Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީ

ސަލްމާން ފާރިސީ 2

Ali Shimhaz Level 110 Stories
April 12, 2022 3 Mins Read
0 Comments

އެ ފާދިރީ ހީނލައިފައި ބުނެލިއެވެ.” އޭ މިތުރާއޭ   މީހެއްގެ ގާތަށް ދާންބުނާކަށެއް އަހަރެމެން މިއުޅޭހެން އުޅޭ ދީންވެރި މީހަކު އަހުރެނެކަށް ނޭނގެއެވެ. މިއޮތީ ފަތުރަތުގެ ޒަމާނެވެ. ޖާހިލުކަން މިވަނީ ޢާންމުވެފައެވެ. އެކަމަކު ނަބިއްޔެއްގެ ޒަމާން މިވަނީ ގާތްވެފައެވެ.  އެ ބޭކަލަކު ފޮނުއްވޭނީ އިބްރާހިމްގެފާނުގެ ދީނާއިގެންނެވެ. ފާޅުވާނީ ހިޖާޒްކަރައިންނެވެ. އެ ބޭކަލަކު ދެ ފަރުބަދައެއްގެ ދެމެދުގައިވާ ކަދުރުރުއްގިނަ ތަނަކަށް ހިޖްރައަށް ވަޑައިގަންނަވާނެތެވެ.   އެބޭކަލެއްގެ އެއް ޢަލާމަތަކީ  އެބޭކަލަކު  ސޮދަޤާތެއް ފަރިއެއްނުކުޅުއްވާނެއެވެ. ހަދިޔާ ފަރިއްކުޅުވާނެތެވެ.  ދެބޮބިފަޅިދެމެދުގައި ޢަލާމަތެއްވާނެއެވެ.އެއީ ނަބީކަމުގެ ސިއްކައެވެ. ކަލޭގެޔަށް ކުޅަދާނަވަނިއްޔާ އެ ކަރަޔަށް ދާށެވެ. އުމުރު ދަމަހައްޓެއްވިއްޔައި ދިމާވެދާނެއެވެ.” ދެން މި ބޭކަލަކު އަވަހާރަވެއްޖެއެވެ.   ދެން އަރަބިކަރަޔަށް ދެވެނެގޮތެއް ނޭނގިގެން ކްލަބްވަންހައިގެ ވިޔަފާރިޤާފިލާއަކާއި ބައްދަލުވެ އަރަބިކަރަޔަށް ގެންގޮސްދިނުމަށް ސަލްމާންގެފާނު ވަރަށް އާދޭސް ކުރެއްވިއެވެ.އަދި ދެތިން ގެރިޔާއި ބަކަރިކޮޅެއްދޭނެ ވާހަކަ ނަންގަތެވެ. އެ ނަޢުމްސޫފިތަކަކީ ސަލްމާން ފާރިސީ މަސައްކަތްކޮށްގެން ހޯދި ތަކެއްޗެވެ. ދެން އެ ޤާފިލާގެ މީހުން ސަލްމާންފާރިސީގެ ހަދިޔާތައް ޤަބޫލްކުރައްވަވައި އެބައިމީހުންނާއިއެކު ގެންގޮސް މަދީނާގެ ކައިރިރަށަކަށް އަޅަކަށް ހަދައި ސަލްމާންގެފާނު ވިއްކައިލިއެވެ. އެބައިމީހުން ސަލްމާންގެފާނު ވިއްކައިލީ ޔަހޫދީއަކަށެވެ.  އެ ރަށުން ކަދުރުރުއްތަކެއް ފެނިގެން ސަލްމާންގެފާނު ވަރަށް އުފާކުރެއްވިއެވެ. އެހެންނަމަވެސް އެއީ އެފާދިރީ ބުނި ރަށްކަމެއް ރަގަޅަކަށް އެނގޭގޮތެއްނުވިއެވެ. މި ޔަހޫދީކަލޭގެއާއި އެއްކޮށް ސަލްމާންގެފާނު އުޅުއްވަނިކޮށް އަނެއްކާ އެހެންމީހަކަށް ސަލްމާންގެފާނުފެނި އެމީހަކު ސަލްމާންގެފާނު ގަތެވެ. މިއީ ކުރިން އުޅުނު ސާހިބުމީހާގެ ދެބެންގެދެދަރި މީހެކެވެ. މި މީހާ ސަލްމާންގެފާނު ގަނެފައި އެމީހާގެ ވަތަނަށް ސަލްމާންގެފާނު ގެންދިޔައެވެ.  އެތަންފެނުމާއިއކު އެއީ މަދީނާކަން ސަލްމާންގެފާނަށް ޔަގީންވުމާއެކު ވަރަށް އުފާކުރެއްވިއެވެ.  އޭރު ރަސޫލާ ސޮއްލަﷲ އަލައިހި ވަސައްލަމް ރަސޫލުކަމާއިގެން ފޮނުވި ދީނަށް ގޮވައިލެއްވުމުގައި އުޅުއްވަތެވެ. ސަލްމާންގެފާނުގެ  އަޅުވެތިކަމުން ރަސޫލާގެ އެއްވެސް ޙަބަރެއް ނުލިބެއެވެ.

