Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ލޯތްބައް އެދެމޭ 2

✨ IFAA ✨
✨ IFAA ✨ Level 110 Stories
April 5, 2022 5 Mins Read
0 Comments

 

—އެއްއަހަރު ކުރިން—

 

ޒެކް އަކީ ކުލާހުން އެންމެ ފޭމަސް ކުއްޖާއެވެ. އަމާނީ އަކީ އޭގެ އިދިކޮޅެވެ. މިހެން ކަމުން ދެކުދިންގެ ތެރޭގައި އާންމުކޮށް އޮންނަނީ ޒުވާބު ކުރުމާއި އަޅާކިޔުމެވެ. އެއްދުވަހަކު މި ދެކުދިންގެ ކަންތައް ތައް  ބޮޑު ވުމުން ދެ ކުދިންވެސް ޕްރިންސިޕަލް އޮފީހައް ފޮނުވައިލިއެވެ. ޕްރިންސިޕަލް ވާހަކަ ދެއްކީ އެތާންގައި ހުރި ފާރާއި ކަން މިހެން ބުންޏަސް ދޮގަކަށް ނުވާނެއެވެ. ދެކުދިން ތިބީ ޕްރިންސިޕަލް ދައްކާ ވާހަކައަށް ބީރު ކަންފެތެއް ދީގެން އެވެ. ހަމައެކަނި އަޑު އިވުނު ތަންކޮޅަކީ “ދެން ކްލާހައް ދާށޭ” މިހެން ބުނިއަޑެވެ. ދެކުދިން ވެސް އެކަކު އަނެކަކާއި ދިމާލަށް ކުދި ކިޔަމުން ގޮސް ޕްރިންސިޕަލްގެ އޮފީހުން ނިކުމެ ކްލާހައް ދާން ހިންގައިގަތެވެ. ނަމަވެސް ޒެކް އަށް ފަހަތައް ބަލައިލެވުން އިރު އަމާނީ ގޮސް ޒެކް ގެ ގައި މައްޗައް ވެއްޓުނެވެ. ދެކުދިން ވެސް ނުވިސްނައި ހުއްޓާ އެ ދެކުދިންގެ ފަސްޓް ކިސް ދެވުނީ ވަރަށް ރުޅިއަންނަ މީހަކަށްށެވެ.

———-

ހިނިގަނޑު ހިފަހައްޓައިގެން ހުރި ޒާރާ އަށް އެންމެ ފަހުން ކެތް ނުކުރެވިގެން އޮތް ތަނަށް ހިނިގަނޑު ފަޅައިގެން ދިޔައެވެ. އަޔާޝް އަށްވެސް ވީ ހަމަ އެވަރެވެ. ބުނަޏާމު އެތާނަގައި އެ ހަޓު ތެރޭގައި ތިބިއްޔާ ތިބި މީހެއްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

 

“އޭތް ޔާޝް ކަލޭ ތީ އަހަރުންނަށް ފެންފުޅިއެއް ގަންނަން އައި މީހާ…. މިހާރު ތި ހުރީ މިހިރަ އަންހެނުން ނާ ޖެހި މަޖަލުގަ” މާކިން އައިސް އެހަޓުތެރެއަށް ވަންނަމުން ބުނެލިއެވެ. “ހްމްމް މިހުރީ ބޮޑު ސިންގާ ފެންފުޅިއެއް އާދޭ މިތާ ޖައްސައިލާން” އަޔާޝް ލާނެތް ގޮތަކަށް ބުނެލިއެވެ. އަޔާޝް ލާނެތް ގޮތަކަށް ބުނެލިއެވެ. އެންމެން ވެސް ތިބީ އޮލަ ވާހަކައިގައި ޖެހި އެކަކު އަނެކަނަށް ދިމާކޮށް ހީ ސަމާސާ ކޮށް އެކަކު މިހެން ހުއްޓާ ހަލުއި ކަމާއި އެކު ގަޑި ހިނގަމުން ދިޔައެވެ.

 

މިހެން ހުރެފައި ކުއްލިއަކަށް ޔޫހީ އަށް ގަޑި ބަލައި ލެވުނުތަނާހެން ދެލޯ ބޮޑު ކޮށްލުމަށްފަހު ހުރި ތަނަށް ކޮޅަށް ތެދުވިއެވެ. “އަޅޭ މިހާރު އެޔޮށް 10:00 ޖެހީ މަލް ޒީ ހިންގާ ދަމާ އަވަހަށް” ޔޫހީ މިހެން ބުނުމުން މަލިކާ އަދި ޒާރާ އެތަނުން ތެދުވެގެން ޔޫހީ ގެ ފަހަތުން ހިންގައިގަތެވެ.  އެންމެން ވެސް އެމީހެއްގެ ގެއަކާއި ދިމާލަށްދާން ހިންގައިގަތެވެ.

