އެ ހުވަފެން – 3
އެ އަޑުން އަހަރެން ހީބިހި ނަގައިގެން ދިޔައިރު ދެލޯބޮޑު ކޮށްލެވުނީ ފެނުނު ސޫރަ އަކުންނެވެ.
3 ވަނަ ޕާރޓް
އަހަރެންގެ މޫނުން ހަރުކަށިކަންް ފެނުނު އިރު މާއިޝް ގެ މޫނުމަތި ބަލައިލަން ނުކެެރޭޭވަަރުު ވެއްޖެއެވެ. “ހަމަ މިހާރުު މަގޭ މާޝް ކައިރިން ދުރައްދޭ ކަލޭ” ހަލްކާ ހަޅޭއްލަވައިގަތެވެ. “އޭނ ،ކަަލޭޭ ތީކާކު” އަހަރެން ވަކި ހަލްކާ އަށް ދޫކުރާނަން ހެއްޔެވެ. ” ކަލޭގެ ލަދާ ހަޔާތާ ކޮބާ؟” މާއިޝް ވެސް ހަޅޭއްލަވައިގަތެވެ. “މާޝް!” ހަލްކާ އައިސް މާއިޝްގެ ކުރިމަތީގައި ހުއްޓެލިއެވެ. މާއިޝް ހަލްކާއި ދިމާލަށް ނުވެސް ބަލައެވެ. ދެވަނަ ސިކުންތުގަ މާއިޝް އައިސް ހުއްޓުުނީީ އަހަރެންގެ ކައިރީގައެވެ. “ޝަޒޫ!!” އަހަންނަށް ޝަޒްހާ ފެނުނީ އަތިރިމަތީގެ އެފަޅިންނެވެ. “އާދެބަލަ” ދެންވެސް އަހަރެން ގޮވީމެވެ. ޝަޒްހާ އައިސް ހުއްޓެލިއެވެ. އޭނަ އަށްހަލްކާ ފެނުމާއެކު އަހަރެންގެ ފުރަގަހަށް އައިސް ވަނެވެ. “މާއިޝް!! ސައިބޯން އާދޭ، އަނހާ! އޫލީ އާއި ޝަޒޫ ވެސް އެބަހުރިން ދޯ، ކަލޭ؟؟ ހަލުކާ!!” ޝައިލް އަކީވެސް އަހަރުމެންގެ ކުލާސް ކުއްޖެކެވެ. މާއިޝްގެ ކަޒިންއެކެވެ. އޭނާ ނުކުތީ މާއިޝް މަންމަ ބުނެގެން އޭނަަ ސައިބޯން ބަލައެވެ. “އާނ މަގޭ، ކަލެއަށް ކީތް ކުރެވޭނީ!” ހަލްކާ ދެއަތް އުރާލިއެވެ. “މަށަށް ކުރެވޭނެ ކަމަކީ މާޝް ގޮވައިގެން މިތަނުން ބެޗުން” ޝައިލް ދެބުމަ ގޮށްޖަހާލިއެވެ. “ކަލޭ މަފަހަތުން ނެއްޓެން ވެއްޖެ އެންނު!! ކިހާ ބޮޑު ބަލާއެއް ކަލެއާ ހެދި” މާއިޝް ޝަޒްހާ އަތުގައި ހިފައިގެން އެތަނުން ދުރަށް ދާން މިސްރާބުޖެހިއެވެ. އަހަރެންވެސް އެމީހުން ފަހަތުން ދިޔައީމެވެ. ހަލްކާ ހީވަނީ ފަޅައިގެން ގޮސްދާނެ ހެންނެވެ. ނަފްރަތުގެ ހުޅުގަނޑު އެހާ ބޮޑުވީ މާއިޝް ޝަޒްހާގެ އަތުގެ އަތުގައި ހިފުމުން ތޯއްޗެއް ކަންނޭނގެއެވެ. އިރުކޮޅަކު އެތާ ހުރެފައި ހަލްކާާ ދުރަށް މިސްރާބުޖެހިއެވެ.
ޝަޒްހާގެ ނަޒަރުން
ދުރަށް ދެވުމާއެކު އަހަރެން މާއިޝްގެެ އަތް ފޮޅުވާލީމެވެ. ހަލްކާ އަހަންނަށްް ދީފައިވާ އިންޒާރުތަކާ އަނިޔާތަށް ފިލްމެއް ފަދައިން އަހަރެންގެެ ދެލޯ ކުރިމަތީގައި ފެންނަން ފެށިއެވެ. މާޒީގެ ތެރެއަށް ފުން ނޭވާއެއްލުމަށްފަހު އަހަރެން ފުންމާލީމެވެ.
