލިއެވެ. ދުރަށް ނުދިޔުމަށް އެކުދިންނަށް ބުނެދީ އީނާއަށް ހުރިހާ ސަމާލުކަމެއް ހުސްކުރިއެވެ. “އަހަންނަށް އެއްވެސް ކަމެއް ސިއްރުކުރަން ނޫޅެއްޗޭ” ނައުރީން ބުނެލިއެވެ. އީނާއަށް ރޮވެން ފެށުނީ ދެނެވެ. ހިތުގައި ހުރި އުދާސްތައް ބޭރުކޮށްލެވުމުން ހިތަށް ހަމަޖެހުން ލިބުނެވެ. “ޖައުޝް އަހަންނަށް ފެންނަނީ އަބަދުވެސް. މިއަދު އެއާޕޯޓުން އިވުނީ އޭނާގެ އަޑު. ދެންމެ ސައިކަލެއްގައި ދިޔަ އަންހެން ކުއްޖަކު ފަހަތަށް އަރުވައިގެން” ކަރުނަތިކިތައް ފޮހެލަމުން އީނާ ބުނެލިއެވެ. އެހެން ބުނެލުމާއިއެކު ނައުރީންވެސް ބަލި ހަނދާނެއް ވެލިއެވެ. މެންދުރު ފިހާރައަށް ދިޔައިރު ފިހާރައިންވެސް ‘ޖައުޝް’ ފެނުނެވެ. ހުރީވެސް ކޮންމެވެސް އަންހެނަކާއިއެކު އެވެ.

“ދެން ނުރޮއެ. އިންޝާﷲ އީނާއަށް އަދި ޖައުޝްގެ ލޯބި ކާމިޔާބު ވާނެ” ނައުރީން ބުނެލިއެވެ. އީނާއަށް ދެލޯ މަރާލެވުނެވެ.

** **

އޭގެ 3 ދުވަސް ފަހުން އިންޓަވިއުއަށްދާން އޭޑީކޭއިން އީނާއަށާއި ނައުރީނަށް ގުޅިއެވެ. ދެމީހުންވެސް އޭގެ އަނެއްދުވަހު އޮތް އިންޓަވިއުއަށް ތައްޔާރުވާން ފެށިިއެވެ.

** **

ކަޅުކުލައިގެ ފަސްބަޔަށްފުޅާ ހެދުމުގެ މޭމަތީގައި ހުދު ރޭނދާ ގަނޑެެއް އަޅާފައިވާއިރު ނުހަނު ސާދާއެވެ. އަޅައިގެންހުރި އަޅިކުލައިގެ ބުރުގާ ރަނގަޅަށް މެޭމަތި ނިވާވާގޮތަށް އަޅާލަމުން ފަހު ޕިން ޖަހާލިއެެވެ. ޓޮމް ފޯޑު ވެެލްވެޓް އޯކިޑް ސެންޓުފުޅި ޖަހާލަމުން ލޯގަނޑުން ފަރިބަލާލި އީނާގެ ތުންފަތުގައި ވަނީ ސާދާ ހިނިތުންވުމެކެެވެ. ނަމަވެސް ކައިރިން ބަލައިފި މީހަކަށް އެ ހިިނިތުންވުމުގައިވި ރިހުން ފާހަގަ ނުކުރެވި ނުދާނެެެއެވެ.

** **

ގަދަނޫކުުލައިގެ ދިގުުހެދުމުގެ މެދުގައި ބަންދެއް އަޅުވާލާފައި ވީއިރު މޭމަަތީގައި ހުދު ރޭނދާ ގަނޑެކެވެ. މޫނުގައި ލުއި މޭކަޕެއް ވީއިރުވެސް ރީތިކަން ހާމަވެއެވެ. އަތްދަބަސް ނަގައިގެން ލިޔެކިޔުންތައް ހަމަތޯ ޔަގީންކުރިއެވެ. ތައުލީމީ ސެޓްފިކެޓްތައް ނެތުމުން ވަތްގަނޑު ހުޅުވާލުމަށްފަހު ހުރިހާ ލިޔެކިޔުމެއް އަޅާލިއެވެ. އޭގެތެރެއިން ވެއްޓުނީ ފޮޓޯ ފްރޭމެކެވެ. މެލޭޝިޔާއަށް ފުރުމުގެ ކުރިން ނުޝްރާއާއި ނަފްއާއާއިއެކު ނަގާފައިވާ ފޮޓޯއެކެވެ. ނައުރީންގެ ދެލޯ ކަރުނުން ފުރުނެވެ “އައިމް ސޮރީ. ހުރިހާ ކަމެއްވެސް ވީ އަހަންނާއި ހެދި” މޭކަޕް ހަޑިވެދާނެތީ ނައުރީން ރުއިން ހުއްޓާލިއެވެ. ފާއިތުވި ހަތްއަހަރު ތެރޭ އެކިމީހުންގެ ދިރިއުޅުން ބަދަލުކޮށްލައިފި ތާއެވެ.

** **

ކަޅުކުލައިގެ ބީއެމްޑަބްލިޔު ކާރުން ފޭބި އީނާގެ މޫނުމަތީގައި ވަނީ ޔަގީންކަމުގެ އަސަރުތަކެވެ. އޭނާގެ ފަހަތުން ފޭބި ނައުރީންއާއިއެކު އީނާ ހިނގާލާފައި ދިޔައިރު ޝަޚްސިއްޔަތުގެ ހަރުދަނާކަން ފެންނަމުން ދިޔައެވެ. ހޮސްޕިޓަލު ތެރެއިން ފެންނަ ކޮންމެ މީހަކަށް ހިނިތުންވުމެއް ދެމުން ގެންދިޔައިރު މޫނުމަތިން ފެންނަމުންދަނީ ތާޒާކަމެވެ. އިންޓަވިޔުކުރާ މާލަމަށް ގޮސް ވަތްއިރު އެތަނުގައި އިތުރު ދެ ކުދިން ތިއްބެވެ. ދެމީހުންް ކިޔެވީ ދޭއްޗެއް ކަމުން ނައުރީންއާއި އީނާ އިންޓަވިޔުއަށް ގޮސްްވެސް ތިބީ ދެ ސެކްޝަނެއްްގައެވެ. އިންޓަވިއުއަށް ވަންއިރުވެސް އީނާހުރީ ގަދަ އަޒުމެއްގައެވެ. ނަމަވެސް…. ދޮރުން އެތެރެއަށް ވަދެގެން ދިޔައިރު އަނެއްކާވެސް މީހެއްގެ ގައިގައި ލައިގަތެވެ. “ސޮރީ” އެ ޒުވާނާ ބުނެލިއެވެ. “ޖައުޝް؟” އީނާއަށް ބުނެލެވުނެވެ. އެޒުވާނާ އެއްވެސް ފަރުވާލެއްނެތި ކުރިއަށް ހިނގައިގަތެވެ. “އަހަންނަށް ފިލައިގެން ކިތައް ދުވަހު ތި އުޅުނީ. ނުދެވޭނެ! ނޭނގޭތަ އަހަރެން ޖައުޝް މަތިން ހަނދާންވި ވަރެއް؟ ޖައުޝްދެކެ ލޯބިވި މިންވަރުވެސް ނޭނގޭތަ؟” މަޑުމަޑުން އީނާ ބުނެލި ނަމަވެސް އެއަޑުގައިވީ ރިހުމެވެ. ޙިތާމައެވެ. ރަހުމެއް ހިތުގައި ހުރި މީހަކަށް ނަމަ އަސަރު ކުރާނެއެވެ. ޖައުޝްއަށް މާސްކު އަޅައިގެން ހުރެވުނުކަމީ އޭނާގެ ނަސީބެވެ ފަސްއެނބުރި ޖައުޝް ބަލާލިއެވެ. “ބުނަން! އަހަރެންނަށް ކިޔަނީ ޖައުޝްއެއް ނޫން. ތިކިޔާ ޖައުޝްއެއް އަހަންނަކަށް ނޭނގެ. ތި ބޭކާރު ވާހަކަތައް އަހާކަށް އަހަންނަކަށް ވަގުތެއް ނެތް” ކުރިއަށް ހިނގައިގަންނަމުން ޖައުޝް ބުނެލިއެވެ. އީނާއަށް ހުރިފިޔަވަޅު މަތީ ގަނޑުވެފައި ހުރެވުނެވެ. “އީނާ… ކަމްއިން” އިންޓަވިޔުކުރާ ތަނުގެ ދޮރު ހުޅުވާލަމުން މީހަކު ބުނެލިއެވެ. ފުންނޭވާއެއް ލަމުން އީނާ އެތެރެއަށް ވަނެވެ.

