ވާ ލޯބި އެނގޭނަމަ-11
ލައިހާ ކޮޓަރި އަށް ވަދެ ދޮރު ތަޅުލުމަށް ފަހު ފޯނު ނަގާ އައިމަން ގެ ފޮޓޯ ތައް ބަލަންފެށިއެވެ..ވަކިހިސާބަކަށް ގޮސް ފޮޓޯ އަށް ބަަލަން އިނދެ ލައިހާ ވާހަކަ ދައްކަން ފެށިއެވެ.”އައިމަން..ވަރަށް ވަރަށް ބޮޑަށް ސޮރީ..އިނގޭ އައިމަނ ވަރަށް ހިތާމަ ކުރާ ކަން ވެސް..ހަމަ ކިރިޔާ ވެސް ގޮތެއް އިންނަމަ ލައި މި ކައިވެނި އެއް ނުކުރާނަން.. ބައްޕަ އަށް އަހަރެމެން ވާ ލޯބި އެނގޭނަމަ”..ލައިހާ ފޮޓޯ ގަނޑަށް ބަލަމުން ވާހަކަ ދެއްކިއެވެ…
11 ވަނަ ބައި…
އެހެން އިނދެ ނިދުނު އިރު ވެސް ނޭންގެއެވެ..”ލައި..ލައި..ދޮރު ހުޅުވަބަލަ”..ލައިހާ އަށް ހޭލެވުނީ މީހަކު ގޮވާއަޑަށެވެ..ލައިހާ ކުޑަ ކޮށް ލޯ ހުޅުވާލުމަށް ފަހު ކީއްތޯވީ އެއްސެވެ..”ބައްޕަ ބުނެގެން”..ލައިހާ ތެދުވެގެން ގޮސް ދޮރުހުޅުވާލިއެވެ..”ކީއްވީ އޯ ބައްޕަ އަށް މިހާރު..އެ މާއިން އެކޭ ކިއާ އެތި އައީ ދޯ އަނެއްކާވެސް”..ލައިހާ މޫނު ހަދާލިއެވެ..”ހޫން..އެ އަންނަން ވޭ ވިއްޔަ ދެއިރު ކާތް ބޭސް ހެން މިގެއަށް”..ޔަނާލް ކޮޓަރިން ނިކުމެގެން ދިއައީ ލައިހާ ފެން ވަރަން ވަތުމުންނެވެ..10 ވަރަކަށް މިނެޓު ފަހުން ލައިހާ ރީތި އެގެން ކޮޓަރިން ނިކުތެވެ..ލައިހާ ނިކުއިން ތަނާ ސިއްސައިގެން ދިޔައީ މީހަކު ކުރިމަށްޗަށް އެރުމުންނެވެ..”ކިހާ ބޮޑު ވެއްޖެ ކަމެއް..އަދި ވެސް ކަލޭ ބޭނުންވާކަންތައް ނުވަނީތަ”..ލައިހާ ގާތައް ރުޅި އައެވެ..”މި ބޭބެ ބުނެގެން މި އައީ”..މާއިން އަދި ވެސް ހުރީ ހީގަނެގެންނެވެ..”ބައްޕަ އަށް ވެސް މިނޫން އެއްޗެއް ފޮނުވަން ނޭންގުނީ ތަ”..ލައިހާ ކުދި ކިޔަމުން ހިނގައިގަތެވެ..މާއިން ވެސް ހިނގައިގަތެވެ..ތިރި އަށް ފޭބިއިރު އެންމެން ސޯފައިގައި ތިއްބެވެ..”ދަރިފުޅާ..ދާން ވީނުން މާއިން ގޮވައިގެން ހިނގާލަން”..ހަމްޒާ އެހެން ހުރެފައި ބުނި އެތިން ލައިހާ ގާތައް ރުޅި އަންނަ ގޮތް ވިއެވެ..ނަމަވެސް ރުޅި ގަނޑު ހިންދާލަމުން ވާހަކަ ދެއްކިއެވެ..”ދެން ނޫން..ނެތް ހިނގަން ދާ ހިތެއް”..ހަމްޒާ އެންމެ އެނދެވޭ ޖަވާބު ނުލިބުމުން ހިތް ހަމަ ނުޖެހުނެވެ..”އެހެންވީއިރު ހަވީރު ދާތި”..ބައްޕަ މިއުޅެނީ ކޮންމޮޔައެއް ވެގެންހޭ ލައިހާ ގެ ހިތައް އެރިއެވެ..ލައިހާ އެކަމަށް އެއްބަސް ވެލިއެވެ..
