Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ގާތުގާވުމަށް ހިތް އެދެނީ (ފަހުބައި)

🌹YEOJA🌹 Level 610 Stories100 Login100 Comments
September 23, 2021 5 Mins Read
10 Comments

އެންމެން ވެސް ވާހަކައިގައި ތިއްބާ ސިހުން ގެނެވީ އެތެރެ އަށްވަން އަދްހަމް އަދި ޒިޔާދު ފެނުމުންނެވެ. ” ހާދަ ފޯރީގައި ކޮން ވާހަކަ އެއް ދައްކަނީ އެންމެން ، ” ހެވިލާފައި ހުރެ ޒިޔާދުބުނެލީ އަދްހަމް އަށް ބަލައިލަމުންނެވެ. ” ސާބަސް ބައްޕާ ދެން ހަމަ ވާހަކަ އެއްދައްކާލަނީއޭ ” ލައިހާ ބުނެލިއެވެ. ” އެހެންތަ، ބައްޕް ގެ ދަރިފުޅު ވަރަށް ރީތި އިނގޭ މާޝާ ﷲ ، މީހުންގެ އެސްފީނާތަކުން ސަލާމަތް ކޮށްދެއްވާންދޭވެ! ” ލައިހާ ކައިރި އަށް ޖެހިލަމުން ޒިޔާދު ނިކަން ލޯބިން ބުނެލިއެވެ. ހިނިތުންވެލަމުން ލައިހާ ޒިޔާދުގައިގައި ބައްދާލިއެވެ. އެދެބަފައިންގެ ހަރަކާތްތަކަށް ބަލަން ބާކީ ތިބި މީހުން ހެވިފައި ހުއްޓެވެ. ” ދެން ހިނގަގަ ތިރިއަށް ދާން މިހާރު ކައިވެނި ކުރާ ގަނޑި ކައިރިވަނީ ، ރިޔާން އާ ޒަޔާން އެބަތިބި ތިރީގާ ” އަދްހަމް ބުނެލިއެވެ. އެއާއެކު ލައިހާ އަދި ޒިވްޔާ ގެ ހިތުގެ ހިނގުމަށް ބަދަލުއައެވެ. ދެމީހުންގެ ވެސް ބަނޑުގާ ކޮކާ އުދުހޭ ހެންހީވިއެވެ. ދެމީހުންގެ މޫނުން ނުތަނަވަސް ކަން ފެންނަން ފެށިއެވެ. ބަލާކަށް ނުހުރެ ޔުލީން ދެމީހުން ކައިރި އަށް ޖެހިލަމުން އެދެމީހުންގެ އަތުގާ ހިފާލަމުން ވަކިވަކިން ދެމިހުންނަށް ބަލާލިއެވެ. ” ޑޯންޓްވަރީ ދެމީހުން ، އަހަރެންނަށް ވެސް ވިތިހެން ބަޓް ފަހުން އޯކޭ ، ޓޭކް އަޑީޕްބްރެތް އެން ލެޓްސް ގޯ ” ޔުލީން ބުނެލިއެވެ. އެދެމީހުން ވެސް އެއްފަހަރާ ބޯޖަހާލަމުން ނޫރިންމެން އެންމެނާ އެކު ތިރިއަށް ފައިބަންވެގެން މިސްރާބުޖެހިއެވެ. ޔުލީންގެ ކައިވެންޏާ ހިލާފަށް މިދެމީހުންގެ ކައިވެނި ބާއްވަން ނިންމީ އަދްހަމް މެންގޭ ހޯލަތެރޭގައެވެ.

