ވީމޭ އިންތިޒާރުގައި – 30
“ޔޫ ނޯ ރީޝް؟ ހިތަށް އަރާ ރީޝް އަހަރެން ދެކެ ލޯބިވެއޭ ބުނި ދުވަހު އަހަރެން ވެސް އެކަން ހާމަ ކުރެވުން ނަމަ.. ސިންސް އައި ކެނޮޓް.. އެ ޖަވާބު މިއަދު އަހަރެން ދޭން ބޭނުން.. މާއިލް އާއި ވާހަކަ ދައްކައިގެން ހުރިހާ ކަމެއް ހައްލު ކޮށްފިން.. އަހަރެން ލޯބިވާ ވާހަކަ ނުބުނަން ހުރީ މާއިލްއަށްޓަކައި.. ރީޝް.. އަހަރެންވެސް ރީޝް ދެކެ ލޯބިވިން ތި ސޫރަ ފެނުނު ފުރަތަމަ ދުވަހުން ފެށިގެން.. ޖޫލީއަށް ހިތުގައި އޮތް ލޯބި ފުހެވިގެން ދިޔައީ ރީޝްގެ ސަބަބުން.. ހައިރާންވެސް ވި.. އެކަމް މިހާރު އައިމް ލަކީ ޓު ހޭވް ޔޫ..” ކިޔާން ވާހަކަ ދައްކަން އޮވެފައި ރީޝަމް އާއި ދިމާއަށް ބަލާލި އިރު ރީޝަމް އޮތީ ކިޔާންއަކަށް ބަލަހައްޓައިގެންނެވެ. ކިޔާން ބަލާލުމާއި އެކު ނޭނގެ ކަމަށް ހެދެމުން ދުރު ބަލާލިއެވެ. އެ ދެލޮލުގައި އެއްވަމުން ދިޔަ ކަރުނަތައް ފެނި ކިޔާން ހާސްވިއެވެ. ނުބައި އެއްޗެއް ބުނެވުނީ ކަމަށް ހީކުރެވުނީއެވެ.
**30 ވަނަ ޕާޓު**
“ކިހިނެއް ވީ؟..”ކިޔާން ވަރަށް ލޯބިން ރީޝަމްގެ މޫނުގައި ފިރުމާލިއެވެ. ކަމެއް ނުވެއޭ ބުނުމަށް ރީޝަމް ދެފަރާތަށް ބޯ ހޫރާލިއެވެ. އަލުން ހިނިތުންވެލައިގެން ހުރެ ކިޔާން ލޯބިވާކަމަށް ބުންޏެވެ. އޭރު ހަވީރު ތިންގަޑި ފަންސާސް ތިނެއް ވެއްޖެއެވެ.”ހިނގާ ވޯކް އަކަށް ދާން؟ އަވަރ ފަރސްޓް ޑޭޓް..” ކިޔާން ވިސްނާލާފައި އެހިއެވެ. އުފަލުން ރޮވިފައި ހުރި ރީޝަމް ކަރުނަތައް ފުހެލިއެވެ. ރީޝަމް އެހާ ހަމަޖެހިފައި އިނުމުން ތަޅުވަލާ ހިތުން ކިޔާން ޓީޝާޓު ބޭލިއެވެ. ވަރަށް ނޭނގޭ ކަމަށް ހަދަން ރީޝަމް މަސައްކަތް ކުރިއެވެ. އެކަމަކު ކަޅި ދަތުރުކުރީ އެ ހަށިގަނޑުގަށެވެ.”ހޫމް އަހަރެން ވެސް އެބަ ރަކި ވޭ އިނގޭ ތިހާ ވަރަށް ބަލާތީ..” ކިޔާން އަލަމާރިން ކަޅުކުލައިގެ ގަމީހެއް ނަގަމުން ވާހަކަ ދެއްކިއެވެ. ރަނގަޅަށް ވެސް ރީޝަމްގެ މޫނު ރަތްވެއްޖެއެވެ.
