އާލިޔާ އެދުވަހު ގެއަށް ދިޔައީ ހާލިދު މެން އައިސް އުޅޭކަން ނޭނގި ހުރެއެވެ. ދިޔަ މަގުމަތީގައި ސިނގިރޭޓު ފޮށްޓެއް ގަނެގެން ގޮސް ގޭތެރެއަށް ވަންނަން ފިޔަވަޅު އެޅި އާލިޔާގެ ފިޔަވަޅު ތަކަށް މަޑުޖެހުމެއް އައީ ގޭތެރެއިން އަނީސާ އާއި ހާލިދު ވާހަކަ ދައްކާ އަޑަށެވެ. އެމީހުން ވާހަކަ ދައްކަމުން ދިޔަ ގޮތުން އެއީ ވަރަށް ސިއްރު ވާހަކައެއްކަން އެނގެއެވެ. އެވާހަކަ ތަކަށް އެއްވެސް ޝައުޤެއް ނެތުމުން އާލިޔާ ގޭތެރެއަށް ވަންނަން ދިމާ ކުރިއެވެ. ނަމަވެސް އޭނާގެ ފިލާވަޅުތައް ދެވަނަ ފަހަރު މަޑުޖައްސާލުމަށް މަޖުބޫރު ކުރުވީ އެމީހުން ދައްކަމުން ދިޔަ ވާހަކަ ތަކުގެ ތެރެއަށް އާލިޔާގެ ނަން އައުމުންނެވެ.
“ހާލިދު. ތީ ކީއްކުރަން ދައްކާ ވާހަކައެއްތަ؟ އާލިޔާއަކަށް ނުޖެހެ އެނގޭކަށް މިއިން އެކައްޗެއް ވެސް. އޭނާ ބަލާ ބޮޑުކުރީ އަހަރެމެން. އޭނާ ހީކުރަނީ އަހަރެން މީ އޭނާގެ އަސްލު މަންމަ ކަމަށް. ތީ ބައްޕަ ކަމަށް. އިތުރަށް ކޮން ވާހަކައެއް ދައްކާކަށްތަ އޭނ؟” އަނީސާ ހިތްހަމަނުޖެހިފައި ވާހަކަ ދެއްކިއެވެ.
“އެކަމަކު އަނީ. ހަޝްމާ މިހާރު އެ އުޅެނީ އައިސް. ހަޝްމާއަށް އާލިޔާ ފެނިއްޖެއްޔާ އެނގޭނެ. ހާދަ ވައްތަރޭ އެ ދެމީހުން. އަހަރެމެންގެ ނަސީބު ކަންނެ އެއީ އާލިޔާ އިސްތަށިގަނޑުގަ ކުލަ ޖައްސާފަ ހުރި ކަމާ، ފެހި ކުލައިގެ ލެންސް ލައްވާފަ އިންކަން ލޮލަށް.” ހާލިދު ވެސް ބުންޏެވެ.
އާލިޔާގެ ދެލޯ ބޮޑު ވިއެވެ.
“ހަޝްމާ އަކީ ޓީޗަރެއް. އޭނާ އާއި އާލިޔާ އާއި ދިމާ ވެއްޖެއްޔާ…”
“ދިމާވެއްޖެއްޔާ ކިހިނެއް ވާނީ؟ އޭނ؟ އަހަރެން މީ ތިމީހުންގެ ދަރިއެއް ނޫންކަންތަ؟” އެންމެފަހުން ކެތްނުކުރެވިގެން އާލިޔާ ގޭތެރެއަށް ވަނެވެ.
“ކާކު ހަޝްމާ އެއީ؟! ކާކުހޭ؟ އަހަރެން ވަރަށް ރެސްޕެކްޓް ކުރިން ތި ދެމީހުންނަށް. އަހަރެން އެންމެ ތުއްތު އިރުއްސުރެ އަޅާ ނުލި ކަމުގައި ވިޔަސް މައިންބަފައިންނަށް ވީތީވެ. އެކަމަކު މިއަދު؟ މިއަދު އަހަރެން ކިބައިން ތިހާ ބޮޑު ކަމެއް ސިއްރު ކޮށްގެން އުޅޭ ކަން އެނގުނީމަ އެއްވެސް އިޙްތިރާމެއް ނެތް.” އާލިޔާގެ ދެލޮލުން ކަރުނައައެވެ.
