Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންލޯބި

ވީމޭ އިންތިޒާރުގައި – 29

Baby Devil Level 610 Stories100 Stories
April 4, 2022 6 Mins Read
4 Comments

“ރީހާން ވެސް އޭރު އެ ލިއީޝް އަކާ ދިމާ ވެގެން އުޅޭ.. އިނގޭތަ އެއީ ހަމަ ޔަމާންގެ ގޮތްގަނޑު ހުންނަ ކުއްޖެއް.. ބޭނުންވާ ކަމެއް ކުރާނެ.. ނުކޮށް ހުއްޓާލުމަކީ ދުވަހަކު ވެސް ވާނެ ކަމެއް ނޫން.. އެހެންވެގެން އެރޭ ލިއީޝް ހޯދަން ރާއްޖެ ދޫކޮށް ދިޔަ ގޮތަށް އަދި ކިރިޔާ ކަންނޭނގެ އެ އައީ..” އާނިޔާގެ ކޮންމެ ޖުމްލަ އަކުން ރީޝަމްއަށް ޓަކައި ވާ ލޯބި ކިޔާންގެ ހިތުގައި އުތުރި އަރަމުން ދިޔައެވެ. އާނިޔާ ވާހަކަ ދައްކަން އުޅެނިކޮށް ދޮރުގައި ހާނިމް ޓަކިދޭން ފެށިއެވެ.”ރީޝަމް އެބަ ރޮއި އެ ކޮޓަރިން..” ހާނިމް އެހެން ބުނެފައި އެތެރެއަށް ވަނެވެ. އާނިޔާ ގޮސް ދޮރު ހުޅުވާލިއެވެ އިރު ރީޝަމް އޮތީ ބޮލުގައި އަތް އަޅައިގެންނެވެ. ކުރެވުނު ތަން ވެސް ކިޔާންއަކަށް ނޭނގުނެވެ. ރީޝަމް އާއި ދިމާއަށް ދެވުން އިރު ރީޝަމް އެނބުރުން އަރައިގެން ވެއްޓުނީ ކިޔާންގެ އަތްމައްޗަށެވެ.

 

**29 ވަނަ ޕާޓު**

 

އެމްބިއުލަންސްއަށް ގުޅަން އުޅުމުން ރީޝަމް އެކަން މަނާ ކުރިއެވެ.”އެ ކާކު ދައްތާ؟ ދަންނަހެން ހީވި..” ރީޝަމް ވިސްނަމުން އެހިއެވެ.”ނުވިސްނާތި އިނގޭ.. މާ ގިނައިން ވިސްނަންޏާ ބަލި ވާނެ..” ރީޝަމް ކައިރީގައި އާނިޔާ އެދުނެވެ. އެކަމަކު އާނިޔާ އާއި މާހީ އެތަނުން ނިކުތުމުން ރީޝަމް ވިސްނައިގަތެވެ. ބޮލަށް ތޫނު ތަދެއް އެރީ ކުއްލިއަކަށެވެ.”އާހ..” ދެއަތުން ބޮލުގައި ހިފަހައްޓާލައިގެން އިން އިރު ދާ ހިތްލާ ފޯވަނީއެވެ. ހާސްވެފައި ކިޔާން ރީޝަމްގެ ކޮނޑުގައި ހިފާ އެނދުމަތީގައި ބާއްވާލިއެވެ.”ނުވިސްނާ ރީޝް..” ރީޝަމް ވިސްނަނީކަން އިނގުމުން ކިޔާން ބުންޏެވެ.

 

★★★

 

“ވާއު..” ރާއްޖޭގެ ރަށެއްގައި ހިނގާލެވުމުގެ ފުރުސަތު ލިބުމުން ލިއީޝް ހުރީ ވަރަށް އުފާވެފައެވެ. ރިޒޯޓަކަށް ދާން ކިޔާފައި ވެސް އެމީލިއާގެ ބައްޕަ ބޭނުންވީ އާދައިގެ ރަށަކަށް އަންނަންށެވެ. އިއްތިފާގަކުން އެއީ ރީހާންމެން ވެސް ތިބި ރަށެވެ.”ދިސް އިޒް ސޯ ކޫލް..” އެމީލިއާއަށް ރާއްޖެ އާދެވުނީ އަލަށެވެ. ދެކުދިން ކުރިއަށް އަރައިގެން ހިނގާފައި ދިޔައިރު އެކުދިންގެ ބެލެނިވެރިން އުޅުނީ ތިބެން ހަމަޖެހިފައިވާ ގެސްޓްހައުސް އަށް އެއްޗެހިތައް ގެންދިއުމަށެވެ.

