އެ ހުވަފެން – 2
އެމިލީން އަށް ގެއްލިފައި އިންދާ އަހަރެން ސިހުނީ މީހަކު އަހަރެންގެ ކޮޑުގައި އަތް ބާއްވާލުމުންނެވެ. ފަހަތް ބަލައިލިއިރު ފެނުނު ސޫރައަކުން އަހަރެންގެ ދެބުމަ ގޮށް ޖެހުނެވެ.
*****
ދެވަނަ ޕާރޓް
“އޭނ! ކަލޭ ކޮންކަމެއް މިގޭ ދޮށުގައި؟ ކައެ ކުޅެންދާނަމޭ ކިޔާފަ ތިހިރީ، އަދިވެސް ބިޓެއް ނުފެނިގެން ތަ ތި ފެންނަހާ އަންހެން ކުއްޖެއްގެ ގެ ކައިރީގައި މުގޯލި އަޅަނީ؟” މިކިޔާލް އާއި ޖިޒާލް އަދި މީކާލް ހުރީ ދެބުމަ ގޮށް ޖަހައިގެންނެވެ. “ޝިޓް! އާނ މި އުލްވީ އެމިލީން ކައިރިއަށް އަންނަން ވެގެން ބޮޑާހާކާތީވެ މިއައީ ގޮވައިގެން” އަހަރެން އެކަންވެސް އެޅުވީ އުލްވީ ބޮލުގައެވެ. “ކައެ އަނގަ ގަދަ ނުކޮށް އެއްޗެހި ބަދަލުކޮށްގެން އާދޭ، ” އިކްވާން ހަޅޭއްލަވައިގަތެވެ. އަހަރެން ހޫމް އަޅުވަމުން ގެއަށް ދާން މިސްރާބުޖެހީމެވެ.
އުލްވީގެ ނަޒަރުން.
“ލީން އަވަސްކޮށްބަލަ!” އަހަރެން ގޮވީމެވެ. “ހުމްމް މި ނިމެނީއޭ” އެމިލީން ރައްދުދިނެވެ. “އޭނ ހިނގަދާން ، ޝަޒޫ މެން މިހާރު ހާރޑް އަރާނެ” އަހަރެން ބުނީމެވެ. “ހުރެދާނެ އެއްނު ފާޙާނައަށް ގޮސް ގޮސް ، ސޯ ، އައި ޑީ ސީ” އެމިލީން ހިނިގަނޑެއް ޖަހާލިއެވެ. އަހަންނަށް ވެސް ހޭން ފެށުނެވެ. ދެމީހުން ވާހަކައިގަ ތިބެ ރާޔާ އާއި އައިލީޝް އަދި ޝަޒްހާ ގޮވައިގެން ލެމަން އަށް މިސްރާބު ޖެހީމެވެ. ” ކައެމެން ކޯއްޗެއް ކަނީ؟” އަހަރެން މެނޫ ބަލަމުން އެހީމެވެ. “މަ ކާނީ ނޫޑުލިސް” ޝަޒްހާ ބުންޏެވެ. “ހިނގާ ޕިއްޒާއެއް ގެންނަން، ހަރަދު ކުޑަވާނެ އެއްނު ދޯ؟” އަހަރެން އެހީމެވެ. ދެންތިބި ދެމީހުންވެސް އެކަމާ އެއްބަސްވިއެވެ. “އޭނ! ހިނގާބެ ތުރުތް އޯރ ޑެއާރ ކުޅެން” އެމިލީން އެހިޔާލު ދިނީ ޕިއްޒާ އަންނަން އިރުގަނޑެއް ނަގާނެތީއެވެ. “ފުރުތަމަ ރަޔޫ” އަހަރެން އެހީމެވެ. “ކައެމެން މޮޔަވީ ތާރ؟ ހިނގާބެ ސްޓޯރީ އަޅަން” އައިލީޝް ބުނެލިއެވެ. ޕިއްޒާ އައި ވަގުތަކީ ކައިޒާން މެން ކުޅެ ނިންމާފަ ކޮފީ ބޯން އައި ގަޑިއެވެ. އަހަރެންް ލޮލުުގެެ ހިމަ ކޮޅުން ޖިޒާލް އާއި ދިމާލަށް ބަލައިލީމެވެ. އައީ ކައިޒާން ، ޖިޒާލް ، މިކިޔާލް ، މީކާލް އަދި މާއިޝް އެވެ. އަހަރެން ފޯނެއް އައުމުން ބޭރަށް ނުކުންނަން މިސްރާބު ޖެހީމެވެ. “އިޓްސް އޯވާރ، ޑޯންޓް ޔޫ އަންޑަރސްޓޭންޑް!! ކަލޭ ތީ މިހާރު މަގޭ ޕާސްޓް، އެކްސް އަކަށް މައެ ކަންތަކާ ބެހުމުގެ ހައްގެއް ނޯންނާނެ!!” އަހަރެން ދެލޯ ކަރުނައިން ފުރެން ފެށިއެވެ. “ޕުލީޒް ޑާރލިން، އެއް ޗާންސް ދީބަލަ، އައި ލަވް ޔޫ” “އައިކަލް!!! ހަފްތާއަކުން ބިޓެއް ނަގައިގެން ތި އުޅެނީ މަވެސް ބޭނުންކޮށްފަ އެއްލާލީކީ ނޫންތަ؟ މަ މިހާރު ލޯބިވަނީ އެހެން މީހެއް ދެކެ! މަ ހާދަ އިތުބާރެއް ކުރީމޭ ކަލެއަށް ، ހުއްޓާލާ، ދެން ނުގުޅާތި އަހަންނަށް!” އަހަރެން ހިތް ކުދިކުދި ވިނަމަވެސް ކެތް ކުރީމެވެ. ޖިޒާލް އެހެރީއެއްނޫން ހެއްޔެވެ. ދެން ބޭވަފާތެރިންނަށް ކޮންހާ ބޭކާރު ކަރުނައެއް އަޅާކަށް ހެއްޔެވެ. އަހަރެން އެތެރެއަށް ވަންނަހިތް ނެތުމުން ޖޯލިފަތީގައި އޮށޯވެލީމެވެ. ކުއްލިއަކަށް މީހަަކުު އަހަރެންގެ ލޮލުގައި އަތް އެޅިއެވެ. ހަޅޭއްލަވައިގަނެވުނެވެ. އެންމެ ފަހަރަކު އެވެ. އަހަރެން އަނގަމަތީގައި ވެސްް އަތް އެޅިއެވެ. އެމީހަކު އަހަރެން އުފުއްލާލައިގެން ގޮސް ފަޅުގެއެއް ފާޑެއްގެ ތަަަަަަަަަނަކަށް ވައްޓާލިއެވެ. އަހަރެންނަށް ރޮވެން ފެށުނެވެ. އެމީހަކު އަހަރެންނާ ދިމާލަށްް ގުދުވާން ފެށިއެވެ. އަހަރެންގެ ހުޑީގެ އެތެރެއަށް އަތް ކޮއްޕަން އެމީހަކު މަސައްކަތް ކުރަން ފެށިއެވެ. ކުއްލިއަކަށް މީހަކު އެމީހާ ގިރުވާނުގައި ހިފައި ކޮށްޕާލިއެވެ. ގަބޫލުު ނުކުރެވުނަސް އެތާހުރީ ޖިޒާލްް އެވެ. ޖިޒާލް އަހަރެންގެ އަތުގައި ހިފައި ނެގިއެވެ. ލޮލުން އައި ކަރުނަތަށް ފޮހެލަދިނެވެ. “އޫލީ؟ ދެންމެ ކިހިނެތްވީ، މިރޭއަހަރެން ލަސްވިނަމަޔޯ؟” ޖިޒާލް އެއްސެވެ. ޖިޒާލް އަހަރެންގެ އަތުގައި ހިފައިގެން އެތަނުން ނެރުނެވެ. ހޮޓަލާ ދިމާލަށް މިސްރާބުޖެހުމުން އަހަންނަށް އަނެއްކާވެސް ރޮވުނެވެ. “ނޫން ދޮންބެ ސުވާލުކުރާނެ! އިރުކޮޅަކުން ދާނީ” އަހަންނަށް ގިސްލެވެން ފެށުނެވެ.
