Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެދެނީ އެކުގައިވާށޭ – 2

Aarsh Level 110 Stories
August 20, 2021 5 Mins Read
0 Comments

އަހަރެން އެއަންހެންމީހާއަށް ދޭންވެގެން އެބަލައި ހިނގައިގަތީމެވެ. އަހަރެން އެދަބަސް ނަގަން ގުދުވެލި ވަގުތު މީހެއްގެ ހިލަން ފަހަތުން ވެގެން ތެދުވެ ފަސްއެނބުރި ބަލާލީމެވެ. އެވަގުތު ކުރިމަތީގައި ހުރި ޒުވާނާ ފެނިފައި އަހަރެންގެ ލާން އުޅުނު ނޭވާ ތާށިވި ކަހަލައެވެ. ބާމަތިފުޅާ ބިޔަ ހަށިގަނޑެއް ނޫނަސް ދިގު އިސްކޮޅެއް ލިބިފައިވާ އެރީތި ޒުވާނާގެ އެންމެ ފުރަތަމަ ފެނިލުމާއެކު ވެސް މާޒީގެ ސަފްހާތައް ލޯކުރިމަތީގައި ދުވެލިއެވެ.
” ކީއްކުރަން މިތަނަށް ތިއައީ؟ ” އަހަރެން ހަރުކަށި ރާގަކަށް ސުވާލުކުރީމެވެ.
” އަނާޔާ.. އަހަރެންނަށް މާފްކުރޭ.. ” ރިހުމެއް އެކުލެވިގެން ދިޔަ އެއަޑު އިވިފައި އަހަރެން ހިތުގައި އެޒުވާނާއަށްޓަކައި އޮތް ނަފްރަތު ‘ކޮޓަން ކޭންޑީ’ ފަދައިން ވިރިގެން ދިޔަ ކަހަލައެވެ.
އާނއެކެވެ. އެއީ މައިޝާންއެވެ. އެމީހެއްދެކެ އަހަރެންނަށް ލޯބިވެވުން މައިޝާންއެވެ.
އެއާއެކު މާޒީގެ ސަފްހާތައް ހަނދާންވާންފެށިއެވެ.
***
އެއީ އަހަރެން ގުރޭޑް ދިހައެއްގައި ކިޔަވަމުން ދިޔަ އަހަރެވެ. އެހެން ދުވަސްތަކެކޭ ވެސް އެއްފަދައިން ހުސްވަގުތުގައި ވެސް ފޮތްހެދުމުގައި ޝާމިލްވެގެން އިންދާ ނިއްކުރިއަށް އެއްޗެއް ޖެހި ފާޑެއްގެ ތަދެއް އަރައިގެން ދިޔައެވެ. ވަގުތުން ނިއްކުރީގައި އަތް ހިންގާލެވުނެވެ. ކުޑަކޮށް ނަމަވެސް ލޭގެ އަސަރު ހުރިތަން ފެނިފައި އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ދެން ބަލާލެވުނީ އެއެއްޗެއް އައި ދިމާއަށެވެ. އޭރު އެއެއްޗެއް އެއްލި މައިޝާން އަހަރެން ގާތަށް އަންނަނީއެވެ.
” ލޭ އަންނަނީދޯ؟ ” މައިޝާން ވަގުތުން އައިސް އަހަރެންގެ ކުރިމަތީގައި ހުއްޓި އޭނަގެ ޖީބުން ޓިޝޫއެއް ނަގާ އަހަރެންގެ އެހަލާކުވެފައި އިން ތަނުގައި އަޅާލިއެވެ.  ވަގުތުން ކުލާހު ކުދިންތައް ހޯހޯ ލައްވަމުން ދިމާކުރަން ފެށި ވަގުތު މިއުޅެނީ އަހަރެންނަށް އަނިޔާވެގެންކަމެއް އެމިހުންނަށް އަޅެ ފަހެ ނޭނގެނީ ހެއްޔެވެ؟