 

★★★

 

އެރޭ އެއްކޮށް ކިޔާން އޮތީ ރީޝަމްގެ ކައިރީގައެވެ. ރީހާން އައިސްގެން ވެސް އެކުއްޖާއަށް ލިބުނީ އިތުރު އަނިޔާއެކެވެ.”ގެއަށް ދެވޭނެތަ ރީޝް؟..” ވަރުބަލިވެފައި އޮތް ރީޝަމްއަށް ބަލާލަމުން ކިޔާން އެހިއެވެ. ބޯ ޖަހާލީ އޭނާވެސް ނިދަން ބޭނުންވެފައި ހުރުމުންނެވެ. މިއަދު ކެއިއްޔާ ކެއި ހުރިހާ އެއްޗެއް ހޮޑާއި އެކުވެގެން ގޮސްފިއެވެ. އެހެންކަމުން ތެދުވުނީ ވެސް އުނދަގުލުން ނެވެ.”ދަނީ ދައްތާ..” ރީޝަމް ފައިވާނަށް އަރާފައި ގޮވާލިއެވެ. ބަލައިގެން އުޅެއްޗޭ ބުނެފައި އާނިޔާ ކިޔާން ކައިރީގައި ބުނީ ރީޝަމް އެކަނި ބޭރަށް ނުފޮނުވުމަށެވެ.

 

މަގުމަތީގައި ރީޝަމްއަށް ހިނގަން ޖެހުނީ ކިޔާންގެ އަތުގެ އެހީ ހޯދައިގެންނެވެ. ބަލާ މީހުންނަށް ކިތަންމެ އާދައިގެ މަންޒަރަކަށް ވިޔަސް ކިޔާން އަށާއި ރީޝަމްއަށް އެވަގުތު ކޮޅު ވީ ވަރަށް މުހިންމު ވަގުތަކަށެވެ. ރީޝަމްގެ ބަލި ވެސް ލުއިވިހެން ހީވިއެވެ. ގެއަށް ވަދެފައި ކިޔާން ރީޝަމް ފާޚާނާއަށް ވަންނަން ދެން އެހީތެރި ވިއެވެ. ރީޝަމް ފާޚާނާއަށް ވަނުމުން އެނދު ސާފުކޮށްލާފައި އޭސީގެ ފިނި ވެސް ގަދަކޮށް ދިނެވެ. ޕިއްޒާ އަކަށް ވެސް އޯރޑާ ދިނީ ރީޝަމް ހުންނާނީ ބަނޑުހައިވެފައޭ ހިތަށް އެރުމުންނެވެ. ފާޚާނާއިން ނުކުމެގެން ރީޝަމް ގޮސް އެނދަށް ވެއްޓިގަތެވެ.”ނުކާނަންތަ؟..” މަންޒަރު ބަލަން ހުރި ކިޔާން އެހިއެވެ.

 

“ނެތް ކާ ހިތެއް..” ކުޑަކޮށް ބޯ ހިތްލާ ލާފައި ރީޝަމް ޖަވާބު ދިނެވެ.”ނޫނޭ.. މިއަދު ހެނދުނު ސައި އެކަނި އެއްނު ބުނީ.. ނުހިނގެންޏާ ވެއިޓް..” ކިޔާން ރީޝަމް އުފުލާލައިގެން ގެންދަން އުޅުމުން މުޅި މޫނު ރަތް ވިއެވެ. މިވަގުތު އެކަހަލަ މާނައެއް ނެގިޔަސް މާ ބޮޑު ގެއްލުމެއް ވާނެހެން ކިޔާންއަށް ހިއެއް ނުވިއެވެ. ކިޔާން ރީޝަމް ގެންގޮސް ބޭންދީ ކާމޭޒު ދޮށުގައެވެ. ޕިއްޒާ ގެންނަން ވާއިރަށް އެބަ އަންނަމޭ ބުނެގައި ކިޔާން ފެންވަރާލަން ވެގެން އެތެރެއަށް ވަނެވެ. އެކަނި ވުމުން ރީހާންގެ ޚިޔާލުތައް ސިކުނޑިއަށް ވަންނަން އުޅުނެވެ. އެކަމަކު އެގަޑީގައި ގޭގެ ބެލް އަޅާލައިފިއެވެ.”ކިޔާން ޓޮއިލެޓްގަ ކަންނޭނގެ..” އަމިއްލައަށް އެހެން ބުނެފައި ރީޝަމް ތެދުވަން ހަރަކާތް ކޮށްލި ގަޑީގައި ހުސްގަޔާ ހުރެ ކިޔާން ދޮރު ހުޅުވާލައިފިއެވެ.

