Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެ ހުވަފެން – 8

Galaxy Quinn Level 110 Stories
February 18, 2022 5 Mins Read
0 Comments

އަހަރެން ދެން ސިހުނީ އަހަންނާއި އެމީހާގެ ދެމެދަށް ވަން މީހެއްގެ ސަބަބުންނެވެ.

8 ވަނަ ޕާރޓް

“ދޮންބޭ؟” ކުރިމަތީގައި ހުރި ކައިޒާން ފެނުމާއެކު އަހަރެން ލާން އުޅުނު ނޭވާ ވެސް ހީވީ ކަރުތެރޭގައި ތާށިވީހެންނެވެ. ކައިޒާން އެކައްޗެކޭވެސް ނުބުނެ އަހަރެންގެ އަތުގައި ހިފައިގެން އެމީހާ އާއި ދިމާލަށް ލޯހަނިކޮށްލިިއެވެ. ދެން ކައިޒާން މިސްރާބުޖެހީ ގެޔަަަަށް ދާށެވެ. ދެން ވަރަށް މިއަދު މާއިޝް މެންގެ އަށް ދެވޭނެ އޭ އަހަރެންގެ ހިތަށް އެރިއެެެވެެ. “އޫލީ ، ބަލައިގެން އުޅެއްޗޭ .” ކައިޒާންގެ ލެކްޗަރު އަހަރެން ހީކުރި ގޮތާ ހިލާފަށް މިފަހަރު ކުރެވެ. އަހަރެން ކޮޓަރިއަށް ވަދެފައި ވިސްނަން ފެށީމެވެ. މާއިޝް އަށް ކޮންމެހެން ޙަބަރު ދޭން ޖެހޭނެއެވެ.

