އެ ހުވަފެންް – 4
ނިދާ ހެދުން ބަދަލުކޮށްލައިގެން ދޮރު ހުޅުވިއިރު އަހަރެންގެ ތުންފަތުގައި ދުވެލީ ހިނިތުންވުމެކެވެ.
“ޝައްލޫ” އަހަރެން ކުޑަ ކުޑަ 2 އެހަރުގެ މިޝަލް އުރާލީމެވެ. “އޫލީ ނިދަނީތަ” މިޝަލްގެ މަންމަަ އަޒްރާ އަހާލިއެވެ. “އާނ ނިދަންވެގެން އޮތީ، ޝައްލު އައީމަ ދެން މިރޭޭ ނުވެސްް ނިދޭނެ ދޯ، ކޫތި މެން ކޮންއިރަކު އައީ ކޮބާ ތިއްތި؟” އަހަރެން އެހީމެވެ. “މިއަދު އިރު އޮއްސެނިކޮށް އައީ، ތިއްތި އަންނަނީ 5 ޑޭސް ފަހުން” އަޒްރާ ބުނެލިއެވެ. މީީޒާާންް އަކީ އަޒްރާގެ ފިރިމީހާއެވެ. އަދިި އަހަރެން މަންމަގެ ކޮއްކޮއެވެ. “ދޮނީީ މަތިން ކޮއްކޮ ހަނދާންވިއޭ” މިޝަލް ލޯބި ލޯބި އަޑުން އެހެން ބުނެލުމުން އަހަރެންގެ ހިތްް ލޯބިން ފުރުނެވެ. “އަސްލުވެސް، ދޮނީ ވެސް އިނގޭ” އަހަރެން މިޝަލް ކޮލުގައި ހިފާލީމެވެ. “ދެން ރަނގަޅުތަ ހުރިހާ ކަމެއްވެސް؟” އަޒްރާ އަހާލިއެވެ. “ކޫތި ދެން އަނެއްހެން ބުނާނަމަ ރަނގަޅު” އަހަރެން ޖަވާބުދިން އިރު ޖިޒާލް މަތިން ހަނދާންވިއެވެެ. “އަނހާ، އަޒޫ ، ޝައްލު ކޮންއިރަކު އައީ” ގެއަށް ވަދެގެން އައި މަންމަ އަހާލިއެވެ. “ދޮންތަ ހަމަ ދެންމެ މިއައީ މިގެއަށް، އިރުއޮއްސެނިކޮށް ރަށަށް އައީ” އަޒްރާާ ބުންޏެވެ. “ދޮންތާ، އެބައަންނަން ފިހާރައަކަށް ވަދެލާފަ، މިޝަލް ބަލާދީބަލަ” އަޒްރާ އެހެން ބުނުމުން މަންމަ އެންމެ ރަނގަޅޭ ބުންޏެވެ. “އޫލީ މަންމަ އެބައަންނަން ފެންވަރައިގެން، ޝައްލުު އަށް ރަނގަޅަށް ބަަލައްޗޭ!” މަންމަ ކޮޓަރިއަށް ވަނީ އަހަންނަަަށް އަލްވާ އަދި މިޝަލް ބަލަން ޖައްސާފައެވެ. މިޝަލް އަށް މަޑުން ތަނެއްގަައި ފައި ޖައްސާލައިގެން ހުރެވޭ ކަމަކަށް ނުވެއެވެ. އިރުކޮޅަކުން މިޝަލް ގޮސް ކައިޒާން ކޮޓަރި ދޮރުގައި ތަޅައިގަތެވެ. “ދޮންބޭޭ ކޮއްކި ވައްދަބަ،” މިޝަލް ކުޑަޔަަކަސް ބޮޑު އަނގައެއް ދެއްވާފައި އޮންނަ މަންޖެ އެކެވެެ. ކައިޒާން ދޮރު ހުޅުވިއެވެ. “ޝައްލޫ ، ކޮންއިރަކު އަައީީ،” ކައިޒާން އަހާލީ މިޝަލް އުރަމުންނެވެ. އަހަރެންގެ މޫޑު ކެޓީ ކައިޒާންް ފަހަތުން ނުކުތް ޖިޒާލް ފެނިފައެވެ. ޖިޒާލް އަށްް ވެސް