އެދުވަހު ދެމީހުން ގެއިން ނިކުތީ އަތު ގުޅައިގެންނެވެ. ފާރަލައިގެން ތިބި ރީހާން އަށާއި އެލީޒާއަށް އެތަން ފެނުނެވެ.”ވާއު.. ޕްރޮބްލެމް ސޯލްވް ވީ ކަންނޭނގެ ދޯ؟..” ރީހާން ކައިރީގައި އެލީޒާ ބުންޏެވެ. ރީޝަމްމެންގެ ދިޔައީ ވާހަކަ ދައްކަމުން ހަނީމޫނަށް ދާނެ ރަނގަޅު ގައުމެއް ހޯދަމުންނެވެ. ރީޝަމް އެކި ގައުމުތައް ކިޔަމުން ދިޔައެވެ.”ލަންޑަން ދޯ؟..” އަނެއްފަހުން ރީޝަމް ބުންޏެވެ.”ނޫނޭ ރިޒޯޓެއް މާ ރަނގަޅު ވާނެ..” ކިޔާން އޭނާގެ ޚިޔާލު ބުންޏެވެ. އެވަގުތު ފޯނާއި ކުޅެމުން އައި މީހެއްގެ ގައިގައި ޖެހިފައި ރީޝަމް ކުޑަކޮށް ފަހަތަށް ދިޔައެވެ.”ސޮރީ..” ދެމީހުންނަށް މަޢާފަށް އެދެވުނީ އެކީގައެވެ. ކުރިމަތީގައި ހުރި އަންހެން ކުއްޖާ އާއި ދިމާއަށް ރީޝަމް ފުންކޮށް ބަލާލިއެވެ. އެކުއްޖާ ވެސް ހުރީ ދެލޯ ބޮޑުކޮށްގެން ބަލަންށެވެ. ދަންނަ ސޫރައެކެވެ. ދަންނަ އަޑެކެވެ. އެވަގުތު އެދިމާއަށް ސްޕީޑްގައި ދުއްވާފައި އައި ކާރެއް ފެނުމުން ރީޝަމްގެ ސިކުނޑީގައި ބޮޑު ހައިޖާނުގަނޑެއް އުފެދުނެވެ. އެ ހައިޖާނުގަނޑު ބަދަލުވީ ހަނދާނަކަށެވެ. އެ ހަނދާން ބަދަލުވީ ސިކުނޑީގައި ކުޅެވެމުން ދިޔަ ފިލްމަކަށެވެ.
“ލިޝްޝް !!..”
“ރީޝް !!..”
ދެމީހުންނަށް އެކީ ގޮވާލެވުނެވެ. ވަމުން ދިޔަ ބަލި ހަނދާންތަކާއި އެކީ ރީޝަމް އަނބުރައިގަނެގެން ކިޔާންގެ އަތު ތެރެއަށް ވެއްޓުނެވެ. ފާރައަށް ތިބި ރީހާން އަށް ވެސް ދެލޯ ބޮޑުކޮށް ލެވުނެވެ. ލިއީޝް މިރަށުން ފެންނާނެ ކަމަށް ރީހާން ހުރީ އުންމީދު ކޮށްގެނެއް ނޫނެވެ. ރީޝަމް ހޮސްޕިޓަލަށް ގެންދެވުމުން އާނިޔާ އައީ ހާސްވެފައެވެ. އެންމެފަހުން ގޮވީ ކޮންމެވެސް ލިޝް އަކަށް ކަމަށް ކިޔާން އާނިޔާ ކައިރީގައި ބުންޏެވެ. އެވަގުތު ނުތަނަވަސްކަމެއް އާނިޔާގެ ހިތުގައި އުފެދުނެވެ.”ޕޭޝަންޓް ކުރިއަށް އޮތް ތިރީސް މިނެޓް ތެރޭގައި ހޭ އަރާނެ..” ޑޮކްޓަރ ނިކުމެފައި ބުންޏެވެ.
ބަރާބަރު ތިރީސް މިނެޓް ވީ އިރު ރީޝަމް ހޭ ނޭރުމުން ކިޔާން ގޮނޑިން ތެދުވީ ޑޮކްޓަރ އަށް އެންގުމަށެވެ. ނަމަވެސް ރީޝަމް ކުއްލިއަކަށް ދެލޯ ހުޅުވާލިއެވެ. އޭރު ތުންފަތް ދިޔައީ ތުރުތުރު އަޅަމުންނެވެ. ހޭ އެރިކަން އެންގުމުން ކިޔާން އާއި އެކީ ހުރި ޑޮކްޓަރ ރީޝަމް ބަލަންފެށިއެވެ. ކުއްލިއަކަށް ވިސްނާނެހެން ހީވެގެން ޑޮކްޓަރ ނިދާ އިންޖެކްޝަނެއް ޖެހުމަށްފަހު ވާހަކަ ދެއްކުމަށް ވޯޑުން ނިކުތެވެ.” ހޭއަރާ ވަގުތު ހަނދާންތައް އަންނާނެ ކަމުގެ ނުވަދިހަ ޕަސެންޓް އޮތީ.. ހޭލާނެ ކުޑަ އިރުކޮޅަކުން..” ޑޮކްޓަރ ދިއުމުން ކިޔާން ރީޝަމްގެ ކައިރިއަށް ދިޔައެވެ.”އަހަރެން ބޭނުމެއްނޫން ރީޝަމްގެ ހަނދާންތައް އެނބުރި އަންނާކަށް.. އިތުރު ގެއްލުމެއް ކުރިމަތި ވެދާނެތީ ބިރު ގަންނަނީ..” އާނިޔާ ރީޝަމްއަށް ބަލަން އިނދެ ކިޔާން އާއި ވާހަކަ ދެއްކިއެވެ.”ދައްތާ ހާސް ނުވޭ.. ހަނދާންތައް އައިއްސަ ހުއްޓަސް އަހަރެން އޭނައަށް ގެއްލުމެއް ވިޔަ ނުދޭނަން..” ކިޔާން އާނިޔާއަށް ޔަޤީންކަން ދިނެވެ.
ރީޝަމްއަށް ލޯ ހުޅުވާލެވުނީ ފަސޭހަ ކަމާއި އެކީގައެވެ. ވީ ހުރިހާ ކަމެއް ސިކުނޑިއަށް ނަގައިގަންނަން ކުޑަ އިރުކޮޅެއް ނެގިއެވެ.”ލިޝް!..” ރީޝަމް ވާހަކަ ދެއްކި އަޑަށް ކިޔާން އާއި އާނިޔާ ބަލާލިއެވެ. މޫނުމަތިން ފެންނަނީ ހާސްކަމެވެ.”ކިޔާން.. އަހަރެންނަށް އެބަ އިނގޭ ލިޝް..ލި..ލިއީޝް.. އެންޑް.. އައި ރިމެމްބަރ.. އެއްކަލަ.. ފިރިހެން ކުއްޖާ..” ކިޔާން އަތުގައި ހިފައިގެން އިނދެ ރީޝަމް ފައްޗަކަށް އަމުނާލިއެވެ. ނުތަނަވަސް ވެފައި އާނިޔާ އިންދައި ރީޝަމް ބަލާލިއެވެ.”ދައްތާ..” ރީޝަމް ހުރީ އުފަލުންނެވެ.”ރީޝް އަށް ކިހިނެއްތަ މި ވަނީ ދައްތާ؟..” ވާނުވާ އިނގެން ބޭނުންވުމުން ރީޝަމް އަހާލިއެވެ.”އެންމެފަހުން އައި ރިމެމްބަރ.. މަންމަ.. އެކްސިޑެންޓް..” ރީޝަމް ވިސްނަ ވިސްނާފައި ކިޔެވެ.