މާއިޝްގެ ނަޒަރުން

ކަމެއްް ވެއްޖެ ހެން އަހަންނަށް ހީވަނީއެވެެ.  ޖިޒާލް އަށް ކިޔައިދޭން ވިއްޔޭ ހިތަށް އެރިއެވެ. އިކުވާންގެެ އެޕާރޓް މެންޓްގެ ވެރިޔާ އަކީ އާނިލް ކަން އިނގުމާއެެކުު އަހަރެންގެ ހާސްކަން އިތުރުވަމުން ދިޔައެވެ.  އުލްވީ އަށް ފެނުނު ކަރުދާސްތަކުގައި ވަނީ ހުސް އިކުވާން އަށް އިންޒާރުގެ މެސެޖް ތަކެވެެ. ކޮންމެ ކަރުދާސް ގަނޑެއްގައި ފޮނުވި ދުވަސް ޖަހާފައި ވުމުން މަހަކު އެއްފަހަރު ލިބޭ ސިޓީތަކެއްކަން އިނގުނެވެ. އަހަރެން ބޭރަށް ނުކުންނަން ކަޅު ކުލައިގެ ހުޑީއެއް ގަޔަށް މަހާލީމެވެ. އަހަރެންގެ ބޭނުމަކީ ކައިޒާން ހޯދުމެވެ. ނުވަތަ އިކުވާން އާއި ގުޅުން ހުރިި މީހެއް ހޯދުމެވެެ. އަހަރެންގެ ފިޔަވަޅުތަށް ހުއްޓުނީ ހުޑީގަޑެއް އަޅައިގެން ހުރި މީހެއް ގޮސް ކުރިމަތީގައި ހުރި ކެފޭ  އަކަށް ވަނުމުންނެވެެ. އަހަރެން އެމީހާ އަށް ފާހަގަ ނުވާނެހެން އެމީހާ ފަހަތުން ގޮސް އެމީހާގެ ހަރަކާތްތައް ފެންނާނެހެން ހުރި މޭޒެއް ކައިރީީ ޖައްސާލީމެވެެ. އިރުކޮޅަކުން ވަދެގެން އައީ ތޮފި އަޅައިގެން ހުރި ފިރިހެނެކެވެެ. އެމީހާ ގޮސް ހުޑީ އަޅައިގެން ހުރި މީހާ ކައިރީ ޖައްސާލިއެވެ. ކައިރީގައި ހުރުމުން އަހަންނަށް އެމީހުން ދައްކާވާހަކަ އަޑު އިވެއެވެ. ފޯނު ނަަގައިފައި ނުވާކަމަށް ހަދާފައި އަހަރެން ވީޑިއޯ ކުރަން ފެށީމެވެެ. “އޭ ކައެެ ކަޑަ ކަމެއްވެއްޖެ؟” ތޮފި އަޅައިގެން ހުރި މީހާގެ އަޑުންވެސް ހާސްވެފައިވައި މިންވަރުު އަންދާޒާކޮށްލެވެއެވެ. “އިޔާން ކަލެއަށް ކޮންކަމެއް ރަނގަޅަށް ކުރެވެނީ؟” ހުޑީ އަޅައިގެން ހުރި މީހާާގެ އަޑުގައިވަނީ ހިންހަމަނުޖެހުމެެވެެ. “ޕިސް ޕިސް އޭ، އުލްވީ ދެންމެެ އަހަންނާއި ދިމާލަށް ދެލޯ އަޅާލި ގޮތުން ހީވަނީ ހުރިހާ އެއްޗެއް އެނގިގެން އުޅޭހެންް، ނުވިތާކަށްް އެކައިޒާން ގަނޑު ވެސް އެމަންޖެ ގޮވައިގެން ބަޗައިފި ، ދަމުން މަށާދިމާލަށް ދެލޯ ހަނިކޮށްލައިފައި ދިޔަގޮތުން ހީވަނީ ނޮޅާލަފާނެހެން” އިޔާން ބުނެލި ޖުމުލައިން އުލްވީ އަށް ކޮންމެސް ކަމެއް ވެއްޖެ ހެން އަހަންނަށް ހީވިއެވެ. “ޕިސް ޕިސް ، ކުޑަ ކުޑަ އަންހެން އެއްޗެކޭ އެއީ ، އަހަރުމެން ކުރިމަތީގައި އެއްވެސް ވަރެއްް ނޭރުވޭނެ ، ދެން ހުރީ އެކައިޒާން، އޭއްޗަކުގެ އަންހެން ވައްތަރު ކިޑްނެޕް ކޮށްލީމަ ނިމުނީ” ހުޑީ އަޅައިގެން ހުރި މީހާ ހިނިގަނޑެއް ޖަހާލިއެވެ. ” އަންހެން އެއްޗޭ؟ ކާކު، އެސޮރު ހުސްކޮށޭ ހުރީ؟” އިޔާން ބުންޏެވެ. “ސާބަސް ލޯބިވާ އަންހެނެއް ހުންނާނެ ދޯ؟ އެމިލީން؟ އެހުރީނު” ހުޑީ އަޅައިގެން ހުރިމީހާ އަށް ވަރަށް ރަނގަޅަށް ކައިޒާން އެނގޭކަން އަހަންނަށް ފަހުމު ވެގެން ދިޔައެވެެ. އަނެއްކޮޅުން އެމީހުން އެމިލީންގެ ކަރަށް ވައްޓަން މަޅިއެއްވެސް އެބަރާވައެވެ. ނުވިތާކަށް ޖިޒާލް އަށްވެސް ގޮތެއް ހަދާފާނެއެވެ. “ކައެ ގަދައޭ، ކިހިނެއް ހޯދީ؟” ހައްހާ ، އެއީ އެއްވެސް ކަމެއްނޫން” ހުޑީ އަޅައިގެން ހުރިމީހާގެ މޫނުވެސް ހުރީ ނިވާކޮށްފައެވެ. އޭނާގެެ ނަން އެނގޭތޯ އަހަރެން މަސައްކަތް ފެށީމެވެ. އަހަރެން ގެންގުޅޭ ދެވަނަ ފޯނުނަގައި އިންސްޓާ އަށް ވަނީމެވެ. އެކިޔާ އިޔާންނެއް ވަރަށް ފަސޭހައިން އަތުޖެހުނެވެ. ދެން ބަލައިލިއިރު އިޔާން އިނީ ސްޓޯރީވެސް އަޅާފައެވެެ. ހަމަ ދެންމެ ކޮފީ ތަށީގެ ފޮޓޮއެކެވެެ. ޓެގް ކޮށްފައި އިނީ ކޮންމެސް އަލީން އަކަށެެވެެ. އަހަރެން ދެން ކޮންނަން ފެށީ އަލީންއެވެެ. އެނާ ޕްރައިވެޓް ކޮށްފައި އިނުމުން ރެގެއް ޖަހާފައި އަހަރެން ފޯނު ނިއްވާލީމެވެ. އަލީން އަކީ ހުޑީ އަޅައިގެން އުޅޭ މީހާއެވެ. އަހަރެން ދެން މިސްރާބު ޖެހީ ބޭރަށެވެ. އިޔާންމެންވެސް ނުކުމެގެން ގޮއްސިއެވެ. އަސުރަށް ގޮވުމުން ނަމާދުކޮށްގެން އަހަރެން މިސްރާާބުު ޖެހީ ދަނޑަށެވެެ. މިރޭ އުލްވީ އާއި ބައްދަލު ކުރަން ނިންމައިގެން އަހަރެން ހުރީއެވެެ. ކުޅެން އުޅުނު އިރުވެސް ބޯޅަކަށް ސަމާލުކަމެއް ނުދެވުނެވެ. “މާއިޝޫ! ކައެ ކީތްވެފަ ތިހިރީީ؟” ޖިޒާލް އަހަރެންގެ ބުރަކަށީގައި ބޮޑިއެއް އަޅައިލިއެވެ. އަހަރެން ކަމެއް ނުވެޔޭ ކިޔާފައި ކުޅެވޭތޯ މަސައްކަތް ކުރީމެވެ.