 

ޕިއްޒާ ހިފައިގެން އެނބުރުން އިރު ރީޝަމް އިނީ ދެލޯ ބޮޑުކޮށްގެން ބަލަހައްޓައިގެންނެވެ. އެވަގުތު ހުރެވުން ހާލު ވިސްނާލެވުމުން ކިޔާން ވެސް ރަކި ވިއެވެ. ޖިމަށް ގޮސްފައި އުޅޭތީ ކުރިއަށްވުރެ ހަށިގަނޑު ވަރުގަދަ ކަމަށް ދައްކައެވެ.”އަމް ސޮރީ.. އެބަ އަންނަން..” ޕިއްޒާ އާއި ދެ ކޯލާ ފުޅި މޭޒުމަތީގައި ބަހައްޓަމުން ކިޔާން އެތެރެއަށް ދެމިގަތެވެ. އަމިއްލަ އަމިއްލައަށް ރީޝަމް ހީނލިއެވެ. އިރުކޮޅެއް ނުވެ ފެންވަރާލައިގެން ކިޔާން އައިސް ރީޝަމްގެ ކައިރީގައި އިށީނެވެ.”ކިޔާން އަހަންނަކަށް ނުކެވޭނެ އެހާ ގިނައިންނެއް..” ރީޝަމް ހުރީ އެގަޑީގައި ބޯ އަނބުރާފައި ކަމުން ކާކަށް ނުކެރުނެވެ.”ހޫމް އިނގޭ.. އެހެންވެ އެއް ޕިއްޒާ މި ގެނައީ ވެސް.. ދޭތި ގެންނަން އުޅުނީ އަސްލު..” ކިޔާން ކުޑަކޮށް ހީނލިއެވެ.

 

ކިޔާން ވަރަށް ކިޔައިގެން ރީޝަމް އަށް ކެވުނީ އެންމެ ދެ ފޮއްޗެވެ. އަނެއް ބައި ކާންޖެހުނީ ކިޔާންއަށެވެ.”ހިނގޭނެ؟..” ނިމިގެން ކޮޓަރިއަށް ދަމުން ކިޔާން އެހިއެވެ. ރީޝަމް ބޭނުންވީ ނޫނެކޭ ބުނަންށެވެ. އެހެނަސް ކިޔާންއަކަށް ބުރައަކަށް ވާން ރީޝަމް ބޭނުމެއް ނުވިއެވެ. އެހެންކަމުން ކުޑަކޮށް އުނދަގޫކޮށް ހިނގާފައި ރީޝަމް އެތެރެއަށް ވަނެވެ. ކިޔާން ވެސް ރީޝަމްގެ ފަހަތުން ވަނެވެ. ގިނައިރު ނުކޮށް ރީޝަމް ބޭނުންވީ ނިދާލަންށެވެ.”ގުޑް ނައިޓް..” ކިޔާން ބުންޏެވެ. ރީޝަމް އެއަށް ޖަވާބު ދީފައި އަނެއް ފަރާތަށް އެނބުރި ދެލޯ މަރާލިއެވެ. އެރޭ އޭނާއަށް ނިދުނީ ހިނިތުންވެގެން އޮވެއެވެ.

 

ކިޔާން އަށް އެރޭ ހަމަ އެއްގޮތަކަށް ވެސް ނުނިދުނެވެ. އެންމެފަހުން ކިޔާން ރީޝަމް އޮތް ބަޔަށް ދިޔައީ ފާޚާނާއަށް ވަނުމުގެ ބަހަނާގައެވެ. ބޭނުންވީ ރީޝަމް ދެކިލަންށެވެ. ލޯބިކޮށް ރީޝަމް ނިދާފައި އޮތް މަންޒަރު ފެނުމުން ފާޚާނާ ދޫކޮށްލާފައި ކިޔާން އެނދު ކައިރިއަށް ޖެހިލިއެވެ.”ލަވް ޔޫ..” މަޑުމަޑުން ގުދުވެލާފައި ކިޔާން ރީޝަމްގެ ބްލެންކެޓް ރަނގަޅުކޮށްދީފައި އިސްތަށިގަނޑުގައި ފިރުމާލިއެވެ. އެވަރުން ނުފުދިގެން ނިއްކުރީގައި ބޮސް ދިނެވެ. ދެންވެސް ނުފުދުމުން ރީޝަމްގެ މަގަތުގައި ކިޔާން އޮށޯތެވެ. ހިނިތުންވެލާފައި ކިޔާން ދެލޯ މަރާލީ ރީޝަމްގެ ކައިރިއަށް ޖެހިލަމުންނެވެ. ލޮލަށް ނިދި އައީ އަދި ކިރިޔާއެވެ.