” މައިޝާން؟ އަނާޔާ؟ ދެކުދިން ކިހިނެތްވީ؟ ” ދޮރުން ވަދެގެން އައި ޓީޗަރަށް އަހަރެމެން ފެނިފައި ސުވާލުކުރިއެވެ. އަހަރެމެން ޖަވާބު ދިނުމުގެ ކުރިން އެޓީޗަރ އައިސް އަހަރެމެންގެ ގާތުގައި މަޑުކުރިއެވެ. ޓިޝޫގެ ބޭރުން އެޓީޗަރަށް ލޭގެ އަސަރު ފެނުމާއެކު އަނގަމަތީގައި އަތް އަޅާލިއެވެ.
” ދޭ އަވަހަށް ހެލްތް ރޫމްއަށް.. މައިޝާންދޭ އަނާޔާ އެކީ.. ” ޓީޗަރު އިތުރު ސުވާލެއް ނުކޮށް އަހަރެމެން ދާން ތަންދެއްކިއެވެ. އަހަރެން އެޓީޝޫގައި ހިފުމުން މައިޝާން އަތްދޫކޮއްލިއެވެ. އަދި ދެމިހުން އެކުގައި ހެލްތް ރޫމްއަށް ހިނގައިގަތް އިރު އަހަރެންގެ ބޮލަށް އެނބުރުން އަރަމުން ދިޔައެވެ.
—
” ނަސީބަކުން ފަހާކަށް ނުޖެހޭނެ… އަލްޙަމްދުލިﷲ . ބޯއަނބުރަންޏާ މިބޭސް ކައިގެން މިއެނދުގައި އަރާމުކޮއްލަން މަޑުކޮއްލާ. ނޫނީ ގެޔަށް ދާން ބޭނުމިއްޔާ އޮފީހަށް އަންގާލާ.. ” ހެލްތް ރޫމްގައި އިން މީހާ އަހަރެންގެ ނިއްކުރީގައި މަލަން އަޅައިދިނެވެ. އަދި ބޭސްގުޅަ ދީފައި ނިކުމެގެން ދިޔައީއެވެ.
” ވަރަށް ބޮޑަށް ސޮރީ އިނގޭ. އަހަރެން އަސްލު އިޝާންއަށް އެއްލަން އުޅުނު ކަތުރު ގޮސް ޖެހުނީ އަނާޔާގެ ނިއްކުރީގައި.. ” އަހަރެން މަލަން ކޮޅުގައި އަތް ޖައްސާލަމުން މައިޝާންއަށް ބަލާލީމެވެ.
” އިޓްސް އޯކޭ… ދެން އޯކޭ ކުލާހަށް ދިޔަސް. އަހަރެން ބޭސްކައިގެން މިތަނުގައި މަޑުކޮއްލާނީ.. މިސްގާތު ބުނެލައްޗޭ… ” އަހަރެން ބޭސްގުޅަ ނަގަމުން ބުނެލީމެވެ. އަހަރެން އެކަމާ ރުޅި އައިސް ހުރިއެއްކަމަކު މައްސަލަގަނޑު އެހާ ބޮޑު ކުރާ ހިތެއްނުވިއެވެ.
” ތޭންކްސް ” މައިޝާން އަހަރެންގެ އަހަރެންގެ އަތުގައި ހިފާލި ވަގުތު އަހަރެންނަށް ސިހިފައި އޭނައަށް ބަލާލެވުނެވެ. ހަތަރުކަޅި ހަމަވެގެން އެދިޔަ ވަގުތު ނޭނގޭ އިހުސާސްތަކެއް އަހަރެންގެ ހިތުގައި ދުވެލިއެވެ. އަހަރެން އެގޮތަށް އިންދާ އޭނަ ހީލާފައި ނުކުމެގެން ދިޔައީއެވެ.
—
އެދުވަހުން ފެށިގެން އަހަރެންނަށް މައިޝާން ކަމުދާންފެށިއެވެ. އަހަރެންނަކީ ކުލާހުގައި ވަރަށް މަޑުއިންނަ ކިޔަވަން މޮޅު ކުއްޖެއް ކަމުގައި ވިޔަސް އެހާދިސާގެ ސަބަބުން މީހާ އެއްކޮށް ބަދަލުވެގެން ދިޔައެވެ. ވަރަށް ނޫންކަމަށް ހަދާފައި މައިޝާންގެ ފޮޓޯ ނެގުމާއި ބަހަނާތަކެއް ދެއްކުމަށްފަހު އޭނަޔާ ވާހަކަ ދެއްކުމާއި އޭނަ ފިލާވަޅުގެ ކަންކަމުގައި ވެސް އެހީވާން ފެށީމެވެ. އެހިސާބުން ދެމިހުންގެ ގުޅުން ބަދަހިވެގެން ދިޔައެވެ.
—