އުލްވީގެ ނަޒަރުން

ހަނދުވަރުގެެ އަލިން ޖަރީކޮށްލައިފައިވާ އުޑުގައި އެތަށް ހާސް ތަރިތަކެއް ވިދާ ބަބުޅަމުން ދިޔައެވެެ. ކަޅުކުލައިގެ ޓޮޕަކާއެއްކޮށް ލެދާރ ޖެކެޓެއް ލުމަށްފަހު އަހަރެން ކަޅު ޖިންސެއް ލީމެވެ. ފޯނު ހިފައިގެން އަތިރިމައްޗަށް ދިޔައިރު މާއިޝް ހުރީ އަހަރެންގެ އިންތިޒާރުގައި އައިހެވެެ. “މާޝް އެބައޮށް އެއްޗެއް ދައްކަންވެފަ” އަހަރެން ފޯނު ނަގައި ވީޑިއޯ ޕްލޭ ކޮށްލީމެވެ. މާއިޝް އޭތި ބަލާފައި އޭނާގެ ފޯނުން ވީޑި އޯ އެއް ޕްލޭ ކޮށްލިއެވެ. “އެ ހުޑީ އަޅައިގެން މިރަށުގައި އެއުޅެނީ އަލީން އެއް” މާއިޝް އެހެން ބުނުމުން އަހަރެންގެ އަތް ތުރުތުރުލައިގަތެވެެ. “އަ…އަ..އަލީން އޭ” އަހަރެން އަލީން އަށް ކުރަނީ އަމަށަކު ނަފްރަތެއް ނޫނެވެެ. އެއީ އަހަރެން އެންމެ 15އަހަރުގައި ވަނިކޮށް އަހަރެންނާއި ކައިޒާންގެެ ޙަޔާތް ބަރުބާދުކޮށްލަންް އުޅުނު އަނިޔާވެރިޔާއެވެ. އަލީން ވަނީ އަހަރެންގެ ހަތުރަކަށްވެ ނިިމިިފަަ އެވެ. އަހަރެންގެ ދެއަތް މުއްކެވިގެން ދިޔައިރު އެތާގައި މަޑުކުރަންވެސް ހިތް ނޭދުނެވެ. ނަމަވެސް މާއިޝް އަށް ލިބުނު މަޢުލޫމާތުގައި އެމިލީން ގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތަށް މަދެއްނުވާނެއެވެ. އަހަރެން ވިސްނުމެއްގައިި ހުރެފައި ގެއަށް ދާން މިސްރާބު ޖެހީމެވެެ.

