ގާތުގާވުމަށް ހިތް އެދެނީ (27)
ލައިހާ އިސްޖަހާލައިގެން އިންދާ ޔުލީން ލައިހާގެ އަތުގާ ހިފާލަމުން ދެލޯމަރާލީ ހުރިހާ ކަމެއް ރަނގަޅުވާނޭ ބުނާފަދައިންނެވެ. ” އެކަމް ވެސް ޔުލީ ދެން ކިހިނެއް ހަދާނީ ވަކި ޒަޔާން އަކީ އެހާ ހިތްހަރުމީހެއް ، އަނެތްކޮޅުން ޒިވް ، ޒިވް އަށް ދެރައެއް ލިބޭތީ ވަރަށް ގިލްޓީފީލްވޭ އަދި އެވެސް އަހަރެންގެ ސަބަބުން ވީމާ ، ހަމަހަދާނެ ގޮތް ހުސްވެފާ މިހުންނަން ޖެހެނީ ” ކޮފީމަގްގާ ހިފަހައްޓާލަމުން ލައިހާ ބުނެލިއެވެ. ” ދެން އޮތީ އިންތިޒާރުކުރުން ، އަހަރެން ވަރަށް ބަލާނަން ދޮންބެ ހުއްޓުވޭތޯ ވެސް އެކަމް ވެސް ދޮންބެ އަށް ހާރޓްވެފާ ހުންނަނީ ވަރަށް ދެރަވޭ ދޮންބެ ދެރަވެފާ ހުންނަތަން ބަލަންވެސް ، ކީއްކުރާނީ ދޯ ހަމައެންމެ މީހެއްގެ އުފަލަކަށްޓަކާވީއްޔަ އެގެން އެންމެނަށް ހާރޓް ކުރަނީ ، ދޮންބެ ، ޒިވް ދެން ލައީ ، ލައީ ތިހެން ހުއްޓަސް އަހަރެންނަށް އިނގޭ ލައީ ވެސް މިކަމާ ހިތާމަކުރާކަން ، އެން ޕްލީސް ދެން ހަމަޖެހިލާއިނގޭ ، ކޮންމެ އަޑިގަނޑަކަށް ފަހު އުސްގަނޑެއް އާދެއޭ ބުނެއެންނު ސޯ ބީޕޭޝިއަންޓް ” ލައިހާގެ އަތުގައި ހިފާލަމުން ޔުލީން ބުނެލިއެވެ. ލައިހާ އަށްކުރެވުނުކަމަކީ ހަމައެކަނި ބޯޖަހާލުމެވެ.
އޮފީސްނިމުމާއެކު ޒަޔާން އަދި ޒިވްޔާ އަށް ނިކުމެވުނީ އެކީކަހަލަ ގޮތަކަށެވެ. މިއަދު ހިނގާދިޔަ ހާދިސާގެ ސަބަބުން ޒިވްޔާގެ އުޅުމަށާ މީހާގެ މޫނުމަތިން ފެންނަ އަސަރުތައް ވެސް ތަފާތުކަން ޒަޔާން އަށް ފާހަގަވެއެވެ. އެހެންނަމަވެސް އެއްޗެކޭ ނުބުނެ ހަނުހުންނަން މީހާ ވިސްނީ ކީއްވެގެންކަމެއް ނޭނގެއެވެ. ” އަހަރެން ޒިވްޔާ ގެއަށް ލާދޭން ދިޔަޔަސް މައްސަލަ އެއް ނެތްދޯ ؟ ” ޒަޔާން ބުނެލިއެވެ. ހިނގާހިނގަހުރެފާ ޒިވްޔާ ހުއްޓުން އެރީ ޒަޔާން އެހެން ބުނުމުންނެވެ. ޒަޔާން އަށް އިޙްސާސްނުވިޔަސް މިއަދު ޒަޔާން ގެ އަމަލުތައް ހުންނަގޮތުން އޭނާ ގެ ހިތަށް އަސަރުކުރެއެވެ. އެއީ ވަގުތީ އުފާވެރިކަމެއް ކަން އިނގެއެވެ. ޒަޔާން އެވަރުންވެސް އެއުޅެނީ ނާއިލްގެ ސަބަބުން ކަން ޒަވްޔާ އަށް ވަނީ ހީވެފައެވެ. ވަކި އެއްޗެކޭ ނުބުނެ ޒިވްޔާ އަނބުރާ ހިނގާގަތުމުން އެއީ އާނބަސް ކަމަށް ނިންމާފައި ޒަޔާން ޒިވްޔާގެ ފަހަތުން ހިނގާގަތެވެ. ” މިހާރު ރަނގަޅުތަ ؟ ވަރަށް ހީވޭ އެކަމް އަދިވެސް ކަމަކާ ވިސްނާ ފިކުރުކުރާހެން ، އެކަމް ބުނަން އޯވާތިންކިން އިސް ނޮޓް ގުޑް ” މަޑުހިނގުމެއް ގައި ހިނގަމުން ޒަޔާން ބުނެލީ ޒިވްޔާ ގެ މޫނުމައްޗަށް ބަލާލަމުންނެވެ. ” ނުވިސްނި އެއްނުހުންނާނެ އެންނު ، އެން މިހާރު އައިއެމް އޯކޭ ތެންކިޔޫފޯރ ޔުއާރ ކޮންސާން ، ” ޒިވްޔާ އެބުނީކީކޭކަން ޒަޔާން އަށް ނަގާގަނެވުނެވެ. ނޭނގިނަމަވެސް ޒަޔާންގެ ހިތްމާޔޫސްވެގެން ދިޔައީ ޒިވްޔާގެ ފަރާތުން އެފެންނަ ކުއްލި ދުރުކަމުގެ ސަބަބުންނެވެ. ” އައިއެމް ސޮރީ ” ޒަޔާން އަށް ބުނެލެވުނެވެ. ވާނުވާގާ ހުރެގެން ޒިވްޔާ ޒަޔާން އާދިމާލަށް ބަލައިލީ ހައިރާން ކަމާއެކުއެވެ. ” ހުރިހާ ކަމަކަށް ވެސް ސޮރީ އިނގޭ އެކަމް ސޮރީ އަކުން ނުފުދޭނެކަން ، ނޭނގިނަމަވެސް އަހަންނަށް ވަރަށް ބޮޑަށް ޒިވް އަށް ހާރޓް ކުރެވިއްޖެ ، އެކަމާ ދެރަވެސް ވޭ ، އެހެންނަމަވެސް އެކަމެއްގާ ޒިވްޔާގެ ކުށެއް ނެތް ” އެންމެ ފަހުން ޒަޔާން މިހާގިނައިރުވަންދެން ބުނަން ބޭނުންވެފާ ހުރި ވާހަކަ ބުނެލިއެވެ. ވީކީއްކަން ރޭކާލުމާއެކު ޒިވްޔާ އަށް ސިހުމެއް ލިބުނެވެ. އެއްވެސް ގޮތަކަށް ފާޅުކުރަންބޭނުންނުވި އޭނާގެ އިޙްސާސްތައް އެންމެ ބޭނުންނުވާމީހާ ކުރިމަތީ ބޭޒާރުވެގެން ދިޔުމާއެކު ޒިވްޔާ ސިހިގެން ދިޔައެވެ. ނޭނގިހުރެ ދެލޯފެންކަޅިވެގެން ދިޔައީ ޒަޔާން ގެ ގާތްކަމުގެ ފަހަތުގައި ވާ ސިއްރަކީ މީކަން އިނގުމުންނެވެ. އަދިހަމައެހެންމެ ޒަޔާން ހިތަކު އޭނާއަށްޓަކާ ޖާގައެއް ނުވާކަން އިނގުމުން ޒިވްޔާ ގެ ހިތަށް މާބޮޑަކަށް ތަދުވެލިއެވެ. ފެންކަޅިވެގެން ދިޔަ ޒިވްޔާގެ ލޮލަށް ބަލަހައްޓައިގެން ހުރި ޒަޔާން އަށް ސިހުން ލިބުނީ ޒިވްޔާ އެތަނުން ދުއްވާގަތުމުންނެވެ. ދުވާރުމަތިން ޒިވްޔާ ފޭބިވަގުތުވީ ބާރުސްޕީޑެއްގާ އެމަގުން ކާރެއް އައިވަގުތަށެވެ. ކާރުފެނުމުން ފަރާތަކަށް ހިލިލަން ނޭނގިފައި ހުރި ޒިވްޔާ ކިރިޔަކިރިޔާ ކާރުގާ ނުޖެހި ސަލާމަތް ވީ އެވަގުތު ހާސްވެފާ ހުރި ޒަޔާން އައިސް ޒިވްޔާގެ އަތަށް ދަމާލަމުން އޭނާގެ މަގަތަށް ގެނައުމުންނެވެ. އެއާބާރުމިނުގާ ޒިވްޔާ ލަތްވީ ޒަޔާން ގެ މޭމަތީގައެވެ. ” ޒިވް ދެންމެ ކަމެއް ވީނަމައޯ ” ހާސްވެފާހުރުމުން ތަންކޮޅެއް ބާރަށް ޒަޔާން އަށް ބުނެލެވުނެވެ. އެއިރު ކަރުނާގެ ބޮޑުތިކިތައް ޒިވްޔާގެ ކޮލުގައި ބޮސްދެމުން އައިސް