އަހަރެން ފެނުމާއެކު ބަލައިލިއެވެ. އަހަރެންް ނުވާ ކަމަށް ހެދިލާފަ ދުރު ބަލައިލީމެވެ. “ޝައްލު ދާންނަންތަ ޓީވީ ބަލަން؟” އަހަރެން ބޭނުންވީ މިޝަލް ގޮވައިގެން ދާށެވެ. “ނޯޯ ، ކޮއްކި ބޭނުން ކުޅެން،” މިޝަލް ބުނެލިއެވެ. ލޯބި ލޯބި އަޑެކެވެ. “ކޮއްކި ރުޅީ ތަ ދޮނީ އާ؟ އަހަރެން އަހައިލީމެވެ. “ރުލި ދޮނީ އާ، ދޮންބެ ފްލެންދެެއްް” މިޝަލް ކައިޒާން ކަރުގައި ބައްދާލިއެެެވެެ. ކައިޒާން އަހަރެންނާއި ދިމާލަށް ދޫނެތް ލައިފާ ވައްތަރު ޖެއްސިއެވެ. އަހަރެން ތުން އަބުރާފައި ގޮސް ގޭތެރޭގައި އިށީނީމެވެ. އޭރުވެސް ޖިޒާލްގެ ނަޒަރު ހުރީ އަހަންނަށް ކަމުން އަހަރެންގެ މޫނަށް ޖަންބު ކުލަ ފާއްދާލިއެވެ. “ކޮބާ ޝައްލު، ކޫތި އެބަދާން ޖެހޭ ގެއަށް މަލާލް އާއި މިލްކާ ކައިރިއަށް ޝަނޫ ދައްތަ ގޮއްސި އޮފީހަށްވެސް” މަލާލް އާއި މިލްކާ އަކީ ވެސް އަހަރުމެންގެ ކަޒިންސް އެވެ. އަހަރެން މިސްރާބު ޖެހީ މިޝަލް ބަލާ ދިޔުމަށެވެ. “ޝައްލޫ، ހިނގާބަލަ ސަޕްރައިޒެއް ދޭން،” އަހަރެން މިޝަލް ހައްދާލަން އުޅުނީ އޭނަ މިގެެއަަށް ވަދެއްޖެއްޔާ ނެތްލަން ފަސޭހަ ނުވާނެތީއެވެ. “އޭނ އޭނަ ބައިންދާ” ކައިޒާން ނެތްލީ އަމުރެކެވެ. “އޭނ ކޫތި ބުނިއްޔޭ ގޮވައިގެން ދާށޭ” އަހަރެން ކަައިޒާން ކަންފަތް ދޮށުގައި ބުނެލީމެވެ. ކައިޒާން ހުމް އަޅުވާލިއެވެ. މިޝަލް އަހަރެންގެ އަތުތެރެއަށް އައުމުން އަހަރެން ގޮސް ކޫތި އަތަށް ދިނީމެވެ. “ނޫންް ، މަންްމި ދޮނީ ކައިރިއަށް” މިޝަލް ރޮއެގަތެވެ. “ޝައްލޫ، ދޮނީ ދާނަން މާދަމާ ޝަލް ކައިރިއަށް އިނގޭ” އަހަރެން އަތުން ހަނާ އަޅާލީމެވެެ. ދޮރު ލައްޕާލުމަށްފަހު އަހަރެން އެތެރެއަށް ވަންނަންް މިސްރާބު ޖެހިގަޑީގައި ޖިޒާލް ހުރީ އަހަންނާއި ޖެހޭ ނުޖެހޭ ކައިރީގައެވެެ. އަހަރެން ސިހުމުން ޖިޒާލް އެއްފަރާތަކަށް ޖެހިލަމުން ޖީބަށް އަތް ޖަަހާާލިިއެވެެ. “އޫލީ ، ދޭބަލަ އައްލު މެންނަށް ކާން ދޭން ދެޕެކެޓްް ނޫޑުލިސް ހިފައިގެން އަންނަން” މަންމަ ކޮޓަރީގައި ހުރެފައި ގޮވާލިއެވެ. އަހަރެން ބޭރަތް ނުކުންނަ އިރަށް ޖިޒާލް ވެސް ނުކުތެވެ. “ނީޑް އަ ލިފްޓް” ޖިޒާލް