Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދުވެސް ކަލާދެކެ ލޯބިވާނަން 6

shaaaaa Level 1
February 2, 2022 5 Mins Read
0 Comments

“ހޯން .. ތި ކޯޅުންގަނޑު ކޮންއިރަކު ހުއްޓަން ގަސްތު ކޮށްގެންތަ ތިބީ. ސަހާދެއްކަން މިބުނި މި ދެމީހުން އެއްތާކު ބައި ތިއްބަން ހެޔޮވެސް ނުވާނެ.” އެންމެފަހުން ލަމާނަށް ނުހުރެވިގެން ބުނެވުނެވެ. ސާވަނަށްމަޑު ހުނުމެއް ކިޔާނާއި ހައިފާއާ އެކީ ބޭރު ކޮށްލެވުނެވެ. ސަހާ އާއި މަޒްލާން އަދިވެސް ތިބީ ދެމީހުން ދެމީހުންނަށް ލޯ އަޅައިގެންނެވެ. “މަޒްލާން ފެށީ. މަށެއް ނޫން.” “އަމައްޔާއި ކިތައް ފަހަރު މަ ބޮލަށް ޖަހަން ތި ވިސްނަނި. މަ ތެދަށް ބުނީމަ ތި ފަކީރުނުން ފެށީ.” އަނެއްކާވެސް ދެމީހުން އޮޅުލަން ފެށުމުގެ ކުރިން ލަމާން އަގަބާނާލަން އުޅުނެވެ. “ސާބަހޭ ދެމީހުންނަށް. ދެން ފަށާއިރަށް މި ފައިވަން ކިބައިން ބޮޑި ދޭނަން.” ފައިވަން ކިބަ ދައްކާލަމުން ލަމާން ބުނެލިއެވެ.

*************************

“އޭ ހިނގާބަލަ އެއްދުވަހަކު މޫދަށް އެރިލަން. ވަރަށް ވައޭނުން މިހެން ތިބެންވީމަ. އަނެއްކާ ސާވަން ވެސް އެ އައީ އެތައް އަހަރެއް ފަހުން ވިއްްޔަ.” ރީހާއާ ވާހަކަ ދައްކަން އިނދެފައި ކިޔާން ހުރިހާ އެންމެންނަށް އަޑު އިވޭވަރަށް ޙިޔާލެއް ދިނެވެ. “އެ ތެދެއް. ހިނގާބަލަ އެކަން ކުރަން. ދުވަސް ގަނޑެއް ވެއްޖޭނުން އެންމެ ފަހުން ދަތުރު ދިޔަތާވެސް.” ހައިފާވެސް ކިޔާންއާ އެއްބަސްވިއެވެ. “ހުރިހާ އެއްޗެއްވެސް ހަދަންވި. އައިމް އިން.” ވެލިގަނޑު މަތީގައި ވަށްކޮށްގެން އިން ދެފައި ދަމާލަމުން ލަމާންވެސް އެކަމާ އެއްބައިވެލިއެވެ.

“ގްރޭޓް. ވާނެ އެރޭ ބާރބަކިއު އެއްވެސް ހަދަން.” މަޑު މަޑުން އަތްޖަހާލަމުން ރީހާ ޙިޔާލު ފާޅުކުރިއެވެ. “ސާވަން ކީކޭ ބުނާނި؟” ރީހާ ސާވަންގެ ޙިޔާލު ހޯދަން ބޭނުންވިއެވެ. ސާވަންވެސް އެކަމަށް ބޯޖަހާލައި އެއްބަސް ކަމަށް ބުންޏެވެ. “ސޯ.. އެހެންވީމަ މަޖާ ހަދައިގެން މޫދަށް ގޮސް ހަމަ އެރޭ ބާރބަކިއު. ކޮން ދުވަހަކު ހަދާނި؟” ލަމާން އެންމެންގެ މޫނަށް ބަލާލަމުން އެއްސެވެ. “ހިތައް އަރާ ހުކުރުދުވަހު ހަދަން. އަހަރުން ފިރިހެންވެރިން ހުކުރަށް ގޮސް އައީމަ ދާގޮތައް. އެގޮތް ކިހިނެއް ވަނި؟” ކިޔާން ވިސްނާލުމަށްފަހު ބުންޏެވެ. “މަށަށް އޯކޭ އެންމެނަށް އޯކޭ ވިއްޔާ.” މަޒްލާން ކިޔާންގެ ބުނުމާ ދޭތެރޭ މައްސަލައެއް ނެތްކަަމަށް ބުންޏެވެ. ހުރިހާ އެންމެންްނަށް ވެސް ކިޔާންގެ ބުނުން ކަމުދިޔައެވެ. “އަދި ހިގާބަލަ ރައްޓެހި ކުދިން ކޮޅެއް އެޑް ކޮށްލަން. ގިނަމީހުން ތިބީމަ މަޖާ ވާނެ.” “އަހަރުން ތިކަމާ ހަވާލުވެދާނަން. ތި އެއްވެސް ކަމެއް ނޫން މީހުން ގިނަ ކުރާކަށް.” ފައިވަނުގައި ހުރި ވެލި ފޮޅާލަމުން މަޒްލާން ބުންޏެވެ.