ފަހަރަކު ބަހަކުން ބަހަކުން ކިޔައިގެން ރީޝަމްއަށް ކިޔައިދެވޭ ވަރު ވެއްޖެއެވެ.”ރީޝް.. ރީޝްގެ މެމޮރީ ލޮސް ވީ..” ކިޔާން ވަރަށް ލޯބިން އައިސް ރީޝަމްގެ ކައިރީގައި އިށީނެވެ. ރީޝަމް ހުއްޓުން އެރިއެވެ. އާނއެކެވެ. އޭނާ ހިތުގައި މި ހުރިހާ ދުވަހު އުފެދިފައިވާ ސުވާލަކީ އެއީ އެވެ. ހަނދާން ހުންނަން ފެށީ ވަކި ހިސާބަކުންނެވެ.”ވެއަރ އިޒް ދޮންބެ އެންޑް ލިޝް..” ރީޝަމް ބޭނުންވީ ރީހާން އާއި ބައްދަލު ކުރަންށެވެ.”މަޢާފު ކުރޭ ލަވް.. އެކަމް އޭނައާ މީޓްއެއް ނުކުރެވޭނެ..” ކިޔާން ބުންޏެވެ. ރީޝަމްއަށް ސަބަބު އިނގޭތީ އިސްޖަހާލިއެވެ.”ދެން މަންމަ؟..” ރީޝަމް އަލުން ސުވާލު ކޮށްލިއެވެ.”ރީޝް.. ދަރިފުޅުގެ މަންމަ އެ އެކްސިޑެންޓްގަ ނިޔާވެއްޖެ..” އާނިޔާ ރިޝަމްގެ އަނެއް ފަރާތުގައި އިށީނެވެ. ރިޝަމްގެ މޫނުމަތިން މާޔޫސްކަން ފެނުނެވެ. މަންމައަށް ދުޢާ ކިޔާލާފައި ރީޝަމް އަނެއް ފަރާތަށް އެނބުރި އޮށޯތީއެވެ.
ރީޝަމް އެރޭ އެތާ އޮވެގެން ވަރަށް ރުޔެވެ. މާހީ ނިދަން ޖެހިގެން އާނިޔާ ގެއަށް ދިއުމުން ކިޔާން އާއި ރީޝަމްއަށް އެކަނި ވެވުނެވެ.”ކީއްވެ ދައްތަ އެވާހަކަ ނުބުނީ؟..” މޫނާއި އެއްކޮށް ބާލީސް އަޅައިގެން އޮވެ ރީޝަމް އެހިއެވެ.”އެއީ ރީޝް މާ ގިނައިން ވިސްނާތީ.. ދޮންބެ ފެނުނީމަ ވެސް ތިހުރީ ވީ ވަރު.. ޔޫ ނޯ އެއީ އެހާ ރަނގަޅު ކަމެއް ނޫނޭ ހަނދާންތައް ދިޔައީމަ ވިސްނާކަށް..” ކިޔާން ރީޝަމް އަށް ވިސްނައިދިނެވެ.”ދެރައީ މަންމަ އާއި ވަކިވާން ޖެހުނީމަ.. ދޮންބެ އެރޭ ނުދިޔަ ނަމަ.. ލިޝް ސިސް ބޮލުގެ އޮޕަރޭޝަނެއް ކޮށްގެން ރީޝްއަށް ވީހެން ސިކުނޑިއަށް ގެއްލުން ލިބުނުކަން އިނގުނީ ހަމަ އެރޭ.. ދޮންބެ ދެރަވާނެތީ ރީޝްއަށް ނުކެރުން ބުނާކަށް..” ރީޝަމް ދެރަވެފައި ބުންޏެވެ.