ޔޫއާން ކައިރި ވާހަކަ އިގައި ހުރި ރިޔާން އަދި ޒަޔާން ވެސް އިރުކޯކޮޅާ ސިޑިތަކާ ދިމާލަށް ބަލައިލަނީ ހިތުގައި ކުރެހިފައިވާ ތަސްވީރު ފެނޭތޯއެވެ. އެހެންނަމަވެސް އަދިވެސް އެދެމީހުން ނުފާބާތީ ނުވާކަމަކަށް ހަދަފައި ދެމީހުން އެހެންދިމާދިމާލަށް ނަޒަރު ބަދަލުކޮށްލަނީއެވެ. މިމަންޒަރު ބަލަން ހުރި ޔޫއާން ހުރީ ހިނިގަނޑު ހިފަހައްޓާގެންނެވެ. އެއިރު އެންމެން ނަށް ވުރެ ކުރިން ބާރުފިޔަވަޅުތަކެއް ގާ ޔުލީން ފައިބަމުން އައިއިރު މީޙާ އުޅުމަކަށް ނުބަލައެވެ. ބެލީ ވީހާވެސް އަވަހަކަށް ފައިބައިގެން އާދެވޭތޯއެވެ. މިމަންޒަރު ޔޫއާން ގެ ލޮލަށް ކަސިޔާރުވެގެން ނުދިޔައެވެ. ކަންބޮޑުވުން އެކުލެވޭ އަސަރަކާއެކު އެދިމާލަށް އައި ޔުލީންގެ އަތުގެ މުލައްދަނޑީ ހިފާލަމުން ޔުލީން ހުއްޓަވާލިއެވެ. ” ޕިސް ލީން ދެން ތިގޮތް ދޫކޮށްލަބަލަ ، މިހާރު ކިތައްފަހަރު ބުނެފިން މަޑުން އަންނާށޭ ، ކަމެއް ވެދާނެއެއްނު ، ދެން ތިހެން ހަދާފީއާ ރުޅި އިނގޭ ” ހާސްވެފާ ހުރެ ޔޫއާން ބުނެލިއެވެ. ” ސޮރީއޭ ލޯބީ ، ދެން ނޫޅޭނަން އެހެންނެއް ޕްރޮމިސް ، ނައު ސްމައިލް ” ޔޫއާން ގެ އުނަގަނޑުގައި އަތްއަޅުވާލަމުން ނިކަން ބޭބީކޮށް ޔުލީން ބުނެލިއެވެ. އެއާއެކު ރުޅިއައިސްފާހުންނަން ބޭނުންވި ޔޫއާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގަތެވެ. ” ސާބަސް ދެން ދެމީހުންނަށް މީ ޕަބްލިކޭ ” އެދިމާލަށް އައި ރިޔާން އާ ޒަޔާން ބުނެލިއެވެ. ” ހެޔޮ ލެއްނު އަހަރުން ބަލާނަން ކަލޭ މެން ދެމީހުންނަށް ” ޔޫއާން ބުނެލިއެވެ. ” ދޮންބޭ އެހެރަ އަންނަނީ ކަލޭ މެންދެމީހުންގެ ޕްރިންސަސެސް ” ސިޑިއާދިމާލަށް ނަޒަރު ހިންގާލަމުން ޔުލިން މިހެން ބުނެލިއެވެ. ޔުލީންގެ އަނގާގާ ބަސްއޮއްވާ ފެނުނީ ރިޔާން އަދި ޒަޔާން ވެސް އެދިމާލަށް ބަލައިލިތަނެވެ. އިސްޖަހާލައިގެން ތިބި ޒިވްޔާ އަދި ލައިހާ ފެނި ޒަޔާން އަދި ރިޔާން ވެސް ހިނިތުންވެލެވުނީއެވެ. ހިތާހިތުން ތަޢުރީފް ކުރަމުން ދިޔައީ އެދެމީހުންގެ ފުރިހަމަ ކަމުންނެވެ. ލައިހާ އަދި ޒިވްޔާ ވެސް ހުރީ އިސްއުފުލާލަން ނުކެރިފައެވެ. އެންމެން ގެ ނަޒަރު އެދެމީހުންނަށް ހުއްޓިފާ ހުރިކަން އިނގުމުން ވަކިން ބޮޑަށް ލަދުގަތެވެ. ” ދޮންބޭ ތިއޮށް ސޮނިވެރެނީ ، ރުމާކޮޅެއް ހަރުކޮށްލާގެން އުޅޭށޭ ބުނަން އަހަރެން ހަނދާންނެތުނީ ” ލާނެތް ހިނިތުންވުމަކާއެކީ ނުހާ ބުނެލީ ޒަޔާންގެ ކޮނޑުގައި ޖަހާލަމުންނެވެ. އެއިރު ކައިރީ ހުރި ޔުލީން ހުރީ ހީހީ ބިނދިފައެވެ. ” ސޮނިތުވާލި ކޮޅެއް ހަރުކުރަން ދޮންބެ ވެސް ހަނދާން ނެތުނީއޭ ނުއްކޯ ” ކަޑަނުވާންވެގެން ޒަޔާން ވެސް ބުނެލިއެވެ. އެއިރު އެމީހުންނާ ހިސާބަށް ލައިހާ މެން އައިސްފިއެވެ. ލައިހާ އަދި ޒިވްޔާ ވެސް އިސްއުފުލާލީ އެކުއެކީހެންނެވެ. ކަޅުކުލައިގެ ކޯޓް ފަޓުލޫނު ލައިގެން ދެމީހުން ތިބިއިރު ދެމީހުންވެސް ހުރީ ކަރުގައި ކަޅުކުލައިގެ ހިމަ އޮފީސް ޓާއީ އެއްއަޅާލާފައެވެ. އަޑިން ލައިފާ ހުރީ ހުދު ގަމީހެކެވެ. ރިޔާން ބުމަ ހިއްލާލުމާއެކު ލައިހާ ލަދުން އިސްޖަހާލީއެވެ. އެއިރު ޒަޔާން އަދި ޒިވްޔާ ހުރީ އަތްގުޅުވާލައިގެންނެވެ. ދެޖޯޑް ވެސް ކައިވެނި ކުރެވޭ މޭޒްދޮށަށް މިސްރާބުޖެހިއެވެ. ފުރަތަމަ ކުރެވުނީ ރިޔާން އަދި ލައިހާ ގެ ކައިވެންޏެވެ. އެއަށްފަހު ޒިވްޔާ އަދި ޒަޔާންގެ ކައިވެންޏެވެ.