“އޭ ސާވަން ވާނެ އައިލާ ގެންނަން. އައިލާ ވަރަށް ނާންނަން އުޅެނި މަޖާގނޑެއް ހަދަންވިއްޔާ. ފަހަރެއްގަ ސާވަން ބުނީމަ އަތުވެދާނެ.” ހައިފާ ސާވަނަަށް ބަލާލަމުން ބުންޏެވެ. އައިލާގެ ނަން ގަތުމުން ސާވަނަށް ވީގޮތް ނޭނގޭފަދައެވެ. އައިލާ ވެސް އެކަމުގައި ބައިވެރިވެއްޖެނަމަ ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު ލިބޭނެއެވެ. “ފަހަރެއްގައެއް ނޫން. ސާވަން ބުނެފިއްޔާ ލަލް ހުންނާނި އަންނަން ތައްޔާރަށް. ދޯ ސާވަން؟” ލާނެއް ކަމާ އެކީ ލަމާން ސާވަނަށް ބަލާލިއެވެ. އެވަގުތު ސާވަން އިސްދަށަށް ޖަހާލީ އެންމެންގެ އެ ލާނެއް ނަޒަރު އޭނައަށް ހުއްޓެމުން ދާތީއެވެ. “ކަޓް އިޓް އައުޓް. އެ ފަކީރު ލަދު ނުގަންނުވަބަލަ ދޯ. އެކަމް ނޮޓް ގޮނަ ލައި، މާން އެހެންބުނީީމަ ވަރަށް ހީވޭ ސާވަނަށް އައިލާ ގެނެވޭނެހެން. ގެންނަށްޗޭ އިނގޭ؟ ހާދަ ދުވަހެއް ވެއްޖޭ ނުފެންނަތާ.” ސަހާވެސް ސާވަން ކައިރީ އައިލާ ގެނައުމަށް އެދުނެވެ. “ބަލާނަން ތިކަންވޭތޯ. އެެކަމް… ޔަގީންކަމެއް ނެތް.” ސާވަން އެންމެންނަށް ލުއި ހިނިތުންވުމެއް ހަދިޔާކުރަމުން އެއްބަސްވިއެވެ. “ނޮންސެންސް. ޔަގީން ލަލް އަންނާނެ ސާވަން ބުނީމަ.” ލަމާނަކީ އަބަދުވެސް ލިބޭ ފުރުސަތެއްގަ ބޭނުން ހިފާ ކުއްޖެކެވެ. ސާވަން ލަމާނަށް ލޯ ހަނި ކޮަށްލަމުން ކައިރީގައި އޮތް ގާކޮޅެއް ނަގާ އެއްލިއެެވެ.

