ވާ ލޯބި އެނގޭ ނަމަ ( 4 ވަނަ ބައި )
ސޭންޑްވިޗެއް ކާން އިން އާލާގެ ހިތް ހީވަނީ މޭފަޅާފައި ނިކުމެދާނެ ހެންނެވެ. ޔުހާން ކެންޓީނައް ނާންނާތި އެކަމާ ވެސް އާލާ އިނީ ކަންތައް ބޮޑުވެފައެވެ.އަނެއްކާ އެގަނޑު ކޮޅު ފެނިފައި ޝާން ރުޅިއައީބާއޭ އާލާގެ ހިތައް އަރަމުން ދިޔައެވެ. “އާލް ބަލާ އެއޮއް އަންނަނި ޝާން.” ޒާރާ އެހެން ބުނެލި އަޑައް އާލާއަށް ފަސްއެނބުރި ބަލާލެވުނީ އަމިއްލަ އިހުތިޔާރުން ބޭރުގައެވެ. އާލާގެ ހިތް ކުރިއަށް ވުރެވެސް ބާރަށް ތެޅެން ފެށިއެވެ. ޝާން މެންް ގޮސް ހެދިކާ ނަގައިގެން އައިސް އިއްތީ އާލާ މެން ތިބި މޭޒާއި ޖެހިގެން އިން މޭޒެއްގައެވެ. ޝާން އާލާ އާއި ދިމާލައް ބަލާވެސް ނުލައެވެ. އަވަސް އަވަސް އަރުވާލާފައި ސައި ބޮއެގެން ޝާން އާއި ޔުހާން ނިކުން އިރު ވެސް އާލާމެން ސައިބޮއެ ނުނިމެއެވެ. އާލާ އިނީ ކާހިތްކެނޑިފައެވެ. ބެލް ޖެހުމުން ތަށީގައި ބާކީ ހުރިބައި ޑަސްބިނައް އަޅާލުމަށްފަހު ކުލާހާއި ދިމާލައް މިސްރާބު ޖެހިއެވެ.
ކުލާހުގައި ވެސް އާލާ އަށް އިނދެވެނީ އެހެން ދުނިޔެއެއްގައެވެ. އެކި ހިޔާލު ތަކައް ގެއްލިފަ އިން އާލާ ސިއްސައިގެން ދިޔައީ ޓީޗަރު އާލާ އަށް ގޮވާލުމުންނެވެ. ވަގުތުން ތެޅިގަންފައި ޖަވާބު ދިނުމުން އާލާ މިއަދު ބަލީ ހެއްޔޭ ޓީޗަރު ސުވާލު ކޮއްލިއެވެ. ވަގުތުން ދެފަރާތައް ބޯހޫރާލުމަށްފަހު މަނާ ވެގަންނަމުން އާލާ އިސްދަށައް ޖަހާލިއެވެ. ޓީޗަރު އިތުރު ސުވާލެއް ކޮއްފާނެތީއެވެ. ގަޑި ޖެހުމުން ހުރިހާ ކުދިން ކުލާހުން ނިކުންނަން ފެށިއެވެ. އާލާ ވެސް މަޑު ހިނގުމެއްގައި ކުލާހުން ނިކުންނަން ހިނގައިގަތެވެ. އެންމެ ފަހުން ކުލާހުން ނިކުތީ އާލާ އެވެ. އާލާގެ އިންތިޒާރުގައި އައިލާ އާއި ޒާރާ ގޭޓު ކައިރީ މަޑު ކޮއްލައިގެން ތިއްބެވެ. އާލާ އައުމުން ހުރިހާ ކަމެއް ވެސް އޯކޭ ވާނެ ކަމަށާއި އަދި އެކަމާ މާ ބޮޑައް ނުވިސްނަން ބުނެފައި ގެއަށް ދާން މިސްރާބު ޖެހިއެވެ. އާލާ ިއަދު ގެއަށް ދާން ޖެހުނީ ވެސް އެކަންޏެވެ. ހިނގަމުން ގޮސް ޝާން މެންގެ ގެއާއި އަރާ ހަމާ ވުމުން ކުޑަކޮށް މަޑު ޖެހިލާފައި ޝާން މެންގެ ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. ނަމަވެސް ޝާންގެ އެއްވެސް ހިލަމެއް ނުވިއެވެ. އާލާ ކަރު އެލުވާލަމުން ގެއާއި ދިމާލަށް ހިނގައިގަތެވެ.
