ފަހަތުގައި ހުރި ޒާރާ އާއި ޒެކް ފެނި ޔޫހީ އާއި ޚަލަފް ހައިރާން ވިއެވެ. ވާނީވެސް އެހެންއެއް ނޫން ހެއްޔެވެ. އާންމުކޮށް ރަށުތެރޭގައި އެކޮށް ނޫޅޭ ދެމީހުން މިއަދު ކުއްލިއަކަށް ފެނުމުން ދެމީހުން އަށް ވީ ށޮކަކަށްށެވެ. “ތި ދެމީހުން އެއކޮށް މި ވަގުތު މިތާ ކީއް ތިކުރަނީ؟” ޚަލަފް ހައިރާން ވެފައި ހުރި ލެއް ބޮޑުކަމުން ބުނެލިއެވެ. “ހޫމް އަހަރުން ސިބްލިންގްސް ނުވޭތަ ހޭންގް އައުޓް ކުރާކަށްށެއް” ޒާރާ މިހެން ބުނުމުން ޚަލަފް އާއި ޔޫހީ ގެގާތައް އައީ ވަރުގަދަ ހިނިގަނޑެކެވެ. “އާންމުކޮށް ހޭންގް އައުޓް ކުރާނަމަ ތިހެން ބުނަން ރަނގަޅު” ޔޫހީ ބުނެލިއެވެ. “ހްމްމް މީ ހޭންގް އައުޓް އެއްނޫނޭ މީ މަންމަ ބުނެގެނ ގޯތީގަ ހުރި ކުރުންބާ ކޮޅެއް ބަލާމަމިދަނީ އޭ ދެން ދަނީ ބާއި” ޒާރާ މިހެން ބުނެފައި ޒެކް ގޮވައިގެން ދާން ވާ މަންޒިލައް މިސްރާބުޖެހިއެވެ.
“މަ ދެން ދަނީ މިހާރު ވަރަށް ގިން އިރުވެއްޖެއްނު މިތާންގަ ހުންނަތާ އޯކޭ ބާއި” ޔޫހީ މިހެން ބުނެފައި ދިޔައީ ގެއާއި ދިމާލަށްށެވެ. ގެއަށް ގޮސް ވަތް ތަނާހެން މާކިން ފެނި ޔޫހީ ސިހިފައި މޭމަތީގައި އަތް އަޅައިލިއެވެ. “ކުޑޭ ދޯ ނޭންގޭނެއްނު މީހާއަށް ކިހިނެތް ވެފަ ތިހުރީ؟” ޔޫހީ މާކިން ފެނުމުން ބުނެލިއެވެ. “ހެހެ މީ މިއަދު އަމާނީގެ ބާރތް ޑޭ ވީމަ ކޭކެއް އަޅަން އުޅުނީ” އަޔާޝް ބުނެލިއެވެ. “ދެން މަލް ކައިރީގަ އަޅާދޭށޭ ބުނިނަމަ ތި ވަރު ނުވީސް ބަލާބަލަ މިޔޮށް ބަދިގެއެއް” ޔޫހީ މިހެން ބުނުމުން އަޔާޝް އާއި މާކިން ހިނިގަނޑެއް ޖަހައިލިއެވެ. “މަލް ކިހިނެތް ވެފަތަ ތިހުރީ؟” ބަދިގެ ތެރެއިން ނިކުތަ މަލިކާ ފެނި ޔޫހީ ހައިރާން ވިއެވެ. “ވަރަށް މޮޅު ދެ ޝެފުން މިއަދު ކޭކު އެޅީއެއްނު… ދޮންބޭ ރަނގަޅު ވާހަކައެއް ބުނަންތަ ކޭކެއް އަޅާއިރަކު ބޭކިން ޕައުޑާ އެތި އެއްކޮށްށެއް ނާޅާނެ އޭގެ އެންމެ ސަމްސަލެއް ރަނގަޅޭ ވާނީ” މަލިކާ މިހެން ބުނުމަށްފަހު އޭނާގެ ކޮޓަރިއަށް ވަދެ ބަންލާފައި ދޮރު ޖެހިއެވެ. “ކުޑޭ އަށް ސާބަސް މަލް ވެސް އެބުނީ ދޮގެއް ނޫނޭ ބޭކިން ޕައުޑާ އަޅާ އިރު އަޅާނީ އެންމެ ސަމްސަލެއް އެއްކޮށް އަޅައިލައިފިއްޔާ އޭތި ފުފިގެން ގޮސް އެއްކޮށް ފަޅައިގެން ދާނެއްނު… ހަހަހަހަ މަނެތިން އެހެން އެއްޗެއް ބުނާކަށް” ޔޫހީ މިހެން ބުނެފައި ފޯނު ނަގާ އަޔާޝް އާއި މާކިން ގެ ފޮޓޯ ނަގަން ފެށިއެވެ. އެއަށްފަހު ގޮސް ބަދިގެ ވެސް ފޮޓޯ ނަގައިލިއެވެ.