“އޭ ސަހާ.” ސާވަންގެ ނަޒަރު ގޮސް ހުއްޓުނީ ސަހާއަށް ގޮވާލި މަޒްލާނަށެވެ. އަނެއްކާސް ކޯޅުންގަނޑެއް ހިންގާލަން ބާއޭ ހިތައް އަރާ މަޒްލާން ބުނާނެ އެއްޗަކަށް އިންތިޒާރު ކުރިއެވެ. “ކޮ މިހާރު ކީއްވި؟” ފޫހި ގޮތަކަށް މަޒްލާނަށް ބަލާލަމުން ސަހާ ބުންޏެވެ. “ސަހާ މިހާރު މަ އެއްޗެހި ކޮޕީ ކުރަން ފެށީތަ؟” “މަމިހާރު ކޯއްޗެއް ކޮޕީ ކުރީ؟ އަޅެ ކޮޕީ ކުރާނެ ކަހަލަ އެއްޗެއް އޮންނަ މީހެއްތަ ތީ؟” “މަ އެފަކީރު ކިޔަން ފެށީމަ ސަހާ ވެސް އެ ކިޔަން ފެށީ ދޯ.” “ޕިސް ޕިސް ސާބަސް. މަ އަބަދުވެސް ބޭނުންކުރާ ބަހެއް އެއީ. ހަމަ އޮޅުލާނެ ކަމެއް ނުފެނިފަ ހުންނާނި.” ސަހާއާއި މަޒްލާން އަނެއްކާވެސް ކޯޅުންގަނޑު ފެށުމުން ލަމާން އޭނާގެ ކަރުނަ ވަޅުގައި ދެ އިނގިލި ވިއްދާލިއެވެ. “ސަހާދެއްކަން މިބުނި… މަށަށް ހެޔޮ އެދެމީހުން މަރާ ހަނގުރާމަ ކުރިއަސް. އައިމް ޑަން ސްޓޮޕިން ދެމް. ވޭސްޓް އޮފް ޓައިމް.”

*************************

ހަވީރުގެ ވަގުތެވެ. މަޑު ފިޔަވަޅުތަކެއްގައި އައިސް އަތިރިމަތީގެ ދޮންވެލިގަނޑު މަތީ އައިލާ އިށީންދެލިއެވެ. ފައިވަން ބާލައި ކައިރީގައި ބަހައްޓާލަމުން ވަށައިގެން އޮތް މާހައުލަށް ނަޒަރެއް ދިނެވެ. ދެ އައިސް ކްރީމް ހިފައިގެން ސާވަން އޭރު އައިލާއާ ދިމާއަށް އަންނަނީއެވެ. ސާވަން އައިލާ އާ އަރާ ހަމަވުމުން އަތުގައި އޮތް ދެ އައިސް ކްރީމްއިން އެއް އައިސް ކްރީމް ދިއްކޮށްލިއެވެ. “ތެން ކިއު.” އޭގައި ހިފާލަމުން އައިލާ ސާވަނަށް ޝުކުރު އަދާކުރިއެވެ. ސާވަންވެސް އައިލާއަށް ހިނިތުންވުމެއް ދީ ވަލިގަނޑު މަތީ އައިލާއަށް ވުރެ ކުޑަކޮށް ދުުރުގައި އިށީންދެލިއެވެ.

ތަނަަށް ވެރިފައިވަނީ ހިތްހަމަޖެހޭ ހިމޭންކަމެވެ. ހެދުުނުގެ ވަގުތުގައި އަތިރިމަތިން ސާވަން އައިސް ލަމާންގެ އަތުން އައިލާގެ ނަންބަރު ހޯދީއެވެ. އަދި ހަވީރު ބައްދަލުކޮށްލަން ބޭޭނުންކަމަށް މެސްޖް ކޮށްލިއެވެ. ސާވަން ހީކުރީ އައިލާ އެއްބަސްނުވާނެކަމަށެވެ. އެކަމަކު ސާވަން ހީކުރި ގޮތާ ހިލާފަށް އައިލާ އަންނާނެކަމަށް އެއްބަސްވިއެވެ.

