Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބޭވަފާތެރި ވުމުން ޔާރާ 18، 19 އަދި ވިހި ވަނަ ބައި

Rain lover Level 310 Stories100 Comments100 Login
June 30, 2022 18 Mins Read
2 Comments

18 ވަނަބައި
_________
ފެންވަރާލައިގެން ނުކުމެ އީނާ ރީތިވާން ފެށިއެވެ. ކަޅާއި ގަދަނޫ ހިމެނޭ އަބާޔާއެއް ލުމަށްފަހު ރިހިކުލައިގެ އެސްޖެހި ބުރުގާ ރީތި ގޮތަކަށް އަޅާލިއެވެ. ފޯނުން ގަޑިބަލާލިއިރު ހަތެއް ޖަހައިފިއެވެ. ކޮޓަރީގެ އެނދުކައިރީގައި ބެހެއްޓިފައިހުރި ދެފޮއްޓަށް އޭނާ ބަލާލިއެވެ. މިއަދަކީ އީނާގެ ކައިވެންޏަށް އެއާއިލާ ކުޅުދުއްފުށްޓަށް ދާން ހަމަޖެހިފައިވާ ދުވަހެވެ. ލަސް ހިނގުމެއްގައިި އޭނާ ބެލްކަންޏާއި ދިމާލަށް ހިނގައިގަތެވެ. ދޮރު ކަހާލަމުން ބޭރަށް ނުކުމެލުމާއެކު އޭނާގެ މޫނުގައި ބީހިލީ ފިނިފިނި ވައިރޯޅިއެކެވެ. އެއާއެކު އެތުންފަތުގައި ދުވެލީ ރީތި ހިނިތުންވުމެކެވެ. ހިތުގައިވި ހުރިހާ ނުތަނަވަސްކަމެއް ފިލާދިޔަ ފަދައެވެ.

