Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މަގޭ ދަރިފުޅާ..!

lynderrr Level 1
December 16, 2021 3 Mins Read
0 Comments

ދުވަސްތައް ފާއިތުވަމުން ގޮސް މިއަދު މިވަނީ ހުރިހާ ކަމެއް ބަދަލު ވެފައެވެ. ދުވާލުގެ އަލިކަން ދެކުމުގެ ކުރިން ރޭގަނޑުގެ އަދިރިކަން ދެކެން ޖެހޭނެއޭ މީހުން ބުނެ އުޅެއެވެ. ބަނަ ދުވަސްތަކަކަށް ފަހު މިއަދު އަހަރެންގެ ހަޔާތުގެ އުދަރެހަށް އަނެއްކާވެސް އުންމީދުގެ އަލިކަން އެޅެމުންދާ ކަމުގެ އިހުސާސް އެބަ ކުރެވެއެވެ. ބީވެގެންދިޔަ ތަން އަލުން އަނބުރައެއް ނުހޯދޭނެއެވެ. ނަމަވެސް އަލުން އާ ފެށުމަކުން ފަށާ، ދިރިއުޅުމުގެ ބައްތެލީގެ ސަމުގާ ހިފާ މުޅިން އާ މިސްރާބަކަށް ދަތުރު ފެށިދާނެއެވެ. އެ އުންމީދުގައި މިއަދު އަހަރެން ވެސް މި ވަނީ ދަތުރުގެ މިސްރާބު ބަދަލު ކޮށްލާ މުޅިން އެހެން މަންޒިލަކަށް ދަތުރުފަށާފައެވެ. ވާނެ ގޮތެއް ނޭނގޭ ހާލު އަހަރެން ކުރިޔަށް ދާން ފެށީ ކުރިމަތި ވަމުން އައި ބޮޑު ކޮޅިގަނޑުގެ އެއްވެސް ހިލަމެއް ނުވާ ހާލުގައެވެ.

ޒަޔާން އާއި އަހަރެން ގެ ލޯބީގެ ގުޅުން ނިމިގެން ދިޔައީ ހީވެސް ނުކުރާ ކަހަލަ ގޮތަކަށެވެ. ޒަޔާން އަށް ޓަކާ އަހަރެން ނުވަނީ ކޮން ފަދަ ގުރުބާނީއެއް ހެއްޔެވެ؟ ނަމަވެސް އަހަރެން ދޫކޮށްލާފައި އެހެން މީހަކާ އިން އިރު އޭނާގެ ހިތަށް ހަމަ އެއްވެސް އެއްޗެއް ނޭރިއެވެ. ޒުވާން ކަމުގެ ޖޯޝުގައި އަހަރެން ވެސް ޒަޔާން ބުނި ކޮންމެ ކަމަކަށް އެއްވެސް ފަސް ޖެހުމެއް ނެތި އައީ އާންއެކޭ ބުނަމުންނެވެ. ފަހުން ވެދާނެ ގޮތަކާ މެދު އެއް ފަހަރު ވެސް ވިސްނާ ނުލެވުނެވެ. ޒަޔާން އަހަރެން ދޫކޮށްލާފައި ގޮސްދާނެއޭ ދުވަހަކުވެސް ހިއެއް ނުކުރަމެވެ. ވެވުނު ލޮއެއްބާ އެއްވަރަށް އިތުބާރުވެސް ކުރީމެވެ. ނަމަވެސް އެ ހުރިހާ ކަމަކުން އޭނާ ނަގަމުން އައީ ނާޖާއިޒް ފައިދާ ކަން އިހްސާސް ކުރެވުނު އިރު މާ ބޮޑަށް ވެސް ވަގުތު ފާއިތު ވެއްޖެއެވެ. ލޯބީގެ ނަމުގައި އޭނާ އަހަންނަށް ދިނީ ހިތުން ފިލައިގެން ނުދާނޭ ވަރުގެ ކެއްސެކެވެ. އާންއެކެވެ. އަހަރެން މިހުރީ އެ ކެހިވެރިޔާގެ ދަރިޔަކަށް ބަލިވެއެވެ. އެކަން އެނގުމުން ޒަޔާންގެ ހިތް ބަދަލުވެ ލިބެން އުޅޭ ދަރިފުޅުގެ ހައްގުގައި ވެސް އަހަރެމެން ދެމައިންނަށް ލޮތްބާ އަޅާލުން ދޭނެއޭ އަހަރެން ހީކުރީމެވެ. ނަމަވެސް ކަންތައް ވީ މުޅިން އެއާ އިދިކޮޅެވެ. ޒަޔާންގެ ހިތް އެއަށް ވުރެން ހިލަވެފައި އެ ހިތުގައި ރަހުމުގެ ކަންފުޅެއްވެސް ނެތެވެ. މިއަދު އަހަންނަށް އޭނާގެ އެހީއާއި ލޯބި އެންމެ ބޭނުންވީ ދުވަހު މުޅި ދުނިޔެއަށް އަހަރެން ގިނަ ކޮށްލީއެވެ.