ފައިބަނީއެވެ. ކަންދިމާކުރި ގޮތުން ތިބެވުނީ ގޯޅިގަނޑެއް ކައިރިވުމުން ޒަޔާން ޒިވްޔާގެ އަތުގައި ހިފާލަމުން އެތަނަށް ވަނެވެ. އެތަނަށް ވަދެވުނު ހެންނެއް ހީނުވެ ޒިވްޔާ އޭނާގެ އަތުގައި ހިފާލެވިފައިވާ ޒަޔާން ގެ އަތް ފޮޅުވާލިއެވެ. ” ޒަޔާން ގެ ގާތްކަމެއް އަހަރެންނެއް ބޭނުމެއްނޫން ، ކީއްވެތަ މިއަދު ތިހެން ތިއޮޅެނީ ، ޒަޔާން ގެ ހިތަކަށް އެއްޗެއް ނާންނާނެ އެކަމް އަހަރެންނަށް އިނގޭނީ މިއަދު އަހަރެންނަށް ވާވަރު ، އެއްފަހަރާ އެއްކަންތަކެއް ގާ މިއަދު މިލާގަންނަނީ ، ވީއިރު ޒަޔާން އިތުރަށް އަހަރެންނަށް ހާރޓް ކުރަން ތިއޮޅެނީ ކީއްވެ ، މިއީވެސް ޒަޔާން އަށް ލިބޭ އުފަލަކީތަ ލައިކް ލައީ އަށް ބޭނުންވީ އާ ބޭނުން ގޮތެއް ހަދާގެން ، ޒަޔާން އަށް މުހިންމު ވަނީ ޒަޔާންގެ އުފާތާ ، އެހެންމީހުންގެ ހިތްހަލާކު ވިޔަސް ” ކަރުނާގެ ތެރެއިން ޒިވްޔާ ދެރަވެފާ ބުނެލިއެވެ. ބުނާނެ އެއްޗެއް ނޭނގިފައި ހުރި ޒަޔާން އަށް ހައިރާން ކަމެއް ވެރިވެގަތީ ލައިޙާ ގެ ވާހަކަ ޒިވްޔާ ބުނުމުންނެވެ. ” ލައިހާ.. އޭ ” އަޅާއިގަންނަމުން ޒިވްޔާ ބުނެލިއެވެ. ” އާން ތިއިވުނީ ރަނގަޅަށް ، ޒަޔާން އަށް ކޮންއުފަލެއް ލިބެނީ ލައީ އާ ރިޔާން ދުރުކޮށްގެން ، އަހަރެން ވެސް ދެރަވޭ އެދެމީހުން އުޅޭގޮތް ފެނިފާ ލޯބިވިޔަސް ދުރުގާ ، ލައީ އަކީ އަހަރެންނަށް ދައްތަ އެއްކަލަ ބެސްޓީ އަކަށް ވިއިރު ރިޔާން އަކީ ހަމަ އަހަރެން ގެ އުފަންބޭބެ ފަދަ މީހެއް ، އަހަރެން މިގެން އަމިއްލަ އެދުން ބޮޑުވަނީކީ ނޫން ޒަޔާން ގެ ލޯބި ބޭނުންވެގެންނެއް ، އަހަރެންނަށް އަހަރެންވީ ލޯބިފަސްއަޅާ ފޮރުވާލެވިދާނެ ، އެކަމް ޒަޔާން ލައީ އާ ރިޔާން އަށް ތިހެން ނުހަދާ ، ޒަޔާން އަށް ވެސް އަދި ލޯބިވެވޭނެ މީކޮންކަހަލަ އިޙްސާސް އެއްކަން އިނގޭނެ މިކަހަލަ ގޮތެއް ވިމާ އިނގޭނެ ވާވަރު ” ކެތްނުވެގެން އެންމެ ފަހުން ޒިވްޔާ މިހިސާބަށް ބުނެފައި ދުވެފައި އެތަނުން ދިޔައީ ރޮމުންނެވެ. ހުއްޓުން އަރާފައި ހުރި ޒަޔާން ގެ ކަންފަތުގާ ގުގުމާގެން ދިޔައީ ޒިވްޔާ ދެއްކި ވާހަކަ ތަކެވެ. އެދެލޮލުން އޭނާ އަށްޓަކައި ފެނުނު ލޮއިތްބެވެ. ހިތްދަތިކަމާއެކި ރޮމުން ދިޔަ ޒިވްޔާގެ ސޫރަސިފަވުމުން ޒަޔާން އަށް ދެލޯމަރާލެވުނެވެ. ލައިހާ ދެއްކި ވާހަކަ ޒިވްޔާ ތަކުރާކޮށް ދެއްކުމުން ޒަޔާން އަށް އެކަމަށް