Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ވާ ލޯބި އެނގޭނަމަ – 15

eevss Level 210 Stories100 Login
November 10, 2021 2 Mins Read
0 Comments

އަރީން އަދި އައިމަން ވެސް އާލާ އަށް ވީ ކީއްތޯ ބަލަން އަވަހަށް ދުއްވައިގަތެވެ.. އަރީން އަދި އައިމަން އެހާ ހަމައަށް އެރި އިރު އާޔާ ވެސް އަންނަނީ އެވެ. “އާލާ.ކީއްވީ”.އަރީން މާ ނޭވާ ލެވޭ ހާލު ވާހަކަ ދެއްކިއެވެ.”ކުރަތްޕެއް”. އާލާ އޭރު ހުރީ އިލޮށިފަތި ހިފައިގެންނެވެ.އެވަގުތު އެންމެންގެ ހިނި ގަޑު ފަޅައިގެން ދިޔައެވެ.. އާލާ އަރީން ގައިގާ ބޮނޑި އެއް އަަޅާލިއެވެ..

2 އަހަރު ފަސް..

“މީލީ”.ލައިހާ ގޮވާލީ ލައިހާ ގެ އެއް އަހަރު ގެ މީލިއާ އަށެވެ. އޭރު ލައިހާ ހުރީ މީލިއާ ފަހަތުން ދުވުމުގެ ސަބަބުން ވަރުބަލިވެފައެވެ.. މާއިން އަދި ލައިހާ ކައިވެނި ކޮށްގެން މެލޭޝިޔާ އަށް ބަދަލުވީ ގޭ އެންމެންގެ ވެސް އެނދުމުގެ މަތިންނެވެ. މިވީ ދުވަސްތަކު ތެރޭގައި ވަނީ މާއިން ވަނީ ލައިހާ ގެ ހިތުން ޖާގަ ހޯދާފައެވެ.”ދެން އާދެބަ މީލީ. މަންމި ވަރުބަލި ވެއްޖޭ މިހާރު. މިއަދު މީ މާމަ ކައިރިއަށް ދާ ދުވަސް “. ލައިހާ ދުވެދުވެ މީލިއާ އަތު ނުވުމުން ސިޓިން ރޫމު ގައި ބަހައްޓާފައި ހުރި ސޯފާގައި އިށީނެވެ. އެވަގުތުވީ މާއިން ވެސް އެތެރެއަށް ވަދެގެން އައި ވާގުތަށެވެ.. މާއިން މީލިއާ އުރާލައިގެން އައިސް ލައިހާ ގާތުގައި ހުއްޓިލިއެވެ.” ލައި. ހަވީރު ފްލައިޓް އިން ދާ ގޮތަށް. ލައި ދޭ ރެޑީ ވާން. އަހަރެން ދާނަން މީލި ރީތި ކުރުވަން “.މާއިން ވަރަށް ލޯބިން ލައިހާ ކައިރި ބުނެލިއެވެ..ލައިހާ ބޯޖަހާލާފައި ކޮޓަރި އަށް ވަނީ ރެޑީ ވާންށެވެ.

” މީޝް. އެ އުޅެނީ މީލިއާ އަންނަން. މީޝް ހެޕީ ތަ”. ލީނާ އޭނާގެ 2 އަހަރގެ މީޝާ އުރާލިއެވެ. މީޝާ އަނގައިން ނުބުނެ ބޯ ޖަހާލިއެވެ. ލީނާ މީޝާ ރީތި ކުރަން ވެގެން ފާހަނަ އަށް ވަނެވެ. މީޝާ ރީތި ކުރުމަށް ފަހު ލޫނާ އާ ހަވާލު ކޮށްލިއެވެ. އޭރު ޔާނިޝް ކުޅޭ ސާމާނު ހިފައިގެން ކުޅެން އިނެވެ.