 

މަލިކާ އާއި ޔޫހީ އަދި މާކިން ގޭގެ ބޮޑު ދޮރުން ބޯ ދިއްކޮށްލީއިރު ގޭގެ ލައިޓުތައް ކަނޑަފައި ހުރުމުން އެންމެން ނިދީ ކަމަށް ބަލާފައި ވަގެއްހެން ގޭގެތެރެއަށް ވަދެގެން ދިޔައެވެ. ތިން މީހުންވެސް ގޮސް އެމީހެއްގެ ކޮޓަރިއަށް ވަދެ މަޑު މަޑުން ދޮރު ޖަހައިލިއެވެ. އެއަށްފަހު މަލިކާ ތުވާލިހިފައިގެން ފާޚާނާ އަށް ވަދެ ގައި ދޮވެލައިގެން ނިކުމެ އަލަމާރިން ހުދު ކުލައިގެ ޓީޝާޓަކާއި ކަޅު ކުލައިގެ ފަލަ ހަރުވާޅެއް ލުމަށްފަހު އެނދު މައްޗަށް ވެއްޓިގަތެވެ. މިހެން އޮށޯއްވެލައިގެން އޮއްވާ މަލިކާ އަށް ނިދުނު އިރެއް ހުދު އޭނާއަކަށްވެސް ނޭންގެއެވެ.

 

ޚަލަފް ގޮސް ގެއަށް ވަތް ތަނާހެން އޭނާގެ ބައްޕަ ސޯފާ މަތީގައި ހުރި ތަން ފެނުމުން ޚަލަފް އޭނާގެ ބައްޕަ އާއި ދިމާލަށް ބަލައިލިއެވެ. “ކޮންތާކުން ތި އައީ؟” ޚަލަފް ގެ ބައްޕަ ލާނެތް ގޮތަކަށް ބުނެލިއެވެ. “ތަނަކުން އެއްނޫން” ޚަލަފް ވެސް އޭނާގެ ބްއަޕަ އަށް ރައްދު ބަސް ދިނެވެ.  “މާދަން އަށް މާލެ ދާން ތައްޔާރުވޭ….މާދަން ފަތިހު ފްލައިޓް ގަ މާލެ ދެވޭ ގޮތެއް ހަދައިފިން” ޚަލަފް ގެ ބައްޕަ މިހެން ބުނުމުން ޚަލަފް ގެ ގަތައް އައީ އިންތިހާއަށް ރުޅިއެވެ. “މަށެއް ނޫން ވިއްޔާ އޭނަ އާ އިންނަނީ ކީއެއް ބައްޕަ އެހާ ދާ ހިތް ވަންޏާމު އެކްނި ދޭބަލަ މަށެއް ނުދާނަން އިޓްސް ފައިނަލް… މަ މީ ބައްޕަ ހެން ގޮތެއް ނުހުންނަ މީހެއް ނޫނޭ ބައްޕަ ދަންޏާ ދޭ މަ ފައިނަލް ކޮށްފަ މި ބުނީ މަށެއް ނުދާނަމޭ” ޚަލަފް މިހެން ބުނުމަށްފަހު އޭނަގެ ކޮޓަރިއަށްވަދެ ބަން ލާފައި ދޮރު ޖެހިއެވެ.

 

ޚަލަފް އެ ދިޔަ ގޮތަށް ގޮސް ވަނީ ފާޚާނާ އަށް ފްރެޝް ވެލާންށެވެ.  ނިކުމެ އަލަމާރިން އަލިކުލައިގެ ޓްރަކްސޫޓަކާއި ޖޯޒީ އެއް ލުމަށްފަހު އެނދު މައްޗައް އަރާ ވެއްޓިގަތެވެ. ލޯ މަރައިލައިފައި ހުޅުވައިލިތަނާހެން ޚަލަފް އަށް ސިފަކުރެވެމުން ދިޔައީ ޔޫހީ ގެ ސޫރައެވެ. ޔޫހީގެ އެ ދޮން ދޮން ހަންގަޑާއި އެ ބޯ އެސްފިޔަ ތަކެވެ. ހިތިފަތު ބުމައެކެވެ. ރީތި ފިޔާ ތޮށި ކުލައިގެ ތުންފަތެކެވެ. އަދި ގަދު މުށިކުލައިގެ އެ ރާޅުބާނީ އިސްރަށިގަނޑު ވެސް ސިފަކުރެވެމުން ދިޔައެވެ. ޔޫހީގެ ސޫރަ ދިޔައީ ޚަލަފް ގެ ސިކުނޑިތެރޭގައި ގުގުމާލަމުން އެވެ. ޔޫހީގެ ސޫރަ ފެނުމާއި އެކު ޚަލަފްގެ ރުޅި އެއްކޮށް ހިމޭން ވެގެން ދިޔައެވެ. މިހެން ޔޫހީގެ ސޫރަ ފެނުމުން ކުރިންވެސް ފެނިފައި ވާ ކުއްޖެއް ކަމަށް ހީވިއެވެ. މިހެން ވިސްނުމުގެ ތެރޭދައި ހުއްޓާ ޚަލަފް އަށް ނިދުނީ ކިހިނަކުން ކަމެއް ހުދު އޭނާއަކަށް ވެސް ނޭންގެއެވެ.