” އަނާޔާ އަހަރެންނާ ރައްޓެހިވާނަންތަ؟ “އެއްދުވަހު އަހަރެމެން ދެމިހުން ކެންޓީނުގައި އިންދާ މައިޝާން ސުވާލުކުރިއެވެ. ވަގުތުން އަހަރެންގެ ހިތް ނަށާލިއެވެ.
” ހޫމް… ” އަހަރެން ވަގުތުން އިތުރު އެއްވެސް ވިސްނުމަކާ ނުލާ ޖަވާބުދިނީމެވެ. މައިޝާން އަހަރެންގެ އަތުގައި ހިފާލިއިރު އޭނަގެ ނަޒަރު ހުރީ އެހެން ދިމާއަކަށެވެ. އަދި އޭނަ ނިއްއަރުވާލަމުން އެއްމިޔަނަކުން ހީލި އިރު ވައްތަރުވީ ޖެއްސުން ކުރަން އުޅޭ މީހަކާއެވެ.
” ނާއީ؟ ” އަހަރެން ހައިރާންވެފައި އޭނަ ބަލާ ދިމާއަކަށް އެނބުރެން އުޅެނިކޮށް މައިޝާން ގޮވާލިއެވެ.
” ނާއީ؟ ” އަހަރެން ނިއްއަރުވާލަމުން އެބަސް ތަކުރާރުކޮއްލީމެވެ.
” ހޫމް. އަހަރެން ދެން ކިޔަނީ ނާއީ.. މައި ލޯބި ނާއީ ” މައިޝާން ހީލަމުން އަހަރެންނަށް ބަލާލިއެވެ.
” އަހަރެން ކިޔަނީ ޝާން އެހެންވިއްޔާ.. ” ވެދިޔަ ކަންތަކާމެދު މާބޮޑަށް ނުވިސްނާ އަހަރެންވެސް ހީލީމެވެ.
އެދުވަހުގެ ފަހުން ދެމިހުންގެ ގުޅުން އިހުނަށްވުރެ ގާތްވެގެން ދިޔައެވެ. އެހެނަސް ސުކޫލުގައި އަހަރެންނާއެކު އުޅޭ އިރު އޭނަގެ ނަޒަރު ހުންނަނީ އެހެން ދިމާއަކަށެވެ. ޑޭޓްތަކަށް ބޭރަށް ގޮސް އުޅޭ އިރު ވެސް އޭނަގެ ނަޒަރު ހުންނަނީ އެހެން ދިމާއަކަށެވެ. އަހަރެން އެދިމާއަށް ބަލާލަން އުޅޭ އިރަށް އޭނަ އަވަހަށް ކޮންމެވެސް ބޭކާރު މައުލޫއެއް ފަށާނެއެވެ. އެހެނަސް އަހަރެން އެކަމަކާ ޝަކުވާއެއް ނުކުރަމެވެ. ސަބަބަކީ އަހަރެން އޭނަދެކެ ލޯބިވާތީއެވެ. އެލޯބި ބީވެގެން ދާކަށް އަހަރެން ބޭނުމެއް ނޫނެވެ.
—
” ތިއީތަ މައިޝާންގެ ގާރލްފުރެންޑްއަކީ؟ ” އެއްދުވަހު އަހަރެން ސުކޫލަށް އައިސް ކުލާހަށް ވަތްތަނާ އަންހެންކުއްޖަކު ކުލާހަށްވަދެ ރުންކުރު ރާގަކަށް އެހިއެވެ. އަހަރެން ހައިރާންވެފައި ހުރެ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީމެވެ.
” ބުނަން… މައިޝާންއަކީ މަގޭ ހައްޤެއް.. އޭނަ ބޭނުމެއް ނުވޭ ކަހަލަ ކަޓު މީހަކާ އެއްކޮށް އުޅޭކަށެއް.. އޭނަ ކަލެޔާއެކު އެއުޅެނީ އަހަރެން ޓެސްޓުކުރަން. އަހަރެން އޭނަދެކެ ލޯބިވޭތޯ ބަލަން… ” އެއަންހެންކުއްޖާ ހަރުކަށި ރާގެއްގައި އޭނަ ބުނަންވީ އެތި ބުނެލިއެވެ.
” ކީކޭ؟ ” އަހަރެންނަށް ލިބުނީ ކުއްލި ސިހުމެކެވެ.
