Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ހޮޓެލްގެ ސިއްރު 1

N@B@@TI Level 110 Stories
October 27, 2021 3 Mins Read
0 Comments

ގްރެޖުއޭޝަން ނިމުމަށް ފަހު އެންމެ ފުރަތަމަވެސް އެންމެން ކުލަގަދަކޮށް ކަންތައްތައް ފާހަގަކުރަމުން ދިޔައެވެ. ޖޯޝާއި ފޯރީގައެވެ. މިއުޒިކީ ލަވަޔާ އެކީގައެވެ. ލައިރާ، މަރީ، ރައިޝާ، ލައިމް އަދި އިވީ އަކީ އެންމެ ކުޑައިރުއްސުރެން ނާސަރީ އިން ފެށިގެން ގުރޭޑް 10 ނިންމި އެންމެ ގާތް 5 އެކުވެރިން ނެވެ.  ސްކޫލުގައި ކިޔެވުމުގެ ދުވަސްތައް ނިމުމަކަށް އައުމުން، މި 5 އެކުވެރިން ނިންމީ 2 ހަފްތާގެ ދަތުރަކަށް ދިއުމަށެވެ.

“ހެއި ގާއިޒް، މިހާރު ގްރެޖުއޭޝަން ވެސް ނިމުނީ އެއްނު ކީއްތަ ވާނީ ދަތުރަކަށް ޖައްސާލަން؟” އިވީ ބުނެލިއެވެ. “ޔާރ، އިނގޭތަ މިހާރު ވަރަށް ޕޮޕިއުލަރ ފަޅު ރަށްރަށުގަ ހަދާފާ ހުންނަ ހޮޓެލްތައް!” ލައިމް ބުނެލިއެވެ.” އޭ އަސްލުވެސްތަ؟” މަރީ ސުވާލުކުރިއެވެ. “ޔާރ މިހާރުގެ ޓްރެންޑެކޭ އެއީ. މަރީ ހާދަ ފަހަތަކުއޭދޯ ތި އުޅެނީ… ހެހެހެ”  އިވީ ސަމާސާ ކުރަން ފެށިއެވެ. އިވީ އާއި އެކުގައި އެންމެން ވެސް ބައިވެރިވެލިއެވެ.” އީވްސް މީ އަބަދުވެސް އެންމެ ލޭޓެސްޓް ޓްރެންޑްތަކަށް ފޮލޯ ކުރާ މީހެކޭ ދޯ” ލައިރާ ބުނެލިއެވެ.”އޯކޭއި ދެން ހިނގާ ދަތުރުގެ ޓާސްކްތައް ބަހާލަމާ… އަހަރެން ކާން ބޭނުންވާނެ ތަކެތި ހަމަކުރާނަން  އީވްސް ގެ ކަމަކީ ދަތުރު ދާނެލޮކޭޝަން އެއް ސެޓް ކުރުން..” “އޯކީ” އިވީ ބުނެލިއެވެ. ” މަށާ ލައީމް ހަމަކުރާނަން ދެން ހުރި ސާމާނާ ޕިކްސް ނަގަން ކެމެރާ” ރައިޝާ ބުނެލިއެވެ.”އަހަރެން ގެންނާނަން ބޭސް… ޖަސްޓް އިން ކޭސް” މަރީ ބުންޏެވެ. ދަތުރު ދިއުމުގައި އެންމެން ވެސް ތިބީ ކެތްމަދު ވެފައެވެ. އެންމެން ވެސް އުޅެނީ ދަތުރު ދާން ތައްޔާރު ވުމުގައި އަވަދިނެތިއެވެ.