“އާ.. އާލިޔާ..” އަނީސާގެ ދޫ އޮޅުނެވެ.
“އާލިޔާ! ކޮންމެ ގޮތެއްވިޔަސް އާލިޔާ ބަލާ ބޮޑުކުރީ އަހަރެމެން. ކަލޭގެ މަންމައާ ބައްޕަ ކަލޭ ދޫކޮށްފަ ދިޔައީމަ ބެލީ އަހަރެމެން. މިއަދު އާލިޔާއަށް އަހަރެމެން ކުރިމަތީގައި އުއްފު ވެސް ބުނެވިގެން ނުވާނެ!” ހާލިދުގެ ރުޅިގަނޑު ކެކިގަތީ އެއެއް މިއެއް ބަލާފައެއް ނޫނެވެ.
“އެއީ-”
“އިނަފް އާލިޔާ! ދެޓްސް އިނަފް! އިތުރަށް މިވާހަކަ ދެކެވިގެން ނުވާނެ! އަދި ހަނދާން ކުރާތި. ހަޝްމާ އޭ ކިޔާ އެއްވެސް މީހަކާ ވާހަކަ ނުދައްކާތި! ވާހަކަ ދެއްކިކަން އެނގިއްޖިއްޔާ.. ދެން ވާނެ ގޮތް އެނގޭނީ މަށަށް. އަޑު އިވިއްޖެ؟” ހާލިދު ހަޅޭއްލަވައި ގަތެވެ.
“އެންމެ ރަނގަޅު. އެކަމަކު ޝަރުތެއްގެ މަތިން. އަހަރެން ކުރާ ސުވާލަށް ޖަވާބު ދީ. އަހަރެންގެ މަންމަ އަކީ ކާކު؟ ކޮބާ އަހަރެންގެ މަންމަމެން؟” އާލިޔާ ކެތް މަދުވެފައި އެއްސެވެ.
“އާލިޔާގެ މަންމައަކީ ޕްރޮސްޓިޓިއުޓްއެއް! ބައްޕަ އަކީ ކާކު ކަމެއް ވެސް ނޭނގެ! އާލިޔާގެ މަންމަ ވީ ނުވީ ތަނެއް ވެސް އަހަރެމެންނަކަށް ނޭނގޭ.”
“ދޮގެއް ތީ!”
“އާލިޔާ އަކަށް ނޭނގޭނެ އެކައްޗެއް ވެސް!”
“އެކަމަކު އަހަރެން ބޭނުން މަންމަގެ ނަން..”
“ހަމަ މިހާރު ދޭ ކޮޓަރިއަށް!”
އާލިޔާގެ ބިސްގަނޑު ފަޅައިގެން ދިޔަ ކަހަލައެވެ. “މިއަދުން ފެށިގެން އަހަރެން ތިމީހުނަކަށް މަންމައެއް އަދި ބައްޕައެއް ވެސް ނުކިޔާނަން! އައި ހޭވް ނޯ ރެސްޕެކްޓް ފޯ ޔޫ!”
އާލިޔާ ދުއްވެފައި ސިޑިން އަރައިގެން ގޮސް ކޮޓަރިއަށް ވަދެ ބަންލާފައި ދޮރު ލެއްޕިއެވެ. އޭނާ ދިޔަ ގޮތަށް ގޮސް އެނދުމައްޗަށް ވެއްޓި ގަތެވެ. އަދި ގިސްލަ ގިސްލާފައި ރޯން ފެށިއެވެ.
އޭނާއަށް އަދިވެސް ގަބޫލު ކުރަން ދައްޗެވެ. އޭނާ ބަލާ ބޮޑުކުރީ އޭނާގެ މައިންބަފައިން ނޫން ކަމެވެ. އޭނާގެ ދިރިއުޅުން އެހާ ބޮޑު އޮޅުވާލުމަކަށް ވީ ކޮން އިރަކު ހެއްޔެވެ؟ އޭނާގެ ކުށަކީ ކޮބައިހެއްޔެވެ؟ އޭނާގެ މަންމަ އަކީ ޙަޤީގަތުގައި ވެސް ހަށިވިއްކާ މީހަކީ ހެއްޔެވެ؟ އޭނާގެ މަންމަ އޭނާ ހޯދަން މަސައްކަތް ކުރި ބާވައެވެ؟ އޭނާގެ ދެކެ ލޯބިވި ބާވައެވެ؟ އޭނާގެ ބައްޕަ އަކީ ކާކު ކަން އޭނާގެ މަންމައަށް އެނގޭ ބާވައެވެ؟ އޭނާގެ ހިތުގައި އެތަކެއް ސުވާލުތަކެއް އެނބުރެމުން ދިޔައެވެ.
