Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ނަފްރަތުން ވެވުނު ލޯބި 2 – 3

★ Amy ★ Level 110 Stories
December 11, 2021 5 Mins Read
1 Comment

“ފޮނި ވެސް ފިރިހެނެކޭ” އީނާޝް އަށް އިވޭނެހެން ހާނިޔާ ބުއީނާޝް ނުހޭން ހުއްޓާވެސް ހެވުނެވެ. ގަޑިން ނުވައެއް ޖެހިއިރު ފައިހާން ގެއަށް އައިސް ވަނެވެ. އޭރު ސިޓިންރޫމު ތެރޭގައި ޓީވީ ބަލަން ފާރިޝް އާއި ފައިހާ އިނެވެ. “އަނހަ ފައިހާން* ފާރިޝް ގޮވާލިއެވެ. ފޯނު ލޮކް ކޮށްލާފައި ޖީބަށް ލިއެވެ. އަދި ގޮސް ފާރިޝް އާއި ފައިހާގެ މެދުގައި އިށީނެވެ. “ދަރިފުޅު ރައްޓެހިވެގެން އުޅޭ ކުއްޖާ ގެންނަންވީ ނުން ގޭ މީހުންނާއި ބައްދަލުކޮށްލާ ހަދަން” ފާރިޝް އިސްވެ ވާހަކަ ދައްކަން ފެށިއެވެ. “ހެދެ ދަރިފުޅާ. މަންމަ މެން ބޭނުން ދަރިފުޅު ގެ ވާން އުޅޭ އަންހެނުންނާއި ބައްދަލުކޮށްލާ ވާހަކަ ދައްކާ ހަދާލަން. އޭރުން ދޯ މަންމަ މެންނަށް ދަސްވާނީ ވެސް، އިނގޭނީ ވެސް އެއީ ކޮންކަހަލަ މިޒާޖެއްގެ ކުއްޖެއްކަން” ފައިހާ އެކަމާއި ވިއްދާފައި ބަސްބުންޔެވެ. “އޯކޭ. އަޅުގަނޑު ވާހަކަ ދައްކާފަ މަންމަ މެން ކައިރީ ބުނާނަން ދުވަހެއް. މިދަނީ އިނގޭ ނިދަން. މާދަމާ ހެނދުނު ޑިއުޓީ ވީމަ އަވަހަށް ނިދަން ވެގެން” ފައިހާ އާއި ފާރިޝްގެ ގައިގާ ބައްދާލާފައި ފައިހާން ގޮސް ކޮޓަރިއަށް ވަނެވެ.

“ދަރިފުޅާ! ދަރިފުޅާ ޝާޝާ!” ޔުނާން ގެއަށް ވަދެ ފުރަތަމަވެސް މިޝާއަށް ގޮވަން ފެށިއެވެ. “ޝާޝާ ފޯނެއްގަ ހުރީ” ލިއުޝާ ޔުނާން އަށް ފެންތައްޓެއް ގެނެސް ދިނެވެ. “އެހެންތަ. ވަރަށް ބަނޑުހައި” ހުސްތަށި ލިއުޝާގެ އަތަށް ދީފައި ލިއުޝާ ގެނެސް ޔުނާންގެ މޭގައި ލައްކޮށްލިއެވެ.