 

ހެނދުނު ރީޝަމްއަށް ހޭލެވުނީ ކަރަށް ހޫނުވާހެން ހީވެގެންނެވެ. ކޮންމެވެސް މީހަކު ރީޝަމްގެ ފަހަތުން ބައްދައިގެން އޮތެވެ. އޭނާގެ ބޯ ވަނީ ރީޝަމްގެ ކަރުގައެވެ. އެމީހެއްގެ ހޫނު ނޭވާ ރީޝަމްގެ ކަރަށް އެބަ އެޅެއެވެ. އޭނާގެ އެއްފައި ވެސް އޮތީ ރިޝަމްގެ ދެފައި މަތީގައެވެ. އެނދު އެހާ ބޮޑު އިރު ދެމީހުން ތިބީ ޖެހި ފިތިގެން އެއްދިމާއަކު އެވެ. ކާކުކަން ނޭނގުމުން ރީޝަމް އަޑުގެ ކޮޅަށް ހަޅޭއްލަވައި ގަތެވެ. ސިއްސައިގެން ގޮސްފައި ކިޔާން ވެސް ހޭލިއެވެ.”ރީޝް..” ހާސްވެފައި ކިޔާން ގޮވާލިއެވެ.”ކިޔާން؟..” އެތާ އޮތީ ކިޔާން ކަން ޤަބޫލު ކުރަން ރީޝަމްއަށް ދަތިވިއެވެ. ތިރީ ތުންފަތުގައި ދަތް އަޅާލާފައި ކިޔާން ބޯ ކަހާލިއެވެ.”ސޮރީ ވަރަށް ބޮޑަށް ރީޝަމް..” ކިޔާން މަޢާފަށް އެދުނެވެ.”ރޭގަ.. އަމް.. ފާޚާނާއަށް ވަންނަން އައިސް މިތާ އޮއްވަ ނިދުނީ..” އަޅައިގަންނަމުން ވެސް ކިޔަން ހެދީ ތެދެވެ.

 

އެދުވަހު މެންދުރު ގަޑީގައި ރީޝަމް އިނީ ބޮލަށް ތަދުވާތީ ކާ ބޭހެއް ކާންށެވެ. ކިޔާން ކައިރީގައި ފެންތަށި ހިފައިގެން އިނެވެ. އެވަގުތު މާއިލް އެގެއަށް އައެވެ.”ރީޝް ބަލީތަ؟..” މާއިލް އެއްބުމަ އަރުވާލިއެވެ.”ހޫމް ކުޑަކޮށް..” ކިޔާން ޖަވާބު ދިނެވެ.”އެނީވޭސް ޝަލީ އާ އެކީ އުޅެއުޅެފަ މި އައީ.. ޓޮއިލެޓް ފްރީތަ އަނެއްކާ؟..” ނުލަފާ ފާޑަކަށް މާއިލް އެހުމުން ކިޔާންގެ އިތުރުން ރީޝަމްގެ މޫނުވެސް ރަތްވާ ގޮތްވިއެވެ.”ބައްޔެއްނު.. ނޫނޭ ފްރީއެއް ނޫން..” ކިޔާން ރަކިވިކަން ފޮރުވާލަމުން ބުންޏެވެ. ކޮޓަރީގެ ހާލަތު މާއިލްއަށް ފަޅާ އެރެން ނޭދޭތީއެވެ.”ހަމަ އަސްލު؟؟..” މާއިލް ދެލޯ ބޮޑުކޮށްލި ގޮތަށް ހޭންފެށިއެވެ.”ނޫން ހަމަ ސީރިއަސް ކޮށް ދީބެ ދޯ؟..” މާއިލް އާދޭސް ކޮށްލިއެވެ.”ނޯ..”ކިޔާން ދެކޮޅު ހެދިއެވެ.

