ގާތުގާވުމަށް ހިތް އެދެނީ (29)
އެބާރުމިނުގާ ގޮސް ލައިހާ ރިޔާންގެ ކޮޓަރި ދޮރުހުޅުވާލިއިރު ފެނުނު މަންޒަރުން އެހިތް ރޯލިއެވެ.
*****
އޭނާގެ ފޮޓޯ ފްރޭމް އަށް ބަލަހައްޓައިގެން ރިޔާން އިންއިރު އެދެލޮލުގައިވާ ކަރުނަ ލައިހާ އަކަށް ސިއްރެއް ނުވިއެވެ. ސިއްސާގެން ގޮސްރިޔާން އަށް އަށް ދޮރަދިމާލަށް ބަލައިލެވުނީ ނިކަން ބާރަށް ދޮރުހުޅުވުމުންނެވެ. ލައިހާގެ ސޫރަފެނުމާއެކު އަތުގައި އޮތް ފޮޓޯ ފްރޭމް ފަހަތަށް ލުމަށްފަހު ދެލޯފުހެލީ ހިތުން ލައިހާ އަށް އޭނާގެ ކަރުނަތައް ނުފެންނަކަމަށެވެ. ” ލައީ މިތާ ކީއްކުރަނީ ، އަހަރެން ފުރަންދާން މިހާރު މިއޮޅެނީ ” ހަމަޖެހިލަމުން ރިޔާން ބުނެލިއެވެ. އެއިރުވެސް ލައިހާގެ ލޮލުން ހުއްޓުމެއް ނެތިކަރުނަތައް އަންނަމުން ދިޔައެވެ. ” ލައީ ކީއްވެ….” ރިޔާން އަށް ބުނެވުނީ މިހިސާބަށެވެ. ދެން ފެނުނީ ބާރުދެލީގައި ގޮސް ލައިހާ ރިޔާންގެ ގައިގައި ބައްދާލިތަނެވެ. ވާނުވާ ގާހުރި ރިޔާން ހުރީ ދެން ކަންތައް ކުރަންވީ ގޮތް ނޭނގިފައެވެ. ލައިހާ އެވަރަށް ރޯންވީ ސަބަބެއް ވެސް އޮންނަން ވާނެތާއެވެ. ” ލައީ ކީއްވެތަ ތި ރޮނީ ” ލައިހާގެ ދެކޮނޑުގައި ހިފާ ދުރުކޮށްލަން މަސައްކަތް ކުރަމުން ރިޔާން ބުނެލިއެވެ. އެހެންނަމަވެސް ލައިހާ ހުރީ މިނަށްވުރެ ބާރަށް ރިޔާންގެ އުނަގަނޑުގައި އަތްއަޅުވާލައިގެންނެވެ. ” އައިލަވް ޔޫ ” އިރުގަނޑަކަށް ފަހު ލައިހާ ގެ އަނގައިން އެބަސްކޮޅުނިކުތުމާއެކީ ރިޔާން ގެ ދެލޯބޮޑުވެގެން ދިޔައެވެ. ބުނަން ވީ އެއްޗެއް ނުވިސްނިފައި ހުއްޓެވެ. ” ލައީ ” ރިޔާން އަށް ބުނެވުނެވެ. ” އައިލަވްޔޫ ރިޔާން ، ވަރަށް ބޮޑަށް ލޯބިވޭ ، މާލަހުން ބުނެވުނު ނަމަވެސް އަހަރެން ވެސް ރިޔާން ދެކެ ލޯބިވާތާ އެތައް އަހަރެއް ވެއްޖެ އެހެންނަމަވެސް ޖެހިފައި އޮތް މަޖްބޫރީއަކުން އަހަރެންނަށް ރިޔާން ގެ ލޮއިތްބާ ދެކޮޅުހަދަން މަޖްބޫރުވީ ، ” ހުރިގޮތަށް ހުރެފައި ލައިހާ ބުނެލި ވާހަކަ އިން ރިޔާން ސިހިގެން ދިޔައެވެ. މިފަހަރު ލައިހާ އަމިއްލަ އަށް ރިޔާންގެ ގައިން ވަކިވެލަމުން މޫނުމަތި ފޮހެލިއެވެ. އެއަށްފަހު ރިޔާން އަށް ވޭތުވެދިޔަ ދުވަސްތަކުގައި ކަން ހިނގިގޮތް ކިޔާދިނީ އަޅައަޅާގަންނަމުންނެވެ. ވާހަކަ ތައް ކިޔާ ނިމުނު އިރު ރިޔާން ގެ މޫނުމަތީ ރުޅިވެރިކަމާ ހިތާމަ ވެސް ފެންނަން ހުއްޓެވެ. ” ލައީ ޒަޔާން އަށް މާފްކޮށްފާ ދޫކޮށްލީ ކީއްވެ އޭނާ އެކުރީ ކުޑަކަމެއް ނޫނޭ ” ހިތްހަމަ ނުޖެހި ހުރެފައި ރިޔާން ބުނެލިއެވެ. ” ޔާން ، އެއީ ޒިވްގެ ލޮއިތްބޭ ، އޭނާ ކިތަންމެ ބޮޑުކަމެއް ކުރިޔަސް އެކަކުއަނެކަކު ދެކެ ލޯބާ ދެމީހުން ޒިވް އެން ޒަޔާން އެއީ އެހެންވެ ޒިވް ގެ އުފަލަށްޓަކާ ނަމަވެސް އަހަރެން މިކަން ކުރީ ސޯ އަހަރެން ބޭނުމީ ޔާން ވެސް ޒަޔާން އަށް މާފްކުރަން ، ﷲ ގެ ރަހްމަތުން މިހާރު އަހަރެންނަށް މިވަނީ އަހަރެން އެންމެ ލޯބިވާ މީހާވެސް ލިބިފައި ސޯ އިތުރުކަމެއް އަހަރެން ބޭނުމެއް ނޫން ” ރިޔާންގެ ގައިގައި ބައްދާލަމުން ލައިހާ ބުނެލިއެވެ. ” ލަވްޔޫ މޯރ އެން މޯރ ސްވިޓީ ” ހިނިތުންވެލަމުން ރިޔާން ބުނެލީ ލައިހާގެ ނިތްކުރިމައްޗަށް ބޮސްދެމުންނެވެ. އެހެންއިނދެފާ ދެން ރިޔާން ކޮށްލިކަމަކުން ލައިހާ ދިޔައީ ސިއްސާގެންނެވެ. އެހެންނަމަވެސް ލައިހާ އަށް ވެސް އެއަމަލުގައި ބާވެރިވެލެވުނީ އިޝްޤުޤާ ޖެހިފާވަލެއް ބޮޑުކަމުންނެވެ. ދެމީހުންވެސް ސިއްސާގެން ގޮސް ދުރަށް ޖެހެވުނީ ކޮޓަރިދޮރުގައި ޓަކިދިން އަޑަށެވެ. ” ދޮންބޭ ފުރާގަނޑި ޖެހެނީ އޭ ” ދޮރުބުޑުގައި ހުރި ޔުލީން ލާނެތްކަމާއެކީ ބުނެލިއެވެ. އެއިރު ޔުލީންގެ އުނަގަނޑުގައި އަތްއަޅޫވާލައިގެން ޔޫއާން ވެސް ހެވިފައި ހުއްޓެވެ. ވާނުވާ ޔުލީންގެ ފަރާތުން އިނގުމުން ޔޫއާން ވެސް ވަނީ އޭނާގެ ގާތް ދެއެކުވެރިންނަށްޓަކައި އުފާވެފައެވެ.