“ލަލް…” ސާވަން އައިލާއަށް އޭނަގެ ހުރިހާ ސަމާލުކަމެއް ދިނެވެ. އައިލާވެސް ސާވަންއާ ދިމާއަށް ބަލައިލިއެވެ. ސާވަންގެ ނަޒަރު އޭނައަށް ހުއްޓިފައިވާތީ އަވަހަށް މޫޫދަަށް އައިލާގެ ނަޒަރު ބަދަލުކޮށްލިއެވެ. އައިލާގެ ހަރަކާތްތަކަށް ކުޑަ ހިިނިތުންވުމެއް ދީފައި ސާވަން ފެށިއެވެ. “މިހުކުރުގަ އެބަ ކިޔާ މޫދަށް ގޮސް ބާރބަކިއުުއެއް ހަދަން. ލަލް ބޭނުންތަ އަންނަން؟ ހުރިހާ އެންމެންވެސް ބުނި ލަލް އަންނަންވާނޭ.” ސާވަންގެ ވާހަކަތަކާ މެދު އައިލާ ވިސްނާލިއެވެ. ހައިފާމެންނަކީ އައިލާ ނުދައްނަ ބައެއް ނޫނެވެ. އެމީހުންނަކީ ދުވަސް ވަރެއްގައި އަައިލާވެސް އެއްކޮން އުޅުނު ބައެކެވެ. ނަަމަވެސް އެމީހުންނާ އޮތް ގުޅުން ވަނީ ހީނަރުވެފައެވެ. މީގަ ދެއަހަރު ކުރިން ދިމާވި ކަމެއްގެ ސަބަބުން ރައްޓެހިންނާ އޮތް ގުޅުންތަކަށް ވަނީ ވަރަށް ބޮޑު ބަދަލް ތަކެއް އައިސްފައެވެ. ޙުދު އައިލާގެ އަމިއްލަ ނަފްސާ ވެސް އޮތް ގުޅުން ވަނީ ހީނަރުވެފައެވެ. އައިލާގެ ފަރާތުން ޖަވާބެއް ނައުމުން ސާވަން ކުޑަކޮން ހާސްވިއެވެ. ހިޔާލުތަކުން ބޭރު ވަމުން އައިލާ ސާވަނަށް ހިނިތުންވުމެއް ދިނެވެ. އަދި ބޮލުގެ އިޝާރާތަކުން ދާނެ ކަމަށް ބުންޏެވެ. އައިލާގެ އެ ހަރަކާތުން ސާވަން ހިތްހަމަ ޖެހުނެވެ. ހަވީރުގެ ވަގުތު ފާއިތު ވެގެން ދިޔައީ ދެމީހުންގެ މެދުގައި ވާހަކަ ދެއްކުމުގެ ތެރޭގައެވެ.

އިރުއޮއްސުހުމުން ބައްދަލުވުން މެދު ކަޑާލަން ޖެހުމުން ސާވަން ކުޑަކޮން މާޔޫސްވިއެެވެ. ނަމަވެސް ބަންގި ދޭ އަޑު އިވުމުން މާޔޫސްކަން ފިލައި އެކަމަށް އިޖާބަ ދިނެވެ. ދިޔަ މަގުމަތީގައި އައިލާއަށް ދުވަހުގެ އަލްވަދާއު ކިޔައި މިސްކިތައް ދާން މިސްރާބުޖެހިއެވެ.

*************************

-ކިޔުންތެރިންގެ ސަމާލު ކަމަށްޓަކައި ދަންނަވާލަން. ވާހަކައިގެ މިހިސާބައް ފަހު ގެނެސްދެވިފައިވާ ބަޔަކީ ބައެއް ކިޔުންތެރިންނަށް ކިޔަން އުނދަގޫ ވެދާނެ ބައެއް. އެހެންވެއްޖެ ނަމަ ޝާ ގެ އެދުމަކީ އެބައި ނުކިޔުން. ގެނެސް ދެވި ފައިވާ ބަޔަކީ ކުދިންނަށް އެކަށޭނެ ބައެއް ނޫންކަން އަދިވެސް އެއްފަހަރު ހަނދާންކޮށްލަދެން.-

*************************

ފަޒާގެ ތެރެއަށް ސިގެރޭޓުގެ ދުންތައް ދޫ ކޮށްލަމުން އެ ޒުވާނާ ދެލޯ މަރާލިއެވެ. ފަޅުގެ ތެރޭ އަދިރިގަނޑުގައި އިން އިރު ހިތަކަށް  އެއްވެސް ބިރުުވެރުކަމެއް ނާންނަކަހަލައެވެ. މަރާލައިގެން އޮތް ލޯ ހުޅުވާލީ މީހެއްގެ ގިސްލުމުގެ އަޑަށެވެ. ދަތްކުޑި ވިކާލާފައި ފާރުކައިރީގައި އިން އަންހެން ކުއްޖާއަށް ރުޅިވެރި ނަޒަރެއް ދިނެެވެ.