ސައިކަލަށް އަރަމުން ބުނެލިއެވެ. “ތެންކްސް ، ބަޓް ނޯ” އަަހަރެން ހިތާ ދެކޮޅަށް ބުނީމެވެ. “ލުވީ ހަނދާން ނެތުނީތަ ކުރިން ރޭ ވީގޮތް، އަނެއްކާ މާދަން ޕިކްނިކް އަށް ގޮސް ތި ލޯބި މޫނު ނުފެންނަންޏާާ އަަހަރެން ކިހިނެތް އުޅޭނީ” ޖިޒާލް ފަހު ޖުމުލަ ބުނެލި އިރު އަޑުގައި ވަނީ ލާނެތް ކަމެވެ. އަހަރެން މޫނު ރަތްވާން ނެގީ ހަމަ ކުޑަ ސިކުންތު ކޮޅެކެވެ. “ދެންވެސް އަރާބަ” ޖިޒާލް އަނެއްކާވެސް އެދުނެވެ. އަހަރެން ހިތާ އެއްކޮޅަށް އެންމެ ފަހުން އެރީމެވެ. “ބާރަށް ހިިފަައައްޓާތި ، ވަޔާ ގޮސްދާނެ” ޖިޒާލް ބުނެލި ޖުމުލައިން އަހަރެންނަށް ހެވުނީ އެއްވެސް އިޙުތިޔާރަކާާ ނުލައެވެ. އަހަރެން މަޑުު މަޑުން ދެ އަތް ގެންގޮސް ޖިޒާލްގެ އުނަގަނޑުގައި އަޅުވާލީމެވެ. އެއާއެކު ޖިޒާލްގެ މޫނު މައްޗަށް ވެރިވި ހިނިތުންވުން ލޯގަނޑުން އަހަންނަށް ފެނުނެެެވެެ. ފިހާރައަށް ވަދެފައި ނޫޑުލިސް ހިފައިގެން ނިކުމެ ސައިކަލަށް އެރިތަނާ ލައްވާލީ ޖިޒާލްގެ ކުލާސް ކުއްޖަކާއެވެ. އަހަރެންގެ ވެސް އެކުވެރިއެކެވެ. އީކާލް އެވެ. “އޭ ޖިޒޭ ކޮންކަމެއް ތީ؟” އީކާލް އައީ އަހަރުމެން ކައިރިއަށެވެ. އޭނައަށް އަހަރެން ފެނުނީ އިރުގަނޑެއް ފަހުންނެވެ. “އޫލީ؟ ކައެ އާ ޖިިޒޭޭ އާ، އާނ ކުޑައިރުއްސުރެ އަޅުވާ ކިޔާާ ދޭއްޗޭ ދޯތީީ” އީކާލް ބުނެލީ މަޖާ ވެލާފައެވެެ. “ހުމް ދެން،” ޖިޒާލް އަހާލިއެވެ. “ކީތްކުރަނީ ތިޔަ، ކޮބާ އާއްކޮ؟ ” އަހަރެންް އީކާލް ކައިރީ އެސުވާލު އެހީ އާރާ އައީ އަހަރެންގެ ވަރަށް ގާތް އެކުވެރިޔަކަށް ވުމުންނެވެ. “އެބައިން ފްރީ ފަޔާ ކުޅެން ، ކައެމެން މިހާރުު އޮންވެސް ނުވެޔޭ، އެހެންނެއްނު ވާނީ ، ބިޓު ގޮވައިގެން ކޮންމެ ރެޔަކު ފިނިބުރު ޖަހަންދާން ޖެހޭ ވިއްޔަ” އީކާލް ބުނެލިއެވެ. ޖިޒާލް މީ ބިޓެއް ނޫނޭ ކިޔާފައި ސައިކަލު ސްޓާރޓް ކޮށްލިއެެެވެެ. އަހަރެން ގެއަށް ވަންނަން މިސްރާބުޖެހީ އާދެވުނީމައެވެ. “ތެންކިއު އޭވެސް ނުބުނާނަން؟ ” ޖިޒާލް އެއްސެވެ. “ތެންކިއު ” އަހަރެން ހީލަމުން އެހެން ބުނެފައި ގޮސް ގެއަށް ވަނީމެވެ. އެއްޗެހި ބަދަލު ކޮށްގެން އަހަރެން ނިދާލީމެވެ.