 

“މަށަކަށް ނުކެރޭނެ އިތުރު ގެއަކަށް ވަންނާކަށް..” މާއިލް ސީރިއަސް ވެފައި ބުންޏެވެ. މާއިލް ނުވައްދައި ވޭތޯ ކިޔާން ވަރަށް ގިނަ އުޒުރު ދެއްކިއެވެ. އެކަމަކު މާއިލް ވެސް ގޮތްދޫ ކުރާކަށް ނޫޅުނެވެ. އެންމެފަހުން ކިޔާން ގޮވަ ގޮވަ ހުއްޓައި މާއިލް ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. ހާސްވެފައި ކިޔާން ހުއްޓުވަން އުޅެނިކޮށް މާއިލް ދޮރު ހުޅުވާލައިފިއެވެ.”ޔޫސުފް ކިޔާން!!!!!..” އިރުކޮޅަކު ހުއްޓުން އަރާފައި ހުރެ މާއިލް ބާރަށް ގޮވާލިއެވެ.”އޫޕްސް؟..” ކިޔާން ދެކޮނޑު އަރުވާލީ މޫނަށް ހަރަކާތާއި ގުޅޭ ވައްތަރެއް ޖައްސާލަމުންނެވެ.

 

“ޓޮއިލެޓަކަށް ވެސް ނޫން ދާންވީއެއް ދެން.. ކަލޭމެންނަށް ތަނެއް ހޯދަންވީ..” މާއިލް ނުރުހިފައި ކިޔާން އާއި މުޚާތަބު ކުރިއެވެ.”ނޫނޭ މާއިލް.. އަހަރެންނަށް އޯކޭއޭ އެގޮތް.. އަސްލު އުނދަގޫ ވާނެ ކަންނޭނގެ ދޯ އަލަށް ފިރިހެން ކުއްޖަކާއި އެކީ އުޅެން؟..” ރީޝަމް އުޅުނީ ކިޔާން ބޭނުންވާ ގޮތަށް ކަންތައް ކުރެވޭތޯއެވެ. ނަމަވެސް ކިޔާންގެ މޫނުމަތިން މޯޅިވިތަން މާއިލްއަށް ފެނުނެވެ. އިތުރު އެއްޗެއް ނުބުނެ މާއިލް ކޮޓަރިއަށް ވަންނަމުން ލޮލުން އަންނަން އިޝާރާތް ކުރިއެވެ. އޭރު ރީޝަމް ބޭސްގުޅަ ކައިލަން އުޅެނީއެވެ. ތުން ފިއްތާލަމުން ކިޔާން މާއިލް ފަހަތުން އެތެރެއަށް ވަނެވެ.

 

“މިކަހަލަ ޝައްކެއް ވެގެން މި އައީ ވެސް އިނގޭ.. ކޮންމެހެން ޓޮއިލެޓަކަށް ވަންނާކަށް ނޫން.. އެނީވޭސް.. ތެދަށް ބުނޭ! ކިޔާން ރީޝް ދެކެ ލައިކް ވޭ ދޯ؟..” މާއިލް ކިޔާންގެ މޫނަށް ބަލަން ހުރެ އެހިއެވެ. އެވަގުތު ސިހިފައި ކިޔާން ބަލާލި ގޮތުން މާއިލްއަށް އުނދަގޫވިއެވެ.”ނޫން..” ކިޔާން ވަގުތުން ދެކޮޅު ހެދިއެވެ.”ހެހެ.. ހާސް ނުވޭ ކިޔާން.. އިނގޭ ކިޔާން ވެސް ރީޝަމް ދެކެ ލޯބިވާކަން.. އަހަރެންނަށް ޓަކައި ތި ކުރާ ކަމަކުން އެކުއްޖާ އާ ކިޔާންގެ ހިތަށް އަނިޔާއެއްނު ލިބެނީ.. އެހެން ނޫނަސް ކޮންމެ އިންސާނަކަށް އެމީހެއްގެ ފުރަތަމަ ލޯބި ކާމިޔާބު ވާކަށް މަޖުބޫރެއް ނޫން..ހަމަ އެގޮތަށް ދެވަނަ ލޯބި ކިޔާ އެއްޗެއް ވެސް އޮވޭ އިނގޭ..” މާއިލް ސަމާސާއެއް ކޮށްލިއެވެ.