ލައިހާގެ އުނަގަނޑުގައި އަތްއަޅުވާލައިގެން ހުރި ރިޔާން ދޭތެރެ ދޭތެރެ އިން ލައިހާ ކަންފަތް ދޮށުގައި އެއްޗެއް ބުނެލައެވެ. އެއާއެކު ފެންނަނީ ލައިހާ ލަދުން އިސްޖަހާލާތަނެވެ. ދެމީހުންވެސް ތިބެން ހަމަޖެހިފައިވާ ހިސާބުގައި ތިބިއިރު އެތައް ބައެއް އައިސް ހަދިޔާ ދީ ހަދާ ފޮޓޯވެސް ނެގިއެވެ. ޕާޓީ ނިމުނީ އެގާރަ ވެސް ޖަހާ ނިމުނުފަހުންނެވެ. އެއީ ފޮޓޯ ނަގާ ކާހެދުމަށް ވެސް ފަހުގައެވެ. އެހަތަރު މީހުންނަށް ކައިވެނީގެ ރޭހޭދަކޮށްލަން މާލޭ ގެ ހޮޓަލަކުން ޖާގަލިބުނުއިރު އެމީހުން ނަށް ހޮޓާލާ ދިމާލަށް ދެވުނީ ވެސް އެހާލަހުންނެވެ. ހަތަރުމީހުންގެ މޫނުމަތިން ވަރުބަލިކަން ފެންނަން ހުއްޓަސް އެތުންފަތްތަކުގައި ވާ ހިނިތުންވުން ގެއްލިގެންނެއް ނުދެއެވެ.

