Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ވާތީ މަ ކައިރީގައި 12

Lana Level 110 Stories
May 14, 2022 3 Mins Read
3 Comments

“ދަރިފުޅާ، އާދޭ ނަމާދުކޮއްލައިގެން ތިރިއަށް ސައިބޯން އިނގޭ” ޒޯހާ ކައިރީގައި އެހެން ބުނެލުމަށްފަހު ނަޒީރާ ފޭބީ ތިރިއަށެވެ. ނަމާދުކޮށްގެން ޒޯހާތިރިއަށް ފޭބިއިރު ނަޒީރާ އުޅުނީ ސައިބޯނެ އެއްޗެހި ތައްޔާރު ކޮށެވެ.

“މިއަދު ހުކުރަށްފަހު ޒައިން އާއި ސަނާ ކައިރީގައި މިގެއަށް ކާން އަންނާށޭ ބުނައްޗޭ ދަރިފުޅު. މަންމަވެސް އޮފް ދުވަހެއް ވީމަ އުޅޭނަން ކެއްކުމުގަ ޒޯ އާއި އެކީ” ޓޯސްޓަރުން ޕާން ފޮތި ނަގަމުން ނަޒީރާ ބުނެލިއެވެ.

“އާނ، ސަނާ ހޭލާނެހާއިރަށް އަޅުގަނޑު ދާނަން ބުނަން” ޒޯހާ ބުނެލިއެވެ. ދެމައިން ސައިބޮއެ ނިންމުމަށްފަހު ފިހާރަތަށް ހުޅުވުމުން ދިޔައީ މެންދުރު ކެޔުމަށް ބޭނުންވާނޭ އެއްޗެހި ގަތުމަށެވެ. ނަޒީރާގެ ވަޒީފާގެ ގޮތުން ދަރިފުޅާއި އެކީގައި މާގިނަ ވަގުތެއް ހޭދަ ނުކުރެވޭތީ އޮފް ދުވަހަށް ވުމުން ނަޒީރާ ބޭނުންވީ ދުވަސް އެއްކޮށް ޒޯހާއާއި އެކީގައި ހޭދަ ކުރުމަށެވެ.

ފިހާރައިން އައި ގޮތަށް ޒޯހާ އާއި ނަޒީރާ އެކީގައި އިނީ ޓީވީ ބަލާށެވެ. މަންމައާއި އެކީގައި މަޖާ ވަގުތުކޮޅެއް ހޭދަ ކޮއްލަން ލިބުމުން ޒޯހާވެސް އިނީ އިންތިޙާއަށް އުފާވެފައެވެ. ކައްކާ ގަޑި ޖެހުމުން ޒޯހާ ދިޔައީ ސަނާ މެންގެއަށެވެ.

“ސަނާ ކޮބާތަ، ޖަމްޝީދައްތާ؟” ޒޯހާ އެގެއަށް ވަންގޮތަށް އަހާލިއެވެ.

“އެބަ އުޅޭ ކޮޓަރީގަ، އަނެއްކަ ކިހިނެއްވީ ދަރިފުޅާ؟” ފިޔާ ކޮށަން ހުރެފާ ޖަމްޝީދާ އަހާލިއެވެ.

“މަންމަ ބުނެގެން، ސަނާ އާއި ޒައިން އަށް މެންދުރު ކެޔުމަށް ދައުވަތު ދޭންވެގެން” ގޭތެރަށް ވަދެލަމުން ޒޯހާ ބުނެލިއެވެ.

“ކޮޓަރީގަ އެބަ އުޅޭ ދެމީހުންވެސް” ކޮޓަރިއާއި ދިމާލަށް އަތް ދިއްކޮއްލަމުން ޖަމްޝީދާ ބުނެލިއެވެ.