*3ދުވަސް ފަސް*

 މިއަދަކީ ދަތުރު ދާން ހަމަޖެހިފައިވާ ދުވަހެވެ. 5 އެކުވެރިން ހަވީރު ގެއިން މިސްރާބު ޖެހީ ޖެޓީގައި ހުރި ދޯންޏަށް އެރުމަށެވެ. މިހެން ދަނިކޮށް ފަހަތުން މީހަކު ގޮވާލި އެވެ. “އޭ! ގުރޫޕު ހަދައިގެން ކޮންކަމެއް؟” އެންމެން ފަހަތަށް އެނބުރި ބަލައިލި އެވެ. “އަހާ ވިވީ ބްރޯ ތަ؟ ކީއްތިކުރަނީ ފެނިވެސް ނުލާ؟ “ލައިރާ ސުވާލު ކުރިއެވެ. ވިވިއަން އަކީ ލައިރާ މެންނާ އެކު ތަޢުލީމު ނިންމި ވަރަށް ގާތް އެކުވެރިންގެ ތެރެއިން އެކުވެރި އެކެވެ.”މަ ހަމަ ދެން މިއުޅެނ…  ބައްޕަ ބުނެގެން ކަމަކު އަންނަނިކޮށް ލައީ މެން ފެނުނީމަ ގޮވާލީ.” “އޯހް އެހެންދޯވީ، އަހަރުމެން މި ދަނީ 2 ވީކްސް ވެކޭޝަން އަކަށް… ދެން ނެތޭ މަޑުކުރެވޭކަށް މިހާރު ދޯނި ފުރާ ގަޑި ޖެހެނީ  މި ދަނީ ދެން ދާން” ލައިރާ ބުނެލިއެވެ. ” އޯކޭ ހޭވް ފަން” ވިވިއަން މިހެން ބުނުމާއެކު ހިނގައިގަތެވެ . ދޯންޏަށް އެރުމާއެކު ރައިޝާ އިވީ ކައިރީ ބުނެލިއެވެ.”އޭ އީވްސް، ކޮން ރަށަކަށްތަ ސެޓްކުރީ؟”.”އެބުނާހެން ކޮން ރަށަކަށްތަ މި ދަނީ؟”ލައިމް ވެސް ސުވާލު ކުރިއެވެ.”އަހަރެން އޮންލައިންކޮށް ތަނެއް ބަލަމުން ގޮސް ވަރަށް ރީތި ބީޗް ސައިޑެއް ހުންނަ ރަށެއް ބުކް ކުރީ… އެހެން ރަށްރަށާ ބަލާފަ ވަރަށް އަގުވެސް ހެޔޮ އެތާގެ ހޮޓެލް ވެސް… ބައެއް ވިއު ޕިކްސް ވެސް ބަލައިލިން ގޯހެއް ނޫން… އަނ ބަލާބަ” މިހެން އިވީ ބުނުމަށް ފަހު ފޯނު ދިއްކޮށްލިއެވެ. އެންމެނަށް ވެސް މި ރަށް ކަމުދިޔައެވެ. ނަމަވެސް މި ރަށަކީ ތަންކޮޅެއް ދުރުގައި ހުންނަ ރަށެއް ކަމަށް އިވީ ބުންޏެވެ.

2 ގަޑިއިރު ފަހުން ރަށައް ލެފިއްޖެއެވެ.ރަށް ފެނުމާއެކު އެންމެންގެ މޫނުމަތިން ކުލަވަރު ބަދަލުވެގެން ދިޔައެވެ. އިވީ ހިތާހިތުން ސުވާލު ކުރީ އަނެއްކާ މީ ދަތުރު ރޭވި ރަށް ބާއެވެ؟ މި ރަށުގެ އިޝްތިހާރުން ދައްކައިދެނީ ރަށުގެ ނަލަ ކަމާއި ޗާލުކަމެވެ. އެކަމަކު މި ރަށުގެ އަސްލު މަންޒަރަށް ބަލާއިރު މިއީ ބޮޑު އަނދިރި، ބޯ ގަސް ގިނަ،ޖަންގައްޔެކެވެ. ހަމައެކަނި އެއްގޮތް ކަމަކީ ރަށުގެ ހޮޓަލަށް ކިޔާ ‘ސަނީސައިޑް އޮފް ލައިފް’ ނަމެވެ.”އެކަމަކު މިއީ އެ ރަށަކީ! އައި ނޯ! އަހަރެން ވަރަށް ރަނގަޅަށް ބަލާފަ ނެގީ ވެސް. ވަރަށް އޮޑު ރަށެއް…” އިވީ ހައިރާން ވެފައިހުރެ  ބުނެލިއެވެ. އެންމެން ވެސް އިވީ ގެ ބަހަށް އެއްބަސް ވިއެވެ. ” ހަމަ ތެދެއް.. ހޮޓެލް ވެސް ނެތް ފެންނާކަށް… އެކަމަކު ،އެއޮތީ ފާޑަކަށް އިން ހަނި މަގެއް… ހިނގާބަ ހޮޓެލް ފެނޭތޯ ދަމާ؟” ރައިޝާ އަތުން އިޝާރާތެއް ކޮށްފައި ބުންޏެވެ. ހުރިހާ އެކުވެރިން ހިނގަމުން ރަށުގެ މެދާ ހިސާބަށް އާދެވުނެވެ. މި ހިސާބުގަނޑަށް އާދެވުމާއެކު ހޮޓެލް ކުރިމައްޗަށް ހުއްޓުނެވެ.”ހުމްމްމް… ‘ ސަނީ ސައިޑް އޮފް ލައިފް’ މި ނަމުގެ ބަދަލުގައި މާ ބެސްޓް ވާނެ ‘ ޑާރކް ސައިޑް އޮފް ލައިފް’ ދޯ؟”ލައިމް ބުނެލިއެވެ. އެންމެން އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ.”މިތަން މިއޮތީ މުޅިން ސުންނާފަތި ވެފައެއްނު…. ލެޓްސް ހޯޕް ދެން ކޮންމެސް ވަރަކަށް ރަނގަޅު ކަމެއް ލިބޭތޯ”. މަރީ ބުނެލިއެވެ. ކުއްލިއަކަށް 4 އަހަރު ވަރުގެ ކުޑަ އަންހެން ކުއްޖަކު ހޮޓެލްގެ ދޮރު ކުރިމަތީގައި ހުއްޓިގެން ބަލަންއިނެވެ. ލައިރާ ދިޔައީ ސިއްސައިގެންނެވެ. އެހެންމީހުންނަށް ވެސް ކުއްލި ސިހުމެއް ލިބުނެވެ. 

