Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެދެނީ އެކުގައިވާށޭ – 1

Aarsh Level 110 Stories
August 19, 2021 3 Mins Read
0 Comments

” އަނާޔާ! އަހަރެން މެރީ ކުރަން މިއުޅެނީ!! ” ހުކުރު ދުވަހުގެ ހެނދުނު ނިދާފައި އޮއްވާ ފޯނު ރިންގުވާ އަޑަށް ނެގި އިރު ގުޅީ އަހަރެން ސުކޫލް ދައުރުއްސުރެ ގާތް ރައްޓެއްސެއްކަމަށްވާ ޝިއުރާއެވެ.
” ކީކޭ؟ ” ސިހިފައި އަހަރެންނަށް ވަގުތުން އެނދުން ތެދުވެވުނެވެ. ޝިއުރާ ޔެސް އޭ ކިޔާ ބާރަށް ޖަވާބުދިނެވެ.
” ސަހަލު އެއްޗެއްތަ ޝިއު ތި ކިޔަނީ؟ ކުރީ އަަހަރުވެސް ތިިހެން ކިޔާފަ އެންމެ ފަހު ވަގުތު ވެޑިން ކެންސަލްވީ.. ” ޝިއުރާގެ އަޑު ގަދަވުމުން ކަންފަތާ ފޯނު ކުޑަކޮށް ދުރުކޮއްލާފައި އަނެއްކާ ކަންފަތުގައި ފޯނު ޖައްސާލަމުން އަހަރެން ސުވާލުކޮއްލީމެވެ.
” އާނއެކޭ! ކާރޑް އިންނާނެ ވައިބަރ އިން ފޮނުވާފަ. އަންނައްޗޭ މިރޭ!! ” ޝިއުރާ ހެމުން ފޯނު ބޭއްވީ އަހަރެން އިތުރަށް ބުނާނެ އެއްޗެއް ބުނަން ފުރުސަތު ނުދީއެވެ. ވަގުތުން އަހަރެން މޯބައިލް ޑޭޓާ އޮންކޮށްލުމަށްފަހު ވައިބަރ ހުޅުވާލީމެވެ.
” މިރޭދޯ ވެޑިން އޮތީ… ސުކޫލްގަ؟ ރ.ހިރިފަރު!!!؟” އަހަރެންނަށް ލިބުނީ ސިހުމެކެވެ. ވަގުތުން މީހާ ރުޅިގަދަވިއެވެ.
” ޝިއުރާ! ވޯކް ބަންދު ދުވަހަކަސް އަހަރެން ކިހިނެތް މިއަދު ތިރަށަށް ދާނީ.؟ އަހަރެން މިހިރީ މާލެގަޔޭ.. އަދި ތިތަނަށް ދާން ލޯންޗާއި އެއްޗިހި ވެސް ހިފަން ޖެހޭނެ… ” އަހަރެން އަވަހަށް ޝިއުރާއަށް ގުޅީމެވެ.
” ކާމް ޑައުން ނާޔާ.. ލޯންޗުން އިންނާނެ ސީޓެއް ބުކްކޮއްފަ.. ފީވެސް ޕޭކޮއްފައި އޮންނާނީ.. ފުރަން ޖެހޭނީ ހަވީރު ތިންގަޑި ބައިގަ. އޭރުން އިރުއޮއްސޭ އިރަށް އާދެވޭ ވަރުވާނެ. އަހަރެން ފޮނުވާނަން ލޯންޗު އޮތް ލޮކޭޝަން އެލޯންޗުގެ ވެރި ފަރާތާ ވާހަކަދައްކާފަ. ރިސީވް ކުރަން ދާނަން އިނގޭ.. އައި އޭމް ޝުއަރ ޔޫ ވިލް ނޮޓް ރިގްރެޑް ދިސް! ” ކުރީ ފަހަރެކޭ އެއްގޮތަށް ޝިއުރާ މާ ވާހަކަ ގިނަ ނުކޮށް ފޯނު ބޭއްވިއެވެ. އަހަރެންނަށް ވިސްނާލެވުނީ ޝިއުރާ އެންމެ ފަހުން ބުނި ޖުމްލައަށެވެ. ރިގްރެޑް ނުވާނޭ އެބުނީ ކޮންކަމަކަށް ހެއްޔެވެ؟
އަހަރެން އެކަމާ މާބޮޑަށް އަޅާނުލާ ފުންނޭވާއެއް ދޫކޮއްލީމެވެ. ބައެއްފަހަރު ޝިއުރާއަކީ އެންމެ ފަހު ވަގުތާ ދިމާކޮށް ކަންކަން ނިންމާ މީހެކެވެ. މާދަން ހެނދުނަށް ނިންމަން އޮތް ކަމެއް ވިއްޔާ މިރޭ ދަންވަރު ވެސް ގުޅާފާނެއެވެ. އެއީ އަހަރެން އޭނަދެކެ ފޫހިވާ ސަބަބެވެ.
—
އިރުއޮއްސި އަނދިރިވަނިކޮށް ރ.ހިރިފަރުގެ ފަޅުން އެތެރެއަށް ވަތް އިރު ޝިއުރާ ބުނިފަދައިން އޭނަ ހުރީ އަހަރެން ބަލާ އައިހެވެ. އޭނަ އާއެކު އޭނަ އިންނަން އުޅޭ ރައުލްވެސް ހުއްޓެވެ.
” ވެލް ކަމް ޓު ހިރިފަރު! ތެންކިޔު ސޯމަޗް ފޯރ ކަމިން.. ” އަހަރެން ލޯންޗުން ފޭބުމާއެކު ވަގުތުން ޝިއުރާ އައިސް އަހަރެން ގައިގައި ބައްދާލިއެވެ. ރައުލް އަހަރެންނަށް ބަލާލާފައި ރީތި ހިނިތުންވުމެއް ދިއްކޮއްލިއެވެ. އަހަރެން ވެސް ބަދަލުގައި ހީލީމެވެ.
” ތެންކިޔު އޯ؟ ހަފްތާއެއް ނޫނީ ދެތިން ދުވަހެއް ވަރު ކުރިން ނުބުނެވޭތަ؟ ވޯކް ބަންދު ދުވަހަކަސް އެމިހުން ގުޅާ އަންނަން. މިފަހަރު ވަރަށް އާދޭސްކޮއްފައި މިއަދާ މާދަން އެއްކޮށް ފުރީކޮއްފައި މިއައީ ” އަހަރެން ޝަކުވާ ބޮނޑި އޮއްސާލީމެވެ.
” ސޮރީ ލޯބްސް…. ” ޝިއުރާ މާފަށް އެދުނު ނަމަވެސް އެމޫނުމަތިން ފެންނަމުން ދިޔައީ ލާނެއް ކަމެވެ. އެމޫނުމަތިން ކަމަކާ ސީރިއަސްވެފައި ހުންނަ ތަނެއް ދުވަހަކުވެސް އަހަރެން ނުދެކެމެވެ.
” އަސްލު ވަރަށް އާރޖެންޓްކޮށް ދޯ މިހަމަޖެއްސީ..؟ ރައުލް އާދިއްތަ ދުވަހު ޖެހޭ ބޭރަށް ކިޔަވަން ފުރަން. މަންމަމެން އެދުނީ ކައިވެނިކޮއްފައި ދާން… ” ޝިއުރާ އޭނަގެ ގާތުގައި ހުރި ރައުލްގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ރައުލް އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
” އަން މިއޮތީ ހެދުން.. ނާޔާ ހުންނާނީ މިހިރަ ރައުލް ކަޒިން ކޮއްކޮ ރައުފާ ގޭގެ. އަހަރެން މިދަނީ މިހާރު ވެޑިންއަށް ރެޑީވާން. ރައުފާއާއެކު އާދޭ އިނގޭ.. ” ޝިއުރާ އަވަސް އަރުވާލާފައި އޭނަގެ އަތުގައި އޮތް އެތެރެ ނޭނގޭ ކޮތަޅު ދިއްކޮއްލާފައި ދުރުގައި ހުރި ރައުފާއަށް އިޝާރާތްކުރަމުން ރައުލް އާއި އެކު ސައިކަލުގައި ނައްޓާލިއެވެ.. ޝިއުރާ އެދިޔައީ އަހަރެން ނުވެސް ދަންނަ މީހެއްގެ ކައިރިއަށް ދޫކޮއްލާފައި ހެއްޔެވެ؟ އަހަރެން އަނގަ ސަކަރާތްވެފައި ހުރެފައި ރައުފާއަށް ބަލާލީމެވެ.
” ހިނގާ ދާން… ” ހިތްހެޔޮ ހިނިތުންވުމެއް ދިއްކޮއްލަމުން ރައުފާ އައިސް އަހަރެންގެ ކުޑަ ލަގެޖުގެ ހޭންޑަލްގައި ހިފާ ދަމަމުން ކައިރީގައި އޮތް ޓެކްސީއާ ދިމާއަށް ހިނގައިގަތެވެ. އަހަރެން ވަކި އެއްޗެއް ނުބުނެ ރައުފާގެ ފަހަތުން ހިނގައިގަތީމެވެ.
—