އޭނާއަށް މިއޮތް ހުރިހާ ދުވަހަކު މި ހުރެވުނީ ކަޅު އަނދިރީގައި ތާއެވެ.
“އެންމެ ރަނގަޅު. އަހަރެން އެ ކިޔާ ހަޝްމާ އަކާ ޓޯކް އެއް ނުކުރާނަން. ބަޓް… އައިމް ގޮނާ ޗޭންޖް. ޓު ހޫމް އައި ޓްރޫލީ އޭމް..” އާލިޔާ ދެލޯ ފުހެލުމަށް ފަހު ބުންޏެވެ. އަދި ތެދުވެގެން ގޮސް އޭނާގެ ޕާސް ނަގައިގެން ހިނގައިގަތެވެ.
ގެއިން ނުކުމެފައި އޭނާ އޭނާގެ ކާރަށް އެރިއެވެ. އަދި ދުއްވާލިއެވެ. އޭނާ ކާރު ޕާކް ކުރީ ސެލޫނެއްގެ ކުރިމަތީގައެވެ.
………….
===========
“މަމް. އައި ޑޯންޓް ތިންކް ދިސް އިޒް އެ ގުޑް އައިޑިއާ.” ގޭތެރެއަށް ވަދެގެން އައި އަންހެންކުއްޖާ ސޯފާއަށް ވެއްޓިގަންނަމުން ބުންޏެވެ.
“އެކަމަކު ދަރިފުޅާ. ކީއްވެތަ އެކަމަށް ތި ދެކޮޅު ހަދަނީ؟” އަންހެން މީހާ އައިސް އެ ކުއްޖާގެ ބޯލާ ކޮޅުގައި އިށީނދެލިއެވެ. އަދި އެ ކުއްޖާގެ ކަޅުކުލައިގެ ފަން އިސްތަށިގަނޑުގައި ފިރުމާލިއެވެ.
އެ ކުއްޖާއަށް ލިބިފައިވަނީ އާދަޔާޚިލާފު ރީތި ކަމެކެވެ. ކަޅުކަންގަދަ ފަން އިސްތަށިގަނޑަކާއި، ހިތިފަތު ބުމައެވެ. ހެޒެލް ކުލައިގެ ކުރަނގި ދެލޮލެވެ. ބޯ، ދިގު އެސްފިޔަތަކަކާއި، ފިޔާތޮށިކުލައިގެ ހިމަ ހިމަ ނޭފަތެކެވެ. ހަންގަނޑުގެ ކުލަ އަލިވެފައި އޮމާނެވެ. އެ ކުއްޖާގެ މޫނުމަތިން ފެންނަނީ ސާދާ ކަމެވެ.
ލައިގެން ހުރި ޓީޝާޓު ހުރީ ބެގީ ކޮށްފައެވެ. ތިރިން ލައިގެން ހުރީ ފައިކުރި ފުޅާ ބޯއިފްރެންޑް ޖީންސެކެވެ.
“މަމް.. އެ ސްކޫލަށް ދަނީ ހުސް މުއްސަނދިން. އަޅުގަނޑު ދިޔައީމަ ކިހިނެއް ވާނީ؟ މީހުން ފާޑު ކިޔާނެ.” އެ ކުއްޖާ މޮޅިވެރި ރާގަކަށް ބުނެލިއެވެ. “އަޅެ މަންމަގެ ދޫންޏާ. އަޑު އަހާބަ. މީހުން ކިޔާ އެއްޗިއްސަށް ނުބަލާތި. ނުވިސްނާތި. އޯކޭ؟ ދަރިފުޅުގެ މުސްތަގުބަލަށްޓަކައި މަންމަ މިހެން ކަންތައް ކުރީ. ދަރިފުޅު މަންމައަށް އިތުބާރު ކުރަންތަ؟” އެ މީހާ އެއްސެވެ.
“ލައްބަ މަމް. އައި ޑޫ.”
“ގުޑް.”