 

އަނެއް ދުވަހު ހެނދުނު މަލިކާ އަށް ހޭލެވުނީ 7:00 ޖަހައި އުޅުނިކޮށްށެވެ. އަވަސް އަރުވާލާފައި މަލިކާ ދިޔައީ ފާޚާނާއަށް ވަދެ ދަތްއުނގުޅާ މޫނު ދޮވެލައިގެން ނިކުމެ މޫނުގައި ހުރި ފެން ތައް ހިއްކައިލުމަށްފަހު އިސްތަށިގަނޑުގައި ޖެހިފައި ވާ ގޮށްތައް ފިލުވައިލައިގެން އިސްތަށިގަނޑު އައްސަމުން މަލިކާ ބަދިގެއާއި ދިމާލަށް ދާން ހިންގައިގަތެވެ. “ހާއި” މަލިކާ އަށް ފިރިހެން ވަންތަ އަޑެއް އިވުމުން އެ އަޑު އައި ދިމާލަށް ބަލައިލިއެވެ. “ތީ ކާކު؟ މަ ދަންނަ މީހެއްތަ؟ އެހެންނޫނީ މިގޭގަ އުޅޭ މީހެއްތަ؟” މަލިކާ ލާނެތް ގޮތަކަށް ސުވާލި ގޯނި އަޔާޝް ގެ ބޮލަށް ޖެހިއެވެ. “މަލް މަ މަތިން އެއްކޮށް ހަނދާން ނެތުނީ ދޯ؟” އަޔާޝް މަލިކާ ގާތު އަހައިލިއެވެ. ” މަލް؟ ބަލަ ތީ މަ ދަންނަމީހެއްވެސް ނޫން ކިހިނެތް މަގޭ ނަން ތީނަ އަށް އިންގެން ވީ؟” މަލިކާ ދިޔައީ ތަކުރާރުކޮށް ސުވާލު ކުރަމުން އެވެ. “މަލް ފުރަތަމަ ކުރި ސުވާލުތަކަށް މަ ޖަވާބު ދީފާނަން… މަށަށް ކިޔަނީ އަޔާޝް މަ މީ މަލް ގެ ދޮންބެގެ ފްރެންޑްއެއް މަ އާނމުކޮށް މިގެއަށް ކޮންމެ ދުވަހަކުވެސް އަންނަން… މަ މީ މިގޭ ކުރިމަތީ ގޭގައި އުޅޭ މީހެއް” އަޔާޝް އަމިއްލަ މީހާ ތައާރަފް ކޮށްދިނެވެ. “ހޫމް ވަޓްއެވާ މަ ހޯދާކަށްށެއް ނޫނެއްނު ތިއައީކީއެއް ތިއައީ ދޮންބެ ހޯދަންށެއްނު އޭނަ އޮންނާނެ މިހާރު ނިދާފަ” މަލިކާ މިހެން ބުނުމުން އަޔާޝް ހިނިގަނޑެއް ޖަހައިލިއެވެ.

 