ޔުލީންގެ އަޑުން ލައިހާ މާޔޫސްވާހާލު ރިޔާން އަށް ބަލާލިއެވެ. އެބެލުމުން ރިޔާން އަށް ވާނުވާއިނގުނުފަދައަކުން ހިނިތުންވެލިއެވެ. ” ޑޯންޓްވަރީ ބޭބީ ގާރލް ، ދޫނި ދުކޮށްފައި ދެން ނުދާނަމޭ ، މާމުހިންމު ވެގެންނެއް ނޫން މެލޭ އަށް ދާން އުޅުނީކީވެސް ޖަސްޓް ޓު ގެޓް ރިޑްއޮފް ޔުއާރ މެމޮރީ އެން އާފެށުމަކުން ފަށަން ބަޓް ނައު ދެން ނުދާނަން ބޭބީ ދޫކޮށްފަކާއެއް ” ލައިހާގެ ދެކޮނޑުގައި އަތްއަޅުވާލަމުން ރިޔާން އެހެން ބުނުމާއެކު ލައިހާގެ މޫނުއުޖާލާވިއެވެ. ރިޔާން ގެ އަތުގައި ހިފާލަމުން ލައިޙާ ކޮޓަރިން ނިކުން އިރު ސޯފާގައި ޔުލީން އަދި ޔޫއާންގެ އިތުރުން ޒިވްޔާ އަދި ނުޒްހަތް ވެސް އިނެވެ. އެންމެން ރިޔާން މެން ނިކުންގަނޑީގައި އެދެމީހުންނަށް ބަލައިލަމުން ހިނިތުންވެލިއެވެ. ޔުލީން އެމީހުން ކައިރި އޭނާއަށް އިނގިފައިވާ މިންވަރަކުން ވާނުވާ ކިޔާދީފައިވުމުން އެމީހުންނަށް ވީގޮތް އިނގުނެވެ. ލައިހާ އަށް ލަދުން އިސްޖަހާލެވުނީ އެތަނުގައި ނުޒްހަތް ވެސް އިނުމުންނެވެ. ރިޔާން ވެސް ފާޑަކަށް ރަކިވެފާ ހުއްޓެވެ. އެއެންމެން ގެ ތެރެއިންވެސް ފުރަތަމަ ނުޒްހަތް އެދެމީހުންނާ ދިމާލަށް ފުޅާހިނިތުންވުމަކާއެކީ އައުމަށްފަހު ލައިހާގެ އަތުގައި ހިފާލިއެވެ. ” ރިޔާން ހަމަ ހަޔާތަށް ތިޔަގެނައީ އެންމެ ރަނގަޅުބާވެރިޔާ ، މަންމަ އަށް ލައިހާ ވަރަށް ކަމުދޭ ” ފުޅާ ހިނިތުންވުމަކާ އެކީ ނުޒްހަތް ބުނެލިއެވެ. ” މަމް އަޅުގަނޑުގެ ޗޮއިސް އެއް ބޭޑް އެއް ނުވާނެ ” ރަކިނުވާންވެގެން ރިޔާން ބުނެލިއެވެ. ” ދެން ނުދަން ދޯ މެލޭ އަކަށް ” އެއްޗެއް ޔަޤީން ކޮށްލާފަދައަކުން ނުޒްހަތް އަހާލިއެވެ. އެއާއެކު ރިޔާން ލައިހާގެ އުނަގަނޑުގައި އަތްއަޅުވާލަމުން ބޯޖަހާލީ ލައިހާ ގެ މޫނަށް ބަލައިލަމުންނެވެ. އެއިރު ލައިހާ ހިނިތުންވެފާ ރިޔާން އަށް ބަލަހައްޓައިގެން ހުރެވުނެވެ. ” އެޙެމް އެޙެމް ، މަންމާ ދެން އަވަހަށް ދޮންބެ ގެ ކައިވެނި ވެސް ރެޑީކުރޭ ” ލާނެތްކަމާއެކު ޔުލީން ބުނެލިއެވެ. އެއާއެކު ރިޔާން އަދި ލައިހާ އެއްފަހަރާ ކަހަލަ ގޮތަކަށް ޔުލީން އާ ދިމާލަށް ލޯއަޅާލިއެވެ. ” ހޫން ލޯއަޅާނެކަމެއް ނެތް ، ދޮންބޭ ލައީ ގެންދަން ހުއްދައަށް އެދެން ” އަނެތްކާވެސް ޔުލީން ލާނެތްކަމާއެކީ ބުނެލިއެވެ. ” އާދެ ގެންދަވާ ” ރިޔާންވެސް ވަކި ޔުލީން އަށް ދޫނުކުރަންވެގެން