** **

ހެނދުނު ހޭލެވުމާއިއެކު ލޫނާއަށް އެންމެ ފުރަތަމަވެސް ބަލާލެވުނީ ފޯނެވެ. ގަޑިން ހަތްގަޑި ފަނަރަ ވެފައިވުމާއެކު އޭނާއަށް ދެލޯ ބޮޑުކޮށްލެވިއްޖެއެވެ. ގައިގައި ފޭރާމެއް ނެތްކަން އެނގުނީ އެވަގުތުއެވެ. ބިންމައްޗަށް އުކާލެވިފައިވި އަންނައުނުތައް ފެނި ރޭގައިވި ކަންތައް އޭނާ ހަނދާންވިއެވެ. ވިއާމްގެ ފަރާތުން އޭނާއަށް ލިބުނު ނިމުމެއްނެތް އަރާމުގެ ސަބަބުން އޭނާގެ ހަށިގަނޑަށް ލޮޑުކަމެއް ވެރިވެފައިވިއެވެ. ތެދުވަން އުޅުނު ވަގުތު ބޮލަށްއެރި ތޫނު ތަދުން އޭނާއަށް އަނެއްކާވެސް އޮށޯވެލެވުނެވެ. ނެތް ހިތްވަރު ލައިގެން އޭނާއަށް ފާހާނާއާއި ހިސާބަށް ދެވުނެވެ.
** **
އެއާޕޯޓުން ޗެކިން ނިންމާލުމަށްފަހު އީނާއާއި ޖައުޝް ދިޔައީ ހެނދުނުގެ ނާސްތާ ކުރުމަށެވެ. ޖައުޝް އީނާގެ އަތުގައި ހިފާލައިގެން ހުރިއިރު އީނާގެ ސަމާލުކަންހުރީ ވަށައިގެންވާ މާހައުލަަށެވެ. ރެސްޓޯރެންޓަކަށް ވަނުމަށްފަު މަސްހުންޏާއި ދެރޮއްޓާ ހެދިކާކޮޅެއް ތައްޓަށް އެޅުމަށްފަހު އީނާ ދެންނެގީ އޮރެންޖު ޖޫސްތަށްޓެކެވެ. އީނާ ކާތަން ބަލަހައްޓައިގެން ޖައުޝްއިނީ ލޯތްބާއިއެކުގައެވެ. އެދެމީހުންގެ ދެމެދުގައިއޮތް ވަރުގަދަ ލޯތްބާއި ގުޅުން މިކަމުން އެނގިގެން ދާނެއެވެ. “ލޫ ނާދޭތަ؟” އީނާ އަހާލިއެވެ. “ނޭނގެ.. ބުނި އަންނާނަމޭ.. އެކަމަކު ޗެކިން ގަޑިވެސް ހަމަވެއްޖެ މިހާރު..” ޖައުޝް ބުނެލިއެވެ. “އަހަރެމެން އޭނާއަށް މަޖުބޫރުކުރާނެ ކަމެއްނެތް. އަންނަން ބޭނުންވާ މީހަކު އަންނާނެ..” އީނާ ބުނެލިއެވެ. “އީ.. އެންމެ ހަފްތާއެއް ދެންއޮތީ ދޯ..” ޖައުޝް ބުނެލިއެވެ. އެއާއެކު ލަދުން އީނާއަށް އިސްޖަހާލެވުނެވެ. ޖައުޝް އީނާގެ މޫނަށް ބަލަހައްޓައިގެން އިނުމުން އިތުރަށް އީނާ އިތުރަށް ލަދުގަންނަ ގޮތްވިއެވެ. ދެމީހުންނަށްވެސް ސިހުން ލިބުނީ ރިންގުވި ފޯނުގެ އަޑާއިއެކުގައެވެ. “ޖައި ގުޅީ.. ބޯޑިންއަށް ގޮވާށޯ އުޅެނީ.. އަވަސްކޮށްގެން އަންނާށޯ” ޖައުޝް މިހެން ބުނުމާއެކު އީނާވެސް ތެދުވެގެން ރެސްޓޯރެންޓުން ބޭރަށް ނުކުތެވެ.
** **
“ފަ* ޝި*.. މަގޭ ޕްލޭންގެ އެއްބައި ދިޔައިއްޔޭމި” ލޫނާ އަމިއްލަ ނަފްސަށް ބުނެލިއެވެ. އެހާވަރުން އެއާޕޯޓަށް އައިިއިރު ފްލައިޓް ނައްޓާލައިފިއެވެ. “އަދިވެސް އެއްފަހަރު ޔަގީން ކޮށްބަލަ އިތުރު ފްލައިޓެއް އިންތޯ.. ހަނިމާދޫއަށް ވިޔަސް ހެވޭ..” ލޫނާއަށް ބުނެލެވުނީ ފުދޭވަރަކަށް ބާރަށެވެ. “މި ހަފްތާއަށް ހުރިހާ ފްލައިޓެއް ފުލްވެފައި.. ފުނަދޫއަށްވެސް..” ކައުންޓަރުގައި އިން ކުއްޖާ ބުނެލިއެވެ. “އެއްގޮތަކުން ނުވިޔަސް އަނެއްގޮތުން މިކަން ކުރެވޭނެ.. މި ލޫނާއަކަށް ގޮތެއް ހުހެއް ނުވާނެ..” ލޫނާ ބުނެލިއެވެ. “ދެން ދާންވީ ލޯންޗެއް ކުއްޔަށް ނަގަން” ރުޅިއައިސްގެން ގޮސް ލޫނާގެ ގައިން ތުރުތުރު އަޅަމުން ދިޔައެވެ. “ވިއާމުއާއި ހެދި ވާހާ ކަންތަކޭ..” އެންމެފަހުން ހުރިހާކަމެއް ޖެހީ ވިއާމުގެ ބޮލަށެވެ.
** **
ކުޅުދުއްފުއްޓަށް ފްލައިޓް ޖެއްސުމާއެކު އީނާ ލޫނާއަށް ގުޅާލިއެވެ. “ކިހިނެއްވީ ނާންނަނީ.. ބަލީތަ؟” އީނާ އަހާލައިފިއެވެ. “ނޫން.. ނުހޭލެވުނީ.. މިހާރު މިހުރީ ބަނދަރުގައި.. ލޯންޗެއްގައި ތިކޮޅަށް ދާނަން މިއަދު” ލޫނާ އެކޮޅުން ބުނެލިއެވެ. އީނާ ފޯނު ކަނޑާލަމުން އެއާޕޯޓުން ނުކުންނަން ހިނގައިގަތެވެ. “ހާދަ ބޮޑެތި ބަދަލުތަކެއް ރަށަށް އައިސްފިޔޭ ދޯ” ފަރާތް ފަރާތް ބަލަމުން އީނާ ބުނެލިއެވެ. “އޭރު އަހަރެމެން މަޖާކޮށް ހެދި ކުޅީގައި ވިއްޔަ އެއާޕޯޓުވެސް އަޅާފައި މިއޮތީ.. އަދިވެސް ގަބޫލުކުރަންދަތި” ޖައުޝް ބުނެލިއެވެ. އީނާވެސް ޖައުޝްގެ ވާހަކައާއި އެއްބަސްވިއެވެ. ނައުރީންގެ ދެމަފިރިންނާއި ދަރިން ކާރެއްގައި ފޮނުވާލުމަށްފަހު އީނާއާއި ޖައުޝްގެ އާއިލާ އެރީ ބޮޑު ޕިކަޕަކަށެވެ.
** **
އެމީހުން ދިޔައީ ކުރިން އީނާމެން އުޅުނު ގެއަށެވެ. ގެއަށް ވަދެވުމާއިއެކު ހައިރާންކަމާއިއެކު އީނާއަށް ފަރާތް ފަރާތަށް ބަލާލެވުނީ ގޭގެ ރީތިކަމާއި ފުރިހަމަކަން އެގޮތުގައި ހުރީތީއެވެ. “ބައްޕަގެ ރައްޓެއްސެއް އަންނާނެ ދޭތެރެއަކުން މިގެ ސާފުކުރަން.. އެހެންވެ މިހާ ރީތިކޮށް އަދިވެސް މިއޮތީ..” އީނާ ސުވާލު އުފެދިފައިހުރި ކަމެއް އެނގޭތީ ބައްސާމު އަވަހަށް ބުނެލިއެވެ. “އޯހް އެހެންދޯ..” އީނާ ބުނެލިއެވެ. “ގޭގައި އިންނާނެ 6 ކޮޓަރި.. އެއްކޮޓަރި ޖައިޝާއާއި އީނާއަށާއި ދެން އިތުރަށް އަންނަ ކުއްޖާއަށް.. އަނެއްކޮޓަރި ނުހައިކްގެ ދެމަފިރިންނަށް.. ދެން ނަޒްޔަކްގެ ދެމަފިރިންންނަށް އެއްކޮޓަރި.. ޖައުޝްއަށް އެއްކޮޓަރި.. އައިމިނަތާއި ސަލީމަށް އެއްކޮޓަރި.. ދެން އަހަންނާއި އަސްމާއަށް އަނެއްކޮޓަރި” ބައްސާމު ކިޔައިދިނެވެ. ވަރުބަލިވެފައިތިބި މިންވަރުން އެންމެންވެސް ދިޔައީ އެމީހެއްގެ ކޮޓަރިއަށެވެ.
** **
5 ގަޑިއިރުގެ ދަތުރަކަށްފަހު ލޫނާއަށް ކުޅުދުއްފުއްޓަށް އާދެވިއްޖެއެވެ. ބަނދަރުން ޓެކްސީއަކަށް އަރައިގެން އީނާ މެސެޖުކުރި ގެއަށް އޭނާ އައެވެ. ދޮރުމަތީގައި އީނާ ހުރުމުން އާދެވުނީ ރަނގަޅު ގެއަށްކަން އޭނާއަށް އެނގިއްޖެއެވެ. “އަޅެ ނަސީބެއް ލޫއަށް އާދެވުނުކަން.. އަހަރެމެން އަސްލު ލޫ އަންނަން މަޖުބޫރުކުރަން ބޭނުންނުވީ.. ކައިވެނިވެވޭ ވަގުތު އަހަރެންގެގާތު ލޫ ހުރެލަން އަސްލު ވަރަށް ބޭނުންވޭ” އީނާ ބުނެލިއެވެ. “ހެހެހެ.. އެހެންތަ؟ މަ ބަލާނަން ތި ކައިވެންޏެއް ކުރެވޭތޯ..” ލޫނާ ހިތާހިތުން ކިޔާލިއެވެ. “ލޫ.. ކިހިނެއްވީ؟” ހާސްކަން އީނާގެ މޫނުމަތިން ފާޅުވެލިއެވެ. “ސޮރީ.. ކަމެއް ނުވޭ..” މަސްނޫއީ ހިނިތުންވުމަކާއިއެކު ލޫނާ ބުނެލިއިރު އޭނާގެ އެތެރެހަށި ކެކިއަރައެވެ.
** **
ރަތްކުލައިގެ ކަސަބު ބޯވަޅު އެޅި ލިބާހާއި ކަޅު ފޭލީގައި އީނާގެ ސޫރަ ވަރަށްވެސް ފުރިހަމައެވެ. އެއާއިގުޅޭ ރަންކުލައިގެ ބުރުގާވެސް ވަނީ ރީތި ގޮތަކަށް އަޅާލެވިފައެވެ. ޑްރެސިން ޓޭބަލް ކުރިމަތީ ހުރިއިރު ހާސްކަން އޭނާގެ ނަފްސު ވަށާލާފައިވެއެވެ. ކޮށްފައިވި ލުއިލުއި މޭކަޕުންވެސް އެރީތިކަމާއި ތާޒާކަން ދެގުނަ ކުރުވާފައިވާ ފަދައެވެ. ކޮޓަރިތެރޭ ދެކޮޅަށް ހިނގަހިނގާ ހުއްޓާ ނައުރީން އާއި ޝާހާ ވަދެއްޖެއެވެ. އީނާ ހުރިގޮތްފެނި އެދެމީހުންގެ ގާތަށް ވަރަށް ހިނިއަތުވެއްޖެއެވެ. “ކޮބާ ރަންކިޔާނެ އަދަދެއް ވިސްނައިފިންތަ؟” ޝާހާ ބުނެލިއެވެ. “ކަލޯ.. އަހަންނަކަށް ނޭނގެޔޭ.. އަހަން ބޮލަކަށް އެއްވެސް އެއްޗެއް ނުވަދެޔޭ” އީނާއަށް ބުނެލެވިއްޖެއެވެ. “ސާބަހޭ ރަންކޮޅާ.. ވަރެއް ވެފައިތާ ތިޔަހުރީ މަންޖެއަށް” ހެނމުން ހެނމުން ޝާހާ ބުނެލައިފިއެވެ. “ޝާ ރަންކީ ކިތައް ރުފިޔާއަށް؟” އީނާ އަހާލިއެވެ. “އަހަންނާ ނައުރީން ރަންކީ އެއްވަރަކަށް.. އެއީ 750 ރުފިޔާއަށް.. އަނެއްކާ އެކަމަކު އީ ބޭނުންވާ އަދަދަކަށް އިނގޭ ކިޔާނީ.. އަހަރެމެންގެ އެއްވެސް މަޖުބޫރުކަމެއްނެތް” ޝާހާ ބުނެލިއެވެ. “ތިއެއް ނޫނޭ.. ޖައުޝްގެ އެއްވެސް ރައްޓެއްސެއް ނާދޭތަ؟” ނައުރީން އަހާލިއެވެ. “ހޫމް.. ޑްރަގްސްއިން ސަލާމަތްވީފަހުން އޭރުގެ ހުރިހާ ނުބައި އެކުވެރިންތައް ދޫކޮށްލި.. އެއަށްފަހުން އެހާގިނަ ރައްޓެހިން ނުގެންގުޅޭ.. މިރަށު އެއްކަލަ ރައުޝަންއާއި ތިއްތިބޭއާއި އެންމެ ފްރެންޑްވާނީ.. ދެންއުޅޭނެ ހޮސްޕިޓަލް ފްރެންޑްސް” އީނާ ބުނެލިއެވެ.
** **
“ކިހިނެއް އިހުސާސްްތައް؟” ނަޒްޔަކް ޖައުޝގެ ކޮޓަރިއަށް ވަދެލަމުން ބުނެލިއެވެ. “އެއްވެސް އިހުސާސެއް އަނެއްހެން ނުކުރެވޭ.. ދެން އުފާވޭދޯ” ޖައުޝް ބުނެލިއެވެ. ޖައުޝްް ލައިފައިހުރީ ހުދުކުލައިގެ އަތްދިގު ގަމީހަކާއި ކަޅު ފޭއްޔެކެވެ. އިސްތަށިގަނޑުވަނީ ޒަމާނީ ސްޓައިލަކަށް ހަދާލެވިފައެވެ. “ދެން ބްރޯ ތިހެން ބުނީމަ ގަބޫލުކުރަންވެސް އުނދަގޫދޯ.. އަސްލު ބުނެބަލަ ކޮންކަހަލަ ިހުސާސެއްތަ ކުރެވެނީ” ނަޒްޔަކް އަހާލިއެވެ. “އުފާވެރި..އެކްސައިޓެޑް.. ދެން އެހެން ކަހަލަ އިހުސާސްތައްދޯ” ބޯކަހާލަމުން ޖައުޝް ބުންޏެވެ. ނަޒްޔަކް ޖަހާލީ ހިނިގަނޑެކެވެ.
**
ސިޓިންރޫމުގެ ސޯފާގޮނޑީގައި އިން ޖައުޝްއަށް އީނާގެ ސޫރަ ފެނިލުމާއެކު ދެލޯ ބޮޑުކޮށްލެވުނެވެ. އެފަދަ ރީތިކަމަކާއި ފުރިހަމަކަމެއް އޭނާ ދުވަހަކުވެސް ދެކެފައެއް ނުވެއެވެ. ހެކިވެރިއެއްގެ ގޮތުން އެތަނުގައި ތިބީ ރައުޝަންއާއި އޭނާގެ ރައްޓެއްސެކެވެ. ލައިގެން ހުންނަން ޖެހުނު ހެދުމުގެ ސަބަބުން ފުދޭވަރަކަށް އުނދަގޫ އިހުސާސެއް އީނާއަށް ދިޔައީ ކުރެވެމުންނެވެ. ރަންކިޔާ ވަގުތުވެސް ޖެހިއްޖެއެވެ. އެންމެންގެ ސަމާލުކަން އީނާއަށް ހުއްޓި މާހައުލު ހަމަހިމޭން ވެއްޖެއެވެ. ޖައުޝްގެ ކަތި ނަޒަރުގެ ސަބަބުން އީނާއަށް އިނދެވުނީ ބަހެއްވެސް ބުނެލުމަށް ލަދުންނެވެ. “ދެން ބުނެބަލަ އަދަދެއް..” އީނާއާއި ޖެހިގެން އިން ޝާހާ ސިއްރު ސިއްރުން އީނާގެ ގާތުގައި ބުނެލިއެވެ. “750 ރުފިޔާ 50 ލާރި..” އީނާގެ ބުނެލިއެވެ. ކަޅިޖަހާނުލާ އީނާއާއި ދިމާލަށް ބަލަހައްޓައިގެން އިން ޖައުޝްގެ މޫނަށް ބަލާލާ ހިނިތުންވުމެއް ދޭނެހާ ހިތްވަރުވެސް އީނާއަށް ލިބުނީ ދެނެވެ. އީނާގެ ހިނިތުންވުންފެނި ޖައުޝްގެ ހިތަށް ގޮތެއް ވެލައިގެން ދިޔައެވެ. މިމަންޒަރު ދެކެންއިން ލޫނާއަށް އެކަން ބަރުދާސްތުކުރުންވީ ހީީކުރި ވަރަށްވުރެ ދަތިކަމަކަށެވެ. އެތެރެހަށީގައި ރޯވި ހުޅުގަނޑު ބޭރަށް ފާޅުވެދާނެތީ ލޫނާ ސިޓިންރޫމުން ބޭރަށް ނުކުތެވެ. ލޫނާގެ ހަރަކާތްތަކަށް ފާރަވެރިވެއިން ޝާހާގެ ބުމަގޮށްޖެހުނެވެ. އޭނާ ފެނުނު ފުރަތަމަ ވަގުތުކޮޅުވެސް އޭނާގެ ފުށުން ޝައްކުކުރެވޭ ކަންތައްތަކެއް ފާހަގަކުރެވުނެވެ. އެކަންކަމަށް ސަމާލުވެ ހުންނަން ޝާހާ އަޒުމު ކަނޑައެޅިއެވެ.