އެމިލީންގެ ނަޒަރުން

ފިހާރައަށް ވަދެ ދެއަތަށް ދެކޮތަޅު ބަރުކޮށްގެން ސިޑީގެެ ހަރުފަތްތަށް ގިރާކުރަމުން އަހަރެން ފައިބަންް މިސްރާބުޖެހީމެވެ. ދެއަތުގައި ބަރުު ދެކޮތަޅު އޮތުމުން އަރިއަޅާލާ ގޮތްވެސް ވެއެވެ. ދުވަމުން ކަހަލަ ގޮތަކަށް ފައިބަނިކޮށް އަހަރެން އަރި އަޅާލައިގެން ވެއްޓެން ދިޔައެވެެ. ވެއްޓިއްޖެއްޔާ ވާނެ ތަދު އިޙުސާސްކޮށްލެވުމާއެކު އަހަންނަށް ހަޅޭއް ލަވައިގަންނަމުން ދެލޯ މަރާ ތަގުޅި ކޮށްލެވުނެވެެ. ނަމަވެސް އަހަރެން ނުވެއްޓި ސަލާމަތްވީ ފިރިހެނެއްގެ އަތުން އަހަރެންގައިގައި ހިފެއެއްޓުމުންނެވެެ. ދެލޯ ހުޅުވާލުމާއެކު ސިހުނީ ޖެހޭ ނުޖެހޭ ކައިރީގައި ހުރި ކައިޒާާންްގެ މޫނު ފެނުމުންނެވެެ. އެ ނޫކުލައިގެ ދެލޮލަށް ގެބެމުން ދިޔަކަމެއް އަހަންނަކަށް ރެއަކާނުލިއެވެ. ނަމަވެސް ހަމަ ޖެހިލަމުން އަހަރެން އެ އަތުތެރޭން ނުކުތީމެވެެ. “ސީރިޔަސްލީ! މީއެންޑް ދެޓް ޖާރކް ، އަހް ފޮގެޓް އިޓް އެމިލީން،” އަހަރެން ކައިޒާން އަކީ ކާކުކަން އިޙުސާސް ވުމާއެކު ތުންއަބުރަމުން ކުދި ކިޔައިގަތީމެވެ. އަހަރެން އުޑުފައިން އިށީންދެ ވެރުނު ކޮތަޅުތައް ނެގީމެވެ. އެއްބައި ކޮތަޅުތައް މަދުހެން ހީވެގެން ބަލައިލިއިރު ކައިޒާން އަތުގައި ހުއްޓެވެ. އަހަރެން ކައިޒާން އަތުން އެކޮތަޅުތައް އަތުލަމުން ދެލޯ އަޅާލަމުން ހިނގައިގަތީމެވެ .

ކައިޒާން ގެ ނަޒަރުން

އަހަރެން އެމިލީންއާއި ދިމާލަށް ބަލައިލަމުން އިސްތަށިގަނޑުގައި އަތް ހިންގާލީމެވެ. ރުޅި އައުމުން އެމޫނު ނުހަނު މައުސޫމެވެ. ހިނިތުން ވެލަމުން ޕެޕްސީ ދަޅެއްނަގައިގެން އަހަރެން މިސްރާބުޖެހީ ގެއަށެވެެ. އޭރު އުލްވީ ހުޑީ އަޅައިގެން ވަގުވަގަށް ގެއިން ނުކުންނަން ދަނީއެވެ. “އެއްކަލަ އޫލީ ، ބުނިންދޯ ބަސްއަހައިގެން އުޅޭށޭ” އަހަރެން އުލްވީ އެކަނި ބޭރަށް ފޮނުވަންވެސް ޖެހިލުންވެއެވެެ. “އެއްކަލަ ދޮންބެ ، ބުނިންދޯ މިއީ ކުޑަކުއްޖެއް ނޫނޭޭ ، އެކަންޏެއްނޫނޭ މިދަނީ ، އެހެރީީ ނު މިއާ” އުލްވީ އަހަރެން ބުނި ރާގުގައި ފަށާފައި އެހެން ދަމުން ދިޔަ މިއާއަށް އިޝާރާތް ކޮށް ގޮވާލިއެވެ. އަހަރެން އަވަހަށްް އައުމަށްބުނެ އެތެރެއަށް ވަނީމެވެ.