** **

އީނާއަށް ގެއަށް ގޮސްވެސް ވިސްނަން އޮވެވުނެވެ. އަނެއްކާ އޭނާއަށް ޖެހިފައި މިހުރީ ބައްޔެއް ބާވައެވެ. “ނާލް، މަންމިއަށް ގޮވާލަބަލަ” އީނާގެ ކޮޓަރީގައި ފްރޯޒެން ބަލަން އިން ނާލާގާތު ބުނެލިއެވެ. “ކިހިނެއްވީ؟” ނައުރީން އަހާލިއެވެ. އީނާ ވީގޮތް ކިޔައިދިނެވެ. “އަހަންނަށް ލޯބިލިބުން ނެތީތަ؟ ތަޤްދީރުގައި އަހަންނަށް ހުރި ގޮތަކީ މިއީތަ؟” އީނާއަށް ބުނެލެވުނެވެ. “އެއްގޮތަކަށްވެސް އެހެނެއް ނޫން، އީން ދޯ އަހަރެން ގާތުބުނީ މޫދުގައި އުޅޭ ކޮންމެ މަހަކަށް ގަލެއް ވާނެޔޭ. އަދި އީންގެ ނަސީބު އަތުގައި ނުހިފަނީ ކަމަށް ވެދާނޭނުން.” ނައުރީން ބުނެލިއެވެ. އީނާ ވަކި ޖަވާބެއްނުދީ ބާލީސްތެރޭ މޫނު ފޮރުވާލިއެވެ. ނައުރީންއަށް ބޯހޫރުވާލެވުނެވެ.

** **

އީނާއަށް ނިދިފައިވުމުން އުނދަގޫ ނުކުރަންވެގެން ދަރިންނާއި އޭނާ އެކަނި ޕާކަށް ދިޔުމަށް ނިންމިއެވެ. ރާއްޖެ އައުމަށްފަހު ކަހަލަ ގޮތަކަށް ނަޒްޔަކްވެސް ވީ މުހިއްމު ބައްދަލުވުމަކަށް ރަޝިޔާއަށް ގޮހެވެ. ދެކުދިން ރީތި ކޮށްލައިގެން ޕާކާއި ދިމާލަށް މިސްރާބު ޖެހިއެވެ. އާދައިގެމަތިން ބެންޗުގައި އިށީނދެ އެކުދިންނާއި ދިމާލަށް ބަލަހައްޓައިގެން އިނެވެ. ނަމަވެސް ފޯނެއް އައުމާއެކު ފޯނަށް ސަމާލުކަން ދެވުނެވެ. ކުޅެން އުޅެނިކޮށް ނާލާއަށް އެތާއިން ޒުވާނެއްގެ ފަޔަށް އެރުނެވެ. “ސޮރީ ބޭބޭ” ނާލާ ބުނެލިއެވެ. “އެއީ އެއްވެސް މައްސަލައެއް ނޫން. އެކަަނިތަ ކޮއްކޮ ތިއުޅެނީ” ހިނިތުންވެލަމުން އޭނާ އަހާލިއެވެ. “ނޫން އޭނދި މަންމީ. ބޭނުންތަ މީޓްވާން” ނާލާ އަހާލިއެވެ. އެޒުވާނާއަށް ކުޑަކޮށް ހެވޭގޮތް ވިއެވެ. އެކަމަކު އެކުއްޖާއަށް ލިބިފައިހުރީ ހާދަ ރަނގަޅު ތަރުބިއްޔަތެކޭ ހިތަށް އެރިއެވެ. “މްމްމް ހިނގާ ދާން ދޯ” އެ ޒުވާނާ ބުނެލިއެވެ. ނައުރީންއާއި ހަމައަށް ދެވުމާއިއެކު އެޒުވާނާއަށް ތަފާތު އިހްސާސެއް ކުރެވުނެވެ. “އެކްސްކިއުޒްމީ. މާޝާﷲ ހާދަ ރަނގަޅު…..” އެޒުވާނާގެ ޖުމްލަ މެދުކެނޑުނީ ނައުރީން ފަހަތަށް އެނބުރިލުމާއި އެކުއެވެ. ވަގުތުން ނައުރީންގެ އަތުގައި އޮތް ފޯނު ވެއްޓުނެވެ. ލިބުނު ސިހުމުގައި ގަނޑުވެފައި އިނދެވުނެވެ. “ރަ..ޖު..އާން” ނައުރީންއަށް ބުނެލެވުނެވެ. “ނައުރީން؟؟” ރަޖުއާންގެ މޫނަށް ހައިރާންކަމާއި އެއްވަރަށް ސިހުމުގެ ކުލަވަރުވެސް އެރިއެވެ. ނައުރީންއަށް ދަތްކުނޑި ވިކާލެވުނެވެ. ރަޖުއާން އެތާނގައި ތިބި ދެކުދިންނަށް ބަލައިލިއެވެ. “މިއީ އަހަރެންގެ..؟” ރަޖުއާނަށް ބުނެލެވުނެވެ. “ކަލޭގެ ދަރިއެއް އަހަރެންގެ އަތަކު ނުހުންނާނެ. މިއީ އެތައް ލަދަކާއި ވޭނަކާއި ކެކުޅުމެއް އުފުލައިގެން އަހަރެން މި ދުނިޔެއަށް ގެނައި ދެކުދިން” ނައުރީން ބުނެލިއެވެ. އަދި އެންމެ ހިނދުކޮޅަކުވެސް މަޑުކޮށްނުލާ ދެކުދިން ގޮވައިގެން ހަރު ހިނގުމެއްގައި އެތަނުން ނުކުމެގެން ދިޔައެވެ

*****

13 ވަނަބައި

ނައުރީންގެ ހިތުގައި ރަޖުއާންއާއި މެދު އެއްވެސް ލޯތްބެއް މިހާރު ނެތްކަން ޔަގީން ވެއްޖެއެވެ. ރަޖުއާނަކީ އޭނާގެ މާޒީއެވެ. މުސްތަޤުބަލެއް ނޫނެވެ. އޭނާގެ އުއްމީދަކީ މުޅި އުމުރު ނަޒްޔަކްގެ ލޯތްބަށް ހުސްކޮށްދިނުމެވެ. ފަސްއެނބުރި ބަލާލުމެއްނެތި ނައުރީން ހިނގައިގަތީ މާޒީއަށް ފުރަގަސް ދެމުންނެވެ.

** **

ނިދާފައި އޮތް އީނާއަށް ލޯ ހުޅުވާލެވުނީ މީހަކު ފޯނަށް ގުޅާ އަޑަށެވެ. ނިދިކޮޅު ޚަރާބުވެފައި ވުމުން އެގުޅި މީހަކުދެކެ ރުޅިއާދެވުނެވެ. “ކިހާ ދެރަކަމެއްތަ މިއީ؟ މީހަކަށް ނިދާލެވެންވެސް ނޯވެޔޭ” އީނާއަށް ހަޅޭލަވައިގަނެވުނެވެ. އޭޑީކޭ ހޮސްޕިޓަލު ނަންބަރުން ގުޅައިގެން ހުރި ޖައުޝް ގަދަކަމުން ހިނިގަނޑު މަތަކޮށްލިއެވެ. “އައްސަލާމް އަލައިކުމް. އޭޑީކޭ ހޮސްޕިޓަލުން އިނގޭތޯ؟” ޖައުޝް ބުނެލިއެވެ. “ވައަލައިކުމް ސަލާމް. މައާފްކުރައްވާ އިނގޭ އަޅުގަނޑު ކޮއްކޮ އަޅުގަނޑަށް ޖެއްސުން ކުރާތީވެ ރުޅި ކޮންޓްރޯލް ނުކުރެވުނީ” އީނާ ކަޑަވެފައިހުރެ އީނާ ބުނެލިއެވެ. މިވީގޮތުން މި ވަޒީފާ ގަނޑުވެސް މި ނުލިބުނީއޭ ހިތަށް އެރިއެވެ. “އެއްވެސ މައްސަލައެއް ނޫން އިނގޭތޯ؟ މިގުޅާލީ ޖޮބް ހަމަޖެހުނު ވާހަކަ ބުނަން. މާދަމާ ހެނދުނުން ފެށިގެން ނުކުންނަވަންވީ” ޖައުޝް ބުނެލިއެވެ. “ޝުކުރިއްޔާ” އީނާ ބުނެލިއެވެ. ވީއުފަލުން އެނދުގައި ފުންމަފުންމާފައި އުޅެނިކޮށް އެނދުން ވެއްޓި ބޯ ޖެހިއްޖެއެވެ. ވެއްޓުނުކަމެއް ނޭނގެ ތެދުވެފައި ނަށަން ފެށިއެވެ.

