Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާ ލޯބި އެނގޭނަމަ – 13

eevss Level 210 Stories100 Login
November 5, 2021 2 Mins Read
0 Comments

މާއިން ލައިހާ އަށް ފާޑަކަށް ބަލައިލިއެވެ.. މާއިން މިއޮށް ހުރިހާ ދުވަހު ހީކުރީ މީ ލައިހާ ވެސް ބޭނުންވެގެން ކުރާ ކައިވެނިއެއް ކަމަށެވެ.. ކޮންމެ ގޮތެއް ވިއަސް މާއިން އަށް ކީއް ހޭ.. އޭނަ ބޭނުންވާ ކަންތައް ބޭނުންވާގޮތައް އެބަ ދެއެވެ..

13 ވަނަ ބައި..

“ކޮން ކަމެއް ވެގެން ތަ މަށާ ދިމާއަށް ތި ބަލަނީ.. މަގޭ މޫނު މަތީ އެއްޗެއް ހުރީ ތަ އަނެއްކާ.. ތިހުރީ ކަޑަ ވެފައި އެއް ނުން.. ކިތަންމެ ކަޑަ ވިޔަސް ކުރާނެ ކަމެއް ނެތް.. ދިސް އިސް ދަ ތްރުޓް.. އެހެންނޫނަސް މާއިން އަށް ވުރެ އެތައް ތަނަކުން ރީތި ކުއްޖެއް އެބަހުރި”.. ލައިހާ އަށް މާއިން އޭނަ އާ ދިމާއަށް ބަލަން ހުރި ކަން އެނގުމުން ބުނެލިއެވެ..” އެހެން.. ދެން ކީއްވެ އޯ އެކުއްޖާ އާ ނީނީ”.. މާއިން ދުރު ބަލައިލިއެވެ..”ތި ބެއްޔާ އާ ހެދި.. ލައި ބައްޕަ ބޭނުންވަނީ މާއިން އާ އިންނަން.. އައި ޑޯންޓް ނޯ ވައި ބައްޕަ އިސް ޑޫއިން ދެޓް “.. ލައިހާ ވާހަކަ ދެއްކި އިރު ފެންކަޅި ވެއްޖެއެވެ.. އޭރު މައިރާ ހުރީ ހީހީ ހަލާކު ވެފައެވެ..” މައި ވެސް ހޭނެ ކަމެއް ނެތް”..ލައިހާ ރުޅި އަންނަ ކަމަށް ހެދުނެވެ.. ވަގުތުން މައިރާ ހުނުން ހުއްޓާލިއެވެ..

އައިމަން އެދިޔަ ގޮތަށް ގޮސް އިނީ ވައިމަތީގައި ވެއްޓިފައި އޮތް ރުއް ބުރިއެއް މަތީ ގައެވެ.. ރުއް ބުރި މަތީ އިނދެގެން އައިމަން ހިތް ފުރެންދެން ރޯލިއެވެ.. އައިމަން އެ އިންތަނުން ތެދުވީ ބަންގި ގޮވުމުންނެވެ ..އައިމަން ގަމަށް އައީ ރަށްޓެއްސެއްގެ ގޭގައި ހުންނަން ގޮތަށެވެ.. އައިމަން އެގެއަށް ވަދެ ސަލާން ގޮވާލިއެވެ.. އެތެރެއިން ސަލާމް ބަލައިގަތީ އައިމަން މެން އުމުރުގެ ޒުވާނެކެވެ.. “އަދި ކިރިޔާ ތަ އާދެވުނީ.. އަހަރ މިހާރު މިތާ އައިމަނން ގެ އިންތިޒާރުގައި ހުންނަތާ ވެސް ބައި ގަޑި އިރު ވަނީ ކަންނޭންގެ މިހާރު”.. އެތެރެއިން އައި ފިރިހެން މީހާ ބުނެލިއެވެ..” ނޫން އިނީ ވައިމަތީ ހަމަ.. ދެން އަރީން ވެސް ރަނގަޅު ދޯ ކޮބައިތޯ ބަލައިލަން ދާން”.. އައިމަން ފޭކް ހިނިތުންވުމެއް އަރީން އަށް ހަދިޔާ ކޮށްލިއެވެ.. ދޮރު މަތީ ތިބެން ނުހަދާ ދެމީހުން ވެސް އެތެރެއަށް ހިނގައިގަތެވެ..

ލައިހާ އެހެން ބުނި ފަހުން މާއިން އެއްވެސް ވަރަކަށް ވާހަކަ ނުދައްކާތީވެ ލައިހާ ހުރީ އުފަލުން ފޮޅިފައެވެ.. ލައިހާ އަދި މައިރާ އެކި އެކި ވާހަކަ ދައްކަމުން ދިޔަ އިރު މާއިން ހުރީ އެކަނިންނެވެ.. ގެއަށް ވަދެވެން އުޅެނިކޮށް ލީޝާ ގެ ވީޑިއޯ ކޯލްއެއް ލައިހާ އަށްއައެވެ.. ލައިހާ މި ގުޅަނީ ކަމަށް ބުނެ މެސެޖެއް ފޮނުވާލިއެވެ..

އައިމަން މެން އެތެރެއަށް ވައިން އިރު އަރީން ގެ އަންހެނުން އާލާ ބަދިގޭގައި އުޅެއެވެ.. “މިގޭގައި ތި ދެމީހުން އެކަނި ތަ އުޅެނީ”.. އައިމަން އަށް އެގޭތެރެއިން އިތުރުމީހަކު ނުފެނުމުން ބުނެލިއެވެ..” ނޫން..އުޅޭނެ އާލާ ގެ ކަޒިން އެއް.. އާޝާ ކިޔާނީ.. އޭނަ އަކީ ޕޮލިސް އެއް.. މިހާރު އުޅޭނެ އަންނަން “.. އަރީން ފޯނުން ގަޑި ބަލައިލަމުން ބުނެލިއެވެ..” ކާކު މަގޭ ވާހަކަ ދައްކަނީ “.. ދޮރުން އެތެރެއަށް ވަންނަން އައި އާޝާ އަށް އޭނަގެ ވާހަކަ ދައްކަނީ ކަން އެނގުމުން ބުނެލިއެވެ.. އަރީން ދޮރާއި ދިމާއަށް ބަލައިލީ އާޝާ ގެ އަޑު އިވުމުންނެވެ.. އައިމަން ވެސް އާޝާ އާ ދިމާއަށް ބަލައިލިއެވެ..

ލައިހާ ގެއަށް ގޮސް ފުރަތަމައިނުން ވެސް ބެލީ ލީޝާ އަށް ގުޅޭތޯއެވެ.. ލައިހާ ލީޝާ އާ އެކީ ވީޑިއޯ ކޯލްއެއް ގައި އިނދެފައި ފޯނު ކުރުކޮށްލީ ނަމާދަށް އަރަންށެވެ..

ނުނިމޭ..

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

eevss

Level 210 Stories100 Login

Other Articles

Previous

ހީވޭ ކަލާވާހެން-23

Next

އިތުބާރު ގެއްލުމުން

Next
November 6, 2021

އިތުބާރު ގެއްލުމުން

Previews
November 5, 2021

ހީވޭ ކަލާވާހެން-23



All Right Reserved!