***************************************

★ 3 ވަނަ ބައި ★

އަބާން އެނދުމަތީގައި އޮތީ ފުން ހިޔާލަކަށް ގެއްލިފައެވެ. ކޮޓަރި ދޮރުގައި ޓަކި ޖަހާ އަޑު ވެސް އެ ކަންފަތައް އަޑުނީވެއެވެ. ހާނިޔާ މަޑު މަޑުން ދޮރު ހުޅުވާފައި ވަދެ އަބާން ގެ ކައިރީގައި އިށީންދެލިއެވެ. ނަމަވެސް އަބާން އަކަށް މީހަކު އައިސް އޭނާ ކައިރީ އިންކަމެއްވެސް ނޭނގެއެވެ. މަޑުމަޑުން އަބާން ގެ ދުލުން ނަމެއް ބޭރުވިއެވެ. “ކާކުއޭ؟” އަބާން އެނދުން ފުންމައިގެން ތެދުވި އެވެ. “ދޮންތަ ކޮން އިރަކު މިތަ.. މިތަނަށް ވަނީ؟” އަޅަ އަޅައިގަނެގެން އަބާން ބުންޔެވެ. “ތިއެއް ނޫނޭ ކޮންކުއްޖެއްތަ؟ ދޮންތަ ކައިރީ ބުނެބަލަ؟” ހާނިޔާ އަބާން ގެ އަތު ހިފާ ދާނަން ފެށިއެވެ. “ކޮން ކުއްޖެއްގެ ވާހަކަ އެއްތަ ދޮންތަ ތިޔަ ދައްކަނީ؟” އަބާން ނޭނގޭ ކަމަަށް ހެދުނެވެ. “އަބޫ. މަންމަ ކައިރީ ބުނަން މިދަނީ އެކުއްޖާގެ ވާހަކަ” ހާނިޔާ އެނދުން ތެދުވެ ދޮރާއި ދިމާއަށް ހިނގައިގަތެެވެ. ނަމަވެސް ހާނިޔާ އަށްވުރެ ކުރިން އަބާން ގޮސް ދޮރު ބެއްދިއެވެ. “އޯކޭ ފައިން”.

ފައިހާންއަށް ހޭލެވުނީ ދޮރު ފޮތިގަނޑު ދޭތެރެއިން އަވި ގޮސް ފައިހާންގެ ލޮލަށް އެޅުމުންނެވެ. އިތުރަށް ނިދަން ބޭނުންވި ނަމަވެސް ވަޒީފާގެ ފުރަތަމަ ދުވަހު ގަޑި ޖެހިގެން ދާން ބޭނުން ނުވާތީ ފައިހާން ގޮސް ޓީޝާޓަކާއި ފަޓުލޫނެއް ނަގާ އެނދުމަތީގައި ބާއްވާފައި ގޮސް ފާހަނަ އަށް ވަނީ ފެންވަރާލާށެވެ. މާޝާ ހެނދުނު ހެނދުނާއި ސައި ތައްޔާރުކޮށްފައި ފައިހާ މާ ވަރަކަށް ހޮޑު ލާތީ ފައިހާ ހޮވައިގެން ދިޔައީ ހޮސްޕިޓަލަށެވެ. “މަންމާ! މަންމާ!” ބޮންޑޭޖް ބޫޓަށް އަރައިގެން ނުކުމެ ހާނިޔާ ގޮވަން ފެށިއެވެ. އެއްވެސް ތާކުން ފެންނާން ނެތުމުން ފޯނު ނަގައި މާޝާ އަށް ގުޅާލިއެވެ. ފައިހާން ފެންވަރައިގެން ނުކުތް ވަގުތު ލޮލުގައި އަޅައިގަތީ ކޮޓަރި ޑްރެސިން ޓޭބަލް ކައިރީ އިސްތަށިގަނޑު މޫނު މައްޗަށް ވައްޓާލައިގެން ހުރި އަންހެން ކުއްޖެކެވެ. އިސްތަށިގަނޑު ތެރެއަށް އަތް ލައްވާފައި ފައިހާން ފެންތައް ފޮޅާލިއެވެ. އެއަންހެން ކުއްޖާ އެނބުރުނު ވަގުތު އެކުއްޖާގެ މޫނު ގޮސް ޖެހުނީ ފައިހާން ގެ ތަނަވަސް މޭގައެވެ. ފައިހާން އަށް އެ އަންހެން ކުއްޖާގެ ހޫނު ނޭވާ އިހްސާސްވުން ފެށުމުން ހުރެވުނީ ގަޔަށް އެއްޗެއް ނުލައި ކަން ހަނދާން ވިއެވެ.

