ފަތިހުގެ ފިނި ވަގުތެވެ. ހަމްޝާ ހުރީ ރަށުގެ ފުއްޓަރުފަރާތުގައި އޮންނަ ރީތި ދޮންވެލިގަނޑު މަތީގައި އިރު އަރާ މަންޒަރު ބަލަންށެވެ. ހަމްޝާ އަށް ވިސްނެމުން ދިޔައީ އޭނާގެ މަންމަ އެނބުރި ރަށަށް އަންނާނެ އިރަކާއި މެދުގައެވެ. އުމުރުން 10 އަހަރުތެރޭގައި ހަމްޝާ އެކަނިވެރި ކޮށްލާފައި ރަށުން ފައިބައިގެންދިޔަ އޭނާގެ މަންމަ ހަސްނާ 6 އަހަރު ފާއިތުވެގެން ދިޔަ އިރުވެސް އަދި ރަށަކަށްނާދެއެވެ. މިހެން ވިސްނުމެއްގެ ތެރޭގައި އިންދާ ހަމްޝާ ސިހުނީ އޭނާގެ ފޯނު އެލާމް ވާ އަޑަށް ށެވެ.
ފަން މުށިކުލައިގެ އިސްތަށިގަނޑަކާއި ދޮން ހުދުކުލައިގެ ހަންގަނޑަކާއި އަޅިކުލައިގެ ލޮލަކާއި ހިތިފަތުބުމައެކެވެ. ހަމްޝާގެ އެ ރީތި ސިފަތަކުން ފިރިހެން ކުދިންގެ ހިތަތައް ކަރިލާ ފަދައެވެ. މިހެންކަމުން ގިނަ އަންހެން ކުދިންގެ ހިތުގައި ހަމްޝާ އަށް ވަނީ ހަސަދާގެ ހުޅު ރޯކުރެވިފައެވެ.
“ކަލޭ ކޮން ތާކުގަ ތެޅިތެޅިފަ ތިއައީ މިހާރު އެޔޮއް 7:00 ޖެހީ ހަމަމިހާރު ދާންވީ ސުކޫލަށް ދާން ތައްޔާރުވާން” ހަމްޝާ ގޮސް ގެއަށް ވަތްތަނާހެން އޭނާގެ ބައްޕަ އާއި އެއްބަނޑު އެއްބަފާ ދައްތަ އަދި ހަމްޝާގެ ބޮޑުދައިތަ މޫމިނާ އޭނާއާއި ދިމާލަށް ފަތިވަރު ގޮވަން ފެށިއެވެ. “ލް…ލައްބަ އަހަރެން މިދަނީ” ކުޑަކޮށް ބިރުގަނެފައި ހުރެ ހަމްޝާ ޖަވާބުދިނެވެ. “ކަލޭގެ މާމީހާ ކަލޭ މަގޭ އަތަށް އެއްލާލާފައި ގޮސް އުޅެނީ މާލޭގަ އުޅޭ ބޮޑު މުއްސަންޖަކާ އިނދެގެން ކަމެއް ހުވާ މަ މި ބުނީ މީނަ މީ ބޮޑު މުސީބާތެއްކަހަލަ މީހެއް މަގޭ އަތަށް ދީފައި މި ހުރީދީފަ” މޫމިނާ ހަމްޝާ ކޮޓަރިއަށް ގޮސް ވަނުމުން ކުދިކިޔަން ފެށިއެވެ.
“އޫ މަންމަގެ ބްލަޑް ބައިލް ކޮށްލީތަ އޭނަ މަންމާ ހާސް ކަނޑާލާ މަ މިހުރީ މަންމަ އާއި އެކްކޮޅުގަ” ކޮޓަރިން ނިކުމެގެން އައިސް މޫމިނާގެ ގައިގައި ބައްދާލަމުން އޭނާގެ ހަގު ދަރި އެލީނާ ބުނެލިއެވެ. “މަންމަގެ ދޮންކޮޅު އަވަހަށްދޭ ސައި ބޯން ހުންނާނެ ދަރިފުޅުގެ ފޭވްރިޓް ހަދާފައި” މޫމިނާ އެލީނާގެ ކޮލުގައި މަޑުމަޑުން ފިރުމަމުން ބުނެލިއެވެ.
