Skip to content
އެސްފިޔަ

ލޯބިވާނަމޭ އުމުރަށް 2

މެންދުރުގެ އެންމެ އަވި ބާރު ވަގުތެވެ. ލައިބާ އިނީ ދިވެހި ވާހަކަފޮތެއް ހިފައިގެން ވާހަކަ ކިޔާށެވެ.ލައިބާއަކީ ވަރަށް ދިވެހި ވާހަކަ ކިޔާހިއްވާ ކުއްޖެކެވެ.އެހެންކަމުން ދުވާލަކު ވާހަކަ ފޮތެއް ލައިބާއަށް ގަނެދޭން ޖެހެއެވެ.

“ލައީ..މިއޮއް އައީ އިސްރާމެން.. އެގޮއްޔެ މެނަށް ގަޑިކިޔާފަ ލައި ތީނީ ރެޑީވެސް ނުވެ..”ޒައިނާ ބަދިގޭން އެހެން ގޮވާލުމުން ލައިބާ އަވަހައް ރެޑީ ވާން އުޅެން ފެށިއެވެ.އިސްރާ އާއި އައިރާ އަދި އުޔޫނާ އަކީ ލައިބާގެ އެންމެ ގާތް ތިން ރަހުމަތްތެރިންނެވެ.މިއަދަކީ ބަންދު ދުވަހެއް ކަމުން އެންމެން ނިންމާފައި ވަނީ އެރަށުގައި ހުންނަ ޖޫގޯ ވިއްކާތަނައް ދާށެވެ.

“ޕިސް ޕިސް އެވަރުން ބުނީމަވެސް ރެޑީއެއް ނުވަންދޯ..އަދި މީ ތަތްމަރެއް..އަވަސް ކުރޭ ނޫނީ އަހަރުމެން މި ދަނީ..”އިސްރާ އައި ގޮތައް އައިސް ފަތިވަރެއް ދަމާލިއެވެ.”ޕިސް މި ނިމެނީއޭ..މަމީ ތިމީހުން ހެން މޭކަޕް ކުރާމީހެއް ނޫނޭ..ބުރުގާ އެޅީމަ ނިމުނީ..”

ލައިބާ ބުރުގާ އަޅާ ގަޔަށް ސެންޓު ކޮޅެއް ޖަހާލައިގެން ޒައިނާ ކައިރީ ދަނީއޭ ބުނެފައި ރުފިޔާ ޖީބައް ލަމުން އެންމެނާ އެކު ހިނގައިގަތެވެ.ހަވީރުގަޑިކަމުން ރަށުތެރޭ މީހުން ގިނައެވެ.

ޖޫގޯ ގަންނަން ގޮސް އެތަނުގައި އިން ކުއްޖާ އަތައް ރުފިޔާ ދިނުމައް ފަހު އިސްރާ ފަސް ޖޫގޯއަށް އޯޑަރު ދިނުމުން އެންމެން ވެސް ހައިރާންވެފައި ބަލައިލި އެވެ.”ކޮން ފަސް ޖޫގޯއެއް؟”އުޔޫނާ އަށް ނުހުރެވިގެން އެންމެ ފަހުން އަހާލިއެވެ.”އަލާ މަ ހަނދާންނެތުނީ ތިމީހުން ކައިރީ މަ ބޭބެއެއް އަންނަ ވާހަކަ ބުނަން.. އެނގެއެއްނު އާޒިމް..އޭނައެއައީ ހުޅުމާލޭން ކިޔަވަން އުޅެފަ…ދެން އެ ބަދަލުވީ މިރަށަށް.. ހަނދާން އެބަހުރި ދޯ؟”އާޒިމް އޭ ބުނުމުން ލައިބާ ކުޑަކޮށް ހަނދާން ވިއެވެ.”އެހެންތަ އޭނާ އައީތަ؟”އައިރާ ބުންޏެވެ.އިސްރާވެސް އާއެކޭ ކިޔާފައި ޖޫގޯތައް ބަލައި ދިޔައެވެ.

“އޭ..އިސްރާ..”ލައިބާމެން ހިނގައި ގަތްތަނާ މީހަކު ފަހަތުން ގޮވާލި އެވެ.ލައިބާ ފަހަތް ބަލާލައިފައި ހުރެވުނީއެވެ.ރީތި ބާމަތި ފުޅާ ހަށިގަނޑެކެވެ.ބޯ ކަޅުކަންގަދަ އިސްތަށިގަނޑެކެވެ.ރީތިވަރަކައް ދިގު ހަށިގަނޑެކެވެ.

“އާޒިމޫ..އަން މިއޮތީ ޔޫގެ ޖޫގޯ..”ލައިބާ އަށް ހޭވެރިކަންވީ އިސްރާގެ ބޮޑު އަޑުން އެހެން ބުނުމުންނެވެ.

އެއީ ކުރީގެ އާޒިމް އެކޭ އެއްވެސް މީހެއް ނުބުނާނެއެވެ.އާޒިމް ވަނީ އެހާ ބޮޑަށް ބަދަލުވެފައެވެ.

“އާޒިމް މީ އަހަރެންގެ ބެސްޓްފްރެންޑްސް..މީ އުޔޫނާ..މީ އައިރާ ދެން މީ ލައިބާ”އިސްރާ އެހެން ބުނުމުން އާޒިމް ލައިބާ އާއި ދިމާލައް ބަލަހައްޓައިގެން ހުރެވުނީ އެވެ.

“އުހުމް އުހުމް.. ދެމީހުން އެއްބަސް ކިޔައިގެން އެއްކުލަ ކޮއްލައިގެން ތަ؟”އާޒިމް އައް ހޭވެރިކަންވީ އިސްރާ ކަރު ކެހިލުމުންނެވެ.ކަންދިމާކުރިގޮތުން ދެމީހުނައް ވެސް ތިބެވުނީ ދަނބުކުލައިގެ ހެދުމެއް ލައިގެނެވެ.އެހެންކަމުން ލައިބާ ކުޑަކޮށް ރަކިވިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.