“މިހާރު އިނގޭނެތަ ދޮންބެއަށް؟..” ކިޔާން އެހިއެވެ.”ނޭނގެ.. އެ ފަހުން އަލަށް އެ މީޓް ވީ.. އެހެންވެ ދޯ ދޮންބެ ފެނުނީމަ އެ ފީލްވީ އެހެން.. އަދި އިނގޭތަ ކޮޓަރި ސާފު ކުރަނިކޮށް އެންމެ ފަހުން ޗިލްޑްރަންސް ޑޭގެ ގިފްޓްއަށް އަހަރެމެން ހެދި ކީ ޗެއިން ފެނުނީމަ ދައްތަ އެ ފޮރުވީ.. ދޮންބެ އަތުގަ ވެސް އޮންނާނެ އޭގެ އެއްޗެއް..” ކުރީގެ ވާހަކަތައް ކިޔާންއަކަށް ކިޔައިދޭން ރީޝަމް އެތައް އިރެއް ހޭދަކުރިއެވެ. އެންމެފަހުން ރީޝަމް މަޢާފަށް އެދުނީ އޭނާގެ ސަބަބުން ފުރަތަމަ “ޑޭޓް” ޚަރާބު ވީމައެވެ.”މިތަން މާ ރަނގަޅެއްނު.. ހަމަ އެކަކު ނެތް..” ކިޔާން ރީޝަމްގެ ކައިރީގައި އޮށޯތެވެ.
★★★
އެމީލިއާ އާއި އެކީ ދިޔަ ލިއީޝްގެ ފަހަތުން ރީހާން އާއި އެލީޒާ ދިޔައެވެ.”ލިއީ މަންމައަށް ގުޅަންތަ؟..” އެކުވެރިޔާއަށް ދެރަކަމެއް ވެދާނެތީ އެމީލިއާ ހުރީ ހާސްވެފައެވެ. ވަގުތުން ލިއީޝް ބޯ ހޫރާލިއެވެ.”އެމީ ޕޭރެންޓުން ކައިރީ ބުނެދީ އަހަރެން މިރޭ ލަންޑަނަށް ދާނަން.. އެކަމް އަންނާނަން އަނެއް ދުވަހުން..” ލިއީޝް ހުރީ އާ އަޒުމެއްގައެވެ. އަވަހަށް ފޮށި ތައްޔާރު ކުރީ އެންމެ އަވަހަކަށް ފުރާ ފްލައިޓުން ދެކޮޅު ޓިކެޓް ހަމަ ޖައްސާފައެވެ.
ލަންޑަނަށް ފޭބި ގޮތަށް ލިއީޝް ދިޔައީ ލަހުމާގެ ގެއަށެވެ. މިއަދު އެމީހުން ދެކެ ލިއީޝް ބިރެއް ނުގަނެއެވެ. އެމީހުން ވަނީ އޭނާގެ ކުރިމަތީގައި ބޭޒާރު ވެފައެވެ. ކިހާ ނުލަފާ ބައެއްކަން އިނގިއްޖެއެވެ.”ލިއީ އައީތަ؟..” އެވަގުތު ބޭރުގައި ވާހަކަ ދައްކަން ތިބި ޒާން އާއި ލަހުމާއަށް އެހުނެވެ. ލިއީޝް މޫނުމަތިން ފެންނަން ހުރި ނުރުހުމުން ދެމީހުން ހާސްކޮށްފިއެވެ. އެއްޗެއް ނުބުނެ ލިއީޝް އެތެރެއަށް ވަދެގެން ދިޔައެވެ. އަނބުރާ އައި ނުހުޅުވުމުން އޭނަ ކައިރީގައި ބުނެފައި އޮންނަ ލިޔުންތައް ހިފައިގެންނެވެ. “ކިތަށް ދޮގު ހަދަން ވިސްނައިގެން ތިހިރީ..” ލިއީޝް އެ ގަނޑުތައް އެމީހުންގެ މޫނަށް އުކާލި އެވެ. ދެމީހުން ހުރި ގޮތަށް ގަނޑުވިއެވެ.