“އޭތް ކޮން ހާލެއްގަ ބަލާބަލަ ތި މީހުން ހުރި ފާޑު… ޕިސް ޕިސް ދެންވެސް ތީއްޗިސް މުޅި ގައިން ދުއްވަން އުޅެބަލަ” ގެއަށް ވަދެގެން އައި ޚަލަފް މާކިން އާއި އަޔާޝް ފެނުމުން ބުނެލިއެވެ. “ދެން ކޭކެއް އަޅަންޏާމު މަ ކައިރީގަ އަހާ އޭރުން ކޭކު އަޅައިދޭން އެހީ ވެސް ވާނަން އަދި އަޅައިދޭ ގޮތް ވެސް ކިޔައިދޭނަން…. މަ ކަނފަތު ތެރޭގަވެސް ހުރީ މީއްޗިހޭ މިހާރު ހުވާ މަމިބުނީ” މަލިކާ ރުޅު ވެރި ނަޒަރަކުން ބުނެލިއެވެ. “ނަސީބެއްނު ބެކްއަޕް ގެނައިކަން… އިރުކޮޅަކުން އަޞުރަށް ބަންގި ގޮވާނެ ދެންވެސް ހިންގާ އަވަހަށް ދަމާ އެންމެ ފުރަތަމަ ކަލޭ މެން ދެމީހުން ދޭ ތަންކޮޅެއް ތާހިރު ވާން” ޚަލަފް މިހެން ބުނެފައި ދިޔައީ އެގޭގެ ސިޓިން ރޫމްއަށްށެވެ. މާކިން ދިޔައީ އޭނާގެ ކޮޓަރިއަށް ށެވެ. އަޔާޝް ދިޔައީ އޭނާގެ ގެއަށްށެވެ.
ގެއަށް ގޮސް ވަތް އިރު އެކަކުވެސް ނޫޅޭތީ އަވަހަށްގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އެއަށްފަހު ތުވާލި ހިފައިގެން ވަނީ ފާޚާނާ އަށް ފްރެޝް ވެލާންށެވެ. ފްރެޝް ވެލައިގެން ނިކުމެ އަލަމާރިން ހަދުކުލައިގެ ޓީޝާޓަކާއި ކަޅުކުލައުގެ ޖިންސެއް ނެގުމަށްފަހު ގައިގައި ހުރި ފެންތައް ހިއކުމަށްފަހު އޭއް ޗިސް ލައިގެން އަޔާޝް އޭނާގެ ބޯ ހިއްކަން ފެށިއެވެ. އެވަގުތު އަޔާޝް ހަނދާނައް އައީ މިއަދު ހެނދުނު ޔޫހީ ކިޔައިދިން ވާހަކައާއި މެދުގައެވެ. “މަލް އަށް އެހާ ބޮޑު ކަމެއް ދިމާވީއިރުވެސް އެކަކުވެސް މަކައިރިއަކު ނުބުނޭ… ވައި ކީއްވެ މަކައިރީގަ ނުބުނެ ސިއްރު ކޮށްގެން ހުރީ” އަޔާޝް ހިތާއި ހިރުން ބުނެލިއެވެ.
ހަވީރުގެ ވަގުތު ކަމަށ ވުމުން ޒާރާ ދިޔައީ މަލިކާ އާއި ޔޫހީ މެން ގެއަށްށެވެ. އެގެއަށް ގޮސް ވަތް ތަނާހެން ޒާރާ ސިއްސައިގެން ދިޔައީ މާކިން ފެނުމުން އެވެ. މާކިން ފެނުމާއި އެކު ޒާރާގެ ހިތް ހުއްޓުމެއް ނެތި ތެޅެން ފެށިއެވެ. ވާނީވެސް އެހެންނެއް ނޫންހެއްޔެވެ. އެންމެ ފުރަތަމަ މާކިން އާއި ދިމާ ވީއްސުރެ ފެށިގެން ޒާރާ ގެ ހިތް އޭނައަށް ކިޔައިފިއެވެ. “އޯ ޒީ ކޮން އިރަކު އައީ؟ ކީއްވެ ބޭރުގަ ތިހުރީ ވަދޭ އެތެރެއަށް” މާކިން ޒާރާ ބޭރުގައި ހުރުމުން އެތެރެއަށް ވަނުމަށް ދައުވަތު އެރުވިއެވެ. ޒާރާ އެތެރެއަށް ވަދެފައި މާކިން ގާރު މަލިކާ ކޮބައިތޯ އަހައިލިއެވެ. މާކިން އޭނާ ވީ ކޮޓަރީގައޭ ބުނެފައި ބަދިގެއާއި ދިމާލަށް ދިޔުމަށް ހިނަގައިގަތެވެ. މާކިން ދިޔަތަން ބަލަން ޒާރާ ހުރުމަށްފަހު މާކިން ލޮލުކޮޅަށް ގެއްލުމުން ގޮސް މަލިކާގެ ކޮޓަރީ ދޮރުގައި ޓަކި ޖަހަން ފެށިއެވެ.