” ކަލެޔަކަށް ހަމަ ނޭނގޭތަ؟ އޭނަ ކަލެޔާއެކު އުޅޭ އިރުވެސް ބަލަނީ އެހެން ދިމާއަކަށް. ދަނީ އޭނަ ބުނާހާ ތަނަކަށް. ކަލޭ ބުނާ ތާކަށް ނުދެއެއްނު. އެއީ އަހަރެން އެތަނުގައި ހުރީމައި!” އެއަންހެންކުއްޖާ ބޮޑާ ގޮތަކަށް ހީލިއެވެ.
” ނާލާ؟ ” ދޮރުން ވަދެގެން އައީ މައިޝާންއެވެ. ނާލާއޭ އެބުނީ އަހަރެން ގާތުގައި އެހުރި އަންހެންކުއްޖާއަށެވެ.
” ބުނެބަލަ މައިޝާން. ބުނެބަލަ އަހަރެން މިކީ ތެދު އެއްޗެއްކަން… ޔުއަރ ފޭކް ރިލޭޝަން ވިތް ހާ… ” ނާލާ ގޮސް މައިޝާންގެ އަތުގައި ހިފާލިއެވެ. އަހަރެންގެ ހިތުގައި ވަގުތުން ރިއްސާލިއެވެ.
” ސޮރީ އަނާޔާ… އެކަމް ނާލާ އެކީ ތެދު އެއްޗެއް… ފުރޮމް ނައު އޮން ނާލާ އިޒް ދަ އޮންލީ ގާލް ފޯރ މީ. ” މައިޝާންގެ މޫނުމަތިން ވެސް ފާޅުވީ ބޮޑާ ހިނިތުންވުމެކެވެ. އަދި ނާލާގެ ގާތަށް އައިސް އޭނަގެ މެދުހަށީގައި ހިފާ ގާތްކޮއްލިއެވެ. ވަގުތުން ބޭއިޙްތިޔާރުގައި އަހަރެންގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. އަހަރެން އިތުރަށް އެތަނުގައި މަޑުކުރަން ނަހަދާ ދުވެފައި ދިޔައީ ފާޙާނާއަށެވެ. އެތަން ކިތަންމެ ހަޑިޔަސް އަހަރެން ބޭނުންވީ މީހުން ނެތް ތަނަކު ހިތްފުރޭވަރަށް ރޯށެވެ.
ފާހާނާއިން ނިކުމެގެން އައި އިރު އަހަރެންގެ ހިތުގައި މައިޝާންއަށްވަނީ ނަފްރަތެވެ. އެދުވަހުން ފެށިގެން އޭނައެކޭ އަހަރެން ނުދަންނަ މީހެކޭ އެއްފަދައެވެ.
އަހަރެން ހިތްވަރާއެކު ރަނގަޅު ނަތީޖާއެއް އޯލެވެލް އެގްޒާމުން ހޯދާ ކިޔެވުން ނިންމާލުމަށްފަހު އޭލެވެލް ހަދާ ބޭރުން ކިޔަވައިގެން އައިސް ވަޒީފާ އަދާކުރަން ފެށިތާ މިހާރު ހައަހަރުވީއެވެ. ގުރޭޑް ދިހައެއް ނިމުނު ގޮތަށް އަހަރެން އޭނަގެ ކޮބައިތޯ ވެސް ބަލާ ނުލަމެވެ. ބަލާ ހިތްވިޔަސް ހިތުގައިވި ނަފްރަތު ލޯބީގެ މައްޗަށް ބާރު ފޮރުވަމުން ދިއުމުން އަހަރެންނަކަށް ކަމެއް ނުކުރެވުނެވެ.
***
” އަހަރެންނަށް ވިސްނުނީ މާފަހުން ނާއީ… އައި ރިއަލައިޒްޑް އައި ރިއަލީ ލަވް ޔޫ… ” މައިޝާންގެ ދެލޯ ކަރުނުން ފުރިގެން ބަންޑުންވެގަތެވެ. އެމަންޒަރު ބަލަން އަހަރެންނަށް ނުކުޅަދާނަވިއެވެ.
” އިޓްސް އޯކޭ ޝާން.. ” ޝާން އެބަސް އަހަރެންގެ އަނގައިން ނުނިކުންނަތާ ހައަހަރު ފާއިތުވި ފަހުން އެބަސް ނިކުތް އެއީ ފުރަތަމަ ފަހަރެވެ. އޭރު އަހަރެންނަށްވެސް ރޮވެނީއެވެ.