 

“ތިބުނީ ކީކޭ؟ މާއިލް އެހެން މީހެއް ދެކެ ލޯބި ވިއްޔޭ؟..” ކިޔާން ދެލޯ ބޮޑުވިއެވެ.”ރީޝަމް ކިޔާން ދެކެ ލޯބި ވާނަމަ ކާކު ކަން ބުނާނަން..” މާއިލްގެ މަޤްޞަދަކަށްވީ ކިޔާންގެ ހިތުން ތެދު ހޯދުމެވެ.”ހޫމް.. ދެން ބުނެބަލަ..” މާއިލް އެހާ އުފާވެފައި އިންތަން ފެނުމުން ކިޔާން މާއިލްގެ ވާހަކަ ޤަބޫލު ކުރިއެވެ.”ޝަލީ.. އޭނަ އުޅޭ ގޮތުން ހީވޭ ލައިކް ވާހެން.. ސޯ..” މާއިލް ހިތާއި ދެކޮޅަށް ވާހަކަ ދެއްކިއެވެ. ހަޤީޤަތުގައި ޝަލީން ރީއްޗެވެ. އެކަމަކު އެ ހިތް ވަނީ ރީޝަމްއަށް ދެވިފައެވެ. އެކަން މާއިލް މިއަދު ސިއްރު ކޮށްފިއެވެ. މުޅި އުމުރަށް ވެސް ކުރާނެއެވެ. ކިޔާން ހުރީ ހިތްހަމަ ޖެހިފައެވެ. ރީޝަމް އާއި އޭނާގެ ދޭތެރެއަށް އިތުރު ހުރަހެއް ނެތްކަން ޔަޤީންވީމައެވެ.”ދެން ދަނީއޭ.. ސޯފާގަ ނިދިކަން އިނގިއްޖެޔާ ތި ގޮނޑަށް އެއްލައިލާނަން..” ދަމުން މާއިލް ބުންޏެވެ. ހީނލަމުން މާއިލްގެ ފަހަތުން ކިޔާން ނިކުތެވެ.

 

މާއިލް ނިކުތްތަން ބަލާފައި ކިޔާން ރީޝަމްގެ ކައިރީގައި އިށީނެވެ. އެވާހަކަ ބުނާނެ ގޮތަކާމެދު ވިސްނަނީއެވެ.”އަދިވެސް އަހަރެން ދެކެ ލޯބިވޭތަ ރީޝް؟..” ކިޔާން އިރުކޮޅަކު އިނދެފައި އެހިއެވެ. ކިޔާން އެހި ސުވާލުން ރީޝަމްގެ ހިތް އަވަސް ވިއެވެ. ދޭނެ ޖަވާބު ދުލު ކުރިއަށް އައި ނަމަވެސް ބޭރު ކުރާނެ ހިތްވަރެއް ނުލިބުނެވެ.”ހިމޭންކަމުން އަހަރެން ނަގަންވީ ކޮން މާނައެއް؟ ނޫނެކޭތަ؟ އާނއެކޭ ތަ؟..” ކިޔާން އެ އިންގޮތަށް އިނދެ އެހިއެވެ. އެވަގުތު ކޮޅު ރިޝަމްގެ ހިތުގައިވާ އެއްޗެއް ކިޔައިލިހެން ހީވިއެވެ.”ވެލް ދެން..” ނުބަލައި އިނދެފައި ކިޔާން ކުއްލިއަކަށް އެނބުރި ރީޝަމްގެ ތުންފަތުގައި ބޮސްދިނެވެ.

 

ލީ ބޭސް ރަހައިން ކިޔާން ވަގުތުން ދުރުވެލައިފިއެވެ.އެވަގުތު ކޮޅު އޭނަ އުންމީދު ކުރިހާ “ރޮމޭންޓިކް” ކޮށް ނުދިޔަ ނަމަވެސް ހިނިތުންވެލިއެވެ. ވާނުވާ ނޭނގިފައި އިން ރީޝަމް ލަދުން ވިރެން ފެށިގެން ހީވިއެވެ. އަމިއްލައަށް ވެސް ތުންފަތުގެ ރަހަ ބަލާލިއެވެ.”ޝިޓް ޝިޓް ޝިޓް ޝިޓް..” ރީޝަމްގެ ހިތުން އެއް އަޑަކުން ކިޔަން ފެށިއެވެ. އިރުކޮޅެއް ވަންދެން ރީޝަމް އަށް ބަލަން ހުރުމުން އެފަކީރު ލަދުން މޫނުގައި އަތް އަޅައިފިއެވެ. މަޑުމަޑުން ކިޔާން ހީނލިއެވެ. އިށީނދެ އިން ރީޝަމް އަތްދަނޑި މައްޗައް އުފުލާލައިގެން ކިޔާން ކޮޓަރިއަށް ވަދެ ދޮރު ތަޅުލައިފިއެވެ. އާދައިގެ ހިނގުމެއްގައި ކިޔާން އެނދު ކައިރީގައި ހުއްޓުނެވެ. އަދި ރީޝަމް ބާއްވާލަމުން ކިޔާން ވެސް ކައިރީގައި އޮށޯވެ ކަރުދަށަށް އެއް އަތް ލައްވާލި އެވެ.