ފޯނުން އިންސްޓާގްރާމް އަށް ވަދެގެން ހުރި މަލިކާ އަށް ވިސްނެމުން ދިޔައީ މިއަދު ހެނދުނު އަޔާޝް އާއި ދިމާލަށް ބުނެވުނު އެއްޗިހާއި މެދުގައެވެ. މަލިކާ އިންސްޓަގްރާމް ތެރެ ހާވަމުން ދަނިކޮށް ކުއްލިއަކަށް އަޔާޝް ގެ އައިޑީ ފެނުމުން އެ އައިޑީ ހާވާލަން އެ އައިޑީ އަށް ފިއްތައިލިއެވެ. އަޔާޝް ގެ އެންމެ ފަހު ޕޯސްޓް އަކަށް ލާފައި ވަނީ އަޔާޝް އާއި މާކިން އަދި ޚަލަފް އެއްކޮށް ކޮފީ އަކަށް ގޮސް ހުރި ޕޯސްޓް އެކެވެ. އޭގެ ތިރީ ގައި ޖަހާފައި ވަނީ ‘ޗިލިން ވިތް މައި ޓޫ ބެސްޓް ފްރެންޑްސް’ މިހެން އެވެ. މިހެން ހުއްޓާ ކުއްލިއަކަށް މީހަކު މަލިކާގެ ކޮޓަރީ ދޮރުގައި ޓަކި ޖަހަން ފެށިއެވެ. މަލިކާ ގޮސް ދޮރު ހުޅުވައިލިތަނާ ޒާރާ އަވަހަށް އެތެރެއަށް ވަނެވެ. “ޒީ ކޫލް ޑައުން ކިހިނެތް ވީ ހާދަ ހާސް ވެފަ ތިހުރީ؟” މަލިކާ މިހެން ބުނުމުން ޒާރާ ގޮސް މަލިކާގެ ކޮޓަރީ ގައި ހުރި ސޯފާ މަތީގައި އިށީންދެލިއެވެ. މަލިކާ އައިސް ޒާރާ ކައިރީގައި އިށީންދެލިއެވެ. “މަލް އައި… އައި ތިންކް އައިމް އިން ލަވް ވިތް ޔުއަރ ބްރަދާ” ޒާރާ މިހެން ބުނުމުން މަލިކާ އަށް ބުނެވުނީ “ވަޓް އިން ދަ ސެވަން ޑޯޒް އޮފް ހެލް” ހަމައެކަނު މިހެން އެވެ.
ޒެކް ހުރީ އޭނާގެ ގޭ ކައިރީގައި ހުންނަ ޖޯލީގައި އިށީން ދެލައިގެން ވަރުގަދަ ޕަބްގީ ގަނޑެއްގަ އެވެ. މިހެން ހުއްޓާ ކުއްލިއަކަށް އަންހެން ކުއްޖަކު އައިސް ޒެކް ގެ ކައިރީގައި ހުރި ޖޯލީގައި އިށީން ދެލިއެވެ. “ހާއި ޒެކް… ޑިޑް ޔޫ މިސް މީ” އެ އަންހެން ކުއްޖާ ބުނެލިއެވެ. ޒެކް އޭނާ އާއި ދިމާލަށް ވައްކަޅިން ބަލައިލިއެވެ. ނަމަވެސް އަނގައިން ބަހެއް ނުބުނެ ގޭމާއިގެން ކުރިއަށްދިޔައެވެ. ދެން އެ އަންހެން ކުއްޖާ ޒެކް ގެ އަތުން ފޯނު އަތުލިއެވެ. “ކިހާ ބޮޑު ކަމެއް މަށަށް މަގޭ ފޯނު ދޭށޭ” ޒެކް ރުޅި އައިސް ހުރެ ބުނެލިއެވެ. “މަށަށް ކިސް އެއް ދީ އޭރުން ފޯނު ދޭނަން” އެ އަންހެން ކުއްޖާ ބުނެލިއެވެ. “މަ މީ ހޭބަލިވެގެން އުޅޭ މީހެއް ނޫނޭ މިޝްކާ އާ ކޮސް ކުރާކަށް… މަ މީ ކަލޭގެ އެކްޗް ހެން ގޮތެއް ނުހުންނަ މީހެއްނޫނޭ… ހަމަމިހާރު މަގޭ ފޯނު ދީ” ޒެކް މިހެން ބުނުމުން މިޝްކާ އެ ޖޯލިން ތެދުވެ ޒެކް ކުރިމަތީގައި ހުއްޓުނެވެ. އެއަށްފަހު