ޝާން ގެއަށް އައިސް އެއްޝޭހި ބަދަލު ކޮއްގެން އެނދުމަތީގައި ޖައްސާލި ގޮތައް އޮތީ ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. މިއޮއް ހުރިހާ ދުހު ޝާން ދުށް ހުވަފެން ތެދަކަށް ވުމުން ޝާން އޮތީ އެކަން ގަބޫލު ކުރަން ތަދިވެފައެވެ. އާލާ ޝާން ދެކެ ލޯބި ނުވާނެ ކަން ޝާން އަށް ޔަގީންވެއެވެ. ނަމަވެސް ޝާންގެ ލޯބިން އާލާގެ ހިތް އަނބުރާލެވިދާނެއޭ ޝާންގެ ހިތް ބުނަމުން ދިޔައެވެ. ހަދާނެ ގޮތް ހުސްވެފައި ޝާން އޮއްވައި މީހަކު ދޮރުގައި ޓަކި ދޭ އަޑު އިވިގެން ގޮސް ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރީ މަންމައެވެ. “ކިހިނެއް ވީ މަންމާ” ޝާން އަހާލިއެވެ. ” ބަންގި ގޮވަނ ކައިރި ވޭބަ އަވަހައް ތައްޔާރު ވެގެން މިސްކިތައް ހިނގާ” ކޮންމެ ނަމާދެއްގެ ވަގުތުގައި ވެސް މަންމަ ޝާން އަށް ނަމާދު ކުރަން ހަނދާން ކޮއްދޭނެއެވެ. ކިތެންމެ ބޮޑުވިޔަސް މަންމަ އަދި ވެސް ޝާން އާއި ދޭތެރޭގައި ކަންތައް ކުރަނީ އެންމެ ތުއްތު ކުއްޖަކާއި ދޭތެރޭ ކަންތައް ކުރާ އުސޫލުންނެވެ. އެންމެ ދަރިޔަކު ހުންނާތީ ވާ ލޮއެއްބެއްގެ ބޮޑުކަމުން ކަމަށް ވެދާނެއެވެ. ޝާން ބޯޖަހާލުމަށްފަހު ދޮރުލައްޕާފައި ވަނީ ފާހަނައަށެވެ. މި ޒަމާނުގެ އެހެން ފިރިހެން ކުދިންނާއި ޝާން އާއި ވަރަށް ތަފާތެވެ. މަންމަގެ ބަސް އަހާތީއެވެ. މަންމަ ބުނެއްޖެ ކޮންމެ ކަމެއް ކުރާތީއެވެ. މަންމަގެ ހުއްދަ ނެތި އެއްވެސް ކަމެއް ނުކުރާތީއެވެ.ހުރިހާ ވާހަކަ އެއްވެސް މަންމަ އާއި ހިއްސާ ކުރާތީއެވެ. މި ސަބަބު ތަކާ ހުރެ ޝާންގެ ބައެއް ރައްޓެހިން ޝާން އާއި ވަރަށް ދިމާވެސް ކުރެއެވެ. ބައެއް ރައްޓެހިން ޝާން އާއި މުހާތަބު ކުރަނީ “މަމާސް ބޯއީ” ގެ ނަމުންނެވެ.