** **

“ނައުރީން! ވަރަށް ބޮޑު ވާހަކައެއް ބުނަންވެފައި އެބައޮތް” އީނާ ބުނެލިއެވެ. “އަހަރެންވެސް ބުނަންވެފައި އެބައޮތް. އެކަމަކު ފުރަތަމަ އީން ބުނޭ!” ނައުރީން ބުނެލިއެވެ. “އަހަންނަށް ޖޮބް ހަމަޖެހިއްޖެ” އީނާ ބުނެލިއެވެ. “އަަހަންނަށްވެސް” ފުޅާ ހިނިތުންވުމަކާއިއެކު ނައުރީން ބުނެލިއެވެ. ދެއެކުވެރިން އުފާފާޅު ކުރަމުން ދިޔައިރު ހީވަނީ ކުޑަދެކުދިން ހެންނެވެ.

** **

ގަދަ މެރޫން ކުލައިގެ ފަސްބަޔަށްފުޅާ ހެދުމުގެ މެދުގައި ކަޅު ބަންދެއް ލެވިފައިވިއެވެ. ފިޔާތޮށި ކުލައިގެ ބުރުގާ އަރަބި ގޮތަކަށް އަޅާލިއެވެ. އޭރު އެމޫނުމަތީގައި ވަނީ އުފާވެރިކަމެވެ. ތާޒާކަމެވެ. ހިނިތުން ވެލައިގެން ހުރިއިރު ދުނިޔޭގެ ހުރިހާ އުފާވެރިކަމާއި ރީތިކަމެއް މިލްކު ކޮށްލައިގެން ހުރިފަދައެވެ. ފަހު ފަހަރަށް ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލިއެވެެ. ހިތްހަމަޖެހޭ ވަރަށް ރީތިވެފައި ހުރުމުން އަތްދަބަސް އަޅުވާލާފައި ބޭރަށް ނުކުތެވެ.

** **

ހޮސްޕިޓަލަށް ގޮސް އޮންކޮލޮޖީ ސެކްޝަނަށް ވަންއިރު އެތަނުގައި ރޫމުތަކެއް ހުއްޓެވެ. އެކިއެކި ރޫމުތަކުގައި އެކި ޑޮކްޓަރުންގެ ނަން ހުއްޓެވެ. “ހައި އީނާ! އަހަރެންނަކީ ޑޮކްޓަރ ހައިލާ. މިއަދު އީނާ ކުރަންޖެހޭ ހުރިހާ ކަމެއް އަހަރެން ކިޔައިދޭނަން.” ހައިލާ ހިނިތުންވެލިއެވެ. އެ ހިނިތުންވުމުގައި އެއްވެސް ދެއްކުންތެރިކަމުގެ އަސަރެއްވެސް އަދި ބޮޑާކަމާއި ކިބުރުވެރިކަމެއްވެސް ނެތެވެ. އެންމެ ފުރަތަމަ ނަޒަރުން ދިން ސާދާ ހިނިތުންވުމުންވެސް ހައިލާއަކީ ރަނގަޅު ކުއްޖެކޭ އޭނާގެ ހިތް ބުނެލިއެވެ. “ހޫމް. މިއީ ދެން މިހާރު ފްރެންޑްސް އިނގޭ. ފްރެންޑުން ކިޔާނީ ހައި. މި ސެކްޝަނުގެ ހެޑަކީ ޖައުޝް ސަރ. ސަރ އެދިފައިވަނީ އީނާ ސަރގެ ރޫމްއަށް ގެންގޮސް ދިނުމަށް. އެއަށްފަހު މިއަދު ދެން ކުރަންޖެހޭ ކަންކަން ކިޔައިދޭނަން” ހައިލާ ބުނެލިއެވެ. “ޖައުޝްއޭ؟” ބޭއިޚްތިޔާރުގައި އީނާއަށް އަހާލެވުނެވެ. “ކަމެއް ގޯސްވީތަ؟ ޔެސް ޖައުޝް ކިޔަަނީ” ހައިލާގެ މޫނުން ހައިރާންކަން ފެނިލިއެވެ. އޯކޭއޭ ބުނެ ހައިނާގެ ފަހަތުން އީނާ ހިނގައިގަތެވެ.

** **

ހައިލާ ގުޅާލާފައި އީނާ ގެންނަ ވާހަކަ ބުނުމާއިއެކު ޖައުޝްއަށް ބޮލުގައި ހިފަހައްޓާލެވުނެވެ. އެއްވެސް ކަމަކީ އަބަދަށް ސިއްރު ވެގެންވާނެ ކަމެއް ނޫނެވެ. އަށްއަހަރެއްހާ ދުވަސް ފަހުން އެ ލޯތްބާއި ކުރިމަތިލާން އޭނާއަށް ވަނީ ޖެހިފައެވެ. އެ ލޯތްބާއި އޭނާ ދުރުވީ ދުރުވާހިތުންނެއް ނޫނެވެ. މަޖުބޫރުވީއެވެ. ދޮރުގައި ޓަކިދިން އަޑާއިިިއެކު ޖައުޝްއަށް ދޫކޮށްލެވުނީ ފުންނޭވާ އެކެވެ. ލަސް ހިނގުމެއްގައި ގޮސް ދޮރު ހުޅުވާލިއެވެ. އިސްޖަހައިގެންހުރެ އެތެރެއަށް ވަތް އީނާ މަޑުމަޑުން އިސްއުފުލާލިއެވެ. އެއާއިއެކު އެ ދެލޯ ބޮޑުވިއެވެ. މޫނުމައްޗަށް ހައިރާންކަމާއި ސިހުމުގެ ކުލަވަރު ވެރިވިއެވެ. “ޖަ..އު..ޝް؟؟” އީނާއަށް ގަބޫލު ނުކުރެވިފައި އަހާލެވުނެވެ. “ވެއިޓް. ތި ދެމީހުން ދަންނަންތަ؟” ހައިލާއަށް އަހާލެވުނެވެ. “އާނ އެއީ ކުރީގެ…” އީނާއަށް ބުނެވުނީ އެހިސާބަށެވެ. “ކްލޯޒް ފްރެންޑެއް ދޯ!” އީނާގެ ޖުމްލަ މެދުކަނޑާލަމުން ޖައުޝް ބުނެލިއެވެ. އީނާ ފަނޑު ހިނިތުންވުމަކާއިއެކު ބޯޖަހާލިއެވެ. “ހައި! އަހަރެމެންނަށް ވަގުތުކޮޅެއް ދެވިދާނެތަ؟ ޖައުޝް އަހާލިއެވެ. “އޮފްކޯޒް” ހައިލާ ހިނިތުންވެލުމަށްފަހު އެހެން ބުނެލަމުން އެތަނުން ނުކުތެވެ. “ވައި..” އީނާއަށް ޝަކުވާގެ ރާގަކަށް އަހާލެވުނެވެ. “ތިހެން ބުނަން ޖެހޭނެ މީހަކީ އަހަރެން ކަންނޭނގެ. އަހަރެން އީނާގެ ފަހަތުން އުޅުނު ވަރާއި ލޯބިވި މިންވަރު އީނާއަށް އެނގޭނެ. އެކަމަކު މިހާރު ހާލަތު ބަދަލުވެއްޖެ. އެކި މީހުންގެ ދިރިއުޅުންވެސް ބަދަލުވެއްޖެ!” ހިތުގައި އޮތް ލޯބި ފަސްއަޅާ ފޮރުވަމުން ޖައުޝް ބުނެލިއެވެ. ހިތުގައި އަޅަމުން ދިޔަ ވޭނަށް އޭނާ ދިޔައީ ކެތްކުރެވޭނެ އެންމެ މަތީ ދަރަޖައަށް ކެތްކުރަމުންނެވެ. “ވަޓް؟ އޭރު އަހަރެންދެކެ ވީ ލޯބި ކޮބާ؟” އީނާއަށް އަހާލެވުނެވެ. “އަހަރެންނަށްތަ ތިއެއް އެނގެނީ؟ އީނާ އަމިއްލައަށް ދޯ ބުނީ އީނާގެ ހަޔާތުން އަހަރެން ދުރަށްދާން. ދެން މިހާރު ކޮންހާ ބޭކާރު އަނގަޔެއް ތިތަޅަނީ” ޖައުޝް ބޭނުންވީ ޖައުޝް މަތިން އީނާ ފޫހިކޮށްލާށެވެ. އީނާއަށް ކަރުނަތައް ނުހިފެހެއްޓުނެވެ. ދުވަމުން ގޮސް ކޮޓަރިން ނުކުތްވަގުތު މީހެއްގެ ގައިގައި ލައިގަތެވެ. “ސޮރީ.” އީނާ ބުނެލިއެވެ. “ހައި. އިޓްސ އޯކޭ، މިއީވެސް އޮންކޮލޮޖިސްޓެއް. ނަވީން ކިޔަނީ. ކެންވީ ބީ ފްރެންޑްސް” ގާތް ގޮތަކަށް ނަވީން އަހާލިއެވެ. “އޮފްކޯޒް” އީނާ ބުނެލިއެވެ. “ރޮނީތަ؟ ކިހިނެއްވީ؟” ނަވީން ހާސްވެފައި އަހާލިއެވެ. “ކަމެއް ވާއިރަށް ނުރޮއްޗޭ. ﷲ ވަނީ ކެތްތެރިންނާއި އެކުގައި ކަން ހަނދުމަ ކުރޭ” ނަވީން ބުނެލިއެވެ. “ޔެސް. އަދި އަހަރެންގެ ނަމެއް ނުބުނެވޭ ދޯ؟ އީނާ ކިޔަނީ އިނގޭ.” އީނާ ހިނގައިގަންނަމުން ބުނެލިއެވެ. “އީނާ… އަސްތަޣްފިރުﷲ. ހިލޭ އަންހެނަކާއި ދޭތެރޭ އަހަރެންނަށް މި ވިސްނުނީ” ނަވީން އަމިއްލަ ނަފްސަށް ބުނެލިއެވެ.