ރިޔާން ގެ ފަހަތުން ލައިހާ ކޮޓަރިއަށް ވަންއިރު އެހިތްދިޔައީ މޭފަޅާފާ ނިކުންނަހާ ބާރަށް ތެޅެމުންނެވެ. ކޮޓަރިއަށް ވަދެވުނުހެންނެއް ހީނުވެ ރިޔާން ކޮޓަރިދޮރު ތަޅުލިއެވެ. އެހެންނަމަވެސް ދެމީހުންވެސް ފުރަތަމަ ތާޒާވެލައިގެން ނަމާދުކޮށްލީ އެއީ ދެމީހުންވެސް ބޭނުން ވާގޮތް ކަމުންނެވެ. ނަމާދުކޮށްނިމުމާއެކު ލައިހާ އޭނާގެ މުސައްލަ އޮޅާލަމުން ފަހަތަށް އެނބުރުނު ވަގުތު ޖެހުނީ ރިޔާންގެ ތަނަވަސް މޭގައެވެ. ރިޔާންގެ ގައިން ވަކިވާން މަސައްކަތް ކުރި ވަރަކުން ރިޔާން ލައިހާ ގެ އުނަގަނޑުގާ އަތްއަޅުވާލަނީއެވެ. ” މިރޭ ދެން ސަލާމަތް ވާން ނޫޅޭ ، ” ލާނެތްރާގަކަށް ރިޔާން މިހެން ބުނެލަމުން ލައިހާގެ ނިތްކުރިމައްޗަށާ ކޮލަށް ބޮސްދިނެވެ. މިއޮތްހުރިހާއިރު ލައިހާ ހުރީ ދެލޯމަރާލައިގެންނެވެ. އެއާއެކު ރިޔާން ލައިހާ އަތްދަނޑިމައްޗަށް އުފުލާލަމުން ގޮސް އެނދުގާ ބާއްވާލީ ވަރަށް ބަލައިގެންނެވެ.

ފަތިސްނަމާދުގެ ބަންގިއަޑު ފޯނުން އިވުމާއެކު ލައިހާ އަށް ތެދުވެވުނެވެ. ކައިރީ ނިދާފަ އޮތް ރިޔާންގެ އިސްތަށިގަނޑުހާވާލަމުން ލައިހާ ރިޔާން އަށް ގޮވާލިއެވެ. އެއާއެކު ރިޔާން ވެސް ނިކަން އަވަހަށް ތެދުވެލިއެވެ. ލައިހާގެ ގައިގައި އަތްވަށާލަމުން އިތުރަށް ގާތްވެލަމުން ރިޔާން ނިދަން މަސައްކަތް ކުރިނަމަވެސް ލައިހާ ނަމާދުކުރަން ތެދުވަން ކީމާ ރިޔާންވެސް ތެދުވެލިއެވެ. ދެމީހުން އެތްކޮށް ނަމާދުކޮށްލަމުން ބޭރަށް ނިކުން އިރު ހަތެއް ޖަހަނީއެވެ. އިއްތިފާޤަގުން ޒިވްޔާ އަދި ޒަޔާން ވެސް ވާހަކައިގައި ތިބެގެން އެވަގުތު ނިކުންނަނީއެވެ. ޒިވްޔާ އަދި ލައިހާ ފޯނަށް ވެސް އެވަގުތު އާ ޔުލީންގެ ގުޑްމޯރނިން މެސެޖާއެކު ދެމީހުންނަށް ވެސް އެއްފަހަޜާ ހިނިތުންވެލެވުނެވެ. ހަތަރުމީހުން އެތްކޮށް ނާސްތާކޮށްގެން ހޮޓަލުން ނިކުމެގެން ފުރަތަމަ ވެސް ދާން މިސްރާބުޖެހީ ނުޒްހަތް މެންގެއަށެވެ. ކައިވެންޏަށްފަހު އުޅެން ޒަޔާން އަދި ޒިވްޔާ އަށް ވެސް އަދްހަމް ވަނީ ގެއެއް ހަދިޔާކޮށްފައެވެ.