ޝާން އަށް މިއަދު މިސްކިތައް ދެވުނީ ތަންކޮޅެއް ލަހުންނެވެ. އެހެންކަމުން ޝާން އަށް ދެވުން އިރު ނަމާދު ކުރަން ފަށައިފިއެވެ. އަވަހައް ޖަމާއަތުގައި ބައިވެރި ވެލިއެވެ. ނަސީބަކުން ފުރަތަމަ ރަކުއަތާއި ލައްވާލިއެވެ،. ޝާން އާއި ޔުހާން އާއި ދިމާވީ ނަމާދުން ފައިބައިގެން ދަނިކޮށް މިސްކިތު ދޮރު މަތިންނެވެ. ކައިގެން އެބަ ދަން ކަމުގައި ބުނެފައި ޔުހާން ހިނގައިގަތުމުން ޝާން ވެސް މިސްރާބު ޖެހީ ގެއާއި ދިމާލަށެވެ. ޔުހާން އަންނަން ވާއިރަށް އަވަހައް ކާންވެގެންނެވެ. ޝާން ދިޔަ އިރު މަންމަ ހުރީ ކާން ތައްޔާރު ކޮއްގެންނެވެ. ކާން އިނދެފައި ޝާން މަންމަ ގާތުގައި ވާހަކަ އެއް ބުނަން ވެފައު އޮތް ކަމަށް ބުންޏެވެ. މަންމަ އަވަހައް ބުނާށޭ ބުނުމުން ވެސް ޝާން ކުޑަކޮށް ފަސް ޖެހޭ ގޮތް ވިއެވެ. “އަހަރެން ކުއްޖަކާއި ރައްޓެހި ވިޔަސް އެންމެ ރަނގަޅު ތަ” އިރުކޮޅަކު ހިމޭނުން އިނުމަށްފަހު ޝާން އެހެން އަހާލިއެވެ. “މަންމަ އަށް އެންމެ ރަނގަޅު. ދަރިފުޅު ބޭނުން ގޮތެއް. އެމީހެއްގެ އަމިއްލަ ދިރިއުޅުން ބިނާ ކުރާނީ އެމީހަކު. މަންމަ އަށް ދަރިފުޅުގެ ހޮވުމާއި ދޭތެރޭ އެއްވެސް ޝަކުވާއެއް ނެތް. މަންމަ އަށް އިނގޭ ދަރިފުޅު ގޯސް ކުއްޖެއް އިހުތިޔާރެއް ނުކުރާނެ ކަން. އެކަމަކު އެކޮން ކުއްޖެއް ކަން މަންމަ ކައިރީ ބުނިއްޔާ މަންމަ ވަރަށް އުފާ ވާނަން” ލުއި ހިނިތުން ވުމަކާއި މަންމަ އެހެން ބުނުމުން ޝާން ލަދުން އިނދެފައި ނަމަވެސް އާލާ އޭ ބުނެލިއެވެ. ” އަލްހަމްދުލިﷲ. ދަރިފުޅު މިއޮއް ހުރިހާ ދުހު ނުވެގެން އުޅުން ކަންތައް އެންމެ ފަހުން ވީދޯ. މަންމަ ވަރަށް އުފާ ވެއްޖެ. ދަރިފުޅު ދޯ ރައްޓެހި ވާން އަހާނި. މަންމަ ބުނަންތަ މޮޅު ގޮތެއް މިރޭ އާލާ މިގެއަށް ގެނެސް އަހާ. މަންމަ އާލާ ގެނެސް ދޭނަން. ދަރިފުޅު ދެން އާލާ އަށް ކަމުދާނެ ކަހަލަ ގޮތަކަށް އަހާ” ސީމާ ހުރީ ވަރަށް އުފަލުންނެވެ. ” އާން އަހަރެން އެކަން ހަމަ ޖައްސަދޭނަން ދައްތަ ހާސް ނުވޭ” ފަހަތުން އިވުނީ ޔުހާން ގެ އަޑެވެ. ޝާން ވެސް ހިނިގަނޑެއް ޖަހާލާފައި ކެއުމައިގެން ކުރިއަށް ދާންފެށިއެވެ. ޝާން ކައި ނިމުމުން ތަށިތައް ނަގާފައި ސީމާ ދިޔައީ ކައިރި ގެއަކަށްށެވެ. އެކަނި ވުމުން ފޫހި ވާނެތީއެވެ.