*****7 މަސް ކުރި*****
އާދައިގެމަތިން އަހަރެން ސުކޫލަށް ދާން ތައްޔާރުވާން ހުރީމެވެ. މިއަހަރަކީ އޯލެވެލް އިމްތިހާނު ހަދާ އަހަރުކަމުން އަހަރެން ކިޔެވުމަށް ކުރިން ނުދޭކަހަަލަ ސަމާލުކަމެއް ދިނުމަށް ހުރީ އަޒުމު ކަނޑައަޅައިގެންނެވެ. ވަގުތު ކުޑަތަންވާތީ އަހަރެން ނުކުތީ ސައިވެސް ނުބޮއެވެ. މަގު މެދަކާ ހިސާބަށް ދެވުނުތަނާ އަހަރެން އުލްވީ އާއި ދިމާވިއެވެ. ދެކުދިން އެކީގައި ގޮސް ސުކޫލަށް ވަނީމެވެ. ކުލާހަށް ވަދެ ހަމަޖެހިލެވުނު ތަނާ މާއިޝް އައިސް އަހަރެންނާ ޖެހިގެން އިންގޮޑީގައި ޖައްސާލިއެވެ. ހަލްކާ މާއިޝްގެ އަނެއްފަރާތުގައި އިށީނަަންް ދިޔަތަނުން އުލްވީ ގޮސް އެތާ އިށީނެވެ. ހަލްކާ ވައްތަރު ޖައްސާލައިފާ ގޮސް އިށީނީ މާއިޝްްގެެ ފަހަތުގައެވެ. އެދުވަހު ލައިބަށްް ދިޔަތަނުން އަހަރެން ފާޙާނާއަށް ދާންޖެހުނެވެ. އަހަރެން ތެދުވެގެން ދިޔައިރު ހަލްކާއިނީ އަހަންނަށް ލޯއަޅައިގެންނެވެ. އަހަންނަކީ ލޭ އަޅަންޖެހޭ ކުއްޖެކެވެެ. އެމަހު އަހަރެން ހުރީ ލޭވެސް ނާޅައެވެ. އެހެންކަމުން އަހަރެންގެ މޫނުމަތިން ވަރުބަލިކަންވެސް ފެންނަމުން ދިޔައެވެ. އަހަރެން ފާހާނަ ކޮށް ނިމިގެން ދޮރު ހުޅުވަން ބަލައިލިއިރު ދޮރެއް ނުހުޅުވުނެވެ. ހަަަލްކާގެ އަމަލަކަށް ވެދާނެކަމަށް އަހަންނަށް ޝައްކާއި ގާތަށް ޔަޤީން ކުރެވުނެވެ. އެތަންވަނީ ބަންދު ކޮށްފައި ކަމުން އަހަރެންގެ ނޭވާ ހާސްވާން ފެށިއެވެ. ހަޅޭއްލެވިޔަސް އަޑެއް ބޭރެެއްނުވެއެވެ. ދޮރުގައި ތަޅާތަޅާ ބަލިިިިވިި އިރުވެސް މީހަކު ނައެވެ. އެންމެފަހުން ހަބަރު ހުސްވެގެން އަހަރެން ހޭނެތުނެވެ. ދެންވީގޮތް ހުދު އަހަންނަކަށްވެސް ނޭނގުނެވެ. ހޭއެރިއިރު އޮވެވުނީ ހޮސްޕިޓަލުގައެވެ. ގާތުގައި އުލްވީ އާއި ރާޔާ އަދި އަހަރެންްގެ މަންމަ އިނެވެ. ތަން ކޮޅެއް ދުރުގައި ހުރި މިޝްޔާ އައިސް އަހަރެން ގާތުގައި ހުއްޓެލިއެވެ. މިޝްޔާ ފާޙާނައަށް ވަންނަން ބަލައިލިއިރު ބޭރުން ތަންޑު އަަޅުވާާފައި ހުރުމުން ދޮރު ހުޅުވިއިރު އަހަރެން ބިންމަތީގައި އޮތުމުން މަސައްކަތު މީހަކަށް ގޮވިކަމަށެވެ. އަހަރެން މިތަނަށް ގެނައީީ ސުކޫލުންނެވެ. އަހަރެން މިޝްޔާއަށް ޝުކުރު އަދާ ކުރީމެވެ. އޭގެ އަނެއްދުވަހު ސުކޫލަށް ފޮނުވާކަށް މަންމަ އެއްބަހެއް ނުވިއެވެ. އެހެންކަމުން ދިޔައީ ލޭ އަޅާށެވެ. އަހަރެން ވައިބާ ބަލައިލިއިރު ހަލްކާ އަހަންނަށް މާއިޝް އާއި ދުރުން އުޅޭށޭ ކިޔާ ހަޅޭއްލަވައިފައި ހުއްޓެވެ. ދެން މާއިޝް އާއި ކައިރި ވެއްޖެއްޔާ އަހަރެންގެ އަރުތެރޭގައި ހިތިރަހަ ލައްވާނެ ކަމައްވެސް ބުންޏެވެެ. އަހަރެން މާބޮޑަށް އަޅައެއް ނުލަމެވެ.