“އަންހެން ދަރިއެއް ހުރީމަ އެކަމުގެ ނާޖާއިޒު ފައިދާ ނަގައިފި ދޯ؟ ވަރަށް މޮޅު.. ކިހާ ބޮޑު އިއްތިފާޤެއް މީ؟ އަހަރެންގެ ހަނދާންތައް އައިސް ނިމިއްޖެ.. އަހަރެން އަނބުރާ މިދަނީ ރީހާން ކައިރިއަށް.. ކަލޭމެންގެ އެކަކުގެ އެހީ ބޭނުމެއް ނޫން..” ފެންކަޅިވެގެން ދިޔަ ދެލޮލަށް ބެލުމެއްނެތި ލިއީޝް އެއްޗެހި ކިޔެވެ. ރީހާންގެ ބައްޕަ، ލިހުވާން އަށް ގުޅަމުން ލިއީޝް ގެއިން ނުކުމެގެން ދިޔައެވެ. ލަހުމާ މެންނަށް ހޭވެރިކަން ވީ އެވަގުތެވެ.
★★★
ރީހާން އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. ބޮލުގައި އުފެދިފައިވާ ރިހުމަށް ބަދަލެއް ނާދެއެވެ.”ރީހޫ.. އަދިވެސް ލަންޑަނަށް ދާކަށް ނުވޭތަ؟..” އެލީޒާ އައިސް ރީހާންގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ.”މިރަށް ހަޑީތަ؟..” ރީހާން ބުމަ އަރުވާލިއެވެ.”ނޯ ނޯ.. މޯލްޑިވްސް ވަރަށް ރީތި އަސްލު.. އެކަމް ހަމަ ބިރު ގަންނަނީ..” އެލީޒާ ބުންޏެވެ.”އެލީ ހާސް ނުވޭ.. އަހަރެން ހުއްޓަ ދެރަގޮތެއް ނުވާނެ..” އެލީޒާ ހަމައަކަށް އެޅުވޭތޯ ރީހާން ބުންޏެވެ. އެބުނީ ވެސް ތެދެކެވެ. ރީހާން ދުނިޔޭގައި ހުރިއްޔާ އެލީޒާ ބިރު ގަންނާކަށް ނުޖެހޭނެއެވެ.
ނިދަންށޭ ބުނެފައި އެލީޒާ ރީހާންގެ ރޫމް އިން ނިކުތެވެ. ރީޝަމްގެ ޚަބަރެއް އެ ގެންދިޔަގޮތަށް ނުވުމުން ރީހާން ހިތުގައި ނުތަނަވަސްކަން އުފެދުނެވެ. ރީޝަމް އާއި ވާހަކަދައްކާލާ ހިތްވެގެން ދިއުމުން ވެސް ލިބުނީ ހިތް ހަލާކު ކޮށްލި ޖަވާބެކެވެ. މަންމައާއި ބައްދަލުކުރަން އައުމުން އެއަވުރެ ދެގުނަ ބޮޑެވެ. ފުރަތަމަ ފަހަރަށް އެ ނިންމުމާއި މެދު ރީހާން ހިތްހަމަ ނުޖެހުނެވެ. ރާއްޖޭގައި މަޑު ކުރެވުން ނަމަ މިހެން ނުވީހެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ރީހާން ދެލޯ މަރާލިއެވެ.