އެތައް މަސައްކަތެއް ކުރުމަށް ފަހު ޝާން އާއި ޔުހާން އަށް އެމީހުންގެ މަސައްކަތް ނިންމާލެވުނެވެ. “ޝާން ހާދަ ނަސޭބުގަދައޭ. އަހަރެން ވެސް ޝާން ހާ ނަސީބު ގަދަވި ނަމަ. ” މަސައްކަތް ނިންމާލުމަށްފަހު ޖޯލީގައި ޖައްސާލަމުން ޔުހާން އެހެން ބުނެލިއެވެ. ” އަހަހަހަ. ކީއްވެ އެހެން ތިބުނީ. ޔުހާން އަށް ވެސް ކަމުދާ ކުއްޖެއް ހުރީތަ” ޝާން އެހެން ބުނީ މަޖަލަކައްށެވެ. “އާން އަހަންނަށް ވެސް ވަރަށް ކަމުދާ ކުއްޖެއް ހުރޭ އެކަމަކު އަހަންނަށް މިހާރު ޔަގީން ވެއްޖެ އެކުއްޖަ ދުވަހަކުވެސް އަހަރެންގެ މިލްކަކަށް ނުވާނެ ކަން. ވިޔަސް ދެން އަހަންނަކަށް ނުވެސް ކެރޭނެ އެކުއްޖައާ ގުޅޭކަށް” ދުރު ބަލާލަމުން ޔުހާން އެހެން ބުންޏެވެ. “އެކީއްވެ” ޝާން އެހެން އެހީ ހައިރާން ވެފައި އިނދެއެވެ. މިއޮއް ހުރިޙާ ދުވަސް ވީއިރު ކަމުދާ ކުއްޖެއް ހުންނަ ވާހަކަ ޔުހާން ސިއްރު ކުރީމައެވެ. ” އެ ދެން ކަމެއް ނުވެ. އެވާހަކަ ބާއްވާ. ހިނގާ ފެންވަރަން ދާން. އިރުކޮޅަކުން އަސުރު ވާނެ” މިހެން ކިޔާފައި ޔުހާން ތެދުވެ ހިނގައިގަތުމުން ޝާން ވެސް ވަނީ ކޮޓަރި އަށެވެ. ކޮޓަރިއަށް ނަޒަރި ހިނގާލުމުން ޝާންގެ މޫނުމައްޗައް ވެރިވީ ފުން ހިނިތުން ވުމެކެވެ. މިހާރު ވެސް ޝާން އަށް މިރޭ ކަންތައް ވާނެ ގޮތް ސިފަ ކުރެވޭ ފަދައެވެ.
ފެންވަރައިގެން ނިކުމެ ޝާން އަވަހައް މިސްރާބު ޖެހީ މިސްކިތާއި ދިމާލަށެވެ. މިސްކިތުން ފައިބައިގެން އައިސް ޝާން މިއަދު ސައި ބޯކަށް ނޫޅުނެވެ. މަންމަ ގާތުގައި ދަނީ ކަމަށް ބުނެ މިސްރާބު ޖެހީ ޔުހާން ގެއާއި ދިމާލަށެވެ. ޝާން އެގެއަށް ދިޔަ އިރު ޔުހާން ސައިބޮން އިނުމުން ޔުހާން ސައިބޮއެ ނިމެންދެން މަޑުކޮއްލިއެވެ. ޔުހާން ސައިބޮއެ ނިމިގެން ކުޅެން ދާން ތައްޔާރު ވެގެން ނިކުތުމުން ޝާން އާއި އެކު މިސްރާބު ޖެހީ ފިޓުބޯޅާ ދަނޑާއި ދިމާލަށެވެ. ދިޔަ މަގުމަތީގައި މިއަދު އެހާ އަވަހައް އައީ ކީއްވެތޯ ސުވާލު ކުރުމުން ފަހުން ބުނާނަމޭ ކިޔާފައި ޝާން ހިނގުން ބާރު ކޮއްލިއެވެ. ” އާލާ މެން ހިނގާލަން ނިކުންނަން ވާއިރަށް ދަނޑައް އަންނަން ވެގެން” ދަނޑާއި އަރާ ހަމަވުމުން ޝާން އެހެން ބުނުމުން ޔުހާން ގާތައް ފާޑަކަށް ހިނި އަންނަ ގޮތްވިއެވެ. ނަމަވެސް ހިނިގަނޑު މަތަ ކޮއްލަމުން ދެފަރާތައް ބޯހޫރާލުމަށްފަހު ބޫޓައް އަރަން ފެށިއެވެ.