ކޮޓަރިން ނިކުތަ ހަމްޝާ އަށް މޫމިނާ އެން ފަހުން ބުނި ތިން ބަސް އަޑު އިވުމުން ކުޑަކޮށް ޖެހިލުންވިއެވެ. ދެން ތަނެއް ދޮރެއް ބަލައިނުލާ ބަދިގެއާއި ދިމާލަށްދާން ހިންގައިގަތެވެ. ދެވަނަ ސިކުންތުގައި ހަމްޝާ ގޮސް ޖެހުނީ މޫމިނާގެ ދޮށީދަރި އާހިލްގެ ގައިގައެވެ. “ތި ބަލާގެން އުޅެބަލަ ދެންމެވެސް ކިރިޔާއޭ މަގޭ ޔުނިފޯމް ހަރާބުކޮށްނުލީ” އާހިލް ރުޅިވެރި ނަޒަރަކުން ހަމްޝާއާއި ދިމާލަށް ބަލާލަފައި ބުނެލިއެވެ.
ހެނދުނުގެ ނާސްތާ ނަގާނިންމާފައި ބޫޓައް އަރައިގެން ފޮތް ދަބަސް ކޮނޑުގައި އަޅުވައިގެން ހަމްޝާ ނިކުތީ ސުކޫލާއި ދިމާލަށް ދާންށެވެ. މަގުމަތީގެ އެއްފަރާތެއްގައި ހިންގަމުން ދިޔަ މީހުން ފެނި ހަމްޝާ ވެފައި ހުރިވަރަށް ވުރެވެސް ބޮޑައް މާޔޫސް ވިއެވެ. ވާނީވެސް އެހެންނެއްނޫންހެއްޔެވެ. ހަމްޝާގެ މި ރީތި ކަމުގެ ސަބަބުން އޭނާ އަށް އެކުވެރިއެއް ހޯދަން ދަތިވިއެވެ. އަދި އޭނާގެ މަންމަ އޭނާ އެއްލާލާފައި ދިޔަވާހަކަ ރަށުގައި އުޅޭ ގިނަމީހުންނަށް އެގިގެން ދިޔައެވެ. އިސްޖަހައިގެން ހުރެ ސުކޫލާއި ދިމާލަށް ދެވުނުތަނާހެން ހަމްޝާ ގޮސް އޭނާގެ ކުރިމަތީގައި ހުރިމީހެއްގައިގައި ޖެހުނެވެ. “ސް…ސޮރީ” ހަމްޝާ މިހެން ބުނެ އޭނާގެ އެއްފަރާތުން ކްލާހައް ދާން ހިންގައިގަތެވެ.
“އޭތް މަޑުކޮށްބަ ކަލޭ އަކަށް އަދި މަގޭ ކޮއްކޮ މާފެއް ނުކުރޭއްނު އަދި މާކު ގަޓު މީހަކަށް ވެލާފަ އެބަދޭ އޭތް ހަސްނާ އެއްލާލި ކުއްޖާ މަ ކަލޭ އާއޭ ވާހަކަ މިދައްކަނީ ގޮވާލީމަ ތި ދެ ކަންފަތަކަށް އަޑެއް ނީވޭދޯ..” “ދޮންތާ ބަހައްޓަބަލަ އޭނަ އަކީ އެކަހަލަ މީހެއްނު މާބޮޑުކަމަކަށް ނަހަދަބަލަ” ހަމްޝާ އާއި ދިމާލަށް އެއްޗިސް ކިޔަން ހުރި އަޒްރާ ހުއްޓުވުމަށް އޭނާގެ ކޮއްކޮ އާޔަން ބުނެލިއެވެ.
ކުލާހަށް ގޮސް ވަތްއިރު އެކިއެކި ތަންތާން ގައި ހުރި ކްލާސް ކުދިންފެނި ހަމްޝާ އެ އެންމޭނަށް ފިނޑި ހިނިތުން ވުމެއް ހަދިޔާ ކޮށްލިއެވެ. އެއަށްފަހު އޭނާ އިށީންނަން ހަމަޖެހިފައި ވާ މޭޒު ކައިރީގައި އިށީންދެލިއެވެ. އެއަށްފަހު ދަބަހުން ‘ކަލާއާ ނުލާ’ (ހިޔާލީ ނަމެއް) މި ވާހަކަ ކިޔަން ފެށިއެވެ. ވާހަކަ ކިޔަމުން ދިޔައިރުގަ ވާހަކާގެ ތެރެއަށް ގެނބިގެން ދިޔައެވެ. މިހެން ޝައުގުވެރިކަމާއި އެކު ވާހަކަ ކިޔަން ހުއްޓާ ކުއްލިއަކަށް އެލީނާ އައިސް އޭނާގެ އަތުން ވާހަކަ ފޮތް އަތުލިއެވެ. އެއަށްފަހު އެވާހަކަ ފޮތް ޑަސްޕިނަށް އެއްލާލިއެވެ. “ކޯއްޗެއް ކިޔާކަށް ބަލަ މަ ބުނަން ވާހަކައެއް ކޮބާހޭ މަގޭ ބައްޕަ މަށައް ގަނެދިން ރަން ކެވެލިކޮޅު؟” އެލީނާ ހަމްޝާގެ މޭޒުމަތީގައި ވަރަށްބާރަށް ޖަހަމުން ބުނެލިއެވެ. “މިތާންގަ ކީއްމިވަނީ؟ އެލީނާ!!” ކްލާސް ޓީޗަރު އައިސް ކްލާސްރޫމަ އަށްވަންނަމުން ބުނެލިއެވެ. “ސަރ!! އަހަރެންގެ ކޮއްކޮ އަށް އަހަރެންގެ ބައްޕަ އެންމެފަހުން ގަނެދިން ރަން ކެވެލިކޮޅު ހަމްޝާ ވަގަށްނެގީ އަހަރެންގެ ކޮއްކޮގެ ކުށެއް ނެތެއްނު އެތާނގައެއް އެހެންނޫނަސް މީހުން ބުނޭއްނު އަންހެން ކުދިންގެ ގައިގައި ހުންނާނީ އެކުއްޖެއްގެ މަންމަގެ ސިފައޭ އެގޮތަށް މީނަވެސް މީނަގެ މަންމަވެސް މީ ދެ ވަގުން” އާހިލް އެއްޗެކޭ ނުބުނަން ހުރެފައިވެސް ބުނެލިއެވެ. އެއަށްފަހު ދިޔަގޮތައްގޮސް ހަމްޝާގެ ދަބަސް ހޫރުވައިލިއެވެ. “މިއޮތީ… ތެންކްސް ދޮންބޭ” އެލީނާ ބިންމަތީގައި އޮތް އޭނާގެ އެ ރަން ކެވެލިކޮޅު ނަގަމުން ބުނެލިއެވެ. ހަމްޝާ އޭނާގެ ލޮލުގައި އުފެދެމުން ދިޔަ ކަރުނަތައް ހިފަހައްޓައިގެން ހުއްޓެވެ. ނަމަވެސް މިހެން މާގިން އިރަކުއެއް ނުހުރެވުނެވެ. ހަމްޝާގެ ލޮލުން ހޫނު ކަރުނަތައް ކޯރެއްގޮތައް ހަލުވިކަމާއިއެކު ފައިބަމުން ދިއައެވެ. “ރޯނެ ކަމެއްނެތް ކިތަންމެ ވަރަކަށް ރުއިއަސް ކަލޭ ސަލާމަތް ކުރާކަށް މީހެއް ނާންނާނެ” އާހިލް މިހެން ބުނުމުން ހަމްޝާ ތެދުވެގެން ބިންމަތީގައި އޮތް ދަބަސްހިފައިގެން ކްލާހުން ނިކުމެލިއެވެ. އަދި އޭނާގެ ލޯ ކައިރީގައިވާ ކަރުނަތައް ފުހަމުން ދިޔައެވެ.