ޒެކް އާއި ކައިރި ވަމުން ދިޔައެވެ. ނަމަވެސް ޒެކް އޭނާ ދުރަށް ކޮއްޕައިލުމަށްފަހު މިޝްކާގެ އަތުން ފޯނު އަތުލިއެވެ. އެއަށްފަހު ގޭތެރެއަށް ދިޔުމަށް ހިންގައިގަތެވެ. “ދޭބަލަ ބަލަ އެހިރަ އަމާނީ އެކޭ ކިޔާ އެއްޗަކާ ޒެކް ވައި އެޅުނުފަހުން މުޅިން ބަދަލުވެއްޖެ” މިޝްކާގެ މިބަސްތަކުން ޒެކް ގެ ރުޅި ފަޅައިގެން ދިޔަ ފަދައެވެ. ޒެކް ރުޅި ވެރި ނަޒަރަކުން މިޝްކާ އާއި ދިމާލަށް ބަލައިލިއެވެ. ދެން ފެނުނީ މަގު ގައި ޒެކް އާއި ދިމާލަށް ބަލަން ހުރި އަމާނީ ފެނި ޒެކް ގެ ރުޅި އެއްކޮށް ފިލައި ދިޔަފަދައެވެ. ޒެކް ދެން ހިންގައިގަތީ މިޝްކާ އާއި ދިމާލަށް ށެވެ. އަދި މިޝްކާގެ ގެ ކަންފަތް ކައިރިއަށް ތިރި ވެލާފައި މަޑުމަޑުން ކަންފަތް ބުޑުގައި އެއްޗެއް ބުނަން ފެށިއެވެ. “މިޝްކާ ހީކުރީ މަށަށް ނޭންގޭ ކަމަށް މަށަށް އިންގޭ ކޮންމެ ރެއަކު 11:30 12:00 ޖަހާ އިރު މިޝްކަ އުޅެނީ ހިލޭ ފިރިހެނުން ނާނި އެކު ނައިޓް ސްޓޭންޑް އަކަށް ދާކަން އެއީ މަށަށް އާ ވާހަކައެއް ނޫން މަށަށް ފެނޭ ކޮންމެ ރެއަކު ކަލޭ ތެޅި ފެޅި އުޅޭގޮތް” ޒެކް މިހެން ބުނުމުން މިޝްކާގެ އަނގައިގެ ބަސްތައް ހުއްޓުނުފަދައެވެ. މިޝްކާ އަވަސް އަވަހަށް އެތަނުން ދިޔައެވެ. އެއާއި އެކު އެގެ ވަށާލައިގެން ހުރިމީހުންތައް އެތަނުން ދާން ފެށިއެވެ. ޒެކް އެތެރެއަށް ވަނުމަށް ފަހު އޭނާގެ ކޮޓަރިއަށް ދިޔައެވެ. އެއަށްފަހު އެނދުމައްޗައް ވެއްޓި ގަތެވެ.
—ޒެކް ގެ ނަޒަރު—
މީހެ އަހަރެއް ކުރިން އަހަންނާ އަމާނީ އާއި ދިމާ ދިމާވި ދުވަހު އަހަރެން ވަރަށް އުފާވިއެވެ. އެއީ އެކަހަލަ މަޖާ މިޒާޖެއްގެ ކުއްޖަކާ ދިމާވުމުން އެވެ. ސުކޫލު ގްރެޖުއޭޝަން ގަ އޭނާ އާއި ދިމާވުނުމް އަހަރެން އޭނާ އާއި ޕްރޮޕޯޒް ކުރަން ބޭނުންވިއެވެ. ނަމަވެސް އަހަރެންގެ ފިނޑިކަމުން އެކަހަލަ އެއްވެސް ކަމެއް ކުރުމުގެ ހިތަވަރެއް ނުލިބުނެވެ. “އޭނާގެ އެ ރީތި މޫނުކޮޅު އޭނާގެ އެ ރީތި އަޅި ކުލައިގެ ލޯ އަދި އެ ބުރުގާ އެކި އެކި ފެޝަނައް އަޅައިގެން ހުންނައިރު ޗާލުޕަރީ އެކޭ އެއްގޮތް” އަހަރެންގެ ސިކުނޑި ތެރޭފައި އުފެދެމުން ދިޔައީ މި ބަސް ތަކެވެ.
—ނުނިމޭ—
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