***

ހޮސްޕިޓަލުގެ އެކި ތަންތަން ބަލާލުމަށްފަހު އީނާ ދިޔައީ އޭނާގެ ރޫމަށެވެ. އޭރު މެންދުރުު ނަމާދަށް ބަންގި ގޮވައިފިއެވެ. ދަަބަހުން ނަމާދުކުރާ ސާމާނު ނެގުމަށްފަހު ނަމާދުކުރަން އޭނާ ތައްޔާރު ވެލިއެވެ. “އޮހް ނޯ! ޤިބްލަ ކޮބައިބާ؟” އީނާއަށް ބުނެލެވުނެވެ. ކޮންމެގޮތެއް ވިޔަސް ހެޔޮކަމަށް ބަލާ ޖެހިގެން ހުރި ނަވީންގެ ރޫމަށްދާން އޭނާ ނިންމިއެވެ. ޓަކި ދިނުމާއިއެކު ވަންނާށޭ ނަވީން ބުނެލި އަޑު އިވުނެވެ. “މީ ޤިބްލަ އެނގޭތަ؟” އީނާ އަހާލިއެވެ. ނަވީން ޤިބްލައަކީ ކޮބައިކަން ބުނެދިނެވެ. “އަހަރެންވެސް މިއުޅެނީ ނަމާދުކުރަން. ނަމާދުކޮށްގެން އަހަރެންނާއިއެކު ލަންޗަށް ދާނަންތަ؟” ނަވީން އަހާލިއެވެ. އީނާ ބޯޖަހާލުމަށްފަހު އެތަނުން ނުކުތެވެ

** **

“ސޯ ޓެލް މީ އެބައުޓް ޔޫ” ނަވީން އަހާލިއެވެ. އެދެމީހުން ތިބީ އޭޑީކޭ ހޮސްޕިޓަލު ކެންޓީނުގައެވެ. “އަހަންނަކީ އައިމިނަތު އީނާ ބައްސާމް. ޢުމުރުން 26 އަހަރު. ބައްޕައަކީ ބައްސާމު. މަންމައަކީ އަސްމާ. ދެ ބޭބެ ދޮށްޓަށް ހުންނާނީ. އެއީ ނަޒްޔަކް އެންޑް ނުހައިކް. ދެ ބޭބެވެެސް މެރިޑް. އަހަރެން މެރީއެއް އަދި ނުކުރަން. ރައްޓެހިވީ އެންމެ ކުއްޖަކާ. އޭނަ ޗީޓްކުރީ. ލޯބިވާ ކުއްޖަކު އެބަަހުރި. އެކަމަކު އޭނަ އަހަރެންދެކެ ލޯތްބެއް ނުވޭ! އިނަފް؟” އީނާ އަހާލިއެވެ. ނަވީން ހިނިއައިސްފައި ބޯޖަހާލިއެވެ. “ނަވީން މުހައްމަދު. އުމުރުުން 27 އަހަރު. ބައްޕަ ނިޔާވެފަ. އެއްބަނޑުގައި ހުންނާނީ އަންހެން ކޮއްކޮއެއް. ހައިލާ ކިޔާނީ. މިތަނުގައި ވޯކްކުރަނީވެސް. މެރިޑް. ބޭބީއެއްވެސް ހުރޭ. އެކަމަކު….” ނަވީންއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ. “އެކަމަކު ބޭބީ ވިހާފައި ވައިފް ނިޔާވީ.” ނަވީން ބުނެލިއެވެ. “އޮހް. އައިމް ސޮރީ ފޮ ޔުއަރ ލޮސް” އީނާ ބުނެލިއެވެ. “އެނީވޭއި ހައި އަކީ ނަވީންގެ ކޮއްކޮއެކޭ؟” އީނާ އަހާލިއެވެ. ނަވީން ހޫމްއަކުން ފުއްދާލިއެވެ. ނިޔާވެފައިވާ އޭނާގެ އަނބިމީހާގެ ވާހަކަ ދައްކަން އޭނާއަށް ދަތިވީއެވެ.

** **

ފުރަތަމަ ދުވަސް ނިމިގެން ދިޔައީ މާބޮޑު މަސައްކަތްތަކެއް ކުރަން ނުޖެެެެހިއެެވެ. ޖައުޝްގެ ފަރާތުން އިވުނު ހިތްދަތި ބަސްތަކުގެެ ސަބަބުން އެނާއަށް އުނދަގ އިހްސާސެއް ކުރެވެމުން ދިޔައެެވެ. ގެއަށް ވަތްގޮތަށްވެސް ‘މޫޑީ’ ވެފައި އިނދެެވުނީއެވެ. ކަމެއް ކުރާހިތްވެސް ނުވެފައި އޮއްވާ ނަވީން މެސެޖެެއް ކޮށްލިއެވެ. “މިރޭ ފްރީތަ؟” ނަވީން އަހާފައި އޮތެވެ. އިރުގަނޑަކު ވިސްނުމަށްފަހު ފްރީކަމަށް ބުނެލިއެެވެ. “ޑިނަރ އަކަށްދާން ކެރޭނެތަ؟” ނަވީން ލިޔެފައި އޮތެވެ. އީނާ ހޫމްއެކޭ ބުނެލިއެވެ.

** **

8 ގަޑި ބައިވިއިރު އީނާ ހުރީ ސީކްރެެޓް ރެސިޕީގެ ދޮރުމަތގައެވެ. “ލަސްވެއްޖެ ދޯ؟” ފަހަތުން އިވުނު ނަވީންގެ އަޑާއިއެކު އީނާއަށް ލިބުނީ ސިހުމެކެވެ. ނޫނެކޭ އެޭނާ ބުނެލިއެވެ. ދެމީހުން އެތެެރެެއަށް ވަދެ އެއްޗަކަށް އޯޑަރު ދިނެވެެ. “ހިތްހަމަ ނުޖެހިފައިތަ ތީނީ އެކަނި އަންނަން ޖެހުނީމަ. އަސްލު ދީނުގައި އަންހެނަކާއި ފިރިހެނެއް ގައިގޯޅިވެގެން އުޅުމަކީ ރަނގަޅު ކަމެއް ނޫނެއްނު” ނަވީން ބުނެލިއެވެ. “ނޫން. ހިތްހަމަ ނުޖެހިފައެއް ނޫން. އަސްލު އަހަރެންވެސް ބޭނުންވަަނީ މިގޮތް” ހިނިތުންވެލަމުން އީިނާ ބުނެލިއެވެ. އެދެމީހުންގެ ވާހަކަ ފެށުނީ އެހިސާބުންނެވެ.