“އައި ލަވް ޔޫ މަންމާ.” އެކުއްޖާ ތެދުވެފައި އޭނާގެ މަންމަގެ ގައިގައި ބައްދާލިއެވެ. “ލަވް ޔޫ ޓޫ، ހައިއްކޯ.” އެ އަންހެން މީހާ އެ ކުއްޖާގެ ނިއްކުރީގައި ތުންފަތް ޖައްސާލިއެވެ. “އައި ލަވް ޔޫ ސޯ މަޗް، ދޫންޏާ.”
…………………
ޖެހިގެން އައި ދުވަސް
________________
“ހޮލީ ޝިޓް!!!!!!!!!!!”
މުޅި ހޯލް ތެރޭގައި ގުގުމައިގެން ދިޔައީ ޔަކްޒަލްގެ ބާރު ހަޅޭކުގެ އަޑެވެ. އެއާއެކު އެންމެ ޔަކްޒަލާއި ދިމާއަށް އެނބުރި ބަލާލިއެވެ. ދެލޯ ބޮޑު ކޮށްލާފައި އަނގަ ތަންމިނަށް ހުޅުވައިގެން ހުރިއިރު އޭނާގެ ދެލޯ އަމާޒު ވެފައި ވަނީ މާ ދުރު ނޫން ހިސާބެއްގައި ލޮކަރުގައި ލެނގިލައިގެން ހުރި 2 އަންހެން ކުދިންނެވެ.
ވަގުތުން ބޮޑެތި ފިޔަވަޅުތައް އަޅަމުން ޔަކްޒަލް އެ ކުދިންނާއި އަރާ ހަމަ ކުރިއެވެ. އޭރު ވެސް އޭނާ ހުރީ މަހެއްހެން އަނގަ ހުޅުވައިގެނެވެ. “ތި އަނގަ ލައްޕަ ބަލަ. މެއްސެއް ވަދެ ފާނެ، މޮޔަމީހާގަނޑާ!” މަލްދާ ހެމުން ހަށަން ބަނދެލިއެވެ.
“ހޮލީ!!!! ހޮލީ، ހޮލީ ހޮލީ… ފަ*ން ޝިޓް!!!!!” ޔަކްޒަލް އަނެއްކާވެސް ހަޅޭއްލަވައި ގަތެވެ.
“ޑެމިޓް ޔަކްޒަލްލްލްލް! ވީ ކޭން ޓެލް ޔޫ އާ ސަޕްރައިޒްޑް. ނައު ފަ* އޮފް!” އާލިޔާ އޭނާގެ އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ.
“ސޯ ދި ރޫމާސް ވާ ޓްރޫ؟!”
“ޑަހް.”
“ޔޫ އެކްޗުއަލީ ކަލަރްޑް ޔުއާ ހެޔާ ބްލެކް ބެކް އެގެއިން؟ އެން… ޔޫ އާ ހެއާ އިޒް ކާލީ ނައު.. ލައިކް.. ބިފޯ..” ޔަކްޒަލްގެ އަޑު ފަނޑުވިއެވެ. އޭނާގެ އަނގަ ހިކުނީއެވެ. އޭނާއަށް ހިންދިރުވާލުމަށް މަޖުބޫރުކުރުވީ އާލިޔާގެ ރީތި ކަމުންނެވެ. އޭނާގެ ހިތުގައި ގަދަކަމުން ފަސްއަޅުވަމުން އެ ގެންދާ އިޙްސާސްތައް އޭނާ އާއި ދެކޮޅަށް ނުކުތެވެ. އެތައް އަހަރެއް ކުރީގެ ހަނދާންތައް ޔަކްޒަލްގެ ސިކުނޑިއަށް އައެވެ. ކުރީގެ އާލިޔާއެވެ. މޭކަޕް ނުކޮށް ހުންނައިރުގެ އެ ސާދާ ރީތި ކަމެވެ.
ޔަކްޒަލަށް އާލިޔާ މިހާރަކު ވަކި ހަޑިއެއް ނޫނެވެ. މޭކަޕް ޖެއްސިއަސް ނުޖެއްސިއަސް އާލިޔާ ހަމަ ފުރިހަމައެވެ. ކޮންމެ ގޮތަކަށް އާލިޔާ ހުއްޓަސް، އާލިޔާ ފެންނަ އިރަށް ޔަކްޒަލްގެ ވިންދު އަވަސްވެއެވެ.