“ފާތިމަތް ހަމްޝާ ދެންމެއަކު އަހަރުން ސުކޫލަށް ވަތް އިރު މަ ބުނިއެއްޗަކަށް ބީރު ކަންފެތެއް ދިނީމެއްނު ހުރެބަލަ މިފަހަރު ހަމަ ކަލޭ އަށް ވަރުގަދަ ބޮނޑިއެއްދޭނަން” އަޒްރާ ހަމްޝާ ކުރިމަތީގައި ހުއްޓިލާފައި އަޒްރާގެ ފަހަތުގައި ހުރި ދެފިރިހެން ކުދިން ވެސް ވިހަކަން ގަދަ ހިނިތުން ވުމެއް ވެލުމަށްފަހު ހަމްޝާގެ އަތުގައި ހިފާފައި ގުދަނަށް ވައްދާލުމަށްފަހު ގުދަނު ދޮރުގައި ތަޅުލިއެވެ. “ހުޅުވަބަލަ ޕްލީޒް އަހަރެން އާދޭހޭ މިކުރަނީ ހުޅުވަބަލަ” ގުދަނު ދޮރުގައި ޖަހަމުން ހަމްޝާ އާދޭސް ކުރަމުން ދިޔައެވެ. ނަމަވެސް މިހެން މާކު ގިނައިރު ނުހުރެވުނީ އޭނާގެ ބޮލަށް ކުއްލިއަކަށް ތަދުވާން ފެށުމުންއެވެ. މާގިނައިރެއް ނުވޭ ހަމްޝާ ނޭވާހާސްވެގެން ވެއްޓުނެވެ.
ސުކޫލުގެ ގަޑި ނިމުނު އިރުވެސް ހަމްޝާ އޮތީ ހަމަ އެއޮތް ގޮތައްށެވެ. އެންމެން ސުކޫލުން ނިކުމެގެން ދިޔުމުން އަޒްރާ އަދި އޭނާގެ ގޭންގް އެއްކޮށް އެގުދަނާއި ދިމާލުގައި މަޑުކޮށްލިއެވެ. އެއަށްފަހު ހަމްޝާގެ އެ ހޭނެތިފައިވާ ހަށިގަނޑު ހިފައިގެން ގޮސް ސުކޫލުގެ ހުންނަ ސުވިމިން ޕޫލް އާއި ދިމާލަށް ގެންދިޔައެވެ. އަދި ހަމްޝާގެ މޫނަށް ފެންއެއްޗެއް ޖެހިއެވެ. ހަމްޝާ މަޑުމަޑުން ލޯ ހުޅުވާ ބަލައިލިއިރު ކުރިމަތީގައި ހުރި އަޒްރާ ފެނި ކުޑަކޮށް ބިރުގަތެވެ. އަދި ކައިރީގައި ތިބި އެލީނާ އާއި އާހިލް ފެނިފައި އިތުރަށް ބިރުގަތެވެ. “ކަލޭ ހާދަ ފޮނިކަނޑައޭދޯ ތިމާ ތިމާގެ ސައިޒްގަ އުޅޭ އެހެންނޫނީ މިއަށްތުރެ މާކު ކަންތައްފަލަވާނެ” އެލީނާ ހަމްޝާގެ މޫނުމަތީގައި ޖަހަމުން ބުނެލިއެވެ. “މަށެއް ކަލޭދެކެއެއް ބިރެއް ނުގަނޭ މަ ބޭނުމިއްޔާ މިހާރުވެސް ޕޮލިހުން އަށް މި ވާހަކަ ޚިއްސާ ކުރެވިދާނެ” ހަމްޝާ މިހެން ބުނުމުން އާހިލްގެ ގާތައްއައި ރުޅިން ގޮސް ހަމްޝާގެ އަތުގައި ހިފާފައި ކައިރީގައި ހުރި ޕޫލް އަށް ވައްޓައިލިއެވެ.
ހަމްޝާ ދިޔައީ ބަކަތަޅަމުން އެވެ. އޭނާގެ ހަނދާންތަކަށް އަންނަމުން ދިޔައީ އޭނާ އެންމެ ފުރަތަމަ މޫދަށް އެރުނު ދުވަސް މަތިން އެވެ. އަޒްރާ އާއި އާހިލް އަދި އެލީނާ ހަމްޝާ އެހުރިތާންގައި ހުރިގޮތައް ބަހައްޓާފައި ތިންމީހުން ދިޔައީ ގެއަށްދާންށެވެ.