އުުުލްވީގެ ނަޒަރުން

“ސާބަސް އޫލީ، ގެއިން ނުކުންނަން ވެގެން ދެއްކި ބަހަނާ، އަހަރެން ނައިނަމަ މިއަދު އޫލީ ޖެހޭނެ ކައިޒާންގެ މަޅީގަ” މިއާ ހޭންފެށިއެވެެ. “އާނ ، މީ އަށް ޝުކުރު! ދޮންބެ މިހާރު ހުންނަނީ މާ އޯވާ ވެފަ” އަހަރެން މިއާ އަަށްް ބަލައިލަމުން އެއްބުމަ ހިއްލައިލީމެވެ. ދެމީހުން ހިގައިފައި ބަނދަރަށް މިސްރާބު ޖެހީމެވެ. އަހަރެން ސިހުނީ ޖޯލީގައި އޮށޯވެލައިގެން އޮތް ޖިޒާލް ފެނިފައެވެ. ފޯނުން މީހަކަށް ގުޅައިގެން އޮތް އިރު ތުންފަތުގައި ދުވެލައިފައި ވި ހިނިތުންވުން ފެނިފައި އަހަރެންގެ ހިތަށް ތަދުވިއެވެ. “އޫލީ؟” މާއިޝް އާއި މީކާލް އައިސް އަހަރުމެން ކައިރީ ހުއްޓެލިއެވެ. “ހުމްމް؟” އަހަރެން ބުނީމެވެ. “ލުވީ؟” ޖިޒާލް އިސް އިފުލާ ބަލައިލިއެވެ. އަހަރެން ބަދަލުގައި އެއްބުމަ ހިއްލައިލީމެވެ. “އޭނ ، މިރޭ ނުކުމެވޭނެތަ؟ އިޔާން މެން އެބަ ކިޔާ އެއްކަލަ އެޕާރޓްމެންޓަށް ދާން” މާއިޝް އެއްސެވެ. “މާޝް ، ކެމެރާތަކެއް ހަރުކުރީ ވަކި ބޭނުމެއްގަ ދޯ؟” އަހަރެން އެހީމެވެެ. “އާނ ދޯ ، އޭތިން މަންޒަރު ރެކޯރޑު ވާނެ ދޯ؟” މާއިޝް އެހުމުން އަހަރެން ބޯ ޖަހައިލީމެވެ. “އެބަ އަންނަން އިނގޭ މިތާ ހުރި ފިހާރައަކަށް ވަދެލާފަ” އަހަރެން މިސްރާބުޖެހީ ފެންފުޅިއެއް ބަލައެވެ. ފެންފުޅި ގަނެގެން ނުކުމެގެން މަގުމަތި ބަލައިލިއިރު އެމިލީން އަތް ހޫރަމުން އާާދެއެވެ. އަހަރެން ސަމާލުކަން ދިނީ އެމިލީންގެ ފަހަތަށެވެ. އޭރު އެއްކަލަ އިޔާން އާއި އަލީން އެމިލީންގެ ފަހަތުން ބޮއްދަމުން ކަހަލަ ގޮތަކަށް އާދެއެވެ. ނަމަވެސް އެމީހުން އެއްލިކަޅިއަކުން އަހަރެން ފެނުނެވެ. އަހަރެން އެމީހުންނާއި ދިމާލަށް ދެލޯ ހަނިކޮށްލުމުން އެމީހުން އައި ކޮޅަށް އަބުރާލައިފައި ހިގައްޖެއެވެ. އެމިލީން އަށް ނަމަވެސް އަހަރެން ވިސްނާލަން ޖެހުނެވެ. މިފަހަރުހެން ކޮންމެ ފަހަރަކު އަހަންނަކަށް އެމިލީންް ސަލާމަތެއް ނުކޮށްދެވޭނެއެެވެެ. އެމީހުން އެމިލީން ކަރަށް މަޅާލަން އެއުޅެނީ ކިހާވަރެއްގެ ނުރައްކާތެރި  މަޅިއެއްކަން އަންދާޒާ ނުކޮށްލެވެއެވެ. “ލީން ، ޓޭކް ކެއާރ ، ބަލައިގެން އުޅޭތި މީގެ ފަހުން ، އެކަނި ބޭރަށް ނުނިކުންނާތި އިނގޭ” އަހަރެން އެހާ އަވަހަށް ސަބަބު ބުނާކަށް ބޭނުމެއްނޫނެވެ. އެކަމުގެ ސަބަބުން އެމިލީންގެ ކިޔެވުމަށް ބުރޫ އަރާކަށް އަހަރެން ބޭނުމެއް ނޫނެވެ. “ކީތްވެ ، ކުއްލިއަކަށް” އެމިލީންގެ ސުވާލަށްް ޖަވާބު ދިނުމެއް ނެތި އަހަރެން މިސްރާބުޖެހީ މިއާ ކައިރިއަށެވެ.