ޖިޒާލްގެ ނަޒަރުން
އުލްވީ އަށް ވަރަށް އަސަރުު ކޮށްފައި ހުރުމުން އަހަންނަށް އިތުރަކަށް ކެތެއް ނުވިއެވެ. އެ ހިމަތޮޅި ހަށިގަނޑު ބޭއިޙްތިޔާރުގައި ނަމަވެސް އަހަރެންގެ ހިމާޔަތުގެ ދަށަށް ގެނެވުނެވެ. އުލްވީވެސް އަހަރެންގައިން ދޫކޮށްލާކަށް ނޫޅުނެވެ. އޭނާ އަނެއްކާވެސް ރޯންފެށިއެވެ. އަހަރެން އޭނަ ހަށިގަނޑުގައި ފިރުމާލަމުން ނުރޮއުމަށް ބުނީމެވެ. އިރުކޮޅަކުން އަހަރެން އެ ހަށިގަނޑުން ދޫކޮށްލީމެވެ. “ލުވީ ދާނަން ތަ އަތިރިމައްޗަށް؟ ” އަަހަރެން އޭނަ ހިތްހަމަ ޖައްސާލުމަށް ބުނީމެވެ. “ހުމްމް” އުލްވީ ހުމް އަޅުވާލިއެވެ. “ބަޓް ނޯބޮޑީ ކޯލްސް މީ ލުވީ” އުލްވީ ބުންޏެވެ. “އޮހް ސްވީޓް” އަަހަރެން އިސްތަށިގަނޑުގައި އަތް ހިންގާލީމެވެ. އުލްވީ އަތުގައި ހިފައިގެން ގޮސް ދޮންވެލިގަނޑުގައި ޖައްސާލީމެވެ. “ލުވީ” އަހަރެން ގޮވާލީމެވެ. އޭރުވެސް އޭނައަށް ގިސްލެވެމުން ދިޔައެވެ. އަހަރެން އުލްވީގެ ބޯ ގެނެސް ކޮނޑުމަތީގައި ބާއްވާލީމެވެ. “ހުމްމް! ކީކޭ” އުލްވީ އަހާލިއެވެ. “ލުވީ އަސްލު އެ ގަޑީގައި ކިހިނެތްވީ؟” އަހަރެން އެހީމެވެ. “ވީ ގޮތަކީ؟ އަހަރެން އަސްލު ބޭރަށް ނުކުތީ އަހަރެންގެ އެކްސް އުނދަގޫ ކުރާވަރުން! އޭނަ ކީ އެއްޗެހިން އަހަންނަށް ރޮވުނީމަ އެތެރެއަށް ނުދިޔައީ ، އިނގޭ ލީން މެން ސުވާލު ކުރާނެކަން، ދެން އެތާއޮއްވާ އެމީހަކު އަހަރެންގެ އަނގައިގައާއި ލޮލުގައި އަތްއެޅީ. ” އުލްވީ ކިޔައިދިނެވެ. ތެދެކެވެ . އަހަރެން ހޮޓާތެރޭން ނުކުތީ މީހަކު ހަޅޭއްލަވައިގެން ކަން އެނގުމުންނެވެ. އުލްވީ ބޭރަށް ދިޔަފަހުން އަހަރެންގެ ހިތް މައިތިރި ނުވެއެވެ. އެހެންކަމުން އަހަރެން ބޭރަށް ނުކުތީއެވެ. “ލުވީ ހިނގާބަ ދެންދާން ، ދޮންބެ މެންވެސް ހޯދާނެއެއްނު” އަހަރެން ބުނީމެވެ. “ހުމްމް އެކަމަކު ޒާލް އެއްވެސް މީހެއްކައިރީ މިރޭ ވިވާހަކަތަށް ބުނެފިއްޔާމު ކަތިލާނަން” އުލްވީ ބުނެލިއެވެ. “ލޮލް ، ހަގް ކުރި ވާހަކަ ބުނާނީ” އަހަރެން ބުނީމެވެ. އެއާއެކު އުލްވީ މޫނު ރަތްވިކަން ހަނދުވަރުގެ އަލިންް ނުހަނު ރީއްޗަށް އެނގުނެވެ. އަހަރެން ގަސްދުގައި އުލްވީ ގަޔާ ކައިރިކޮށްލީ އޭނާ އިތުރަށް ރަކި ކޮށްލުމުގެ ބޭނުމުގައެވެ. “ދެން ޒާލޫ” އުލްވީ އަހަރެންގެ އަތުގައި ވިކައިގަތެވެ. އަހަރެން އައްދިއްޔޯއިި އޭ ކިޔާފަ ދުއްވައިގަތީމެވެ. އުލްވީވެސް އަހަރެންގެ ފަހަތުން ދުވެފައި އައިސް އަހަންނާ އެއްވަރުކުރިއެވެ. ދެމީހުން ސަކަރާއްޖަހަމުން އައިސް ހޮޓަލަށް ވަނީމެވެ. “މިއޮތް އައީނު ލަވް ބާރޑްސް، ވާވަރަށް މާފޮޅުވިފަ މިހާރު ހުންނާނީ ، އަދި ކަޓަށް ދާކަން އަހަރުމެންނަށް އަންގާވެސް ނުލައޭ” ކައިޒާން އަޅުވާ ކިޔަން ފެށިއެވެ.