ވެޑިންގެ ތީމް ކުލަޔަކީ މެރޫން ކުލައެވެ. އަހަރެންގެ މިން ހުންނާނެ ހެން ހީވާ މިންވަރަށް ޝިއުރާ ފަހާފައި ދިން މެރޫން ހެދުން ކިތަންމެ ހާވެސް އަހަރެންގެ ހަށިގަނޑަށް ހެޔޮވަރެވެ. ސެޓިން ފޮތީގެ ރީތި ހެދުމެކެވެ. ފައިތިލައާ ހަމަޔަށް އަރާ ހެދުމުގެ ތިރިގަނޑުގައި ރޫޖައްސާފައިވާ ތަނުގައި ހުދު ރޭނދާއިން ޑިޒައިނެއް އަޅާލާފައިވެއެވެ. ހެދުމާ ގުޅޭ ގޮތަށް ބޭނުންކުރީ ހަމަ މެރޫންކުލައިގެ ޝޯލްއެކެވެ. އަހަރެން ތައްޔާރުވުމުން މޭކަޕްކޮއްދިނީ ރައުފާއެވެ. އަހަރެންމީ މޭކަޕްގެ ސާމާނު ދުވަހަކުވެސް ގެންގުޅުނު މީހަކަށްނުވާތީ މޭކަޕް ކުރާކަށް އަހަރެންނަކަށް ނޭނގެއެވެ.
ވެޑިން އޮތީ އެރަށު ސުކޫލްގައެވެ. ރޭގަނޑު ހަތްގަޑި ސާޅީސް ފަހެއް ވީ އިރަށް އަހަރެން ރައުފާއާއެކު ހިނގައިގަތީ ސުކޫލަށް ދިއުމަށެވެ. އޭރު ރައުލްގެ އާއިލާގެ މީހުންވީ މާކުރިން އެތަނަށް ގޮހެވެ. ވުމާއެކު އަހަރެމެން ދެއަންހެނުން ދާން ޖެހުނީ އެކަންޏެވެ.