އިިިިިިިޔާންގެ ނަޒަރުން

“އަހަންނަށް ނުލިބުނު އުލްވީ ވަކި އެހެން މީހަކަށް ނުލިބޭނެ” އަލީން ބިމުގައި ދެފައިން ތަޅައިގަތެވެ. “ނުވިތާކަށް އަހަންނަށް ލޯބި ނުދެވުނުއިރު އަހަރެންގެ އުފާތަކަށްވެސް އެބަ ހުރަސް އަޅާ، ބަޔަކު އެކަން ތަހުޤީޤުކުރާކަން ބޮސް އަށް އިނގިއްޖެއްޔާ އަހަރުމެންނަށް އެދޭ ލާރިގަނޑެއްހާ ހިސާބުވެސް ނުދޭނެ” އަލީން ގެ ދެއަތް ވަނީ މުއްކެވިފައެވެެ. “އުލްވީ އަހަންނަށް ލޯބި ނުދެވޭއިރު އަހަރެންގެ އުފާތަކަށް ހުރަސް ނޭޅިއްޔާ ކީއްތަވަނީ.. އޭނާ ސަލާމަތުން ބެހެއްޓިއްޔާ ނިމުނީނު ، ދެންމެވެސް އެމިލީން ހައްލާލައިގެން ގެނެވުނީހޭ އުލްވީ ނެތްނަމަ” އަލީން އަހަންނަށް ބަލައިލިއެވެ. “އާނ ، ވަރަށް ކައިރިން ، ދޯ ދެންމެވެސް ، އެންފަހުން ކިތަށް ޕެކެޓް ކަލެއަށް ލިބުނީ ، ބޮސް އޭއްޗެހި ބޭނުންކޮށްލީމަަ ނިމުނީ ، އަހަރުމެންނަކީ އަޅުން ތަކެއްފަދަ ، އެކަމަކު އެދޭ ލާރިގަނޑާ ބަލާފަ ދެން ރަނގަޅުތާ، އެމިލީން & ކައިޒާން ، ގެޓް ރެޑީ ޓު ގޯ ޓު ހެލް!!” އަހަރެން އެހެން ބުނެލިއިިރު ތުންފަތުގައި ދުވެލީ މަކަރުން ފުރިގެންވާ ހިނިތުންވުމެކެވެ. “އާނ ، އެހެން ޕްލޭނެއް ރާވަން ވީ؟ ބޮސްކައިރީ ބުނާނަންތަަ؟ ” އަަލީން އެއްސެވެ. “އަލީން މޮޔަ ވީތަ؟ އޭރު އަހަރުމެންނަށް އެތިކޮޅެއް ނުލިބޭނެ ތާނގަ ، ފައިސާ ބޮޑިއެއްވެސް ނުލިބޭނެ” އަހަރެން ހިތްހަމަނުޖެހުނެވެ. “ހާލަކުން ދޯ އެތިކޮޅު ރާއްޖެއަށް އެތެރެ ކުރެވެނީވެސް،” އަލީން ވިސްނާލިއެވެ. އަހަރުމެން ގޮސް އަހަރުމެން ތިބެން ހަމަޖެހިފައިވާ ހޮޓަލަށް ވަނީމެވެ. “އަލީން ، އިޔާން ، މީ ގޭންގަށް ވަން މީހެއް ، ލާމިއު ” ބޮސް އަހަރުމެންނަށްް ލާމިއު ތަޢާރަފް ކޮށްދިނެވެ.  ބޮސް ފަހަތުން އަހަރުމެން ލާރި ގެންގުޅޭ ކޮޓަރިގަނޑަށް ވަނީމެވެެ. ދިވެހި ނޫޓާއި ޑޮލަރެވެ. ކޮންމެ މީހަކަށް ލާރި ބޮޑިއެއް އެއްލަމުން ގޮސް އަހަރުމެންނަށް އެއްލިއެވެ.