** **
ރަންކިޔުމަށްފަހު އޮތީ އެކަމަށްޓަކައި ބޭއްވުނު ކުޑަ ސައެކެވެ. އެންމެންގެ ފަރާތުން އެދެމީހުންނަށް މަރުހަބާގެ މެސެޖުތައް ލިބުނެވެ. ލޫނާގެ މޫނުމަތިން ފާޅުވަނީ ރުޅިވެރިކަމެވެ. ލޫނާގެ މޫނުމަތީގެ ކޮންމެ ކުލަވަރަކަށް ފާރަވެރިވެ ބަލަހައްޓައިގެން މީހަކު ހުރިކަމެއް އޭނާ ނުދެނަހުއްޓެވެ. “މަރުުހަބާ ދެކުދިންނަށް..” ލޫނާގެ އަޑުގައި ހިތާމަވެރިކަމެއް ވެސްވިއެވެ. “ލޫ ރޮއެފަތަ؟ އަޑުން ހީވަނީ އެހެން..” އީނާ ބުނެލިއެވެ. “ތިއީ ހަމަ އީއަށް ހީވިގޮތް.. މިއޮށް އުފާވެރި ދުވަހު އަހަރެން ރޯންވީ ކީއްކުރަން..” ލޫނާ ބުނެލިއެވެ. އަދި ކޯކުތައްޓެއް ނަގައިގެން ދުރަށް ހިނގައިގަތެވެ. “އަދި އަހައިފިއެއްނު ރޮއެފަހޭ ތިހުރީ.. ކަލޭ ރޯންޖެހޭ ދުވަސް އޮތީ މާ ދުރަކު ނޫނޭ..” ލޫނާ ބުނެލިއެވެ. އެއަޑުގައިވަނީ ރުޅިވެރިކަމާއި ނަފްރަތެވެ. ލޯތްބަށްޓަކައި ކޮންމެ ކަމެއްވެސް ކުރަން ފަސްނުޖެހޭނެ ފަދައެވެ.
** **
ދުވަސްތައްްް ވެއަތު ވަމުންގޮސް އީނާމެންްްގެ ކައިވެންޏަށް 3 ދުވަހަށްް ވެއްޖެެއެވެ. ލޫނާގެ ޕްލޭންވެސް ދިޔައީ އޭނާ ބޭނުންވާ ގޮތަށް ކުރިއަށް ގެންދަމުންނެވެ. އީނާއާއި ލޫނާ ތިބީ އީނާމެންގޭ ސްވިމިން ޕޫލުގައެވެ. “އެއްޗެއް އަހާލަންވެފައި އެބައޮތޭ..” ނޫންކަމަށް ހެދިލަމުން ލޫނާ ބުނެލިއެވެ. “ބުނެބަލަ..” ކައިރީގައިހުރި ޖޫސްތަށިން އެތިފޮދެއް ބޮއެލަމުން އީނާ ބުނެލިއެވެ. “ޖައުޝް މީގެކުރިން ކައިވެންޏެއް ކުރިދޯ” ލޫނާ އެނގިހުރެ އަހާލިއެވެ. “އާނ.. މީގެ ދެތިން އަހަރު ކުރިން.. އެއީ އެދެމީހުން ބޭނުންވެގެން ކުރި ކައިވެންޏެއް ނޫން.. މަޖުބޫރުވެގެން.. އެނީވެއި ލޫއަށް ކިހިނެއް އެނގުނީ..” އީނާ އަހާލިއެވެ. “އަހަރެންގެ ރައްޓެއްސަކު ބުނީ.. ކޮން ކުއްޖަކާތަ އިނީ؟” ލޫނާ ވާހަކަ ގެންދިޔައީ ދުރުދުރުން ޝައްކުނުވާނެ ފަދައަކުންނެވެ. “ލަޔާލީ ކިޔާ ކުއްޖެއް..” އީނާ ބުނެލިއެވެ. “ޔަގީންތަ އެދެމީހުންގެ ދޭތެރޭގައި އެއްވެސް އަނެއްކަހަލަ ގުޅުމެއް ނެތްކަން.” ލޫނާ ބުނެލިއެވެ. “އާން 100 ޕަސެންޓު ޔަގީން.. އެކަމަކު ރައްޓެހިކަން އޮވޭ އަދިވެސް.. އަނެއްކާ ކިހިނެއްވީތަ އަނެއްކާ.. އަހަރެންގެ ހިތް ބިރުގަންނަން ފަށައިފި..” އީނާ ބުނެލިއެވެ. ލޫނާ ތުންފަތަށް ވިހަ ހިނިތުންވުމެއް ވެރިކޮށްލިއެވެ. “މިހާ ކައިވެނިކުރަން ކައިރި ވެފައި އޮއްވާ މިވާހަކަ ދައްކާކަށް ބޭނުމެއް ނޫން.. އުނހު ނެވާ މައިންޑް..” ލޫނާ ބުނެލިއެވެ. “އުނހޫ.. ބުނެބަލަ ވީކަމެއް” އީނާގެ ހިތް ނުބައި ގޮތަކަށް ތެޅެން ފެށިއެވެ. އެންމެފަހުން ލޫނާ ބޭނުންވިގޮތް ވިއެވެ. “އަހަރެންގެ ރައްޓެއްސަކު ބުނީ ލަޔާލީއާއި ޖައުޝް އުޅެނީ ލޯބީގެ ގޮތުން ގުޅިގެންނޭ..” ލޫނާ ބުނެލިއެވެ. “ވަޓް؟ ނުވާނެ އެހެނެއް.. ހެކި ދައްކާ.. ހެއްކެއްނެތި ތިވަރު ބޮޑު ތުހުުމަތެއް ޖައުޝްގެ ބޮލުގައެއް ނޭޅުވޭނެ” އީނާގެ ގާތަށް ރުޅިއަތުވެއްޖެއެވެ. “ލުކް.. އަހަރެންވެސް ހިތަށްއަރާ އެއީ ދޮގަކަށް ވާނެނަމައޭ.. މިއޮތީ އެކަމަކު ހެކި.. ކުރިންދުވަހު ނަގާފައިން ފޮޓޯއެއް..” ލޫނާ ފޯނު ދައްކާލިއެވެ. “ވަޓް.. ތިފޮޓޯ އަހަރެންގެ ފޯނަށް ފޮނުވަބަލަ.. އަޅެ މީ ހަގީގަތެއްތަ؟ ޖައުޝް.. ވައި؟” އީނާއަށް ރޮވިއްޖެއެވެ. ރޮމުން ރޮމުން ބިންމައްޗަށް ތިރިވެވުނުއިރު އެހިތް ކުދިކުދި ވެއްޖެއެވެ. ހަޔާތުގައި ވެވުނު ފުރަތަމަ ލޯބި އޭނާއަށް ކެހިދީފާނެޔޭ އޭނާގެ ހިތަށްވެސް ނާރައެވެ. ޖައުޝްއަށް ކުރެވުނު ވަރުގަދަ އިތުބާރާއި ލޯބި ފުނޑުފުނޑު ކޮށްލަން އޭނާއަށް އެހާ ފަސޭހަ ހެއްޔެވެ؟ މަންޒަރު ބަލަންހުރި ލޫނާގެ ހިތް އުފަލުން ފުރިއްޖެއެވެ. ހަމްދަރުދީގެ ނަޒަރަކުން އީނާއަށް ބަލާލާފައި އޭނާ ފަސްއެނބުރިލިއިރު އެތުންފަތުައިވީ ކާމިޔާބީގެ ފަޚުރިވެރި ހިނިިތުންވުމެކެވެ.
……….
19 ވަނަބައި
_______
ލޫނާގެ ހިތުގައި އީނާއަށް އެހެން ހަދާލިއިރު ރަހުމެއް ހަމްދަރުދީއެއްވެސް ނެތީ ހެއްޔެވެ؟ އެހާ ހިތްހަރު ނުބައި ނުލަފާ އިންސާނުންވެސް އުޅޭތާއެވެ. “ކީއްވެހޭ ޖައުޝް.. މިހާ ކައިވެންޏަށް ގާތްވެފައި އޮއްވާ…” އީނާއަށް ހަޅޭލަވައިގަނެވުނެވެ. “ބޭނުމެއް ނޫން.. އަހަރެން ޖައުޝްއެއް ބޭނުމެއްނޫން.. އިތުރަކަށް ތިޔަ ލޯބީގެ ހިޔަލުގައި ހުންނާކަށ އެންމެ ސިކުންތަކުވެސް އަހަރެންގެ ހިތެއް ނުރުހޭނެ.. ތިއީ ބޭވަފާތެރިއެއް..” އީނާ މޮޔަޔަކު ފަދައިން ހަޅޭލަވަމުން ދިޔައެވެ.
** **
އަޑުގަދަވެގެން އެންމެންވެސް ގޭގެ ބިއްދަށް ފަރާތަށް ނުކުތެވެ. މޮޔަޔަކު ފަދައިން ރޯންއިން އީނާފެނި ކޮންމެވެސް ކަމެއް ގޯސްވެއްޖެޔޭ ޖައުޝްގެ ހިތް ބުނެލިއެވެ. ބޭއިޚްތިޔާރުގައި ޖައުޝްއަށް އީނާއާއި ދިމާލަށް ދެވުނެވެ. “ކިހިނެއްވީ ޕްލީޒް.. ބުނެބަލަަ” ޖައުޝް ބުނެލިއެވެ. “އައްޗީޑި.. ތިއަތްތިލައިން އަހަރެންގެ ގައިގައި އަތްނުލާތި.. ދުރަށްދޭ މިހިރަފެންނަ އެއްޗާ..” ކިޔުނު ނުކިޔުނު އެއްޗެއްވެސް އީނާއަށް ނޭނގުނެެވެ. ގިނައިން ހަޅޭލެވުމުގެ ސަބަބުން އޭނާގެ އަޑުވެސް ވަނީ ހަލާކުވެފައެވެ. “ވީގޮތެއް ބުނެބަލަ ދަރިފުޅާ..” އަސްމާއަށްވެސް ރޮވުނެވެ. އެދަރިފުޅު ކައިރިއަށް ގޮސް އޭނާގެ ގައިގައި ބައްދާލިއެވެ. އެންމެންގެ މޫނުމަތިންވެސް ހައިރާންކަން ފެންނަމުން ދިޔައެވެ. އެހާ ލޯބިން އުޅެއުޅެފައި އެގޮތަށް ވާހަކަ ދެއްކުމުން ވާނީވެސް އެހެން ނޫންހެއްޔެވެ؟
** **
“ޕްލީޒް ބޭބީ ވީގޮތެއް ބުނެބަލަަ..” ޖައުޝްއަށް ބުނެލެެވުނެވެ. “ދުރުގައި ހުންނާށޭ.. ބޭބީއޭ ބުނެފިއެއްނު އަދި… ތި މުޑުދާރު އަތްތިލައިން އެހެން އަންހެނުން ގައިގައި އުނގުޅަބަލަ..” އީނާ ރުޅިއައިސް ބުނެލިއެވެ. “ވީގޮތެއް ބުނީމައެއްނު އެނގޭނީވެސް..” ޖައުޝް ގާތަށްވެސް ރުޅިއަންނަގޮތް ވިއެވެ. “ވީގޮތް ކިޔައިދޭންވީތަ؟ އަޑުއަހާނެ ހިތްވަރު އެބަހުރިތަ؟ ދައްކާލަފާނަމޭ..” އީނާ ބުނެލިއެވެ. އަދި ބީޗު ގޮނޑިމަތީ އޮތް ފޯނު ނަގަމުން ގެލެރީ ހުޅުވާލިއެވެ. އެއަށްފަހު އެންމެންނަށް ފެންނާނޭހެން ފޯނު ދައްކާލިއެވެ. “މިއީ ވީގޮތަކީ… ލޮލލަށް މަންޒަރު ފެނިއްޖެތަ؟ ދެން ބުނޭތީ ދޮގެކޭ…” އީނާ ބުނެލިއެވެ.
** **
“ނޫން.. ތިއީ ހުސް ފޭކް.. ތިއީ އެޑިޓް ކޮށްފަ..” ޖައުޝްއަށް ބުނެލެވިއްޖެއެވެ. “ހަގީގަތް ލޮލަށް ފެންނަން އޮތްއިރުވެސް ދޮގުހަދާތި.. އިތުރު ފޮޓޯތަކެއްވެސް އެބަހުރި.. ދައްކާލަންވީދޯ..” އީނާ ބުނެލިއެވެ. އަދިވެސް އިތުރު ފޮޓޯތަކެއް ދައްކާލިއެެވެ. “މިއީވެސް އެޑިޓު.. އެހެންނު.. ބަލަަ ތިއީ ކަލޭމެން ފިރިހެނުންގެ ވައްތަރޭ.. ފިރިހެނުންނަކީ ލަދެއް ހަޔާތެއް ހުންނަ ބައެއްނޫން..” ހަޅޭލަވައިގަންނަމުން އީނާ ބުނެލިއެވެ. “ޕްލީޒް ތިއީ ފޭކޭ.. ގަބޫލު ނުކޮށްބަލަ ޕްލީޒް… އާދޭސްކުރަން.. ހަގީގަތަކީ ތިއެއްނޫނޭ..” ޖައުޝް ބުނެލިއެވެ. “ހެހެހެ.. ޖައުޝް ނިކަން ވިސްނާލަބަލަ އަހަރެން ޖައުޝްދެކެ ލޯބިވީ ވަރު.. ޖައުޝްއަށް ކުރިި އިންތިޒާރު.. އެންމެ ފަހަރަކުވެސް އަހަރެންދެކެ ލޯބިނުވެޔޭ ބުނެލިނަމަ.. ހަމަ އެންމެ ފަހަރަކުވެސް އެހެން ބުނެލިނަމަ ރީތި ގޮތުގައި ތިހަޔާތުން ނުކުތީމުސް…” އީނާއަށް ރޮވުނެވެ. “ލިސެން..” ޖައުޝްއަށް ބުނެވުނީ އެހާވަރަށެވެ. “އިތުރު ވާހަކައެއް ބޭނުމެއް ނޫން.. މިއަދުގެ މިވަގުތުން ފެށިގެން އަހަރެމެން ދެމީހުން ދޭތެރޭގައި އެއްވެސް ގުޅުމެއް ނޯންނާނެ..” ހަޅޭއްލަވައިގަންނަމުން އީނާ ބުނެލިއެެވެ.
** **
“ނޫން ޕްލީޒް އަހަންނަށް ތިޔަހެން ނުހަދާ..” ޖައުޝްްއަށްވެސް ރޮވުނެވެ. “ތިޔަ ފޭކު ކަރުނަތަކަކުން އަހަންނަށް ހަމ ކުޑަވެސް އަސަރެއް ނުކުރާނެ..” އީނާ ބުނެލިއެވެ. އަދި ކަށިއިނގިލީގައި އިން ހުދުރިހީގެ އަނގޮޓި ބޭލިއެވެ. “އަން.. ތިއެއްވެސް ބޭނުމެއް ނޫން.. އެލަޔާލީގެ އިނގިލީގައި ތިޔަ އަޅުވަންދޭ… އަހަންނަކަށް ތިއެއްހެޔޮ.. އަދި ބޭވަފާތެރިއަކަށް އަހަރެންގެ ހަޔާތުން އެއްވެސް ޖާގައެއްނެތްކަން އަންގާލަދެން..” އަނގޮޓި ޖައުޝްގެ އަތަށް ލައިދެމުން އީނާ ބުނެލިއެވެ. އީނާ އެހުރިހާ ކަމެއްކޮށް ނިންމާލިއިރުވެސް ޖައުޝްހުރީ ޝޮކެއްގައެވެ. ދުލުން އެންމެ ލަފްޒެއް ބޭރުކޮށްލަންވެސް އޭނާވަނީ ނުކުޅެދިފައެވެ. “ދަރިފުޅާ.. ކަމުގެ ހަގީގަތް ބަލާލލުން ބުއްދިވެރި..” ބައްސާމު ބުނެލިއެވެ. “ބައްްޕަމެންވެް އެފިރިހެނާއާއި އެއްކޮޅަށްދޯ ތި އެރީ.. މައްސަލއެއްނެތް.. ހަގީގަތް އަހަރެންގެ ލޮލަށް ފެނިއްޖެޔޭ… ދެން އިތުރު ހަގީގަތެއް ބޭނުމެއްނޫން… އަޑުއިވިއްޖެތަ ޖައުޝް.. އަހަރެންގެ އެންމެ ފަހުގެ ނިންމުންމީ.. ލަޔާލީއާއި އިނދެގެން އަލުން އުފަލުގައި އުޅެންދޭ.. އަހަރެން އެދެނީ ތިމީހުންނަށް އުފާވެރިކަން..” އަޑަށް ބާރުލާފައި އީނާ ބުނެލަމުން ހަރު ހިނގުމެއްގައި ގޭތެރެއަށް ވަންނަން ހިނގައިގަތެވެ.