ސުކޫލް އޮންނަނީ އެރަށު ބީޗްއާއި ކައިރީގައި ކަމުން އެބީޗް ފެނިފައި ނޫނީ އެސުކޫލަކަށް ނުދެވޭނެއެވެ.

އަހަރެންނާ ރައުފާ ސުކޫލާ ދިމާއަށް ހިނގަމުން ދަނިކޮށް ކުއްލިއަކަށް ރައުފާ އެއްޗެއް ހަނދާންވެގެން ކަހަލަ ގޮތަކަށް މަޑުކޮއްލިއެވެ.
” އަނާޔާ.. އަހަރެން މިއައީ ބޮކޭ ނުލާ… ސޮރީ އިނގޭ.. އެބަ އަންނަން އިނގޭ ވަރަށް އަވަހަށް… ” ރައުފާ ދުއްވައިގަތީ ގެޔާ ދިމާއަށެވެ. ގެ ހުންނަނީ ނުހަނު ކައިރީގައި ކަމުން އަހަރެން މާބޮޑަކަށް އެކަމަކާ އަޅައެއް ނުލަމެވެ. އަހަރެން ފަރާތް ފަރާތަށް އެނބުރި މާހައުލަށް ނަޒަރު ހިންގާލީމެވެ. އޭރު އަހަރެންނަށް ހުރެވުނީ ބީޗްގެ ކައިރީގައި ކަމުން އަހަރެން ބޭނުންވީ އެތަނަށް ގޮސްލާށެވެ. ހަނދުވަރުގެ އަލި އެހާ ގަދަ ނޫނަސް ފުދޭވަރަކަށް އެތަން އަލިވެއެވެ.

އަހަރެން ބީޗްއަށް ވަތް ވަގުތު އަންހެނަކު ހަޅޭލަވައިގަތް އަޑު އިވިގެން އަހަރެން ދިޔައީ ސިހިގެންނެވެ. އޭރު އަންހެނަކާއި ފިރިހެނަކު މޫނު ފޮރުވަމުން ހިނގައިގަތީ އެތަނުން ނުކުންނާށެވެ. އަހަރެންނަށް އެމިހުންނަށް ވީގޮތް ފެނިފައި ހީގަނެވުނީއެވެ. ރޭގަނޑު މީހުން އެހާ ނާންނަ ތަނަކު މާނުގަޑީގައި އެހެން ދެލޯބިވެރިން ތިއްބާ ފެނުމުން ނުހެވި ހުންނާނީ ކިހިނެތްވެސް ހެއްޔެވެ؟
ކުއްލިއަކަށް އެތަނުން އަންހެންމީހާގެ އަތުން ވެއްޓިފައި އޮތް ދަބަސް ދޮންވެލިގަނޑުމަތީގައި އޮއްވާ އަޅައިގަތެވެ. އަހަރެން އެއަންހެންމީހާއަށް ދޭންވެގެން އެބަލައި ހިނގައިގަތީމެވެ. އަހަރެން އެދަބަސް ނަގަން ގުދުވެލި ވަގުތު މީހެއްގެ ހިލަން ފަހަތުން ވެގެން ތެދުވެ ފަސްއެނބުރި ބަލާލީމެވެ. އެވަގުތު ކުރިމަތީގައި ހުރި ޒުވާނާ ފެނިފައި އަހަރެން   ލާން އުޅުނު ނޭވާ ތާށިވި ކަހަލައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aarsh

Level 110 Stories

I am a girl who loves to write stories alot.. I hope you all readers will love to read my stories just like how i love to write them. ?❤ ~Aarsh~

Other Articles

Previous

ތިއަތުން ދޫކޮއްލާކަށް ހިތެއް ނޭދެމޭ – 5

Next

އަހަރެންނަށް ﷲ ފުދެއެވެ

Next
August 19, 2021

އަހަރެންނަށް ﷲ ފުދެއެވެ

Previews
August 19, 2021

ތިއަތުން ދޫކޮއްލާކަށް ހިތެއް ނޭދެމޭ – 5



All Right Reserved!