“އަންބްލީވަބަލް އަޔާޝް ގާތު އެކަކުވެސް ނުބުނޭތަ އެވަހަކައެއް؟” ޔޫހީ މިހެން ބުނުމުން އަޔާޝް ޔޫހީ އައި ދިމާލަށް ބަލައިލިއެވެ. “ކޮން ވާހަކައެއް؟ އާން އެކަކުވެސް މަ ގަތަކު އެއްވެސް ވާހަކައެއް ނުބުނޭ” އަޔާޝް ދެލޯ ބޮޑު ކޮށްލައިފައި ބުނެލިއެވެ. ޔޫހީ ބޮލުގައި އަތް ކާތަމުން ގޮސް އެތަންގައި ހުރި އެކަހެރި ގޮނދިއެއްގައި އިށީންދެލިއެވެ. އަދި ފުން ނޭވާއެއް ލިއެވެ. “މަލް މާލޭގައި ކިޔަވަން ހުރި އިރުގަ މަލް ވަރަށް ބޮޑު އެކްސިޑެންޓަކަށް ދިމާވި މިހެން ކަމުން މަލް ކޯމާގަ 8 މަސް ވާދެކަށް އޮތް އަދި މަލް ހޭލީއިރު މަލް ގެ ހަނދަން ތަކުގެ ތެރެއިން ދެބައި ކުޅައެއްބައި ވަނީ ގެއްލިފަ ވަރަށްފަހުން އަހަރުން ވެސް ވަކި ކުރަން އެގުނީ” ޔޫހީ މިހެން ބުނުމުން އަޔާޝް ހައިރާން ވިއެވެ. “ސޯ ޔޫ އާރ ސެއިންގް ޝީ ހޭޒް އެންމީ” އަޔާޝް މިހެން ބުނުމުން ޔޫހީ އާންއެކޭ ބުނުމަށް އިސްޖަހައިލިއެވެ. އަޔާޝް ދެން ބަލައިލީ ބަދިގެއިން ނިކުތް މަލިކާ އާއި ދިމާލަސްށެވެ. މަލިކާ މީހަކު ހުރިކަމަށްވެސް ނުހަދައި ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ދޮރު ޖެހިއެވެ.

 

އެދުވަހު މެންދުރު ޚަލަފް ހުރީ ކުރާނެ ކަމެއް ނެތިގެން އެތާ އަތިރީގައި ހުރި ޖޯއްޔެއްގައި ޖައްސައިލައިގެން އެވެ. މިހެން ހުއްޓައި ޚަލަފް ސިއްސައިގެން ދިޔައީ ފަހަތުން މީހަކު އައިސް ސިއްސުވައިލުމުންއެވެ. ފަސް އެނބުރި ބަލައިލިއިރު ފަހަތުގައި ހުރި ޔޫހީ ފެނި ޚަލަފް ގެ ދެ އަތާއި ފައި ފިނިވިއެވެ. އަދި ހިން ދިރު ވައިލެވުނެވެ. “ކިހިނެތް ވެފަ ތިހުރީ؟ ލަފް ސަކު ވެފަ؟ އަނެއްކާ ބިޓު ކެޓީ ދޯ؟” ޔޫހީ ސަމާސާ އަކަށް ބުނެލިއެވެ. “މަ ބިޓެއް ހުންނަނަމަ ތާ ބިޓު ކަޓަނީ…. މަ ލައިފް ސްކު ވާނެ އެއްވެސް ކަމެއް އަދިއެއް ނުވޭ…. ދެން މަ ނުވޭދޯ މިތަނަށް އަންނަކަށް މީ މަށަށް މަނާ ތަނެއް ތަ؟” ޚަލަފް ޔޫހީ ކުރި ހުރިހަ ސުވަލަކަށް ޖަވާބު ދިނެވެ. “ނޫން މީ އެންމެން އަށް ވެސް ހަދާފަ ހުންނަ ތަނެއްނު… މަމިއައީ ގޭގަ ހުންނަން ފޫހިކަމުން” ޔޫހީ ޚަލަފް އާއި ޖެހިގެން ހުރި ޖޯލި ދޫކޮށްލާފައި އޭގެ އަނެއް ޖޯލީގައި ޖައްސައިލިއެވެ.

 