” އަލްޙަމްދުލިﷲ . ނާއީ.. ތެންކިޔު. ” މައިޝާން އަހަރެންނާ ދުރަށް ޖެހިލިއެވެ. އަދި އަހަރެންނަށް ބަލާލާ ހީލުމަށްފަހު ބިންމަތީގައި އެއްކަކޫ ޖައްސައިގެން ތިރިވިއެވެ. ހަމައެވަގުތު ޖީބުން އަނގޮޓިއެއް ނަގާ އަހަރެންނަށް ދިއްކޮއްލިއެވެ. އަހަރެންނަށް ލިބުނު އުފާވެރިކަން ބަޔާންކުރަން އެވަގުތުކޮޅު ދަތިވެގެން ދިޔައެވެ. ދެލޮލުން އުފާވެރިކަމުގެ ކަރުނަތައް ފައިބައިގަތީ ފެން އިސްކުރެއް ދޫކުރި ފަދައިންނެވެ.
” ވިލް ޔޫ މެރީ މީ ނާއީ؟ ” އެއާއެކު އަހަރެންގެ ވާތް ފަރާތުން އަލިފާނުން އެއަކުރުތައް ދިއްލިގެން ދިޔަ ވަގުތު އަހަރެންނަށް އެދިމާއަށް ބަލާލެވުނެވެ. އަހަރެންނަށް އިތުރަށް ރޮވުނީއެވެ. އެއީ އަހަރެން އެންމެ ބޭނުންވާ ކަހަލަ ޕުރޮޕޯޒަލްއެކެވެ.
” ސޭ ޔެސް…” ދުރުން ޝިއުރާއާއި ރައުލްއާއި ރައުފާގެ އިތުރުން އަހަރެންނާ މައިޝާންއާއެކު ކިޔެވި ކުދިންތައްވެސް އަންނަމުން ދިޔައެވެ. ހައިރާންވެފައި ހުއްޓާ ވާނުވާ ރޭކާލީ ދެނެވެ. ޝިއުރާ ވެޑިންއޭ ކިޔައިގެން އަހަރެން މިތަނަށް ގެނައީ މައިޝާންއާ ބައްދަލުކުރުވާށެވެ. ރައުފާވެސް ބޮކޭ ހަނދާންނެތީއޭ ކިޔައިގެން ދިޔައީ އަހަރެން މައިޝާންއާ އެކަނި ކުރުވާށެވެ. އެތަނުގައި ކުރިން ތިބި އަންހެނާއާއި ފިރިހެނާއަކީ އަހަރެން ކުލާހުގައި ކިޔެވި ދެމިހުންނެވެ. އެވެސް އެކްޓެކެވެ. އެއީ އަހަރެން ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެބީޗަށް އައިކަން ޔަޤީން ކުރުމަށް ފޮނުވާލި ސިގުނަލެކެވެ.
” ޔެސް” އަހަރެން ދެލޯ ފުހެލަމުން ހީލީމެވެ. އަދި ވައަތް ދިއްކޮއްލުމުން މައިޝާން އެއަތުގެ ކަށި އިނގިލީގައި އަނގޮޓި އަޅުވައިދިނެވެ. ދެން ތިބި މީހުން އަހަރެމެންނަށް މަރުޙަބާ ކިޔުމަށް ކުލަ ޖަހަމުން ދިޔައިރު ދުވަސްތަކަކަށްފަހު މިހާ ވަރަށް ހީހެދި މިއީ ފުރަތަމަ ފަހަރެވެ.
” އަނާޔާ. ހީނުކުރާތި އަހަރެން މިތަނަށް މިގެނައީ ހަމައެކަނި މައިޝާންއާ ބައްދަލުކުރުވާށޭ. އަސްލަށްވެސް އަހަރެންގެ ވެޑިން އެބަ އޮތޭ… އެކަމް މާދަން ހަވީރު.. ނާޔާއަށް ޑޭޓާއި ގަޑި އޮޅުވާލާފައި ފޮނުވީ… ދޯ ރައުލް؟” ރައުލްއަށް ދޯ ދެމުން ޝިއުރާ ހީގަތެވެ. އެންމެންގެ ހުނުމުގެ އަޑު މުޅި މާހައުލުގައި ގުގުމައިގެން ދިޔައެވެ.
” ދެން ހެދުމޯ؟ ” ކުލަ ޖެހި ހަޑިވެފައިވާ ހެދުމަށް އަހަރެން ބަލާލަމުން ޝިއުރާ ގާތުގައި އަހާލީމެވެ.
” ތި ސުވާލު ކުރޭ މައިޝާންއާ… ” ޝިއުރާ ލާނެތް ހީލުމަކާއެކު ބުނެލިއެވެ.