އެއްދުވަހަކު ސަލްމާންގެފާނު އޭނަގެ ސާހިބުމީހާ ބުނުއްވައިގެން މަސައްކަތެއް ކުރަން ކަދުރުރުކަށް އަރައިއޮތެވެ. މިހެން އޮއްވައި  ސާހިބުމީހާގެ ގާތަށް މީހަކު އައިސް ވަރަށް ރުޅިއަރައުގެންފައި ބުނާއަޑު އިވުނެވެ.” މާތް ރަސްކަލާނގެ ޙައިރަތުވަންހައިގެ މީހުން ހަލާކުކުރައްވާނދެވެ.”

ޙައިރަތު ވަންހައޭ ކިޔެނީ އައުސްވަންހައި ހަޒްރަޖްވަންހައިގެ މީހުންނަށެވެ.

އެމީހާ ބުންޏެވެ.” މިއަދު އެބައިމީހުން އެއްވެގެން އެ އުޅެނީ މައްކާގެ ގުބާއިން އައިސް ހުރިމީހަކަށެވެ. އެއީ ނަބީއްޔަކޯލައެވެ.  އަޖައިބެކެވެ.”  މި އަޑު ސަލްމާންގެފާނުގެ ކަތްފަތްޕުޅަށް އިވިވަޑައިގެން ކުރި އުފާވެރި އަސަރަކުން ރުކުން ނުވެއްޓުނީ ކިރިޔާއެވެ.   ސަލްމާންގެފާނު އަވަހަށް ރުކުން ފޭބުމަށްފަހު  ތިޔަ ކިޔުއްވަނީ ކީކޭހޭ އަހައި އެމީހަކާއި ސުވާލުކުރިއެވެ. މިކަމުގެ ސަބަބުން ސަލްމާންގެފާނުގެ ސާހިބުމީހާގެ ގާތަށް ރުޅިއަރައިގަނެގެން ސަލްމާންގެފާނު ކޮއްޕައިލިއެވެ. އަދި ބުންޏެވެ.” އެ ކިޔާ އެއްޗަކާއި ކަލެޔާއި ކޮންކަމެއްހެއްޔެވެ؟ ކަލޭ އެނބުރި ކަލޭގެ މަސައްކަތަށް ރުޖޫޢުވާށެވެ.  މިހެން ސާހިބުމީހާ ބުނުމުން ސަލްމާންގެފާނު އެނބުރި މަސައްކަތަށް ރުޖޫޢުވެއްޖެއެވެ. މަސައްކަތް ނިމުނީ ހަވީރުވުމުންނެވެ.  އެހާ ހިސާބުން ސަލްމާންގެފާނު އެއްކޮށްފައިހުރި ކަދުރުކޮޅެއް ހިފައިގެން ރަސޫލާގެ އަރިހަށް ގުބާއަށް ހިނގައްޖެއެވެ.

ސަލްމާންގެފާނު އިތުރު ރަސޫލުﷲގެ އަރިހަށް ގޮސް ނަންގަތެވެ.” ކަލޭގެފާނީ ވަރަށް ސޯލިޙްބޭކަލެއްކަމުގައި އަހުރެން އެހީމެވެ. އަދި  ތި ބޭކަލުންގެ ތެރޭ ޤަރީބުންވާކަން ދަންނަމެވެ.  ވީމައި މިދިނުން އެންމެ ޙައްގުކަންބޮޑުވާނީ ތިޔަބޭކަލުންނަށެވެ. މި ކަދުރުކޮޅަކީ ތިޔަބޭކަލުން އަރުއްވައި ސޮދަޤާތެކެވެ.”  ދެން އެ ކަދުރުކޮޅު އަރިހުގައި ބެހެއްޓިއެވެ.  އިތުރު އެކަލޭގެފާނު އަސްހާބުބޭކަލުންނަށް އެ ފަރިއްކުޅުވުމަށް އެންގެވިއެވެ. ނަމަވެސް  އިތުރު އެކަލޭގެފާނު ފަރިއްނުކުޅުއްވަތެވެ. ސަލްމާންގެފާނު ހިތްޕުޅަށް އެރިއެވެ. މިއީ ފުރަތަމަ ޢަލާމަތެވެ.