އަނެއްދުވަހު ފަތިހު 5 ޖެހީއެވެ. އަހަރެން ތެދުވެ މޫނުދޮވެގެން ދަތުރަށް ތައްޔާރުވާން ފެށީމެވެެ. ލިވަރޕޫލް ޖާރޒީ އަކާއި ކަޅު ސްކިނީ އެއް ލުމަށްފަހު އަހަރެން އިސްތަަށިިގަނޑު ދޫކޮށްލީމެވެ. ބޮލުގައި ތޮއްޕެއް އަޅައިގެން ކުޑަވަރެއްގެ ދަބަހެއް ހިފައިގެން ނުކުތް އިރު ކައިޒާން ވަރަށް ހަމަޖެހިލައިފާ ކޮފީތައްޓެއް ހިފައިގެން ޓޮމް އެން ޖެރީ ބަލަންއިނެވެެ. ދޭތެރެއަކުން ހިނިގަނޑެއް ޖަހާލައެވެެ. އަހަރެން ވެސް ކޮފީ އެއް ހަދައިގެން ޓީވީ ދޮށުގައި އިށީނީމެވެ. ހަގަޑި ފަނަރަވީީ ތަނާ މިކިޔާލް އައެވެ. “އޭތް އެއޮތް ފަނަރަވީ މިހާރު! އަވަސް ކުރޭ، އަދި ހަމަ ޖެހިލައިގެން ދޭތި އެބައިނޭ ޓޮމް އެން ޖެރީ ބަލަން ، ކޮންބައެއް ތިބަލަނީ” މިކިޔާލް ފަތިވަރު އަމުނާފައި އައިސް ކައިޒާން ކައިރީ ޖައްސާލިއެވެ. އޭނަވެސް ދެން ޓީވީ ތެރެއަށް ވަދެ ހުސްވިއެވެެ. ފަންސަވީހުގައި ޖިޒާލް މާއިޝް އަދި މީކާލް އައިސް ދޮރު ހުޅުވިއެވެ. “މި ދޭތި ބަލާއައި މީހާ ވެސް ޓޮމް އެން ޖެރީ އަށް ވަދެ ނިމިއްޖެ އެންނު.، ” ޖިޒާލް ބުނެލިއެވެ. އަހަރެންނަށް އެމީހުން ދައްކާ ވާހަކަ އަޑުނީވޭ ކަހަލައެވެ. ހޭވެރިކަމެއްވީ މާއިޝް ޓީވީީ ނިއްވާލުމުންނެވެ. “ދެން މާޝޫ ، އެންމެ ފައްކާ ތަން ކޮޅޭ” އަހަރެން ބުނީމެވެެ. ” ތި އަލިފު ސުކުން ނުޖަހަ ކިޔާބަލަ ފައްކާ” މާއިޝްް ހީލަމުން ބުނެލިއެެވެެ. އަހަންނަށް ވަގުތުން އެއީ ކޯއްޗެއްކަން ނަގައިގަނެވުނެވެ. ބޯހޫރާލަފައި ނުކުތް އިރު އެމިލީން މެން ތިބީ އައިހެވެ. އެމީހުންނާ އެއްކޮށް އަހަރެންް މިސްރާބު ޖެހީ ބަނދަރެށެވެެ. އޭރު ފިރިހެން ގުރޫޕުވެސް ކޮންމެސް ނުލަފާ އެއްޗެކޭ ކިޔަމުން އާދެއެވެ. އަހަރުމެން އަޅާނުލީ އެއީ އެމީހުންގެ ވައްތަރު ކަމަށް ވުމުންނެވެ. އެންމެން ޑިންގީއަށް އެރުމާއެެކުު ޑިންގީ ދުއްވާލިއެވެެ. ނޫ އޮމާން ކަނޑުގެ ލޮނުގަނޑު ކަފަމުން އައި ޑިންގީގެ މިސްރާބަކަށް