“ހޭއި ގާއިޒް! މިއައީ މަންމަ ބުނެގެން މެންދުރު ކެޔުމުގެ އިންވައިޓްއެއް ދޭން ވެގެން ތި ދެމީހުންނަށް” ކޮޓަރިއަށް ވަދެ ދޮރު ލައްޕާލަމުން ޒޯހާ ބުނެލިއެވެ.

“އާޗާ ސަޅިއެންނު، ނަޒިއްތަ އާއި ޒޯހާގެ ކެއްކުން ގަނޑުގެ ރަހަ ބަލާލަން ލިބޭނެ ދޯ އެހެން ވީމާ” ހީލަމުން ޒައިން ބުނެލިއެވެ.

“ހިނގާބަ ހަވީރު އެންމެން އެއްކޮށް ހިނގާލަން ދާން ދޯ މިއަދު؟ ވަރަށް ދުވަސް ވެއްޖެއެއްނު އެކީގަ މަޖާވެސް ކޮށްނުލެވޭތަން” ޒައިން އާއި ޒޯހާއަށް ބަލާލަމުން ސަނާ އޭނާގެ ޙިޔާލު ފާޅު ކުރިއެވެ.

“އަސްލުވެސް ދޯ، ހިނގާބަ ތިން މީހުން މަޖާކޮށްލަން ދޯ ހަވީރުގަ” ޒޯހާވެސް ބުނެލިއެވެ. ތިން މީހުން އެކި ކަންތަށް ރޭވުމުގާ ތިއްބާ ނަޒީރާ ޒޯހާގެ ފޯނަށް ގުޅާލިއެވެ.

“މަންމަ މިއޮއް ގުޅަނީ، ޒޯ މިހުންނަނީ ހަނދާންވެސް ނެތިފަ ކައްކަން ދާން ޖެހޭ ކަންވެސް” ބޮލުގައި އަތް އަޅާލަމުން ޒޯހާ ބުނެލިއެވެ. އަވަސް ހިނގުމުގާ ޒޯހާ، ސަނާ މެންގެއިން ނިކުމެގެން އަވަހަށް އެމީހުންގެއަށް ގޮސް ވަނެވެ.

“ސޮރީ މަންމާ، ސަނާ މެންނާ ޖެހުނީމަ އެކި ވާހަކައިގާ ތިބެވުނީ” އަނގަޔަށް ގޮތެއް ހަދާލަމުން ޒޯހާ ބުނެލިއެވެ. ދެމައިން އެކީގައި މީރު އެތައް ބާވަތެއްގެ ކާނާ ތައްޔާރު ކުރުމުގައި އުޅުނެވެ. ނަޒީރާ ހުރީ ޒޯހާގެ ކެއްކުމުގެ ހުނަރު ފެނި އަންތަރީސްވެފަ އެވެ.

“ދަރިފުޅަށް ތިހާ މޮޅަށް މަންމަ ކައްކަން ދަސްނުކޮށް ދެމެންނު؟” ވާހަކައިގެ ތެރެއިން ނަޒީރާ އަހާލިއެވެ.

“އާނ ގޭގަ އުޅޭ އިރު ކިނާރާ ދައްތަ ނުކުރާނެ އެއްވެސް ކަމެއް، ހުރިހާ ކަމެއް ކުރަން އަޅުގަނޑާ ޖައްސާނީ” އަނގަޔަށް ވައްތަރެއް ޖައްސާލަމުން ޒޯހާ ބުނެލިއެވެ. ޒޯހާ ބުނި އެއްޗަކުން ނަޒީރާ ހިސާބަކަށް ހިތްހަމަ ނުޖެހޭ ގޮތް ވިއެވެ. އޭނާގެ ދަރިފުޅު ގޭގެ ހުރިހާ މަސައްކަތަކާއި ހަވާލުވެގެން އުޅެން ނުޖެހޭނެޔޭ ހިތަށް އެރީ އެތަކެއް ޝަކުވާއެއް އިސްމާއިލް އައްޓަކާއި ހިތުގައި ކުރަމުންނެވެ. ނަމަވެސް ނަޒީރާ އަކީ ވަރިވެފައި ވިއަސް ދަރީގެ ހިތުގެ ބަފަޔާއި މެދު ރުޅިވެރިކަން އުފައްދާނެ ކަހަލަ މައެއް ނޫނެވެ. ހިތުގައިވާ ހިތްހަމަ ނުޖެހުން ނަޒީރާ ފޮރުވާލީ ހިނިތުންވުމަކުންނެވެ.