ދެއަހަރު ފަސް

*******

ކޮޓަރިއަށް ވަން ރިޔާންގެ ފިޔަވަޅުތައް ހުއްޓުން އެރީ އޭނާގެ ފައިގައި އައިސް އޮޅުލާގަން ކުޑަކުޑަ ލަޔާ ގެ ސަބަބުންނެވެ. އެތްއަހަރުވެފާ ވީނަމަވެސް ލަޔާ އެކޭ ބޮޑުމީހެކޭތަފާތެއް ނެތެވެ. އެއިރު ވަރުބަލިވެފައި ހުރެ ލައިހާ ލަޔާ އާ ހިސާބަށް ހަމަކުރިއެވެ. ” ލަޔާ މިއަދު ވެސް މަންމި ވަރުބަލި ކޮށްލީދޯ ،” ލާނެތް ހިނިތުންވުމަކާއެކު މަޢުސޫމް ގޮތަކަށް ހެވިފައި ހުރި ލަޔާ އުރާލަމުން ރިޔާން ބުނެލިއެވެ. ” ރިޔާން ހޭނެ ކަމެއް ނެތް ހަމަ މިލަޔާ މީ ދެވަނަ ރިޔާން ހާދަ ލާނެތޭ ” ދެ އުކުޅުގާ އަތްވިއްދާލަމުން ލައިހާ ބުނެލިއެވެ. ” ލަޔާ ދޫނީ ދެން އަވަހަށް އާދޭ ޔުލީތުއްތަ މެންނާއެކު ރަސްފަންނަށް ދާން ޖެހޭނެއެއްނު ، އަނެތްކާ ލީއާންބޭބެ ވެސް ހުންނާނެ މިހާރު ދަރިފުޅު ނިކުންނަންދެން ” ލަޔާ އާދިމާލަށް އަތްދިއްކޮށްލަމުން ލައިހާ ބުނެލީ ވަރަށް މަޢުސޫމް ކަމާއެކީއެވެ. ” މައިސެކެންޑް ބޭބީ ” ލައިހާ ލަޔާ އުރާލުމާއެކީ ރިޔާން އެދެމައިންގައިގައި ބައްދާލަމުން ބުނެލިއެވެ. ލައިހާ ގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައިރު ކުޑަކޮށް ކޮރާލަމުން ރިޔާންގެ ކޮލަށް ބޮސްދެމުން ލަޔާ ގޮވާގެން ފާހަނަ އަށް ވަނެވެ. އެއާއެކު ރިޔާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