** **

ސަލީމް ކިޔާވަރުން މިރޭ ލަޔާލީއާއިއެކު ބޭރަށްދާން ޖައުޝްއަށް މަޖުބޫރުވިއެވެ. ތިއީ އިނދެގެން އުޅޭ ދެމަފިރިންކަން ބުނެދީ ދެމަފިރިންނަށް ހައްގުތަކެއް ކަނޑައެޅިގެންވާ ކަން ބުނެދިނެވެ. ކިތައްމެ ދާހިތްނުވެފައި އިނދެފައިވެސް ބައްޕަގެ އާދޭސްތަކުގައި ކޮޅުފައިން ޖަހަން ނުކެރެމުން ލަޔާލީ ގޮވައިގެން ބޭރަށްދާން އޭނާ ނިންމިއެވެ. ތައްޔާރު ވެގެން ދެމަފިރިނ ނުކުމެ މިސްރާބުޖެހީ ސީކްރެޓް ރެސިޕީއަށެވެ. އެތަނަށް ދެވުނުއިރުވެސް ދެމީހުންނެކޭ ބީރައްޓެހިންނެކޭ އެއްވަރެވެ. މަދުމަދުން ވާހަކަ ދެއްކި ނަމަވެސް ދެމެދުގައި އޮންނަންޖެހޭ ގާތްކަމެއް ނެތެވެ. ކަން ދިމާވީ ވަރަށް ދެރަކޮށެވެ. އެތަނުގައި ލަޔާލީގެ ރައްޓެއްސެއް ހުރުމުން އެމީހުންނަށް ޖެހުނީ ޑުރާމާއެއް ކުޅޭށެވެ. ލަޔާލީގެ ހިމަ އުނަގަނޑުގައި ޖައުޝްގެ އަތް އަޅުވާލަމުން ކުރިއަށް ހިނގައިގަތްއިރު އެހާ ލޯބިވެތި ދެމީހުން މި ދުނިޔޭގައިވެސް ނެތްފަދައެވެ. އެ ރަހުމަތްތެރިޔާ ބޭނުންވީ ލަޔާލީއާއި ޖައުޝްއަށް ކެއުމެއް ދޭށެވެ. އެހެންކަމުން އެތެރެއަށް ވަނުމަށް އެމީހުން މިސްރާބު ޖެހިއެވެ.

** **

ނަވީންއާއިި ވާހަކަދައްކަން އިން އީނާއަށް ރެސްޓޯރެންޓުގެ ދޮރާއި ދިމާލަށް ކަޅި ހިންގާލެވުނެވެ. އެވަގުތު ފެނުނު މަންޒަރުން އޭނާއަށްް ދެލޯ ބޮޑުކޮށްްލެވުނެވެ. ދެފަހަރަކު އެސްފިޔަަތަށްް ތަޅުވާލުމަށްްފހު ލޯ ހުޅުވާލުމުންވސް މަންޒަރު ބަދަލެއް ނުވިއެވެ. ކޮންްމެވެސް އަންހެން ކުއްޖެއްގެ އުނަގަނޑުގައި އަތްވަށާލައިގެން، ހިނިތުންވެފައި ހުރެ އެތަނަށް ވަނީ ޖައުޝްއެވެ. އޭނާގެ ހިތަށް ތަދުވިއެވެ. ލޮލަށް ކަރުނަތައް ޖަމާވީ އިޚްްތިޔާރަކާއި ނުލައެވެ. އަމިއްލަ ހިތާއި އޭނާއަށް ޝަކުވާ ކޮށްލެވުނެވެ. ނަމަވެސް ސިކުނޑި ބުނެދިނީ އެހެން ވާހަކައެކެވެ. އެއީ އޭނާއާއި ބެހޭކަމެއް ނޫނެވެ. ކުރީގެ އީނާއަކީ ތިހެން އުޅުނު ކުއްޖެއް ނޫނެވެ. ކުރިން ކުރި ނަފްރަތު އަލުން ކުރަން ފަށާށެވެ. އެ ލޯބި ހިތުން ފޮހެލާށެވެ. އެއީ ހަގީގަތެވެ.

** **

ބެލްކަނީގެ ރެއިލިންގައި އަތްއަޅުވާލައިގެން ހުރިއިރު ޖައުޝްގެ ޚިޔާލުތައް ގުޅިިފައިވަނީ މީގެ ދެއަހަރު ކުރިއާއެވެ.

2 އަހަރު ކުރި

___________

އާދައިގެ މަތިން ކިޔެވުން ނިންމާލުމަށްފަހު ޖައުޝް ގެއަށް އައެވެ. އެދުވަހަކީ ކިޔެވުމުގެ އެންމެ ފަހު ދުވަސްކަމުން ތަންކޮޅެއް އަވަހަށް ގެއަށް އާދެވުނެވެ. އޭނާއަށް މިފަހަކުން އައިސް އަބަދު ކުރެވެނީ އެއް ޚިޔާލެކެވެ. އެމީހުން އިންގްލޭންޑަށް ގެންދަން ބައްޕަ އެހާވަރަށް ފައިސާ ހޯދީ ކޮންތަނަކުން ބާވައެވެ. ގައިމު ގެ ވިއްކާލައިގެން އެހާ ފައިސާއެއް ނުލިބޭނެއެވެ. ބައްޕަ ގެއަށް އައިކަން އޭނާއަށް އެނގުނީ އެވަގުތުއެވެ. “ދަރިފުޅާ” ޖައުޝް ފެނުމާއިއެކު ސަލީމު ގަދަަކަމުން ހިނިތުންވެލިއެވެ. ޖައުޝްްއަށް ހިތްދަތިކަމެއް އިހްސާސް ކުރެވުނެވެ. އެބައްޕަ އެމީހުންނަށްޓަކައި ވާ ޤުރުބާނީ ބައްޕަގެ މޫނުމަތިންވެސް ފެންނަމުން ދިޔައެވެ. ދެލޯ ރަތްވެފައިި ހުރިއިރު ދެލޮލުގެ ތިރީގައި ކަޅު ދާއިރާއެއް ވަނީ ލެވިފައެވެ. އެކަންކަމުންވެސް ބައްޕައަށް ހަމަނިދި ނުލިބޭކަން އެނގެއެވެ. “އާދެބަލަ މިތާ އިށީންނަން. ބައްޕަ ވަރަށް ބޮޑުު ވާހަކައެއް ދައްކަންވެފައި އެބައޮތްް.” ސަލީމް އެދުނެެވެ. ބައްޕަގެ ކައިރީ ޖައުޝް އިށީނދެލިއެވެ. “ދަރިފުޅާ. މިވާހަކަ ބުނާނެ އެހެން ގޮތެެއް ބައްޕައަކަށް ނުވިސްނޭ. ދަރިފުޅާ! ބައްޕަގެ ވަޒީފާ ގެއްލިއްޖެ.” ކެތްކުރަން މަސައްކަތް ކުރިނަމަވެސް ސަލީމުގެ ދެލޮލުން ކަރުނަ އޮހޮރިއްޖެއެވެ. ބޮޑުވެފައި ހުރި ފިރިހެން ދަރިއެއް ކަމަކު ޖައުޝްއަށްވެސް ބައްޕަގެ ގައިގައި އޮޅުލައިގަނެވުންއިރު ރޮވިއްޖެއެވެ.

_______

މިހާރު

ޚިޔާލުތަކުން އޭނާއަށް ބޭރުވެވުނީ ފޯނުގެ ރިންގުގެ އަޑުުންނެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު އޭނާ ކޮޓަރިއަށް ވަނެވެ. މާޒީ ހަނދާންްކޮށްލަން ބޭނުން ވިޔަސް ހަނދާން ކުރެވުނީ މާޒީގެ އެއްބައެވެ.

******

14 ވަނަބައި

އަތުުުުގައި އޮތް ޕްރެގްނެންސީ ކިޓަށް ބަލަހައްޓައިގެން އިންއިރު ނައުރީންގެ ތުންފަތް މަތީގައިވީ ހިނިތުންވުމެކެވެ. ދެތިން ފަހަރަކު ޕޮސިޓިވް ވެފައިވުމުން އަރާފައިވާ ދެ ރޮނގުކޮޅަށް ބަލާލެވުނެވެ. އެއާއިއެކު ނައުރީން ހަނދާންވީ މީގެ 4 އަހަރު ކުރިން ކުރެވުނު ދެމީހުންގެ ކައިވެންޏެވެ.