*******
“ޝަޒޫ! ހިނގާ ގެއަށް ދާން” ހިޔާލުތަކުން އެއްފަރާތް ވެވުނީ އުލްވީ އަހަންނަށް ގޮވާލުމުންނެވެ. އަހަރެން އުލްވީ އާއެކު ގެއަށް ދާން މިސްރާބު ޖެހީމެވެ.
އުލްވީގެ ނަޒަރުން
ޝަޒްހާ ގެއަށް ވަންނަން ދެން އަހަރެން ހުރީއެވެ. ޝަޒްހާ ވަނުމުންް އަހަރެންވެސް ގެއަށް ވަނީމެވެ. އެއިރުު ކައިޒާން އާއި އަލްްވާ ކޮންމެސް ކަމަކާ ޒުވާބު ކުރާ އަޑު އިވެއެވެ. އަހަރެން ގެއަށް ވަދެ ސޯފައިގައި ޖައްސާލީމެވެ. އިރުކޮޅަކުން އަލްވާ ރޮމުން އައިސް އަހަރެންގެ ކައިރީ ހުއްޓުނެވެ. އަލްވާ އަކީ އަހަންނާއި ކައިޒާން އަދި ޒިޔާލް ގެ ކޮއްކޮ އެވެ. “ދޮންތާ، ދޮންބެ ކޮއްކޮ ބަދިގޭން ނެތްލީ” އަލްވާ ގެ އަތުގައި ހިފައިގެންް އަހަރެން ގޮސް ބަދިގޭގައި ހުއްޓުނީމެވެ. “ދޮންބޭ! ކީތްވެ އައްލު ބަދިގެެއިން ނެތްލީ؟” އަހަރެން އެހީމެވެ. އޭރު ކައިޒާން ދެބުމަ ގޮށްޖަހައިގެން އިންއިރު މޫނުމަތި ބަލައިލަން ވެސް ނުކެރެއެވެ. “އަލްވާ އަނގައަކުން ނޭރި، މަކިޔާހާ އެއްޗެއް ކިޔާ ބޮޑު ބަ” “އޭނ! މީ ކުޑަކުއްޖެކޭ، މައިންޑްް ޔުއާ ލޭންގުއޭޖް، އެހެންވެގެން އައްލު ބޭރަށްލީ؟” ކައިޒާންގެ ޖުމުލަ މެދު ކަނޑާލީ އަހަންނެވެ. ކައިޒާން ހުމް އަޅުވާލުމާއެކު އަހަރެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ހީހީ ބަނޑައްވެސް ތަދުވިއެވެ. އަހަރެން އަލްވާ އަށް ސާބަސްވެސް ދިނީމެވެެ. އޭރުވެސް ކައިޒާން އިނީ ދެބުމަ ވަށް ކޮށްގެންނެވެ. އިރުކޮޅަކުން މަންމަ އަލްވާ ގޮވައިގެން މާމަ ގެއަށް ދާން ނުކުތެވެެ. އަހަރެން ކޮފީއެއް ހަދައިގެން ކައިޒާން ކައިރީ މޭޒުގައި ޖައްސާލީމެވެ. “ދޮންބޭ، ޗުއްޓީ ނިމެނީ އެންނު، ހިނގާބަ ކޮންމެސް ކަމެއް ކުރަން!” އަހަރެން މާރީ ބިސްކޯދުު ޕެކެޓް ނަގަމުން ބުނީމެވެ. “އާނ ހަމަ އުޅެންވީ ، ޕިކްނިކް އެއްދާންވީނު!” ކައިޒާން ހިޔާލު ދިން ވަގުތަކީ މިކިޔާާލްް އާއި މީކާލް އައި ވަގުތެވެ. “އޭނ މަ ވެސް ގޮވައިގެެންް ދާން ޖެހޭނީ” މިކިޔާލް އައިސް ގޮވާލިއެވެެ. “ދެންް މިކީ މައުސްް ބަހައްޓާފައެއް ނުދާނެ އެންނު، ” އަހަރެންް މިކިޔާލް އަށް ޖެއްސުމަށް ގޮވަނީ މިކީ މައުސް އެވެ. “އޭން