“އަހްހްހް… އަމްމްމް… އައި ގޮޓާ ގޯ.” ޔަކްޒަލް ކުއްލިއަކަށް ބުންޏެވެ. އަދި އާލިޔާމެނަށް ފަސްދީ ހިނގައި ގަތެވެ. “އެން.. ބްލެކް ލިލީ؟ ޔޫ ޑޯންޓް ލުކް ސޯ ބޭޑް ލައިކް ދެޓް.. ބަޓް ވިތު ދޯޒް ރެކޫން އައިޒް؟ ޔޫ ލުކް ލައިކް އެ މޮންސްޓާ.” ޔަކްޒަލް ކަޑަ ނުވާންވެގެން ގޮވާލިއެވެ.
“ޑިޑް އައި އާސްކް ފޯ ޔުއާ އޮޕިނިއަން؟” އާލިޔާ ލޯ އަޅާލިއެވެ.
“އައި ނެވާ ސެއިޑް ޔޫ ޑިޑް.” ޔަކްޒަލް ކޮނޑު އަރުވާލިއެވެ. އަދި އަވަހަށް ގޮސް ބާސްކެޓްބޯޅަ ދަނޑަށް ނުކުތެވެ. އޭނާ އެތަނުން ބޯޅައެއް ނަގައި އެކަނިމާއެކަނި ކުޅެން ފެށިއެވެ.
“ޑޫޑް! ހާދަ ބާކީ ވެފަ؟” ޝަނާހް އައިސް ހުއްޓުނީ ބެންޗުތައް ކައިރީގައެވެ. ނަމަވެސް ޔަކްޒަލްގެ ޖަވާބެއް ނުލިބުނެވެ. “ޒެކް؟…. ޒެކް؟ ބުރޯ އޭ؟!…. ޔަކްޒަލޫ؟! ކަލޯ އޭ!” ޝަނާހް ގޮވާ ގޮވާ ވެސް ޖަވާބެއް ނައެވެ. ޝަނާހް ދުވެލާފައި ގޮސް ޔަކްޒަލް ގާތު ހުއްޓެލިއެވެ. ޔަކްޒަލް ހުރީ އޭނާގެ އަމިއްލަ ދުނިޔެއެއްގައި ކަން އޭނާއަށް އެނގުނީ އެހިސާބުންނެވެ.
އޭނާ ޔަކްޒަލް ޝޫޓް ކުރި ބޯޅަ މަތަ ކުރިއެވެ. އަދި ޔަކްޒަލްގެ ކޮނޑުގައި ޖަހާލިއެވެ. “އަޅެ ފަހެ ޢިޝްޤު ގަ ޖެހިފަތަ ކައެ ތިހިރީ؟ އެހެންޏާ؟ މަ ގޮވާ ގޮވާ ޖަވާބެއް ދިނީކީ ނޫން ވިއްޔަ؟ އާލިޔާ ފެނިފަ ވީ ގޮތެއްތަ އަނެއްކާ؟ ކަ…”
“އައި ތިންކް އައިމް އިން ލަވް ވިތު ހާ.” ސިހިފައި، އޭނާގެ ހިތުގައި އޮތް ޖުމްލަ ޔަކްޒަލަށް ބުނެވުނީ ބާރަށެވެ.
……………
1 ހަފްތާ ފަސް
_______________
އާލިޔާ އިނގިރޭސި ކްލާސް ކާރިއަށް ދިޔައެވެ. އަދި ވަކި ހިސާބަކަށް ގޮސް ގުދުވެލިއެވެ އެއަށްފަހު ފޮތަކުން މޫނުމަތި ނިވާކޮށްލަމުން ސިއްރު ސިއްރުން ކުލާސް ކުރިމަތިން ހުރަސް ކުރަން އުޅުނެވެ. “އައިންތު އާލިޔާ ހާލިދު! ހައު ނައިސް އޮފް ޔޫ ޓު ޓްރައި ޓު ސްނީކް އައުޓް އޮފް ކްލާސް!” ދެން އިވިގެން ދިޔައީ މިސަސް ބެލްސް ގެ އަޑެވެ.
އާލިޔާ ފޮތް ތިރިކޮށްލާފައި ބެލްސްއާއި ދިމާއަށް ހީލިއެވެ. “ޓެކްނިކަލީ، އައިމް ނޮޓް ސްނީކިން އައުޓް ކަޒް އައި ވޯޒްންޓް އިން ޔުއާ ކްލާސް އިން ދި ފަސްޓް ޕްލޭސް.” އާލިޔާ ކޮނޑު އަރުވާލިއެވެ. އާލިޔާގެ ލޯ ކްލާސް ކުދިންގެ މޫނުތަކަށް ދައުރުކޮށްލިއެވެ.
