ވާ ލޯބި އެނގޭ ނަމަ ( 5 ވަނަ ބައި )
ބާރު ހިނގުމެއްގައި ދިޔަ ނަމަވެސް ޝާން މެންގެ ގެއާއި އަރާ ހަމަވުމުން އާލާގެ ފިޔަވަޅުތައް މަޑު ޖެހިލިއެވެ. ދެތިން ފަހަރަކު ފުން ނޭވާ އެއް ލާފައި އާލާ އެތެރެ އަށް ވަންނަން ހިނގައިގަތެވެ. އާލާ ގެ ފަހަތުން އައިލާ އާއި ޒާރާ ވެސް ވަނެވެ. އެމީހުން ވަން އިރު ސީމާ ދުފާ ތަބައް ހިފައިގެން ޖޯލީގަ އިނެވެ. އާލާ ވަދެގެން އަންނަތަން ފެނުމުން ސީމާ ގޮވާލިއެވެ. އާލާ ގޮސް މަޑު މަޑުން ހުއްޓިލީ ސީމާގެ ކުރިމަތީގައެވެ. “ދޭބަލަ އޭނި ކޮޓަރި އަށް ވަންނަން. ވަންނަ އިރު އެތަ މޭޒުމަތީގަ އޮންނާނެ ރަތް ކޮތަޅެއް އެ ހިފައިގެން އާދެ. އެއީ އާލާ އަށް” ސީމާ މިހެން ބުނުމުން އާލާގެ ހިތް ފާޑަކަށް ތެޅިލިއެވެ. އެ ކޮޓަރި އަކީ ޝާން ގެ ކޮޓަރި ކަމަށް ވާތީ އެވެ. އާލާގެ ފަހަތުން އައިލާ އާއި ޒާރާ ހިނގައިގަތުމުން ސީމާ އެ ދެކުދިންނަށް ގޮވާ ގެނެސް ސީމާ ކައިރީގައި ބޭތިއްބިއެވެ. އާލާ ވަކިން ހިތް ބިރު ގަންނަ ގޮތް ވިއެވެ.
މަޑު ހިނގުމެއްގައި ގޮސް ދޮރު ހުޅުވާލި އިރު ކޮޓަރި ތެރޭގައި އެއްވެސް އަލި ކަމެއް ނެތެވެ. ބޮކިތައް ދިއްލުނީ ކުއްލި އަކަށްށެވެ. ސިއްސައިގެން ދިޔަ ވަރުން އާލާ އަށް ހަޅޭއް ލަވައިގަނެވުނެވެ. އާލާގެ ހަޅޭކުގެ އަޑައް ބޭރުގަ ތިބި އައިލާ އާއި ޒާރާ ވެސް ދުވެފައި ކޮޓަރި އަށް ވަނެވެ. އާލާ ހުރީ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުތައް ގަބޫލް ކުރަން ދަތި ވެފައެވެ. ވަން ގޮތައް ވަދެފައި އައިލާ އާއި ޒާރާ ވެސް ވާއު އޭ ކިޔާ ހަޅޭއް ލަވައިގަތެވެ. އާލާ އަނގަ މަތީގައި އަތް އެޅި ގޮތައް ހުއްޓެވެ. އާލާގެ ދެލޯ ފުރި ބާރު ވަނީއެވެ. ކަރުނަ ތިކިތަކައް ކެތް ނުވެގެން އޭގެ މަގާމު ދޫކޮށް އާލާގެ ކޯތާފަތުން ދެމިގަތެވެ. އާލާ އަށް ހެވެން ފެށުނެވެ. ” ދެންވެސް ތިހެން ނުހުރެ ދޭބަލަ ޝާން ކައިރިއަށް” ފަހަތުން އިވުނީ އާސިމްގެ އަޑެވެ. “ދެން އެ ދެކުދިން ބައިތިއްބާފަ ކަލޭމެން ކުދިން އާދެ ކާން” ސީމާ އައިސް އެހެން ބުނުމުން އައިލާ ވެސް ގުޑްލަކް އޭ ކިޔާފަ ނިކުމެގެން ދިޔައެވެ. އެންމެން ނިކުތުމުން ޝާން މަޑު ހިނގުމެއްގައި އައިސް އާލާގެ ކުރިމަތީގައި ކުޑަކަކޫ ޖަހާ އިށީނެވެ. ” އާލާ. ދިސް އިސް ދި މުމެންޓް އައި ހެވް ބީން ވެއިޓިން މައި ހޯލް ލައިފް. ފައިނަލީ މައި ޑްރީމް