“ދޮން..ބޭ…. އެލީ…ނާ ޕް…ލީޒް އަހަރެން …..ނައް މި….މިހެން ….ނުހަދާ….” ހަމްޝާ ގެ ހަލުވިކަން މަޑުމަޑުން ހުއްޓެމުން ގޮސް އެންމެފަހުން އެއްކޮށް ހުއްޓުނެވެ. ދެމް މީހާ ގައިގައި ވަރުދޫވެގެން ގޮސް އެންމެފަހުން އަޑިއަށް ދާން ފެށިއެވެ. ދެވަން ސިކުންތުގައި ހަމްޝާއަށް މީހަކު އޭނާގެ އަތުގައި ހިފިކަން އިޚްސާސް ވިއެވެ. އެއަށްފަހު ވީ ކަމެއްވެސް ނޭންގެއެވެ.
———
އަޒްރާ އާއި އާހިލް އަދި އެލީނާ ދިޔުމުން އަޒާން ސުވިމިން ޕޫލް އާއި ދިމާލަށް ދިޔައެވެ. އެއިރު ހަމްޝާ އަޑިއަށް ގެނބިގެން ދާނީއެވެ. އާޔަން ލަހެއް ފަހެއް ނުކޮށް ޕޫލް ގެތެރެއަށް ފުންމާލިއެވެ. އަޒާން ހަމްޝާ އޭނާގެ އަތްދަނޑިމައްޗަށް ލުމަށްފަހު ޕޫލްއިން ނަގަ އެތާ ކައިރީގައި ބޭއްވިއެވެ. އަދި ހަމްޝާގެ ހާރޓް ބީޓް ހުރިތޯ ބަލައިލިއެވެ. ހާރޓް ބީޓް ތަންކޮޅެއް ލަސްވުމުން ހަމްޝާ ވާވަރަށް ޕޫލްގައި ހުރި ފެންތައް ބޮއިއްޖެކަން އެގުނެވެ. ހަމްޝާ ހޭއެރުވޭތޯ އެކިއެކި ގޮތް ގޮތުން އާޔަން މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް އެކުރިއެއްވެސް ކަމެއް މަސައްކަތް ނުކުރުމުން ހަމްޝާ އަށް ސީޕީއާރް ދޭން ފެށިއެވެ. ހަމްޝާ ކެއްސަން ފެށުމުން އާޔަން އަށް ހަމްޝާ ހޭއަރާފިކަން ވަރަށް ރީއްޗައްއެގުނެވެ. “އަހްންނާ ދުރުގަ ހުރޭ” އަޒާން ފެނުމުން ހަމްޝަ އާޔަން ދުރަށް ކޮއްޕާލިއެވެ. “ހަމްޝާ ކާލްމް ޑައުން އަހަރުން މީ ޗައިލްޑްހޫޑް ފްރެންޑްސްއެއްނު ކީއްވެތަ މިހާރު އަހަރެން ދުރަށް ތިކޮއްޕާލަނީ ވީ ޕްރޮމިސްޑް ފްރެންޑްސް ނޯ މެޓާ ވަޓް ހެޕެންސް… ހަމް؟! ހަމަ ޖެހިބަލަ އިހަށް” އާޔަން މަޑުމައިތިރި ކަމާއިއެކު ބުނެލިއެވެ. “ދޫކުރޭ އަހަރުންނަކީ އެކުވެރިން އެއް ނޫން އާޔަން އަމިއްލައަކަށް އަހަންނާއެކު އެކުވެރިކަމުގެ ގުޅުން ކަނޑާލީ އައި ހޭވް ނަތިން ޓު ސޭ ޓު ޔޫ” ހަމްޝާ މިހެން ބުނެފައި ކައިރީގައި ހުރި ފޮތަ ދަބަސް ހިފައިގެން ގެއަށްދާން ހިނަގައިގަތެވެ.