” ތި އަހަރެން މިރެއަށް ނާއީ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއަށް ފެހި ހެދުމެއް. ދޮންތައަކީ ހެދުން ފަހާ މީހެއް ވީމައި ދޮންތަ ގާތުގައި އެދުނީ ފަހާ ދޭން. އަސްލު މާދަން ވެޑިންއަށް ލާ ހެދުން އަދި ނުނިމެ. ދޯ ދޮން؟ ” މައިޝާން ބަލާލީ ރައުފާއަށެވެ.
” ހޫމް… މާދަން ދެމިހުން ވެޑިން ކުރާއިރު ލާ ހެދުން އަދި ނުނިމެ. ވަރަށް އުފާވެއްޖެ އެންމެފަހުން ނާޔާއާ ބައްދަލުވިމައި. ސޮރީ ކުރިން އަހަރެންް މިއީ މައިގެ ދޮންތަކަން ނުބުނެވުނީމައި. ” ރައުފާ އައިސް އަަހަރެންގެ ގައިގައި ބައްދާލިއެވެ.
” ވަޓް ވެޑިން ހެދުމޭ؟ ” އަހަރެން ސިހިފައި އަހާލީމެވެ. ރައުފާއަކީ މައިޝާންގެ ދޮންތަކަން އެނގުމަށްވުރެ ބޮޑަށް އަހަރެން ސިހުނީ ވެޑިންއޭ ބުނުމުންނެވެ.
“ހޫމް. ޝިއުގެ ވެޑިންނާ އެއްކޮށް ބާއްވަން މިނިންމީ. މިރޭ މި ފޯމްގައި ނާއީ ސޮއެ ކުރީމައި ނިމުނީ. ނާއީ ބޭނުމިއްޔާ އަދިވެސް ކެންސަލް ކުރެވޭނެ. ނާއީ ފެމެލީ މީހުން ވެސް މާދަން އަންނާނެ ކެންސަލް ނުކުރަންޏާ ” މައިޝާން ދައްކާލީ ކައިވެންޏަށް އެދި ހުށައަޅާ ފޯމެވެ.
” ނޫން. މާދަން..” އަހަރެން އުފަލުން ހީލުމާއެކު މައިޝާންގެ މޫނުމަތިން ވެސް އުފާވެރިކަން ފެނިގެން ދިޔައެވެ.
އަހަރެން ގޮސް މައިޝާންގެ ގައިގައި ބައްދާލީމެވެ. އޭނަދެކެ ކިތަންމެ ނަފްރަތެއް އަހަރެން ކުރިޔަސް އަހަރެން އޭނަދެކެ ވާ ލޯތްބަކަށް ހީނަރުކަމެއް ނާދެއެވެ. އެއީ އަބަދުވެސް އެމީހެއް ދުށުމަށް ބޭނުންވި މީހާއެވެ. އެމީހެއްގެ ކައިރީގައި އަބަދުމެ ވުމަށް އެދުނު ޒުވާނާއެވެ. ﷲގެ ނިޔާފުޅުން އަހަރެންނަށް އަނބުރާ މައިޝާން ލިބުނީއެވެ.
ނިމުނީ
އަލްޙަމްދުލިﷲ މިކުރުވާހަކަ މިހިސާބުން މިނިމުނީއެވެ. އުއްމީދުކުރަނީ މިވާހަކަ ހުރިހާ ކިޔުންތެރިންނަށްވެސް ކަމުދާނެ ކަމަށެވެ. ?☺️

Share Article

Follow Me Written By

Aarsh

Level 110 Stories

I am a girl who loves to write stories alot.. I hope you all readers will love to read my stories just like how i love to write them. ?❤ ~Aarsh~

Other Articles

Previous

ހީވޭ ކަލާވާހެން-2

Next

އަބަދުވެސް ހިތުގައި (6)

Next
August 20, 2021

އަބަދުވެސް ހިތުގައި (6)

Previews
August 20, 2021

ހީވޭ ކަލާވާހެން-2



All Right Reserved!