ކޭމް ޓްރޫ. އަ އެމް ސޯ ހެޕީ. އާލް މަށާ ރައްޓެހި ވާން ވީނު.” ޝާން އެހެން ބުނެފައި ތެދުވެ އާލާ ކައިރީ ހުއްޓިލިއެވެ. އާލާ ޔެސް އޭ ކިޔާ ޝާން ގައިގައި އޮޅުލައިގަތެވެ. އަތުގައި އޮތް މާބޮނޑި ދޫކޮއްލުމަށްފަހު ޝާންވެސް އާލާ ގައިގައި ބައްދާލިއެވެ. އެހެން އިރުކޮޅަކު ހުރެފައި އާލާ ޝާން އާއި ދުރުވެލިއެވެ. އަދި ލަދުން އިސްޖަހާލިއެވެ. ނަމަވެސް ޝާން އާލާ އާއި ކައިރި ވެލިއެވެ. އަދި އެ ދަތްދޮޅީގައި ހިފާ އާލާގެ މޫނާއި ކައިރި ވެލިއެވެ. އާލާ ގެ ސިކުނޑި އެކަން ނުކުރުމަށް ބުންމުން ދިޔައެވެ. ނަމަވެސް އާލާ އަށް އެ އަޑެއް ނޭހުނެވެ. ޝާން އެކޭ އެއް ވަރަށް އާލާ އަށް ވެސް އެ ހަރަކާތުގައި ބައިވެރި ވެވުނެވެ. ނޭވާ ކޮޅައް ދިއުމުން ޝާން އާލާ އާއި ދުރުވެލިއެވެ. ކުރެވުނީ ކީއް ކަން އިނގުމުން އާލާ އަށް ރުޅި އާދެވުނީ އާލާގެ އަމިއްލަ ނަފްސު ދެކެ އެވެ. އަމިއްލަ ނަފްސައް ބާރު ނުފޯރުވުނީމަ އެވެ. ސޮރީ އެއް ކިޔާ ރޮއެ ގަންނަމުން އާލާ ދުއްވައިގަންނަން އުޅުނެވެ. ނަމަވެސް ހުއްޓެން މަޖުބޫރު ވީ އާލަގެ އަތުގައި އިން ކެވެލިފަށް ޝާންގެ ގަމީހު ގޮށުގައި ހަރުލާފައި އިނދުމުންނެވެ. އަތައް ލެވުނު ހާ ބާރެއް ލައިފައި އާލާ ކެވެލި ކޮޅައް ދަމައިގަންނަމުން ދުއްވައިގަތެވެ. ކާގޭގައި ކާން އިން ޔުހާން އަށް އެ މަންޒަރު ފެނުނެވެ. ނަމަވެސް އާލާ ރޮނީ ކަމެއް ދެނެ އެއް ނުގަނެވުނެވެ. ޔުހާން ހީކުރީ އާލާ އާއި ޝާން ކޮންމެސް ސަކަރާތެއް ޖަހަނީ ކަމަށްށެވެ. އެހެންވެ ޔުހާން އަޅައެއް ނުލައެވެ. އޭގެ އިރުކޮޅެއް ވެސް ނުވެ ޝާން ދުވެފައި އައިސް ކާގެއަށް ވަދެ ޔުހާން އަށް ގޮވާލިއެވެ. “އާލް ދިޔައީ ކޮންތާކަށް” ޔުހާން ދުރަށް ގެންގޮސް މަޑު މަޑުން ޝާން އާހާލިއެވެ. ” ނޭންގެ ދެންމެ ގޮއްސި ނިކުމެގެން. ދުވެފަ ދިޔައީ. މަހީކުރީ ކައެމެން ދެމީހުން ކޮންމެސް ސަކަރާތެއްގަ ކަމަށް އެހެންވެ ނުގޮވީ. ކިހިނެއްވީ އާލް ރުޅި އައީތަ” ޔުހާން ވެސް ކަންބޮޑު ވެފައި ހުރެ އެއްސެވެ. ކަންތައް ވީ ގޮތް ޝާން ކިޔައިދޭން ފެށިއެވެ. އޭރު އެހެންމީހުން ވެސް އައިސް އެތަނަށް ހުއްޓިއްޖެއެވެ. ދެންމެ ކަންތައް ވީ ގޮތް ޝާން އަލިފުން ޔާ އަށް ކިޔާދިނެވެ. “އޭނަ ރުޅި އައިސްގެނެއް ނޫން ކަންނެ އެދިޔައީ” ޝާން ހިތް ހަމަ ޖައްސައި ދިނުމުގެ މަގުސަދުގައި ޒާރާ އެހެން ބުންޏެވެ.