ހުރީދުރުގައި އޮތް ފަޅުރަށަކަށެވެ. ފަތިހުގެ ފިނިކަމާއި ތެތްކަން މުޅި ފަޒާތެރޭގައި ހިފާލައިފާވެއެެވެެ. މަޑު މަޑު ވައިރޯޅިތައް އައިސް އަހަރެންގެ ހަށިގަނޑުގައި ބީހިލައިފައި ދިއުމުން ލިބޭ ހިތްހަމަޖެހުން އިހުސާސް ކުރެވެއެވެ. މާގިނަ އިރު ނީދެ އަހަރުމެންނަށް އެފަޅުރަށަށް އާދެވުނެވެ. އަހަރެން މަޑު ދޮން ފަސްގަނޑު ގައި ފައިބީއްސާލުމާއެކު ލިބުނީ އާދަޔާޙިލާފް ހިތްހަމަޖެހުމެކެވެ. މަޑު މަޑުން ހިނގައިލައިފާ އައިސް ދޮންވެލިގަނޑުގައި އިށީނީމެވެ. “އޫލީ ، އޭ، ތިހެން އަރާމުގައި ނީދެވޭނެެ ، އާދޭ ޓެންޓު ޖަހަން” އެމިލީން އައިސް އަހަރެންގެ އަތުގައި ހިފާ ދަމައިގަތެވެ. ޓެންޓު ޖެހުމަށް ފަހު އަންހެން ކުދިން އުޅުނީ ނާސްތާ ތައްޔާރު ކުރާށެވެ. ފިރިހެން ކުދިންތައް ވަލަށް ވަދެފައި އައީ ކުރުބާ އިހަލެއް ކަޑާލައިގެންނެވެ. “އޭ، އޫލީ އާދެބަ” ކޮށަން އުޅުނު ފިޔާ އެމިލީން އަތަށް ދިނުމަށްފަހު އަހަރެން ގޮސް ކައިޒާން ކައިރީ ހުއްޓުނީމެވެ. “އެތާ އެބަހުރި ފާރެއް، އެތަނާ ވާގޮތަށް އެބަހުރި ފޭރުގަހެއް، އޫލީ އެތަނަށް އަރާފަ 10 ފޭރު ބިދެބަލަ،” ކައިޒާން އެއްސެވެ. “އައްޗި ، ފީ ފިރިހެނުން ތަކެއް ދޯ މިއައީ، ގަހަކަށް ވެސް ނޭރެ” އަހަރެން މަލާމާތް ކޮށްލީމެވެ. “ދޮންބެ މިއުޅެނީ ބުރަކަށްޓަށް ތަދުވާތީ ، ދެންތިބި މީހުން އެދިޔައީ ކުރުބާ މަށަން” ކައިޒާން އާ އެއްކޮށް އަހަރެން މިސްރާބު ޖެހީ އެބުނާ ފޭރުގަހަކާ ދިމާއަށެވެ. ފަސޭހަގޮތަކަށް ކުރި ފަޅާފައި ހުރުމުން އަހަރެން ފައިވާން ބަހައްޓާފައި އަރަން ފެށީމެވެ. 10 ފޭރު ބިދެފައި އަހަރެން ފާރު މަތީގައި ޖައްސާލީ ފައިބާ ހިތް ނެތުމުންނެވެ. “އޭތް އޫލީ ނިމިއްޖެއެއްނު، ނުވެއްޓެނީސް ފައިބާ” ކައިޒާން ހަޅޭއްލަވައިގަތެވެ. އަހަރެން ހުމް އަޅުވަމުން ވަކި ހިސާބަކަށް ފައިބައިފާ ފުންމާލީމެވެ. ކޮތަޅަކަށް ބިންފޭރުތައް އަޅައިގެން ކައިޒާންް އާއެކު