އަނެއް ދުވަހު ހެނދުނު ހޭލައިގެން ރީހާން ބޭރަށް ނިކުތެވެ. ބަޔަކު މީހުން ދައްކަމުން ދިޔަ ވާހަކައަކަށް ރީހާންގެ ސަމާލުކަން ހުއްޓުނެވެ. މި ކުރެވެނީ ގޯސްކަމެއްކަން އިނގުމުން ވެސް ލިއީޝްގެ ވާހަކަ އިވުމުން އަޑު އެހުނީއެވެ.”އެމީ ބުނި ލިއީޝް ލަންޑަން ފުރައިފިޔޭ.. އަހަރެން ވަރަށް ހާސްވި..ހީވަނީ ވެޑިންގްގެ ކަމެއްހެން..” އެމީހާ ވާހަކަ ދެއްކިއެވެ. ޔަޤީނެވެ. ރީހާން މިރަށުން ފެނުނީމައި މަޖާ ކޮށްލަން ކުރި ދަތުރު ކެންސަލް ކޮށްލާފައި އެ ދިޔައީއެވެ. ކައިވެނި ވެސް ކުރާ ވާހަކަ އެމީހާ ބުނެފިއެވެ. ފޫހިވެފައި ދުރު ބަލާލަމުން ރީހާން ކުރިއަށް ހިނގައިގަތެވެ.”އެމީ ކޮބާ؟..” އެވަގުތު ފުރަގަހުން އިވުނު އަޑަކުން ރީހާން އަށް ފަހަތް ބަލާލަން މަޖުބޫރު ވިއެވެ. ދަބަހެއް ހިފައިގެން ދުވަމުން އައިސް އެ އަންހެން މީހާ އާއި ލިއީޝް އަރާ ހަމަކޮށްލިއެވެ. ހައުސްގައޭ ބުނުމުން ލިއީޝް ފަސްއެނބުރި ދާން އުޅުނެވެ.
ނަމަވެސް ކުރިމަތިން ރީހާން ފެނުމުން ލިއީޝްގެ އަތްފައި ފިނިވިއެވެ.”މަރުހަބާ.. ކައިވެނީގެ ވާހަކަ އަޑު އެހިން..” މަލާމާތުގެ ހީނލުމަކާއި އެކު ރީހާން ބުންޏެވެ. ރީހާން ބަލަން ހުއްޓައި ލިއީޝް އިސްޖަހާލިއެވެ.”އަހަރެން މި އައީ އެމީހުން ދޫކޮށްލާފަ.. އަނބުރާ ނުދާނަން އެމީހުން ކައިރިއަކަށް..” ލިއީޝްގެ ކުރީގެ މަޑުމައިތިރި އަޑު ޖެހުމުން ރީހާންގެ ހިތަށް އަސަރު ކުރިއެވެ. ތަންކޮޅެއް ދުރުގައި ހުއްޓި ހުރި އެލީޒާއަށް ވެސް އެ ވާހަކަތަކާއި މަންޒަރު ސާފުކޮށް ފެނެއެވެ.”އެ ކީއްވެ؟ އަނެއްކާ އާ ފިރިހެނެއް ފެނުނީ؟.. ލިއީޝް އަކަށް ނޭނގޭނެ.. އަހަރެން މަންމައާ ކޮއްކޮއާ ދޫކޮށް ދިޔައީ ލިއީޝް ހޯދަންށޭ.. ބައްޕައަށް އެ ހުރިހާ ކަމެއް ކުރަން އެހީވީ ވެސް ލިއީޝް ފެނޭތޯ..ފެނުން އިރު މާ ލަސް ވެއްޖެ.. އަހަރެން ވި ޤުރުބާނީގެ ސަބަބުން މަންމަ މަރުވެ ރަށު އެންމެން އަހަރެން ދެކެ ރުޅި އައިސްފި..”