 

“ޔޫ ނޯ ރީޝް؟ ހިތަށް އަރާ ރީޝް އަހަރެން ދެކެ ލޯބިވެއޭ ބުނި ދުވަހު އަހަރެން ވެސް އެކަން ހާމަ ކުރެވުން ނަމައޭ.. ސިންސް އައި ކެނޮޓް.. އެ ޖަވާބު މިއަދު އަހަރެން ދޭން ބޭނުން.. މާއިލް އާއި ވާހަކަ ދައްކައިގެން ހުރިހާ ކަމެއް ހައްލު ކޮށްފިން.. އަހަރެން ލޯބިވާ ވާހަކަ ނުބުނަން ހުރީ މާއިލްއަށްޓަކައި.. ރީޝް.. އަހަރެންވެސް ރީޝް ދެކެ ލޯބިވިން ތި ސޫރަ ފެނުނު ފުރަތަމަ ދުވަހުން ފެށިގެން.. ޖޫލީއަށް ހިތުގައި އޮތް ލޯބި ފުހެވިގެން ދިޔައީ ރީޝްގެ ސަބަބުން.. ހައިރާންވެސް ވި.. އެކަމް މިހާރު އައިމް ލަކީ ޓު ހޭވް ޔޫ..” ކިޔާން ވާހަކަ ދައްކަން އޮވެފައި ރީޝަމް އާއި ދިމާއަށް ބަލާލި އިރު ރީޝަމް އޮތީ ކިޔާންއަކަށް ބަލަހައްޓައިގެންނެވެ. ކިޔާން ބަލާލުމާއި އެކު ނޭނގެ ކަމަށް ހެދެމުން ދުރު ބަލާލިއެވެ. އެ ދެލޮލުގައި އެއްވަމުން ދިޔަ ކަރުނަތައް ފެނި ކިޔާން ހާސްވިއެވެ. ނުބައި އެއްޗެއް ބުނެވުނީ ކަމަށް ހީކުރެވުނީއެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Baby Devil

Level 610 Stories100 Stories

Other Articles

Previous

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (50)

Madheeh
Next

މަދީހު – ޓީސަރ

Next
Madheeh
April 4, 2022

މަދީހު – ޓީސަރ

Previews
April 4, 2022

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (50)

4 Comments!

  1. Hûdhãkkø says:
    April 4, 2022 at 11:49 am

    Alhey love this story
    Hithah arani dhen vaani kihineh baaey BTW
    Mi part VX vrh reethi ???
    Waiting for the next part

    1. Baby Devil says:
      April 5, 2022 at 3:25 pm

      Alheyy thank uu smmm hudhakkko!!??

  2. Anonymous says:
    April 4, 2022 at 9:10 pm

    Masha Allah ❤️❤️❤️ vrh chaalu ❤️❤️❤️ vrh furihama ❤️❤️❤️ vrh rythi ❤️❤️❤️vrh Nala ❤️❤️❤️ mee hama ehvanaige vaahaka eh ❤️❤️❤️ sifa kurunthah vx vahka kuriyah dhaa goes vx hama satheyka Akun satheyka eh ?❤️?❤️?❤️ whn nxt? ❤️❤️❤️
    Lysm ❤️❤️❤️
    Staysafe ❤️❤️❤️

    1. Baby Devil says:
      April 4, 2022 at 10:52 pm

      Tysmm anonymous!!?? next in sha Allah day after tomorrow
      Lymmm, tgc <33

Comments are closed.

Next Episodeވީމޭ އިންތިޒާރުގައި – 30←


All Right Reserved!