_______

4 އަހަރު ކުރި

ކިޔެވުމުގައި ބުރަކޮށް އުޅެމުންވެސް ނައުރީން ދެދަރިންނަށް ސަމާލުކަން ދިނެވެ. ޚާއްސަކޮށް ނައުރީންއާއި ނައުރީންގެ ދެކުދިންނަށް ނަޒްޔަކް ބަހައްޓާ ގާތްކަން ފާހަގަވިއެވެ. އެއާއިއެކު މަޑުމަޑުން ނައުރީންގެ ހިތުގައިވެސް ނަޒްޔަކާއި ދޭތެރޭ ދިޔައީ ލޯބި އުފެދެމުންނެވެ. ނައުރީންއަށްވެސް ނޭނގި މަޑުމަޑުން ނަޒްޔަކް އޭނާގެ ހިތް ވަގަށް ނަގައިފިއެވެ. ރަޖުއާންގެ ބޭވަފާތެރިކަމުގެ ހިިތިރަހަ މަޑުމަޑުން ނައުރީންގެ އަރުބުޑުން ކެނޑެމުން ދިޔައީ ނަޒްޔަކްގެ ފަރާތުން ލިބެމުންދިޔަ ނިމުމެއްނުވާ ލޯބީގެ ސަބަބުންނެވެ. ނައުރީންއަށް ނަޒްޔަކްގެ ހިތުގައިވެސް އޭނާއާއި ދޭތެރޭ އިހްސާސްތަކެއް ވާކަން ޔަގީންވީ އެއްދުވަހަކު އީނާއާއި ނަޒްޔަކް ދައްކަމުންދިޔަ ވާހަކައެއް އަޑުއިވުމުންނެވެ. “ތިއްތިބެ ލޯބިވޭދޯ ރީންދެކެ” ޓީވީބަލަން އިނދެފައި އީނާ އަހާލިއެވެ. ސިޑީގެ އެންމެ މަތީ ހަރުފަތަށް ފައިއަޅާލި ނައުރީންއަށް އެވާހަކަ އިވި މަޑުޖެހިލެވުނެވެ. ނަޒްޔަކްދޭ ޖަވާބެއްވެސް އޭނާ އަޑުއަހާލާ ހިތްވިއެވެ. ފޯނާއި ކުޅެން އިން ނަޒްޔަކް ދިޔައީ ސިހިގެންނެވެ. އެއީ އޭނާ އުއްމީދުކޮށްގެން އިންފަދަ ސުވާލެއް ނޫނެވެ. “ކިހިނެއް އީން އަށް އެނގުނީ” ހައިރާންވެފައި ނަޒްޔަކް އަހާލިއެވެ. “ތިއްތި ރީންއަށްދޭ ލޯބިވެތި ނަޒަރުތަކާއި، އަބަދު ނައުރީންއަށް ގެއްލިފައި ހުރުން… އެއީ ލޯތްބެއް ނޫންތަ؟ އަނެއްކާ ތިއްތި ކޮށްދޭ ކަންކަންވެސް ކޮށްދެނީ ނުލާހިކު ލޯބިންކަން އެނގޭ” އީނާ ބުނެލިއެވެ. “އާނ، އަަހަރެން ނައުރީންދެކެ ވަރަށް ލޯބިވޭ، ނައުރީންގެ ގިނަ ދަރިންތަކެއް ތިބުމުން އަހަރެން އެކަމަކާއި ލަދެއް ނުގަނޭ. އެއީ އެއްވެސް މައްސަލައެއް ނޫން. އަަހަރެން ދެކެނީ އެއީވެސް އަަހަރެންގެ އަމިއްލަ ދަރިން ފަދައިން. އަަހަރެން ނައުރީންދެކެ ހިތާއި ފުރާނައިން ލޯބިވަން” ނަޒްޔަކް ބުނެލިއެވ. ގުޑްލަކް އޭ ބުނެ އީނާ އޭނާގެ ކޮޓަރިއަށް ވަނެވެ. ދުވަމުން ދުވަމުންގޮސް އޭނާއަށް ކޮޓަރިއަށް ވަދެވުނު އިރު ލަދުން އެމޫނު ރަތްވެއްޖެއެވެ. އެތުންފަތުގައިވަނީ ލަދުރަކި ހިިނިތުންވުމެކެވެ.

** **

އޭގެ އަނެއްދުވަހު ހެނދުނު ހޭލެވުނުއިރު ނައުރީންއަށް ލިބުނީ ސިހުމެކެވެ. އެނދުކައިރީ އެއްފައި މައްޗަށް އިށީނދެލައިގެން އިނީ ނަޒްޔަކްއެވެ. “ވިލްޔޫ މެރީމީ؟” ނަޒްޔަކް އަހާލިއެވެ. ނައުރީން ލަދުން ދުވެފައި ގޮސް ވަނީ ފާހާނާއަށެވެ. ދަތްއުނގުޅާ ހަދައިގެން ނުކުތްއިރުވެސް ނަޒްޔަކް އެއިން ގޮތަށް އިނެވެ. “އޮފްކޯޒް” ނައުރީން ބުނެލިއެވެ. ނައުރީންގެ ކަށި އިނގިލީގައި ނަޒްޔަކް އެ އަނގޮޓި އަޅުވާލިއެވެ.

** **

އަސްމާއާއި ބައްސާމުގެ ވެސް ރުހުމާއިއެކު އޭގެ ހަފްތާއެއް ފަހުން ނައުރީންއާއި ނަޒްޔަކްގެ ކައިވެނި ކުރެވުނެވެ. ކައިވެނީގެ ހަފްލާ ބޭއްވީ މާކުލަގަދަކޮށެއް ނޫނެވެ. އޭގެ 3 ދުވަސްފަހުން އެމީހުން ހަނީމޫނަށް ދިޔައީ ރާއްޖޭގެ ރިޒޯޓަކަށެވެ.

** **

މިހާރު

ޚިޔާލުތަކުން ނައުރީންއަށް ބޭރުވެވުމާއިއެކު އަނެއްކާވެސް އެތުންފަތުގައި ހިނިތުންވުމެއް ދުވެލައިފިއެވެ. ބަނޑުގައި އަތް ޖައްސާލަމުން އީނާއަށް އެޚަބަރު ދިނުމަށް ތައްޔާރުވިއެވެ.

** **

“އީނާ.” ހައިލާ ގޮވާލިއެވެ. “ހޫމް ކިހިނެއްވީ؟” އީނާ ބުނެލިއެވެ. “ތަންކޮޅެއް ކުރީ ދުވަހަކު އީ ބުނީމެއްނު ކޮންމެވެސް މީހަކުދެކެ ލޯބިވާ ވާހަކަ” ހައިލާ ވާހަކަ ފެށީ ދުރުދުރުންނެވެ. “އާނ. ބުނިން” ލިޔެކިޔުންތަކެއްގައި ސޮއި ކުރަމުން އީނާ ބުނެލިއެވެ. “އެއީ ޖައުޝް ސަރ ދޯ؟” ހައިލާ ބުނެލިއެވެ. އީނާ ދިޔައީ ސިހިގެންނެވެ. “ހައު…؟ ކިހިނެއް އެކަން އެނގުނީ” ފަޅާއެރުމުން އީނާވެސް ދެބަސްވާން ބޭނުންނުވިއެވެ. “ސޮރީ ބަޓް އީގެ ޑައިރީ ފެނުނީ.” ހައިލާ ބުނެލިއެވެ. އީނާ ހިނިތުންވެލަމުން އެއީ މައްސަލައެއް ނޫން ކަމަށް ބުނެލިއެވެ. “އަހަރެން ބުނާނީ ޖައުޝްގެ ލޯބި އީނާގެ ހިތުން ޖެހޭނީ ފޮހެލާށޭ.” ހައިލާ މަޑުމަޑުން ބުނެލިއެވެ. “އޭނ. ކީއްވެ؟” އީނާ ފާޑަކަށް އަހާލިއެވެ. “އެއީ ލިބެންނެތް ލޯތްބެއް ވީމަ” ހައިލާ ބުނެލިއެވެ. “ތަންކޮޅެއް ތިލަކޮށް ތިބުނަން އުޅޭ އެއްޗެއް ބުނެވިދާނެތަ؟” އީނާ ބުނެލިއެވެ. “ނޭނގޭތަ؟ ޖައުޝް ސަރ…” އެވަގުތު ހައިލާއަށް ފޯނެއް އައެވެ. މުހިއްމު ކޯލެއް ކަމުން ހައިލާއަށް އެ ނަގަން މަޖުބޫރުވިއެވެ. އީނާ ކަރުއެލުވާލަމުން ދުރަށް ހިނގައިގަތެވެ.