“އިފް ޔޫ އާ ޓްރައިން ޓު ފައިންޑް ޔުއާ ޕަރޓްނަރ އިން ‘ކްރައިމް’ ދެން ހީ އިޒް އިން ދި އަފިސް ރައިޓް ނައު. އެން ޔޫ ޔަންގް ލޭޑީ ގޮޓް އެ ވީއައިޕީ އިންވިޓޭޝަން ޓު މީޓް ވިތު ދި ޕްރިންސިޕަލް ޓޫ.” މިސަސް ބެލްސް ބުނެލިއެވެ.
“އޮހް ރިއަލީ؟ ވަޓް ޑިޑް އައި ޑޫ ނައު؟” އާލިޔާ ހައިރާންވާކަމަށް އެކްޓްކޮށްލިއެވެ.
“އައިމް އާސްކިން މައިސެލްފް ދި ސޭމްތިން، ޑިއާ.” މިސަސް ބެލްސް ހަށަންބަދެލިއެވެ.
“ވެލް… އައި… މީ އެން ކްރޯވެލްސް މައިޓް އޮރް މައިޓް ނޮޓް ހޭވް ޑިސައިޑެޑް ޓު ވޮޗް އެ ރިއަލް ލައިފް ޝޯ އޮފް ޓޮމް އެން ޖެރީ. ސޯ ވީ ޕެއިންޓެޑް ބްލޫ ޕެއިންޓް އޮން މިސް ވިލިއަމްސް ކެޓް.. އަމްމް.. ވަޓް ވޯޒް އިޓްސް ނޭމް އެގެއިން؟ ވިސްކާސް؟ ވިނިފްރެޑް؟ ހްމްމް.. އައިމް ނޮޓް ޝުއާ ކަޒް ވީ ޑިސައިޑެޑް ޓު ޖަސްޓް ކޯލް އިޓް ޓޮމީ.”
“އެން ވީ ޕެއިންޓެޑް މިސްޓާ ބްރެންޑަންސް ވައިޓް ކަލަރޑް ލިޓްލް ހެމްސްޓާ ވިތު އޮރެންޖް ޕެއިންޓް އެން ދެން ޕުޓް އިޓް އިން ދި ޕްރިންސިޕަލްސް ރޫމް އެލޯންގް ވިތު ޓޮމީ. އެން ވީ ސެޓް ދެއާ ވިތު ޕޮޕްކޯން އެން އެމް އެން އެމްސް. ލެޓްސް ޖަސްޓް ސޭ… ހިޒް ރޫމް ލުކްސް ލައިކް އެ ‘ބިއުޓިފުލް’ މެސް. ޓޯޓަލީ ނޮޓް އަވާ ފޯލްޓް. އިޓްސް ދި ކެޓްސް އެން އޮހް.. އެވްރީވަން؟” އާލިޔާ ހެމުން ދިޔަ އޭނާގެ ކްލާސް ކުދިންނަށް ގޮވާލިއެވެ.
“ޕްލީޒް ޕްރޭ ފޯ ޖެރީ ، އޯކޭ؟ ލެޓް ދި އޮރެންޖް ލިޓްލް ހެމްސްޓާ ރެސްޓް އިން ޕީސް ނައު. އިޓް ޑައިޑް… އިން ދި މައުތު އޮފް ޓޮމީ. އެން އެޕޮލޮޖައިޒް ޓު ބްރެންޑަން އޮން މައި ބިހާފް، ކޭ؟… ނައު އައި ގޮޓާ ގޯ. އައި ހޭވް ގޮޓް އެ ވީއައިޕީ ޓިކެޓް ޓު ޑިޓެންޝަން ލޭންޑް. ހައު ލަވްލީ.” އާލިޔާ ހިނގައިގަތެވެ. އޭރު އެންމެން އޭނާ އާއި ދިމާއަށް ދެލޯ ބޮޑުކޮށްލާފައި ބަލަހައްޓައިގެން ހުއްޓެވެ.
……………….