ލައިހާ ، ރިޔާން އަދި ލަޔާ ކޮޓަރިން ނިކުންއިރު ސިޓިން ރޫމްގާ ނުޒްހަތް އިނީ ޔުލީން އަދި ޔޫއާންގެ ފިރިހެން ދަރިފުޅު ލީއާން އަދި ޒިވްޔާ އަދި ޒަޔާންގެ ދިހަމަހުގެ ދަރިފުޅު ރައްޔާ ގޮވާގެންނެވެ. ކުޑަކޮށް ދުވެލާފައި ލަޔާ ވެސް ގޮސް ނުޒްހަތްގެ ފައިގާ އޮޅުލާގަތެވެ. ހިނިތުންވެލަމުން ލައިހާ އަދި ރިޔާންވެސް އަތުގުޅުވާލަމުން އެތަނަށް އައެވެ. ” ކޮބާ އާދެވިއްޖެ އެއްނު މޮސްޓްބިޒިއަސްޓް މޮމް އެން ޑޭޑް އަށް ” ޔުލީން ބުނެލިއެވެ. ” ކީއްކުރާނީ ޔުލީ ، މިހިރަ ރިޔާން ހަމަ ރަނގަޅަށް ވެސް ލަޔާ ސްޕޮއިލް ކޮށްލާފި ހިފިނުހުރެވޭ އެދަރިއަށް ” ރިޔާން އާދިމާލަށް ލޯކުޑަކޮށް ބަލައިލަމުން ލައިހާ ބުނެލިއެވެ. ” ޔާ އެއީ އަހަރެންގެ ދަރިފުޅޭ އެހެންމާ ލަޔާ އަންނާނީ އަހަރެންގެ ކޮޅަކަންނު ” ދެރަނުވާންވެގެން ރިޔާން ވެސް ބުނެލިއެވެ. ” ދެން ސްޓޮޕް ، ހިނގާ ދާން ” ދެއަތްއުފުލާލަމުން ޔުލީން ބުނެލީ ނިކަން ޑްރެމެޓިކް ކޮށެވެ. ” މަންމާ ދެން ދަނީ އަންނާނަން އިނގޭ ” ނުޒްހަތް އަށް ބަލައިލަމުން ޔުލީން ބުނެލިއެވެ. ހިނިތުންވެލަމުން ނުޒްހަތް ބޯޖަހާލިއެވެ. އެންމެން އެކީ ނިކުންއިރު ލީޔާން އަދި ލަޔާ ނިކުތީ އަތުގުޅުވާލަމުންނެވެ. އެ މަންޒަރު ކިތަންމެ ހާވެސް ލޮއިތްބެވެ. އެންމެން އެކީ ކާރަށް އެރުމުން ރިޔާން ކާރު ދުއްވާލީ ރަސްފަންނާހަމައަށޭވެ. ހަވީރުގެ ހިޔާޖެހިފައިވާ ވަގުތުކަމުން ރަސްފަންނު ގެ ހިތްގައިމު މާހައުލުގައި އެކިއެކި އުމުރު ފުރާގެ މީހުން ދިޔައީ މަޖާނަގަމުންނެވެ. އެކިއެކި ކޮޅުކޮޅަށް ދުވާ ކުޑަކުދިންނާ މާފޮލުވަމުން ދިޔަ ލޯބިވެރިންވެސް ވަކިމަދެއް ނޫނެވެ.

ރިޔާންމެން އެންމެން ގޮސް ހަޓް އެއްގެ ދަށަށް ތިރިވެލިއިރު ކޮންމެ މީހެއްގެ އަތުގައި ޖޫގޯއެތް އޮތެވެ. ލަޔާ އަދި ލީޔާން އަށް އައިސްކްރީމް ދެމުން ދިޔައިރު ކުޑަކުޑަ ރައްޔާ އަތުގައި އޮތީ ޖެލީއެކެވެ. އެންމެން ވެސް ހިޔާލެއް ފިކުރެއް ނެތި ވާހަކަ ދައްކާ ހެމުން ދިޔައިރު އެދެމެދުގައި ވާ ގުޅުމުގެ ވަރުގަދަކަން ހާމަވަމުން ދިޔައެވެ. ކުޑަތިން ކުދިންވެސް ހީހީފައި މަޖާވަމުން ދިޔައިރު ބޮޑު ހަމީހުންގެ ތުންފަތުގައި ވެސް ވަނީ ރީތި ހިނިތުންވުމެއް ކުޅެލިވެފައެވެ. ލައިހާ ގެ އަތުގައި ރިޔާން ހިފާލައިގެން އިންއިރު ރިޔާންގެ އުނގުގައި ލަޔާ އިނީ ލައިހާ ދޭވަރަކުން އައިސްކްރީމް ކާށެވެ. މިކުޑަކުޑަ އާއިލާ އަސް ބަލައިލުމުންވެސް އެދެމެދުގައި ޥާ އުފާވެރިކަމާ ހިތްހަމަ ޖެހުން ފެނިގެންދެއެވެ. ދެހިތުގައި ވެސް އެކަކު އަނެކަކަށް ލޯބިވާއިރު ކުރިއަށްވުރެ ބޮޑަށް ފުންވެގެން ގޮސްފާވާހެން ވެސް ހީވެއެވެ. ދެމީހުންގެ ހިތުގައިވެސް އެންމެ ފަހުވަގުތާ ޖެހެންދެން ވެސް އެކީ އުޅުމަށް ވާއިރު ދުވަހެއްގެ ކޮޅުންވެސް އެކަކު އަނެކަކު ދެރަ ނުކުރުމަށް ވެސް ވަޢުދުވެފައިވެއެވެ. މުޅިޢުމުރަށް ވެސް އެއުފާވެރިކަމާ ހިތްހަމަ ޖެހުމުގާ ލަހައްޓަވާތޯ އެދެހިތުންވެސް ދިޔައީ ދުޢާ ކުރަމުންނެވެ.