ދެން އަނެއްދުވަހު އަނެއްކަ ކަދުރުކޮޅެއް ހިފައިގެން   ރަސޫލާ ސޮއްލަﷲ އަލައިހި ވަސައްލަމްގެ އަރިހަށް ހިނގައްޖެއެވެ.  މިފަހަރު ގޮސް ނަންގަތެވެ”  އެދުވަހު ސޮދަޤާތަކަށް ކަލޭގެފާނަށް ކަދުރުކޮޅެއް ދެއްވެވީމައި އެ  ކަލޭގެފާނު ޤަބޫލްފުޅެއްނުކުރައްވަމުއެވެ. ވީމައި މިއަދު މިގެނައި ކަދުރުކޮޅަކީ ހަދިޔާއެކެވެ”  މިހެން ނަންގަނެ އަރިހުގައި ކަދުރުކޮޅު ބެހެއްޓެވިއެވެ. މިފަހަރު ރަސޫލުﷲ  ބިސްމިﷲ  އޭ ނަންގަނެ ފަރިއްކުޅުވިއެވެ. އަދި އަސްހާބުބޭކަލުންވެސް ފަރިއްކުޅުއްވިއެވެ. ސަލްމާންގެފާނު ހިތްޕުޅަށް އެރިއެވެ. މިއީ ދެވަނަ ޢަލާމާތެވެ.

ދެން ސަލްމާންގެފާނުއަށް ރަސޫލުﷲ ގެ އަރިހަށް އާދެވުނީ އަސްހާބުބޭކަލަކު އަވަހާރަވެވަޑައިގެން ފަސްދާނުވަޑުވަން ބަގިއްޔުލް ޤަރުގަދް އޭ ކިޔުނު ޤަބުރުސްތާނެއްގައި  އެކަލޭގެފާނު ހުންނަވަނިކޮށެވެ.   އެކަލޭގެފާނު ކަށުކަމާކެމީގެ ކަންތައް ނިންމަވައިލެއްވުމަށްފަހުގައި ތާކު އިށީނނެވިއެވެ. ސަލްމާންގެފާނު  އެކަލޭގެފާނުގެ އަރިއަހަށް ގޮސް  ސަލާމްކުރެއްވިއެވެ. އޭރު މާތް ރަސޫލުﷲގެ ކޮނޑުފުޅުމަތީ ރިދާއެއްވެއެވެ. އެ ރިދާކޮޅު އެވަގުތުކޮޅުގައިވީ ދެބޮބިފަޅިދެމެދުން ކަޝްފުވެފައެވެ.   އެ ތަންވަޅުގައި ސަލްމާންގެފާނަށް އެއްކަލަ އަލަމާތް އާދެ ނަބީކަމުގެ ސިއްކަ ފެނިވަޑައިގަތެވެ. ސަލްމާންގެފާނު އެތާނގައި ބޮސްދެއްވިއެވެ. ދެން ކަރުނަ އޮހެރެންފެށުނެވެ.  އިތުރު ރަސޫލުﷲ ހަދީސްކުރެއްވިއެވެ. ތިޔަވީ ކިހިނެތްހެއްޔެވެ؟”  ދެން ސަލްމާންގެފާނު ރަސޫލުﷲއަށް އެކަލޭގެފާނުގެ ވާހަކަކިޔައިދެއްވިއެވެ. އަދި ސަލްމާންގެފާނު އިސްލާމްވެވަޑައިގަތެވެ.  ރަސޫލާ ސަލްމާންގެފާނަށް ހެޔޮދުޢާކުރެއްވިއެވެ. އަދި ހަދީސްކުރެއްވިއެވެ. ” ކަލޭގެފާނު ސާހިބުމީހާއާއި ވާހަކަދައްކައި މުކާތަބު އަޅަކަށް ވެގަންނާށެވެ”

މުކާތަބު އަޅަކަށްވުމަކީ އެތައް މުއްދަތަކުން އެތައް މުދަލެއް ހޯދައިދިނުމުން   މިނިވަނެއްކަމުގައި ލިޔުއްވުމެވެ.

ސަލްމާންގެފާނު ސާހިބުމީހާއާއި ވާހަކަދައްކައި ތިންސަތޭކަ ކަދުރުރުއް އިންދައި ސާޅީސް ރުޢްޔާ ރަންދެއްވުމަށް ލިޔުއްވިއެވެ. މިވާހަކަތައް ރަސޫލުﷲ ގެ އަރިހަށްގޮސް ސަލްމާންގެފާނު ނަންގަތެވެ. އެ ހިނދު އަސްހާބުބޭކަލުންނަށް އެކަލޭގެފާނު ހަދީސްކުރެއްވިއެވެ.” ތިޔަބޭކަލުންވެސް ތިޔަބޭކަލުންގެ މި އަޙާއަށް އެހީތެރިވެދެއްވާށެވެ” ދެން އެކި ބޭކަލުން ފަސްދޮޅަސް، ސާޅީސް ރުއް ދެއްވައިފިއެވެ. ދެން ﷲ ގެ ރަސޫލާ ސަލްމާންގެފާނަށް ހަދީސްކުރެއްވިއެވެ. ” ތިބާގެ ސާހިބުމީހާ ދެއްކި ތަނެއްގައި ތި ރުއްތަން އިންދުމަށް ވަޅުކޮނެފައި އަންނާށެވެ. ތި ރުއްތައް އިންދެވައިދެއްވާނީ ތިމަންކަލޭގެފާނެވެ.”