ދުވަސްތައް ފާއިތު ވަމުން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. އަހަރެން އެނބުރި ރަށަށް އައީމެވެ. އެ އަނިޔާވެރި ކެހިވެރިޔާ ފެންނަ ހިސާބުގައި ވެސް ހުންނަން އަހަރެން ބޭނުމެއް ނުވެއެވެ. އަދި އަމުދުން އަހަރެންގެ ބަނޑުގައި މިވާ ދަރިފުޅު އެ އަނިޔާވެރިޔާގެ ހިޔަނިވާ ހިސާބުގައި ވެސް ގެންގުޅެން އަހަރެންގެ ހިތެއް ނުރުހުއެވެ. ނަމަވެސް  އެއްވެސް ކަމަކީ އަބަދަށް ސިއްރު ވެފައި އޮންނާނެ ކަންތައްތަކެއް ވެސް ނޫނެވެ.

ދުވަސް ވަމުން ދިޔަ ވަރަކަށް އަހަރެންގެ ހަށިގަނޑަށާ އުޅުމަށް ބަދަލު އަންނަމުން ދިޔައެވެ. ގައިގައި ވަރު ނެތުމުގެ ސަބަބުން ގިނަ ވަގުތު އޮވެވެނީއެވެ. ކިތަންމެ ބަނޑުހައި ވިޔަސް ކެވެނީ މަދު ފަހަރަކުއެވެ. ކެވޭ ފަހަރަކުވެސް ކެވެނީ އެހާ މަދުންނެވެ. ފެންނަ ފެނުމަށް ހީވަނީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅެފައި ހުރިހެންނެވެ. ކޮންމެ މީހަކު ވެސް ފުރަތަމަ ފެންނަ އިރަށް އަހަނީ ބަލީ ތޯއެވެ؟ ވާނީ ވެސް އެހެންތާއެވެ. ހޮޑުލާ ހޮޑުލާ މީހާ މޫނުމަތިން ހުންނަނީ ފެން ދެމިފައެވެ. ރަނގަޅަށް ނުކެވޭތީ މީހާ ހުރީ ހިކި އަނަރޫފަ ވެފައެވެ. ކަންތައްތައް މިހެން ވާން ފެށުމުން ގެއިން ބޭރަށް ވެސް ނުނުކުމެ އަބަދު އޮވެވެނީއެވެ. ބަނޑަށް ދެމަސް ވަންދެން އަހަރެން އުޅުނީ މިފަދަ ހާލެއްގައެވެ. ނަމަވެސް އޭގެ ފަހުން މަޑު މަޑުން ހޮޑު ލެވުމުގެ ކަންތައް ހަމައަކަށް އެޅި ރަނގަޅަށް ކެވެން ފެށިއެވެ. ފުރަތަމަ އަހަރެން ބަނޑު ބޮޑުކަން އެގުމުން މަންމަމެން ވަރަށް ހިތް ހަމަ ނުޖެހި، އެއްޗެހި ކިޔައި ކުޑަ މިނުން ރީތިކޮށް އަނގައިން ވެސް ބުނެ ނުލައެވެ. ނަމަވެސް ފަހުން ފަހުން އައިސް އަހަރެން އުޅެމުން އައި ހިތްދަތި ހާލު ފެނުމުން މަންމައަށް އެގޮތުގައި މާ ގިނަ ދުވަހަކު ކެތެއް ނުވިއެވެ. މަޑު މަޑުން އައިސް ހީކުރި ގޮތާ ހިލާފަށް މަންމަމެންގެ ލޮތްބާ އަޅާލުން ލިބެން ފެށީ ކުރިޔަށް ވުރެން ވެސް ބޮޑަށެވެ. އެކަމަކު މަންމަ އަބަދުވެސް އަހަރެންނަށް ކުރެވުނު ފާފަ ހަނދުމަކޮށްދީ،  އެކަމަށް ތައުބާ ވުމަށް އަބަދުމެހެން ނަސޭހަތް ތެރިވެއެވެ. އަހަރެން ވެސް އެކަން ގަބޫލު ކުރަމެވެ. އަދި ކޮންމެ ނަމާދަކަށް ފަހު ކުރެވުނު ފާފަޔަށް ތައުބާވެ ރޮވޭ ހާލު ފާފަ ފުއްސެވުން އެދި ދުއާ ދަންނަވަމެވެ.