އެ ރުޅިވެރި ނަޒަރު އަމާޒުވުމުން އެ ނިކަމެތި އަންހެން ކުއްޖާ ތުންފިއްތާލައި ލައިގެން އިން ހެދުން އިތުރަށް ގަޔާލައި ބޮނޑިކޮށްލިއެވެ. ހެދުން އެތަން މިތަނުން ވަނީ ވީދިފައެވެ. އެކަމުންވެސް އެ ޒުވާނާގެ ޝިކާރަވެރި އަތުން ދެމިގަންނަން މަސައްކަތް ކޮށްފައިި ހުރިކަން އެގެއެވެ. ވީ ކަންތައް ހިޔާލަށް އައުމުން އަނެއްކާވެސް އެ އަންހެން ކުއްޖާއަށް ކުކުރާލެވުނެވެ.

އެ އަޑު އިވުމުން އަތުގައި އޮތް ސިގެރޭޓް ތިރިއަށް އެއްލާލައި އަންހެން ކުއްޖާއާ ދިމާއަށް އަވަސް ފިޔަވަޅުތަކެއްގައި ގޮސް އަރާ ހަމަކޮށްލިއެވެ. “ކަލޭއަށް އިނގެނި ރޯން އެކަނިތަ؟ މަ އެހާ އުފާކޮށްލަ ދިނީތީވެސް ޝުކުރު ކޮށްބަލަ. މަށާ ރައްޓެހިވި އިރުވެސް އިގެންޖެހޭނެ މަށަކީ މިކަންތަކަށް ފަރުވާތެރިކަން ބަހައްޓާ މީހެއްކަން. ކަލޭ ކައިރީ ރީއްޗަށް ބުނީމަ ގަބޫލުނުވީމޭނުން. އެކަމުގެ ހިތި ނަތީޖާ ފެނިއްޖޭނުން.” އަންހެންކުއްޖާގެ ކޮލުގައި ހިފާ ބާރުކޮށްލަމުން ރުޅިވެރި ގޮތަކަށް ބުނެލިއެވެ. އެކުއްޖާގެ ލޮލުން ހޯސްލާފައި ފައިބަމުން ދިޔަ ކަރުނަތަކަށް އެއްވެސް ސަމާލުކަމެއް ނުދިނެވެ. ކުޑަވެސް ލަދުވެތިކަމެއް އެ ޒުވާނާގެ މޫނުން ފެނިގެނެއްނުދެއެވެ.

“ކި-ކީއްވެ؟..” އަޅައިގަންނަމުން އެ އަންހެންކުއްޖާ ހިތުގައި އޮތް ސުވާލުކޮށްލިއެވެ. ސުވާލުގެ ޖަވާބު ސާފުކޮށް ލިބުމުންވެސް ނާހާލާ ހަމަ ނުހުރެވުނީއެވެ. ދެވުނު ލޯތްބާއި އަޅާލުން ހަދާލީ މަޖާ ކުޅިވަރަކަށެެވެ. “މަގޭ ލޯބި ލޯބި ސަމްހާ….ހީކުރީތަ މަ ސަމްހާ ދެކެ ލޯބިވެއޭ..މި ކޮންވެނި ސަމާސާއެއް..މަ އެންމެ ފަހަރަކުވެސް ކަލޭ ދެކެ ލޯތްބެއް ނުވަން. ތި ހަމަ މަ ފޫހިވެގެން ކުޅެލަން ނެގި ކުޅޭ އެއްޗެއް. ސަމްހާ ތި ހީކުރާ ކަހަލަ ބޭކާރު ކަންތަކެއް މަށެއް ނުކުރަން. ސާފުވެއްޖެތަ؟ ނޫނީ އަދިވެސް އިތުރަށް ކިޔައިިދޭންވީތަ؟” ސަމްހާ ދެފަރާތައް ބޯހޫރުވާލިއެވެ. ލޮލުން ކަރުނަ ފައިބަމުން ދިޔަ އިރު އެ ހިތައް ދިޔާއީ ވޭންދެނިވި އިހްސާސް ކުރެވެމުންނެވެ. އެންމެފަހުން އެންމެ ލޯބި ދިން މީހާވެސް އޭނާ ދޫކޮށްލީއެވެ. އަމިއްލަ މޮޔަކަމަށް ކުދި ކިޔާލެވުނެވެ.