ޓީޗަރު ކިޔަވައިދެމުން ދިޔަ ވަގުތުވެސް އަބާން ގެ ސިކުނޑިވަނީ އެހެން ހިޔާލު ތަކަކުން ފުރާލާފައެވެ. ކައިރީ އިން ޝާޔާ ދެތިން ފަހަރަކު އަބާން ގެ އަތުގައި ކޮއްޓާލިއެވެ. އަބާން ސިހުނީ ޓީޗަރު އައިސް އަބާން ގެ މޭޒުމަތީގައި ޖަހާލުމުންނެވެ. އެއިރު ހުރިހާ ކުދިންގެ ނަޒަރު ވަނީ އެދިމާއަށް ހުއްޓިފައެވެ. ގަޑިއަކަށް ފަހު ގަޑިއެއް ނިމިގެން ގޮސް ބްރޭކް ގަޑި ޖެހުމުން ކެންޓީނަށް ދިއުމުގެ ބަދަލުގައި އަބާން ޑެސްކު މަތީގައި ބޯ އަޅާ ލޯމަރާލިއެވެ. ހުރިހާ ކުދިންނަށް މިކަން ފާހަގަ ނުވިނަމަވެސް އައިކާ އަށް އަބާން އަށް އައި ބަދަލު ފާހަގަ ވިއެވެ. އައިކާ ކެންޓީނަށް ގޮސް ޑެވިލްޑް ފިޝް އާއި ރޮއްޓެއް ކައިގެން ކްލާހަށް އައީ ކުޑަ ޖޫސް ފުޅިއެއް ހިފައިގެންނެވެ. ކުލާހުގައި އިތުރު ކުއްޖެއްް ނެތުމުން އައިކާ ގޮސް އައިކާ ގެ ގޮނޑީގައި އިށީނެވެ.

ފިހާރައިގައި އިނދެވެސް ފައިހާން އަށް ވިސްނެނީ މިއަދު ހެނދުނު ހިނގައިދިޔަ ހާދިސާ މަތިންނެވެ. “5 ދަޅު އައި ކެފޭ ޗޮކްލެޓް ކިހާވަރަކަށް؟” ފައިހާން އިސް އުފުލާ ބަލާލާފައި ހިސާބު ހަދައި ނިންމާލި އެވެ. ބޮލުގައި ރިއްސައި ގަނެފައި ހުރުމުން ގެއަށް ދާން ވެސް ހުރީ ނިހާނު ބޭނުންވެފައެވެ. ކަން ދިމާކުރި ގޮތުން މެންދުރު ނަމާދު ބަންގި ގޮވާކަށް މާ ގިނައިރުތަކެއް ވެސް ނެތެވެ. ” ބޭބީ” ފައިހާން ފޯނު އަނެއް ފުށުން ބޭއްވީ ޖަވާބު ދޭން ބޭނުން ނުވާތީއެވެ. އަޒާން ޝޫޓިން ނިންމާފައި ހާނިޔާ ގެ ކެބިންއަށް ދިޔައީ ނިއަދު ހާނިޔާގެ ޝޫޓިން އެއް އޮންނާތީ އެވާހަކަ ބުނަންށެވެ. ” ޔެސް ކަމް އިން” ހާނިޔާ ގޮނޑީގައި ރީތިކޮށް ހަމަޖެހިލިއެވެ. “ޑެޑީ” އަޒާން ފެނުމާއި އެކު ހާނިޔާ ގޮސް ހާނިޔާގެ ގައިގައި ބައްދާލިއެވެ.

ފާރިޝް ބްރޭކަށް ގެއަށް އައީ ފައިހާ ބަލިކޮށް އުޅޭ ވާހަކަ މާޝާ ގުޅާފައި ބުނުމުންނެވެ. ކޮޓަރި ދޮރު ހުޅުވިފައި ހުރުމުން މަޑުމަޑުން ދޮރު ހުޅުވައި އެތެރެއަށް ވަނެވެ. ފައިހާ އަށް ނިދިފައި އޮތުމުން ނިއްކުރިއަށް ބިސް ދީފައި ގޮސް ކާގެއަށް ވަނީ ކާންށެވެ. “ޑޮކްޓަރު ބުނީ މިރޭ ނަތީޖާ ބަލާއި އަންނަން” ފާރިޝް ކައިގެން އަތްދޮންނަން ދިޔަ ވަގުތު މާޝާ ބުންޔެވެ. ހިނިތުންވެލުމަށް ފަހު ފާރިޝް ގޮސް ސައިކަލަށް އަރައިގެން ދިޔައީ ޕޮލިސް ސްޓޭޝަނަށެވެ.