އަހަރެންގެ ދަރިފުޅަކީ އަހަރެންގެ ފުރާނައެވެ. ދިރިހުރުމުގެ އުންމީދެވެ. ދުވަސް ވަމުން ދިޔަ ވަރަކަށް މޫނު މަތި އުޖާލާވެ، ފަލަވާން ފަށައިފިއެވެ. ދުރު މީހުންނަށް ބަނޑު ބޮޑުކަން ބަނޑުން އެހާ ބޮޑަށް ނޭނގުނަސް ފެންނަ ކޮންމެ މީހަކު ވެސް ކުއްލިއަކަށް ހަށިގަނޑަށް އަންނަމުންދާ ބަދަލުގެ ވާހަކަ އަހާ މިހާރު ކުރިއަށް ވުރެން ފަލަ ވާހަކަ ބުނެއެވެ. ވާނީވެސް އެހެންތާއެވެ! ހަތަރު މަސް ފުރި ފަސް މަހަށް އެޅުނީ ވިއްޔާއެވެ. މިހާރު އަބަދުވެސް ވިސްނެނީ ލިބެން އުޅޭ ދަރިފުޅާ މެދުގައެވެ. ޒަޔާން އަހަރެން ކައިރި ނެތަސް މިއަދު އަހަރެންގެ ހަޔާތުގައި އެއްވެސް އުނި ކަމެއް ނުވާ ކަހަލައެވެ. އެކަނިވެރިކަން އިހްސާސް ވާނެ ފުރުސަތެއް ނުލިބެއެވެ. އެންމެންގެ ލޮއެއްބާ އަޅާލުމުން ހިތް ފުރި ބަންޑުންވާ ވަރުވެއެވެ. ބަނޑުގައި އޮތް ތުއްތު ފުރާނަ މި ދުނިޔެއަށް ނޭވާ ލާނެ ދުވަހަކަށް ކެތްތެރި ކަމާ އެކު އިންތިޒާރުކުރެވެމުން އައީ އިންތިހާއަށެވެ. މިހާރުވެސް އަހަރެންގެ ހިތް  އެ ނިޔަނެތި ފުރާނައަށް ވަނީ މައިވަންތަކަމުގެ ލޯބިން ފުރިފައެވެ. ހިތް ދަތި ދުވަސް ތަކަކަށް ފަހު ހިނިތުންވެލާނެ ފުރުސަތެއް ލިބުނީތީ ކުރިން ވެފައިހުރި އެއްވެސް ކަމެއް ހަނދާނުގައި ނެތް ކަހަލައެވެ. ނަމަވެސް އަހަރެންގެ އުފާވެރި ހަޔާތް ބަރުބާދު ކޮށްލި އަނިޔާވެރިޔާ މަތިން ހަންދާން ނައްތާލާނީ ކިހިނެތް ހެއްޔެވެ؟ އެ ހަނދާން އާވާ ކޮންމެ ހިނދަކު ހިތް ރޯލައެވެ. ނަމަވެސް އެ އަނިޔާ ވެރިޔާ ކިބައިން ސަލާމާތް ކުރެއްވި ކަމަށްޓަކާ ހެއްދެވި ފަރާތަށް ޝުކުރުވެރިވަމެވެ.

އާ ދުވަހަކަށް އިރު އެރީ އެކި މީހުންގެ ދިރިއުޅުގައި އެކި ކުލަ ޖައްސަމުންނެވެ. ފަތިހު ފަތިސް ނަމާދު ކޮށްލައިގެން އައިސް އެނދުމަތީގައި އޮތް އަހަރެންގެ ފޯނު ނެގީ ގަޑި ބަލައިލުމުގެ ނިޔަތުގައެވެ. ނަމަވެސް ފޯނު ސްކްރީންއަށް ބަލަހައްޓައިގެން ހުއްޓުން އަރާފައި ހުރެވުނީ ޒަޔާންގެ މިސް ވެފައި އިން ދެ ކޯލަކާއި މެސެޖެއް ފެނުމުންނެވެ.

ނުނިމޭ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lynderrr

Level 1

Other Articles

Previous

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ނުވަދިހަ އަށްވަނަ ބައި)

Next

ޝަބްނަމް 1

Next
December 16, 2021

ޝަބްނަމް 1

Previews
December 16, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ނުވަދިހަ އަށްވަނަ ބައި)



All Right Reserved!