އެތައް ގޮތަކަށް ވާހަކަ ދެއްކުމަށް ފަހު ޝާން ހަމައަކަށް އަޅުވާފައި އެންމެން ގެއަށް ދިޔައެވެ. މާ ލަސް ވެފައި ހުރުމުން ޒާރާ އާއި އައިލާ ވެސް ފަހުން އާލާ އާއި ވާޙަކަ ދައްކަން ނިންމާފައި ގެއަށް ދިޔައެވެ. އެންމެން ދިޔުމުން ޝާން ކޮޓަރި އަށް ވަދެ ބިންމަތީގައި އޮތް މާބޮނޑި ނަގާ މޭޒުމަތީގައި ބޭއްވުމަށްފަހު ކޮޓަރި ކުޑަކޮށް ރީތި ކޮއްލާފައި ފޯނުނެގިއެވެ. “ސޮރީ އައި ޑިޑިންޓް މީން ޓު ޑޫ ދެޓް” އެހެން ލިޔެފައި އާލާ އަށް އެސްއެމްއެސް އެއް ފޮނުވާލުމަށްފަހު ފާހަނަ އަށް ވަދެ ތާޒާ ވެލައިގެން ނިކުމެ ފޯނު ބަލާލި އިރުވެސ އާލާގެ އެއްވެސް މެސެޖެއް އައިސް ނެތުމުން އާލާ ނިދީ ކަމަށް ނިންމާފައި ޝާން ވެސް ނިދޭތޯ އުޅުނެވެ. ހަގީގަތުގައި ވެސް އާލާ ގެއަށް އައިސް ރޯން އޮއްވައި ނިދުނީއެވެ. އެތައް އިރަކު އެހެން އޮވުމަށް ފަހު ނިދީގެ ފުންކަނޑައް ޝާން ފީނައިގަތެވެ.
ފަތިހު އާލާ އަށް ތެދު ވެވުނީ ވަރަށް އަވަހަށެވެ. އޭރު އަދި ބަންގި ވެސް ނުގޮވައެވެ. އެހެން ކަމުން ފޯނާ ކުޅެލާނަމޭ ހިތާ ފޯނު ނެގި އިރު ޝާންގެ މެސްޖު ފެނުމުން އާލާ އެމެސެޖް ކިޔާލިއެވެ. ” އައި ނޯ. އިޓްސް ފައިން. އަހަރެންވެސް ގަސްތަކު ނޫން. ސޮރީ ފޯ ހައު އައި އެކްޓެޑް” އެހެން ކިޔައި ރިޕްލައި ކޮއްލިއެވެ. ރޭގައި ދެރަ ވެފައި ހުރި ނަމަވެސް އާލާގެ މޫޑު މިހާރު މުޅިނެ ހެން ރަނގަޅެވެ. އިރުކޮޅަކު އެހެން އޮތުމަށްފަހު އާލާ އެނދުން ތެދުވީ ބަންގި ގޮވަން ވާއިރަށް ތާޒާ ވެލާށެވެ. އާލާ ނަމާދު ކޮށްގެން އައި އިރު ޝާން ގެ މެސެޖެއް އައިސް އިނެވެ. މޯނިން ބޯއިފީ އޭ ޖަހާފައި އާލާ މެސެޖެއް ކޮއްލީ ޝާން އުފާ ކޮއްލުމުގެ ނިޔަތުގައެވެ. އާލާގެ މަގުސަދު ވަރަށް ރަނގަޅައް ހާސިލް ވިއެވެ.
އަވަހައް ތައްޔާރު ވެލައިގެން އާލާ ސުކޫލަށް ދާން ނިކުތެވެ. މިއަދު އާލާގެ މޫނުމަތިން ފެންނަން ހުރީ އެހެންޔާ ނުފެންނަ ފަދަ ހިނިތުން ވުމެކެވެ. އާލާ އައިސް ސުކޫލައް ވަން އިރު އަދި ޝާން ނާދެއެވެ. ގަޑި ޖެހެން ދެ މިނެޓައް ވެފައި ހުއްޓައި ޝާން އައިސް ކުލާޙައް ވަނެވެ. އާލާ އިނީ ފިނިވެފައެވެ. ކިޔެވުން ފެށިގެން ދިޔައެވެ. ނަމަވެސް އާލާ އަށް ކިޔެވުމަށް ސަމާލު ކަމެއް ނުދެވުނެވެ. އިރުކޮޅަކާ ސިއްރުން ޝާން ގެ މޫނަށް ބަލާލެވެއެވެ. އިންޓަވަލް ގަޑި ޖެހުމުން އާލާ ގޮނޑިން ތެދުވިއެވ. އޭރު ޝާން ފެންނާކަށް ނެތެވެ. އައިލާ މެން ގާތު ޝާން ދިޔައީ ހޭ އަހާލުމާ އެކު ދިމާ ކުރަން ފެށިއެވެ. ކެންޓީނަށް