ވާ ލޯބި އެނގޭނަމަ – 14
ލައިހާ ގެއަށް ގޮސް ފުރަތަމައިނުން ވެސް ބެލީ ލީޝާ އަށް ގުޅޭތޯއެވެ.. ލައިހާ ލީޝާ އާ އެކީ ވީޑިއޯ ކޯލްއެއް ގައި އިނދެފައި ފޯނު ކުރުކޮށްލީ ނަމާދަށް އަރަންށެވެ..
“ލައި. ބައްޕަ އެބަ ގޮވާ “.ލައިހާ ނަމާދު ކޮށް ނިންމައިގެން މުސައްލަ އަލަމާރި އަށް ލަނި ކޮށް ލީނާ އައިސް ބުނެލިއެވެ..ލައިހާ މުސައްލަ އޮންނަ ތަނެއް ލުމަށް ފަހު ހަމްޒާ ކައިރިއަށް ދާން ހިނގައިގަތެވެ.ލައިހާ އެތަނަށް ދިޔައިރު މާއިން ގެ އިތުރުން މާއިން ގެ މައިންބަފައިން ތިބި އިރު ލޫނާ ވެސް އެތާއިން ސޯފާއެއްގައި ހިނިތުން ވެލައިގެން އިނެވެ.. ލައިހާ ވެސް ހިނިތުން ވެލަމުން އެތާ އިން ސޯފާއެއްގައި އިށީނެވެ..
“ދަރިފުޅާ ބައްޕަ މެން މިހާރު ދަރިފުޅުމެން ކައިވެނި ކުރާނެ ތާރީހެއް މިރޭ މިއުޅެނީ ހަމަ ޖައްސަން.. ލައިހާ އައިސް އިށީނުމުން ހަމްޒާ ހަމްޒާ ގެ ވާހަކަ ފެށި އެވެ..އެންމެން ވާހަކަ ދެއްކުމަށް ފަހު އަންނަ މަހު ފަހުކޮޅު ކައިވެނި ކުރާ ގޮތައް ހަމަ ޖެއްސިއެވެ.
“ލައި”..ލައިހާ ފަހަތް ބަލައިލި އިރު އައިމަން ކަރުނަވީ ދެ ލޮލާއި އެކު ހުއްޓެވެ.. “އަ.. އައިމަން”.. ލައިހާ ގެ އަޑު އައީ ކެޑި ކެޑި ގެންނެވެ.. އޭރު ޝައިރާ ވެސް ދެލޯ ބޮޑު ކޮށްލައިގެން ހުއްޓެވެ.އެތާންގައި ވާނުވާ ނޭންގި ހުރީ ހަމްޒާ އަދި ލޫނާ ގެ އިތުރުން މާއިންއާ އޭނާގެ މައިންބަފައިންނެވެ.”އައިމަން ކީއްކުރަން މިތަނައް ތިއައީ”.. ލައިހާ ގައިގާ ހުރި ހިތްވަރެއް ލާފައި ރުޅި އިސްކުރަން މަސައްކަތް ކުރިއެވެ.. ނަމަވެސް ލައިހާ އަށް އެކަން ވާކަށް ނެތެވެ.. އެއަށްވުރެ އޭނަގެ ހާލު ދެރައެވެ.. ލައިހާ ގެ ދެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ.ލައިހާ ކަރުނަތައް ފޮހެލަމުން ކުރިމައްޗަށް ފިޔަވަޅު އަޅަމުން ގޮސް އައިމަން ކުރިމަތީގައި ހުއްޓިލިއެވެ.. “ހަމަ މިހާރު މިގޭން ނިކުމޭ”.ލައިހާ ދޮރާއި ދިމާއަށް އިށާރަތް ކޮށްލިއެވެ”.. އޭރު ވެސް އެ ލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ.”އެކަމް”.”ކޮން އެކަމް އެކޭ ކިޔާކައް.. ހަމަ މިހާރު ނިކުމޭ”..ލައިހާ އަނެއް ފަރާތައް އެބުރުނީ ލޮލުގައި ޖަމާވެފައިވާ ކަރުނަތައް ފޭބީމައެވެ.”އަދިވެސް ހުރީ ނުން “.. ލައިހާ ކަރުނަތައް ފޮހެލަމުން އަނެއްކާވެސް އައިމަން އަށް ބަލައިލިއެވެ..