އަލުވިި ގަނޑާ” މިކިޔާލްވެސް ވަކި އަހަންނަކަށް ދުލެއް ނުކުރާނެއެވެ. “ކާލް ހާދަ މަޑުން ތިހިރީ ، ބިޓު ކެޓީތަ؟” އަހަރެން ޖެއްސުމުގެ ރާގަކަށް ބުނެލީމެވެ. “ޕިސްް ޕިސް ، ފިސާރި ލާނެތް މަންޖެ އެއް މިހިރީ ކައެެގެ ކޮއްކޮ އަކަށްވެފަ،” މީކާލް ކައިޒާން ކޮޑުގައި ޖަހާލިއެވެ. “އޭ ، އެމަންޖެ މަޑުން ހުންނާނެ ، މިހާރުވެސް ޖިޒޭ ގެނެބެ މިތަނަށް” ކައިޒާން ބުނެލިއެވެ. އަހަރެން ކައިޒާން އަށް ލޯއަޅާލީމެވެ. “ތިހެން ކިތަންމެ ވަރަކަށްް ލޯއެޅިޔަސް މަ މަންޖެ ދެކެ ބިރެއް ނުގަނެޔޭ” ކައިޒާން ފޮނިވެލިއެވެ. އަހަރެންގޮސް ކައިޒާން ކަންފަތުގެ ފޫޅުގައި ވިކަަައިގަތީމެވެ. “އައްދިއްޔޯއި އަލުވި ގަނޑާ!!” ކައިޒާން އަޑުގެ ނެތް ކޮޅަށް ހަޅޭއްލަވައިގަތެވެ. އަހަރެން ހިނިގަނޑެއް ޖަހާލުމަށްފަހު ކޮފީ ބޯން ފެށީމެވެ. “އަނހާ މާޝް ކީތްކުރަނީ މިގޭގަ” މީކާލް މާއިޝް އައުމުންް ބުނެލިއެވެ. “އޭ ބަލަ އެސޮރުވެސް ޝަޒޫ ބަލާހިތް ވާނެއެންނު ، މިގެޔާއި އެގެ ނުލާހިކު ކައިރި ވިއްޔަ” އަހަރެން މާއިޝް އަށް ބަލައިލަމުން ބުނީމެވެ. “އާނ ދޮގެންނޫން އޫލީ އެބުނީ ކާލް ރަޔޫ ބަލަން ޒާލް މެންގެއަށް ދާހެން މާޝް އަންނަނިއްޔޭ މިގެއަށް ޝަޒޫ ފެނޭތޯ؟ ދޯ” މިކިޔާލް އަހަންނާއި އެއްބައިވެލިއެވެ. ޖިޒާލް މެންގެއާއި ރާޔާ މެންގެ ހުންނަނީ ޖެހިފައެވެެ. އެއީ ކަޒިންސް އެވެ. “ސާބަސް! މާޝް އާއި މަ ވާހަކަ ދެއްކީ؟ ތިދެމީހުން ޖެހޭތަ އެތަނަށް އަނގަ ބާނަން؟” މީކާލް އެއްސެވެެ. “އާނ ދޯ . އަހަރުމެން ބެހޭނަން” އަަހަރެންނާއިި މިކިޔާލް ބުނެލީމެވެ. މީކާލް ބޯހޫރުވާލިއެވެ. “އާނ އޫލީ ބުުުުުުުުުުނީީމެއްނު ޗުއްޓީގައި ކަމެއް ކުރަން ހިނގާށޭ، މިކީ އަަަަަހަަރުމެން މިއުޅެނީ ޕިކްނިކެއް ދާން ކަމަށް” ކައިޒާން ބުނެލިއެވެ. “އާނ ހަމަ ދާންވީ ، އޫލީ ބުނޭ އަންްހެންް ކުދިން ކޮޅެއް، އަހަރުމެން ފިރިހެން ކުރަފިތަކެއް އެއްބަސް ކުރުވަފާނަން” މިކިޔާލް ބުނެލިއެވެ. “އަހަރެން ހޫމް އަޅުވާލަމުން ކޮޓަރިއަށް ގޮސް އެމިލީން ، އައިލީޝް ، ރާޔާ އަަދިި ޝަޒްހާާ އަަށް ގުޅާލީމެވެ. ހަވީރު އަހަރުމެން ގެއަށް އައުމަށް ބުނެފައެެވެ.