(ނިމުނީ)

ނޯޓް :

މިވާހަކަ ފެށުނީއްސުރެ ނިމެންދެން ކިޔުއްވެވި ހުރިހާ ކުދިންނަށާ އަޅުގަނޑަށް ސަޕޯޓް ދެއްވިވެ ހުރިހާ ކުދިންނަށް ވެސް އަޅުގަނޑުފަރާތުން ވަރަށް ބޮޑު ތެންކިޔޫއެއް. ތިގޮތުގާ އަބަދުވެސް ވާނެކަމަށް އަޅުގަނޑު އުންމީދުކުރަން . ކުރިން ބުނެފާ ވީފަދައިން ދެން އަޅުގަނޑު ދިގުވާހަކަ އެއް އަޕްއެއް ނުކުރާނަން ، ކިޔެވުން ފެށިމިއީ އަޅުގަނޑަށް މުހިންމު އަހަރަކަށް ވީތީ ކިޔެވުމަށް ސަމާލުކަން ދިނުމަށްޓަކާ އަޅުގަނޑު އެހަށް ވާހަކަ ލިޔުން މެދުކަނޑާލާ ވާހަކަ ހިތާމައާއެކީ ފާޅުކޮށްލަން ، އެހެންނަމަވެސް ދޭތެރެ ދޭތެރެ އިން އަޅުގަނޑުގެ ކުރުވާހަކަ އެއް ނަމަވެސް ކިޔުންތެރިންނާ ހަމައަށް ގެނެސްދޭން އަޅުގަނޑު ވަރަށް މަސައްކަތް ކުރާނަން ، ލިބޭ ހުސްވަގުތުތަކުގާ އާ ޗުއްޓީގާ ދިގުވާހަކަ އެއް ލިޔަން އަޅުގަނޑު ވިސްނަން ، އެހެންކަމުން އިންތިޒާރުކޮށްލައްވާ ، އިންޝާ ﷲ ވިލް މީޓް ޔޫއޯލް ސޫން ، ކީޕް ވެއިޓިން ، ވިލް މިސްޔޫއޯލް ސޯމަޗް ، ވަންސްއެގެއިން ތެންކިޔޫފޯދަ އެންޑްލެސް ސަޕޯޓް ، އެން ފޯރ ބީއިންވިތް މީއިން ދިސް ޖާރނީ

ލަވްޔޫ އޯލް ، ޓޭކްކެއާ ،  ބާއީ

Share Article

Follow Me Written By

🌹YEOJA🌹

Level 610 Stories100 Login100 Comments

Other Articles

Previous

1ތިޔަ ހިތުން ޖާގަ އެއް އެދެމޭ

Next

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 15

Next
September 23, 2021

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 15

Previews
September 23, 2021

1ތިޔަ ހިތުން ޖާގަ އެއް އެދެމޭ

10 Comments!

  1. Wonder says:
    September 23, 2021 at 3:06 pm

    Masha Allah The story is really beautiful! Keep it up dear.. v ufaavejje kuriah oihthaa ves dear ge vaahaka thah fennaane kan ingunyma.. v inthizaarukuran eba ingey.. and good luck for the studies.. give your best..
    lysm and b safe. ☺️❤️❤️

  2. ?YEOJA? says:
    September 23, 2021 at 3:25 pm

    hello readerss
    hope u like the last part
    Thank uu soo much readerssss for the love and support in this stry
    Im really sayd now that i have finished the stry. Will miss u all soo much , all the supportive cmnts an all that
    Im really hopping to see u all again soon ISA.
    Again bunchess of thanksss for alll
    Luwss yaaa allll soo much
    will misss
    stay safe and take care

  3. magnummm says:
    September 23, 2021 at 6:06 pm

    I love this stry.. Each and every scene is really beautiful. I miss gonna miss this stry ❤ Love ya.. ummmmwah ?