** **
މާހައުލުައި ވެދިޔަ ކަންތައްތައް ގަބޫލުލުރަން އެންމެންނަށްވެސް ވަނީ ދަތިވެފައެވެ. އެކަން ހުވަފެނަކަށް ވާނެނަމައޭ އެންމެންގެ ހިތުގައިވިއެވެ. “އަހަރެންގެ ލޮލަށް ހަގީގަތް ފެނިއްޖެ.. ކެހިވެރިއެއްގެ ދަލުގައި މިއަދު އެދަރިފުޅު ޖެއްސުވެން އުޅުނީތީ ދެރަވޭ.. އީނާގެ ނިންމުމަށް އަހަރެމެން ދެމަފިރިިން އިހުތިރާމް ކުރަން.. އަހަރެންނަށް ރަނގަޅީ ޖައުޝްވެސް އަހަރެންގެ ދަރިފުޅުގ ސޫރަ ދެކެން ނައިއްޔާ.. ބައެއް މީހުންނަކީ ބަދަލުވާނެ ބައެއް ނޫންކަން މިއަދު އަހަންނަށް ސާފުވެއްޖެ..” ބައްސާމުވެސް ބުނެލިއެވެ. “ނޫން ބައްޕާ ޕްލީޒް..” ޖައުޝް އާދޭސް ކުރިއެވެ. “އުނހު އުނހު.. އިތުރު އެއްވެސް ވާހަކައެއް ބޭނުމެއް ނޫން.. އަހަރެންގެ ދަރިފުޅުގެ ހިތުގައި ޖެއްސި މީހަކަށް ދުވަހަކުވެސް މައާފެއް ނުލިބޭނެ.. އެހެރީ ވަން ދޮރު.. ކަލޭގެ އާއިލާ ގޮވައިގެން މަގޭ ކުރިމަތިން ގެއްލޭ..” ހަރުއަޑުން ބައްސާމު ބުނެލިއެވެ. ގަތްލަދާއިއެކު އިސްޖަހައިގެންތިބެ އެންމެން އެގެއިން ނުކުތެވެ.
** **
“އީނާ.. ދަރިފުޅާ.. މަންމަގެ ލޯބި ދަރިފުޅާ.. ދެން ނުރޮއެ ހުއްޓާލާ.. އެކަހަލަ މީހަކަށްޓަކައި ތިކަރުނަތައް އިސްރާފު ނުކުރޭ.. ދެން ތެދުވޭ ދަރިފުޅާ..” އެނދުގައި ބަންޑުންއޮތް އީނާގެ ގައިގައި ފިރުމަމުން އަސްމާ ބުނެލިއެވެ. “މަންމާ.. އަހަރެން.. އަހަރެންގެ މެޔަށް ވަރަށް ތަދުވޭ..” މެޔަށްއެރި ކުއްލި ތަދާއެކު އީނާއަށް ބުނެލެވިއްޖެއެވެ. އޭނާގެ ނޭވާތައް ދިޔައީ ފުންވަމުންނެވެ. ދެލޯ ބޮޑުވެ މީހާގެ ގައިން ފާޑެއްގެ ތުރުތުރެއްވެސް ދިޔައީ އަޅަމުންނެވެ. “ދަރިފުޅާ… އީނާ… ބައްސާމޫ.. ނަޒްޔަކް.. އާދެބަލަަ” އަސްމާ ރޮމުން ރޮމުން ގޮވާލިއެވެ. އަސްމާގެ އަޑަށް ދުުވެފައި އެންމެން އައެވެ. “ކިހިނެއްވީ އަސްމާ؟” ބައްސާމު ބުނެލިއެވެ. “އީ..އީނާ” ތުރުތުރު އަޅަމުންދިޔަ އަޑަކުން އަސްމާ ބުނެލިއެވެ. އެނދުގައި އޮވެ ތެޅެމުންދިޔަ އީނާއަށް ބަލާެވުނީ ދެނެެވެ. “ދަރިފުޅާ..” ދެލ ބޮޑުކޮށްލަމުން ބައްސާމު ބުނެލލިއެވެ. “ނަޒްޔަކް.. އެންބިއުލާންސަަށް ގުޅާބަލަ..” ބައްސާމު ބުނެލިއެވެ. އަވަސް ގޮތަކުން ނަޒްޔަކް ގުޅީ އެންބިއުލާންސަށެވެ.
** **
އީނާ ވަގުތުން ގެންދެވުނީ އީ.އާރަށެވެ. ކޮޅުކޮޅުމަތިން ޑޮކްޓަރުން ދުވާތަންފެނި އީނާގެ ހާލު ރަނގަޅެއް ނޫންކަން އެންމެންނަށް ފަހުމް ވެގެންދިޔައެވެ. އެތަނުގައި އިސްކޮށްހުރި ޑޮކްޓަރަކު އެވަގުތު ނުކުތެވެ. “އީނާގެ ހާލު ވަރަށް ބޮޑަށް ސީރިޔަސް.. ހާޓް އެޓޭކެއް ޖެހިފައިވަނީ.. އިތުރު އަޕްޑޭޓްތައް ލިބުނު ވަރަކުން ހިއްސާ ކުރާނަން… މިހާރު އައިސީޔޫއަށް ޝިފްޓު ކުރުމުގެ މަސައްކަތް ކުރެވެމުންދަނީ..” ޑޮކްޓަރު ބުނެލިއެވެ. އެންމެންވެސް ތިބީ ޝޮކެއްގައެވެ. އެހާ ފިޓުކޮށް ހުއްޓާ އީނާއަށް ހާޓް އެޓޭކެއް ޖެހިދާނެކަން އެމީހުންނަށް ގަބޫލުކުރަންވެސް ދަތިވެފައިވާ ފަދައެވެ. “މިއީ އެ މަކަރުވެރިޔާއާއި ހެދި ވީކަމެއް.. އަހަރެންގެ މައާފެއް ދުވަހަކުވެސް… ދުވަހަކުވެސް އޭނާއަކަށް ނުލިބޭނެ.” އަސްމާ ރޮމުން ރޮމުން ބުންޏެވެ.
** **
އެނދުމަތީގައި ޖައުޝް އޮށޯވެލައިގެން އޮތްއިރު އެދެލޮލުގައި ތާޒާ ކަރުނަތައް ބަބުޅަމުން ދިޔައެވެ. ކޮންމެ ފަހަރަކު އޭނާއާއި އެހާ ގާތަށް އައިސް އީނާ ދުރަށް އެދަނީ ކީއްވެ ހެއްޔެވެ؟ ތަޤުދީރުގައި އެދެމީހުން ގުޅެން ނެތީ ބާވައެވެ.
** **
އަނެއްކާވެސް ގަޑިއެއްހާއިރު ފަހުން ޑޮކްޓަރު ނުކުތެވެ. “ވެންޓިލޭޓަރުގައި އޮތީ.. އަސްލު ވަރަށް ދަތި މިހެން ބުނަން.. މިކޮޅުން އީނާއާއިމެދު އެވަނީ އުންމީދު ކަނޑާލެވިފައި.. އީނާގެ ހާޓް ބީޓްވެސް ފަހަރަކަށްވުރެ ފަހަރެއް ދައްވަމުންދާކަން އަޅުގަނޑުމެންނަށް ފާހަގަަ ކުރެވިއްޖެ.. ވަރަށް ހިތާމަޔާއިއެކީ ބުނެލަންއޮތީ މިކޮޅުން ދެވޭނެ އިތުރު ފަރުވާއެއް ނެތޭ..” ޑޮކްޓަރު ބުނެލިއެވެ. “ނޫން..” އަސްމާއަށް ރޮވުނެވެ. “މާލެ ފޮނުވުމުގެ އިންތިޒާމު ހަމަޖައްސަން އެބަ.” ހިތްވަރުކުރަމުން ބައްސާމު ބުނެލިއެވެ.
***
ފޯނުގައި އިން ފޮޓޯއަށް ފަރުވާތެރިކަމާއިއެކު ޝާހާ ގެންދިޔައީ ބަލަމުންނެވެ. ޝާހާއަކީ ރަށުގައިހުރި މޮޅު އައިޓީ ޓެކްނީޝަނެކެވެ. ފޮޓޯގެ ހުރިހާ ދިމާލަކަށް ޒޫމް ކުރަމުން ފަރުވާތެރި ކަމާއެކި ބަލަމުން ގެންދިޔަ ނަމަަވެސް އޭނާ ހޯދަމުންދިޔަ މުހިންމު މައުލޫމާތު ނުފެނުނެވެ. އެކަން ކޮށްފައިވަނީ ކަމަށް ގާބިލު ކުޅަދާނަ މީހެއްކަން އޭނާއަށް އެވަގުތު އެނގުނެވެ. “ވަރަށް ޝައްކު އަހަންނަށް.. މިވަރަކުން އަދި ހުއްޓައެއް ނުލެވޭނެ..” ފުންނޭވާއެއް ދޫކޮށްލަމުން އޭނާ ގަޑިއަށް ބަލާލިއެވެ. ގަޑިން މެންދުރު 2 ޖެހީއެވެ. މަސައްކަތް ނިންމަން ޝާހާއަށް އޮތީ 4 ގަޑިއިރެވެ.
** **
ކޮމްޕިއުޓަރުން ފާޑެއްގެ އެއްޗެހިތަކެއް ޓައިޕްކުރަން ޝާހާ އިންްއިރު އޭނާގެ ހުރިހާ ސަމާލުކަމެއް ހުރީ އެކަމަށެވެ. ކުއްލިއަކަށް ލޮލލުގައި އަޅައިގަތް އެތިން އޭނާގެ ތުންފަތަށް ކާމިޔާބީގެ ހިނިތުންވުމެއް ވެރިވެއްޖެއެވެ. “19 ފެބްރުއަރީ 2021؟؟ 2 މަސް ކުރީގެ އެއްޗެއް؟” ޝާހާގެ ނިތަށް ރޫ ޖަމާވެލިއެވެ. “ޔޫ ކެން ސީ ދި އޮރިޖިނަލް ޕިކްޗާ؟” ޝާހާއަށް ލިބުނު ސިހުން ދެގުނަވީ އޭނާގެ ހީ ޔަގީނަށް ވީތީއެވެ. އޭނާ އެ ފޮޓޯގެ އަސްލު ހޯދާލިއެވެ. އެއާއެކު އޭނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ.
** **
އީނާ މާލެ ގެންދެވުނީ އިރާކޮޅުގެ ވަގުތުގައެވެ. ވީ އެންމެ އަވަހަކަށް އީނާ ގެންދެވުނީ އޭޑީކޭއަށެވެ. އޭރު ފަހަރަކަށްވުރެ ފަހަރެއް އީނާގެ ވިންދު ދިޔައީ ދަށްވަމުންނެވެ. އީނާގެ ހާލު ދަށަށް ދިޔަ މިންވަރުން ކިރިޔާ އޭނާ ދުނިޔޭގައި އޮތްކަމެވެ. އީނާ ހާލު ދެރަވެގެން މާލެ ގެންދެވުނުކަން ރަށު އެންމެންނަށްވެސް އެނގުނެވެ. ޚުދު ޖައުޝްއަށްވެސް އެކަން އެނގި އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. “އެކަމަކު ކާކު މިކަން ކުރާނީވެސް؟ ކޮން ސަބަބަކަށްޓަކައި ކަންކުރި މީހަކު މިކަންކުރީ؟” ޖައުޝްއަށް ބޮލުގައި ހިފަހައްޓާލެވުނެވެ.
** **
“އީނާގެ ހާޓްބީޓް އިހުހުރި މިންވަރަށް ގެންދެވިއްޖެ.. ދެން ނުރައްކަލުންވެސް ބޭރުވެއްޖެ… އެކަމަކު އިތުރަށް ވަކިއެއްޗެއް ބުނަން އެނގޭނީ ހޭއެރީމަ..” ޑޮކްޓަރު ނުކުމެ ބުނެލިއެވެ. “އަލްހަމްދުﷲ..” ހުރިހާ އެންމެންނަށް ބުނެލެވުނެވެ. “އެކަމަކު އެބައޮތް ނުބައި ޚަބަރެއްވެސް.. 36 ގަޑިއިރުތެރޭ ހޭނާރައިފިނަމަ ކޯމާއަކަށް ދިއުމުގެ ފުރުސަތު ބޮޑު..” ޑޮކްޓަރު ބުނެލިއެވެ. “އީނާއަށް މިހެން ދިމާވި ސަބަބު ބުނެވިދާނެތަ؟” ނަޒްޔަކް އަހާލިއެވެ. “ކަމަކާއި ވިސްނަންނުޖެހޭ މިންވަރަށް ވިސްނުމުން.. ދެން މާބޮޑަށް ދިމާވި ހާދިސާއަކުން ހިތްދަތިވީ ކަމަށްް ބެލެވެނީ..” ޑޮކްޓަރުގެ ވާހަކައާއިއެކު ނަޒްޔަކަށް ދެއަތް މުށްކަވާލެވުނެވެ. “ޖައުޝް.. ދިސް އޯލް ހެޕެންޑް ބިކޯޒް އޮފް ޔޫ..” އޭނާ އެހެން ބުނެލިއިރު އަޑުގައިވީ ރުޅިވެރިކަމެވެ.
** **
ފަތިހު 5ގެ ފްލައިޓުން ޝާހާ މާލެދިޔައީ އެންމެެންނަށް ވަކިން ޚާއްސަކޮށް އީނާއާއި ޖައުޝްއަށް އެެނގެެންޖެހޭ މުހިއްމު ހަގީގަތެއް އޮތީތީއެވެ. އަވަސްގޮތަކުން ޓެކްސީއެއް ނަގައިގެން އޭނާ ދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ. “ދައްތާ އީ ކިހިނެއް؟” ބާރު ހިނގުމެއްގައި ގޮސް އައިސީޔޫ ކައިރީ މަޑުކޮށްލަމުން ޝާހާ ބުނެލިއެވެ. “ރޭގައި ހޭއަރައިފި.. އެކަމަކު ނިދިފައި އޮތީ މިހާރު.. ދެން ރަނގަޅުކަމަށްވަނީ.. އެކަމަކު އަނެއްކަ ޝާ ކީއްކުރަން މާލެ ތިއައީ..؟” އަސްމާ ބުނެލިއެވެ. “އަލްހަމްދުﷲ.. އަހަރެން މާލެއައީ އެންމެންނަށް އެނގެންޖެހޭ ވަރަށްބޮޑު ހަގީގަތެއް އޮތީތީ.. އެކަން ހާމަކޮށްދީ މީހުންގެ ހިތުގައިހުރި ކުށްހީތައް ފިލުވައިދިނުމަށް..” ޝާހާ ބުނެލިއެވެ. އަސްމާ ފަނޑު ގޮތަކަށް ހިނިތުންވެލިއެވެ.
** **
“ޔެސް.. ފަސްޓް ފޭސް ކާމިޔާބު ކަމާއެކު ނިންމާލެވިއްޖެ.. ހަގީގަތް އެނގޭއިރު ޔަގީން މަށަށްވެސް އޭގެ ރޯޅި އަންނާނެކަން… އެކަމަށް ކުޅެލާނެ ޑްރާމާއެއްވެސް އަހަންނަށް އެނގޭ.. މި ލޫނާއަކާއި ކޮންމެކޮންމެ މީހަކަށް ނުކުޅެވޭނެ..” ލޫނާއަށް ބުނެލެެވުނެވެ.
** **
އީނާ ހޭއެރުމާއިއެކު އެންމެ ފުރަތަމަވެސް އީނާގެ ގާތަށް ވަނީ ޝާހާއެވެ. “އީ… އީއަށް ތިއުޅެނީ ވަރަށްބޮޑު ކުށްހީއެއް ކުރެވިގެން.. ޖައުޝް އެއްވެސް ކުށެއް ނުކުރޭ” ޝާހާ އަވަސް އަވަހަށް ބުނެލިއެވެ. “ވަޓް.. ޝާހާވެސް އޭނާއާއި އެއްކޮޅަށްތަ ތިޔައެރީ.. ދެން ކުށެއް ނުކުރަންޏާ ތިބުނަނީ އެއީ ފޭކޭތަ؟” އީނާ މޫނު އަނެއް ފަރާތަށް ޖެހިއެވެ. “ޔެސް.. ރަނގަޅު.. އެއީ ހުސް ފޭކް.. މީހަކު ތިދެމީހުން ދޭތެރެ ޖެއްސުމަށްޖެހި މަޅިއެއް..” ޝާހާ ބުނެލިއެވެ. “މިއޮތީ އަސްލު ފޮޓޯ..” އެއީ އީނާއާއި ޖައުޝް ދުއްވާލަން ދިޔަދުވަހަކު ނަގާފައިހުރި ފޮޓޯތަކެވެ. އެފޮޓޯތަކުގައި ބަދަލުކޮށްފައިހުރީ މޫނާއި ހެދުން އަދި ބުރުގާގެ ބަދަލުގައި އިސްތަށިގަނޑެކެވެ. “އޯ..މައި..ގޯޑް” އަނގަމަތީ ދެއަތް އަޅާލިގޮތަށް އީނާއަށް ރޮވިއްޖެއެވެ. ޖައުޝްބުނީ ކިހާވަރެއްގެ ތެދެއްކަން އޭނާއަށް އިހުސާސް ކުރެވިއްޖެއެވެ. ޖައުޝްއާއި ދޭތެރޭ ކަންކުރެވުނު ގޮތްތައް ލޯކުރިމަތިން ފިލްމެއް ފަދައިން ފެނިލިއެވެ. އެއާއިއެކު ވަކިން އޭނާގެ ރުއިން ބާރުވެލިއެވެ.
** **
“ޑޮކްޓަރ ދެންހަމަަ ކުރެވޭނެެ އެއްވެސް ކަމެއް ނެތްތޯ؟” ވިއާމްގެ ލޮލުން ކަރުނަހިލޭ ގޮތްވިއެވެ. “އާދެ.. ކުރިންވެސް ދެންނެވި ފަދައިން ވިއާމްއަށްވަނީ އެއިޑްސް ޖެހިފައި.. ސްޓޭޖް 2 މިހާރު.. ވީހާވެސް އަވަހަކަށް ފަރުވާކުރަން ނުފެށިއްޖެނަމަ ސްޓޭޖް 3 އަށް ވެއްޓިދާނެ.. ކޮންމެ ދުވަހަކުވެސް އެންޓިރެޓްރޮވައިރަލް ތެރަޕީ ނަގަން ވާނެ މިކޮޅަށް ދުރުވަން.. އެއީ ހަމައެކަނި އޮތް ފަރުވާއަކީ..” ޑޮކްޓަރުވެސް ބުނެލިއެވެ. ވިއާމްއަށް ރޮވުނެވެ. ކުރެވުނު ނާއުންމީދީ އިހުސާސާއިއެކު ހިތަށް ބަޔާންކުރަންދަތި ވޭނެއް ލިބިގެން ދިޔައެވެ.