“ނެޝްޓް. ޔެސް ނައިސް. ގޯޖަސް. ލެޓްސް ޕެކް އަޕް ފޯ ޓުޑޭ؛” ހާނިޔާ ލައިގެން ހުރި ކުރު ޓޮޕް ކޮޅު ތިރިއަށް ދަމާ ލާފައި ގޮނޑީގައި އިށީނެވެ. “އު ޑިޑް ވެލް” ފޮޓޯ ގްރާފަރ އައިސް ހާނިޔާ އަށް ބުނެލިއެވެ. “ތެންކިޔު” ދެލޯ މަރާލައިގެން ގޮނޑީގައި ލެނގިލީ މޭކަޕް ތައް ރިމޫވް ކުރާ ދެކުއްޖަކު އައިސް ހުއްޓުމުންނެވެ. ޝޫޓިން ނިންމާފައި ސްޓޫޑިއޯއަށް ދިއުމުގެ ބަދަލުގައި ހާނިޔާ ބޭނުންވީ ހިތްހަމަ ޖައްސާލަން ހިނގާލަން ދާށެވެ. މަޑު ހިނގުމެއްގައި ހިނގާފައި ގޮސް ކޮފީ ޝޮޕަކަށް ވަދެ އައިސް ކޮފީއެއް ގަނެގެން ދިޔައީ ރަސްފަންނާއި ދިމާއަށެވެ. ތިރީސް މިނެޓުތެރޭ ހާނިޔާ ގޮސް ހުރީ ރަސްފަންނު ގައެވެ. ހަވީރުގެ ވަގުތު ކަމުން ކުޑަކުދިންނާއި ބޮޑެތި މީހުން އަދި ޒުވާން ފުރައިގެ ލޯބިވެރިންވެސް އެސަރަހައްދުގައި ތިއްބެވެ. ރައްޓެއްސެ ނެތުމުން ހާނިޔާ އިންތިހާއަށް ދެރަ ވެއެވެ. ނަމަވެސް އެކަމާއި ޝަކުވާއެއް ނުކުރެއެވެ. ކޮފީ ދަޅުން އެތިފޮދެއް ބޯލި ވަގުތު ފޯނު ރިންގު ވާން ފެށިއެވެ. ނުދަންނަ ނަންބަރަކަށް ވުމުން ނަގަން ނުނަގަން ހުރެފައިވެސް ފޯނު ނެގި އެވެ. “އައްސަލާން އަލައިކުމް” ޖަވާބުގެ ބަދަލުގައި ހާނިޔާ އަށް އިވުނީ ހުނުމުގެ އަޑެވެ. ރަނގަޅަށް ނަންބަރު ބަލާލުމުން އެއީ ކާކުކަން އެނގުނެވެ. “ނާޝް! ކިހާ ދެރަކަމެއް. މަ ހީކުރީ ސްޓޫޑިއޯ އިން ކަމަށް ގުޅީ. ކިހިނެއްތަ ވީ ތި ގުޅީ؟” އީނާޝް ކަން އެނގުމުން ހާނިޔާ ފަތިވަރު އަމުނާލިއެވެ. “މަ ބުނީ ތިތާ ލޯބިވެރިން މާ ފިލުވާ ގަޑީ އެކަނި ތިޔަ ހުރީ ކިއެއް ވެފަހެއްޔޭ؟” ހައިރާންވީ ވަރުން ހާނިޔާ އެކި ދިމަ ދިމާއަށް ބަލަން ފެށިއެވެ. “ހޫން. ކިތަމެ ވަރަކަށް ބެލިޔަސް ނުފެންނާނެ. ކާރެއް ތެރޭގަ މީނީ. ބިޓު ސޮރު އަންނަންދެން” ދެންވެސް ވާހަކަ ދެއްކީ އީނާޝް އެވެ. “ޝޫޓިން ނިންމާފަ ވައިވެގެން ހަމަ ޖައްސާލީ” އިރުކޮޅަކު ވާހަކަ ދެއްކުމަށް ފަހު ފޯނު ބޭއްވި އެވެ. ކޮފީ ދަޅު ހުސްކޮށް ލާފައި ކައިރީގައި ހުރި ޑަސްބިނަށް ލިއެވެ. އަދި އަވިއައިނު ނަގާ ލޮލުގަ އަޅައިގެން ހިނގައިގަތީ ސްޓޫޑިއޯ އާއި ދިމާއަށެވެ.