އުލްވީގެ ނަޒަރުން
ދޮންބެ އަޅުވާ ކިޔަން ފެށުމުން އަހަރެން މޫނުމައްޗަށް ރަތް ކުލަ ފާއްދާލިއެވެ. “އޫހް ، ސަމްވަން އިޒް ބްލަޝިން އައިގެސް” އެމިލީންް ވެސް ފެށިއެވެ. އަހަރެން ގޮސް އެމިލީން މެންކައިރީ ޖައްސާލީމެވެ. އިރުކޮޅަކުން އެންމެން ގެއަށް ދާން ނުކުތެވެ. އެެެެެެެމިލީން އާއި ރާޔާ ގެ ހުންނަނީ ޖެހިފަ ކަމުންް އެދެމީހުން އެކުގައި ދިޔައެވެ. އައިލީޝް އަދި ޝަޒްހާ އަކީ ކަޒިންސްކަމުން އެދެމީހުން ދިޔައީ މާމަގެއަށެވެެ. “ޖިޒޭ. އޫލީ ކައިރީ މަޑު ކޮށްލަދީބަ ، މަ އަންނާނަން މިކިޔާލް ވައްޓާލާފަ” ކައިޒާން ޖިޒާލް ކައިރީ އެހިއެވެެ. މީކާލް އާއި މާއިޝް އެއްކޮށް ހިނގައިގަތެވެ. އެންމެން ދިޔުމުން އަހަންނާއި ޖިޒާލް އެކަަނިި ވިއެވެ. “ލުވީ ހިނގާބަ ސައިކު ބުރެއް އަޅަން” ޖިޒާލް އެއްސެވެ. “ނޫން ދޮންބެ އަންނާނެ.” އަހަރެން ދާން ބޭނުންވިޔަސް ކައިޒާން ކަތިލާނެކަަންް އެނގޭތީވެ ނުދިޔައީއެވެ. ޖިޒާލް އަހަރެން ގައިގައި ބައްދާލި މަންޒަރު ސިފަވުމުން އަހަރެންގެ ކޮލަށް ޖަންބު ކުލަ ވެރިވެގަތެވެ. “ލުވީ ބްލަޝް ވީމަ ވަރަށް ލޯބި، މާޝާﷲ” ޖިޒާލްް އަހަރެންގެ ކަންފަތް ދޮށުގައި ބުނެލިއެވެ. އަހަރެން އިތުރަށް ބްލަޝް ވިއެވެ. “އެވަގުތު ސަލާމަތް ކޮށްދިނީމަ ތެންކިޔު އެއްވެސް ނުބުނެ. ރުޅި” ޖިޒާލް މޫނަށް ޖެއްސި ވައްތަރުން އަހަންނަށް ހެވުނެވެ. “ތެންކިޔު” އަހަރެން ރަކިވެފައި ހުރެ ބުނެލީމެވެ. އެވަގުތަކީ ކައިޒާން އަހަރެން ބަލައި ވަގުތެވެ. “ވާވަރަށް މާފޮޅުވިފަަ މިހާރު ހުންނާނީ! އޫލީ އަވަހަށް އަރާ، ޖިޒޭ ނުދަނީތަ، އައްދެ އޫލީ ހާދަ ބްލަޝް ވެފަ؟” ކައިޒާން ފައްޗަކަށް އަމުނާލިއެވެ. އަހަރެން ކައިޒާންގައިގަ ބާރަކަށް ވިކައިގަތީމެވެ. “އޯހ އައި ގެޓް އިޓް ، އައްދިއްޔޯއި އުލުވީ ގަނޑާ” ކައިޒާން ހަޅޭއްލަވައިގަތެވެެ. އަހަރެންް ހިނިގަނޑެއް ޖަހާލީީމެެެވެެ. ގެއަށް ގޮސް އަަހަރެން ނިދަން އޮށޯއޮތީމެވެ.