20 ވަނަބައި
__________

ބޭވަފާތެރި ވުމުން ޔާރާ – 20
4k 9 June 18, 2021
45+އ-
Rainlover

ކުރީގެ ޢަދަދުތައް ▼
“ކީއްވެ؟ އަހަރެންނަށް އެވަގުތު ޖައުޝްބުނީ ތެދެއްކަން ޤަބޫލުނުކުރެވުނީ؟” އަޑުން އަޑުނަގައި އީނާ ރޮމުން ދިޔައިރު ހަމްދަރުދީގެ ނަޒަރަކުން ޝާހާ ބަލަހައްޓައިގެން ހުއްޓެވެ. އޭނާގެ ހިތަށް ވަރަށް އަަސަރު ކޮށްފިއެވެ. ދިލަ ތަދެއް އެހިތުން ނަގަމުން ދިޔައެވެ. ކުއްލިއަކށް އަނެއްކވެސް މެޝިނުތަކުގެ އަޑު ބާރުވެލިއެވެ. އީނާގެ ނޭވާތައްވެސް ފުންވެލިއެވެ. ޝާހާއަށް ފަހަތަށް ޖެހިލެވުނުއިރު އެދެލޯ ބޮޑުވެއްޖެއެވެ. ޑޮކްޓަރުންގެ ޓީމެއް އީނާގެ ވަށާލައިގެން ފަރުވާދޭން ފެށުނެވެ. އޭނާ އައިސީޔޫން ނުކުުތްއިރު ހާސްވެފައިވީ އިންތިހާއަށެވެ. އޭނާގެ ސަބަބުން އަނެއްކާވެސް އެކުވެރިޔާ އަނދަވަޅަކަށް ވެއްޓުނީތީ ހިތާމަކުރިއެވެ. “ޕޭޝަންޓް އެއްކޮށް ރަނގަޅު ނުވަނީސް ގާތުގައި ހިތްދަތިވާފަދަ ވާހަކަައެއް ނުދެއްކުން ބުއްދިވެރި.. އެހެން ވެއްޖެނަމަ އަނެއްކާވެސް އިހުއޮތް ނާޒުކުު ފައްތަރަށް ޕޭޝަންޓް ވެއްޓިގެން ދާނީ..” ޑޮކްޓަރު ނުކުމެ ބުނެލިއެވެ. ޝާހާއަށް ހިތްހަމަޖެހުމުުގެ ނޭވާއެއް ދޫކޮށްލެވުނީ ދެނެވެ.
** **
ޝާހާ ދެންބެލީ އަވަސްގޮތަކުން ޖައުޝްއަށް ހަގީގަތް ހާމަކޮށްދެވޭނެ ގޮތެކެެވެ. ފޯނުން ގުޅައިގެން އޭނާ އެވާހަކަަ ހިއްސާ ކުރަން ފެށިއެވެ.. “އީ ރަނގަޅުތަ؟” ފޯނު ނެގުމާއެކު އެންމެ ފުރަތަމަވެސް ޖައުޝްގެ ދުލުން ބޭރުވީ އެޖުމްލައެވެ. “އަލްހަމްދުﷲ… އަސްލު ވީގޮތް އަހަރެން ކިޔައިދެންތަ؟ މިބުނީ ވަންހަނާ ވެފައިވާ ހަގީގަތް؟” ޝާހާ ބުނެލިއެވެ. “ކިޔާބަލަ..” ފާޑަކަށް ހިތްއަވަސް ވެފައިހުރެ ޖައުޝްއަށް ބުނެލެވުނެވެ. ފެށިގެން ނިމެންދެން ވީހުރިހާ ކަމެއް ތަރުތީބުން ޝާހާ ކިޔައިދިނެވެ. “ނޫން… ލޫނާ..” ޖައުޝްގެ އަޑުގައިވީ ނަފްރަތާއި ރުޅިވެރިކަމެވެ. އައިރުޅިން ޖައުޝްއަށް ފޯނު ކަނޑާލެވުނެވެ. “ލޫނާ.. ކަލެޔަކީ ދުވަހަކުވެސް ބަދަލުވުމެއްނެތް ނުލަފާ އަންހެނެއްކަން ސާބިތުވެއްޖެ މިއަދު.. އިތުރު ހެއްކެއްގެ ބޭނުމެއްނެތް.. މޮޔަކަމުން އަލުން އިތުބާރު ކުރެވުނީ އޭނައަށް.. ހީވެސް ނުކުރަން އެފަދަ ގޮތަކަށް ހަދާފާނެޔޭ.. އީނާގެ ހާލަށްވެސް ޒިންމާވާން ޖެހޭނީ ހަމަ ކަލޭ..” ރުޅިއައިސްގެން އަތުންނާއި ކަރުން ނާރުތައް ވަނީ ފުފިފައެވެ.
** **
“ޝިޓް…” ރިންގުވަމުންްްދިޔަ ފޯނަށް އަރާފައި އިން ޖައުޝްގެ ނަންފެނި ލޫނާއަށް ބުނެލެވިއްޖެއެވެ. “އޯމައިގޯޑް.. މިކޯލް ނަގަންްވީތަ؟” ކިތައްމެ ވެލާފައި އުޅުނަސް ހަގީގަތުގައި ލޫނާހުރީ ހާސްވެފައެވެ. ޖައުޝްއާއި ކުރިމަތިލާން ޖެހުމުން ހިތުގައި އަށަގަތީ ބިރުވެރިކަމެކެވެ. “ކާމް ޑައުންް ލޫ..” އަމިއްލަ ނަފްސަށް ލޫނާ އެހެން ކިޔަކިޔާ ހުއްޓާ ފޯނު ކެނޑިއްޖެއެވެ. އަނެއްކާވެސް ޖައުޝްް ގުޅަން ފެށިއެވެ. “އައްސަލާމް އަލައިކުމް..” ކަމެއްވީ ކަމަށްްވެސް ހަދާނުލާ ލޫނާ ބުނެލިއެވެ. “ނޫނޭ ކަލޭވާ މަކަރުގަދަ..” ޖައުޝްގެ ބަރު އަޑު ޖެހުމާއިއެކު ލޫނާ ފިނިވެއްޖެއެވެ. “ކީކޭތަ ޖައުޝް ތިކިޔަނީ؟ އަަހަރެން ކީއްތަ ކުރީ؟” ލޫނާ އަޑަށް މޮޅިވެރިކަން ގެންނަމުން ބުނެލިއެވެ. “ހެހެ.. ކަލޭ ހަމަ އެއްވެސް ކަމެއް ނުކުރޭ.. ތިއީ ހުދު ފޮތިގަނޑެއްް. ކަލޭ ކޯޗެކޭ ހިތަށް އަރައިގެންްް އީނާއާއި އަހަންނާއި ދޭތެރޭ ކުނިޖައްސުވަންް އުޅުނީ..” ޖައުޝްް ހަޅޭލަވައިގަތެވެ. “އަހަރެން ކީއްހޭ ކުރީ.. ޖައުޝްއެއް ކަަމަކު ކަމަކާއި ނުލާ އަހަންނަކަށް ނުބެވޭނެ..” ލޫނާ ބުނެލިއެވެ. “ކުރެވުނު ކަންތައް ކުޑައީހޭ.. ފޭކު ފޮޓޯތަކެއް ދައްކުވައިގެންް ދޭތރެ ޖެއްސީ ކަލޭ.. އެކަމުގެ ސަބަބުންް ލިބުުނު ކުއްްލި ޝޮކުންް ހާޓް އެޓޭކެއް ޖެހި އީނާ އެއޮތީ އައިސީޔޫގައި.. ބަވަންވެސް ބަވާނަން.. ކަލެޔަށް ކީއް ކުރެވޭނީ؟” ޖައުޝްގެ އަޑގައިވީ ރުޅިއެވެ. “އޭ ކަލޭ މައިތިރި އަރާ އެއްްޗާ.. މަ ބަފާ ވަޒީފާ ދިނީމަ އޭނަގެ ތައްޕާހުގައި ކަލޭ ތިއުޅެނީ.. ހައިސިއްްޔަތު އޮޅިގެންްް ނޫޅެއްޗެ… މިހާރުވެސް މަ ފުއްޓަތްކެއް ޖަހާލާއިރަށް ކަލޭގެ ވަޒީފާ ގެއްލުނީ..” ލޫނާ ބޮޑާ ގޮތަކަށް ބުނެލިއެވެ. “ވަރިހަމައޭ.. ރާއްޖޭގައި ހުންނަނީ އޭޑީކޭ ހޮސްޕިޓަލު އެކަންޏެއް ނޫނޭ..” ޖައުޝް ބުނެލިއެވެ. “ތިއެއް ބަލާނަންމަ….” ލޫނާ މިހެންްބުނެ ފޯނު ކަނޑާލިއެވެ.
** **
“ދަރިފުޅުގެ ޕްލޭން ހާދަ ފުރިހަމައޭ.. ޔަގީނެއްނު ބައްޕަގެ ފުލް ސަޕޯޓް ތިކަމަށް ލިބޭނެ.. އަވަހަށް ފަށާ.. އެއްވެސް ދިމާލަކުން ސަލާމަތް ނުވެވޭ ވަރަށް ބައްދާލާތި..” ޝާހިދުވެސް ނުބައި އަމަަލަށް ދެމުން ގެންދިޔައީ ހިތްވަރެވެ. ނަމަވެސް އެއީ ބައްޕައެއްގެ ހައިސިއްޔަތުން އެކަން ކުރަން ޖެހޭނޭ ގޮތެއް ނޫނެވެ. މައިންބަފައިންނަކީ ދަރިން ރަނގަޅު މަގުން ކައްސާލަ ނުދިޔުމަށް އެހީވާން ތިބޭ ބައެކެވެ. “ނޫނޭ.. މާ އަވަހެއް ނުކުރާނަން… ހަމަޖެހިލައިގެން ކުރިއަށްދާނީ.. ޕްލޭންގެ ބާކީބައި އެމީހުންގެ މެރިއެޖަށް ފަހު.. ފެންދީފައެއްނު ކަތިލަން ވާނީ..” ލޫނާގެ އަޑުގައިވީ ނުލަފާ ކަމެވެ. ކޮންމެމަކެއް ކުރަންވެސް ފަސްނުޖެހޭނޭ ފަދައެވެ.
** **
4 ދުވަސް ފާއިތުވެގެން ދިޔައިރު އީނާގެ ހާލު ރަނގަޅުވެ ވޯޑަކަށްވަނީ ބަދަލުކުރެވިފައެވެ. އެހެނަސް ނަފްސާނީ ގޮތުން އީނާއަށް އަސަރުތަކެއް ކަމުގެ ސަބަބުން ކުރުވިއެވެ. މީހުންނަށް އިތުބާރުކުރުމަށް ދަތިވެގެން ދިޔައެވެ. އަބަދާއި އަބަދު ޖައުޝްއާއި ދޭތެރޭ ވިސްނާ ކަރުނައަޅައި ރޮނީއެވެ. ކުޑަކުޑަ ކަމެއްގެ ސަބަބުން ދެމެދުގައިވީ ލޯބި ނެތިގެން ދިޔައީތީ އޭނާއަށް ހިތާމަ ކުރެވެއެވެ. “މިއީ އަހަރެންގެ ކުށް… ތަނަކުން ފެންނަހާ މީހަކަށް އިތުބާރު ކުރެވުނީ.. އެއީ ވިހަގަދަ ހަރުފައެއްކަން އެނގުނު ނަމަ… އަހަރެން އެ ވިހަލާން ތައްޔާރުވެފައިއޮތް ހަރުފައާއި ގާތްވެސް ނުވީމުސް..” އީނާއަށް ރޮވުނެވެ. “.އަހަރެންގެ ހިތަށް ކުރާ އަސަރު އެނގޭނީ އަހަންނަށް.. ޖައުޝްގެ ލޯތްބެއް ދެެން އަހަންނަކްށް ނުލިބޭނެ… ދުވަހަކުވެސް ނުލިބޭނެ..” އީނާ ރޯންފެށިއެެވެ. އީނާގެ ބާރު ރުއިމުގެ އަޑަށް ނަރުހެއްވެސް އައެެވެެެ. “ކިހިނެއްވަނީ؟ އާރޔޫ އޯލްރައިޓް؟ ތަނަކަށް ތަދުވަނީ” ހާސްކްމާއިއެކު ނަރުސް އަހާލިއެެވެެ. “ހިތަށް ތަދުވަނީ.. ހިތަށް އަސަރުކުރަނީ.. އައި ޖަސްޓް ވޯންޓު ބީ އެލޯން..” އީނާ ބުނެލިއެވެ. ކަންބޮޑުވުމުގެ ނަޒަރެއް ދނުމަށްފަހު ކަމެއް ގޯސްވެއްޖެނަމަ އަންގާލަން އެދެމުން ނަރުސްވެެސް އެތަނުން ނުކުމެގެން ދިޔައެވެ.
** **
“އާހް.. އީ ހާދަ ސަޕްރައިޒް ވާނެޔޭ..” އެއާޕޯޓުގެ ބޯޑިންގައި އިނދެ ޖައުޝްއަށް ހިނިތުންވުމަކާއިއެކު ބުނެލެވުނެވެ. އަނެއްކާވެސް ދުވަސްތަަކަކަށްފަހު އެެެހިތުގެ މަލިކކާއާއި ބައްދަލްވާތީ އެެެހިތަށް އުފާވެރި އިހްސާސްތަކެއް ކުރެވެމުން ދިޔައެވެ. އޭނާ ތައްޔާރުުވަމުން އެދަނީ އީނާގެ ގާތަށް ދިއުމަށެވެ. މިފަހަރު އޭނާގެ ހައްގަކަށް އީނާ ހަދާނެއެވެ. ނަމަވެސް ޖައުޝްއަށް ނޭނގުނީ ތަޤުދީރެވެ. ކުރިއަށްވާން އޮތްގޮތެވެ. އެއީ އޭނާގެ މުޅި ހަޔާތް އަނދިރިވެގެންދާނޭ ދަތުރަކަށް ވީނަމަ އެދަތުރު އޭނާ ނުކުރީސްކަން ކަށަވަރެވެ.
** **
އެދުވަހުގެ ހެނދުނުގެ ވަގުތެވެ. ކުޑަދޮރުން ފެންނަމުންދިޔަ މަންޒަރުތަކށް ގެއްލިފައި އީނާ އިނެވެ. “ދަރިފުޅާ..” ކޮޓަރި ތެރެއަށް ވަދެގެން އައި އަސްމާ ބުނެކިއެވެ. ނަމަވެސް އީނާ އިންގޮތުން ގުޑައިވެސް ނުލިއެވެ. މީހަކު އެބަ އެއްޗެކޭ ކިޔައޭވެސް ހިތަށް ނާރައެވެ. އަސްމާ އީނާގެ ގާތަށް ދިޔައެވެ. “އޭއި ބަލަ ދަރިފުޅާ..” އީނާގެ ކޮނޑުގައި ހިފައި ތަޅުވައިގަންނަމުން އަސްމާ ބުނެލިއެވެ. އީނާއަށް ހޭވެރިކަމެއްވީ ދެނެވެ. “ޑޮކްޓަރު އެބަ ދުރުވޭ އީނާ ޑިސްޗާޖްކުރަން..” ހޭވިފައިވާ އީނާގެ އިސްތަށިގަނޑުގައި ފިރުމާލަމުން އީނާގެ މަގަތުގައި އަސްމާ އިށީނދެލިއެވެ. “އެއްޗެއް ކާލަން އުޅޭ.. މިހިރީ މަސްހުންޏާ ރޮއްޓާ އެއްޗެހިވެސް..” އަސްމާ ބުނެލިއެވެ. “އަހަރެން ނޫޅެން ކާކަށް.. މިހެން އިނދެ ބަނޑަށް އަހަރެން މަރުވިޔަދީބަލަ.. އޭރަށްވެސް އަހަންނަށް މާ ހިތަށް ފަސޭހައޭ..” އީނާ ބުނެލިއެވެ. “ދަރިފުޅާ… ތިހެން ނުބުނޭ… ޖައުޝް އެންމެ ފަހަރަކުވެސް ދަރިފުޅުދެކެ ލޯބިނުވާ ވާހަކައެއް ނުބުނެއެއްނު.. މަންމައަށް ޔަގީންއަދި އެސޮރު ދަރިފުޅު ގާތަށް އަންނާނެކަން..” އަސްމާ ބުނެލިއެވެ. “އަސްލުވެސް ޖައުޝް އަންނާނެތަ އަހަރެން ގާތަށް؟” އީނާ އަހާލިއެވެ. “އާނއެކޭ ދަރިފުޅާ.. ދެން ކާލަން އުޅެބަލަ..” އަސްމާ ބުނެލިއެވެ. މިފަހަރު އެއްވެސް ދެކޮޅު ހެދުމެއްނެތި އީނާ ކެޔެވެ.