“މަގޭ ލޯބި ގަނޑު ކިހިނެއް މިހާރު؟” ފާހަނައިން ނުކުމެ ފައިހާގެ ކައިރީ އެނދުމަތީގައި އިށީނދެ ފައިހާގެ ގައިގާ ފާރިޝް ބައްދާލިއެވެ. ” އަހަރެން މިހާރު އޯކޭ އޭ” އެ ހުރިގޮތަށް ހުރެ ފައިހާ ޖަވާބު ދިނެވެ. އެހެން ބުނިތާ އިރުކޮޅެއްވެސް ނުވެ ފައިހާ އޯކަށް ދެމެން ފެށިއެވެ. ފާރިޝް ގަޔާއި ދުރުކޮށްލާފައި ފައިހާ ދުވެފައި ގޮސް ފާހާނައަށް ވަނެވެ. “މި ކީއްކުރަން؟” ފައިހާ ބަލާލީ ފާރިޝްގެ މޫނަށެވެ. ” މަށަށް ޝައްކުވާތީ ޔަގީން ކުރަން ވެގެން. ޓެސްޓު ކޮށްލުމަކުން މައްސަލައެއް ނެތޭނުން. އެހެން ނޫނަސް އަދި ރިޕޯޓު ބަލާއި ދާން ޖެހެނީ 8:30 އަށް. ފެން މި ހިފައިގެން ވަދެބަލަ” ފައިހާ ޓެސްޓު ކިޓް ހިފައިގެން ފާހާނާއަށް ވަނީއްސުރެ ފާރިޝް ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. ދޮރު ހުޅުވުނު އަޑަށް ފާރިޝް އެދިމާއަށް ގޮސް ފައިހާގެ މުށު ތެރޭ އޮތް ޓެސްޓު ކިޓް ނެގިއެވެ.