ވިސްނަން މަޖްބޫރުވެގެން ދިޔައެވެ. އޭނާ އަކީ ކިހާ ހިތްހަރު އަމިއްލަ އެނދުން ބޮޑުމީހެއް ކަން އޭނާގެ ސިކުނޑިއަށް ނަގާގަނެވުނެވެ. ހަޤީޤަތުގައި އޭނާ އަށް ލައިޙާ ދެކެ ލޯބިނުވެވެއެވެ. އެއީ ހައްތަހާވެސް ލައިހާގެ ރީތިކަން ފެނި ޒަޔާންގެ ހިތުގައި ހިނގާލި އޮއެވަރެކެވެ. ހަޔާތަށް އަންނަ ކޮންމެ އަންހެން ކުއްޖެއް ފަދައިން ޒަޔާން ބޭނުން ވަނީ ލައިހާ ވެސް ބޭނުން ކޮށްލާފައި އެތްލާލާށެވެ. އެއީ އޭނާގެ ގައިގައިވާ ވިޔާނުދާ ސިފައެކެވެ. ލައިހާގެ މާފްވެސް ހައްޤުނުވާ ވަރަށް އޭނާ ގެ އަމަލުތައް ވަނީ ބެހެއްޓިފައެވެ. ލައިޙާގެ ހިތްހަލާކުކޮށްލުމަށްފަހު އަދި ނުވިތާކަށް އެއަންހެން ކުއްޖާގެ އިއްފަތްތެރިކަން ވެސް ނަގާލަން އޭނާ ވަނީ މަސައްކަތް ކޮށްފައެވެ. ދެފަރާތަށް ބޯހޫރާލަމުން ޒަޔާން އެގޯޅިގަނޑުން ނިކުން އިރު ޒިވްޔާ ގެ ހިލަމެއް ނުވެއެވެ. މާޔޫސްވެފާ ހާލު އޭނާ އެތަނުން ދިޔައީ ފުންވިސްނުމެއްގައި ހުރެއެވެ.
ދުވަސްތައް ފާއިތުވެގެން ގޮސް ހަފްތާއެއްވީއިރުވެސް އެއްވެސް ކަމެއް ބަދަލުނުވެ އޮތެވެ. ބަދަލުވެގެން ދިޔަހާ ވެސް އެއްޗަކީ ހަރުވެފާ ވާ ޒަޔާންގެ ހިތާ އޭނާ ގެ ވިސްނުމެވެ. ލައިޙާ ކައިރިން މާފަށް އެދެން ކިތަންމެ މަސައްކަތް ކުރިޔަސް ކޮންމެ ފަހަރަކު ފަސްޖެހެނީއެވެ. ފާއިތުވި ދުވަސްތަކުގައި ޒިވްޔާ ވެސް ވަނީ ޒަޔާން އާ ދުރުވެފައިއެވެ. އެދެލޮލުގައިވާ ނުފިލާ ރިހުމެއް އަބަދުވެސް ޒަޔާން އަށް ފާހަގަ ވިއެވެ. ޒިވްޔާ އޭނާ ދެކެވީ ލޯބި ބަލައިގަންނެ ޒިވްޔާ އާއެކީ އައުފެށުމަކުން ފަށަން އޭނާ ކިތަންމެ ހާވެސް ބޭނުންވެގެން ވެއެވެ. އެހެންނަމަވެސް އަދިވެސް އެއްވެސް ކަމެއް ކުރާކަށް އޭނާއަކަށް ހިތްވަރު ލިބިފައެއް ނެތެވެ. އެހެންނަމަވެސް އިނގޭކަމަކީ ކޮންމެވެސް ދުވަހަކުން މިކަންތައް ކޮންމެވެސް އެއްކޮޅެއްގައި ޖައްސަން ޖެހޭނެ ކަމެވެ. ލަސްތަކެއް ނުވެ ރިޔާން ވެސް ޖެހިގެން އޮތް ދުވަހަށް ފުރުން އަވަސްކުރީ އިތުރަށް ލައިހާގެ ސޫރަ ފެންންހިސާބުގާ ނުހުރުމަށެވެ. އިތުރަށް އެހިތުގައި ވޭން އެޅިޔަނުދޭށެވެ. އެހެންނަމަވެސް އެ ޤަމުން ، އެފަސްގަނޑުން ދުރަށް ދިޔަޔަސް އެވޭނަކީ ލުއިވާނެ އެއްޗެއް ނޫނެވެ. މާޔޫސްވެފައި ލައިހާ ހުންނަނީ އެހެންވެއެވެ. ރިޔާން ފުރަން ބާކީ ދުވަސްކޮޅެއް ވެސް ނެތްއިރު ޒަޔާން ގެ އުޅުން ފެނި ހިތަށް ހަމަޖެހުން ލިބިދެއެވެ. އެހެންނަމަވެސް ޒަޔާންގެ ހިތުގައި ހިނގަނީ ކީއްކަން ނޭނގޭ ހާލު ލައިހާ ރިޔާން ކައިރި އަށް ދާން ފަސްޖެހެނީއެވެ.