މާތްގޮތަކަށް ބުނެލީ ލައިހާ ޔުލީން އާ ހަމައަށް ގެންގޮސް ޔުލީންގެ އަތަތެރެއަށް ލާދެމުންނެވެ. އެއާއެކު އެތާ ގުގުމާގެން ދިޔައީ އެންމެންގެ ހުނުމުގެ އަޑެވެ. އެއިރު ހިޔާލުތަކެއް ގައި ޒިވްޔާ އަށް ވެސް ވާނުވާ އިނގުމުން ހިނިތުންވެލެވުނެވެ. ޔުލީން ލައިޙާ އަދި ޒިވްޔާ ގޮވާގެން ދިޔައީ ޓެރެސް އަށެވެ. އެމީހުންގެ ފަހަތުން ޔޫއާން އަދި ރިޔާން ވެސް ދިޔައެވެ. އެންމެން ވެސް ހަމަޖެހެލީ އެތާ ހުރި ސޯފާތަކުގައެވެ. ” ފުރަތަމަ ވެސް ކޮންގްރެޓްސް ދެ ނިއު ކަޕުލް އަށް ” ޔުލީން ބުނެލިއެވެ. އެއާއެކު ރިޔާން އަދި ލައިހާ އެކަކު އަނެކަކަށް ބަލައިލަމުން ހިނިތުންވެލީ ދެހިތުގައިވެސް އުފާވެރިކަން އިންތިހާއަށް ވުމުންނެވެ. ” ކޮބާ ކޮންދުވަހަކުން ކައިވެންޏާ ގެން އުޅެނީ އެ ؟ ” މިފަހަރު އަހާލީ ޔޫއާން އެވެ. ” ނޭނގެ އަދި އިޔާއެއްވަރުފަހުން އަހަރެން ބޭނުމީ އެއީކިތަންމެ ގިނަދުވަހަކަށް ވިޔަސް ލައި ދަސްކޮށްލަން ވަރަށް ބޭނުން ” ލައިޙާ އަށް ބަލައިލަމުން ރިޔާން ބުނެލި ޖަވާބުން ލައިހާގެ ހިތަށް އުފާވެރިކަން ވެރިވެގަތެވެ. ހުދު އޭނާވެސް އެހާ އަވަހަށް ކައިވެނިކުރާކަށް ބޭނުމެއް ނޫނެވެ. ” އޮހޯ ގޯހެއް ނޫން ” ޔުލީން ބުނެލިއެވެ. އެވަގުތު އެންމެން ގެ ސަމާލުކަން ދަމާގަތީ ރިންގްވީ ޒިވްޔާގެ ފޯނުގެ ސަބަބުންނެވެ. ފޯނަށް ބަލައިލަމުން ޒިވްޔާ އޭނާ އާދިމާލަށް ބަލަހައްޓައިގެން ތިބި އެންމެނަށް ބަލައިލިއެވެ. ” އެބައަންނަން ” މިހެން ބުނެފައި ޒިވްޔާ ރެއިލް ކައިރި އަށް ޖެހެލިއެވެ. ” ޔަޤީނޭ އެގުޅީ ޒަޔާން ކަން ، ދެން އެދެމީހުންވެސް އަވަހަށް ގުޅޭތޯ ” އެހެންއިނދެފާ ލައިހާ އެހެންބުނުމާއެކު ޔުލީން އަށް ލައިހާ އާދިމަލާލަށް ބަލައިލެވުނީ ހައިރާންވެފައި އިނދެއެވެ. އެބުނީކިއްކަން ނޭނގިގެން ފަދައެވެ. އެއާއެކު ލައިހާ އަމިއްލަ ނިތްކުރީ ޖަހާލަމުން އެމީހުންނަސް މިއަދު ޒަޔާން ދެއްކިވާހަކަ ތައް ކިޔާދިނެވެ. ” ވާވް ފައިނަލީ ޒިވް އަށް އުފަވެރިކަން ވެސް ލިބެނީ ހަޤީޤަތުގައި އަހަރެން ވަރަށް ދެރަވި ޒަޔާން ޒިވް ޤަބޫލު ނުކޮށްފާނޭތީ ” ޔުލީން ބުނެލިއެވެ. ” މިހާރު ދެން ހުރިހާ ކަމެއް ވެސް ރަނގަޅުވީނު އެންމެން ވެސް ޒަޔާން އާ މެދު އެއްވެސް ހިތްބުރަކަމެއް ނުބާއްވާތި އިނގޭ ” ލައިހާ ބުނެލިއެވެ. އެންމެނަށް އެއްފަހާރާ ކަހަލަ ގޮތަކަށް ބޯޖަހާލެވުނެވެ.