” ލައިހާ”.އެންމެން ވެސް ހަމްޒާ އާ ދިމާއަށް ބަލައިލިއެވެ.”އާދެ ބަލަ”.ހަމްޒާ ސޯފާ ގައި އިށީނެވެ.. ލައިހާ ގޮސް ހަމްޒާ ކުރިމަތީގައި ހުއްޓުނެވެ.ހަމްޒާ ބޮލުގެ އިށާރާތުން އިށީންނަން ބުނެލިއެވެ. “ކީއްވެ އައިމަން ކައިރި މި ގޭން ނިކުންނަން ތި ބުނީ” ހަމްޒާ ލައިހާ އަށާ އައިމަން އަށް ބަލައިލަމުން ބުނެލިއެވެ.. ލައިހާ އައިމަން އަށް ބަލައިލިއެވެ.. “އެއީ”.. ލައިހާ އެހާ ހަމައަށް ބުނެ މަށްޗަށް އަރަން ދުއްވައިގަތެވެ..ލައިހާ ގެ ފަހަތުން ޝައިރާ އަދި ލީނާ ވެސް ދިޔައެވެ.މާހިލް އައިމަން ކައިރި އަށް ގޮސް އައިމަން ގޮވައިގެން ބޭރަށް ނިކުތެވެ.” އައިމަން.. ދެން ލައި ހޯދަން ނައީ އާ ރަނގަޅު ވާނީ. އައިމަން ވެސް ދެން އަމިއްލަ ދިރިއުޅުމައިގެން ކުރިއަށް ދިޔައީ އާ ރަނގަޅުވާނީ “.އައިމަން އަދި މާހިލް ގެ ވާހަކަ އަޑު އިވޭ ހިސާބުގައި ހަމްޒާ މަޑު ކޮށްލައިގެން ހުއްޓެވެ.
” ލައި. ދެން ނުރޮއެ “.ޝައިރާ އަދި ލީނާ ދިޔައީ ލައިހާ ކައިރީ އެކި އެކި ވާހަކަ ތައް ދައްކަމުން ނެވެ.”ހިނގާ އެހެން ރަށަކަށް ވީކް އަކަށް ވިޔަސް ދާން”. ޝައިރާ ބެލީ އައިމަން ގެ ހިޔާލު ތަކުން ލައިހާ ދުރުކުރުވޭ ތޯއެވެ.
އައިމަން ވެސް މާހިލް ބުނި އެއްޗިހިތައް ގަބޫލުކޮށް އަބުރާ ގެއާ ދިމާއަށް ހިނގައިގަތީ އަޒުމާއިއެކުގައެވެ.އައިމަން ގެއަށް އައިސް ވަނުމާއެކު ޖެހުނީ އަރީން ގެ ސުވާލު ތަކާއި ކުރިމަތިލާންށެވެ.”ކަމަކުވާ.އަހަރެން މި އައީ ރައްޓެއްސެއް ކައިރިންނޭ “.. އަރީން މާ ވަރަށް ސުވާލުތައް ކުރުމުން އައިމަން ބޮލަށް އާއި އެންމެ ފުރަތަމަ ދޮގު ހަދާލިއެވެ..” އޯކޭ”.. އައިމަން ފަރާތުން މާ އެދެވޭ ޖަވާބެއް ނުލިބުމުން އަރީން ބުނެލިއެވެ.. އެވަގުތު އެތަނުގައި ގުގުމައިގަތީ އާލާ ގެ ހަޅޭކުގެ އަޑެވެ..
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