ލާމިއު ގެ ނަޒަރުން

އަހަރެން އެލާރީގައި ހިފާނަންތޯ ނުހިފާނަންތޯ އިނީމެވެ. ރަނގަޅަށް ވިއްޔާ ގޭންގަކީ ކޯއްޗެއްކަމެއްކަންވެސް އަހަންނަކަށް ނޭނގެއެވެ. ލާރި ބައިވަރު ލިބޭނެ ކަމަށް ބުނުމުން އަހަރެން އެއްބަސްވީއެވެ. ނަމަވެސް އައީ މި މަޤްސަދުގައި ކަމުން އޭގައި ހިފީމެވެ. އެންމެން ގޮސް ޖައްސާލީ އެތާހުރި ސޯފާގައެވެ. “ލާމިއު ، ކުޑަ މަސައްކަތެއް ކޮށްދީބެ” ބޮސް އެދުނެވެ. އަހަރެން ބޯ ޖަހާލުމުން ބޮސް ދިނީ ކުޑަ ޕެކެޓެކެވެ. ހަތަރު ފަރާތުުން ޓޭޕް ދަމާފައި ވާއިރު އޭގެ ތެރޭގައި ހުރީ ފުށް ގޮތަށްހުރި ހުދުކުލައިގެ ކުޑިތަކެއް ފާޑު އެއްޗެކެވެެ. “މީތި ގެންގޮސް މަަ ބުނާ ހޮޓަލަކަށް ލާދީބެ ، އެކަކަށްވެސް ނުދައްކާތި” އަހަރެން ބޯ ޖަހާލީމެވެ. ބޮސް ފަހު ޖުމުލަ ބުނީ މަލާމާތުގެ ރާގަކަށެވެ. އަހަރެން އެބުނާ ޕެކެޓެއް ކުޑަ ދަބަހަކަށް ލައިގެން ހިނގައިގަތީމެވެ. އެމަގުގެ ކަންމަތީގައި ހުރީ އެންމެ މީހެކެވެ. އަހަރެން އެ ޕެކެޓް މީހަކަށް ފެނިއްޖެއްޔާ ވާނެ ގޮތް ބަލައިލަންް ބޭނުންވިއެވެ. އެހެންކަމުން އެ ޕެކެޓް ނަގައި އެމީހާ އަށް ދައްކައިލީމެވެ. ކުރެވުނީ ކިހާ ވަރެއްގެ ކަމެއްކަން އަހަރެންނަކަށް ރެއަކާނުލިއެވެެ. އެމީހާގެ މޫނުމަތިން ފެނުނީ ހާސްކަމެވެ. ވަގުތުން ފޯނުގައި ފިތްތަކަށް ފިތްތަން ފެށިއެވެ. ކުއްލިއަކަށް އެމީހާގެ މޫނުމަތީގައި މީހަކު ފޮތިގަނޑެއް އެޅިއެވެ. އެމީހާގެ ފަހަތުން ނިކުތްމީހާގެ މޫނުމަތީގައި ވަނީ ރުޅިވެރިކަމާއި ނަފްރަތެވެ.

ނުނިމޭ…؟…

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Galaxy Quinn

Level 110 Stories

Other Articles

Previous

ލޯބި ވެވުމުން 8

Next

ތި ލޯބި-5

Next
February 18, 2022

ތި ލޯބި-5

Previews
February 18, 2022

ލޯބި ވެވުމުން 8



All Right Reserved!