Skip to content
އެސްފިޔަ

ލޯބިވާނަމޭ އުމުރަށް 3

ރޭގަނޑުގެ ވަގުތެވެ.ލައިބާ އޮތީ އިސްރާ މެނާއެކީ ޕަބްޖީ ކުޅޭށެވެ.

“އޭ މިއޮތީ ޑްރޮޕް..އާދޭ މިތަނައް…އޭ ބަލައިގެން..އެނެމީސް އުޅެފާނެ..”ލައިބާ އެހެން ބުނިތަނާ ކޮޓަރި ދޮރު ހުޅުވާފައި ލައިބާގެ އަންހެން ކޮއްކޮ ލައިޝާ ވަދުނެވެ.”ކީކުރަން ތިއައީ ދޮންތި ކޮޓަރިއަށް؟”ލައިބާ ޕަބްޖީގެ ސްޕީކާ އާއި މައިކް އޮފްކޮށްލިއެވެ.”އައިގެ ޗާޖާ ދެކުނިންތަ؟.އެ ގެއްލިގެން”ލައިބާ ނުފެނެއޭ ބުނުމުން ލައިޝާ އެކޮޓަރިން ނިކުތެވެ.އަނެއްކާ ވެސް ލައިބާ ޕަބްޖީ ކުޅެންފެށިއެވެ.

“އޭ ލައީ.. އާޒިމް ބުނެފި ޔޫގެ ޕަބްޖީ އައިޑީ ދޭށޭ..”އިރުގަނޑެއް ފަހުން އިސްރާ އިނދެފައި ކުއްލިއަކަށް ބުންޏެވެ.އެވަގުތު ލައިބާގެ މުޅި ގައި ފިނިވިއެވެ.ލައިބާއައް މިވާގޮތެއް ނޭނގެއެވެ.

“ހުން.. ކޮން ދޮގެއް ހަދާކައް މަށަށް އިނގޭ އޭނައެއް ނުބުނާނެކަން.”ލައިބާ ކަރުކެހެލިއެވެ.”ނޯ ހަމަ ހުވާ އޭނަ ބުނި..އޭ މަ ދާންޖެހިއްޖެ..މިއޮއް މަރުވީ..ބައި މިރޭ އަރާނަން ކުޅެން..”އިސްރާ އެހެން ކިޔާފައި ފޭބުމުން އުޔޫނާ އާއި އައިރާ ލައިބާ އާއި ދިމާކުރަން ފެށިއެވެ.

1 ހަފްތާ ފަސް

ފަތިހުގެ ހިތްގައިމު ވަގުތެވެ.މަގުތަކުގައި މީހުން ގިނަކަމުން އިސްރާ ލައިބާގެ ގެއަށް ދިޔައީ ދަށް މަގުންނެވެ.

“ޒައިނައްތާ..ކޮބާ ލައީ..”.އިސްރާ ވަތްއިރު ޒައިނާ ބޯކިބަލެއް އަޅަން އުޅުނެވެ.”ވެއްޖެ ފެންވަރަށޭ ކިޔާފަ ދިޔައީ…ކޮބާ އުޔޫނާ އާ އައިރާ..ނާދޭތަ..؟””އާނ އަޅުގަނޑު ދިޔައިރު އެދެމީހުން ޝޯލް އަޅަނީ އެހެންވެ އެމީހުން ބުނީ އިހައް ލައި ބަލާ ދާށޭ..”އިސްރާމެން ރައްޓެހިންނާއި ވާހަކަ ދައްކާއިރު އަހަރެން ކިޔަސް ބޮޑެތި މީހުނާއި ވާހަކަ ދައްކާނީ އަޅުގަނޑު ކިޔާފައެވެ.

“ލައީ..އައްދެ ރެޑީ ވެވިއްޖެ ދޯ..މަހީކުރީ އަނެއްދެމީހުނައް ވީ ވަރުކަމައް ވާނީ..ވާވް ލައި މޭކަޕް ކުރީމަ ވަރަށް ރީތި މާޝާ ﷲ”އިސްރާ ލައިބާއަށް ތައުރީފު ކޮށްލުމުން ލައިބާ ލަދުގަތެވެ.”އެނީވޭސް އީދު މުބާރިކް ޓު މައި ފެވަރިޓް ޒައިނައްތަ އެންޑް ލައި”އިސްރާ ލައިހާ އަތައް ހަދިޔާއެއް ދިނެވެ.ޒައިނާއާއި ލައިބާވެސް އީދު މުބާރިކް ކިޔެވެ.

“ދަރިފުޅާ.. އިސްރާ މެން އެންމެން ގެންނައްޗޭ ސައިބޯން..ދެންދޭ އީދު ނަމާދައް އެއޮށް ފަށަނީ..”

-ނުނިމޭ-

Comments (1)

  1. Lily

    Hope you all like it.sorry for submitting this part late.❤️

Comments are closed.