ސޭލްސް ނިންމާފައި ފައިހާން ފިހާރަ ބަންދުކޮށްފައި ގެއަށް ދާން ހިނގައިގަތެވެ. މާ ދުރަށް ދާން ނުޖެހުމުން ފަދަ މިނެތު ތެރޭގައި ގެއަށް ވަދެވުނެވެ. ކޮޓަރިއަށް ދިއުމުގެ ފައިހާން ދިޔައީ އޭނާގެ މަންމަމެން ކައިރިއަށްދާންށެވެ. ދެތިން ފަހަރު ޓަކި ޖަހާލުމުންވެސް ދޮރު ނުހުޅުވުމުން މާޔޫސް ކަމާއި އެކު އޭނާގެ ކޮޓަރިއަށް ގޮސް ވަނެވެ. ދޮރު ރަނގަޅަށް ތަޅު ލާފައި ލައިގެން ހުރި ޓީޝާޓު ބާލާ ސީފާމައްޗައް އެއްލާލިއެވެ. ކޮންމެވެސް ވަރަކަށް ވާރޭ ވެހެމުން ދާތީ ފެންވެރުމުގެ ބަދަލުގައި މޫނު ދޮވެލައިގެން އެނދަށް އަރާ ފޯނުން ނަންބަރަކަށް ގުޅާލިއެވެ. “އައިމް ސޮރީ. އައި ޑިޑިންޓް މީންޓު ޑޫއިޓް. އައިމް ސޮރީ ދެތް އައި ޑިސަޕޮއިންޓެޑް ޔޫ” ފައިހާން އަށް ފުރުސަތެއް ނުދީ އެކޮޅުން ވާހަކަ ދެއްކި އެވެ. “އެކަމް ކީޝް މިގެއަށް އައީ ކިހިނެއް ހެއްޔޭ؟ ކާކު މިގޭގެ ނަން ބުނީ؟” ފައިހާން ދަތް ކުނޑި ވިކާލާފައި ވާހަކަ ދެއްކި އެވެ. “ހާން ފޯނުގެ ލޮކޭޝަން ބަލައިގެން” އެއްވެސް ޖެހިލުންވުމެއް ނެތި ލީޝާ އެހެން ބުނެ ފޯނު ކަނޑާލި އެވެ. ފަންކަލާއި ދިމާއަށް ބަލަން އޮއްވާ މީހަކު ދޮރުގަ ޓަކި ދޭ އަޑު އިވުމުން ގޮސް ދޮރު ހުޅުވާލިއެވެ. “އަނެއްކާވެސް އައީ؟ މަންމަ ކައިރީ ބުނިން؟” އެއިން އެއްވެސް ސުވާލެއްގެ ޖަވާބު ދިނުމުގެ ބަދަލުގައި ލީޝާ ދޮރު ތަޅުލިއެވެ. ” ވަޓް އާ ޔޫ ޓްރައިންޓު ޑޫ. ވީ އެރެންޓް ނެރީޑް ޔެޓް” ލީޝާ ލައިގެން ހުރި ގަމީހުގެ ގޮއްނައްޓާތަން ފެނުމުން ފައިހާން އަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ. “ރިލެކްސް ބޭބީ. ބޮޑީ ޝޫޓް ލައިގެން މިހުރީ. އެހެން ނޫނަސް އަހަރެން މި އައީކީ ހާން ގެ ގަޔަށް އަރާކަށް ނޫން.” “ފެން ކިއްކުރަން” ފައިހާން ގޮސް ސޯފާގައި އިށީނެވެ. “ލީޝާ ދެން…..” ފައިހާން ގެ ވާހަކަ ހުއްޓުނީ ލީޝާ އައިސް ފައިހާންގެ ތުންފަތަށް ބޮސްދިނުމުންނެވެ. އައި ރުޅީގައި ފައިހާން އަށް ތަންކޮޅެއް ބާރަށް ލީޝާގެ އަތުގައި ހިފުނެވެ. ވީ ތަދުން ލީޝާގެ އަނގައިން މަޑު އާހެއްގެ އަޑު އިވުނެވެ. “ސޮރީ. ފެން ދޭ ގެއަށް. ހަފްތާއެއް ފަހުން ނޫނީ މަށަށް މެސެޖް ނުކުރާތި” ލީޝާއަށް ކުރެވުނީ ކިހާ ވަރެއްގެ ކަމެއްކަން އިހްސާސް ވުމުން އަމިއްލަ ނަފްސަށް ވަރަށް އަޑު ލިއެވެ. ބުނާނެ އިތުރު އެއްޗެއ ނޭނގުނުން އިސް ޖަހައިގެން ހުރެ ލީޝާ ގޮސް ކޮޓަރިން ނުކުމެގެން ގެއަށް ދިޔައެވެ. “ސޮރީ ވަރަށް ބޮޑަށް ސޮރީ. އައި ބޯ އައި ޑިޑް އަ ވެރީ ބިގް މިސްޓޭކް އަގެއިން. އިޓް ވިލް ނެވާ ހެޕަން.” ލީޝާގެ މެސެޖް ކިޔާފައި ފައިހާން ފޯނު ނިއްވާލީ އިތުރު މެސެޖެއް ލީޝާގެ ފަރާތުން ލިބިދާނެ ތިންނެވެ.

” ދެން ލިއު ހަމަ ޖެހިބަލަ” ލިއުޝާ މާ ހާސްވެގެން އުޅޭތީ ޔުނާން ލިއުޝާގެ އަތުގައި ހިފާލިއެވެ. “ނޫން. ޝާޝާ ދިޔަތަނެއް ވެސް އަހަރެމެން ނަކަށް ނޭނގޭ. ފެން ކިހިނެއް ހަމަ ޖެހެވޭނީ” އެހެން ބުނި ވަގުތު ލީޝާ އައިސް ގެއަށް ވަނެވެ. ލީޝާ ހުރި ގޮތް ފެނުމުން ލިއުޝާގެ ލޮލުން ކަރުނަ ނިރާލީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ.

⭐ ނުނިމޭ ⭐

Share Article

Follow Me Written By

★ Amy ★

Level 110 Stories

Other Articles

Previous

ހީވޭ ކަލާވާހެން-30

Next

ހިތި މާޒީ – 04

Next
December 11, 2021

ހިތި މާޒީ – 04

Previews
December 10, 2021

ހީވޭ ކަލާވާހެން-30

One Comment

  1. ★ Amy ★ says:
    December 11, 2021 at 2:21 pm

    Hi readers. Im sorry for keeping you guys for so long. And thank you for your support. I hope you guys would like this part too
    Tvgc b safe ?✨

Comments are closed.



All Right Reserved!