ޔޫހީ ޚަލަފް އާއި ދިމާލަށް ބަލައިލިއިރު ޚަލަފް ގެ މޫނުމަތީގައި ވާ މާޔޫސްކަން ފެނި ޔޫހީ ހާސް ވާން ފެށިއެވެ. “ޚަލަފް ކިހިނެތް ވެފަތަ ތިހުރީ؟ ހާދަ މާޔޫސް ވެފަ؟ ކަމެއް ވީތަ؟ ވީކަމެއް ބުނެބަލަ؟ ޕްލީޒް” ޔޫހީ ސުވާލު ގޯނިއޮއްސައިލިއެވެ. “މާބޮޑު ކަމެއް ނުވޭ އެހާ ވަރަށް ހާސް ވާކަށް ނުވާނެ މީ މަގޭ ހާލަތު ހުންނަ ގޮތް” ޚަލަފް މިހެން ބުނުމުން ޔޫހީ ދަތްކުނޑި ވިކާލާފައި ދިޔަ ގޮތަށްގޮސް ޚަލަފް ގެ ދެކޮލުގައި ހިފާ ވަރަށް ބާރަށް ދަމައިލިއެވެ. “ތީ މަ ދަންނަ މުހައްމަދު ޚަލަފް ތަ؟ އެހެން ނޫނީ ޚަލަފް ގެ ކްލޯން އެއްތަ؟ މަ ދަންނަ ޚަލަފް ވަރަށް ޓްރުތްފުލް ވާނެ މަ ކުރާކޮންމެ ސުވާލަކަށް ޖަވާބުދޭނެ ޚަލަފް މަ ކައިރީގަ ނުބުންޏަސް މަށަށް އިންގޭ ސަމްތިން އިޒް ބާދަރިން ޔޫ… ގޭތެރޭގަ ކަމެއް ވީތަ؟ ވީ ކަމެއް ބުނެބަލަ އަޅެ ޕްލީޒް… ޚަލަފް؟!” ޔޫހީ ބުނަން އުޅޭއެއްޗެއް ބުނެނުނިމެނީސް ޚަލަފް ޔޫހީގެ ގައިގައި ބައްދައިލިއެވެ. “ވެލްކަމް ބެކް ޔޫހީ” ޚަލަފް މިހެން ބުނުމުން ޔޫހީގެ ދެލޯ ބޮޑުވިއެވެ. “އައިމް ސޮރީ އައި ޑިޑިންޓް ރެގެގްނައިޒް ޔޫ ޔާޔާ… ފަސް އަހަރު ކުރިން އަހަރުން ކުރި ޕްރޮމިސް ޓު ސްޓޭބައި އީޗް އަދާ ނޯމެޓާ ވަޓް” ޚަލަފް މިހެން ބުނެ ޔޫހީ އޭނާގެ އަތުތެރެއަށް ފިއްތައިލިއެވެ. “ޚަލަފް އައި… އައި ކޭންޓް ބްރީތް” ޔޫހީ ޚަލަފް ހިފަހައްޓައިގެން ހުރިލެއް ބާރުކަމުން ބުނެލިއެވެ. “ހެހެ ސޮރީ އައި ރިއަލީ މިސްޑް ޔޫ” ޚަލަފް މިހެން ބުނުމުން ޔޫހީ ހިނިގަނޑެއް ޖަހައިލިއެވެ. “އޯކޭ މިހާރު ވެލްކަމް ކުރެވިއްޖެއެއްނު ދެން ވެގެން ތިއުޅޭ ކަމެއް ކިޔާދީބަލަ އޭރުން ދޯ މަށަށް ވެސް އިންގޭނީ ޚަލަފް ފިކްސް ކުރަންވެސް” ޔޫހީ މިހެން ބުނުމުން ޚަލަފް އިސް ޖަހައިލިއެވެ. އެއަށްފަހު ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ. “މިއަދު މީ މަންމަ މަރުވިތާ 5 އަހަރު ފުރުނުދުވަސް… އަދި ބައްޕަ ވީ 3 ވަނަ އަންހެނާ އާ އިންނަން މާލެގޮސް އައި ކޭންޓް ބޮލީވް ދެޓް އޯލްޑް މޭން އިޒް އަ އެނޯއިން ޕްލޭބޯއި އޭނައަށް ބައްޕަ ކިޔަންވެސް މަ ލަދުގަނޭ” ޚަލަފް މިހެން ބުނުމުން ޔޫހީ ވެސް އިސް ޖަހައިލިއެވެ. “ސުބުޙާނައް ﷲ… ތި ދެމީހުން ކޮން ކަމެއްގަ؟ މާފޮޅުވަނީ؟ ޕިސް ޕިސް ދެން ހާދަ ރޮމޭންޓިކް އޭ ދޯ” މީހަކު ޔޫހީއާއި ޚަލަފްގެ ފަހަތުގައި ހުރެ ބުނެލިއެވެ. ޚަލަފް އާއި ޔޫހީ މަޑުމަޑުން ފަހަތް ބަލައިލިއިރު ހުރީ އަންހެނަކާއި ފިރިހެނެކެވެ.

 

—ނުނިމޭ—             

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

✨ IFAA ✨
Follow Me Written By

✨ IFAA ✨

Level 110 Stories

I enjoy reading stories and I enjoy writing stories to all the people who reads my stories thank you for your support I appreciate it 🤗😊

Other Articles

Madheeh
Previous

މަދީހު – ޓީސަރ

Next

ވަރުދާ 11

Next
April 5, 2022

ވަރުދާ 11

Previews
April 4, 2022

މަދީހު – ޓީސަރ

Madheeh


All Right Reserved!