” މިރޭ ކީއްކުރަން އޮފީހަށް ، މީޓިން ކަންތައް ވެސް ނިމިއްޖެ އެއް ނު ” ހައިރާންވެފާ ޒިވްޔާ ބުނެލީ ފޯނުން ވާހަކަ ދައްކަމުން ދިޔަ ޒަޔާން އަށެވެ. ” އެހެންނަމަވެސް ނިންމަމް ޖެހޭ މަސައްކަތް ތަކެއް އެބަހުރި އެހެންވެ އަންނާޗޭ ހަނދާން ކޮށް ނައިން އަށް ” މިހެން ބުނެ ޒަޔާން ފޯނުކަނޑާލީ ޒިވްޔާގެ ޖަވާބަކަށް ބެލުމެއް ނެތިއެވެ. ކެނޑިގެން ދިޔަ ފޯނަށް ބަލައިލަމުން ޒިވްޔާ ދެކޮނޑުއަރުވާލަމުން އަނބުރާ އެމީހުން ކައިރި އަށް ތިރިވެލިއެވެ. ޒަޔާން ލައިހާ ކިބައިން މާފަށް އެދި ހުރިހާ ކަމެއް ރަނގަޅުކުރުމުން އޭނާހުރީ އިންތިހާ އަށް އުފާވެފާއެވެ.
ރޭގަނޑުގެ ވަގުތެވެ. އޮފިހަށް ދާން ތައްޔާރުވެގެން ޒިވްޔާ ނިކުތީ ޓޭކްސީއެއް އަތުޖެހޭތޯއެވެ. ނިކަން ފަސޭހައިން ޒިވްޔާ އަށް ޓެކްސީއެއް ލިބުމުން އޭނާ ގެ ހިތަސް ހަމަޖެހުން ލިބުނެވެ. މެރޫން ކުލައިގެ އަބާޔާ އަކާއެކު ރީތިގޮތަކަށް އޮޅާލެވިފައިވަނީ ހުދުކުލައަދި މެރޫން ކުލަ މަދުން ފެންނަން ހުރި ރީތި ޒަމާނީ ޝޯލްއެކެވެ. ޒިވްޔާ އަށް ކިތަންމެ ރަނގަޅަށް ވެސް ގުޅެއެވެ. މާގިނައިރު ތަކެއް ނުވެ ޒިވްޔާ އަށް އޮފިހަށް އާދެވުމުން ޓެސްކީއިން ފައިބަމުން އެތެރެ އަށް ވަންނަން ހިނގާލި ނަމަވެސް އެތަނުން ފެންނަނީ ފަޅުކަމެވެ. އޮފީހުގެ ފަހަތުގާ ހަނދާލެވިފައިވާ ހިތްގައިމު ރީތިބަގީޗާ ޓްވިންކަލް ލައިޓްސް އިން ދިއްލާލައިފާ ވުމުން އެތަނަށް ޒިވްޔާ މިސްރާބުޖެހީ އެތާ އެންމެން ތިބީކަމަށް ހީކޮށެވެ. އެތަނަށް ދެވުމާއެކު ފުރަތަމަވެސް އޭނާ ގެގަޔަށް ވެރުނީ މަލުގެ ފިޔަތަކެވެ. ވާނުވާގައި ހުރެގެން ޒިވްޔާ ހިނގާގަތީ ޝޯލް ގައި ހަރުވެފާވާ ފިޔަތައް ނައްޓުވާލަމުންނެވެ. އެތެރެ އަށް ވަން ވަރަކަށް ޒިވްޔާގެ ލޮލުގައި އަޅާގަތީ އެތާ ހުރި ރަތްކުލާގެ ހަންތަކެވެ. ޒިވްޔާ ހަމަ ރަނގަޅަށް ވެސް ހައިރާން ވިއެވެ. އެތަނުން މީހެއްގެ ހިލަމެއް ނުވާއިރު އެތަން ތައްޔާރުކޮށްފާވާގޮތުން މީހާގެ ހިތުގައި އެތައްބައިވަރު ސުވާލުތަކެއް ފުނިޖެހުނެވެ. ” ޒިވް ” ފަހަތުން އިވުނު ޒަޔާން ގެ އަޑުން ޒިވްޔާ ގައިން ހީބިހި ނަގާގަތީ އެއަޑުގާ ވާތަފާތު އަސަރަކުންނެވެ. މަޑުމަޑުން ހުރެ ފަހަތް ބަލާލި ޒިވްޔާގެ ލޮލުގައި އަޅައިގަތީ ދެއަތް ފުރަގަހަށް ލައިގެން ހުރި ޒަޔާން އެވެ. ކަޅުކުލައިގެ ފަޓްލޫނަކާ ޕީޗް ކުލައިގެ ގަމީހެއްގައި ހުރި ޒަޔާން ނިކަން ސްމާޓް ކަމަށް ދައްކައެވެ. މުޅިއެތަނުގެ ވަސް އެއްވަސް ވެފާ ވަނީ ޒަޔާން ޖަހާފައި ހުރި ލުއި ސެންޓްއިންނެވެ. ” ޒަޔާން މީކޮންކަމެއް ، ކީއްވެ އެހެންމީހަކު ނުފެންނަނީ ، އަނެތްކާ ޕާޓީ އެތްއޮތީތަ ؟ ” ހައިރާންވެފައި ހުރެ ޒިވްޔާ ސުވާލަކަށް ފަހު ސުވާލެއް ކޮށްލިއެވެ. ” މިތާ އަހަރުމެން ދެމިހުން ފިޔަވާ އިތުރު މީހެއް ނެތް ”ޒަޔަން ބުނެލިއެވެ. ” ދެން އެހެންވީރު މީކޮން…” ވަށާގެން ބަލާލުމަށްފަހު ޒަޔާން އާ ދިމާލަށް ބަލައިލި ޒިވްޔާ ބަސްހުއްޓުނެވެ. ކުރިމަތީގައި އެތްފައި މައްޗަށް ކޮޅަން އިން ޒަޔާންގެ އަތުގައި އޮތް ރިހިކުލައިގެ އަނގޮއްޓި ފެނުމުން ޒިވްޔާ ހައިރާންވިއެވެ. ހިތުގެ ކަނެއްގައި ޥާން މިއޮޅޭނީ ކީއްކަން އިނގުނުފަދައެވެ. އެއާއެކު ފަހަތަށް ފިޔަވަޅެއް އަޅާލަމުން ޒިވްޔާ އަނގަމަތީ އަތްއަޅާލިއެވެ. ” ސޮރީ ޒިވް ހުރިހާ ކަމަކަށް ސޮރީ އަސްލު މިހާރު އަހަންނަށް އިޙްސާސްކުރެވިއްޖެ އަހަރެންގެ ކުށް ، ލައިހާ ކިބައިން މާފް އަށް ވެސް އެދެފިން ، އެން މިހާރު އަހަރެންނަށް އަހަރެންގެ އަސްލުލޯބިވެސް ފެނިއްޖެ ، އައިލަވްޔޫ ޒިވް، އަހަރެންނަށް އިޙްސާސްކުރެވިއްޖެ އަހަރެން ހިތުގައި ވެސް ޒިވް އަށްޓަކައި ޙާއްސަ ޖަގަހައެއް ވާކަން ، ޕްލީސް އެކްސެޕްޓް މީ އެން މައި ލަވް ” ޒަޔާން އަޑުއިއްވާލަމުން ކޮޅަށް ތެދުވެލިއެވެ. ” ޒަޔާން… ހަމަ އަސްލައްތަ ، އެހެން އަންހެން ކުދިންނަށް ހަދާހެން އަހަރެން ނަށް ހަދަންޏަކާ އައިއެމް ސޮރީ އަހަރެން ބޭނުމެއް ނޫން ދުވަސްކޮޅަކަށް ޒަޔާންގެ ހަޔާތަށް އަންނަ މެހެމާނަކަށްވާން އަހަރެން ބޭނުމީ އުމުރު ދުވަހު ޒަޔާންގެ ލޯބީގާ ވާން ” އަސަރާއެކީ ޒިވްޔާ ބުނެލިއެވެ. ” ޓްރަސްޓްމީ ޒިވް އަހަރެން ވަރަށް ބޮޑަށް ލޯބިވޭ ޒިވްދެކެ ، މުޅިއުމުރަށް ވެސް ތިލޯބީގާ ވާނަން ، އަހަރެންގެ ލޯބި ޤަބޫލު