ކައްކާ ނިންމާލުމަށްފަހު ވަގުތު އޮތުމުން ތަން ތަން ސާފު ކޮއްލާފައި ދެމައިންވެސް ވަނީ ކޮޓަރިއަށެވެ.

“ދަރިފުޅާ އާދެބަ ތިރިއަށް” ފެންވަރައިގެން ނިކުމެ ޒޯހާ ކޮޓަރީގައި ރީތިވެ އުޅެނިކޮށް ނަޒީރާ ގޮވާލި އަޑު އިވުނެވެ. ގިނަ އިރެއް ނުވެ ޒޯހާ ތިރިއަށް ފޭބި އިރު ނަޒީރާ އިނީ ޓީވީ ކުރިމައްޗަށް ވާ ގޮތަށް އިން ސޯފާ ގޮނޑީގައި އިށީނދެގެންނެވެ.

“އާދޭ މަންމައާއި އެކީ ހުކުރު ޙުތުބާ ބަލަން” ސޯފާ ގޮނޑީގެ ކައިރީ އިށީނދެގެން އިން ތަންކޮޅު ދައްކާލަމުން ނަޒީރާ ބުނެލިއެވެ. ޙުތުބާގައި ދެއްކީ މައިންބަފައިންނަށް ކަމޭހިތާ ވާހަކަ ކަމަށް ދެއްކުމުން ދެމީހުންވެސް އިނީ ނުހަނު ޝައުޤުވެރި ކަމާއި އެކީ އަޑުއަހާށެވެ.

ހުކުރު ނަމާދު ކުރަން ފެށުމުން ނަޒީރާ އަވަސްވެގަތީ މޭޒުމައްޗަށް ކާ އެއްޗެހި އެރުވުމަށެވެ، އެއީ މާ ގިނައިރެއްނުވެ ހުކުރުން ފައިބައިގެން ޒައިންމެންވެސް އަންނާނެތީއެވެ. އޭރުވެސް ޒޯހާ އިނީ ސޯފާގޮނޑީގައި އިށީނދެލައިގެން ހިޔާލަކަށް ގެއްލިފައެވެ. އޭނައަށް ނޫޙުއާއި މެދު ވިސްނެނީއެވެ. ނޫޙު ދެކިލަން ބޭނުންވަނީއެވެ.

“މްމްމް ހާދަ މީރުވަސް އެބަ ދުވައޭ ދޯ!” ގޭ ދޮރު މައްޗަށް މަޑުކޮއްލިގޮތަށް ސަނާ ބުނެލިއެވެ. ޒޯހާވެސް ހިޔާލަކަށް ހުރެފައި ސިއްސައިގެން ދިޔައީ ސަނާގެ އަޑު ކުއްލިއަކަށް އައިސް ޖެހުމުންނެވެ. ހުދު ކުލައިގެ ގަމީހަކާއި އެކު ފަހަތުން އައިސް ވަން ޒައިންވެސް ހުރީ ނިކަން ބޮޑަށް ހިނިތުންވެލައިގެންނެވެ.