ހަވީރުގެ ވަގުތެވެ. އަހަރެން ކަކުލާ ހިސާބަށް އަރާ ނޫކުލައިގެ ހެދުމެއްލީމެވެ. ތިރިން ކަޅު ސްޓޮކިންގ އެއްލާފައި ފުނާއަޅައިގެން ގޭތެރޭގައި އިށީނީމެވެ. އިރުކޮޅަކުން ކައިޒާން މިސްކިތުން އައިސް ސޯފާއަށް ވެއްޓިގަތެވެ. ދެންފެށީ އަހަރެެންްގެ އިސްތަށިގަނޑަށް ދަމާށެވެ. “ދޮންބެގަނޑާ” އަހަރެން ކައިޒާާން އަތުގައި ޖެހީމެވެ. ކައިޒާން ފެށީ ހޭށެވެ. އަހަރެން ތުން އަނބުރައިގެން އިނުމަށްފަހު ކައިޒާން އާއި ދިމާލަށް ބަލައިލީ ހުނުން ހުއްޓާލީމަަައެވެ. އޭރުު އަންހެން ކުއްޖަކަށް ބަލާހެން ދީވާނާ ވެފައިވާ މީހެއްފަދައިން ކައިޒާންގެ ނަޒަރު ހުރީ ދޮރާދިމާއަށެވެ. އަހަރެން އެދިމާލަށް ބަލައިލިއިރު އެތާހުރި އެމިލީން ފެނިފައި އަހަރެންގެ ތުންފަތުގައިި ދުވެލީ ހިނިތުންވުމެކެވެެ. “ލީން ޔުއާރ ލޭޓް، ކޮބާާ ލީޝް މެން؟” އަހަރެން އެހީމެވެ. ކައިޒާން ހޭވެރިކަމެއް ވި މީހެއްވަފައިން ޓީވީ ބަލަންފެށިއެވެ. “ލީޝް އެބައާދެ ޝަޒޫ އާއި ރަޔޫ އާއެއްކޮށް. “ތިފަސް އަންހެނުން އެކަނި ދަނީ އަންހެން ކުދިންނަށް” ކައިޒާން އެއްސެވެ. “އާނ، ކީތްވީ އިނާާ ގެންނަންވީ؟” އަހަރެން ޖެއްސުމުގެ ރާގަކަށް އަހައިލީމެވެ. “ބަލާއެންނު” ކައިޒާން ހަޅޭއްލަވައިގަތެވެ. އިނާ އަަކީ ކައިޒާން ފަހަތުން ދުވާ ނެއްޓެން ނޭނގިގެން އުޅޭ މަންޖެއެކެެެވެެ. އަހަރެން ހަމަ ޖެއްސުމަކަށް ބުނެލީމެވެ. އިރުކޮޅަކުން ރާޔާ މެންވެސް އައެެވެ. އެއާާއެކު އަހަރުމެން ރާވަން ފެށީ ދަތުރުު ދިޔުމެވެ. “ޒާން މިއައީ” އިރުކޮޅަކުން ޖިޒާލް މާއިޝް އަދި މީކާލް އައެވެެ. އަހަންނަށް ކުރެވުނު ކަމަކީ ތުންފަތުގައި ދަތްއަޅާލުމެވެ. މިކިޔާާލް އައީ އިރުގަނޑެއް ފަހުންނެވެ. އެންމެން ވެގެން ދަތުރުރާވާާފަ ގެއަށް ދިޔައީ މާދަން ހެނދުނު 6:30 ގައި ފުރާާގޮތަށް ހަމަޖައްސާާފައެވެ.
އެރެއެވެ. އަހަރެން އެނދުގައި ނުނިދި ދެފަރާތަށް ފުރޮޅި ފުރޮޅި އޮށްވާ މީހަކު އައިސް ދޮރުގައި ތަކި ޖެހިއެވެ . ނިދާ ހެދުން ބަދަލުކޮށްގެން އަހަރެން ދޮރު ހުޅުވާލުމާއެކު ތުންފަތުު ގައި ހިނިތުންވުމެއް ދުވެލިއެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.


Hudhahkko , i saw ur msg from prt 2 , thnku so much <3 staysafe and tc❤
Your welcome
Stay safe
Take care
Oh kaak baa ai mioh dhan gadi anekka jizaal tha ???
Btw mi part VX Hama obinex to the maxxxx ??
Waiting for the next part ????
Next part vrh avahah kiyaalan libeyne kamah unmeedhu kuran ?????
Haha lets see dhw….and vrh avahah upload kureveythw balaanan ingey, thnxu so much , <3 ❤?