ކުރޭ ” އާދޭހާއެކު ޒަޔާން އެހެން ބުނުމުން މިފަހަރު ކެތްތެރިވެގެން ހުރި ޒިވްޔާ ކަރުނުން ފުރިފައިވާ ދެލޮލާ އެކީ ޒަޔާން ކައިރި އަށް ޖެހިލަމުން އަތްދިއްކޮށްލީ ޒަޔާން އަތްދިއްކޮށްލުމުންނެވެ. ޒަޔާން ޔުލީންގެ އަތުގައި ހިފާލަމުން ކަށިއިނގިލީގައި އަނގޮއްޓި އަޅުޥާދެމުން ޒިވްޔާ އެއަތުތެރޭ ބޮނޑިކޮށްލިއެވެ. ” ލަވްޔޫ ސޯމަޗް ” ޒިވްޔާ އަށް ބުނެވުނެވެ. ” ލަވްޔޫ މޯރް ބޭބީ ގާރލް ” އަސަރާއެކީ ޒަޔާން ބުނެލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.




masha allah it’s amazig and outstanding as usual sisooooo… yayyy finally everyone is happy.. and even i’m happy cux everyone else is happy even though…….. anyways, mihaaru stry nimenee dhw… i guess dhn innaanee last prt kanne dhw.. hehe.. just a guess ingey.. whn nxt..? curiously waiting.. ss nc tvgc darling!! lysssssssssssssssssssssssssssssssmmm my most most most dearest sister!
Thank uu soo much sweetie
That Really means a lotu ngeyyy ma dear
Yesss everyone is Happy and even ur happy dont think opposite negyy you should be happy beykaarukan kamaa visnaagen naayuu dera vaane kameh nei remember im alwyss with uu
Hahahaa aaan dhn stry nimeny mihaaru hama vvvv gaathugaa noo dhn iny last part eh noon negyy ekm vxx vrh gaaivehje nimen . Next ISA mireyy or tmrow vxx faharehgaa submit kohlan jehidhaane these dayss im kudakoh buxy ehnv ngeyy ekm vxx vrh avaha kiyaalan libey varu kohlaana ISA
SS n Tvgc u too love
Lymmmmmmmmmmmmmmmm my most loveliest kokieeee ur dearest tooo luwss
Varah reethi❤❤❤。
I really love your storys yeojaa
Awwwwwn finally they all are happy???
Can’t wait for the next part?
Yesss enmen is happy dhw heheh
Next part miadu ge vaguthehgaa submit kohlaan ISA
Stay safe
Vrh avahah ingey cant wait