“ޔޫ އާ ސަސްޕެންޑެޑް. ފޯ 2 ވީކްސް. ވީ ބޯތު ނޯ ދެޓް އިޓް ވޯންޓް އިފެކްޓް ޔުއާ ސްޓަޑީސް. ބިކޯޒް ލެޓްސް ބީ އޮނެސްޓް. ޔޫ ޑޯންޓް ސްޓަޑީ އެޓް އޯލް.” އާލިޔާއަށް ޕްރިންސިޕަލް ރޫމަށް ވަދެވުން އިރު ޔަކްޒަލް އިނެވެ. އޭނާ އިނީ ސްކޫލަށް އަންނަން ނުޖެހޭނެތީ އުފަލުން ދަތްބކޮޅު ސޭލް އަޅުވައިގެނެވެ.
“އޫހްހްހް! ހައި ނަތަން! އައި ވޯންޓް ޓު ބީ ސަސްޕެންޑެޑް ޓޫ.” އާލިޔާ ހީލިއެވެ.
“ވެރީ ފަނީ އާލިޔާ. ޔޫ ނޯ ވަޓް؟ ޔޫ އާންޓް ސަސްޕެންޑެޑް. ޖަސްޓް ޔަކްޒަލް އިޒް. ޔޫ ހައުއެވާ އާ ގޮނާ ސްޓާޓް ގެޓިން ކްލާސެސް. އެކްސްޓްރާ ކްލާސެސް ފްރޮމް އެ ސްޓޫޑެންޓް. ޔޫ ނޯ ޔޫ ކޭން ސްޓަޑީ ލައިކް ޔޫ ޑިޑް ބިފޯ. ޔޫ ނީޑް ޓު އިމްޕްރޫވް. އާލިޔާއަށް ސަރ ހަމަ ޖައްސާނަން އިގޭ ކުއްޖެއް. މޮޅު ކުއްޖެއް އޮފްކޯޒް. އޭނާ ގާތުން އާލިޔާ ދަސްކުރާނީ ދެން.”
“ވާޓްޓްޓްޓްޓްޓްޓް؟! ދެޓްސް އަން ފެއާ! މަ ވެސް ބޭނުން ސްކޫލަށް ނައިސް ހުންނަން! އެން ހައު ޑޫ އައި ނޯ ދެޓް ހުއެވާ ދިސް ސޯ ކޯލްޑް ސްޓޫޑެންޓް އިޒް، އިޒްންޓް އެ ނާޑް؟” އާލިޔާ ލޯ އަޅާލިއެވެ.
“ޔޫ ވިލް އެގްރީ ވިތު ހުއެވާ އައި އާސްކް ޔޫ ޓު ވޯކް ވިތު. އާލިޔާ. ނައު. ޔަކްޒަލް، ޔޫ އާ ގޮއިން ހޯމް ނައު. ޔުއާ ބްރަދާ އިޒް ކަމިން ޓު ޕިކް ޔޫ އަޕް. އާލިޔާ ޔޫ މޭ ގޯ ޓު ކްލާސ ނައު.” ނަތަން ބުންޏެވެ. އަދި ފޯން ކޯލެއް އައުމުން ތެދުވެގެން ދިޔައެވެ. އާލިޔާގެ ދެބުމަ ގޮށްޖެހުނެވެ.
“އޯލްޑާ ބްރަދާ؟” އާލިޔާއަށް ބަލާލެވުނީ ޔަކްޒަލާއި ދިމާއަށެވެ. ޔަކްޒަލްގެ ދެލޯ ބޮޑުވިއެވެ. “ވަޓް… ވަޓް ޑޑް ހީ މީން ބައި ދެޓް؟” އާލިޔާ އެއްސެވެ. “އަހްހް.. އާލިޔާ…” ޔަކްޒަލްގެ ދޫ އޮޅުނެވެ.
“އިޒް ހީ… އިޒް ހީ ހޫ އައި ތިންކް ހީ އިޒް؟” އާލިޔާގެ ލޮލަށް ކަރުނަ ޖަމާވިއެވެ. “ޔޫ ހޭވް އޮންލީ ވަން އޯލްޑާ ބްރަދާ… ބަޓް… ބަޓް ހީ… ވަޓް އާ ޔޫ ހައިޑިން ޔަކްޒަލް؟! ޓެލް މީ.” އާލިޔާ އެއްސެވެ. “ން.. ނަތިން.. ޔް.. ޔޫ ޝުޑް ގޯ ޓު ކްލާސް ނައު، އާލިޔާ.” ޔަކްޒަލް މަސައްކަތް ކުރީ އާލިޔާ ފޮނުވާ ލެވޭތޯއެވެ.