** **

މިއަދުގެ މެންދުރުގެ ކެއުންވެސް ކުރިއަށް ދިޔައީ ނަވީންއާއި އެކުގައެވެ. “އެނގޭތަ އީނާއާއި އަހަރެން ވާހަކަ ދައްކާ ހިތްވީ ކީއްވެގެންކަން؟” ނަވީން އަހާލިއެވެ. ނޭނގެޔޭ ބުނުމުގެ ގޮތުން އީނާ ބޯހޫރުވާލިއެވެ. ނަވީން ހުޅުވާލީ އޭނާގެ ފޯނެވެ. ގެލެރީއަށް ދިއުމަށްފަހު ދައްކާލީ ކޮންމެވެސް އަންހެން ކުއްޖެއްގެ ފޮޓޯއެކެވެ. ވަގުތުން އީނާގެ ދެލޯ ބޮޑުވިއެވެ. ލިބުނު ސިިހުމުގައި ލޯ އުނގުޅާލެވިއްޖެއެވެ. އެއަންހެން ކުއްޖާ ހީވަނީ އީނާގެ ނަކަލެއް ހެންނެވެ. އެހާވެސް އީނާއާއި އެއަންހެންކުއްޖާ ވައްތަރެވެ “މިއީ ކާކުކަން އެނގޭތަ؟” ނަވީން ސުވާލުކޮށްލިއެވެ. އީނާ ބޯހޫރުވާލިއެވެ. “އަހަރެންގެ އަނބިމީހާ. ރައިހާނާ” ނަވީން ބުނެލިއެވެ. “އަހަރެން އީނާއާއި ވާހަކަދައްކާ ރަހްމަތްތެރިިކަމުގެ ގުޅުމެއް އުފައްދަން ބޭނުންވީ އަހަރެންގެ އަނބިމީހާއާއި އީނާ ވައްތަރުކަމުން” ހިތި ހިިނިތުންވުމަކާއިއެކު ނަވީން ބުނެލިއެވެ. އީނާ ވަކިއެއްޗެއް ނުބުނެ ހީނލުމަކުން ފުއްދާލީއެވެ. “އެކުގައި މިއުޅުނު ދުވަސްތަކުގެ ތެރޭގައިވެސް އަހަންނަށް ވަރަށް ފާހަގަވޭ އީނާ ބަސްމަދުކަން. އަނެއްކާ ފިރިހެން ރައްޓެއްސެއް ވީމަ އުނދަގޫ ގޮތެއް ފީލްވަނީތަ؟ އެކަހަލަ ގޮތަކަށް ފީލް ނުކުރައްޗެ. މިއީ ހަމަ ރަނގަޅު ރައްޓެހިންނެއްނު ދޯ” ހިނިތުންވެލަމުން ނަވީން ބުނެލިއެވެ. “ނޫން. އެކަހަލަ ގޮތެއް ފީލްއެއްނުވޭ. އެއީ ހަމަ އަހަރެންގެ މިޒާޖު” ހީނލަމުން އީނާ ބުނެލިއެވެ.

** **

ޖައުޝްހުރީ އެހެންޏާވެސް އޭނާ ހިތްހަމަ ޖައްސާލުމަށް ގޮސް ހުންނަ ތަނުގައެވެ. އެއީ އޭނާގެ ކޮޓަރީގެ ބެލްކަންޏެވެ. އަނެއްކާވެސް އޭނާ ބޭނުންވީ މާޒީ ހަނދާން ކޮށްލާށެވެ.

_________

2 އަހަރު ކުރި

ސަލީމުގެ ވަޒީފާ ގެއްލުނު ޚަބަރު އައިމިނަތަށް ސަލީމު ދިނެވެ. އައިމިނަތަށް ހަދާނެ ގޮތެއް ނޭނގުނެވެ. “ކިހިނެއް ހަދާނީ ދެން” އައިމިނަތުއަށް ރޮވުނެވެ. “ދެން ކިހިނެއް ހެދޭނީވެސް. ޖައިޝާއާއި އަހަންނާ އައިންތު ދާން ޖެހޭނީ ރާއްޖެ. އެހެން ތާކުންވެސް އަހަންނަށް ވަޒީފާއެއް ނުލިބުނު.” ސަލީމް ކަރުއެލުވާލިއެވެ. މިކަންތައް ގަނޑަކާއިހެދި އޭނާއަށް ހަމަނިދި ނުލިބެއެވެެ. އެކަމުގެ ސަބަބުން ބޮލުގައި ތޫނު ރިހުމެއްވެސް ހުއްޓެވެ. “މިތަނަށް އަންނަން އަހަރެން ލަބީބު އަތުން ނެގި 2 މިލިޔަން ރުފިޔާ ތެރެއިން އަހަންނަށް ދެއްކުނީ އެންމެ 7 ލައްކަ ރުފިޔާ.” ސަލީމު ބުނެލިއެވެ. ވިސްނާ ވިސްނާ އޭނާގެ ބޯގޮވަން ކައިރި ވެއްޖެއެވެ. “މިރޭ ދޭބަލަ ލަބީބު އުޅޭ ގެއަށް. އަޅެ ގޮތެއް ހަމަޖެހޭތޯ!” އައިމިނަތު ބުނެލިއެވެ.

_________

މިހާރު

“ކޮބާ. ކާން އާދޭ” ޚިޔާލުތަކުން ޖައުޝްއަށް ބޭރުވެވުނީ ލަޔާލީ ކާން ގޮވުމުންނެވެ. ވީ ފޫހިން ފައިތަޅާލެވުނެވެ. ކޮންމެ ފަހަރަކު އޭނާ މާޒީއަށް ފީނައިގަންނަން މަސައްކަތް ކުރާއިރަށް ކޮންމެވެސް މީހަކު އެވަގުތުކޮޅު އެބަ ޚަރާބު ކޮށްލައެވެ.

** **

ގެއަށް އައުމާއިއެކު ނައުރީން ބަނޑުބޮޑުވި ޚަބަރު އީނާއަށް ދިނެވެ. އީނާއަށް ވީއުފަލެއް ބުނެދޭންވެސް ނޭނގުނެވެ. ނައުރީންގެ ގައިގައި ބައްދަ ބައްދާފައި ޝުކުރު އަދާކުރިއެވެ. “ސާބަހޭ ދެން، ބޭބީއެއްތަ ތިއީ؟ އަސްލު އަހަރެން ބޭނުންވަނީ ޒެކްއަށް ސަޕްރައިޒެއް ދޭން. އެކަމުގައި އީނާގެ އެހީ ބޭނުންވޭ” ނައުރީން ކޮލުދަތްތައް ފެންނަވަރަށް ހިނިތުންވެލައިގެން ހުރެ ބުނެލިއެވެ. “އޯލްރައިޓް ބޭބީގަނޑޫ… ކީއްތަ ކޮށްދޭންވީ” އުކުޅުގައި އަތްވިއްދާލަމުން އީނާ ބުނެލިއެވެ. ނައުރީން ހަދަންވީގޮތް ކިޔައިދިނެވެ. އެމީހުން މަސައްކަތް ފެށިއެވެ. ދެގަޑިއިރުގެ މަސައްކަތަށް ފަހު ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. ފާރުގައި ބޮޑުކޮށް 3=1+1 ޖަހާފައި އިނެވެ. އަދި ނައުރީން ލައިގެން ހުރި ޓީޝާޓުގައި ކުޑަ ކުއްޖެއްގެ ފައިތިލަ ޖަހާފައި ‘އައިމް އަންއެކްސްޕެކްޓެޑް’ ޖަހާފައި އިނެވެ. މުޅި ތަނުގަގައި ހުރީ ފުއްޕާހަން ތަކެވެ. ފާރުގައި ހުރީ ކުދިކުދި ފައިތިލަ ތަކެކެވެ. ދެން އެމީހުން އިންތިޒާރުކުރަން ފެށީ ނަޒްޔަކް އަންނާނެ އިރަކަށެވެ.

** **

ދޮރުން ވަދެގެން އައި ނަޒްޔަކްއަށް ގޭތެރެ ފަޅުވެފައި އޮތުމުން ބަަލައިލެވުނެވެ. “ކޮންމެވެސް ކަންތައް ގަނޑެއް އެބަހިނގާ” ނަޒްޔަކަށް ބުނެލެވުނެވެ. ކޮޓަރި ދޮރުހުޅުވާލި ނަޒްޔަކްގެ ދެލޯ ބޮޑުވިއެވެ. ތިރީގައި ދެމިފައިއޮތް ލޭގެ ކޯރުފެނި އޭނާ ކަންބޮޑުވިއެވެ. “ސަޕްރާއިޒް” ހުދުބޮކި ދިއްލުމާއެކު ނައުރީން ބުނެލިއެވެ. ނަޒްޔަކަށް މުޅިތަނަށް ބަލައިލެވުނެވެ. “މިއީ ކޮންކަމެއް” ނަޒްޔަކް ބުނެލިއެވެ. “ރަނގަޅަށް ކިޔާލަބަލަ ތަންތަން. އަދިވެސް ރަނގަޅަށް ބަލާ” ނައުރީން ހިނިތުންވެފައި ބުނެލިއެވެ. “އަންޑަސްޓޭންޑެއް ނުވި” ދެބުމަ ގާތްކޮށްލަމުން ނަޒްޔަކް ބުނެލިއެވެ. ނައުރީން ބަނޑުގައި އަތ ޖައްސާލިއެވެ. ކަމެއް ދޭހަވީ ފަދައަކުން ނަޒްޔަކް ދެލޯ ބޮޑުކޮށްލިއެވެ. އަދި ކޮލުދަތްތައް ފެންނަވަރަށް ހިނިތުންވެލިއެވެ. “ޔޫ އާ ޕްރެގްނެންޓް؟” ނަޒްޔަކް އަހާލިއެވެ. ނައުރީން ބޯޖަހާލިއެވެ. ނަޒްޔަކް ގޮސް ނައުރީން އުރާލާ ވައިގެތެރޭ އަނބުރާލިއެވެ. “އަހަރެން މިއަދު ވަރަށް އުފާވެއްޖެ. ތެންކިޔޫ” ނަޒްޔަކް ނައުރީންގެ ކޮލަށް ބޮސްދިނެވެ.