އަނެއްދުވަހު ހެނދުނެވެ. އަހަރެން ފެންވަރައިގެން ކަކުލާހިސާބަށް އަރާވަރުގެ އަތްދިގު ހެދުމެއް ލީމެވެ. ނޫ ޖިންސެއް ލައިގެން އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލުމަށްފަހު އަތިރިމައްޗަށް ދާން މިސްރާބު ޖެހީމެވެެ. ރޭގަ ޖިޒާލް އާ އެއްކޮށް ހޭދަކުރެވުނު ވަގުތުތަށް ހިތަށް އަރާފައި އަހަރެން މޫނު މަތިން ރަތް ކުލަ ފާއްދާލިއެވެ. އަހަރެންގޮސް އަތިރިމަތީގައި އިށީނުމާއެކު މާއިޝް ލޮލުގައި އަޅައިގަތެވެ. އުނދަގުލެއް ނުކޮށްލާ ދާން އަހަރެންގެ ހިތް ހަމަ އެއްގޮތަކަށްވެސް ނުރުުހުނެވެ. “އޭއި މާޝް! ޝަޒޫގެ ހިޔާލުގަ ދޯ” އަހަރެން ގޮސް މާއިޝްް ކައިރީ ވެލިގަނޑުގައި ޖައްސާލީމެވެެ. ފެށުނީއްސުރެ މާއިޝް އާއި ޝަޒްހާ އާއި އަހަރުމެން އަޅުވާ ކިޔަމެވެ. “ދެން އެކަހަލަ ގޮތެއް” މާއިޝް ކަޑަ ނުވާންވެގެން ބުނެލިއެވެ. “އާނ، ރޭގަ ޖިޒޭ އާއެއްކޮށް ކޮން ގަނޑެއް ތަ ގަތީ؟” މާއިޝް އެހި ސުވާލުންް އަހަރެންގެ މޫނުމަތީގައި ރަތް ކުލަ ފާއްދާލިއެވެ. “އައްދޭ ، އޫލީ ހާދަ ބްލަޝް އެކޭ ދޯތިވީ” މާއިޝް ދެންވެސްް ހުއްޓާކަށް ނޫޅުނެވެ. “މާޝް ގަނޑާ!! ދެން މިހާރު ހަލްކާގެ އުނދަގޫ ކިހިނެތް؟” އަހަރެން މައުޞޫ އޮޅުވާލީމެވެ. ހަލްކާ އަކީ ފެށުނީއްސުރެ މާއިޝްް ފުލުން ނެއްޓެން ނޭނގިގެން އުޅޭކުއްޖެކެވެ. “ހަލުކާ ދޯ ، މިދުވަސްވަރު ވީ ރަށުންބޭރުގައި، ސްކޫލަށްދާން ފެށީމަ ވީކަންނޭގެ ޝަޒޫ އިތުރަށް ކުލޯޒް ކޮށްލަން.!” މާއިޝް ހިނިގަނޑެއް ޖަހާލިއެވެ. “ޖޭ ކުރަން؟ މަވެސް ތިހެން ބުނަން ކަމަށް މިއުޅެނީ.” އަަހަރެން ބުނީމެވެ . އަހަރެން، ރާޔާ، ޝަޒްހާ، މީކާލް އަދި މާއިޝް ކިޔަވަނީ ގުރޭޑް ދިހައެއްގަ އެވެ. އެމިލީން ، އައިލީޝް އަދި ޖިޒާލް ކިޔަވަނީ ގުރޭޑް 11 ގައެވެ. މިކިޔާލް 12 ގައި ކިޔަވަމުން ދިޔައިރު ކައިޒާން ވަނީ ނިމިފައެވެ. “ހުމްމް ކޮބާ ތަ މީކާލް އާއި ކަލޭގެ ލޯބި ލޯބި ޒާލް؟” މާއިޝް އަނެއްކާވެސް ފެށިއެވެ. “މާއިޝޫ! މަށަކަށްް ނޭނގެ ޖިޒާލް ގަނޑު ވީތަނެއްވެސް؟ ކޮބާތަ މީކާލް؟” އަހަރެން ތުން އަނބުރާލީމެވެ. “އާނ މީކާލް އަށް ވަރެއްގެ ބޭބެ އެއް ދެއްވާފަ ތިހުރީ! އެ މިކިޔާލްގެެ އުނދަގުލާހެދިި އެގޮލާއަށް ނުވެސް ނިދޭ ވިއްޔަ” މާއިޝް ހޭންފެށިއެވެ. އަހަންނާއި މާއިޝް ވާހަކަ ދައްކަން ތިއްބައި މީހަކު އަަހަންނަށް ގޮވާލިއެވެެ. އެ އަޑުން އަހަރެން ހީބިހި ނަަގައިގެން ދިޔައިރު ދެލޯ ބޮޑުކޮށްލެވުނީ ފެނުނު ސޫރައަކުންނެވެ.
ނުނިމޭ…..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Wooow mi part VX vrh reethi
anekka jizaal ge soora ba fenuni????? Waiting for the next part
Next part vrh avahah kiyaalan libeyne kamah unmeedhu kuran