    1. magnummm says:
      September 23, 2021 at 6:06 pm

      I’m gonna miss**

  4. Nayaa Nayaa says:
    September 24, 2021 at 9:21 am

    masha allah masha allah masha allah… thee hama 1 vana ingey sisoooooo.. alhe stry nimuneema vrh dhera vejje 🙁 ekm enmen vx happy koh thibeema vrh happy vejje 🙂 abadhuvx egothah enmen happy vaane kamah unmeeedhu kuran… alhe sis ge long stry eh dhn avahah kiyaalan nulibeyne dhw… it’s ok i can understand… nayaa mn vx vvvvvv bxy mihaaru… ekm sis ge shrt stry thah madhu madhun namavx kiyaalan libeyne kamn engumun vrh ufaa vejje.. thanks for the amaJIN stry… stay safe and take care…
    good luck with ur studies..
    lysssssssssssssssssssssmmmm
    will miss ur stories….
    <33333333333333333333333333

  5. ?YEOJA? says:
    September 24, 2021 at 5:04 pm

    In reply to Wonder
    Awwwwwnnn Thank uuu soo much sisooo
    It really means a lot to me . and im glade to know sis ah ril ge stry kamudhiyakan inguny maa
    Yess ISA kuriah oithaa vhk koleh leveythw vrh trykuraana i will do my whole best
    Yess sis wait kohlaaa ISA it wont be too late
    Thank uuuu sis ISA i will do my best in the studiess too. Thank uu soo much fir this supportive cmnt sis, im really very happy. Hehehee…..
    Luws yaaa moree . yes stay safe sis

  6. ?YEOJA? says:
    September 24, 2021 at 5:07 pm

    In reply to magnummm
    Thank uuu soo much sweetie .
    It really means a lot
    Awwwwnnn yea im gonna miss this stry too Heehehe…
    Luwss yaa moreee
    b safe
    ummmmmwah
    <333333

  7. Eevss says:
    September 24, 2021 at 5:28 pm

    wow ..vaahaka vs nimunee dhow..haadha reethi ey..waitin for ur next stry???

  8. ?YEOJA? says:
    September 24, 2021 at 5:29 pm

    In reply to Nayaa
    Awwwwwwnnnn naayuuuu thank uuuuuu sooo much luwsss
    it really meanss a lotuu lwbiiii
    Awwww thats so sweet of uuu . hheheeheh.. ehvana libuny maa vrh ufaavehje hama konmeakas
    Labba me vxx vrh dera vehje stry nimuny maa nimumeh anaanethaa dhw dhn.
    Happy ending ehgaa ninmaalee maa me hiehama jeheny vxx eheheh everyone happy veeemaa its like vrh hiehama jehey eheheh even though they are fictional.
    Labba dhn ehaa avahakah kiyaalan libidhaan heneh heenuveyy ekm vxx i will try hard libey husvaguthuthakugaa vxx liyeveythw ngeyy. now that unit test are ahead i will need some time eh nudhw test nimunuhaa avahakah kuruvaahaka eh laana ISA
    ik naayuu understand vaane kan . Awwwww Anytimesss naayuu
    B safe dear take care and thank uu ngeyyy gud luck naayuu ah vxxx
    lymmmmmmm.
    <33333333

  9. ?YEOJA? says:
    September 24, 2021 at 8:36 pm

    In reply to Eeves
    Thank uuu soo much dear
    Glade to hear u like it
    Yea vhk vxx nimuny thaa konme kamakah feshumeh ona hen nimumeh vxx onaane eh nu dhw
    Yesss wait kohlaa ingeyy enme avaha vxx kuru vhk eh liyeveynee yeoja test nimuny maa ngeyy so eyrah keep waiting
    B safe and take care ☺️❤️

Comments are closed.



All Right Reserved!