މާއިން އެދުވަހު ގެއަށް ދިޔަ އިރު ހުރީ އެކެއް ޖަހަން ގާތް ވެފައެވެ..ވެފައި ހުރި ވަރުބަލިން އެދުގައި އޮށްވާ ނިދުނެވެ..
އައިމަން ތައްޔާރުވަމުން ދިޔައީ ގަމަށް ދާންށެވެ..އައިމަން މި ފަހަރު އެކަކު ވެސް ކައިރި ނުބުނެ ދާން ވިސްނީ ގޭ މީހުން އެއްބަސް ނުވާތީއެވެ..ޕެންޝަން ކުރުމަށްފަހު ފާހަނަ އަށް ވަނީ ފެންވަރާ ތައްޔާރުވުމަށެވެ.
ލައިހާ މާއިން ދިއުމުން ކޮޓަރި އަށް ވަދެ ދޮރު ތަޅުލިއެވެ.. ކޮޓަރީގައި އިނދެ އައިމަން ގެ ފޮޓޯ އަށް ބަލަމުން ހިތް ފުރެންދެން ރޯލިއެވެ.. އިން ތަނުން ތެދުވެގެން ދިޔައީ ޝައިރާ ގޮވާއަޑު އިވޭތީއެވެ..
“ހަމްޒާ.. ލައިހާ ގެ ތިކައިވެނި ކެންސަލް ކޮށްލަބަލަ..ލައިހާ ގެ ހަމަ ހުރެ ދާނުން ލޯބިވެރި އެއް ވެސް “.. ލޫނާ ވަރަށް އުއްމީދާއެކު ބުނެލިއެވެ..” ނޫން.. ހަމަ ނޭންގެނީތަ މިކައިވެނި މި ކުރެވޭ ސަބަބު “.. ހަމްޒާ ލޫނާ ގެ ވާހަކަ ތަކަށް ދީނީ ބީރު ކަންފަތެކެވެ.. ލޫނާ ބޯ ހޫރާލީ އިނގެ އޭ ބުނަންށެވެ..
އައިމަން އައިސް ލޯންޗަށް އަރާ ހަމަ ޖެހިލުމުން ލޯންޗް ގަމާ ދިމާއަށް ދުއްވާލިއެވެ.. އައިމަން ފޯނު ނަގާ ލައިހާ އަދި އޭނާ ލޯންޗްގައި ނަގައިފާވާ ފޮޓޯ ތަކަށް ބަލަމުން ދިޔައެވެ..
ލައިހާ ތައްޔާރު ވަމުން ދިޔައީ ހަވީރު ހިނގާލަން ދާންށެވެ.. ރީތި ވެގެން ނުކުއިން އިރު މާއިން ހުއްޓެވެ.. މާއިން އާއި އެކު ހިނގާލަން ނުކުތުމަށް ފަހު މިސްރާބު ޖެހީ ބަނދަރާއި ދިމާއަށެވެ..
އައިމަން އާއި ލޯންޗް ރަށަށް ލެފީ ހަވީރު އެވެ.. އައިމަން ހިނގައި ގަތީ ލައިހާ މެންގެއާދިމާއަށެވެ..
ލައިހާ ހިނގަމުން ދަނިކޮށް ދަންނަ މޫނެއް ފެނުމުން އަނެއްކާވެސް ބަލައިލިއެވެ.. ދެވަނަ ފަހަރަށް ބަލައިލެވުމާއިއެކު ދެލޯ ބޮޑުވިއެވެ.. ލަސްނުކޮށް އެ ދިމާއަށް ލައިހާ ދުއްވަްިގަތެވެ.. އޭރު މާއިން ވާނުވާގައި ބަލަން ހުއްޓެވެ..
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.



Oomaa gaash so curious to know the next part.
Mi part vex VR VR VR reethi❤️??