ހިނގާލަން ނިކުންނަން ތައްޔާރު ވަމުން ދިޔަ އާލާގެ ހިތުގައި އޮތީ މަގުމަތިން ޝާން ފެނިއްޖެއްޔާ މިއަދު ވާހާކަ ދައްކާނަމޭ އެވެ. އާލާ ލަސް ވެގެން އައިލާ އާއި ޒާރާ އާލާ ބަލާ އައި އިރު އާލާ ކޮޓަރިން ނިކުންނަނީއެވެ. ތިން އެކުވެރިން ހިނގައިގަތީ ބަނދަރާއި ދިމާލަށެވެ. ބަނދަރުގައި އިރުކޮޅަކު ތިބުމަށް ފަހު ރަށު ތެރެއަށް މިސްރާބު ޖެހިއެވެ.” އެއޮއް އަންނަނީ އާލް މައިޓު” ރަށުގެ ބަޑު މަގުން އަޅާލި އިރު ކުރިމަތިން އަންނަ ޝާންގެ މަންމަ ފެނިފައި ޒާރާ ބުނެލިއެވެ. ސީމާ އައިސް އާލާ މެންނާއި އަރާ ހަމަވުމުން އާލާ އަށް ގޮވާލިއެވެ، އާލާގެ ހިތް މޭ ފަޅާފައި ނިކުންނަން އުޅުނު ފަދައެވެ.”ބިޒީ ނޫނިއްޔާ މިރޭ އިޝާ ކޮއްގެން ދައްތަމެން ގެއަށް އައިސް ލައްޗޭ. އޮންނާނެ އާލާ އަށް ދޭން ޖެހޭ އެއްޗެއް” ހުއްޓުން އަރާފައި ސީމާ އަށް ބަލަން ހުއްޓައި ސީމާ ބުނެލިއެވެ. ” އާން އާލާ ދާނެ. އޭނަ ވަރަށް ފްރީ ވާނެ މިރޭ” ޒާރާ އަވަސް އަވަހައް އެހެން ބުނުމުން ހިނިތުން ވެލާފައި ސީމާ ހިނގައިގަތެވެ. ” އެހެމް އެހެމް. މިހާރު އެހާ އަވަހައް މައިޓުގެ ދައުވަތުތައް ވެސް ލިބެން ފެށީ ދޯ” އައިލާ އާލާ އާއި ދިމާ ކުރަން ފެށިއެވެ. ” ހޯން މަޑުން ތިބޭ” އާލާ އެހެން ކިޔާފައި ތުން އަނބުރާލިއެވެ. ބަންގީގެ އަޑައް ތިން އެކުވެރިން ގެއާއި ދިމާލަށް މިސްރާބުޖެހިއެވެ. 7:45 ގަ އާލާ މެން ގެއިން ބައްދަލު ވާން ނިންމާފައެވެ. އާލާ އިޝާ ނަމާދުން ފޭބި ގޮތައް އެއްތާކު ދެފައި ނުޖެހެއެވެ. ޝާން ފެންނާނެތީ އުފަލުންނެވެ. ރީތިވާން ހުއްޓައި އައިލާ އާއި ޒާރާ އައިސް ކޮޓަރިއަށް ވަނެވެ. ” އޭ ވަރަށް ކަޑައޭ. އާސިމް ދެންމެ ގުޅާފަ ބުނި ޝާން މެންނާއެކު ކޮފީ އަކައްށޭ ކިޔާފައި. އެހެންމަ އަހަރުން ދިޔަޔަސް އޭޏަ ނުހުންނާނު ގެއަކު. ” ޒާރާ އެހެން ބުނުމުން އާލާ ކަރު އެލުވާލިއެވެ. ” މަ ދާ ކަން އިނގިގެން ކަންނެ ކޮފީއަށް އެދިޔައީ. އެހެންޔާ ކޮފީ އަށް ދާވެސް ބައެއް ނޫނޭ. ދެން ހެޔޮ އެކަމު ވެސް ދާން ހިނގާ. ސީމައްތަ ކައިރީ ދާނަމޭ ކިޔާފަ ވާނެ ދޯ ދާން” މިހެން ކިޔާފައި އާލާ ހިނގައިގަތީ ކޮޓަރިން ނިކުންނާށެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.

Love this stry when next……. can’t wait for the 5th episode..btw love your stories ?❤️?