** **
“ހެލޯ ޝާ… އަހަރެން ފްލައިޓަށް އަރަން މިދަނީ… އަހަރެން ބުނިގޮތަށް އީ ރެޑީ ކޮށްލަދެއްޗޭ.. އައިމް ގޮނަ ޕްރޮޕޯސް ހާރ..” ޖައުޝް ބުނެލިއރު އެއަޑުގައި އެތައްހާސް އުފާވެރިކަމެކެވެ. “ލައްބާ.. ދެން އަަހަރެން ކޮށްދޭނެކަން އެނގެޔެއްނު.. އީ ވަރަށް ސަޕްރައިޒް ވާނެ..” ޝާހާ ބުނެލިއެވެ. “ޔެސް.. އައި ކާންޓް ވެއިޓް ޓު ސީ ހާރ ރިއެކޝަން” ޖައުޝް ބުނެލިއެވެ.
** **
އީނާގެ އަތުގައި ހފާލައިގެން އަސްމާ ގޭތެެރެެއަށް ވަނެވެ. ސިޓިންރޫމުފެނި ކޮންމެވެސް މިންވަރަކަަށް އީނާއަށް ހައިރާންކަން ލިބުނެވެ. “ސަޕްރާއިޒް.. އެންޑް ވެލްކަމް ބެެެކް ހޯމް..” އެެންމެން އެއް އަޑަކުން ގޮވާލިއެވެ. ސިޓިންރޫމުގައި ފުއްޕާހަން ހަރުކޮށް އީނާއަށް މަރުހަބާ ކިޔާފައި އޮތެވެ. އީނާގެ ތުންފަތަށް ގަދަކމުން ހިނިތުންވުމެއް ވެެރިކޮށްލުވިއެވެ “އޯ.. ލަވްޔޫ ގާއިޒް..” ނައުރީންއާއި ޝާހާގެ ގައިގައި ބައްދާލަމުން ބުނެލިއެވެ. އެންމެނާއި އެކުގައި އފާވެެރި އަދި ހތްހަމަޖެހޭ ވަގުތުކޅެއް ހޭދަކޮށްލެވުމުން ކޮންމެވެސް ވަރަކަށް އީނާގެ ހިތަށް އުފާވެެރިކަމެއް ލިބިދިނެެވެ.
** **
ގޭގެެ ބެލްކަނީގެ އުނދޯލީގައި ރަޖުއާން އިށީނދެލައިގެން އިންއިރު އެެދެލޮލުގައިވީ ހުސްކަމާއި އެކަނިވެރިކަމެެެވެެ. އިހުނަށްވުރެ ފިރިހެންވަންތަ ވެލާފައި ހަރުދަނާ ކަމަށް އޭނާ ދައްކައެވެ. އެއްދިމާލަކަށް ގެެއްލިފައި އިންދާ އެނާގެ ދެލޮލުން ކަރުނަ ތިއްކެއް ވެއްޓުނީ ނުވެސް އެނގި ހުއްޓާއެވެ. “ދަރިފުޅާ… ދެން އާދޭ ކާންދާން.. ތިއިިންނަނީ އޮފީހުން އައިގޮތަށް..” ސައީދާ އެކޮޓަރިއަށް ވަދެެެލަމުން ބުންޏެވެ. “ދެން ހިތާމަ ނުކުރޭ.. އެެކަމަށް ދަރިފުޅު ﷲ ގެ ހަޟްރަތުން ތައުބާ ވެއްޖައީމެއްނު..” ވިސްނައިދޭ ރާގަކަށް ސައީދާ ބުނެލިއެވެ. “އެެކަމަކު މަންމާ.. އެެނިކަމެތި އަންހެން ކުއްޖާއަށް ކިހާބޮޑު ކެއއްސެއް އަހަރެން ދިނީ… ކިހާބޮޑު އޮޅުވާލުމެއް އޮޅުވާލީ.. އަހަންނަށ މަލްސާވެސް ގެއްލިގެންދިޔައީ.. ހަމަ ހުރިހާކަމެއް ވެގެން ދިޔައީ އަހަރެންގެ ނުބައި ނުލަފާކަމާއި ނުބައި އުޅުމުގެެ ސަބަބުން..” ރަޖުއާނަށް ބުނެވުނެވެ. ސައީދާ ވަކިއެއްޗެއް ނުބުންޏެވެެ. ފުންނޭވާއެއްް ދޫކޮށްލަމުން އައިކޮޅަށް ސައީދާ ދިޔައީއެވެ. މާޒީގައި ރަޖުއާންގެ ހަޔާތުގައި ބޮޑެެެތި ކަންތައްތަކެއް ހިނގައިގެން ދިޔކަކަން އެެެނގުނެވެ. އެއާއެކު މާޒީގެ ދުވަސްތަކަށް އޭނާގެ ސިކުނޑި މިސްރާބު ޖެެހިއެވެ.
________
މާޒީގެ ތެރެއިން…….
މަލްސާގެ ދަރިފުޅު ބައިގެެން ދިޔަތާ މަހެއް ވެގެން ދިޔައިރު އެދެމެދުގައި އޮތް ދުރުމިން އިތުރަށް ދުރުވެއްޖެއެެވެ. އެއް އެެނދުގައި ނިދުމަކީވެސް އެންމެ ކުޑަމިނުން އެމީހުން ކުރާ ކަމެއް ނޫނެވެ. ނައުރީންއާއި ދޭތެރޭ ކަންކުރެވުނު ގޮތާއި ދޭތެރޭ ފަހަކަށްއައިސް ރަޖުއާނަށް ވިސްނެނީއެވެ. އެކަމުގެ ސަބަބުން މަލްސާއަށް ދޭންވާ ވަގުތެއްވެސް ނުދެވެއެވެ. ނައުރީނާއި ދޭތެރޭ ކަންކުރެުނު ގޮތާއި ދޭތެރޭ ހިތާމަ ކުރެވެނީއެވެ. އެންމެފަހުން ހަގީގަތް އެންމެންގެ ކުރިމަތީ ނިއުޅުވާލަންވީ ވަގުތު ޖެހިއްޖެކަން އޭނާއަށް ވިސްނުނެވެ. އެހެެންކަމުން އެއްދުވަހެއްގެެ މެންދުރުގެ ވަގުތު މަލްސާއާއި އޭނާ ވާހކަ ދައްކަން ނިންމިއެެވެ. “އަހަރެން ވަރަށްބޮޑު ވާހަކައެއް ބުނަން…” ރަޖުއާން ބުނެލިއެވެ. “ކިޔާބަލަ..” ފަރުވާކުޑަ ގޮތަކަށް މަލްސާ ބުނެލިއެވެ. ރަޖުއާން ފެށިގެން ނިމެންދެން އެެވާހަކަތައް މަލްސާއަށް ކިޔައިދިނެވެ. “ރަޖުއާންގެ ހިތެއްނެތްކން އެނގި އަހަރެން ހަމަ ހައިރާންވެއްޖެެ.. އަންހެނަކަށް އެވަރުގެެ ލަނޑެއް ދިންއިރު ލަދުހަޔާތްކބާ؟ ތެދެއް ބުނަންތަ؟ އަހަރެން އަސްލު މިހާރު ކަލެޔާއެކީ އުޅޭހިތެއް ނެތް.. ކަލޭދެކެ ލޯތްބެއްވެސް ނުވޭ.. އަހަރެނެް ވަރިވާން ބޭނުން…” މަލްސާ ބުނެލިއެވ. “އަހަރެންވެސް އެހެެން ބުނަން މިއުޅުނީ… މަލްސާ މިހާރު ތީނދީ ވަރިކޮށްފައި.. ” ވަގުތުން ވަގުތަށް ކައިވެނީގެ މަތިވެރި ގުޅުން އޭނާ ކަނޑާލިއެވެ.
____________
މިހާރު
މިއަދު އޭނާ މަލްސާއާއި އެެގުޅުން ކަނޑާލެވުނީތީ ދެރަވެެއެވެ. މިއަދު އޭނާ އެކަނިވެރިވީހިނދު އެެލޯބިވެތި އަނބިމީހާގެ ފިރުމުންތައް އޭނާ ހަނދާންވާން ފެށިއެވެ. އަގުހުރި ޖަވާހިރެއް ދޫކޮށްލެވުނު ކަމުގެ އިހުސާސް ކުރެވުނެވެ. ނަމަވެސް ވަގުތު ފާއިތުވުމުން ކުރެވނެ ކަމެއް ނެެޯންނާނެތާއެެވެެ. މިއަދު މަލްސާއަކީ މީހެެއްގެއަންބެކެވެ. ދެކުދިންގެ މަންމައެކެވެ.
** **
ޚަބަރެއް ވާނަމޭ ކިޔާފައި ޖައުޝްގެ ހިލަމެއް ނުވާތީ ޝާހާގެ ހިތުގައި ސުވާލު އުފެދުނެވެ. އެތައް ވަރަކުން ކިޔައިގެން އީނާއިނީ ތައްޔާރުވެސް ކޮށްފައެވެ. ތަކުރާރުކޮށް ޖައުޝްގެ ނަމްބަރަށް ގުޅުމުންވެސް ފޯނުވަނީ ނއްވާލާފައި ކަމަށް ބުނެއެވެ. އެންމެފހުން ޖައުޝްގެ މަންމަ އައިމިނަތަށް ގުޅަން ޝާހާ ނިންމިއެވެ. ހެނދުނު ފްލއިޓު އޮތްއިރު މިހާރު ހަވީރު ވެއްޖެއެވެ. ދެވަނަ ރިންގާއެކު އައިމިނަތު ފޯނު ނެެގިއެވެ. “ހަލޯ ދައްތާ… ޖައުޝް ކޮބާތަ؟ އަންނާނަމޭ ބުނީމަ..” އެއްކައިރިއަކަށް ޖެހިލަމުން ޝާހާ ބުނެލިއެވެ. “ޖައުޝް…” އައިމިނަތުގެ އަޑުގައިވީ ކުރަކި ކަމެވެ. “ކިހިނެއްވީ؟” ޝާހާއަށްވެސް އަހާލެވުނެވެ. އައިމިނަތު ރޮއެެގަންނަމުން ދެން ބުނެލި ވާހަކައިން ޝާހާގެ ފޯނު އަތުނ ދޫވިއެވެ. ގަބުވެފައި ހުރެވުނެވެ. “އޭއި ޝާހާ… ކިހިނެއްވީ؟ އިޒް އވްރިތިން އޯކޭ..” އީނާ އެދިމާލަށް އަންނަމުން އަހާލިއެވެ. ދޭންއުޅޭ ޚަބަރުން އީނާއަށް ކުރާނެ އަސަރަށް ވިސްނާލެވުނެވެ. “ކީއްހޭވީ؟” އީނާ ތަކުރާރު ކޮށްލިއެވެ. “ޖަ..ޖއުޝް..” ޝާހާއަށް ބުނެލެވުނެވެ. “ޖައުޝްއަށް ކީއްވީ؟” އީނާގެ ހިތް ނުބައި ގޮތަކަށް ތެޅިލިއެވެ. “ރަންވޭއަށް ޖައުޝްމެންގެ ފްލައިޓް ޖައްސަން އުޅެެނިކޮށް ފްލައިޓް ގޮވީ.. ޖައުޝް ވަރަށް ކްރިޓިކަލް…” ޝާހާ ހިތްވަރުކޮށްލާފައި ބުނެލިއެެވެެ.
** **
” އީނާ! ކެތްކުރޭ.. މިއީ ދޮގު ޚަބަރެއް ނޫން..” ޝާހާއަށް ބުނެލެވުނެވެ. “ނޫން…” ބިންމައްޗަށް ތިރިވެވުނުއިރު އީނާއަށް ރޮވިއްޖެއެވެ. “ޖައުޝް މަންމަ ބުނީ ފްލައިޓް ލޭންޑް ނުކުރެވިގެން ވައިގެތެރޭ 2 ގަޑިއިރު ދުއްވިޔޯ.. އެންމެފަހުން ޖައްސަން އުޅުމުގެތެރޭ ފްލައިޓް ގޮވީއޯ..” ޝާހާ ބުނެލިއެވެ. “އަބަދުވެސް ކީއްވެތަ އަހަންނަށް ދެރަގޮތްގޮތް މެދުވެރިވަނީ.. އަހަންނަށް މިދުނިޔޭގައި ކުރެވުނު ކޮން ނުބައި އަމަލެއްގެ ސަޒާތަ އަހަންނަށް ލިބެމުން މިދަނީ؟” އީނާ ރޯންފެށިއެވެ. “ކެތްތެރިވޭ.. ހިތްވަރުގަދަކުރޭ.. އަހަރެމެންގެ މާތް ނަބިއްޔާގެ ހަޔާތުން ހިތްވަރު ލިބިގަނޭ.. ލޯކުރިމަތީ އެކަލޭގެފާނަށް ލިބިވަޑައިގަތް ހަބޭފުޅުން މިދުނިޔެއާއި ވަކިވެވަޑައިގަތް.. ނަމަވެސް އެކަލެގެފާނު އެންމެ ފަަހަރަކުވެސް ﷲ ގެ ނިޔާއާއި ދޭތެރޭގައި ޝަކުވާއެއް ނުކުރައްވާ.. ހިތްވަރުގަދަކަން ދައްކަވާ މާތްﷲ އަށް އަޅުކަންކުރުމުގައި ދެމިހުންނެވި…” ޝާހާ ދިނީ އެކުވެރިއެއްގެ ހައިސިއްޔަތުން ހެޔޮ ނަސޭހަތެކެވެ. ޝާހާ ދެއްކި ވާހަކަތަކާއިމެދު އީނާ ވިސްނާލިއެވެ. “ޖައުޝް ކައިރިއަށްދާން ބޭނުން…” އީނާ ބުނެލިއެވެ. ދެއެކުވެރިންވެސް މިސްރާބުޖެހީ ހޮސްޕިޓަލާއި ދިމާލަށެވެ.
** **
ބާރު ހިނގުމެއްގައި އީނާއަށް އެމަޖެންސީ ރޫމަށް ދެވުނެވެ. ސަލީމުގެ މޭގައި ބޯއަޅައިގެންއޮވެ އައިމިނަތު ގެންދިޔައީ ހުއްޓާނުލާ ރޮމުންނެވެ. މާހައުލަށް ބަލާލުމުންވެސް ކަނތައްތަައް އެންމެ ރަނގަޅު ނޫންކަން އީނާއަށް އިހްސާސް ކުރެވިއްޖެއެވެ. ފާރުކައިރީހުރި ޖައިޝާއާއި ދިމާލަށް އީނާއަށް ދެވުނެވެ. “ކޮންއިރަކު ޖައުޝް ހޮސްޕިޓަލަށް ގެނައީ…” އީނާއަށް އަހާލެވުނެވެ. “30 ވަރަަކަށް މިނެޓް ކުރިން.. ފްލައިޓް 11 ޖަހާއިރު ޖައްސަން އޮތް.. ދެން 2 ޖެހިއިރު ހާދިސާ ހިނގީ.. މިއޮއް ހުރިހާއިރު ދޮންބެގެ ހަށިގަނޑު ނުފެނިގެން ހޯދީ… ދޮންބެ ފިޔަވައި ފްލައިޓުން ދަތުރުކުރި އެންމެން މަރުވީ..” ޖައިޝާ ކިޔައިދިނެވެ. ގިނަ ޒަޚަމްތަކަކާއިއެކު ވެސް ޖައުޝް ސަލާމަތްވި ކަމަށްޓަކައި ﷲއަށް އޭނާ ޙަމްދުކުރިއެވެ. “މިހާރު ހާލު ކިހިނެއް؟” އީނާ ސުވާލުކުރިއެވެ. “ހެޔެއް ނެތް.. ވެންޓިލޭޓަރަށް ލައިފައި އޮތީ..” ޖައިޝާ އަސަރާއެކު ބުނެލިއެވެ. އީނާއަށް އެޚަބަރުން ޝޮކެއް ލިބުނު ނަމަވެސް އެންމެންނަށް ހިތްވަރަކަށް ވެދޭން ބޭނުންވާތީ ކެތްކުރެވެނެ އެންމެ މަތީ ދަރަޖައަށް އޭނާ ކެތްކުރިއެވެ. “އަހަރެންނަށް ވިޒިޓް ކޮށްލެވޭނެތަ؟” އީނާ އަހާލިއެވެ. ޖައިޝާ ބޯހޫރުވާލިއެވެ. “ދެޓްސް ނޮޓް އެލައުޑް” ޖައިޝާ ބުނެލިއެވެ.