“އާދޭ ކާން ހުރިހާ ކުދިން، އަވަހަށް އާދޭ”. ހިތްހެޔޮކަމާއި އެކު ގޮނޑިތަށް ދައްކާލަމުން ނަޒީރާ ބުނެލިއެވެ. އެގެއަކީ އަވައްޓެރިން ފިޔަވާ ވަދެ ނޫޅޭ ގެއެކެވެ. އެހެންކަމަށް ވުމުން ނަޒީރާ ހުންނަނީ އެކަނިވެރިކަން އަބަދުހެން އިހުސާސް ވެފައެވެ. ނަމަވެސް ޒޯހާ އައިފަހުން އެ އެކަނި ވެރިކަން މާ ބޮޑަށްވެސް ނެތިގެން ގޮއްސިއެވެ.

ކައި ނިންމާލުމަށްފަހު އެންމެން ކާ މޭޒު ދޮށުގައި ތިބީ އެކިއެކި ވާހަކަތަކުގައެވެ. ނަޒީރާއަށްވެސް ޒައިންގެ ހިތުގައިވާ އެއްޗެހި ދެނެގަނެވުނީ އެ ގޮތުންނެވެ. ޒައިންގެ ހާއްސަ ނަޒަރުން ޒޯހާއަށް ބަލާއިރު ނޭގޭނީ ވަކި ކާކަށްހެއްޔެވެ. ކޮންމެ ގޮތެއްވިއަސް ނަޒީރާއަށް ޒައިން އަކީ ވަރަށް ކަމުދާ ކުއްޖެކެވެ. އަޙުލާޤު ރަނގަޅު ހިތްހެޔޮ ކުއްޖެކެވެ.

“ސަނާ ހަވީރު ރެޑީ ވައްޗޭ! ޒޯ ވެސް ނިކުންނާނަން އެހާ އިރުން” ތަށިތައް ނަގަމުން ޒޯހާ ބުނެލިއެވެ.

“އަހަރެން ނުލާތަ ދަނީ؟” ދެރަވެލާފައި ޒައިން އަހާލިއެވެ.

“ހެހެހެ ނޫން. ޒައިން ނުލާ މި ގުރޫޕް ފުރިހަމަ ނުވާނެއްނު” ހިނިތުންވެ ކޯތާފަތް މައްޗަށް އަޑިކޮޅު އަރުވާލަމުން ޒޯހާ ބުނެލިއެވެ. ތިންކުދިން އެކީގައި ވާހަކައިގައި ތިބުމަށްފަހު ސަނާ އާއި ޒައިން ދިޔައީ ހަވީރުން އަންނާނަމޭ ކިޔާފައި ގެއަށެވެ. ނަޒީރާވެސް ތަންތަން ސާފު ކޮއްލުމަށްފަހު ޒޯހާއާއި އެއްކޮށް ދިޔައީ އޭނާގެ ކޮޓަރިއަށެވެ.

******************************************************

އައްސަލާމު އަލައިކުމް. ވާހަކަ ކުރިއަށް ދާ ގޮތާ ދޭތެރެ ކިޔުންތެރިން ދެކޭގޮތް ކޮމެންޓު ކޮށްލައްވައްޗޭ! ބާއްޖަވެރި ދުވަހަކަށް  އެދެން 3>

Share Article

Follow Me Written By

Lana

Level 110 Stories

Other Articles

Previous

އިތުބާރެއް ނުކުރާނަމޭ

Next

މަންޒިލް ތިޔޭ – ފުރަތަމަ ބައި

Next
May 14, 2022

މަންޒިލް ތިޔޭ – ފުރަތަމަ ބައި

Previews
May 13, 2022

އިތުބާރެއް ނުކުރާނަމޭ

3 Comments!

  1. Aishath Amaany says:
    May 15, 2022 at 12:32 am

    Vaahak v reethi ❤️
    When is the next part..?

  2. Lana says:
    May 15, 2022 at 5:52 pm

    Hello, next part will be uploaded very soon :))) thank you for your feedback <3

  3. Anonymous says:
    December 10, 2024 at 2:30 am

    is there any more parts coming?

Comments are closed.



All Right Reserved!