އިރުދުނިޔެއައް އަލްވަދާޢުކިޔާފައި ވަކިވެގެން ދިޔައީ ބެލްކަނީގައި ރިޔާން ހުއްޓައެވެ. ދުނިޔެ މައްޗަށް އަނދިރިކަންވެރިވެގަތީ އޭނާގެ ހަޔާތައް ވެސް އަނދިރިކަން ވެރިވެފާ ވާ އުސޫލުންނެވެ. އެހެންހުރެފާ ކޮޓަރިއަށް ވަންތަނުން ފުރަތަމަވެސް އޭނާ ގެ ލޮލުގައި އަޅާގަތީ ޕްކެ ކުރަންފަށާފައިވާ އޭނާގެ ފޮށްޓެވެ. އަންނައުނުތައް މަތީގައި އޮތް ފްރޭމްކޮށްފައިވާ ލައިހާ ގެ ފޮޓޯ ރިޔާން ނަގަމުން އެއަށް ބޮސްދިނެވެ. އެލޮއިތްބަކަށް އިންތިޒާރުކޮށްކޮށް އެންމެ ފަހުން ދާންވެސް މިޖެހުނީ ހާސިލްނުވެ ފެށުނިއްސުރެ އޮތްހެން އޮތްވައެވެ. ހަމައެކަނި ބަދަލުވީ ކުރިން އެހިތުގައި އޮތްއުންމީދު ފެނަށް ވެފާވާ ތަންކޮޅެވެ.
މާދަމާ ގެ ހަވީރުގެ ވަގުތު ފުރަން ހަމަޖެހިފާވާއިރު މިހާރުއްސުރެ ރިޔާން ދިޔައީ ފޮށިބަންދުކުރުމުގެ ތައްޔާރީތައް ވަމުންނެވެ. ދަނީ ކުޑަދުވަސްކޮޅަކަށް ނޫންކަމުން ރިޔާންވާންޖެހޭ ތައްޔާރީތައް ގިނައީއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.




masha allah mi prt vx hama vvvvv reethi ingey sisoooo… thank god enme fahun zayaan ah heyo visnun visnenee dhw.. naseebennu.. anyways hama vvv reethi ingey.. association kanthakaa studies ge kanthakaa vrh bxy koh mi ulheny.. ehnve maa dhigu cmnt eh kohlaane vagutheh nuvegen mi ulheny vx… lyssssssssssssssssssssmm.. keep it up darling… ss nd tvgc dear… <33333
In reply to Nayaa
Thank uuu soo much lwbiiii
Vrh ufaavehje kamudhiyakan inguny maaa
Ahahaha labba enme fahun zayaan ah vxx visnunythaa , konmevxxduvahakun vaan eoikameh nu eyyy
Bunches of Thank uu naayuu Rly it means a lot
Its owksss dhoonyaaa mivaru cmnt eh vxx ril ah fudeyyy ngeyy
LYmmmmmmmm
SS n TC u too
Wow this episode is just so beautiful ?
I have read all your stories and this is my fav story so far?
Really curious to know what will happen next?
Waiting for the next episode ?
Tc
Ss
Sh