** **
އެތެރޭގައި ލަސްވަމުންދާތީ ސަލީމު އެމަޖެންސީ ރޫމާއި ދިމާލަށް ދިޔައެވެ. އޭގެކުރިން އެމަޖެންސީ ރޫމުގެ ދޮރުހުޅުވި އެނދެއް ނެރެވުނެވެ. ގައިމަތީގައި ހުދު ބެޑްޝީޓެއް އަޅާފައި އޮތަސް އީނާއަށް އެހިތުގެ ވިންދު އޮޅިދާނެ ހެއްޔެވެ؟ އެނދުކައިރީ ތިބި ޑޮކްޓަރުންގެ މޫނުމަތިންވެސް ހާސްކަމެވެ. އެމީހުންގެ ހަރަކާތްތައް އަވަހެވެ. ދެތިން ނަރުހުން ޖައުޝްއަށް އޮކްސިޖަން ދިނުމުގައި އުޅެމުން ދިޔައެވެ. ހަށިގަނޑުގައި އެޅިފައިވި ހުދު ބެޑުޝީޓުގައިވެސް ލޭގެ އަސަރެވެ. އީނާގެ ކަކުލުހުޅުން ވާގިދޫވާހެން ހީވާން ފެށިއެވެ. އެނދު ދުއްވާފައިގޮސް އައިސީޔޫއަށް ވެއްދިތަން ކަރުނައިގެ ފުސްކަމުގެ ތެރެއިން އީނާއަށް ފެނުނެވެ. އެމަންޒަރު ދެކެން އީނާއަށް ހުންނަންޖެހުނީ ގޮތް ހުސްވެފައެވެ. އޭނާގެ ހިތުގެ ދިރުން އެހާލުގައި އޮތްއިރުވެސް ކުރެވޭނެކަމެއް ނެތި ހުންނަން ޖެހުމުން ހިތަށް ތަދުވިއެވެ. އެވަގުތުވެސް އޭނާއަށް ޖައުޝްއަށް ހެޔޮދުއާ ކޮށްލެވުނެވެ.
** **
ސިކުންތަކަށްފަހު ސިކުންތެއް މިނެޓަކަށްފަހު މިނެޓެއް ފާއިތުވަމުން ދިޔައެވެ. ފާއިތުވެގެންދާ ކޮންމެ ހިނދުކޮޅަކާއެކު އީނާގެ ހިތުގައިވާ ބިރުވެރިކަން ބޮޑުވެއެވެ. ސަލީމުގެ ނަސޭހަތްތަކުން ހިތްވަރުލިބި ކޮންމެވެސް ވަރަކަށް އައިމިނަތު ހަމައަކަށް އެޅިލިއެވެ. “އީއަށް އެނގޭތަ ދޮންބެ މާލެ ދިޔައީ އީއާއި މެރީ ކުރަން ވެގެންނޭ..” ޖައިޝާގެ ބުނެލިއެވެ. އެއާއިއެކު އޭނާގެ ހިތް ފިސްފިސްވިއެވެ. “އެހެންވީމަ ޖައުޝް މަރުގެ ތުންފަތްމަތީގައި އެއޮތީ އަހަރެންގެ ސަބަބުންދޯ..” އިރުގަނޑަކު ހުއްޓުން އަރާފައިހުރެ އީނާ ބުނެލިއެވެ. “ނޫން އީ.. ތިޔަހެން ނުވިސްނާ.. އެކަމުގައި އެއްވެސް މީހެއްގެ ކުށެއް ނެތް.. އެއީ އެކަލާނގެ އިރާދަ ކުރެއްވި ގޮތް..” ޝާހާ ބުނެލިއެވެ. ޖައިޝާވެސް ޝާހާގެ ވާހަކައާއި އެއްބަސްވެލިއެވެ. “ސޮރީ އީ… ވަރަށް ބޭނުން އީ ގާތުގައި ހުރެލަން މިވަގުތު.. މަންމަ އެގުޅީ ޔޫން ނުނިދައިގެން…” ޝާހާ ދެރަވެފައި ބުނެލިއެވެ. “އެ އޯކޭވާނެ.. ދޭދެން ގެއަށް” ފަނޑު ހިނިތުންވުމަކާއިއެކު އީނާ ބުނެލިއެވެ.
** **
“އީނާ ދަރިފުޅު ގެއަށް ދާންވީނުން ދެން” އީނާގެ ގާތަށް އައިސް ހުއްޓުނު ސަލީމު ބުނެލައިފިއެވެ. ސަލީމުގެ ޖުމުލަ ނުނިމެނީސް އީނާ ބޯހޫރުވާލިއެވެ. “ނޫން ދެން އީ ގެ އަށް ދާންއުޅޭ… ރެސްޓު ކޮށްލައިގެން މާދަން ހެނދުނު އަންނާނީ… ކަމެއް ގޯސްވަންޏާ އަންގާނަމޭ…” ޖައިޝާ ބުނެލިއެވެ. ދާން ނުދާން ކަހަލަ ގޮތަކަށް ހުރެފައިވެސް އީނާ އެންމެފަހުން ދާން ނުކުތީއެވެ.
** **
ގެއަށް ދެވުމާއެކު އީނާއަށް އެނދުގައި އޮށޯވެލެވުނެވެ. ހަށިގަނޑަށް ވަރުބަލިކަން އިހްސާސް ކުރެވުނު ކަމުގައި ވިޔަސް ދެލޮލުގައި ނިދީގެ އަސަރެއް ނެތެވެ. ޖައުޝްގެ ހަނދާންތައް އާވެލުމާއެކު އަނެއްކާވެސް ހިތްދަތި އިހްސާސެއް ކުރުވައިފިއެވެ. ޒަހަރަކަށްވުރެ ހިތި އެ ހަގީގަތް ގަބޫލުކުރަން އޭނާއަށް ދަތިވެއްޖެއެވެ. ޖައުޝްއާއެކު ހޭދަކުރެވުނު ހުރިހާ މަންޒަރެއް ލޮލުގެ ކުރިމަތިން ފިލްމެއްގެ ސިފައިގައި ފެންނަމުން ދިޔައެވެ. އެވަގުތު އަސްމާ ދޮރުހުޅުވާލާފައި ކޮޓަރިއަށް ވަނެވެ. “ދަރިފުޅާ… ހިތްވަރުކުރަން ވާނެ.. އެއްޗެއް ކާލަން ތެދުވޭ..” އަސްމާ ބުނެލިއެވެ، މީގެ ދުވަސްކޮޅެއް ކުރިން އަސްމާއަށާއި ބައްސާމުއަށް ލޫނާގެ ހަގީގަތް ކިޔައިދިނެވެ. އަދި ޖައުޝްގެ ކުށެއް ނެތްކަން ހާމަވިއެވެ. “މާތްﷲ ދަރިފުޅަށް ކެތްތެރިކަން ދެއްވާށި..” މޫނުގައި ހަމްދު އަޅާލަމުން އަސްމާއަށް ބުނެލެވުނެވެ. “ތިހެން ދުލުން ބުނެލަން ފަސޭހަޔަސް ލޯބިވާ މީހާ އެހާލުގައި އޮންނަތަން ދެކެން އަހަރެންގެ ހިތަށް ތަދުވެޔޭ… ލެއިން ކަޅިވެފައިވާ ބެޑުުޝީޓާއި ގުޅާފައިހުރި ހޮޅިތަކުން މި ހިތް ފިތެމުންދެޔޭ.. ހުރިހާ ކަމެއް ހިނގީ އަހަންނާ ހެދި… އަހަންނާއި ބައްދަލްކުރަން ޖައުޝް ނައިނަމަ މިއަދު އެހާލުގައި ޖައުޝް ނުއޮތީސް” އެހިތުގައި ހުރި ޝަކުވާތައް ބޭރުކޮށްލެވުމުން ހިތަށް ލުއިކަަމެއް އިހްސާސް ކުރެވުނެވެ. “ތިކަހަލަ ބަސްތައް ދުލުން ބޭރުނުކުރޭ.. ދެންވެސް ﷲ ގެ ހަޟްރަތަށް ދަންނަވަން ދޭބަަލަ” އަސްމާ ބުނެލިއެވެ. ހިތްވަރު ކޮށްލާފައި އީނާ ފާޚާނައަށް މިސްރާބު ޖެހިއެވެ.
** **
ފަތިސް ނަމާދަށް ބަންގި ގޮވިއިރުވެސް ދުއާއަށް އަތް ނަގައިގެން އީނާ އިނެވެ. ނަމާދުކޮށްލައިގެން ފެންވަރާލިއިރު ހަށިގަނޑަށް ތާޒާކަން އިހުސާސް ކުރެވުނެވެ. މާތްﷲ އަށް ދެންނެވުމުން ހިތުގައިވި ޝަކުވާތަކާއި ނާއުންމީދު އެއްކޮށްހެން ފިލައިގެން ގޮސްފިއެވެ. މޭޒުމަތީގައި ސައި ހަދާފައި ހުރިތަން ފެނުނު ނަމަވެސް އޭނާ ކާހިތެއް ނުވިއެވެ. ބޫޓު ހަރުން ބޫޓެއް ނަގައިގެން އީނާ މަގުމައްޗަށް ނުކުތެވެ. ހޮސްޕިޓަލަށްވަދެ އައިސީޔޫއަށް ދެވުނުއިރު ނަޒްޔަކް އައިސީޔޫގެ ދޮރުމަތީ ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ. “އީން ކައިގެންތަ ތިއައީ؟ ދޮގު ނުހަދައްޗެ..” ނަޒްޔަކް ބުނެލިއެވެ. “ނުބޮން ސައެއް.. ބަނޑުހައެއްވެސް ނޫން އެހެންނޫނަސް..” އީނާ ބުނެލިއެވެ. “ބަނޑުހައި ނުވެ ނުހުންނާނެ މިހުރިހާއިރު ވީއިރު.. މިތާ މަޑުކުރޭ.. ތިއްތި އެބަ އަންނަން” ނަޒްޔަކް ބުނެލަމުން އެތަނުން ހިނގައިގަތެވެ. ދެން އައިއިރު އަތުގައި އައިސްޑް ކޮފީއަކާއި ހެދިކާ ކޮތަޅެއް ހުއްޓެވެ. “މިތާގައި އިނދެގެން މި ހުސްކުރަން ޖެހޭނެ.. އީންވެސް އަދި އިއްޔެގައި ހޮަސްޕިޓަލުން ތިދޫކޮށްލީ.. އަމިއްލަ ހަށިގަނޑަށް ވަރަށް ފަރުވާތެރިވާން ޖެހޭނެ… ތިއްތިއަށް ޔަގީން ރޭގަ ކާންޖެހޭ އެއްވެސް ބޭހެއް އީން ނުކާކަން..” ނަޒްޔަކް ކަންބޮޑުވުން ފާޅުކުރި އެވެ. ބަލި ޤަބޫލުކޮށް އީނާ ކާންފެށިއެވެ.
** **
މުޅި ދުވަސް ފާއިތުވެގެން ދިޔައީ އެފަދަ ގޮތަކށެވެ. ޖައުޝްގެ ހާލަތަށް ބަދަލެއް އައުމަށް ދީފައިވާ 48 ގަޑިިއިރުގެ މުހުލަތުވެސް ހަމަވެއްޖެއެވެ. އެހެނަސް ހާލަތަށް ކުޑަވެސް ބަދަލެއް އައިކަމަށް ޑޮކްޓްރުން އަންގާފައެއް ނުވެއެވެ. ގިނައިރު ބަރު އެއްޗެއްގެ ދަށުގައި އޮތުމުން ފައިގެ ބައެއް ނާރުތަކަށް ގެއްލުންވެ އުނަގަނޑުން ތިރީގެ ވާގި ގޮސްދާނެކަމުގެ އިންޒާރު ދިނެވެ. އެވަގުތު އީނާގެ ބޮލަށް ހަތްއުޑު އެކީ ވެއްޓުނުފަދަ އިހްސާސެއް ކުރެވުނެވެ. އެޚަބަރަށް އޭނާގެ ކަންފަތް ބީރުވީނަމައޭ ހިތަށް އެރިއެވެ. އެއީ ހުވަފެނަކަށް ވުންއެދި ދުއާކުރެވުނަސް ހަގީގަތް ބަދަލް ކުރެވޭނެ ހެއްޔެވެ؟ ތަޤުދީރާއި ފިލަަން ދުވޭނެ ހެއްޔެވެ؟
** **
ގަޑިއިރުތަކެއް ވެއަތުވި ފަހުން ޑޮކްޓަރެއް އައިސީޔޫން ނުކުތެވެ. އެތަނުގައި އެންމެން ހަމައަށް ތިއްބެވެ. ޑޮކްޓަރު ގޮވާލީ ޖައުޝްގެ އެހީތެރިޔަކްށެވެ. ސަލީމު ގޮނޑިބަރިން ތެދުވެ އައިސީޔޫއާއި ދިމާލަށް ހިނގައިގަތެވެ. އީނާއަށް ގޮނޑިބަރިން ތެދުވެވުނު ގޮތްވެސް ނޭނގުނެވެ. އާދަޔާއި ޚިލާފް ހިތްވަރަކާއި ޖޯޝެއް ލިބި އޭނާ ހިނގައިގަތީ ކޮންމެ ފަދަ ޚަބަރަކަށްވެސް ކެތްކުރެވޭނެ ކަމުގެ އުންމީދާއި އެކގައެވެ. ސަލީމުގެ މޫނުމައްޗަށް އަރަމުންދިޔަ ކުލަވަރުތަކްށް އޭނާއަށް ބެލެމުން ދިޔައެވެ. އެކުލަތަައް ތަރުޖަމާ ކުރާނެ ގޮތެއް އީނާއަށް ނޭނގުނު ނަމަވެސް ކަންތައްތައް ވަރަށް ގޯސްކަން އެނގުނެވެ. “ވަރަށް ވަރަށް ކްރިޓިިކކަލް.. ގާތްގަނޑަކަށް އޯލްމޯސްޓް ހުރިހާ ގުނަވަނެއްގެ ހަރަކަތް ހުއްޓިފައިވަނީ… އޮކްސިޖެން ލެވެލް ފުލްކޮށް ހުރިއިރުވެސް ނޭވާލާން ދަތިކަން ފާހަގަަވި.. ވަރަށް ގިނަ ވައުންޑްސް ހުރި… ވަރަށް ގިނަ ތަންތަން ފަހަން ޖެހުނު… ބައެއް ތަންތަނުގައި އިންފެކްޝަން ހެދިފައިހުރީ… ލޭވެސް ބައެއް ތަންތަނުން ސްޓިލް މަނާނުވޭ.. ބްލަޑް ޕްރެޝާވެސް ވަރަށް މަތި.. ޑޮކޓަރުންގެ އުންމީދު މަޑުމަޑުން ކެނޑެމުން މިދަނީ..” އެއާއެކު ހުރިތަނަށް އީނާ ގަނޑުވިއެވެ. އެވާހަކަތައް ކަންފަތުގައި ބާރު އަޑަކުން ގުގުމަން ފެށިިއެވެ. މުޅި ހަށިގަނޑު ފިނިވެ ތުރުތުރެއް އަޅާލިއެވެ. މަންޒަރުތައް ފުސްވެ އީނާ އަރިއަޅާލާހެން ހީވިއެވެ. އެއާއެކު އީނާގެ ހަށިގަނޑު ފަހަތުގައިހުރި ނަޒްޔަކްގެ އަތްމައްޗަށް ދެމުނެވެ.

