Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ވާ ލޯބި އެނގޭނަމަ – 16

eevss Level 210 Stories100 Login
November 12, 2021 2 Mins Read
0 Comments

އަށް ދާން ގެއަށް “. މާހިލް އެންމެންނަށް ގޮވާލިއެވެ. އެންމެން ވެސް ގެއަށް ދާން ހިނގައިތީ ލައިހާ މެން ވަރުބަލި ވެފައި ތިބޭނެތީއެވެ. ގެއަށް ދިއުމަށް ފަހު ލައިހާ ތާޒާ ވެލައިގެން ޖައިސާލީ ދިގު ދަތުރެއް ކުރުމުގެ ސަބަބުން ވަރުބަލިވެފައި ހުރުމުންނެވެ. މާގިނަ އިރު ތަކެއް ނުވެ ލައިހާ އަށް ނިދުނެވެ. “މަންމީ. މަންމީ”. ލައިހާ އަށް ހޭލެވުނީ މީލިއާ ގޮވާވަރުން ބޮލަށް އުނދަގޫ ވުމުންނެވެ.”މީލީ ބޭނުން ހިނގާލަން ދާން “. ލައިހާ ލޯ ހުޅުވާލުމުން މީލިއާ ބުނެލިއެވެ. ލައިހާ ވެސް މީލިއާ އަތުގައި ހިފާ ލައިގެން ގޮސް ފޮށި ހުޅުވާލާފައި ދެތިން ޓޮޕު ކޮޅާ ދެތިނ ސޯޓު ކޮޅު ނެގިއެވެ.” މީލީ. ކޮން ހެދުމެއް ތަ ލާނީ”.އެދު މަތީގައި ޓޮޕު ކޮޅާ ސޯޓު ކޮޅު ބަހައްޓަމުން ލައިހާ އަހާލިއެވެ. މީލިއާ ގޮސް ނެގީ ކަޅު ކުލައިގެ ޓޮޕު ކޮޅަކާ މަޑު ނޫކުލައިގެ ސޯޓު ކޮޅެކެވެ. ލައިހާ ދެން ހުރި އެއްޗެހި ތައް ނެގުމަށް ފަހު ފޮށްޓަށް ލާ ކަޅުކުލައިގެ ދެތިން ވޫލު ގެންގޮސް ޑްރެސިންޓޭބަލް މަތީ ބަހައްޓާފައި މީލިއާ ގޮވައިގެން ފާހަނަ އަށް ވަނެވެ. މީލިއާ ރީތި ކުރުވާފައި ލައިހާ ބޭރަށް ނުކުއިން އިރު ޔާނިޝް އަދި މީޝާ ވެސް ރީތި ވެގެން ތިއްބެވެ. މީޝާ ހުރީ އަޅި ކުލައިގެ ކޮޑު ފޭބި ހެދުމަކާއި ކަޅު ކުލައިގެ ޖީންސެ ލާފައެވެ. ޔާނިޝް ހުރީ ކަނޑު ނޫކުލައިގެ ހޫޑީ އަކާ ކަޅު ކުލައިގެ ޖީންސެ ލައިގެންނެވެ. ލައިހާ އެމީހުން ކައިރީ މީލިއާ ބެހެއްޓުމަށް ފަހު ދިޔައީ ލައިހާ ރީތި ވާންށެވެ.

16 ވަނަ ބައި..

ލައިހާ ރެޑީ ވެގެން ނުކުއިން އިރު މާއިން އަދި މީލިއާ ލައިހާ ގެ އިންތިޒާރުގައި ތިއްބެވެ. “ހިނގާ ދާން”. ލައިހާ އެ މީހުންނާ އަރާ ހަމަ ކުރަމުން ބުނެލި އެވެ. މާއިން ތެދުވެ ލައިހާ ގެ އަތުގައި ހިފާފައި މީލިއާ އުރާލިއެވެ. “މީލީ ބޭނުން ޕާކް އަށް”. ހިނގަމުން ދަނިކޮށް މީލިއާ އަށް ޕާކް ފެނުމުން ބުނެލިއެވެ. ލައިހާ އަދި މާއިން މީލިއާ ގޮވައިގެން ޕާކް އަށް ދިޔައެވެ.

“އައިމަން. ހިނގާބަ އައިސްކޯން ބޯން ދާން “. އައިމަން ކައިރި ހުރި އާޔާ ކުޑަކުއްޖެއްހެން ބޮޑާހާކާލިއެވެ.” ދެން އެހެން ދުވަހަކުން”. އައިމަން އާޔާ އެގޮތަށް ކަންތައް ކުރުމުން ހިތްހަމަ ނުޖެހިގެން ބުނެލިއެވެ. އައިމަނ އާޔާ އާ އިނީކީ ލޯބި ވާތީއެއް ނޫނެވެ. ލައިހާ މަތިން ހަނދާން ނައްތާލެވޭތޯއެވެ. ނަމަވެސް އައިމަން އަކަށް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ. އަނެއްކޮޅުން އާޔާ އުޅޭގޮތުން އައިމަން ރުޅި ގަޑު ކޮންޓްރޯލް ވަނީ ކިރިޔާ އެވެ. އާޔާ ތުން ދަމާލަމުން މައިތިރި ވިއެވެ.

ލައިހާ މެން މީލިއާ ގޮވައިގެން ދިޔަ އިރު ޔާނިޝް މެން އެތާނގައި ކުޅެން އުޅެއެވެ. މީލިއާ ވެސް ދުއްވައިގަތީ އެމީހުން ކައިރިއަށްށެވެ. މާހިލް އަދި ލީނާ ގެ އިތުރުން ޔާނަލް އާ ޝައިރާ ވެސް އެތާ ހުރި ބެންޗެއްގައި ތިއްބެވެ. ލައިހާ އަދި މާއިން ވެސް ހިނގައިގަތީ އެދިމާއަށެވެ.”އޭ ހިނގާބަ އެންމެން ވެސް އައިސްކޯން ބޯންދާން “. ޝައިރާ އެންމެން ކައިރި ބުނެލިއެވެ. އެންމެން ވެސް އައިސްކޯން ބޯންދާން އެއްބަސްވިއެވެ.

އެންމެން އައިސްކޯން ގަންނަން އުޅެނިކޮށް މާ ދުރު ނޫން ހިސާބެއްގައި އާޔާ ކައިރީ ހުރި އައިމަން އެވެ. ލައިހާ އަށް އޭނާ ނުފެނިއްޖެއްޔާ ކިތަންމެ ހާވެސް ރަނގަޅޭ ޝައިރާ ހިތައް އެރިއެވެ.

ނުނިމޭ..

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

eevss

Level 210 Stories100 Login

Other Articles

Previous

ހުވަފެން.

Next

އަބަދުވެސް…24

Next
November 12, 2021

އަބަދުވެސް…24

Previews
November 12, 2021

ހުވަފެން.



All Right Reserved!