“ދެންވެސް މަ ލޯ ކުރިމަތިން ދާންގުޅޭ…އިތުރު ކަމެއް ނުހިގަނީސް.” ލަސްކުރުމެއް ނެތި އަވަހަށް ތެދުވެ ސަމްހާ ދާން ހިގައިގަތެވެ. މުޅި ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނަށް ކެއްކޮށްލައިގެން ނުކުމެގެން ދިޔައެވެ. “ހަނދާން ކުރާތި…މީން ކަމެއް އެހެން މީހަކަށް އިގުނަސް މީ އެންމެ ފަހު ދުވަސް ކަމަށް ނިންމާ.” އެ ފިރިހެން މީހާގެ އަޑު މުޅި ގޭތެރޭގައި ގުގުމާލިއެވެ.

“ކަޔޯ ޝާއްޓޭ..” ސަމްހާ ދިޔަތާ އިރުކޮޅެއް ފަހުން އިތުރު ދެ ޒުވާނުން އައިސް ފަޅުގެ ތެރެއަށް ވަނެވެ. “ކައޭ މަންޖެއަށް ހާދަ ވަރެއް ކޮށްލާފައޭ ތީނި. ހަމަ އެހާވެސް ފައްކަލީތަ؟” ފާރުކައިރީ ލެގިލަމުން ވައަތައް ހުރި ޒުވާނާ ބުނެލިއެވެ. ޝާހިދު އޭނާގެ ދުވަސްވީ ދެ އެކުވެރިންނަށް ބަލައި ނުލަފާ ހިނިތުންވުމެއް ދިނެވެ.

“ވަރަށް ފައްކާ. ކައެ މެން ނައީނުން. ހަމަ 8/10 އެއް.” ޖެހިލުމެއްނެތި ބުނެލިއިރު އެއްވެސް ކަހަލަ ލަދެއްނެތެވެ. “ޕިސް…ޝާއްޓެ ކައެއަށް މަށާ ނިހާދު އަންނަންދެންވެސް މަޑެއް ނުކުރެވުނު ދޯ. ދެން އެވަރަށްތާ ރޭޓް ކުރާނި. އެންމެ ބެސްޓް އަކީ…. އޭޭނަ ވިއްޔަ ދޯ.” “ހުމްމް…ޒައްޕެ ކައެއަށް އިނގޭނުން.” “އޭ ޙަބަރެއް ލިބިގެންނޭ މި އައީވެސް. އެ އަހުމަދު ދަރި ސާވަން ރަށަށް އައި ވާހަކަ ރަށުތެރޭ ވަރަށް ދައްކާބަ. މަ ބިޓު ގޮލާ އެސޮރު މާ ރީއްޗޭ ކިޔާފަ އެސޮރު ފަހަތު އަޅުވައިގެން އުޅެނީ.” ރުންކުރުވެފައި ނިހާދު ބުނެލިއެވެ.

“ބަލައެއް ކަހަލަ ސޮރެއް އެއީ…މާލޭގަ ހުންނަން ވެގެނެ މިތަނަށް މޮޔަވެގެން އެ އައީ.” ޒަފަރު ވެސް ސާވަން އާ އޮތް ނަފްރަތު ހާމަކޮށްލިއެެވެ.

“ހްމްމް…ތި ސާވަނަށް ބައްދަލު ކޮށްލަން ވާނެ. ކާކުކަން އަންގަާލަ ދޭން ވާނެތާ.” ދުރު ބަލަހައްޓައިގެން އިދެ ޝާހިދު ބުންޏެވެ. ސާވަނަކީ އޭނަ ވަރަށް ރަނގަޅަށް ދަންނަ މީހެކެެވެ. ނުބައި ވަސްވާސްތަކަށް ހެއްލެމުން ދިޔަ އިރު ބިރުގެ ކުޑިފަށެއްވެސް އެ ތިން ޒުވާނުން މޫނު މައްޗަކު ނެތެވެ.

-ނުނިމޭ-

Share Article

Follow Me Written By

shaaaaa

Level 1

Other Articles

Previous

އެ ހުވަފެން – 5

Next

ޖޭއޯވަން-ޓްރެއިލަރ

Next
February 2, 2022

ޖޭއޯވަން-ޓްރެއިލަރ

Previews
February 2, 2022

އެ ހުވަފެން – 5



All Right Reserved!