2 ގަޑި އިރު ފަސް…

އެންމެން ވެސް ތައްޔާރު ވުމަށް ފަހު ދިޔައީ ލައިހާ މެން ބަލަ އެވެ . އތާ ތިބޭ ތާ 10 ވަރަކަށް މިނެޓު ފަހުން ލައިހާ މެން އެމީހުންނަށް ދަށްކާލިއެވެ. ލޫނާ ލޮލުން ކަރުނަ ތިއްކެއް ނީރާލީ 2 އަހަރު ފަހުން ލައިހާ ހަމަލޮލަށް ފެނުމުން އުފަލުންނެވެ.ލަސްނުކޮށް ލޫނާ ލައިހާ ގާތަށް ގޮސް ލައިހާ ގާތުގައި ހުރި މީލިއާ އުރާލިއެވެ. މީލިއާ ވެސް ހުރީ އެންމެން ފެނުމުން ވަރަށް އުފާވެފައެވެ.މީގެ ކުރިން އެމީހުން މީލިއާ އަށް ފެނިފައި ވަނީ ފޯނުންނެވެ.

“އަށް ދާން ގެއަށް “. މާހިލް އެންމެންނަށް ގޮވާލިއެވެ. އެންމެން ވެސް ގެއަށް ދާން ހިނގައިތީ ލައިހާ މެން ވަރުބަލި ވެފައި ތިބޭނެތީއެވެ. ގެއަށް ދިއުމަށް ފަހު ލައިހާ ތާޒާ ވެލައިގެން ޖައިސާލީ ދިގު ދަތުރެއް ކުރުމުގެ ސަބަބުން ވަރުބަލިވެފައި ހުރުމުންނެވެ. މާގިނަ އިރު ތަކެއް ނުވެ ލައިހާ އަށް ނިދުނެވެ. “މަންމީ. މަންމީ”. ލައިހާ އަށް ހޭލެވުނީ މީލިއާ ގޮވާވަރުން ބޮލަށް އުނދަގޫ ވުމުންނެވެ.”މީލީ ބޭނުން ހިނގާލަން ދާން “. ލައިހާ ލޯ ހުޅުވާލުމުން މީލިއާ ބުނެލިއެވެ. ލައިހާ ވެސް މީލިއާ އަތުގައި ހިފާ ލައިގެން ގޮސް ފޮށި ހުޅުވާލާފައި ދެތިން ޓޮޕު ކޮޅާ ދެތިނ ސޯޓު ކޮޅު ނެގިއެވެ.” މީލީ. ކޮން ހެދުމެއް ތަ ލާނީ”.އެދު މަތީގައި ޓޮޕު ކޮޅާ ސޯޓު ކޮޅު ބަހައްޓަމުން ލައިހާ އަހާލިއެވެ. މީލިއާ ގޮސް ނެގީ ކަޅު ކުލައިގެ ޓޮޕު ކޮޅަކާ މަޑު ނޫކުލައިގެ ސޯޓު ކޮޅެކެވެ. ލައިހާ ދެން ހުރި އެއްޗެހި ތައް ނެގުމަށް ފަހު ފޮށްޓަށް ލާ ކަޅުކުލައިގެ ދެތިން ވޫލު ގެންގޮސް ޑްރެސިންޓޭބަލް މަތީ ބަހައްޓާފައި މީލިއާ ގޮވައިގެން ފާހަނަ އަށް ވަނެވެ. މީލިއާ ރީތި ކުރުވާފައި ލައިހާ ބޭރަށް ނުކުއިން އިރު ޔާނިޝް އަދި މީޝާ ވެސް ރީތި ވެގެން ތިއްބެވެ. މީޝާ ހުރީ އަޅި ކުލައިގެ ކޮޑު ފޭބި ހެދުމަކާއި ކަޅު ކުލައިގެ ޖީންސެ ލާފައެވެ. ޔާނިޝް ހުރީ ކަނޑު ނޫކުލައިގެ ހޫޑީ އަކާ ކަޅު ކުލައިގެ ޖީންސެ ލައިގެންނެވެ. ލައިހާ އެމީހުން ކައިރީ މީލިއާ ބެހެއްޓުމަށް ފަހު ދިޔައީ ލައިހާ ރީތި ވާންށެވެ.

 

ނުނިމޭ…

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

eevss

Level 210 Stories100 Login

Other Articles

Previous

ހީވޭ ގާތުގާއި ވާހެން ކަލާ 8

Next

ބަދަލް 11

Next
November 10, 2021

ބަދަލް 11

Previews
November 9, 2021

ހީވޭ ގާތުގާއި ވާހެން ކަލާ 8



All Right Reserved!