ވަދެވެން ދެން ވެސް އައިލާ މެން ދިމާ ކުރަމުން ދިޔައެވެ. އެއްޗެހި ނަގައިގެން އައިސް އާލާ މެން އިއްތީ ޝާން މެން ވެސް ތިބި މޭޒުގައެވެ.” ކަލޭމެން ހާދަ އޮލަ ވާހަކަ އެއްގަ” ޒާރާ ބުނެލިއެވެ. ” އެހެންނު ވާނީ މީނި ޔުހާން އަށް މީހަކު ދެކެ ލޯބިވެވުނީ އޯ” އާސިމް ބުނެލިއެވެ. އެންމެން އެއް އަޑުން އޯ އޭ ކިޔާލިއެވެ. އަދި ކާކު ތޯ ސުވާލު ކުރަން ފެށިއެވެ. ނަމަވެސް ޔުހާން ބުނާ ހިޔާލެއް ނުކުރިއެވެ. ” ދެން ބުނެބަލަ އޭރަށް ދޯ ސެޓު ވެސް ކޮއްދެވޭނި” އާލާ ބުނެލިއެވެ. ” އެކުއްޖަ ސިންގަލް އެއްވެސް ނޫނޭ. ކުރިން ދުހުކު ކުއްޖަކާ އެ ރައްޓެހި ވީ. އެހެން ނަމަ އެއްނު” ޔުހާން ބުނެލީ އެމީހުން ގޮތް ދޫ ނުކުރާނެ ކަން އިނގިގެންނެވެ. ” އޯ ޕުއާ ޔުހާން. ހަމަ ޔަގީން ތަ އެކުއްޖަ ބިޓެއް ހުންނަ ކަން. އަހަރުންނަށް އޮޅުވާލަން ދޯ ތިއުޅެނި.” އައިލާ ބުނެލިއެވެ. ” ސާބަހޭ ތިމީހުންނަށް” ޒާރާ އެހެން ބުނެލީ ހިނި އައިސް އިނދެއެވެ. ” ދެން ހެވެއްނު އޭނަ ސިންގަލް ވިޔަސް ނޫނަސް. މަ ނުބުނާނަން އެކުއްޖަ ނަމެސް. މަ ބޭނުމެއް ނޫން ލޯބި ހުށައަޅާއިގެން އެކުވެރިކަން ކެނޑޭކަށް. މަށައް ކަނޑަ އެޅިގެން ޔަގީން އެކުއްޖަ މަ ބޭނުމެއް ނުވާނެ ކަން” ޔުހާން ބުނި އެއްޗަކުން އައިލާގެ ހިތް ނަށައިގަތެވެ. ” އެހެންމަ އޭގެ މާނަ އަކީ އެކުއްޖަ އަކީ ޔުހާން ގެ ފްރެންޑެކޭ” އައިލާ އުފަލުން ބުންޏެވެ. އެހެން ބުނުމުން ހިނިގަނޑެއް ޖަހާލަމުން ޔުހާން ތެދުވެގެން ހިނގައިގަތެވެ. ޔުހާން ގެ ފަހަތުން ޝާން ވެސް ހިނގައިގަތެވެ.
” އޭ މޭން އެމީހުން ކައިރީ ނުބުނަޏަސް މަ ކައިރީ ބުނެބަލަ. މަ ސެޓު ކޮއްދޭނަމޭ. ކައެ ބުނި ކޮންމެ ކުއެޖެއް ސެޓު ކޮއްދޭނަން. ހެޔޮ މީހެއްގެ ބިޓައް ވިޔަސް. ކޮންމެސް ގޮތަކުން ކޮންމެސް ދުހުކުން ކޮއްދޭނަން.” ޔުހާން އާއި އަރާ ހަމަ ކުރަމުން ޝާން ބުންޏެވެ. ” ހަމަ ކޮންމެ މީހެއް ވިޔަސް ކޮއްދޭނަން” ޔުހާން އަހާލީ ޝާން އާއި ދިމާލަށް އެނބުރެމުންނެވެ. ” އަހަރެން ބޭނުމެއް ނޫން އަހަރެންގެ އުފަލައް ޓަކައި އަހަރެންގެ އެންމެ ގާތް އެކުވެރިޔާގެ އުފާތައް ގެއްލޭކަށް” ޝާން އެހެން ބުނެލީ ސީރިއަސ ވެފައި ހުރެއެވެ. ” އަޅޭ ކަލޭ މީހަކާ ރައްޓެހި ވީމަ މަގޭ އުފާތަކެއް ނުގެއްލޭނެ. މަ މާ އުފާ ވާނެ ކަލޭ ލޯބިވާ މީހަ އާ އެކީ ކަލޭ އުފަލުގަ އުޅޭތަން ބަލަން.” ޔުހާޏް ބުނި އެއްޗެއް ޝާން އަށް ފަހުމު ވާ ގޮތެއް ނުވިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