ގޮސް ހުއްޓުނީ އެމިލީން މެން ކުރިމަތީގައެވެ. “ސައިބޯން އާދޭ،” އެމިލީން ގޮވާލިއެވެ. މިކިޔާލް މެން ކުުރުބާ ހަދައިގެންް އައިސް އެތާ އިށީނެވެ. މަސްހުންޏާއި ރޮށި ހުރިއިރު ކައިޒާން ފޮނިކަމުން ވަޅޯމަސް އަޅާފައި ހުރީތީ ނުކާން ބޮޑާހޭކިއެވެ. އަހަރެން ގެނައި ޗިޕްސް ދަޅު ކައިޒާން އަތަށް ދިނުމުން އޭނާ އިނީ އޭތި ކާށެވެ. އެންމެން ސައިބޮއެގެން ކުޅިވަރު ކުޅުމުގައި ޝާމިލް ވިއެވެ. އިރުކޮޅަކުން އެެންްމެެންް މިސްރާބު ޖެހީ މޫދަށެވެ. ފިރިހެން ކުދިން ތަން ކޮޅެއް ބޭރަށް ދިޔައިރު އަހަރެން ފަތަން އިނގޭތީ ޝަޒްހާ އެކީ ބޭރަށް ދިޔައީމެވެ.
ކައިޒާން ގެ ނަޒަރުން
އެންމެެންް ސަކަރާތް ޖެހުމުގައި ޝާމިލް ވިއިރު އަހަރެންގެ ނަޒަރު ހުރީ ފެހިޓީޝާރޓެއް ލައިގެން ރާޔާ އާއި އައިލީޝް އާ ވާހަކަދައްކަން ހުރި އެމިލީން އަށެވެ. މޫދަށް އެރުމުގެ ސަބަބުން ޓީޝާރޓް ގައިގައި ތަތްލަވާފައިވާއިރު ގައިގެ ވަނާތައް ފެނި ފިރިހެނަކު މޮޔަވެދާނެއެވެ. އެމިލީން އަށްވެސް އަހަރެން މާގިނައިން ބަލާތީ ރެއަކާލީ ކަންނޭނގެއެވެ. އޭނާ ދިޔައީ އަޑިއަށެވެެ. އިރުކޮޅަކުން ބަލައިލިއިރު އެމިލީން ފަތާލައިފައި ގޮސް އެއްގަމަށް އަރައިފިއެވެ. ފަހަތް ބަލައިލައިފައި އޭނާ މަޑު މަޑު ހިނގާލައިފައި ދުއްވައިގަތެވެ. އަހަރެން ވެސް އަޑިން ފަތާލައިފައި އެއްގަމަށް އަރައިފައި އެމިލީން ފަހަތުުުުން ދުއްވައިގަތީމެވެ. “އެމިލީން”
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.


Can’t wait
Alhey plz next part vrh avahah up kohdhehchey mihaaru vx kiyaahithun kehvani keen eh noon
އަޅެ ހާދަ މޮޅު ތަނަކަށޭ ނިންމާލީ ދެން.. ވަރަށް ރީތި ވާހަކައެއް. އައި ޑޯންޓް ޔޫޝުއަލީ ސޭ ދިސް އެކަމް ވަރަށް މަދު ވާހަކައަށް ނޫނިއްޔާ ކޮމެންޓް އެއް ނުކުރަން?.. ބަޓް ދިސް ސްޓޯރީ ޑިސާރވްސް އިޓް.. އައި ލަވް ހައު ޔޫ ރައިޓް އިޓް ސިސް
nice