ގެއަށް ގޮސް ވަނުމާއި އެކު އޭނާގެ ކަންނަށި މަތީގައި ވަރަށް ބާރަށް މޫމިނާ ޖަހައިލިއެވެ. “ކަލޭ މަގޭ ދަރިގެ އެއްޗިސްވެސް ވަގަށްނަގަން ފެށީ ބަލަ ހާދަ ގޮތެއް ފޮތެއް ނުހުރޭ އަދި ތެމީ ފޯވެގެން އައިސް އެބަ ރޮއެއްނު އެހެން މީހުން ކައިރީ ކަލޭ ރޯން ދަންޏާމު ދޭބަލަ ކަލޭގެ މައި މީހަކައިރިއަށް ނުވަމަހާ ދިހަ ދުވަހު ކަލޭ ބަނޑުތެރެއަށް ލައިގެން ތެޅުވި މީހާ ކައިރިއަށް” ހަމްޝާ ވިހަ ނަޒަރަކުން މޫމިނާ އާއި ދިމާލަށް ބަލައިލިއެވެ. އަދި އެއަށްފަހު މޫމިނާގެ ފަހަތުގައި ހޭން ތިބި އާހިލް އާއި އެލީނާ އާއި ދިމާލަށް ބަލައިލައިފައި އިސްޖަހައިގެން ހުރެ ކޮޓަރިއަށް ވަދެލިއެވެ.
ކޮޓަރިއަށް ވަތް ގޮތަށް ދޮރުޖެހުމަށް ފަހު ދޮރު ކައިރީފައި އިށީންދެލިއެވެ. އެއަށްފަހު ލޮލުގައި ހިފަހައްޓައިގެން ހުރި ހޫނު ކަރުނަތަށް ފެން ކޯރެއްހެން ފައިބަން ފެށިއެވެ. ހިތައެދޭވަރަށް ރޮއެ ނިމުމުން ހަމްޝާ ދޮރުކައިރިން ތެދުވެގެން ގޮސް ފާޚާނާއަށް ވަދެ އެއްޗިސް ބަދަލް ކޮށްގެން ނިކުމެ އެނދުމަތީގައި އޮށޯއްވެލިއެވެ. އެއަށް ފަހު އަމިއްލަ ނަފްސައް ޝަކުވާ ކުރަމުން ދިޔައެވެ. “މަންމާ ކީއްވެތަ އަހަރެން އެއްލާލީ؟ އަހަރެންގެ ކުށަކީ ކޮބާ؟ އަހަރެން ދެކެ މީހުން ރުޅިއަނަނަނީ ކީއްވެ؟” މި ސުވާލުތައް ދިޔައީ ހަމްޝާގެ ސިކުނޑިތެރޭގައި ގުގުމާލަމުންއެވެ. މިހެން ވިސްނަން ހުއްޓާ ކުއްލިއަކަށް އޭނާގެ ފޯނަށް މީހަކު ގުޅަން ފެށުމުން ކާކުތޯ ބަލައިނުލާ ވާހަކަ ދައްކަން ފެށިއެވެ. “ހަލޯ ހަމް އައިމް ބެކް” އެ ކޮޅުން ވާހަކަ ދައްކަމުން ދިޔަ މީހާ ބުނެލިއެވެ. “ޒޯޔާ؟!” ހަމްޝާ ހައިރާން ވެ ހުރެ ބުނެލިއެވެ.
—ނުނިމޭ—
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.


Hiii horror Queen ❤️❤️❤️
How are you…..? ❤️❤️❤️
Hope u r fine ❤️❤️❤️
Masha Allah ❤️❤️❤️ mi vhka vx vrh rythi ❤️❤️❤️ kurin nimmaali vhka vx cmnt nukuriyas keen ❤️❤️❤️ Masha Allah ❤️❤️❤️ e vaahaka vx vrh rythi ❤️❤️❤️ when next….? ❤️❤️❤️ luv u sm ❤️❤️❤️
Staysafe ❤️❤️❤️
How are you
I hope you are fine
It is nice story I love this story
I love you so much
Stay safe stay home
??????????????????
I’m fine
No problem
And also please write a story
I love this story
So can you upload the story
Stay safe and stay home
I love you so much ??????❤️
Hii Anonymous
I’m doing just fine
Thank you for commenting i appreciate it alot❤❤❤ once again thank u for commenting it means a lot to me??
Hii anonymous
I’m doing fine and i hope you fine as well
Thank u it means alot to me❤❤❤