ސަލްމާންގެފާނު ވަޅުކޮނެ ނިންމަވައިގެން އައުމުން ރަސޫލުﷲ އަސްހާބުބޭކަލުންނާއިއެކު ވަޑައިގެން އެކަލޭގެފާނު މާތް އަތްޕުޅުން  ސަލްމާންގެފާނަށް އެ ރުއްތައް އިންދަވައިދެއްވިއެވެ.  އަހަރުދުވަހުން އެ ކަދުރުރުއްތައް ރޯވެ ފޯދުނެވެ . ސަލްމާންގެފާނު ސާހިބުމީހާއަށް އެ ރުއްތައް ދެއްކެވިއެވެ. އޭގެފަހުން އިތުރު ރަސޫލާ ދެއްވި  ކުކުޅުބިހެއްގެ ބޮޑުމިނުގެ ރަންގަނޑަކަށް އެއްކަލަ ސާޅީސް ރުޢްޔާގެ ރަން ކިރައިދީ އަގު އަދާކޮށް ސަލްމާންގެފާނު މިނިވަންވީއެވެ. އެފަދަ ކުޑަ ރަންކޮޅަކުން އެ އަގު އަދާވިކަންވީ މުޢުޖިޒާތަކަށެވެ.

ސަލްމާންގެފާނު ރިވާކުރެއްވިއެވެ.” ތިމަންކަލޭގެފާނު  ޙަންދަޤް ހަނގުރާމަ ކުރެއްވީ މިނިވަންވެ ހުރެގެންނެވެ.”

އަދި އޭގެފަހުގައި ހުރިހާހަނގުރާމައަކަށް މިނިވަނަކަށްވެ ވަޑައިގަތެވެ. ބައެއް ރިވާޔަތުގައި ބަދުރު ހަނގުރާމައަށާއި އުޙުދުހަނގުރާމައަށް ވަޑައިގެންނެވިކަމަށްވެއެވެ. ސަލްމާންގެފާނު ދުއިސައްތަ ފަންސާސް އަހަރު ދުނިޔޭގައި ހުންނެވިއެވެ. އެކަލޭގެފާނު އަވަހާރަވީ އުމަރުގެފާނު ޙަލީފާކަމުގައި  ފާރިސް ކަރައިގެ ވެރިޔަކަށް ހުންނަވައިގެނެވެ. ކޮންމެއަހަރަކު ބައިތުލްމާލުން   ފަސްހާސްދީނާރުގެ މިންވަރު ހިއްޕަވައެވެ. އެތަކެތި މުޅީން  ސޮދަޤާތްކުރައްވަނީއެވެ. ތުރުކުރައްވަނީ އެންމެ ފޭރާންކޮޅެކެވެ. ފަރިއްކުޅުއްވަނީ އަތްޕުޅުން ކުރައްވައި މަސައްކަތުގެ އަގުންނެވެ. ފަރިއްކޮޅު ކައްކަވަނީ އަތްޕުޅުންނެވެ.

އިތުރު ރަސޫލުﷲ ރަސޫލުﷲ ސަލްމާންގެފާނަށް ހަދީސްކުރެއްވިއެވެ.” އޭ ސަލްމާނެވެ. ކަލޭގެފާނު  ތިމަންކަލޭގެފާނަށް ރުޅިނާރާށެވެ.

ސަލްމާންގެފާނު ދެންނެވިއެވެ” ﷲ ގެ ރަސޫލާއޭ. ތިމަންކަލޭގެފާނު ކަލޭގެފާނު ރުޅިއަރާނީ ކިހިނަކުންތޯއޭ”  އިތުރު އެކަލޭގެފާނު ހަދީސްކުރެއްވިއެވެ.” އަރަބިންދެކެ ރުޅިއަރައްޖެ މީހާ ތިމަންކަލޭގެފާނަށް ރުޅިއަރައިފިއެވެ. އަރަބިންނަށް ލޯބިކުޅަމީހާ ތިމަންކަލޭގެފާނަށް ލޯބިކޮށްފިއެވެ.”

Share Article

Follow Me Written By

Ali Shimhaz

Level 110 Stories

Other Articles

Previous

ޖޭއޯވަން-2

Next

އަބަދަށް އެކުގައި 14

Next
April 12, 2022

އަބަދަށް އެކުގައި 14

Previews
April 11, 2022

ޖޭއޯވަން-2



All Right Reserved!