** **

އަދިވެސް އޭނާއަށް އާދެވުނީ ރަނގަޅު ގެއަށްތޯ ބަލާލިއެވެ. އޭނާ ހުރީ ނަވީންގެ އެދުމުގެ މަތިން އޭނާގެ ގެއަށް އައިހެވެ. ގޭގެ 3 ވަނަ ބުރިއަށް ގޮސް އީނާ ބެލްއަޅާލިއެވެ. ދޮރުހުޅުވީ ހައިލާއެވެ. “އީނާ؟ ވަދޭ އެތެރެއަށް” ފުޅާ ހިނިތުންވުމަކާއިއެކު ހައިލާ ބުނެލިއެވެ. “ނަވީން ކޮބާ؟” އީނާ އަހާލިއެވެ. “ފެންވަރަން ވަދެއްޖެ،” ހައިލާ ބުނެލިއެވެ. އެވަގުތު އެތަނުގައި ހުރި ކޮޓަރިއެއްގ ދޮރު ހުޅުވާލަމުން ނުކުުތީ ކަޅު ހެދުމުން ނިވާވެގެންހުރި މެދުއުމުރުގެ އަންހެނެކެވެ. “ރައިިހާނާ!” ބާރު ހިނގުމެއްގައި އެދިމާލަށް އެއަންހެންމީހާ އައެވެ. އައެެވެ. އޭރު އެދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އޮހޮރެމުން ދިޔައެވެ. އޭނާ އައިސް ބައްދާލީ އީނާގެ ގައިގައެވެ. “ކީއްވެ އަހަރެމެން ދޫކޮށްލާފައި ދިޔައީ” ރޮމުން ގިސްލަމުން އެމީހާ ބުނެލިއެވެ. އީނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ހައިލާ ތުންފިއްތާލިއެވެ. “މަންމާ. އެއީ ރައިހާނާއެއް ނޫން. އެއީ އަހަރެންގެ ރައްޓެއްސެއް. އީނާ ކިޔަނީ” ހައިލާ ބުނެލިއެވެެ. ނަވީންގެ މަންމަ މަޑުމަޑުން އީނާއާއި ދުރަށް ޖެހިލިިއެވެ. “ތިއީ އަސްލު ރައިހާނާ ނޫންކަމުގައިވިޔަސް، ދަރިފުޅު މި މަންމަގެ ހިތުން ޖާގައެއް ހޯދައިފި.” ހިނިތުންވެލަމުން ނަވީން މަންމަ ބުނެލިއެވެ. “އީނާ! ވަރަށް ގިނައިރު ވެއްޖެދޯ” ނަވީން ކޮޓަރިން ނުކުތެވެ. އީނާއަށް ފުރަތަމަ ފަހަރަށް ނަވީންގެ ރީތިކަމަށް ތައުރީފު ކޮށްލެވުނެވެ. ރީތި ބަށްޓަމަކަށް ހުރި މޫނުގައި ތުނބުޅި މަތިމަސް ހެޔޮވަރު ވަރަކަށް ހުއްޓެވެ. ލައިގެން ހުރި އަތްކުރުު ޓީޝާޓްވަނީ އެކަސްރަތީ ހަށިގަނޑަށް ހިފާލެވިފައެވެ. “ނޫން އެހާ ގިނައިރެއް ނުވޭ. ކޮބާާ ދަރިފުޅު” އީނާ އަހާލިއެވެ. “ކޮޓަރީގައި އެބައިން ކާޓޫން ބަލަން” ހިިނިތުންވެލަމުން ނަވީން ބުނެލިއެވެ. “ދަރިފުޅާ. ސައި ބޮއެގެން ނޫންތަ ދާނީ؟” ނަވީންގެ މަންމަ ބުނެލިއެވެ. އީނާ އެއްބަސްވެލިއެވެ. ސުފުރާމަތީގައި އެކި ވައްތަރުގެ ހެދިކާ ހުއްޓެވެ. “ނަވީން މަންމަގެ ކެއްްކުން ހާދަ މީރޭ” އީނާ ބުނެލިއެވެ. ނަވީންގެ މަންމަ ހީނލިއެވެ. “ދެން މަންމަގެ ކެއްކުން ކާން މިގެއަށް އެއްްކޮށް އަންނަންވީނުން” ނަވީންގެ މަންމަ ބުނެލި ޖުމްލައިން އީނާގެ ދެކޯ ރަތްވިއެވެ. “މަންމާ!” ރާގުލާފައި ނަވީން ގޮވާލިއެވެ. “ކީއްވީތަ؟ ދަރިފުޅު މީހަކާއި ނީނދެ ހުންނާތީ މަންމަވެސް ކަންބޮޑުވެޔޭ” ނަވީން މަންމަ ބުނެލިއެވެ. ނަވީންް ވަކިއެއްްޗެއް ނބުނެ ދުރު ބަލާލިއެވެ.

** **.

ނަވީންގެ ކޮޓަރިއަށް ގޮސް ވަންއިރު އެނދުމަތީގައި ކުޑަ ފިރިހެން ކުއްޖަކު އޮތެވެ. “ކޮއްކޯ. ކޮންްނަމެްްއް ކިޔަނީ. މިއީވެސް ދައްތައެކޭ” އީނާ ބުނެލިއެވެ. “ރައިހާން ބިން ނަވީން” އެކުއްޖާ ބުނެލިއެވެ. “ރައިހާން ކޯޗެއް ބަލާލަނީ” އީނާ ބުނެލިއެވެ. އެކުއްޖާ ޓެލެޓަބީސް އޭ ބުނެލީ ހިނިތުންވަމުންނެވެ. އެގޭގައި ހޭދަވި 2 ގަޑިއިރެއްހާ އިރުތެރޭ އީނާއާއި ރައިހާންގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވިއެވެ.

** **

ނުވަގަޑި ބްރޭކުގައި ހައިލާ އައިސް އިނީ އީނާގެ ރޫމުގައެވެ. “އަހަރެން މިއުޅެނީ ޖައުޝްއަށް ލޯބި ހުށަހަޅަން” އީނާ ބުނެލައިފިއެވެ. “ނޫން. ތިއީ އީނާއަށް ވާނޭކަމެއް ނޫން. އެއީ ލިބުންނެތް ލޯތްބެއް.” ހައިލާ ބުުނެލިއެވެ. “ކީއްވެތަ އަބަދު އެހެން ތިކިޔަނީ؟” އީނާއަށް ނުުކުރަނއިން ސުވާލުވެސް ކުރެވިއްޖެއެވ. “އެއީ މީހެއްގެ ހައްގެއް” ހައިލާ ބުުނެލިއެވެ. “ހެވޭ. ދެލޯބިވެރިން ދެމެދަށް ވަންނަން ޖެހުނަސް ހެޔޮ. ޖައުުުޝްއަކީ އަހަަރންގ މީހެއް” އީނާ ގަދަހެދިއެވެ. “ކިިހިނެއް ބުނީމަތަ އީނާއަށް ސާފުވާނީ؟ އެއީ މީހެއްގެ ފިރިއެއް. ކައިވެންޏަށް ދޮޅުއަހަރު! ދެމަަފިރިން ދޭތެރެއަށްވެސް ވަންނަންވެސް ކެރޭނެ؟” ހައިލާގެ އަޑު ބާރުވެލިއެވެ. “އޭނނ….؟؟” ލިބުުނުު ސިހުމުުގައި އީނާއަށް ކޮޅަށް ތެދުވެވިއްޖއެވ. އޭނާގެ ހިތަށް ތަދުވިއެވެެ. ލޮލުން ކަރުނަ އޮހޮރެން ފެށިިއިރު ހުރިތަނަށް ތިރިވެވިއްޖެއެވެ. “ބުނޭތީ ދޮގެކޭ.. ބުުނޭ” އީނާ ހަޅޭލަވައިގަތެވެ. “މިއީ ހަމަ ތެދު ހަގީގަތް” ހައިލާ އިސްޖަހާލަމުން ބުނެލިއެވެ.

 

=ނުނިމޭ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Rain lover

Level 310 Stories100 Comments100 Login

hey I'm fizzy,

Other Articles

Previous

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ނުވަދިހަ ފަސްވަނަ ބައި)

Next

ވާލޯބި ނޭނގޭހޭ -1

Next
December 11, 2021

ވާލޯބި ނޭނގޭހޭ -1

Previews
December 11, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ނުވަދިހަ ފަސްވަނަ ބައި)



All Right Reserved!