“ނޯ! އޭނާ މިތަނަށް އައީމަ ދާނީ! އޭގެ ކުރިން އަހަރެން މިތަނުން ފޮނުވާލާކަށް ލާހިކެއްނޫން.” އާލިޔާ ލޯ އަޅާލިއެވެ.
ހަމަ އެވަގުތެވެ. ދޮރު ހުޅުވުނެވެ. އެތެރެއަށް ފިރިހެނަކު ވަނެވެ. ބަލާބެލުމަށް ޖަހަނީ 21 ވަރަކަށް އަހަރު ވަރެވެ. މުށިކުލައިގެ އިސްތަށިގަނޑު ކުރުކޮށް ކޮށާލެވިފައިވީ އިރު، ލޮލުގެ ކުލަ ހުރީ އަޅި ކުލައިގައެވެ. މަތިމަހާއި ތުނބުޅި ކޮންމެވެސް ވަރަކަށް ހުރުމުން އޭނާގެ ފިރިހެންވަންތަ ކަން ދައްކާދެއެވެ. ލައިގެން ހުރީ އޮފީސް ހެދުމެވެ. ގަމީހާއި ފަޓުލޫނެވެ.
އާލިޔާއަށް އިންތަނުން ތެދުވެވުނެވެ. އެމީހާއަށް ވެސް އާލިޔާ ފެނުމުން ދެލޯ ބޮޑުވިއެވެ. އޭނާ ލާން އުޅުނު ނޭވާ ވެސް ތާށިވި ކަހަލައެވެ. އާލިޔާގެ މޫނުމަތިން ފެންނަމުން ދިޔައީ ވޭނެވެ. ޝަކުވާއެވެ. ހިތްދަތި ކަމެވެ. ރުޅިވެރި ކަމެވެ. ހިތާމައެވެ.
“އާ.. އާލް.. އާލިކް.” އާލިޔާއަށް ބުނެވުނެވެ. އާލިކްގެ ދެލޮލަށް ވެސް ކަރުނަ ޖަމާވިއެވެ. “ލިޔާ…” އާލިކަށް ވެސް ބުނެވުނެވެ.
އާލިޔާގެ މޫނުމަތިން ދެން ފެނިގެން ދިޔައީ ނަފްރަތެވެ. “އައި ހޭޓް ޔޫ، އާލް… އާލިކް. އައި ހޭޓް ޔޫ. އައި ހޭޓް ބޯތު އޮފް ޔޫ.” އާލިޔާ ޔަކްޒަލާއި ދިމާއަށާއި އާލިކަށް ބަލާލިއެވެ. އޭރު އޭނާގެ ލޮލުން ކަރުނަތައް ބަންޑުންވެ ކޯތާފަތުގައި ބޮސްދޭން ފަށައިފިއެވެ. އާލިޔާ ރޮމުން ރޮމުން ދުއްވައިގަތެވެ.
“ލިޔާ! ވެއިޓް! އައި ކޭން އެކްސްޕްލެއިން!”
“ސޭވް އިޓް ފޯ ސަމްވަން ހޫ އެކްޗުއލީ ވޯންޓް ޓު ހިޔާ އިޓް! އައި ހޭޓް ޔޫ!”
???
ހޯޕް ޔޫ ގާއިސް ލައިކްޑް ދިސް ޕާޓް.
?
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.





WWWOOOOOOOOOWWWWWWWW
SOOOOO NICEEEEEE
Ekm thankolheh lasvy up vaaleh
hope u will upload the next part soon
curiously waitingggg
EKM ehn bunnas keiyy nukurevey
iruiru kolhaa balan up vejje thoa
hehe
loveeeeeeeee ur storiessssss
lysm
tc
im waiting n waiting n waiting
Hi shyyms! I’ve read it from beginnin to this chapter and i wud say this is amazin.. But there is a problem.. English words dialogue thakuga maaginaee. English words kudakoh reduce kohlaafa badwords ves.. madhukohlaifiyya stry hama vrh reethi vrne ? And I like the girl name ‘aaliyaa’.. Her attitude is really different.. But kinda like it ❤. Anyway.. Umm.. heekuran mi comment positive koh nagaane kamah.. Take care and stay safe darls ?