އެ ކުޑަ ކުއްޖާ ލައިރާއާ ދިމާލަށް އައިސް ބުނެލިއެވެ.” ތީ ހޮޓެލްގެ ކަސްޓަމަރސް ތަ؟ އަޅުގަނޑަކީ އާރާ، ހޮޓެލްގަ އުޅޭ އެތިސްތެންތް (އެސިސްޓެންޓު)”.އާރާ އަކީ ހޮޓެލް މެނޭޖަރުގެ ހަމައެކަނި އަންހެން ދަރިފުޅެވެ.”ލައްބަ މީ ހޮޓެލް ނެގި ކަސްޓަމރސް. ‘އާރާ’ ހާދަ ރީތި ނަމެއް. ދައްތައަށް ކިޔަނީ ލައިރާ، ދެން މީ ދައްތަގެ ފްރެންޑްސް މަރީ، ރައިޝާ، އިވީ ، ލައިމް”. މިހެން ބުނުމާއެކު އާރާއާ އެންމެން އެކުވެރިވިއެވެ. ދެން އެންމެން ވެސް ހޮޓެލްއަށް ވަނެވެ. ހޮޓެލްގެ ބޭރުފުށަށް ވުރެ އެތެރެ ހުރީ މުޅިން ފަޅު ވެފައެވެ. ފާރުގެ ކުލަ ފޭދި، މަކުނުވާ ގިނަ، މުޅި ހޯލު ވަނީ އެކި ސޫފާސޫފީގެ އަޑުން ގުގުމާފައެވެ. ލައިމް ފޯނުން ގަޑި ބަލައިލި އެވެ. އަދި އެވީ 17:30 އެވެ. ދެން ވީ އަންތަރީސް ވާ ކަމެކެވެ.

” ގާއިޒް، ލުކް ފްރީ ވައިފައީ ލިބޭ! ބޭނުން ވެސް ކުރެވޭ. އެކަމް ރޭންޖެއް  ނުލިބޭ… ” އެންމެނަށް ވެސް މިކަންވީ ވަރަށް އަޖައިބުވި ކަމަކަށެވެ. މި ހޮޓެލް އަކީ ސުންނާފަތި ވެފައި އޮތް ތަނަކަށް ވިޔަސް ،އައު  ކަންތައްތަކެއް ފެނިގެން ދާކަން އެންމެންނަށް ފާހަގަ ކުރެވުނެވެ. ދެން  ހޮޓެލްގެ މެނޭޖަރު އައެވެ.” އައްސަލާމު އަލައިކުމް.. އަހަރެންނަކީ މިތާނގެ ހޮޓެލް މެނޭޖަރު، އާދަމް .. މިހާރު 15 އަހަރު ވެއްޖެ އެއްވެސް ކަސްޓަމަރެއް  ނާންނަތާ… ވަރަށް އުފާ ވެއްޖެ މި ހޮޓެލް އަށް އައީމަ”. އާދަމް އަކީ މިދިޔަ  30 އަހަރުގައި ހޮޓެލްގައި މަސައްކަތް ކުރަމުން ދިޔަ ހޮޓެލް މެނޭޖަރެކެވެ. ނަމަވެސް ،މިދިޔަ 15 އަހަރު ދިމާވި އާދަޔާ ޚިލާފު ކަންތައްތަކުން މީހުން މި ހޮޓެލް އަށް ޒިޔާރަތް ކުރާކަށް ބޭނުމެއް ނުވެއެވެ.”ކީއްވެތަ މިތަން ވަރަށް ފަޅުކޮށް މި ހުރީ؟ މިތަނަށް އެއްވެސް ރީތިކަމެއްވެސް ނުފެނޭ… މިތަން މަރާމާތެއް ވެސް ނުކުރަންތަ؟ “އިވީ ސުވާލު މާކުތައް ޖަހަމުން ގެންދިޔައެވެ.” އެއީ ގިނަ މީހުން މިތަން ނުގަންނާތީ….. މަރާމާތު ކުރާވަރު ވެފަ އެ ހުރީ” މެނޭޖަރު ބުންޏެވެ. އިވީ އަށް އިޙްސާސް ވީ މި މެނޭޖަރު ކޮންމެސް ކަމެއް ސިއްރު ކުރާހެނެވެ. އިވީ ކުރާ ކުދި ސުވާލުތަކަށް ދެނީ ދުރު ދުރު ޖަވާބުތެކެކެވެ….

 *ނުނިމޭ *

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

N@B@@TI

Level 110 Stories

Other Articles

Previous

ވާ ލޯބި އެނގޭނަމަ-11

Next

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 29

Next
October 28, 2021

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 29

Previews
October 27, 2021

ވާ ލޯބި އެނގޭނަމަ-11



All Right Reserved!