=ނުނިމޭ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Rain lover

Level 310 Stories100 Comments100 Login

hey I'm fizzy,

Other Articles

Previous

(ޓްރެއިލަރ) ނުފިލާނޭ މިހިތަކުން

Next

ބޭވަފާތެރި ވުމުން ޔާރާ 21، 22 އަދި 23 ވަނަބައި

Next
July 1, 2022

ބޭވަފާތެރި ވުމުން ޔާރާ 21، 22 އަދި 23 ވަނަބައި

Previews
June 29, 2022

(ޓްރެއިލަރ) ނުފިލާނޭ މިހިތަކުން

2 Comments!

  1. Nayaa Nayaa says:
    June 30, 2022 at 5:56 pm

    Masha Allah mi bai thah vx hama habeys inge..mi vhk kurin vaahaka.com in ekkoh kee handhaaneh vey eba..rain lover ebain midhiya episode ga bunefa vx dhw vaahaka.com ga vx meethi liyuneemey..ekm vx alun kiyaalan hama vrh salhi ingey mi vhk..keep up the gud work.. waiting for the next episodes nd also for the trailer of ur new story..once again ur story hama rock ingey ♥️♥️

  2. Rain lover says:
    July 1, 2022 at 11:30 pm

    Thank you so much means a lot, yes kurin lee vhk hama alun lany ?❤️. Once again thi dhey supprt ah vrh vrh thaankss

Comments are closed.

Next Episodeބޭވަފާތެރި ވުމުން ޔާރާ 21، 22 އަދި 23 ވަނަބައި←


All Right Reserved!