ރީހާންގެ ވާހަކަ އަޑުއަހަން ހުރި ދެމީހުންގެ ހިތް ވެސް ހުއްޓުން އެރިއެވެ.”ބޭނުމެއްނޫން އިތުރު ފިރިހެނެކަށް މިހާލު ޖެހޭކަށް.. ޒާން އާއި އެކި އުފާވެރި ދިރިއުޅުމެއް އުޅޭ..” ރީހާން ބުންޏެވެ.”ނޫން ރީހާން.. ތީ ހުސް ކުށްހީ.. ތެދަށް ބުނިއްޔާ ރީހު ޤަބޫލު ކުރާނަންތަ؟..” އެވަގުތު އެތަނުގައި އިތުރު މީހަކު ނެތްކަން އެއީ ހަމަ ނަސީބެކެވެ. ފާޑަކަށް ހުރެފައި ރީހާން ބޯ ޖަހާލިއެވެ.”އަހަރެން ފުރަތަމަ މި ރާއްޖެއިން ދިޔައީ ބޮލުގެ އޮޕަރޭޝަނެއް ކުރަން ވެގެން.. އެކަމަކު އޮޕަރޭޝަންގެ ތެރެއިން ކާމިޔާބު ނުވެ އަހަރެންގެ ހަނދާންތައް ނެތި ދިޔައީ.. އެކަމުގެ ފައިދާ މަންމަ ވަރަށް ރަނގަޅަށް ނެގި.. ޒާންގެ މުއްސަނދި ކަމަށް އަހަރެން ވިއްކާލައިގެން..” ލިއީޝް ކިޔައިދިނެވެ.
“އެކަމަކު މަންމަމެން ބޭނުން ނުވިޔަސް ރީހު އާ މީޓް ވުމަށްފަހު އަހަރެންނަށް ނޭނގޭ އިހުސާސްތަކެއް ކުރެވެން ފެށީ.. ޒާން އާއި ވެސް ދުރު ވެވުނު.. ހިތުގައި އަބަދުހެން ހުސްކަމެއް އޮވޭ.. އެކަން އެމީހުންނަށް ޝައްކު ވެގެން އަހަރެން ލައްވާ އެކި ކަންކަން ކޮށްގެން ހަނދާން ނެތޭތޯ އުޅުނީ.. އެކަމަކު އެއަށްވުރެ އަހަރެން ރީހު ދެކެ ލޯބިވޭ މާ ބޮޑަށް..” ލިއީޝްގެ ވާހަކައިން ރީހާންއަށް އައު ދިރުމެއް ލިބުން އިރު އެލީޒާއަށް ލިބުނީ ޝޮކެކެވެ.”ޕްލީޒް ރީހޫ.. އައި ލަވް ޔޫ..” މަޑު ފިޔަވަޅުތަކެއްގައި ލިއީޝް ރީހާންގެ ކުރިމަތީގައި ހުއްޓުނެވެ.”އައި ލަވް ޔޫ ޓޫ ލިޝް..” ރީހާން ކިތަންމެ ފޮރުވަން އުޅުނަސް ކެތެއް ނުކުރެވުނެވެ. އެވަގުތު ދުރުގައި ހުރި އެލީޒާގެ ލޮލުން އޮހެން ފެށި ކަރުނަތައް ބޯކޮށްލި ވާރޭ އާއި އެކުވެގެން ދިޔައެވެ. ރީހާން ބަލާލީ އެގަޑީގައެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



Hiii baby devillll ???
Haalu kihineh….?? ☺️☺️☺️
Masha Allah ? ? ?
Vrh rythi ❤️?❤️?❤️? yeyyy Kiyaan vx rysham dheke lwbi vaa vhka buny dhw ? ⭐ ? ⭐ ? ⭐ finally lieesh n ryhaan vx ? ♥️ ? ♥️ ? ♥️ Ekm elyxa ge hih halaaku V ? ? ? elyxa n maail vrh gulhey dhw ☺️ ☺️ ☺️ lieesh n rysham ge memories back v ⭐ ✨ ⭐ ✨ ⭐ ✨ when next??? Next part ah vrh inthixaaru kurevey elyxa ah vaa gotheh balan ☺️ ☺️ ☺️
Owhhh Adhi e ulhey maail ah rysham n kiyaan vhka ingijjeyya vrh ufaa waane ☺️ ☺️ ☺️
Lysm ❤️ ❤️ ❤️
Tgc ❤️ ❤️ ❤️
Staysafe ❤️ ❤️ ❤️
heyy Anonymous ??
emeehun gulhuny dhw hehe, I also think maail n Eliza vrh gulhey?
ufaa viyas but at the same time dhera vx vaane ?
Lymm ?
Tvgc<33